sun magazine 49

ރ20 :ުގަ އ2012 ްޓްސަގ އ8 ،49 :ުރަބްމަ ނެނޭވެރުކު ންއެސ ސްޙި އެގުމަ ކްނަވިނި މްނެގެރު ހިއަގ ތަމަޔި މެގްއެއިނޑަ ކަވަ ލެގުމަކްނަވިނި މ؟ަތްނުނޭ ބްނ ޔި ކުލަޠަ ބެގުހަވު ދްނަވިނި މ

Upload: sun

Post on 14-Mar-2016

324 views

Category:

Documents


2 download

DESCRIPTION

Sun Magazine 49

TRANSCRIPT

2ރ0 ގު: އަ2012ޓް ސްޯއގަ 8 ،49 :ބަރުނަމް

ކަނޑިއެއްގެ މިޔަމަީތގައި ހުރެގެން މިނިވަން ކަމުގެ އިޙްާސސެއް ނުކުރެވޭނެ

މިނިވަންކަމުގެ ލަވަ ކިާޔން ބޭނުންތަ؟

މިނިވަން ދުވަހުގެ ބަޠަލު

ސަން މަޖައްލާގެ 49 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. އަދި

ސަންގެ 48 ވަނަ އަދަދަށް ދެއްވި ތަރުހީބު ފާހަގަ ޮކށް އެކަމަށް ޓަކައި ޝުކުރު އަދާ ކުރަމެވެ.

މި ފަހަރުގެ ސަން މި ނުކުންނަނީ ރާއްޖޭގެ އުފާވެރި މިނިވަން ދުވަސް ނިމުނުތާ މަދު ދުވަސްޮކޅެއްގެ ތެރޭގައެވެ. މިދިޔަ ޖުލައި

މަހުގެ 26 ވަނަ ދުވަހަކީ ދިވެހިންގެ ފަޚުރުވެރި މިނިވަން ދުވަހެވެ. އެހެން ކަމުން މިނިވަން ކަމުގެ އަހުލުވެރީންނަށް މިނިވަން ދުވަހުގެ ހެޮޔއެދުމާއި ތަހުނިޔާ އަރިސްކުރަމެވެ. މި ޮލބުވެތި

ވަތަން މިނިވަންކަން މަތީ އަބަދުމެ ލެއްވެވުން އެދި ދުޢާ ކުރަމެވެ.

މިނިވަން ދުވަހުގެ ވާހަކަ ދައްކާ އިރު ވިސްނައިލާން ޖެހޭ މުހިންމު ނުކުތާ ތަކެއް އެބަ ހުއްޓެވެ. މިނިވަން ވެއްޖެއޭ އެންމެން ކިޔަމުން ދާ އިރު، ހިތަށް އުނދަގޫ ކުރާ ކަންތައްތަކެއް އެބަ ހުއްޓެވެ.

ގައުމުގެ މިނިވަން ކަމަށް އަހަރު ތަކެއް ގުނެމުން އަންނަ އިރު، ފަރުދީ މިނިވަން ކަމުގެ މޫނު މަތީގައި ލަކުނު ތަކެއް އެބަ ހުއްޓެވެ. މިނިވަން ކަމުގެ ޮފނި އެއްބަޔަކަށް އިހުސާސްވާ އިރު، އޭގެ

ރަހަ އާއި ވަސް ހިތަށް އިހުސާސް ވެސް ނުކުރެވޭ އެތައް ހާސް ބަޔަކު އެބަ ތިއްބެވެ.

މި ދެންނެވި މައްސަލައަށް އަޅުގަނޑުމެން ޮކންމެ މީހަކު ވެސް ވިސްނައިލާން އެބަ ޖެހެއެވެ. މިނިވަންކަމަކީ ހަމަ އެކަނި ތިމާ އަށް ޮއތް އެއްޗެއް ނޫން ކަން ގަބޫލު ކުރާން އެބަ ޖެހެއެވެ.

ތިމާގެ މިނިވަންކަމެއް ޮއންނަން ވާނެ ކަމަށް އަޑު އުފުލާ އިރު، އަނެކާގެ މިނިވަންކަން ވެސް އެއީ ޮއންނަން ޖެހޭނެ އެއްޗެއް ކަން ގަބޫލުޮކށް އެކަމަށް އިހުތިރާމް ކުރާން އެބަ ޖެހެއެވެ. މިނިވަން ކަމުގެ ނަމުގައި އެއްބަޔަކު ގައުމުގައި ފިތުނަ ފަސާދަ އުފައްދައި އުޅޭނެހާ ޮގތަކަށް އުޅޭ ނަމަ

އެއީ ވެސް ހަމަ މިނިވަންކަން ޯތ ސުވާލު އުފައްދަން އެބަ ޖެހެއެވެ. ގައުމުގެ ވިންދު އެދޭ ފަދަ ހަގީގީ މިނިވަން ކަމެއް ގައުމުގެ ދަރިންނަށް ލިބޭނީ ތިމާގެ މިނިވަންކަމާ އެކު އަނެކާގެ ވެސް

މިނިވަންކަން އެއީ ހިމާޔަތް ކޮށްދޭން ޖެހޭ އެއްޗެއް ކަން ގަބޫލު ކުރެވިގެނެވެ. މިކަން ވާނީ ހަގީގީ މިނިވަންކަމަށް ޯލބި ކުރެވިގެނެވެ. އަނެކާގެ މިނިވަންކަމަށް ޯލބި ކުރެވިގެނެވެ.

ދާދި ފަހުން ކ. ކާށިދޫގައި ޑިޔުޓީއަށް ދިޔަ ފުލުހަކަށް ތޫނު އެއްޗަކުން ހަމަލަދީ މަރާލި ހާދިސާ ސަން ގެ ފަރާތުން ކުށްވެރި ކުރަމެވެ. އެފަދަ ލާ އިންސާނީ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދު

ގާނޫނާއި ގަވައިދު ތަކުގެ ތެރެއިން ދެވެން ހުރި އެންމެ ހަރުކަށި އަދަބު ދިނުމަކީ މުހިންމު ކަމެއް ކަމަށް ދެކެމެވެ. އަދި ހަމަ އެހެންމެ ދިވެހި މުޖުތަމައުގެ އަމާން ކަމާއި ރައްކާތެރިކަން ޔަގީން

ކޮށްދިނުމަށް ޓަކައި ތަންފީޒީ އިދާރާތަކުގެ ހިންގުން މިހާރަށް ވުރެ ހަރުދަނާ ކުރުމުގެ މުހިންމުކަން ފާހަގަ ކުރަމެވެ. ބިރުވެރިކަމުން މިންޖު ވެފައިވާ، ދިރިއުޅެން އަމާން ވެށްޓެއް ގާއިމު ކުރުމަށް

ކުރެވެން ޮއތް ހުރިހާ މަސައްކަތެއް ކުރުމަށް ދިވެހި ސަރުކާރަށް ޮގވާލަމެވެ.

ސަންގެ މި ޢަދަދު ނުކުންނަ އިރު ކިޔުންތެރިންނާ ޙިއްސާ ޮކށްލަން ބޭނުންވާ ވަރަށް ޮބޑު އެހެން އުފަލެއް ވެސް އެބަ ޮއތެވެ. އެއީ ސަން މީޑިއާގެ ކުޑައިގެ ދަށަށް “ސަން ޓީވީ ޕްލަސް” އިތުރު

ވެގެން ދިޔުމުގެ އުފަލެވެ. މިއީ ވެސް ވަރަށް ބުރަ އަދި ޮބޑު މަސައްކަތެވެ. މި ޯރދަ މަހުގެ 1 ވަނަ ދުވަހު، ސަން ޓީވީ ޕްލަސް ވުޖޫދަށް މި އައީ ހަމަ ގައިމު ވެސް ސަން ގެ ހީވާގި

އަދި މުރާލި ޓީމުގެ މިންނެތް މަސައްކަތުންނެވެ. އެކަން މި ފުރުސަތުގައި ފާހަގަ ކުރަމެވެ. އަދި ސަން ޓީވީ ޕްލަސް އަކީ ވެސް ސަން މީޑިއާގެ އެހެން ގުނަވަން ތަކެކޭ އެއް ފަދައިން މަގުބޫލު

ޗެނަލަކަށް ހެދުމަށް މަސައްކަތް ކުރާނެ ކަމުގެ ޔަގީންކަން އަރުވަމެވެ.

މި ފަހަރުގެ ސަން ޮބޑަށް ޚާއްސަ ޮކށްފައި ޮއންނާނީ މިނިވަން ދުވަހުގެ ވާހަކަ ތަކަށެވެ. އެހެން ބައިތައް ވެސް އެތެރޭގައި ހިމަނާފައި ހުންނާނެއެވެ. ކުރިޔަށް

ވަޑައިގަންނަވާށެވެ.

3

އެޑިޓަރުގެ ނޯޓް

ސިނާން ޢަލީއެޑިޓަރު

އެޑިޓަރު: ސިނާން ޢަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަޙްމަދު ޒާހިރު )ހިރިގާ(މުޙައްމަދު ޢާމިރު )ފަރެސް(

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ޙަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޛު އަޙްމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:ޢަބްދުهللا ނަޢީމު އިބްރާހީމް

ޢަބްދުهللا އަޒްމީންކަނީރު ޢަބްދުއްރަޙީމް

ޢަލީ ޚާލިދުޢަބްދުهللا ޝިނާން

މިންނުޑރ. އިބްރާހީމް ޔާސިރު އަޙްމަދު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަޙްމަދު ޒާހިރު

ކެޮޔނިރު: މުޙައްމަދު ބުޝްރީފަސްމަންޒަރު: އަޙްމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުޙައްމަދު ޤާސިމްދިޔަތިކި: ޢަބްދުهللا ފާރޫޤު ޙަސަން ސިއްކަ: ސިއްކަގޭ މުޙައްމަދު ނަސީމް ދިޔަވަރު: މުޙައްމަދު ޢާމިރު )ފަރެސް(

ރަންދެލި: މުންޑޫ އާދަމް ޙަލީމްފަންވަތް: ޢިމާދު ލަޠީފުޮކމާޯކޅި: ސިނާން ޢަލީ

ޑރ. ޖުނައިދުގެ އިރުޝާދު: ޑރ.ޖުނައިދުދަމަނަ: ޑރ. އަޙްމަދު ޖަމްޝީދު

ތައުޢިޔާ: އަލްއުސްތާޛު މޫސާ އަންވަރު ޙަސަން

މާކެޓިން: ސަން މީޑިއާ ގްރޫޕް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު

ނެރޭ މަޖައްލާއެކެވެ. ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެ

އީމެއިލް:ވެބްސައިޓް:

ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 49 8 ޯއގަސްޓް 2012

c

4

5

ޢަބްދުهللا ފާރޫޤު ޙަސަންދިޔަތިކި

ކަމަކާ ފިކުރުޮބޑުވެ ހަދާނެ ޮގތް ހުސްވުމުން އެމީހަކު އެހީއަށް އެދޭންވީ ޮކން ފަރާތަކުންޯތއެވެ؟ މުޞީބާތެއްގައި ހައްޔަރުވެފައިވާ މީހާ ފަރިޔާދު ކުރަންވީ ޮކން ފަރާތަކުންޯތއެވެ؟ އާދެ، އެއީ މުޅި ކާއިނާތު އެ ޚަލްޤުތަކުން އެންމެހައި ފަރާތެވެ. ބަޯރސާވެފައިވާ ފަރާތަކަށް އެ ފަރާތެއްގައި އެދިދަންނަވާ ފަރާތެވެ. ދޫތަކުން އެފަރާތަކަށް ޒިކުރުކުރެވޭ ހުންނާން ނުފިލައި ހަނދާން އެފަރާތެއްގެ ހިތްތަކުގައި ފަރާތެވެ. ވަތަޢާލާއެވެ. ސުބުޙާނަހޫ މާތްهللا އެފަރާތަކީ އާދެ، ފަރާތެވެ. ޖެހޭ ހަމައެކަނި އެކަލާނގެ ރަސްކަންފުޅެވެ. އަޅުގަނޑަށާއި ތިޔަ ބޭފުޅާއަށާއި އެންމެހައި މީސްތަކުންނަށް ވާޖިބުވެގެންވަނީ އެކަލާނގެ ރަސްކަންފުޅަށް އުނދަގުލާއި ޙާލުގައެވެ. ތަނަވަސް ޙާލުގައްޔާއި ދަތި ދުޢާކުރުމެވެ. ފަސޭހަކަމުގެ ވަގުތުތަކުގައެވެ. އަޅުގަނޑުމެންގެ ފިޠުރަތު ލާޒިމުކުރަނީ ދެންނެވުމަށެވެ. އާދޭސް ޮރއެގިސްލުމަށެވެ. ޙަޟުރަތުގައި އެކަލާނގެ އެކަލާނގެ ރަސްކަންފުޅު ވަސީލަތަކަށް ހެދުމަށެވެ. އެކަލާނގެ ޙަޟުރަތަށް ފިޔަ ކިޔަމަންތެރިކަމުގެ ޠާޢަތާއި ނިކަމެތިކަމާއި ޯބލަނބައިލުމަށެވެ.

ތިރިޮކށްލުމަށެވެ. ރަސްކަންފުޅަށް އެކަލާނގެ އަޚާއެވެ! ޮލބުވެތި އާދޭހުގެ ޙަޟުރަތަށް އެކަލާނގެ އިބްތިހާލުވެވަޑައިގަންނަވާށެވެ. ކަރުނަތައް ބަންޑުން ޮކށްލައްވާށެވެ. ހިތްޕުޅުގެ އެންމެ އަޑީން ފަރިޔާދު ޚާލިޞްވެވަޑައިގަންނަވާށެވެ. ރަސްކަންފުޅަށް އެކަލާނގެ ކުރައްވާށެވެ. އޭރުން ހަމަކަށަވަރުންވެސް އެކަލާނގެ މަދަދު ޮފނުއްވާނެއެވެ. ނަޞްރު

ބާވައިލައްވާނެއެވެ. ރަޙުމަތުގެ ޮދރުޮކޅުތައް ހުޅުއްވައިލައްވާނެއެވެ. އަރަހުށި މާތްهللا ސުބުޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައި ވެއެވެ. “ނުވަތަ ދަތި އުނދަގޫ ޙާލު ޖެހިފައިވާ މީހާ، އެކަލާނގެއަށް ދުޢާކުރާ ހިނދު، އެމީހާގެ ދުޢާ އިޖާބަކުރައްވައި، އަދި ނުބައިކަން ދުރުކުރައްވައި، އަދި ބިމުގެ ޚަލީފާއިން ކަމުގައި ތިޔަބައިމީހުން ލައްވާ ރަސްކަލާނގެ ހެއްޔެވެ؟

هللا އާ އެކު އެހެން އިލާހަކު ވޭ ހެއްޔެވެ؟” )އައްނަމްލު: 62( ރައްދުކުރައްވަނީ ހިކިފަސްތަނަށް މީހާ ގެނބެމުންދާ އެކަލާނގެއެވެ. ގެއްލިފައިވާ މީހާ އަނބުރައި ދައްކަވަނީ އެކަލާނގެއެވެ. އެކަލާނގެއެވެ. ޮކށްދެއްވަނީ މިނިވަން މީހާ ހައްޔަރުވެފައިވާ މަގު އެކަލާނގެއެވެ. ދެއްވަނީ މަދަދު މީހާއަށް ލިބިފައިވާ އަނިޔާ ފުރެދިފައިވާ މީހާއަށް ތެދުމަގު ދައްކަވަނީ އެކަލާނގެއެވެ. ބަލިމީހާއަށް ފަސޭހަކަން މީހާއަށް ދަތިޙާލުގައިވާ އެކަލާނގެއެވެ. ދެއްވަނީ ޝިފާ ދެއްވަނީ އެކަލާނގެއެވެ. އަރަހުށި މާތްهللا އަޅުގަނޑުމެންނަށް ހަނދާން އެކަލާނގެއަށް ހިނދު، އެރި ނަވަށް އެއުރެން “ފަހެ ޮކށްދެއްވައެވެ. އީމާންކަން ޚާލިޞްކުރާ ޙާލުގައި، هللا އަށް އެއުރެން ދުޢާކުރެތެވެ. ފަހެ އެކަލާނގެ އެއުރެން ސަލާމަތް ކުރައްވައި، އެއްގަމަށް ގެންނެވި ހިނދު، އެއުރެން )އެކަލާނގެއަށް( ޝަރީކު ކުރެތެވެ.” )އަލްޢަންކަބޫތު: 65(

ޮމޅިއާއި ހިތާމައާއި ހިތްދަތިކަމުގެ ވަގުތުތަކުގައި އަރަހުށި މާތްهللا ގެ ޙަޟުރަތަށް ދުޢާކުރުމަށް ވާރިދުވެފައިވާ ދުޢާގެ ޞީޣާތައް ޤުރްއާނާއި ކީރިތި ނުކުރާނަމެވެ. ތަކުރާރެއް މިތާކު އަޅުގަނޑު ސުންނަތުގައި ވާރިދުވެފައިވާ ދުޢާގެ “އެއްޮކށްލުން”ތަކުން ތިޔަ އަޚާއަށް ޙަޟުރަތުގައި އެކަލާނގެ އަޚާ ތިޔަ ޯހއްދެވިދާނެއެވެ. ދުޢާތައް އެ ބަސް ދަންނަވާށެވެ. ހިތްޕުޅުގައި އަނެކުންނަށް ވަންހަނާ ކުރައްވާފައިވާ ބަންޑުން ދަށަށް” “ހިރިޔާފާތުރާގެ އެފަރާތްޕުޅުގެ ސިއްރުތައް ޮކށްލައްވާށެވެ. ހުރިހާ އުއްމީދުތަކެއް އެފަރާތްޕުޅާ ގުޅުއްވާށެވެ. ތިޔަ ޯހއްދަވައިގެންނެވިއްޖެނަމަ، ރަސްކަންފުޅު އެރަސްކަލާނގެ އަޚާއަށް ހުރިހާ އެއްޗެއްސެއް ލިބިވަޑައިގެންފި ކަމުގައި ޔަޤީން ކުރައްވާށެވެ. ކުޑަޮކށްވެސް އީމާންކަން ޮއންނަ މެދު ރަސްކަންފުޅާ އެކަލާނގެ ނަންގަވައިލެއްވިއްޖެކަން އެއްޗެއްސެއް ހުރިހާ ކުރެވިއްޖެނަމަ، ދޭސީ

ހަނދުމަފުޅު ކުރައްވާށެވެ. ރަސްކަލާނގެ ވެރި އަޅުގަނޑުގެ އަޚާއެވެ! ޮލބުވެތި ޙަޟުރަތަށް ދުޢާކުރުމަކީ ވެސް އަޅުކަމެކެވެ. އެއީ ވަރަށް އުނދަގުލުން ޯހދައިނުގަނެވޭނެ ކިޔަމަންތެރިކަމުގެ ދަރަޖައެކެވެ. އެކަލާނގެ މެނުވީ މީހާ ދުޢާކުރާ ފުރިހަމަޔަށް ޮގތަށް، ޙައްޤުވެގެންވާ ރަސްކަންފުޅަށް ފަހަރެއްގައިވެސް ޮމޅިވާކަށް ނުޖެހޭނެއެވެ. ފިކުރުޮބޑުވެ ޮގތްހުސްވާކަށް ނުޖެހޭނެއެވެ. އެހެނީ މާތްهللا ގެ ވާފަށް ފިޔަވައި އެހެން ހުރިހާ ވާތަކެއް ފުކުރި ބުރިބުރިވެގެން ހިނގައިދާނެއެވެ. އެކަލާނގެަ ރަޙްމަތުގެ ޮދރުޮކޅު ފިޔަވައި އެހެން ހުރިހާ ޮދރުތަކެއްގައި ތަޅު އެޅުވިދާނެއެވެ. އެކަމަކު ކުއްތަންވެޮވޑިގަންނަވާނެއެވެ. އެކަލާނގެ އަޅުތަކުންނާ އެކަލާނގެ

އެކަލާނގެ އައްސަވައިޮވޑިގެންވާނެއެވެ. ބައްލަވައިޮވޑިގެންވާނެއެވެ. ޮލބުވެތި އަޚާއެވެ! އެއްވެސް އާފާތަކަށް ހުރަޮހޅިވަޑައިގެންފިނަމަ އެކަލާނގެ ރަސްކަންފުޅު ހަނދުމަކުރައްވާށެވެ. އެއްވެސް މުޞީބާތެއް ކުރިމަތިލައްވާށެވެ. ޙަޟުރަތަށް އެކަލާނގެ ކުރިމަތިވެއްޖެނަމަ އެދިވަޑައިގަންނަވާށެވެ. ވާގި މަދަދާއި ޙަޟުރަތުން އެކަލާނގެ އެކަލާނގެ ކިބްރިޔާވަންތަކަމާއި މަތިވެރިވަންތަކަމާއި ދީލަތިވަންތަކަން ހަނދުމަފުޅު ކުރައްވައި ބިންމަތީގައި ނިތްކުރިފުޅު ޖައްސަވައިލައްވާށެވެ. ދަންމަވައިލައްވައި، އަތްޕުޅު އާދޭހުގެ ކާއްތައިލައްވާށެވެ. ނޭފަތްޕުޅު އާދޭސް ފުރިހަމަ ދޫފުޅުން ފަތުރުއްވައިލައްވާށެވެ. އަތްތިލަފުޅު ތަކުރާރު ކުރައްވާށެވެ. އެކަލާނގެ ޯއގާވަންތަކަމާއި ދީލަތިވަންތަކަމަށް އިސްމުފުޅު އެކަލާނގެ އެދުންވެރިވެވަޑައިގަންނަވާށެވެ. ރަނގަޅަށް ރަސްކަންފުޅާމެދު އެކަލާނގެ ވިރުދުކުރައްވާށެވެ. އެކަލާނގެ ކެނޑިވަޑައިގެން ފަރާތަކާ ހުރިހާ އެހެން ހީކުރައްވާށެވެ. ކާމިޔާބު ޙާޞިލުވެ މުރާދު ގުޅިވަޑައިގަންނަވާށެވެ. ރަސްކަންފުޅާ

ލިބިވަޑައިގަންނަވާނެކަން ކަށަވަރެވެ.

ފިކުރުޮބޑުވެ ޮގތް ހުސްވެފައިވާ މީހާގެ ދުޢާ އަޑުއައްސަވަނީ ޮކން ފަރާތަކުންޯތއެވެ؟

6

ޮބޑެތި އެތައް ކުށަކަށް އަރައިގެންފައި ހުރި އަނިޔާވެރި މުޖުރިމެއްގެ މައްޗަށް އޭނާ ޮކށްފައި ހުރި ކުށްތައް ސާބިތު ވެދިގު މުއްދަތަކަށް ޖަލަށްލާން

ހުކުމް ކުރެވި، އޭނާ ޖަލަށް ގެންދެވުނެވެ. ޖަލުގައި ހައެއްކަ އަހަރު ހޭދަ ކުރި ފަހުން އޭނާ ޮމޔަ ވެއްޖެއެވެ. ޮމޔަ ބަލީގެ ސަބަބުން އޭނާއަށް ހީވަނީ އެ ޖަލެއްގައި އޭނާ ބަންދު ކުރެވިފައި ހުރި ޖަލަކީ އޭނާގެ ރަސްކަމާއި ބާރު ހިނގާ ބޮޑު ޝަހަރެއް ކަމަށެވެ. ޖަލުގައި އޭނާއަށް ހާއްސަ ކުރެވިފައި ހުރި ކުޑަކުޑަ ޮގޅި އޭނާއަށް ފެންނަނީ ހައިބަތްތެރި ޝާހީ ދަރުބާރެއްގެ ޮގތުގައެވެ. އެ ޖަލުގެ އިސް ޮއފިސަރާއި، ގައިދީންގެ ކަންތައްތައް ބަލަހައްޓާ އެހެނިހެން

ޮއފިސަރުން ފެނުމުން އޭނާއަށް ހީވަނީ އެ އެންމެންނަކީ އޭނާގެ ހުކުމް ހިންގަން ތިބި އޭނާގެ އަޅުން ކަމަށެވެ. ޖަލުގައި ދެން ތިބި ކުށްވެރީން އޭނާއަށް ފެންނަނީ އޭނާގެ އަމުރާއި ކިޔަމަނުގެ ދަށުގައި ތިބި ރައްޔިތުންގެ ޮގތުގައެވެ. އެހެންކަމުން ރަސްކަލަކު އެ ބޭފުޅެއްގެ ހާޖިބުންނާއި އައުވާނުންނަށް އަމުރުފުޅުތައް އިއްވަވާނޭ

ބީދައިން، އެއްކަލަ ކަލޭގެ ޖަލުގެ ޮއފިސަރުންނާއި ގައިދީންނަށް އަމުރު ޮކށްހަދައެވެ.

މި ދެންނެވި މީހާ އޭނާގެ އުމުރުގެ ޮބޑު ބައެއް ހޭދަ ކުރީ “ބިލާހެއް” ގެ ތެރޭގައެވެ. އޭނާ ހިތުން އޭނާއަކީ މިނިވަނެކެވެ. ނަމަވެސް

ހަގީގަތުގައި އޭނާއަކީ ހުރަގެއެއްގައި ބަންދު ކުރެވިފައި ހުރި މީހެކެވެ. އެމީހެއްގެ މިނިވަންކަން މުޅީން ނިގުޅައިގަނެވިފައި ހުރި މީހެކެވެ. އެކަމަކު ވެސް އޭނާ ގަބޫލު ކުރީ އޭނާއަކީ މިނިވަނެއް ކަމަށެވެ. އޭނާ މިނިވަން ދުވަސް ފާހަގަ ކުރެއެވެ. މިނިވަން ދުވަހުގެ ޕެރޭޑު ބާއްވައި، ދިދަތައް ނަގައި، އުފާ ފައުޅު

ކުރުމުގެ ރަސްމިއްޔާތުތައް އިންތިޒާމު ކުރެއެވެ. އޭނާގެ ބިލާހީ ދުނިޔޭގައި މި ހުރިހާ ކަންތައްތަކެއް ކުރެއެވެ. ނަމަވެސް ހަގީގަތުގައި އޭނާ މިނިވަނެއް ނޫނެވެ. ތިމާއަކީ މިނިވަނެއް ކަމުގެ އިހުސާސަކީ އޭނާގެ ހިޔާލީ ދުނިޔޭގައި ތަމްސީލު

ވަމުން ދިޔަ ބިލާހެކެވެ. މި ދިޔަ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ އަޅުގަނޑުމެންގެ

ދިވެހިރާއްޖޭގެ “މިނިވަން” ދުވަހެވެ. އަނެއްކާ ވެސް “މިނިވަން” ދުވަހެއް އަތްޯފރާ ހިސާބަށް އައީއެވެ. ދިދަތައް ނަގައި ޖަލްސާތައް ބާއްވައި،

ރަސްމިއްޔާތުތަކާއި ހަފުލާތައް އާއްމު ޮކށް، ޕެރޭޑު ޖަހައި، ތަގުރީރުތައް އިއްވައި، މޮޅު ބަސްތައް ބުނެ، ޅެންތައް ކިޔައި، މާކޭންތަކަށް އިންސާފު ކުރުމުގެ ތެރެއިން

މިނިވަން ދުވަސް ...!

އަލްއުސްތާޛު އަޙްމަދު މާޖިދު

މިނިވަން ދުވަހެއް ފާހަގަ ކުރެވުނީއެވެ. މި ފަދަ ދަނޑިވަޅުތަކުގައި އަޅުގަނޑުމެންނަށް ކުރެވިދާނެ އެއް ކަމަކީ މި ދަންނަވާ ފަދަ ހަރަކާތްތަކުގެ ތެރެއަށް ނަފުސުތައް ޣަރަގު ޮކށްލުމެވެ. އަނެއް

ކަމަކީ ހިމޭންކަމާ އެކު ވަގުތުޮކޅެއް ހޭދަ ޮކށްލައި، ހާލަތާ މެދު ވިސްނައި ފިކުރު ޮކށްލުމެވެ. އަޅުގަނޑުމެންނާ، އެއްކަލަ މުޖުރިމު ކަލޭގެއާ ދެމެދުގައި ހުރީ ކިހައި ވަރެއްގެ އެއްޮގތް ކަމެއްކަން، ނުވަތަ ކިހައި ވަރެއްގެ ފަރަގެއް ކަމާ މެދު

ވިސްނުން ހިންގައިލުމެވެ. އަޅުގަނޑުމެން ދިވެހީންނަކީ ހަގީގަތުގައި ވެސް މިނިވަނުން ބާވައެވެ! އަޅުގަނޑުމެންނަށް ކުރެވޭ މިނިވަންކަމުގެ އިހުސާސަކީ ބިލާހެއް ނޫން ބާވައެވެ!

ހަގީގީ މިނިވަންކަމަކީ ޮކބާ؟

ހަގީގީ މިނިވަންކަން ޯހދުމަށް ޓަކައި ދޭއްޗެއް ނުވަތަ ދެ ފަރާތެއްގެ ނުފޫޒުން އިންސާނާ މިނިވަން ވާން ޖެހެއެވެ. ފުރަތަމަ އެއްޗަކީ

ޝައިޠާނާއެވެ. ދެވަނަ އެއްޗަކީ އެހެން އިންސާނުންނެވެ. މީގެ ތެރެއިން އެއްވެސް އެއްޗެއް އިންސާނާގެ މައްޗަށް ވެރި ވެގެންފި ނަމަ އޭނާ ވަނީ އަޅަކަށެވެ. މި ދޭތީގެ އަޅުވެތިކަން ނުވަތަ ނުފޫޒުން އިންސާނާ މިންޖު ވުމުން އޭނާގެ

އިންސާނީވަންތަކަން ފުރާފުރިހަމަ ވެގެން ދެއެވެ. އެއިރުން އޭނާ އެ ފަރާތެއްގެ ކުރިމަތީގައި ޯބ ލަނބާނެ ހަމައެކަނި ފަރާތަކީ ޙައްޤެވެ. ޙައްޤަކީ ޮއޅުމެއް ނެތް ފަދައިން އިންސާނާ ޚަލްޤު ކުރެއްވި މަތިވެރިވަންތަ ރަސްކަލާނގެއެވެ. ޙައްޤު

ފައުޅު ވެގެން އަންނަނީ އެކަލާނގެ ކިބަފުޅުންނެވެ. އެކަލާނގެ ރަސްކަންފުޅަށް، ނުވަތަ ޙައްޤަށް ޯބލެނބުމަކީ އިންސާނާގެ މިނިވަންކަމުގެ ކުރިޯބށްޓެވެ. އެއީ

އިންސާނާ ހަގީގީ މާނައިގައި މިނިވަން ވުމެވެ. އިންސާނާއަށް ޙައްޤުގެ އަލިކަމާއި އިލްމު ދެއްވެވީ ދެ ވަސީލަތެއް

މެދުވެރި ކުރައްވައެވެ. އޭގެ ތެރެއިން ފުރަތަމަ ވަސީލަތަކީ އިންސާނާގެ ނަފްސުގައި ލެއްވެވި ވަސީލަތެކެވެ. އެ ވަސީލަތް ފައުޅު ވަނީ އިންސާނީ

ފިތުރަތާއި ޒަމީރާއި ބުއްދީގެ ސިފައިގައެވެ. ދެވަނަ ވަސީލަތަކީ ޥަޙީއެވެ. ހަގީގީ މިނިވަންކަން ލިބިގެން ވާ މީހާއަށް މަގު ދައްކާނީ މި ދެ ވަސީލަތެވެ. އޭނާގެ

ހެޔޮ ބުއްދި އާއި ފިތުރަތާއި ޒަމީރާއި، އަދި އޭނާއަށް ޓަކައި އޭނާގެ ވެރި

7

ރަސްކަލާނގެ ބާވައިލެއްވި ދީނެވެ. މި ނޫން އެހެން އެއްޗަކުން ނުވަތަ ފަރާތަކުން ޮގތާއި ޮފތާއި މަގާއި އިރުޝާދު ޯހދަން އުޅޭ މީހާ އަކީ އަޅުވެތި ވެފައި ވާ

މީހެކެވެ. މި ދެންނެވި ޮގތުގައި މިނިވަންކަން ލިބިފައި ނެތް ބަޔަކު، ދުނިޔޭގެ

އެންމެންނާ އެކު އެގްރީމެންޓުތަކުގައި ޮސއި ޮކށްގެން، މިނިވަންކަމުގެ އިގުރާރުތައް މެދުނުކެނޑި އިއްވަމުން ގެންދިޔަޔަސް، އެ ބަޔަކީ ހަގީގަތުގައި މިނިވަން ބައެއް ކަމުގައެއް ނުވާނެއެވެ. އެ ބަޔަކު ވާނީ ޖަލުގައި ހުރެގެން މިނިވަންކަމުގެ ބިލާހީ

ދުނިޔެއެއް ބިނާ ކުރި މުޖުރިމު ކަލޭގެ ފަދަ ބަޔަކަށެވެ.

މިނިވަންކަން ގެއްލިފައި

މިއަދު އަޅުގަނޑުމެން ދިވެހީންނަށް، އަޅުގަނޑުމެންގެ އަމިއްލަ ބަހަށް ވުރެ ކަމުދަނީ އިނގިރޭސި ބަހެވެ. އަޅުގަނޑުމެންގެ ދަރީން ކިޔަވާނެ

ތަކެތި ކަނޑައަޅަނީ އަޅުގަނޑުމެންގެ ދީނުގެ ދުޝްމަނުންނެވެ. އަޅުގަނޑުމެންގެ ވެރިކަމުގެ ނިޒާމު ޮއންނަން ވާނޭ ޮގތް ބުނެދެނީ އަޅުގަނޑުމެންގެ ދީނުގެ

އަދުއްވުންނެވެ. އަޅުގަނޑުމެންގެ ގާނޫނުތައް ޮއންނަން ވާނޭ ޮގތް ބުނެދެނީ ހަމަ އެބައިމީހުންނެވެ. އަޅުގަނޑުމެންގެ ތެރޭގައި ކުރަން ޖެހޭނޭ ކަންތައްތަކާއި ޮކށްގެން ނުވާނޭ ކަންތައްތައް ކަނޑައެޅުމުގެ ޮގތުން ފަހުބަސް ބުނުމުގެ ފުރުސަތު ވެސް އަޅުގަނޑުމެން މިއަދު ދެނީ އަޅުގަނޑުމެންގެ ދީނަށް ފުރައްސާރަ ކުރާ، ދީނުގެ

ދުޝްމަނުންނަށެވެ. މި ހިސާބުން ނިމުނީއަކީ ނޫނެވެ. ހެދުން އެޅުމުގައި އަޅުގަނޑުމެންނަށް ކަމުދަނީ ދުނިޔޭގެ ތެރެއިން، އެ ބައެއްގެ ކިބައިގައި އެއްވެސް ހެޮޔ ކަމެއް ނެތް މީސްތަކުންގެ ޮގތްތަކެވެ. އަޅުގަނޑުމެންގެ ރާއްޖެއިން ލިބެން ހުރި ފައިދާ ހުރި، މީރު ކާނާގެ ބާވަތްތައް އަޅުގަނޑުމެންގެ އަރުން އެތެރެ ނުކުރެވޭ އެއްޗެހިތަކަކަށް ބަދަލު ވެއްޖެއެވެ. އަޅުގަނޑުމެންގެ ސަގާފަތާ މެދު އަޅުގަނޑުމެންގެ ހިތްތަކުގައި

ކުޑަވެސް ހުރުމަތެއް ނެތެވެ. އެ ސަގާފަތު އަޅުގަނޑުމެން ބޭނުން ކުރަނީ ފަތުރުވެރީންނަށް ދައްކާލަން ގެންގުޅޭ ޝައުގުވެރި ކުރުވަނިވި ޯޝއެއްގެ ޮގތުގައެވެ.

އެޮގތުން، ދިވެހިރާއްޖޭގެ ސަގާފަތާއި ގައުމީ ތަރިކަޔާ ބެހޭ ޮއފީސްތަކާއި މަރުކަޒުތައް ވެސް ހުންނަނީ ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ބައެއް ކަމަށް

ކަނޑައަޅާފައެވެ. އަޅުގަނޑުމެންނަކީ ޒަމާނުއްސުރެ މަތިވެރި މާތްރަސްކަލާނގެ

ބާވައިލެއްވި ޙައްޤު ދީނުގެ ހިދާޔަތާއި ހިޔާވަހިކަމުގައި އުޅުނު ބަޔަކީމުއެވެ. ނަމަވެސް މިއަދު އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މީހުން ނުކުމެ ފާޅުގައި އެ ބުނަނީ އެ ދީން ވެސް ކަމުނުދާ ކަމަށެވެ. އެ ދީނުގެ ހުކުމްތަކަކީ މުސްކުޅި

ވެފައި ވާ، މެދު ޒަމާނުގެ ސަހަރާއަށް ނޫނީ ކަމުނުދާނެ އެއްޗެހިތަކެއް ކަމަށެވެ. އަޅުގަނޑުމެންގެ ތެރެއިން ބަޔަކު މީހުން ބޭނުން ވަނީ އެކިއެކި ޝިއާރުތަކުގެ

ދަށުން އިސްލާމް ދީނާ ހިލާފު ކަންތައްތައް މި މުޖުތަމައުގައި ތައާރަފު ކުރާށެވެ. އަޅުގަނޑުމެން ކަންޮބޑުވަނީ އިސްލާމް ދީނާ އެއްޮގތަށް އުޅުމުން ޮޑލަރު

ނުލިބިދާނެތީއެވެ. އިސްލާމް ދީނަށް ޯބ ލަނބައިފި ނަމަ އިޓާލިއަން ޕިއްޒާގެ ރަހަ ނުލިބިދާނެތީއެވެ. ޮދން މީހުން ދޭ ޓިޕްސްޮކޅުގެ ކަންތައްތަކަށް ނިމުން

އަތުވެދާނެތީއެވެ. އިސްތިއުމާރުގެ ވާހަކައާއި، އިސްލާމީ މުޖުތަމައުތައް ފިކުރީޮގތުން

އަޅުވެތި ކުރުމަށް ޓަކައި ހުޅަނގުގެ ގައުމުތަކުން ކުރާ މަސައްކަތްތަކުގެ ވާހަކަ އަޅުގަނޑުމެން އެންމެން ވެސް އަހަމުއެވެ. އެ ވާހަކަތަކުގެ ތަފްސީލުތަކަށް މި

ވަގުތު ދާކަށް އަޅުގަނޑު ގަސްތެއް ނުކުރަމެވެ. ހަމައެކަނި ދަންނަވާލަން ބޭނުން

8

ވަނީ، އިސްތިއުމާރަށް ނިމުމެއް އައިސްފައި ނުވާ ވާހަކައެވެ. ތެދެކެވެ. އިސްތިއުމާރުގެ ސިފަ ބަދަލު ވެއްޖެއެވެ. ކުރީގައި، އިސްތިއުމާރަކީ ހަތިޔާރާއި ސިފައިން ބޭނުން ޮކށްގެން ކުރެވޭ ކަމެކެވެ.

ގައުމުތަކުގެ ބިންތައް ހިފައި، ރައްޔިތުންގެ މައްޗަށް އަސްކަރީ ޮގތުން ބާރު ޯފރުވައިގެން ކުރެވޭ ކަމެކެވެ. ނަމަވެސް މިހާރު ކަން ޮއތީއަކީ އެހެންނެއް

ނޫނެވެ. މި ޒަމާނަކީ އިސްތިޢުމާރުލް ޖަދީދު ނުވަތަ ނިޯއޮކޯލނިއަލިޒަމްގެ ޒަމާނެވެ. މިހާރު އިސްތިއުމާރީ ބާރުތަކުން ނުފޫޒު ޯފރުވަނީ އެމީހުންގެ އަމާޒު ކަމަށް ހިމެނޭ

ގައުމުތަކުގެ ރައްޔިތުންގެ ސިކުނޑިތަކަށެވެ. މިހާރު ބޭނުން ކުރާ ހަތިޔާރަކީ “މަކުނު ތިއަރީ” ކިޔަވައިދޭ ބައިޮލޖީ ޮފތްތަކެވެ. ޑިޮމކްރަސީއޭ، ޕާޓީ ސިސްޓަމޭ

ކިޔައިގެން ފަތުރާ ޕްޮރޕެގެންޑާއެވެ. އިންސާނީ ހައްގުތަކޭ ކިޔައިގެން ދައްކާ މުނާފިގު ވާހަކަތަކެވެ. ފާހިޝް އަންހެނުންނާއި ފިރިހެނުންގެ މުޑުދާރު ނާޗަރަންގީ

ފަތުރަން ބޭނުން ކުރާ ޓީވީ ޗެނަލްތަކެވެ. މީގެ ތެރެއިން އަޅުގަނޑުމެންގެ ތެރެއަށް ފެތުރިފައި ނެތް އެއްޗަކީ

ޮކބައިޯތއެވެ؟ ތިޔަ ބޭފުޅުން ނިކަން ވިސްނާވަޑައިގެން ބައްލަވާށެވެ!މި ދެންނެވި ދަރަޖަޔަށް ގައުމުގެ ހާލަތު ދިޔުމުން، ދެން ވެސް

އަޅުގަނޑުމެން ވާނީ މިނިވަނުންނަށް ޯތއެވެ؟ އަޅުގަނޑުމެންގެ އުޅުމާއި ގުޅުންތައް ބައްޓަން ކުރުމުގެ ހުރިހާ ކަމެއް ޝައިތާނާ އާއި، އެހެން އިންސާނުންގެ

އަތްމައްޗަށް ދިޔުމުން ވެސް އަޅުގަނޑުމެންނަކީ މިނިވަނުން ކަމުގައި ވެދާނެޯތއެވެ؟ ދީނީ ޮގތުންނާއި ސިޔާސީ ޮގތުންނާއި އަހުލާގީ ޮގތުންނާއި އިލްމީ ޮގތުން،

އަޅުގަނޑުމެންގެ މުޖުތަމައު ޝައިތާނީ ފިކުރުތަކާއި، އެހެން އިންސާނުން ކުރެ އިސްލާމް ދީނުގެ ދުޝްމަނުންގެ ޮގތްތަކަށް އަޅުވެތި ވުމުން ވެސް މި ގައުމަކީ

މިނިވަން ގައުމެއް ކަމުގެ ބިލާހީ ތަސައްވުރު ދަމަހައްޓަންވީޯތއެވެ؟

މިނިވަންކަން ގެއްލެނީ ކީއްވެ؟

މީގެ އެތައް އަހަރެއް ކުރިއެވެ. ގަރުނެއްހައި ދުވަސް ކުރިއެވެ. އެ ދުވަސްވަރަކީ ފަރަންސޭސި އިސްތިއުމާރީން، އިސްލާމީ ގައުމެއް ކަމަށް ވާ ޮމޮރޯކގެ މައްޗަށް ބާރު ހިންގަން ފެށި ދުވަސްވަރެވެ. ފަރަންސޭސީންގެ

ރޭވުމުގައި ޮއތް އެންމެ މުހިއްމު ކަމަކީ ޮމޮރޯކއިން އިސްލާމީ ޝަރީޢަތުގެ ބާރު ކަނޑުވައިލުމެވެ. އެހެނީ މުސްލިމުން އިސްލާމް ދީނާ ދުރުހެލި ކުރުމަށް ޓަކައި، އިސްލާމީ ޝަރީޢަތް އެމީހުންގެ ދިރިއުޅުމުން ބޭރު ކުރުމަކީ ޮކންމެހެން ކުރަން

ޖެހޭ ކަމެއް ކަމަށް ފަރަންސޭސީން ގަބޫލު ކުރިއެވެ. މިޮގތުން ފަރަންސޭސީން ކުރި މަސައްކަތަށް އެންމެ ޮބޑު

އެހީތެރިކަމެއް ވެދެއްވީ އެއިރު ޮމޮރޯކގެ ފާޒްގެ ޮބޑު މުފުތީއެވެ. ފަރަންސޭސީންގެ އަތުން ޯހއްދެވި އެއްޗެއް ޯހއްދަވައިގެން، މުފުތީ ނެރުއްވި ފަތުވާ އަކީ ހާލަތު

ޮއތް ގޮތުން، އިސްލާމީ ޝަރީޢަތް ތަންފީޒު ކުރުން ހުއްޓައިލުމުގެ މައްސަލައެއް ނެތް ކަމުގެ ފަތުވާއެވެ. މި ފަތުވާއާ ގުޅިގެން ޮމޮރޯކގެ އިސްލާމީ މުޖުތަމައު ދެބައި ވިއެވެ. އެއް ބަޔަކީ ޮބޑު މުފުތީއަށް އިތުބާރު ކުރާ މީހުންނެވެ. އަނެއް ބަޔަކީ ޮބޑު މުފުތީ “މަގުފުރެދިވަޑައިގެންފި” ކަން ދަނެތިބި މީހުންނެވެ. އަނެއް

ބަޔަކަށް ވާނުވާ ނޭނގުނީއެވެ. ދެން ފެށުނީ މި ތިން ބައިމީހުންގެ މެދުގައި ޒުވާބު ކުރުމާއި، އެއްޗެހި ޮގވުމާއި، ހަޅޭލެވުމާއި، ބައެއް ފަހަރު ތަޅާޮފޅުމުގެ ދިގު ސިލްސިލާއެކެވެ. ފަރަންސޭސީންގެ މަގުސަދު ހާސިލު ކުރުމަށް ޓަކައި ހުޅުވެން

ޖެހޭ ހުރިހާ ޮދރުތަކެއް ހުޅުވުނީއެވެ.މި ދެންނެވި ހާދިސާގެ ކުރީން އިންޑިޔާގައި ވެސް ހަމަ މި ކަހަލަ

ކަންތައްތަކެއް ހިނގިއެވެ. އިންޑިޔާގެ މުސްލިމުންގެ ބޭފުޅެއް ކަމަށް ވާ ސައްޔިދު އަޙްމަދު ޚާން، އިނގިރޭސި އިސްތިއުމާރީ ބާރުތަކުގެ ކުރިމަތީގައި

ގުދުވެވަޑައިގެންނެވިއެވެ. އިނގިރޭސީންނާ އެއްޮގތަށް އުޅުމާއި، އިނގިރޭސީންނާ އެއްގޮތަށް ވާހަކަ ދެއްކުމާއި، ކެއުމާއި، ބުއިމާއި، ނިދުމާއި، ކުޅުމާއި ދެންވެސް

ހުރިހާ ކަމެއް ކުރުމަކީ ތަހުޒީބު ވުމަށް ޓަކައި ޮކންމެހެން ކުރަން ޖެހޭ ކަމެއް ކަމަށް އަޙްމަދު ޚާން މުސްލިމުންނަށް ވިދާޅުވެދެއްވަމުން ގެންދެވިއެވެ.

އޭނާއަށް ލިބިވަޑައިގަތް އިނާމުތަކުގެ ތެރެއިން އެއް އިނާމަކީ އޭނާގެ ނަންފުޅުގެ ކުރިޔަށް އިނގިރޭސީން ލައިދިން ލަގަބެވެ. އެ ލަގަބަކީ “ސަރ” ގެ ލަގަބެވެ. އެހެންކަމުން އޭނާއަކީ “ސަރ ސައްޔިދު އަޙްމަދު ޚާން” އެވެ. މީގެ އިތުރަށް

ދެން ލިބިވަޑައިގެންނެވި ހަދިޔާއެއްގެ ޚަބަރެއް އަޅުގަނޑަކަށް ލިބިފައެއް ނުވެއެވެ. އެންމެ ޮމޅަށް ދެނެޮވޑިގެންވަނީ هللا އެވެ.

ދެން ދައްކަން ޖެހެނީ ތުރުކީގެ މުސްތަފާ ކަމާލުގެ ވާހަކައެވެ. މުސްތަފާއަކީ ޔޫރަޕުގެ ޮގތްތައް ނަކަލު ޮކށްގެން އެޮގތަށް އުޅުމަށް

ނިވައްތައިގެންފައި ހުރި މީހެކެވެ. ތުރުކީގައި ޔޫރަޕުގެ ފިކުރާއި، ސަގާފަތާއި، ގޮތްތައް ފަތުރަން އޭނާ ކުރި މަސައްކަތްތަކުގެ ވާހަކަ ދައްކަން ފަށައިފި ނަމަ

އިތުރަށް އެތައް ސަފުހާތަކެއް ލިޔަން ޖެހޭނެއެވެ. އެހެންކަމުން އޭނާގެ ވާހަކަ މާ ދިގު ނުޮކށް ހުއްޓައިލާނަމެވެ.

ގައުމުތައް އަޅުވެތިކަމުގެ ތެރެއަށް ދާން ޖެހޭ އެންމެ ޮބޑު ސަބަބަކީ މި ދެންނެވި ކަހަލަ މީހުންނެވެ. ޙައްޤާ މެދު އެއްވެސް ފަރުވާލެއް ބަހައްޓަން ބޭނުން ނުވާ، މާއްދީ ދުނިޔޭގެ ފައިދާތަކާއި އިއްޒަތާއި ޖާހު ފިޔަވައި އެހެން

އެއްޗެއްގެ އަގެއް ހުރިކަން ދަންނަން ބޭނުން ނުވާ މީހުންނެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގައި ވެސް މި ކަހަލަ ބަޔަކު އެބަ އުޅެއެވެ. އެފަދަ

މީހުން “އަހަރެމެން ޑެތު ޕެނެލްޓީ ގަބޫލެއް ނުކުރަމޭ” މި ކަހަލަ ބާތިލު ޝިއާރުތައް އުފުލާނެއެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމައުގެ މިނިވަންކަން

“ބިލާހެއް” ފަދަ އެއްޗަކަށް ވެފައި ވަނީ މި ދެންނެވި ބާވަތުގެ މީހުން ގައުމުގެ ބަނުމާއި ޮމހުމުގެ ވެރީން ކަމުގައި ހެދީތީއެވެ.

އަނެއްކާވެސް ސުވާލު ޮކށްލާނަމެވެ. ދިވެހި ގައުމު ހަމަ ހަގީގަތުގައި ވެސް މިނިވަން ބާވައެވެ!

ނުވަތަ އަޅުގަނޑުމެންނަށް މިނިވަން ދުވަސް މި ފާހަގަ ކުރެވެނީ ހުރަގެއެއްގެ ތެރޭގައި ތިބެ، ބިލާހީ ތަސައްވުރެއްގެ ޮގތުގައި ބާވައެވެ!

10

އިޔާޒު ނަސީމް ސަން މާފާނު

މުޙައްމަދު ޒަކަރިއްޔާ )އައްރާޒީ( އަކީ އީރާނުގެ ޮޕލިމެތެކެވެ.

ހަކީމެކެވެ. ކީމިޔާއީ އިލްމާއި ސީމިޔާއީ އިލްމުގެ އާލިމެކެވެ. ކަށިވިދުރި އާއި

ހިމަބިހި މިއީ ދެ ބައްޔެއްކަން ފުރަތަމަ ފާހަގަ ކުރެއްވީ ވެސް ރާޒީއެވެ.

އަދި އެންމެ ފުރަތަމަ ކަރާސީނު ޯހއްދެވި ސައިންސްވެރިޔަކީ ވެސް ރާޒީއެވެ.

ބޭސްވެރިކަމާއި ފަލްސަފާ އާއި މިއުޒިކާއި ދީނުގެ ތަފާތު މައުޟޫތަކަށް އޭނާ

ވަނީ 200 އަށް ވުރެ ގިނަ ޮފތް ލިޔުއްވައިފައެވެ.

ރާޒީއަކީ އެންމެ ފުރަތަމައަށް އެސިޑު ވެސް އުފެއްދެވި

އިލްމުވެރިޔާއެވެ. މި ޮގތުން އޭނާ ވަނީ ސަލްފިޔުރިކް އެސިޑް

އުފައްދަވައިފައެވެ.

ޮލލުގެ ބަލިތަކުގެ އިބްތިދާއީ ވަރަށް ގިނަ ފަރުވާ ޮގސް ގުޅެނީ

ރާޒީއާއެވެ. އަދި ކުޑަކުދީންގެ ބަލިތަކަށް ހާއްސަޮކށްގެން ފުރަތަމަ ޮފތެއް

ލިޔުއްވީ ވެސް ރާޒީއެވެ. މީލާދީން 865 ވަނަ އަހަރުގެ ޯއގަސްޓް 27

ވަނަ ދުވަހު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތް ރާޒީ އަވަހާރަވީ 925 ވަނަ

އަހަރުއެވެ.

މުޙައްމަދު ޒަކަރިއްާޔ )އައްާރީޒ(

މިޒޮާރމްއަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ އިންޑިޔާގެ

ސްޓޭޓުތަކުގެ ތެރެއިން މިޮޒރާމަށެވެ. މިއީ އިރުއުތުރު އިންޑިޔާއަށް ނިސްބަތްވާ ސްޓޭޓެކެވެ. މިޮޒރާމަކީ އިންޑިޔާގެ އިރުމަތީ ބިތުގައި ޮއންނަ ހަތްއުޚްތުންގެ ނަމުން ނަންދެވިފައިވާ ސްޓޭޓުތަކުގެ ތެރޭގައި ހިމެނޭ ސްޓޭޓެކެވެ. މިޮޒރާމްގެ

ބުއްދީގެ ފުރާގު

"އެއް މާބަނޑު ދެބެން ކަމުގައި ވިޔަސް ތަފާތު ހުންނާނެއެވެ." - އައްރާޒީ

އިތުރުން "ހަތް އުޚްތުން"ގެ ތެރޭގައި ހިމެނޭ ހަ ސްޓޭޓަކީ އަރޫނާޗަލްޕްރަދޭޝް އާއި، ނާގާލޭންޑާއި، އާސާމާއި، މޭގަލަޔާ އާއި، ތްރިޕޫރާ އާއި، މަނިޕޫރެވެ.

ތްރިޕޫރާ އާއި އާސާމާއި މަނިޕޫރުގެ އިތުރުން މިޮޒރާމާއެކު އިން ހިއްސާ ކުރަނީ ބަންގްލާދޭޝާއި ބަރުމާއިންނެވެ. އިންޑިޔާގެ 23 ވަނަ ސްޓޭޓުގެ ޮގތުގައި މިޮޒރާމް

ހަމަޖެހިގެން ދިޔައީ 20 ފެބުރުވަރީ 1987 ގައެވެ.މިޮޒރާމްގެ ވެރިރަށަކީ އަދި އެންމެ ޮބޑު ޝަހަރަކީ އައިޯޒލެވެ.

މިޮޒރާމަކީ އިންޑިޔާގެ ސްޓޭޓްތަކުގެ ތެރެއިން ގެޮދރު ނެތް މީހުން އެއް ޮގތަކަށް ވެސް ނެތް ސްޓޭޓެކެވެ. ލިޔާންކިޔާން ދަތުން ވެސް ކެރެލާ އާއި ލަކްޝަދީބު

ފިޔަވައި ދެން އެންމެ މަތީ މިޮޒރާމްގައެވެ.މިޮޒރާމްގެ ރަސްމީ ބަހަކީ މިޯޒ ބަހެވެ. މިއީ ސިޯނޓިބެޓަން އާއިލާއަށް

ނިސްބަތްވާ ބަހެކެވެ.މިޮޒރާމްގެ އާބާދީގެ %86 އަކީ އީސާއީންނެވެ. %8 އަކީ

ބޫދީންނެވެ. %4 އަކީ ހިންދޫންނެވެ. %2 އަކީ މުސްލިމުންނެވެ. އެހެން ދީންތަކަށް ނިސްބަތްވާ މީހުންގެ ހިއްސާއަކީ %1 އެވެ. މި ބައިގެ ތެރޭގައި

ޔަހޫދީން ވެސް ހިމެނެއެވެ.މިޮޒރާމްގެ އާބާދީއަކީ 1.1 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު މިއީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 27 ވަނައެވެ. ބިމުގެ ޮގތުން ބަލާއިރު 24

ވަނައެވެ. އިދާރީ ޮގތުން މިޮޒރާމް ބަހައިލެވިފައިވަނީ 8 ޑިސްޓްރިކްޓަށެވެ.

ދުޅަހެޮޔ ސިއްޙަތެއް ގައި ތިބުމަށް އެތައް ގިނަ ޚަރަދު ތަކެއް ކުރަމުން ދާ ފަރާތްތަށް ގިނަގުނައެވެ.

ގައިންގަޔަށް ނާރާ ބަލިތަކުން ދުރުވުމާއި ރަނގަޅު ސިއްޙަތެއްގައި ދެމިތިބުމަށް ކެއުމުގެއާދަތަށް ޤުދްރަތީ ޮގތުން ލިބިދޭ

ފައިދާހުރިކާނާއަށް ބަދަލުކުރަން ޖެހެއެވެ. މިޮގތުން އެކިވައްތަރުގެ ނަޓު ނުވަތަ ޮއށުން ލިބޭ ފައިދާތައް އެނގެން ޖެހެއެވެ.

އަދި ޮކންމެދުވަހަކުވެސް އެކިވައްތަރުގެ ނަޓް ބޭނުންކުރުމާއި ބޭނުންކުރާނަޓަކީ ޮލނު، ހަކުރު ނުވަތަ ތެޮޔ އަޅާފައިވާ ނަޓަކަށް

ނުވުމަކީ މުޙިއްމު ކަމެކެވެ. ޮކލެސްޓްޯރލު މަތިނަމަ އާމަންޑް، މެކަޑާމިޔާ

ނުވަތަ ޕެކާން ބޭނުން ކުރާށެވެ. ޮކލެސްޓްޯރލަކީ ތެޮޔ ހުންނަ ކާނާ ހަޖަމު ކުރުމުން ފުރަމޭއިން އުފައްދާ ބާވަތެކެވެ.

ޮކލެސްޓްރޯޯލްގެ ހަށިގަނޑަށް ގެއްލުއްދޭ ވައްތަރުގެ ސަބަބުން ހިތުގެ ބަލިޖައްސާ އެއްފަޅި ވާގިނެތޭބަލިޖެހުމުގެފުރުސަތު

ޮބޑުވެދެއެވެ. ހުރިހާވައްތަރެއްގެ ނަޓަކުންވެސް ޮކލެސްޓްޯރލް ތިރިކުރިކަމުގައިވިޔަސް އެންމެ ޮބޑަށް ތިރިވާކަމަށް ޯހދިފައިވަނީ

އާމަންޑް، މެކަޑާމިޔާ ނުވަތަ ޕެކާން އިންނެވެ.މުސްކުޅިވުމުގެ އަސަރު ހަށިގަނޑުން ފިލުވާލުމަށް ހޭޒަލް ނަޓް ބޭނުން ކުރާށެވެ. ހޭޒަލް ނަޓަކީ ހަން ގުތުރަތީ

ރީތިކަމުގައި ބެހެއްޓުމާއި، ހަން ބަދަލުވުމުގައި އެހީވެދޭ ނަޓެކެވެ. އެއީ އެ ނަޓު ގައި ހިމެނޭ ވިޓަމިން އީ ގެސަބަބުން ހަންގަނޑު ޮއމާން ކަމާއެކުބަހައްޓައިދޭތީއާއި، ރޫޖެހުމުން ދުރުޮކށްދޭތީ އެވެ. ދުވާލަކު ހައެއްކަ ހޭޒަލް ނަޓް ބޭނުން ކުރުމުން މިކަން ޙާސިލް

ވާނެއެވެ.ދަރިން ނުލިބޭނަމަ ބްރެޒިލް ނަޓް ބޭނުން ކުރާށެވެ.

ދަރިފަނި އުފެދުމަށްބޭނުންވާ ކާނާގެ ބައިތަށް އެކުލެވިގެންވާ މިނަޓަކީ ދަގަޑު ގެބާވަތެއް ކަމަށްވާ ސެލީނިއަމ ގިނައަދަދަކަށް

އެކުލެވޭ ނަޓެއްކަމުން ދަރިނުލިބިގެން ބޭސްކުރައްވާ ފަރާތް ތަކުން ދުވާލަކު ބްރެޒިލް ނަޓުގެ ދެތިން ޮއށް ބޭނުން

ކުރައްވާށެވެ. ހަކުރުބައްޔަށް އެންމެ ރަނގަޅީ ބަދަނެވެ. ބަދަނަކީ

ހަށިގަނޑުގެ ހަކުރުގެސަބަބުން އުފެދިފައިވާ ސަރުބީގެ ސެލްތައް ނައްތާލާ ލޭޮހޅިތަކުގެ ފާރުހިއްކުމުގައި ޮބޑު ޯރލެއް އަދާކުރާ ނަޓެކެވެ. އެހެން ކަމުން ހަކުރުބައްޔާއި އެހެނިހެން ފަލަވުމުގެ ސަބަބުން ޖެހުމުގެ ފުރުސަތުޮބޑު ބަލިބަލި ޖެހުން

ދުޅަހެޔޮ ސިއްހަތު އޮށެއްގެ ތެރޭގައި

ޑރ. އިބްރާހީމް ޔާސިރު

ދުރުޮކށްދިނުމުގެ އިތުރަށް ފިތުގެ ހިލަ އުފެދުން ދުރުޮކށްދެއެވެ. ދުވާލަކު ދެމޭޒުމަތީ ސަމުސާ ބަދަން ބޭނުންކުރެއްވުމުން މިފައިދާތަށް

ހަށިގަނޑަށް ލިއްބައިދެއެވެ.ހަނދާން ނެތުން އިތުރުވާނަމަ، ޯވލް ނަޓް ނުވަތަ

އާމަންޑް ބޭނުން ކުރާށެވެ. ދުވާލަކު ދިހަވަރަކަށް ޯވލްނަޓު ނުވަތަ އާމަންޑް ބޭނުން ކުރާނަމަ އުމުރުން ދުވަސްވުމުން ހަނދާނަށް އަންނަ ބަދަލުތަށް ރަނގަޅުޮކށް ދެއެވެ. މި ނަޓު ތަކަކީ އޭގައި ހަށިގަނޑަށް ފައިދާހުރި އަލްފާ ލިޮނލެއިކް އެސިޑް ގެ އިތުރުން ނާރުތަށް ދުޅަހެޮޔ ކަންމަތީ ދެމެހެއްޓުމަށް ބޭނުންވާ ޮޕލިފިޯނލް

ހިމެނޭ ބާވަތްތަކެކެވެ. ފުއްޕާމޭގެ ކެންސަރުޖެހުމާދުރުޮކށްދޭ ނަޓަކީ ޕިސްތާޯޝ

އެވެ. އެއީ ޕިސްތާޯޝ ގައި ހިމެނޭ ގާމާ ޮޓޮކފެޯރލް ގެ

ސަބަބުންނެވެ. ދުވާލަކު ފަންސާސް ޕިސްތާޯޝ ޮއށް ބޭނުން ކުރުމުން ފުއްޕާމޭގެ ކެންސަރުގެއިތުރުން އެހެން ކެންސަރުތަކުން

ވެސް ދުރުޮކށްދެއެވެ.ހިކެން ބޭނުންވާ ފަރާތްތަކުން އާމަންޑް ބޭނުންކުރާށެވެ. އާމަންޑް އިން ހިކުމުގައި އެހީ ވެދޭޮގތެއް ކަމަށް ބެލެވިފައިވަނީ

އާމަންޑުބޭނުންކުރުމުން މައިދާފުރުމުގެސަބަބުން އެހެނިހެން ކާތަކެތި ކާހިތްނުވުމެވެ. އެހެންކަމުން ހަށިގަނޑަށް އެހެން ކާނާއިން

ލިއްބައިދޭ ހަކަތަ ނުވަތަ ކެޮލރީ މަދުވުމުން ހިކުމަށް މަގުފަހިވެއެވެ.ކާނާ ފުރިހަމައަށް ޮކންމެދުވަހަކުވެސް ބޭނުން ކުރުމަކީ ދުޅަހެޮޔ ސިއްޙަތެއްގައި ހުރުމުގެ ސިއްރެވެ. އެހެންކަމުން އެކިވައްތަރުގެ ނަޓު ޮކންމެދުވަހަކުވެސް ބޭނުން ކުރުމުގެ އިތުރުން ހަށިގަނޑަށް

ފައިދާހުރިއެހެނިހެން ކާނާ ބޭނުންކުރުން މުޙިއްމެވެ.

11

ހަކުރުބައްޔަށް އެންމެ ރަނގަޅީ

ބަދަނެވެ. ބަދަނަކީ ހަށިގަނޑުގެ

ހަކުރުގެސަބަބުން އުފެދިފައިވާ

ސަރުބީގެ ސެލްތައް ނައްތާލާ

ލޭޮހޅިތަކުގެ ފާރުހިއްކުމުގައި ޮބޑު

ޯރލެއް އަދާކުރާ ނަޓެކެވެ. “

ސިއްހަތު

ސުމުއްވުލް އަީމރު އިބްާރީހމް ާނޞިރު ރަންނަބަނޑޭރި ކިލެގެާފނުދިވެހިރާއްޖޭގެ މިނިވަންކަމުގެ ބަޠަލު ސުމުއްވުލް އަމީރު އިބްރާހީމް

ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 2 ސެޕްޓެންބަރު 1926 )24 ޞަފަރު 1345( ވީ ބުރާސްފަތި ދުވަހުއެވެ.

ފުރަމާލޭގައެވެ. ވެލާނާގޭގައެވެ.

ކާލީކޯޓަށް( ވަޑައިގެން މަލާބާރުގެ އަންހެން ބޭފުޅަކާ ކައިވެނި ބައްލަވައިގެން އުފެދުނު މަޝްހޫރު ނަހާ ދަރިޮކޅުގެ ސައްޔިދު ބޭކަލެއް ކަމުގައިވާ އައްސައްޔިދު

މުޙައްމަދު ނަހާ އަލްމަލާބާރީ )ޮހޅި ނަހާ(، ދިވެހި އަންހެން ބޭކަނބަލަކާ ކައިވެނި ބައްލަވައިގެން ލިބިވަޑައިގަތް ފަސްމަންދޫ އަލްވަޒީރު ޙަސަން

ހަކުރާ ތަކުރުފާނު، - އަލް ޤާޟީ މުޙައްމަދު ޝަމްސުއްދީން ޮބޑުފަނޑިޔާރު ތަކުރުފާނުގެ

އަލްޙާފިޡާ ޮބޑު ފާޠިމާފާނުގެ ޒުލައިހާބީގެ އަތިރީ ޙައްވާބީގެ އަތިރީ ކަމަނާއާ ކައިވެނިބައްލަވައިގެން ލިބިވަޑައިގަތް އަލްވަޒީރު ޮހޅި ޙަސަން ހަކުރާ

މަނިކުފާނުގެ އަލްވަޒީރު ޢަލީ ޮދށިމޭނާ މަނިކުފާނު، - އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު

)2 ވަނަ( ގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު )2 ވަނަ( ގެ އަލްއަމީރާ ސަންފާ ރަންދިކަނބާފާނާ ކައިވެނިފުޅު ބައްލަވައިގެން ލިބިވަޑައިގަތް އަންނަބީލު

ވީރު އިބްރާހީމްދީދީ )ކީހި އިބްރާހީމްދީދީ( ގެ ވީރު ޙަސަންދީދީގެ ޢަލީ މަލިން މަނިކުފާނުގެ

އަލްވަޒީރު ޙަސަން ވެލާނާ މަނިކުފާނުގެ ދަރިކަލުން ވެލާނާގޭ މުޙައްމަދުދީދީ، - ހުރާ ޮދންމަރުދުރު

ފަނޑިޔަތްކަލޭގެފާނުގެ އިބްރާހީމް އެދުރުތަކުރުފާނުގެ ޢަލީ ޮބޑު މުރީދު ތަކުރުފާނުގެ ޙުސައިން ޮދށިމޭނާ ކިލެގެފާނުގެ ޮދން އަޙްމަދުދީދީ )ޮދށިމޭނާ ކިލެގެފާނު(ގެ ގަޮލޅުގޭ ޢަލީ ޮދށިމޭނާ ކިލެގެފާނުގެ ދަރިކަލުން

އަތިރީގޭ އިބްރާހީމް ޮދށިމޭނާ ކިލެގެފާނުގެ ތުއްތުޮދންދީދީއާ ކައިވެނިފުޅު ބައްލަވައިގެން ލިއްބެވި

ވެލާނާގޭ އަޙްމަދުދީދީއެވެ.ހުރާ މި ޮދންމަރުދުރު ފަނޑިޔަތްކަލޭގެފާނާ ބެހޭ ޮގތުން މުޙައްމަދު

އަމީން ލިޔުއްވަނީ، އެއީ ފަރަންސޭސި ނަވަކުން ވަޑައިގެންނެވި ޮދންލުއީ ނަމަކަށް ކިޔާ ޮއފިސަރަކު މާލެއަޮތޅު ހުރާ ބޭކަނބަލަކާ ކައިވެނިބައްލަވައިގެން ލިބިވަޑައިގަތް ބޭފުޅެއް ކަމަށެވެ. އެހެން ނަމަވެސް ނ.ތ ޙަސަން ދީދީ އާއި

ދިވެހިާރއްޖޭގެ މިނިވަންދުވަހުގެ ބަޠަލު

އިޔާޒު ނަސީމް

ނަސަބުފުޅު

އިބްރާހީމް ނާޞިރުގެ ބައްޕަ އަކީ ޔަމަނުކަރައިގެ ޙަޟްރަމައުތުގެ ބާޢަލަވީ ސައްޔިދު ދަރިޮކޅެއް ކަމުގައިވާ ޝައްޤާފު ވަންހައިގެ ސައްޔިދު ބޭކަލަކު ކަމުގައިވާ ނަޚްދާއަކު އިންޑިޔާގެ މަލާބާރަށް )ކެރެލާ ސްޓޭޓުގެ

ސުމުއްވުލް އަީމރު އިބްާރީހމް ާނޞިރު ރަންނަބަނޑޭރި ކިލެގެާފނުމި ދަރިޮކޅުގެ އެހެން ބައެއް ބޭފުޅުން ލިޔުއްވަނީ މިއާ ތަފާތުޮކށެވެ. މި

ބޭފުޅުން ލިޔުއްވާ ޮގތުގައި، އެއީ މުސްލިމް ޢައްބާސް އަލްހިލާލީގެ ހިލާލީ ކަޯލގެ ސުލްޠާން ޙަސަން )އެއްވަނަ( ގެ ސުލްޠާން ޔޫސުފް )2 ވަނަ( ގެ ސުލްޠާން ޢުމަރު )2 ވަނަ( ގެ ކަޅު މުޙައްމަދު ރަސްގެފާނުގެ ޢުމަރު މާފަތްކިލެގެފާނުގެ

ސުލްޠާން ޙަސަން )9 ވަނަ، އީސާއީ ދީނަށް ވެދެވަޑައިގަތް ފަހުން ޮދމް މަނުއެލް( ގެ ޮދމް

ޮޜއަންގެ ޮދނަ އިނޭޒްގެ ޮދމް ލުއިޒް މާލެއަޮތޅު ހުރާ ބޭކަނބަލަކާ ކައިވެނިބައްލަވައިގެން ލިބިވަޑައިގަތް ހުރާ

ޮދންމަރުދުރު ފަނޑިޔަތްކަލޭގެފާނެވެ.އިބްރާހީމް ނާޞިރުގެ މަންމަ އަކީ

އައްސުލްޠާން މުޡައްފަރު މުޙައްމަދު ޢިމާދުއްދީނު )2 ވަނަ( ގެ އައްސުލްޠާން އިބްރާހީމް އިސްކަންދަރު )2

ވަނަ( ގެ އައްސުލްޠާން މުޙައްމަދު ޣިޔާޘުއްދީނުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ

އަންނަބީލު ކަރައްޔެ ޙަސަންދީދީގެ ޙުސައިންދީދީގެ ދަޑިމަގު ގަނޑުވަރު މަރްޔަމްދީދީގެ މޫސާދީދީގެ

ޢާއިޝަތުދީދީއެވެ. އިބްރާހީމް ނާޞިރުގެ މަންމާފުޅު

ނިސްބަތްވަނީ ފުވައްމުލަކަށެވެ. އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ ފުވައްމުލަކުގައި ކަމަށް މިކަމާ

ހުރެ ބައެއް ބޭފުޅުން ލިޔުއްވައެވެ. އެހެން ނަމަވެސް އިބްރާހީމް ނާޞިރު އުފަންވެވަޑައިގަތީ މާލޭގައި

ކަމަށާއި އެންމެ ފުރަތަމަ ފުވައްމުލަކަށް ވަޑައިގަތީ ބޮޑުވަޒީރުގެ މަގާމު ވެސް ލިބިވަޑައިގަތް ފަހުން ކަމަށް ނާޞިރުގެ މައިފުށުގެ

ބޮޑުބޭބެ އިބްރާހީމް ސަޢީދުއާ ހަވާލާ ދެއްވައި، ނާޞިރާ ދެބެންގެ ދެދަރި ބޭފުޅެއް ކަމުގައިވާ އަލްފާޟިލް ޢަބްދުهللا ފާރޫޤު ޙަސަން ވިދާޅުވިއެވެ.

ތައުލީމުއިބްރާހީމް ނާޞިރު އެންމެ ފުރަތަމައަށް ތައުލީމު ހާސިލު ކުރެއްވީ

މަދަރުސަތުއްސަނިއްޔާއިންނެވެ. އެއަށްފަހު، ސިޯލނަށް ވަޑައިގެން ޯސސަންވިލާގައި ހުންނަވައިގެން ކިޔަވައި ވިދާޅުވިއެވެ. ސިޯލނުގައި ހުންނަވައިފައި ރާއްޖެވަޑައިގަތީ

1949 ވަނައަހަރުގައެވެ.

އަދާކުރެއްވި ވަޒީފާތައް

sރާއްޖެ ވަޑައިގަތުމާއެކު ދައުލަތަށް ހިދުމަތް ކުރައްވާން ފެށްޓެވިއެވެ. އެންމެ ފުރަތަމައަށް އަދާ ކުރެއްވި ވަޒީފާއަކީ ހާރިޖިއްޔާގެ ސެކްރެޓަރީ

ކަމެވެ. ސުމުއްވުލްއަމީރު މުޙައްމަދު އަމީން ޮދށިމޭނާކިލެގެފާނުގެ ވެރިކަމުގައި ސިފައިންގެ ޮއފިސަރެއްގެ މަގާމަށް ބަދަލުކުރެއްވިއެވެ. އިބްރާހީމް ނާޞިރުގެ

14

ބައްޕަ ވެލާނާގޭ އަޙްމަދުދީދީ އާއި އަލްއަމީރު މުޙައްމަދު އަމީނު، މިއީ ދެބެންގެ ދެދަރި ދެބޭފުޅުންނެވެ. މުޙައްމަދު އަމީން ދޫނިދޫން މާލެވަޑައިގެންނެވި ރޭ މާލޭ

ރައްޔިތުން މުޙައްމަދު އަމީނާ ދިމާޮކށްލި ވަގުތު އެމަނިކުފާނުގެ ހިމާޔަތުގައި ނާޞިރު ވަރަށް ގަދައަށް މަސައްކަތްކުރެއްވި ކަމަށް، މަންޒަރު ދުށް މީހުން

ބުނެއެވެ. ޖަލާލަތުލްމަލިކު މުޙައްމަދު ފަރީދު އަލްއައްވަލުގެ ރަސްކަމުގައި 11 އެޕްރީލު 1955 )17 ޝަޢުބާން 1374( ވީ ޯހމަ ދުވަހު ނާޞިރު ކެބިނެޓުގައި

ހިމެނި ވަޑައިގަތެވެ. މުޙައްމަދު ފަރީދު ރަސްކަމަށް އިސްވެ ވަޑައިގަތީ 7 މާރިޗު 1954 )01 ރަޖަބު 1373( ވީ އާދީއްތަ ދުވަހުއެވެ. ޮބޑުވަޒީރަކީ

ސުމުއްވުލްއަމީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނެވެ. މަޙްކަމަތުލް އަމަންޢާއްމުގެ ވެރިޔަކީ ޞާޙިބުލްމަޢާލީ އިބްރާހީމް މުޙައްމަދު ދީދީ )ވެލާނާގޭ އިބްރާހީމް ދީދީ( އެވެ. 1375 ގެ ޛުލްޤަޢިދާ މަހުގެ 20 ވަނަ ދުވަހު މަޙްކަމަތުލް އަމަންޢާއްމުގެ ވެރިކަން އިބްރާހީމް ނާޞިރަށް ލިބިވަޑައިގަތެވެ. އަދި ފަހުން އިބްރާހީމް ދީދީ ހުންނެވީ ވަޒީރުލް މާލިއްޔާ )ފިނޭންސް މިނިސްޓަރު( ކަމުގެ މަގާމުގައެވެ. އިބްރާހީމް ދީދީ ސިޯލނަށް ބޭސްޮކޅަކަށް ވަޑައިގަތުމުން ވަޒީރުލް މާލިއްޔާގެ މަގާމާއި ސިފައިންގެ ވެރިޔާގެ ނައިބު ކަމުގެ މަގާމު ފުރުއްވީ އިބްރާހީމް ނާޞިރެވެ. މީގެ އިތުރުން ވެސް އެހެން ބައެއް ވުޒާރާތަކުގެ ވަޒީރުކަމާއި ރައްޔިތުން މަޖިލިސްގެ ހެންވޭރު މެންބަރުކަންވެސް ނާޞިރު ކުރެއްވިއެވެ.

ދައުލަތުގެ ކުރިޔަށް ތިއްބެވި ބޭފުޅުން ޮބޑުވަޒީރު އިބްރާހީމް ފާމުލަދޭރި ކިލެގެފާނުގެ ވެރިކަމާ ނުރުހުންވެ، ކިލެގެފާނު ޮބޑުވަޒީރުކަމުން އިސްތިއުފާ ދެއްވުމުން ޮބޑުވަޒީރު ކަމުގެ މަގާމު ނާޞިރަށް ލިބިވަޑައިގަތެވެ. ކިލެގެފާނު

އިސްތިއުފާ ދެއްވީ 11 ޑިސެންބަރު 1957 ގައެވެ. ކިލެގެފާނުގެ އިސްތިއުފާއާ ގުޅިގެން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިބްރާހީމް ޝިހާބު

ހުށަހަޅުއްވައިގެން އިބްރާހީމް ނާޞިރު ޮބޑުވަޒީރަކަށް އައްޔަން ކުރެވުނެވެ. ކީރިތި މަހާރަދުންނަށް މިކަން ހުށަހަޅައި މަހާރަދުން އެކަން ތަސްދީގު ކުރެއްވުމުން

އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ޮބޑުވަޒީރަކަށް ވެވަޑައިގަތީއެވެ. އިބްރާހީމް ނާޞިރު ދިވެހިރާއްޖޭގެ ޮބޑުވަޒީރުކަމުގެ ހުވާ ކުރެއްވީ 12

ޑިސެންބަރު 1957 ގައި، މަތިގޭގައި ޮއތް ހާއްސަ މަޖިލީހެއްގައި ކީރިތި މަހާރަދުންގެ ކުރިފުޅުމަތީގައެވެ. އެ މަޖިލީހުގައި އެމަނިކުފާނުގެ ކެބިނެޓްގެ

މެންބަރުން ވެސް ހުވާ ކުރެއްވިއެވެ. ޮބޑުވަޒީރުކަމުގެ މަގާމުގައި ގާތްގަނޑަކަށް 11 އަހަރު ގައުމަށް ހިދުމަތް ކުރެއްވިއެވެ. އޭގެ ފަހުން ފުރިހަމަ މާނައިގައި

ދިވެހިރާއްޖެ ޖުމްހޫރިއްޔަތަކަށްވުމުން، މި ޖުމްހޫރިއްޔަތުގެ ފުރަތަމަ ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިހާބުވެ ވަޑައިގަތީ ވެސް ސުމުއްވުލްއަމީރު

އިބްރާހީމް ނާޞިރެވެ. އެމަނިކުފާނު ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވީ 11 ޮނވެންބަރު 1968 ވީ ޯހމަ ދުވަހުއެވެ. ފަސް އަހަރުގެ ދެ ދައުރު ވެރިކަން

ކުރެއްވުމަށް ފަހު އަމިއްލަފުޅަށް ވެރިކަމާ ދުރަށް ވަޑައިގަތީ އެކަކު ގިނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި ހުރުމުގެ ސަގާފަތް ގަބޫލުފުޅު

ނުކުރައްވާތީއެވެ. 1949 ވަނަ އަހަރުން ފެށިގެން 1978 ވަނަ އަހަރާ ހަމަޔަށް، އެމަނިކުފާނު ވަނީ މެދުނުކެނޑި 29 އަހަރުގެ ދިގު މުއްދަތެއްގައި ދިވެހި

ދައުލަތަށް ހިދުމަތް ކުރައްވައިފައެވެ.

ހިދުމަތް

ދިވެހި ސަރުކާރުގެ އެންމެ އިސްވެރިއެއްގެ ޮގތުން ޮބޑުވަޒީރުކަމާއި ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުގައި އެމަނިކުފާނު ހޭދަ ކުރެއްވި 21 ވަރަކަށް

އަހަރުގެ ތެރޭގައި ނާޞިރު ވަނީ ދުވަހަކު ވެސް އެއްވެސް އެހެން ވެރިޔަކު ދިވެހި ގައުމަށް ޮކށްނުދެއްވާހާ ގިނަ ހިދުމަތްތަކެއް ގައުމަށް ޮކށްދެއްވައި

ތަރައްގީގެ މަގުގައި އެތައް ފިޔަވަޅެއް ކުރިޔަށް އަޅުއްވައިފައެވެ. ރައީސް ނާޞިރަކީ ވިހިވަނަ ގަރުނުގައި ދިވެހިރާއްޖެއިން އުފެދުނު

އެންމެ ވަރުގަދަ ސިޔާސީ ޝަހުސިއްޔަތެވެ. މިހެން ދަންނަވާން ޖެހެނީ އިނގިރޭސީންގެ ހިމާޔަތުގެ

އަޅުވެތިކަމުގެ ދަށުގައި ދިވެހިރާއްޖެ ޮއތް އިރު ވެސް ރާއްޖޭގެ އަމިއްލަ އިސްތިގުލާލާއި ސިޔާދަތަށް ބުރޫ އަރާ ފަދަ އެއްވެސް ކަމެއްގައި އިނގިރޭސީންނަށް ދޫ ނުދެއްވައި،

ޯހއްދެވި ފުރިހަމަ ކާމިޔާބީއާ ހެދިއެވެ.

ޮކންމެވެސް ޒަމާނެއްގައި އިނގިރޭސީން ރާއްޖެ ދޫޮކށްލި ނަމަވެސް، ސުމުއްވުލްއަމީރު

އިބްރާހީމް ނާޞިރު އެ ވަރަށް މަސައްކަތް ނުކުރެއްވި ނަމަ

ރާއްޖެއަށް ފުރިހަމަ މިނިވަންކަމެއް ނުލިބުނީސް ކަމާއި، ރާއްޖެ ޮއތީހީ ސިޯލނު ފަދަ ގައުމެއްގެ ދަށުގައި ކަމަށް، އެ ދުވަސްވަރު ކަންތައް

ހިނގަމުން ދިޔަ ޮގތް ދެކެވަޑައިގަތް ބޭފުޅުން ވިދާޅުވެއެވެ.

ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރުގެ ހަތް އަހަރު ދުވަހުގެ މިންނެތް މަސައްކަތްޕުޅުން

ދިވެހިރާއްޖެއަށް ފުރިހަމަ މިނިވަންކަން ލިބުނީ 26 ޖުލައި 1965 ގައެވެ. އިނގިރޭސީންގެ

ފަރާތުން މިނިވަންކަމުގެ އެއްބަސްވުމުގައި ޮސއި ކުރެއްވީ

ހިޒް އެކްސެލެންސީ މައިކަލް ޯވކަރެވެ. ދިވެހިރާއްޖޭގެ ފަރާތުން ޮސއި ކުރެއްވީ ސުމުއްވުލްއަމީރު އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު، ނިޝާން ޣާޒީގެ

ޢިއްޒަތްތެރި ވެރިޔާއެވެ.

ހަރުދަނާކަން

އަހުލާގީ ޮގތުން ބަލާއިރު ވެސް ނާޞިރަކީ ވަރަށް ހަރުދަނާ ބޭފުޅެކެވެ. ނާޞިރަށް ޮބޑުވަޒީރު ކަމުގެ މަގާމު ލިބިވަޑައިގަތުމުން، ޒަމާނުއްސުރެ

ދިވެހީންގެ ތެރޭގައި ޮއތް އާދައިގެ މަތީން ނާޞިރުގެ ކުރީން ޮބޑުވަޒީރު ކަމުގެ މަގާމުގައި ހުންނެވި އިބްރާހީމް ފާމުލަދޭރިކިލެގެފާނަށް ނިސްބަތްޮކށް މަލާމާތުގެ ހާސަރުތައް ކިޔޭން އުޅުމުން އެކަމަށް ފުރުސަތު ނުދެއްވި ކަމީ އެމަނިކުފާނުގެ ހަރުދަނާ އަހުލާގު ދައްކައިދޭ ކަމެކެވެ. މި ޮގތުން ކުރީގެ

ޮބޑުވަޒީރަށް ނިސްބަތްޮކށް މަލާމާތުގެ އަންބާ ހަދައިގެން ބަޔަކު ކިޔަމުން ދިޔަކަން

15

އެނގިވަޑައިގަތުމާއެކު ފިޔަވަޅު އެޅުއްވިއެވެ. ވަކިވި ވެރިޔާއަށް ކުރާން ފެށި މަލާމާތް ކުރިޔަށް ނުގެންދެވުނީ މި ޮގތުން އިބްރާހީމް ނާޞިރު އެޅުއްވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުންނެވެ. ކިލެގެފާނަށް އާލާސްކަންފުޅެއް ޖެހިވަޑައިގެންނެވި ޮކންމެ ފަހަރަކު ވެސް ބޭސްޮކޅުގެ ކަންތައް ހަމަޖައްސަވައިދެއްވީ ދައުލަތުގެ ފަރާތުންނެވެ. ބޭސްޮކޅަށް ޮކޅުނބަށް ވަޑައިގަންނަވާ އިރު ކިލެގެފާނު ފާލަމާ

ހަމަޔަށް ވަޑައިގަންނަވަނީ ނާޞިރުގެ ކާރުޮކޅުގައެވެ. ޑްރައިވަރަކަށް އިންނަވަނީ ޚުދު ނާޞިރެވެ. އަދި ޮކޅުނބުން މާލެވަޑައިގަންނަވާއިރު ފާލަމާ ހިސާބުން ގެޮކޅަށް ގެންޮގސްދެއްވަނީ ވެސް

ނާޞިރެވެ. އަދި ހަމަ އެހެންމެ ނާޞިރުގެ ވެރިކަމުގައި ބޭއްވުނު ވަރަށް ގިނަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހުމާނެއްގެ ދަރަޖަ ދެއްވައިފައިވަނީ ވެސް ކިލެގެފާނަށެވެ. މި ޮގތުން، އަވަހާރަވާން ދެން ވެސް ކިލެގެފާނު އުޅުއްވީ

ކަމޭހިތުމާއެކު ގަދަރާއި އިއްޒަތުގައެވެ. ކިލެގެފާނު އަވަހާރަވީ 10 ޖަނަވަރީ 1975 ގައެވެ.

ކައިވެނިފުޅުތަކާއި ބޭފުޅުން

އިބްރާހީމް ނާޞިރު ކުރެއްވީ ތިން ކައިވެންޏެވެ. ފުރަތަމައަށް ކައިވެނި ބައްލަވައިގަތީ އައްސުލްޠާން އިބްރާހީމް ނޫރައްދީނުގެ އަލްއަމީރާ ޙަލީމާ ނުރައްދީނު

)މާވާކިލެގެފާނު ގަނޑުވަރު ޮގމާ(ގެ އަންނަބީލާ ޢާއިޝަތު ޒުބައިރުއާއެވެ.

ނާޞިރުގެ ދަރިކަލުން އަޙްމަދު ނާޞިރުގެ މައިކަނބަލަކީ ޢާއިޝަތު ޒުބައިރެވެ. އިބްރާހީމް ނާޞިރު ދެވަނައަށް ކައިވެނި ބައްލަވައިގަތީ ފަޟީލަތުއްޝައިޚް

ޙުސައިން ޞަލާޙުއްދީނުގެ މަރްޔަމް ސަޢީދުއާއެވެ. މުޙައްމަދު ނާޞިރު އާއި ޢަލީ ނާޞިރާ ދެ ދަރިކަލުންގެ މައިކަނބަލަކީ މަރްޔަމް ސަޢީދެވެ. ތިންވަނައަށް ކައިވެނި ބައްލަވައިގަތީ ކެރަފާ ދަންޑަހެލު ތައްޚާނުގެ ކެރަފާ ޢަލިފުޅުގެ ކެރަފާ

މުޙައްމަދު ކަލޭފާނުގެ ނަސީމާ މުޙައްމަދު ކަލޭފާނުއާއެވެ. އިސްމާޢީލް ނާޞިރާއި ޢާއިޝަތު ނާޞިރާ ދެ ބޭފުޅުންގެ މައިކަނބަލަކީ ނަސީމާ މުޙައްމަދު ކަލޭފާނެވެ.

އަވަހާރަވުން

ދިވެހި ގައުމަށް ފުރިހަމަ މިނިވަންކަން ޯހއްދަވައި ދެއްވި މި މަތިވެރި ބަތަލު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމުން އިސްތިއުފާ ދެއްވުމަށް ފަހު އެންމެ ފަހުން ގައުމުގައި ހުންނެވީ 7 ޑިސެންބަރު 1978 ވީ ބުރާސްފަތި

ދުވަހާ ހަމައަށެވެ. އޭގެ ފަހުން، އަވަހާރަވާން ދެން ހުންނެވީ ސިންގަޕޫރުގައެވެ. ދިވެހި ގައުމުގެ “ނާޞިރުލްޙުއްރިއްޔާ” ދެމި ޮއތުމުގެ އާލަމަށް ދަތުރު

ކުރެއްވީ، 2008 ވަނަ އަހަރުގެ ޖޫން މަހުން ފެށިގެން ސިންގަޕޫރުގެ މައުންޓް އެލިޒަބަތު ޮހސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ދަނިޮކށް، 22 ޮނވެންބަރު

2008 ވީ ޮހނިހިރު ދުވަހުގެ ރޭ 8:30 ހާކަށް ހާއިރު ސިންގަޕޫރުގައެވެ. އެމަނިކުފާނު ފަސްދާނުލެވިފައިވަނީ ރަސްމީ އިއްޒަތުގައި މާލޭ ހުކުރު މިސްކިތުގެ

ޤަބުރުސްތާނުގައެވެ.

16

ބެލެވޭ ޮގތުގައި ދުނިޔޭގައި އިންސާނުންނަށް ވުރެ ޮދށީ ޖަނަވާރެވެ. އެއާއިއެކުވެސް އިންސާނުންގެ ބުއްދިއާއި

ވިސްނުމާއި އަޅުވާބަލާއިރު ޖަނަވާރު ތަކުގެ އެބައި ތަފާތުޮކށް ދެރައީ ކަމުގައި ގަބޫލުކުރަން ޖެހެއެވެ. ނަތީޖާއެއްގެ ޮގތުން އިންސާނުން ދުނިޔޭގެ މި ކުލަތަކުގެއަވައިގައި ޖެހި ތަރައްގީއޭ

މިކިޔާ ޮއޅުންޮބޅުންގަނޑުގެ ތެރޭގައި “ ކުރިއަރައި ދިއައީ “ ކަމުގައި ނިންމައެވެ. އެޮގތުން ޖަނަވާރުތައް އަދި މިއަދުވެސް އެކަތިއަނެކަތީގެ މައްޗަށް

ގަދަވެގަނެ ހެދުމުގައި ބޭނުންކުރަމުންގެންދަނީ އަމިއްލަ ހަށިގަނޑުގައި ހުރި ކުޅަދާނަކަމަކާއި ބާރެކެވެ. އެއާއި ތަފާތުޮކށް އިންސާނުން މިހާރު ބަޑިއާއި ޮބމާއި ފިސްޯތލަފަދަ ތަކެތީގެ އިތުރުން ސިނކުޑީގެ ހަނގުރާމަ ތައްވެސް އެގެންދަނީ

ކުރަމުންނެވެ. ބުނެވޭ ޮގތުގައި ޖަނަވާރުތަކުގެ ވާހަކަދެއްކުން އެއްމެ

ފުރަތަމަ ވާހަކައިގެ ޮގތުގައި ލިޔަން ފެށީ އަހަރެމެން ދިވެހިންގެ ތެރެއަށް މިހާރުދިވެހިބަހުން ވެސް އެވާހަކަ ތަރުޖަމާޮކށް ނެރެފައިވާ ކަލީލާ އާއި ދިމްނާ

ލިއުނު ލިއުންތެރިޔާއެވެ. ދޫނިތަކާއި ގެރިބަކަރި ފަދަ ތަކެތި ވާހަކަދައްކާ ކަމުގައި އޭނާގެ އެވާހަކައިގައި ގެނައި ގެނައުމަކީ މިއަދުގެ ތަފާތު އެތަކެއް ފިލްމުތަކާއި

ތަމްސީލުތަކުގައި ޖަނަވާރުތަކުގެ ބޭނުންހިފައި އެޮގތުން އެފަދަ ވާހަކަތަކާއި ފިލްމުތަކަށް އަހަރެމެންގެ ސަމާލުކަން ޯހދައިގަންނަން ފެށުނުފެށުމެވެ.

މިހާރު މިޒަމާނުގައި މިޮއތީ ޖަނަވާރުތަކުގެ ތަރައްގީ އަށް ވެސް މިޮގތުން މަގުހުޅުވި ޖާގަލިބިފައެވެ. އެޮސރުމެން ވެސް ފުރުސަތުގެ ބޭނުން ހިފައި ތަފާތު މަގާމުތަކާއި އިސްޮގނޑިތަކުގައި އިށީންނަމުން ދާކަހަލަ އެވެ. ދާދިފަހުން

އެއްރެޔަކު ނިދުނީވެސް ކުރިންމިބުނި ކަލީލާ އާއި ދިމްނާ ވާހަކަ ކިޔަން ޮއއްވައެވެ.

މަޖިލީހަށް މެންބަރުން ޮހވަންލީ ޯވޓުގެ ނަތީޖާ ގައި ޮހވުނު މެންބަރުންނާއިމެދު ވަރަށްގިނަ ބައެއްގެ ވިސްނުންތަފާތު ވެގެންދިޔައެވެ.

ސަބަބަކީ ގިނަ ޮގނޑިތަކަށް ޮހވިފައިވަނީ އިންސާނުންގެ ބަދަލުގައި ބައެއް ކަހަލަ ޖަނާވާރާއި ދޫނިސޫފާސޫތްޕާއި މެހިކުރަފިޯހނު، ރަކިސްޮބނޑު، ހިކަނދި މީދާ ކަމުގައިވާތީއެވެ. އެޮގތް ކަމުނުޮގސްގެން އިސާހިތަކު

މައްސަލަޖައްސައިފިއެވެ. ފުލުހަށާއި ޯކޓުތަކަށް ހުށަހަޅައިފިއެވެ. އެހުރިހާ ތާކުން ވެސް މިކަމާއި ކަންޮބޑުވުން ފާޅުކުރިއެވެ. އެކަމަކު އެޮގތަށްޯވޓުލީ މީހުންގެ ފަރާތުން އެޮހވުމަކީ ހަމަރަނގަޅު ޮހވުމެއްކަން ސާބިތުޮކށްދިނުމުގެ

ނަތީޖާއަކަށްވީ އެހުރިހާ އެއްޗެއްސަކީވެސް ) މިހާރުޮއތް ގާނޫނު ޮއތްޮގތުން ( މަޖިލީހުގެ މެންބަރުންކަމުގައި ހަމަޖެހުމެވެ. ބައެއްކަހަލަ ހަރުމީހުން ދެންވާނެޮގތް ކިއައިދިނުމުގައި މަޖިލީހުގެ އެއްވެސް ކަމެއް އެދެވޭ ފެންވަރެއްގައި ނުގެންދެވޭނެ

ކަމުގެ ޔަގީންކަން ދީއުޅުނެވެ. އަނެއްބައެއްމީހުން ބުނީ ޮހވިފައި ތިޔަތިބި މެންބަރުންނަކީ ދުނިޔޭގެ ފެންވަރުގައިވެސް މަޖިލީހަކަށް ޮހވޭނެ އެއްމެ އެކަށޭ

ހުނަރު ހުރި ބައެއްކަމުގައެވެ. މަޖިލީސް ހިނގަމުންދެއެވެ. ނުވަތަ މަޖިލީހުގެ އުމުރުން ދުވަހަކަށްފަހު

ދުވަހެއް ހިނގައިދެއެވެ. ގިނަ ދުވަސްދުވަހު އެއްކަމެއްވެސް ނުކުރެވި އެވެ. އަދަދު ހަމަނުވުމަކީ އާއްމުކަމެކެވެ. ފާޅުގައި އެނގެންވެސް ޮއތް ކަމެކެވެ. އެއީ ގެރި

މަޖިލީހަށްދާން ނުކުމެގެން ދާމަގުމަތީގައި ރަނގަޅު ވިނަގަނޑަކާއި ދިމާވެއްޖެނަމަ އެސޮރު ދާނީ ކައިގެންކަމުގައި ވުމާއި ކުރައްޕާއި މެއްސަށް މަޖިލީހަށްވުރެ ކުނިކާނާ މުހިންމުވާކަމެވެ. ކާޅަކަށް ނުވަތަ ކާޅުތަކަކަށް ގަވައިދުން ތާކަށް

ދެވޭނީ އެޮސޜުމެންގެ ބަނޑުހައިވުމުގައި ގަވައިދެއް ޮއންނަނަމަ ތާއެވެ. ނަތީޖާ އެއްގެޮގތުން ޖަލްސާގެ އަދަދު ހަމަނުވެގެން ދަނީއެވެ. ހަމަވާދުވަސްދުވަހު

އެހާފޯރިގަދައެވެ. އެކިއަޑުން އެކިޖަނަވާރު މައްސަލަތަކާއި މެދު ވާހަކަދައްކާ ހަދާއިރު ބަލާފޫހިނުވެ ޓީވީ ބަލަން އިނދެވެއެވެ. ޖަނަވާރުތަކުގެ އަޑުގަދަ ކަމާއި

ހަޅޭކުގެ ކަންތައްޮބޑުކަމުން އިންސާނަކު އަނގައިންބުނާނީ ދާދިމަދު ފަހަރަކު އެވެ. ބުންޏަސް އެބުނިއެއްޗަކާއި ވިއްދައިގެން އެއަށް ރައްދުދީ ނުގުތާތަކާއި މައްސަލަތައް ކުރިމަތިކުރާނެ އެވެ. އެއްމެ ފާހަގަ ކުރެވެނީ ސަންގުގެރި އާއި

ކަނީރު ޢަބްދުއްރަޙީމް

ޖަނަާވރުތަކުގެ ތަރައްީގ

17

ކާޅުޮކވެއްޔެވެ. ހަމަ އެގިންތީގައި ކާޅާއި ރަކިސްޮބނޑުވެސް ހިމެނެއެވެ. ރަކިސް ޮބނޑަށް ހަޅޭއްލަވައި އަޑުގަދަ ނުކުރެވުނަސް ޮއތްތާނގައި ޮއވެ ޯބޖަހާނެއެވެ. ވަކިހިސާބަކަށް ދާއިރަށް ރާސް ލާފައި ދުވެޮގސް އަރައިވެސް ގަންނާނެއެވެ.

ބަލައިލަން އެއްމެ މަޖާ އެއްމަންޒަރަކީ ޖަލްސާމެދުކަނޑާލާ ވަގުތުތަކެވެ. އަވަސް އަވަހަށް ޖެހުނު ދިމާއަކަށް ދުއްވައިގަންނަ ތަނެވެ. ޮކންމެވެސް

ކާއެއްޗަކާއި ދިމާއަށެވެ. ކާން ސައިޯބން އެހެންތިއްބާ މަޖިލިސް އަލުންފަށާ ގަޑި ޖެހިގެން ދާ ދިއުމަކަށް އެއްވެސް ފަރުވާލެއް ނުބަހައްޓާނެއެވެ. އެހެންތިބޭއިރު

މުޅިންވެސް ދައްކާނީ އެހެންމީހުންގެ ވާހަކައެވެ. އެހެން އެއްޗެތީގެ ވާހަކައެވެ. ގެރި ބަކަރި ބުޅާ މުސަޅުގެ ބައިގަނޑަކަށް ދޫނިސޫފާސޫފީގެ ހަމަ އެއްކަމެއްވެސް ކަމަކު ނުދާނެއެވެ. މެހިކުރަފި ޯހނާއި ހިކަނދިމީދާ ވެސް ހަމަ އެހެން ނެވެ. އެމީހުންނަށް ކަމުދާނީ ހަމައެކަނި އެމީހުންނެވެ. އިންސާނުންވެސް ވަކިތަފާތެއްނުވެއެވެ. މިކަމަކީ އަޖައިބުވެ ހައިރާންވާންވީ ކަމެއްވެސް ނޫނެވެ. މިހާ ތަފާތު އެއްޗެހިތަކެއްގައި ހަމަ މިތަފާތު ހުންނާނެއެވެ. ޖަލްސާގައިވެސް މި މެންބަރުންނާއިއެކު ކަންތައް ހުންނާނީ ހަމަ މިޮގތަށެވެ. ކާޅަކަށް ކަނއިން—ކަނއިން ނުޮގވައެއް ނުއިނދެވޭނެ އެވެ. ރަނުގެ ޮގނޑިއެއްގައި ސިންގާސަނާ ގައި ބޭންދިޔަސް ކުރަފި ހިމޭނަކުން ނީންނާނެއެވެ. މުޅިތާނގައިދުވެ ޮގނޑިންފުންމާލައި ޖެހިގެން ހުންނަ މޭޒުމައްޗަށްވެސް ކުރަފި

އަރާނެއެވެ. ވިސްނާލާއިރު މަޖިލީހުގެ ޖަލްސާތައް އެހިނގަނީ ހަމަ ހިނގަން ވީ ޮގތަށެވެ. މެންބަރުންގެ ޮގތުގައި އެފަދަ އެއްޗިއްސަށް ގާނޫނުގެ ހުއްދަ ޮއންނަންޏާ

މިއީ ކަން ވާންވެސް ވީ ޮގތެވެ. ހަމައެއްލަމައެއް ހުންނާނީ ހަމަހިފެހެއްޓޭފަދަ

މެންބަރުންތަކެއްނޫނީ މަޖިލީހަށް ނުޮހވޭޮގތަށް ހަމަޖެއްސިގެންނެވެ. މަޖިލީހުގެ މެންބަރަކަށް ޮހވާފައި ޮއންނަ ގެރިއަކަށް މަޖިލީހަށް “ ގުއިނުރީ “ ޮއންނަން

އަމިއްލައަކަށް ނޭނގޭނެކަން އަހަރެމެންނަށް އެނގެންޖެހެއެވެ. މަޖިލިސް ހަމައަކަށް އެޅުވޭނެ އަނެއްޮގތަކީ މިހާރު ދީފައި ނުވަތަ ދެވިފައި އެޮއތް އަމިއްލަ އަމިއްލައަށް އުޅޭނެޮގތަކަށް އުޅުމުގެ ބާރު ގާނޫނީޮގތުން

ހިފަހައްޓާ މެންބަރުން ހަމަ މަގަށް އެޅުވުމުގެ އިޚުތިޔާރު އެހެންބަޔަކަށް ޮއންނަންވީ އެވެ. ގަޑިޖެހުނީމާ ލާރިކެނޑޭޮގތަށެވެ. ނާންނަ ނައުމަށް ޖޫރިމަނާވެސް

ވާގޮތަށެވެ. ތަނުގެ މަސްލަހަތު ނަގާލުމާއި ޖެއްސުންކުރުމާއި ހައްދުފަހަނައަޅައި ދިއުމުގެ އަމަލުތަކާއި ދޭތެރޭ ހަރުކަށިފިޔަވަޅު އަޅައި ޮބޑެތި އަދަދުތަކުން ޖޫރިމަނާ

ކުރެވޭޮގތަށެވެ. މިކަހަލަ އެއްވެސް ޮގތެއް ނުހަދައި އަޅާނުލައި ދޫޮކށްލައިގެންތިބެ

މެންބަރުންގެ ޮގތުގައި އެތިބަ އެއްޗެތި ތަކާއި މީހުން ކުށްވެރިކުރާނެ ބޭނުމެއްނެތެވެ. މަހަކުތިންހިއްލުން ހިއްލުމެއްގައި ދިހަދުވަހޭ ބުނާފަދަ ލުއިފަސޭހަ ޗުއްޓީތަކެއްގައި އެމީހުންދާތީ ، ނުވަތަ މުސާރައާއި އިތުރުފައިސާ އެއްފަހަރުން

ނުގެންދެވޭހާ ގިނަވެގެން ޗުކުޗުކު ލެއްވުމުގެ އެއްވެސް މާނައެއްނެތެވެ. ހޭލެވުނީ ފަތިސްވެ، ކާޅުތައް ކާނއިން – ކާނއިން – ކަނއިން އަޅުވާ ލަވަންފެށި ހަޅޭކުގެ އަޑަށެވެ. ހިތަށް އެރިއެވެ. ޖަނަވާރު ތަކުގެ ތަރައްގީ

އަކީ މިއީބާއެވެ!

18

ޔޫރަޕްގެ ސިޔާސީ ބާރުގެ ތެރެއިން އެމެރިކާ މިނިވަންވީ ވަގުތު އެމެރިކާ މީހަކު ގެއިން ބޭރަށް )މަގުމައްޗަށް( ނުކުތެވެ. އޭނާ ބޭނުންވީ

އޭނާގެ މިނިވަންކަން ފާހަގަ ކުރާށެވެ. އޭނާ ދިޔައީ އެއްވެސް ފިކުރެއް ނެތި އަތް ހޫރަމުން ހިނގާފައެވެ. މިހެން ދަނިޮކށް އޭނާގެ އަތުން ފަތުރުވެރިއެއްގެ

ނޯށްމަތީގައި ޖެހިއްޖެއެވެ. ފަތުރުވެރިޔާ ރުޅި އައިސްފައި އަހައިލިއެވެ. “ތިޔައީ ޮކންކަމެއް ހެއްޔެވެ؟ އަހަރެންގެ ޯނށްމަތީގައި ތިޔަ ޖެހީ ކީއްވެގެންހެއްޔެވެ؟” އެމެރިކާމީހާ ޖަވާބުދިނެވެ. ]މިއަދު އެމެރިކާ މިނިވަން ވެއްޖެއެވެ. އަހަރެން

ކުރާން ބޭނުން ޮކންމެ ކަމެއް ކުރުމުގެ މިނިވަންކަން އަހަންނަށް ލިބިއްޖެއެވެ.[ ފަތުރުވެރިޔާ ބުންޏެވެ. ]އަހަރެންގެ އަޚާއެވެ. އަހަރެންގެ ނޭފަތް ފެށޭ ހިސާބުން

ކަލޭގެ މިނިވަންކަން ހުއްޓޭނެއެވެ.[އަޅުގަނޑުމެންގެ މިނިވަންކަމަށް 47 އަހަރު ފުރުނީއެވެ. ތިން އަހަރު ފަހުން، މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަ ކުރާއިރު މިހާރު ދުނިޔޭގައި މިތިބަ މީހުންގެ ތެރެއިން ގިނަ މީހުން ދުނިޔޭގައި އުޅޭނޭ ކަމުގެ އުއްމީދު އެބަ ޮއތެވެ. މިނިވަން ދުވަހަށް ބައި ޤަރުނުވާން ދާއިރު، އަޅުގަނޑުމެންގެ މިނިވަން ކަމުގެ

އިމަކީ ޮކބައިކަން ދަނެގެން ދިރިއުޅެނީ ކިތައް މީހުންޯތއެވެ؟ މިއީ މިއަދު ކުރަން ރަނގަޅު ސުވާލެކެވެ.

މިނިވަން ކަމުގެ އިޙްސާސަކީ އުފާވެރި އިޙްސާސެކެވެ. މިނިވަންކަމުގެ އިޙްސާސާއެކު ޮކންމެ މީހަކަށްމެ ރައްކާތެރިކަމުގެ އިޙްސާސް ކުރެވޭން ވާނެއެވެ.

ކަނޑިއެއްގެ މިޔަމަތީގައި ހުރެ މިނިވަންކަމުގެ އިޙްސާސް ކުރުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ. އަމާންކަމާއި ޞުލްޙަވެރިކަމަކީ މިނިވަންކަމުގެ ވަރަށް މުހިއްމު އަސާސެކެވެ. އަމާން ވެށްޓެއް ގާއިމު ކުރުމަށްޓަކައި ޤާނޫނާއި ޤަވާޢިދުތަކަށް

ޙުރުމަތްތެރިޮކށް ހިތުމުގެ އާދަ އަށަގަންނުވާން ޖެހެއެވެ. މިއަދު އަޅުގަނޑުމެންގެ މުޖުތަމަޢުގައި ވަނީ ޤާނޫނާއި ޤަވާޢިދުތައް މުގުރުމުގެ އާދަ ވަރަށް ޮބޑަށް

އަށަގެންފައެވެ. މިއީ ހިތާމަވެރި ކަމަކަށް ވާ ފަދައިން އެހާމެ ނުރައްކާތެރިވެސް ކަމެކެވެ.

ޤާނޫނަކީ ކުޑަޮކށް ޮބޑުޮކށް ހެދޭނޭ އެއްޗެއް ނޫނެވެ. ޤާނޫނެއްގައި ނުވަތަ ޤަވާޢިދެއްގައި ކަނޑައެޅިފައި ޮއންނަ ކަމެއް، އެ ޤާނޫނަކާ ނުވަތަ

ޤަވާޢިދަކާ ޚިލާފަށް ކުރާ ނަމަ އެއީ ކުޑަ ކަމެއް ނޫނެވެ. ދެތިން މިސާލެއް

މިނިވަންކަމުގެ ލަވަ ކިާޔން ބޭނުންތަ؟ޢަބްދުهللا ނަޢީމު އިބްރާހީމް

ކަނޑިއެއްގެ މިޔަމަީތގައި ހުރެގެން މިނިވަން ކަމުގެ އިޙްާސސެއް ނުކުރެވޭނެ

19

ދަންނަވައިލާނަމެވެ.މަގުމަތީގައި އެއްގަމު އުޅަނދުފަހަރު ޕާކު ކުރާން ވަކި ތަންތަން ހަމަޖައްސައި ޮރނގު ދަމާފައި އެބަ ހުއްޓެވެ. އެއިން ޮރނގެއްގެ ބޭރުގައި

އުޅަނދެއް ބާއްވައިފިނަމަ، ފުލުހުން އައިސް އެ އުޅަނދެއް އެބަ ނަގައެވެ. އަދި ދުއްވާ މީހާ ޖޫރިމަނާ ކުރެއެވެ. މިއީ ކަމާ ބެހޭ އިދާރާއިން ހަދާފައިވާ ޤަވާޢިދަކާ

ޚިލާފު ވާތީ ކުރަމުން އަންނަ ކަމެކެވެ. އެކަމަކު ޕާކު ކުރުމުގެ ވާހަކަ ޮއތް ޤަވާޢިދުގައި ޮއތީ ހަމަ އެކަނި އެ ވާހަކައެއް ނޫނެވެ. ބަރުޮގނު އެޅުން މަނާކުރާ ޙާލަތުގެ ވާހަކަވެސް އެ ޤަވާޢިދުގައި އެބަ ޮއތެވެ. އުޅަނދެއްގެ ކަނާތް ފަރާތުން ނޫނީ ކުރިއަށް އަރައިގެން ޮގސްގެން ނުވާނެ ކަމަށް ވެސް އެބަ ޮއތެވެ. ނަންބަރު

ޯބޑު ހުންނާންވާ ޮގތް ވެސް އެބަ ޮއތެވެ. ޮބކީގެ ވާހަކަވެސް އެބަ ޮއތެވެ. ޯލގަނޑުގެ ވާހަކަވެސް އެބަ ޮއތެވެ. ކަފިހި ހުރަހުގެ ވާހަކަވެސް

އެބަ އޮތެވެ. އެކަމަކު މިއިން އެއްވެސް ކަމަކާ ޚިލާފު ވެގެން އަޅާ ފިޔަވަޅެއް ނުފެނެއެވެ. ނަތީޖާ އަކީ އެ މީހަކު ހިތަށް އެރި ޮގތަކަށް ހަދާން ފެށުމެވެ. މިއިން

ކަމެއް ހުއްޓުވަން ފުލުހުންވެސް މަސައްކަތް ކުރާ ތަނެއް ނުފެނެއެވެ. މިއިން

ކަމަކަށް ދުއްވާ މީހަކު ޯބލަނބާ ތަނެއްވެސް ނުފެނެއެވެ.ވިޔަފާރި ކުރާ ތަންތަނާ ބެހޭ ޤަވާޢިދެއް ޓްރޭޑް މިނިސްޓްރީން

ހަދާފައި ޮއވެ އެވެ. )މިހާރު އެކަން ބަލަހައްޓަނީ ސިޓީ ކައުންސިލުންނެވެ.( އެ ޤަވާޢިދުގައި ފިހާރަތަކުގެ ނަން ޯބޑު ހުންނާންވާ ޮގތް ބަޔާން ޮކށްފައި ޮއވެއެވެ. ތާނައިން ނަން ޖަހާފައި ޮއތުމަކީ ލާޒިމު ކަމެކެވެ. ދެބަހަކުން ނަން ޖަހާފައި

ޮއންނަ ނަމަ، ޮބޑުޮކށް ޮއންނާން ވާނީ ދިވެހި ބަހުންނެވެ. މިއީ ޤަވާޢިދެވެ. އެންމެން ޯބ ލެނބުން ލާޒިމު ޤަވާޢިދެކެވެ. އެކަމަކު ކަންތައް ޮއތީ އެހެންޯތއެވެ؟ ދިވެހި ބަހުން ނަން ޖަހާފައި ޮއތީ ކިތައް ފިހާރައިގައިޯތއެވެ؟ ބައެއް ފިހާރަ ތަކުގައި ދެ ބަހުން ޮއތިއްޔާ ދިވެހި ނަން ޮއންނަނީ ޮބޑުކުރާ

ބިއްލޫރި އަޅައިގެން ފެންނަ ވަރަށެވެ. އިނގިރޭސި ނަން މާ ދުރަށް ފެންނާނެއެވެ. އެކަމަކު މިއިން ކަމެއް ރަނގަޅު ކުރާން އުޅޭ ބަޔަކުވެސް ނުފެނެއެވެ.

މިކަހަލަ ކިތަންމެ ކަމެކެވެ. މިއީ ކުދި ކަންތައް ކަމުގައި ހަދާފައި ދޫޮކށްލުމުގެ ނަތީޖާ އަޅުގަނޑުމެންނަށް ފެންނަމުން މިދަނީ ވަރަށް ހިތި ޮގތަކަށެވެ. އެއްވެސް ދިމާއަކުން ޤާނޫނަކަށް، ޤަވާޢިދަކަށް ބަލާތަނެއް ނުފެނެއެވެ. ސަރުކާރުގެ

މިނިވަންކަމުގެ ލަވަ ކިާޔން ބޭނުންތަ؟ކަނޑިއެއްގެ މިޔަމަީތގައި ހުރެގެން މިނިވަން ކަމުގެ އިޙްާސސެއް ނުކުރެވޭނެ

20

ޮއފީހަކަށް ވިޔަސް، ޢާއްމުންގެ ތަނަކަށް ވިޔަސް ޮއތީ “އެމީހަކާ އެމީހެއް”ގެ އުސޫލެވެ. ޤާނޫނަށް ޯބލަނބާ ރައްޔިތުންގެ ޤައުމަކަށް ދިވެހިރާއްޖެ ނުވެއެވެ.

އިސްލާމީ ދުނިޔޭގެ ވަރަށް މަޝްހޫރު މުފައްކިރެއް ކަމަށްވާ މައުލާނާ ވަޙީދުއްދީން ޚާން އޭނާގެ ޮފތް “ތަޢުމީރް ކީ ތަރަފް” މި ޮފތުގައި ލިޔުއްވައިފައި ވެއެވެ. “ޑާންޑީ މާޗް )މަހާތުމާ ގާނދީ އަސާ ޖައްސަވަމުން މުޅި އިންޑިއާގައި

ކަހަލަ ޮގތަކަށް ހިންގަވައިލެއްވި ހިންގަވައިލެއްވުމެއް( އަކީ ހިންދުސްތާނު މިނިވަން ވުމުގައި އެކުލެވިގެން ދިޔަ ވަރަށް މަޝްހޫރު ވާޤިޢާ އެކެވެ. އެއީ

މަހާތުމާ ގާނދީގެ މަދަނީ ބަސް ނޭހުމުގެ ފެށުމެވެ. މި ހިންގަވައިލެއްވުމަށް ފަހު ހިންދުސްތާނުގައި އިނގިރޭސި ވެރިކަމާ ދެޮކޅަށް ޢާއްމުން ތެދުވެ ޙަރަކާތްތަކެއް ހިންގާން ފެއްޓިއެވެ. ޢާއްމު ރައްޔިތުން އެއްވެސް ބިރެއް ނެތި، އިނގިރޭސި ދައުލަތުގެ ވެރިންނާ ދެޮކޅަށް ހުރިހައި ދިމާއަކުން ތެދުވެއްޖެއެވެ. އިނގިރޭސި ޤާނޫނުތައް މުގުރުމަކީ ބަޠަލަކަށް ވުން ފަދަ ކަމަކަށް ވެގެން ހިނގައްޖެއެވެ.

އެންމެ އަހަރެއްގެ ތެރޭގައި ފަސްޮދޅަސް ހާސް މީހުން އުފަލުން ހެމުން ޮގސް ޖަލަށް ވަދެއްޖެއެވެ.

މަހާތުމާ ގާނދީ ޑާންޑީ މާޗް ފެއްޓެވީ 13 މާޗް 1930 ގައި ސާބަރްމަތީ އާޝްރަމުންނެވެ. އޭނާޔާއެކު ބައިވެރިވީ 79 މީހުންނެވެ. 241

މޭލުގެ ދިގު ހިންގަވައިލެއްވުން އޭނާ ނިންމަވައިލެއްވީ 24 ދުވަހުންނެވެ. ކަނޑުގެ އައްސޭރިއަށް އޭނާ ވަޑައިގަތީ 15 އޭޕްރީލް 1930 ގައެވެ. އެ ތާނގައި ޓެކްސް

ނުދައްކަވައި ފުއްޮލނު ބައްލަވައިގަނެ އިނގިރޭސި ޤާނޫނު މުގުރައިލެއްވީއެވެ. )އިނގިރޭސި ވެރިކަމުގެ “ޮލނާ ބެހޭ ޤާނޫނާ” ޚިލާފުވެ ވަޑައިގަތީއެވެ.( އޭނާގެ

ހިންގެވުމުގައި ވަޑައިގެންނެވި އެކި އަވަށް އަވަށުން ވަރަށް ހޫނު ތަރުޙީބެއް ލިބިވަޑައިގަތެވެ. ރައްޔިތުން އޭނާޔާ ބައްދަލު ކުރަމުން ދިޔައީ ރަސްކަލެއްގެ

ޢިއްޒަތް އަރުވަމުންނެވެ. މަހާތުމާ ގާނދީ ޑާންޑީއާ ހަމައަށް ވަޑައިގަތީ ބަޠަލެއްގެ ސިފައިގައެވެ. 15 އޭޕްރީލް 1930 ގައި ގާނދީ އޭނާގެ އަމިއްލަ ގަލަންޮކޅުން ލިޔުއްވައިފައިވަނީ އޭނާގެ ބޭނުންފުޅަކީ އިނގިރޭސި ބާރާ ދެޮކޅަށް ކުރައްވާ

މަސައްކަތްޕުޅުގައި ދުނިޔޭގެ ހަމްދަރްދީ ޯހއްދެވުން ކަމުގައެވެ.

12 މާޗް 1988 ގައި ދިއްލީގެ ނޫސްތަކުގައި ޑާންޑީ މާޗް ގެ ވާހަކަތައް ވަރަށް ތަފްސީލުޮކށް ލިޔެފައި ހުއްޓެވެ. އެ ލިޔުންތައް ކިޔައިފައި އަޅުގަނޑުގެ ހިތަށް އެރިއެވެ. މީގެ 60 އަހަރު )މިހާރު 82 އަހަރު( ކުރީން

މަހާތުމާ ގާނދީ އާއި އޭނާގެ ބައިވެރިންނަށް ފެނުނު ޮގތުގައި އެއީ އިނގިރޭސި ވެރިކަން ނިމުމަކަށް ގެނައުމަށްޓަކައި އެޅުނު މުހިއްމު ފިޔަވަޅެކެވެ. އެހެން

ނަމަވެސް 60 އަހަރު )މިހާރު 82 އަހަރު( ފަހުން އެ ވާޤިއާ އަށް ބަލައިލީމާ ފެންނަނީ އިނިގިރޭސި ވެރިކަމުގެ މައްސަލައެއް ނޫނެވެ. ފެންނަނީ ނަފްސުގެ ވެރިކަމުގެ މައްސަލަ އެކެވެ. އިނގިރޭސި ވެރިކަން ނިމިއްޖެ އެވެ. އެހެން

ނަމަވެސް ނަފްސުގެ ވެރިކަން ކުރިއަށްވުރެ ފުނަށް މޫލައި، ބާރުގަދަ ޮކށްފިއެވެ. ނަތީޖާއެއްގެ ގޮތުން މުޅި ޤައުމަށް ފެތުރިފައި ވަނީ ނާމާންކަމާއި ހަމަނުޖެހުމެވެ.

މިއަދުގެ ހިންދުސްތާނަކީ އުސޫލުތަކަށް ޯބލަނބާ، އަބުރުވެރިއަކު ދިރިއުޅެން ކަމުދާ ކަހަލަ ޮގތަކަށް ޮއތް ތަނެއް ނޫނެވެ. އެފަދަ މީހަކު ހިންދުސްތާނުގައި ދިރިއުޅުމަކީ

ތޫނު ކަށިން ފުރިފައިވާ ތަންމައްޗެއްގައި ޮއތުން ކަހަލަ ކަމެކެވެ.މަހާތުމާ ގާނދީގެ އަރިހުގައި ޑާންޑީ މާޗް ގައި ބައިވެރިވީ ބައެއް މީހުން، މިހާރުވެސް ދުނިޔޭގައި އެބަ ތިއްބެވެ. މިސްޓަރ ކަޕިލް ޕްރަސާދް ދޭވް އަކީ އޭގެ ތެރެއިން މީހެކެވެ. އޭނާގެ ޢުމުރުން މިހާރު )1988 ވަނަ އަހަަަރު( 88 އަހަރު ވެއްޖެއެވެ. އޭނާ 12 މާޗް 1988 ގައި ހިންދުސްތާން ޓައިމްސްގެ ލިޔުންތެރިއެއް ކަމަށްވާ މިސްޓަރ އަޯޝކް ދިޔާސްއަށް ދިން

ބަސްދީގަތުމެއްގައި ބުނެފައި ވެއެވެ. އަހަރެމެންގެ ގާފިލާ ހިނގަމުުުން ޮގސްްް ސޫރަތަށް ދެވުނީމާ އެ ރަށުގެ މީހުން އަހަރެމެންނަށްޓަކައި ވަރަށް ޮބޑު ކެއުމެއް ތައްޔާރު ކުރިއެވެ. އެއީ މެންދުރުގެ ވަގުތެވެ. އަހަރެމެން ވަރަށް ގަޔާ ވެގެން މަޖާޮކށް ކައިޮބއި ހަދައިފީމެވެ. ގާނދީއަށް މިކަން އެނގިވަޑައިގަތީމާ ވަރަށް

ކަންޮބޑުވެ ވަޑައިގެންފިއެވެ. ދަތުރުގެ ތެރޭގައި ޮކންމެ ދުވަހަކު އޭނާ މަޖިލީހެއް ބާއްވައި އަހަރެމެންނާ ވާހަކަފުޅު ދައްކަވައި ހައްދަވައެވެ. އެދުވަހު ހަވީރު ބޭއްވި

މަޖިލީހުގައި ވިދާޅުވިއެވެ.“އަހަރެން ދެކޭ ޮގތުގައި މި ހިނގައިލުމަށް ސައްތްޔަގްރަހީން

21

)ހަރުކަށި ކަމެއް ނެތި، ޞުލްޙަވެރިކަމާއެކު ކަންކަމާ ދެޮކޅު ހަދާ މީހުން( ހޮވުމުގައި އަހަންނަށް ކަތި ފިޔަވަޅެއް އެޅިއްޖެއެވެ. ޤައުމުގެ ގިނަ މީހުންނަށް ކައިލާނޭ ޮގދަން ޮރށްޓަކާއި، ސަޓަނިޮކޅެއް ނުވަތަ ފިޔާ ޮކޅެއް ނުލިބިގެން

އުޅޭއިރު މިފަދަ މީރު އެއްޗެއް ކާން ކަލޭމެންގެ ހިތަށް ވެސް އެރީ ކިހިނެއް ހެއްޔެވެ؟”

މަހާތުމާ ގާނދީ މިހާރު ދުނިޔޭގައި ހުންނެވި ނަމަ، އެ ދުވަހު މީރުޮކށް ކެއުމަށްވުރެ މާ ކަތި ފިޔަވަޅެއް އެޅުއްވުނު ކަމުގައި އިޙްސާސް ކުރެއްވޭނެއެވެ.

އެ ފިޔަވަޅަކީ ޑާންޑީ މާޗް ކުރިއަށް ގެންދެވުމުގެ ފިޔަވަޅެވެ. މަދަނީ ބަސް ނޭހުމުގެ ކަންތައް ފައްޓަވާން އެޅުއްވި ފިޔަވަޅެވެ. މި ޒަމާނުގެ ހިންދުސްތާނުން ފެންނާން ޮއތް އެންމެ ވިޔާނުދާ ކަމަކީ އިނގިރޭސި ޤާނޫނާ ދެޮކޅަށް ތެދުވެ،

ޤާނޫނަށް ޙުރުމަތްތެރިޮކށް ނުހިތުމުގެ އާދަ އަށަގެންނެވުމެވެ. ޤާނޫނަށް ޙުރުމަތްތެރިޮކށް ހިތުން ދޫޮކށް، ޤާނޫނާ ޚިލާފު ވުމުގެ އާދަ ދަސްޮކށް ދިނުމަށް

ފަހު، ޤާނޫނު ފައިދަށުލުން ހުއްޓުވުމަކީ ކުރެވޭނޭ ކަމެއް ނޫނެވެ.”މިއީ މަދަނީ ބަސްނޭހުމުގެ ސަބަބުން އިންޑިއާއަށް ޖެހުނު ޙާލު އިންޑިޔާގެ ލިޔުންތެރިޔަކު ބަޔާން ކުރައްވައިފައިވާ ޮގތެވެ. އަޅުގަނޑުމެންގެ

ތެރެއިން ވަރަށް ގިނަ މީހުން އިންޑިއާއަށް ޮގސް އުޅެމުއެވެ. ޤާނޫނަށް ޙުރުމަތްތެރިޮކށް ނުހިތުމުގެ އާދަ ޮއތް މިންވަރު ވަޒަން ޮކށްލުމަކީ އުނދަގޫ ކަމަކަށް ނުވާނެއެވެ. މިއަދު އަޅުގަނޑުމެންގެ ކަންތައް ޮއތީ ކިހިނެއްޯތއެވެ؟ އަޅުގަނޑުމެން ވެސް ވަނީ މި ދެންނެވުނު މަދަނީ ބަސް ނޭހުމުގެ ތެރެއިން ޤާނޫނާ ޚިލާފު ވުމުގެ ތެރެއަށް ވަދެފައެވެ. ތެދުތެދަށް ދަންނަވާނަމަ ގާނޫނު މުގުރުމުގައި އަޅުގަނޑުމެން ތިބީ އިންޑިޔާ މީހުންނަށް ވުރެ ވެސް

ކުރީގައެވެ. މަދަނީ ބަސް ނޭހުމުގެ ކަންތައްތައް އަޅުގަނޑުމެންގެ ތެރެއަށް

ފެތުރުނު ޮގތް ނޭނގޭނޭ މީހަކު ހުންނާނެ ހެންނެއް ހިއެއް ނުވެއެވެ. އެހެންވީމާ ބައެއްގެ ޮބލުގައި އިލްޒާމު އެޅުވުމުގެ ވާހަކަ އަޅުގަނޑެއް ނުދައްކާނަމެވެ. އެކަމަކު

މިއަދު އަޅުގަނޑުމެންގެ ތެރެއިން މި ފެންނަ ވިޔާނުދާ ކަންތައްތަކުގެ ފެށުމަކީ މަދަނީ ބަސް ނޭހުމާއި ޤާނޫނަށް ޙުރުމަތްތެރިޮކށް ނުހިތުމުގެ އާދަ އަށަގެންނެވުން

ކަމުގައި ދަންނަވާކަށް އަޅުގަނޑު ޖެހިލުމެއް ނުވެއެވެ.މިއަދު އަޅުގަނޑުމެންނަކީ މިނިވަނުންނެވެ. ޑިޮމކްރަސީގެ ފުރިހަމަ ނިޒާމުގައި ތިބި ބަޔަކީމުއެވެ. އެހެންނަމަވެސް މިނިވަންކަމުގެ ޮފނި އިޙްސާސް

ނުކުރެވޭފަދަ ނިކަމެތި ދަރަޖައަކަށް ވެއްޓިފައިވާ ބަޔަކީމުއެވެ. ޙަޤީޤަތަކީ މިއީއެވެ. އަޅުގަނޑުމެންގެ ތެރެއިން އެކަކަށްވެސް ރައްކާތެރިކަމުގެ ޔަގީން ކަމެއް ނެތެވެ.

މުދަލާއި އަނބިދަރީންނާއި ގެޮދރުގެ ރައްކާތެރިކަމެއް ނެތެވެ. އެ ޖެހީ، އެ ބިންދައިލީ، އެ ވައްޓައިލީ، މިހެން ކިޔައިކިޔައި ތިބޭ ބަޔަކަށް އަޅުގަނޑުމެން

މިވަނީ ވެފައެވެ.މިނިވަންކަމުގެ ޙަޤީޤީ އުފަލާއި އަރާމު ލިބިގަންނާން ބޭނުން ނަމަ

އަޅުގަނޑުމެންނަށް ޖެހޭނީ ޤާނޫނާއި ޤަވާޢިދަށް ޯބލަނބާން ދަސްކުރާށެވެ. ރަސްމީ ފަރާތްތަކަށް ޖެހޭނީ ޤާނޫނާއި ޤަވާޢިދުތައް ތަންފީޒު ކުރާށެވެ.

ކުދިކުދި ކަންތައްތަކުން ފެށިގެން ޮބޑެތި ކަންތައްތަކާ ހަމައަށެވެ. އެހެން ނޫނީ މިނިވަންކަމުގެ ލަވަ ކިޔައި ނަށައި ހެދުން ހުއްޓައިލާށެވެ. ކަނޑިއެއްގެ މިޔަ

މަތީގައި ހުރެގެން އެއްވެސް މީހަކަށް މިނިވަންކަމުގެ އިޙްސާސެއް ނުކުރެވޭނެއެވެ.

22

އެއީ ޯގލާ ރައްޓެހި ޮމޅު ޯފވަޑެކެވެ. ވިސްނުންތެރި އެހާމެ އެކުވެރި ކެޕްޓަނެކެވެ. ހިކުމަތްތެރި ޖެނެރަލް ސެކްރެޓަރީ އެކެވެ. މިއީ މިއަދު ދިވެހި

ގައުމީ ފުޓްޯބޅަ އިދާރާގެ ޖެނެރަލް ސެކްރެޓަރީ ޝާހު އިސްމާއީލް ސިފަ ކުރަން ޖެހޭ ޮގތެވެ. އޭނާ އަކީ ދުރަށް ވިސްނައިގެން ބުރަ މަސައްކަތުން ކާމިޔާބު ޯހދި

އެފަދަ ދެވަނައެއްނެތް ފުޓްޯބޅަ ޝަހުސިއްޔަތެކެވެ.އީޕީއެސްއިން ތައުލީމު ހާސިލް ކުރުމަށް ފަހު ޝާހު އިސްމާއީލްގެ

ފުޓްޯބޅަ ހަޔާތް ފެށީ 1992 ވަނަ އަހަރު ވެލެންސިއާގެ ރީނދޫ ޖާޒީގައެވެ. ހަންގޭރީ ޯކޗު ސެންޓި މިހައިލީގެ އިރުޝާދު ލިބިގެން އާދަމް އަބުދުއްލަތީފް

)ލައްޗޭ( އާއި އޭނާއާ ދެމީހުން ގުޅިގެން ޖަހަމުން އައި ހިތްގައިމު ލަނޑުތަކުން ސާޔާގެ ނަމުން މި ކުޅުންތެރިޔާ ނުހަނު އަވަހަށް ވިދަން ފެށި އެވެ. ހަތަރު

އަހަރު ވެލެންސިއާ އަށް ކުޅުނުއިރު ޝާހުގެ އެންމެ ހާއްސަ މެޗަކަށް ވެގެންދިޔައީ 1995 ވަނަ އަހަރުގެ ގައުމީ ފައިނަލެވެ. ވެލެންސިއާ ތަށި މިލްކު ކުރަން ކުޅުނު

އެ ފައިނަލްގައި ނިއުޮކޅަށް ޯގލް ޖަހައިދިނީ ވެސް އޭނާ އެވެ.“އަސްލު އެމެޗަކީ ވަރަށް ހާއްސަ މެޗެއް. ލަނޑު ޖަހާފައި ވީ

އުފަލެއްގެ ޮބޑުކަމުން އަހަންނަށް ވަރަށް އެހެން ކަހަލަ އިހުސާސެއް ކުރެވުނީ. މެޗު ކުޅެކުޅެ ޮއއްވާ ދަނޑުން ފައިބައިގެން ޗޭންޖިން ރޫމަށް ވެސް ދިޔައިން ކުޑަވަގުތުޮކޅަކަށް. އެއީ..... ހަގީގަތުގައި ވެސް އެހަނދާނެއް ނުނެތޭނެ،” ޝާހު

ބުންޏެވެ.މި މެޗަށް ފަހު ޝާހު ދެން ފެނިގެންދިޔައީ މަޝްހޫރު ޯއކިޑް

ސްޯޕޓްސް ކުލަބުންނެވެ. އަދި ޖެހިގެން އައި އަހަރު އޭނާ ފެނުނީ ކެރިއަރުގެ ގިނަ ދުވަސްތައް ހޭދަކުރި ނިއު ރޭޑިއަންޓުންނެވެ. ހަގީގަތުގައި އޭނާ އަކީ

ނިއު ރޭޑިއަންޓް ބަތަލެކެވެ. އެއީ ކީއްވެބާއެވެ؟1998 ވަނަ އަހަރުގެ އެފް.އޭ.ކަޕު ފައިނަލްގައި ހުރާ ޮކޅަށް

ފަހު ވަގުތު ލަނޑު ޖަހައިގެން ނިއު އަށް ފުރަތަމަ ފަހަރަށް އެފް.އޭ.ކަޕް މިލްކުޮކށްދިނީ ޝާހުއެވެ. ހަމަ އެއަހަރު ނިއުގެ ޖާޒީގައި ރާއްޖޭގެ އެންމެ ޮމޅު ފުޓްޯބޅަ ކުޅުންތެރިޔާގެ މަގާމާއި ސީޒަނުގެ އެންމެ ގިނަ ޯގލް ޖަހާ ކުޅުންތެރިޔާ އަށްދޭ ރަންބޫޓު ވެސް އޭނާ ޯހދިއެވެ. ކުޅިވަރު ކުޅުމުގެ

ޮރނގުން ގައުމީ އިނާމް ވެސް ހާސިލްކުރި ޝާހުއަކީ ރަންބޫޓު ވިދިވިދިގެން ދެ އަހަރަކު ޯހދި ފުރަތަމަ ކުޅުންތެރިޔާވެސްމެއެވެ.

ނިއު ރޭޑިއަންޓްގައި އޭނާ ބަތަލަކަށްވާ އަނެއް ކަމަކީ އެ ކުލަބަށް އޭނާގެ ހިތުގައި ޮއތް ޯލތްބާއި ހަމްދަރުދީއެވެ. އޭނާއަށް ކުލަބުގެ ކެޕްޓަންކަން

ބަޔަކުދިނީ އެއްނޫނެވެ. ކަންތައްވީ ޮގތަކީ މިއީއެވެ. 1999 އަހަރުގެ ޮޕމިސްކަޕުގައި ދިމާވި ޮކންމެވެސް ކަމަކާހުރެ ނިއުގެ ކެޕްޓަން ބޭންޑް

ދަނޑުމައްޗަށް އެއްލާލާފައި ޮއއްވައި އަޅާނެ އެއްވެސް ކުޅުންތެރިއަކު ނުވި އެވެ. އެންމެ ފަހުން ޝާހު ދުވެފައި ޮގސް އޭނާގެ އަތުގައި އެ ބޭންޑް

އަޅައި އަމިއްލަ އަށް ކެޕްޓަންކަމާ ހަވާލުވީ ޮލލާއި ޮބލުން، ހިތާއި ރޫހުން އެކަން ގަބޫލުޮކށްގެންނެވެ. ކުލަބަށް އޭނާގެ ހިތުގައި ޮއތް ގަދަރެއްގެ

މަތިވެރިކަމުންނެވެ.“ޝާހު ގަބޫލުކުރާ ޮގތެއްނޫން ކެޕްޓަން ބޭންޑްއެއްލާލުމަކީ. ޓީމަށް އިހުތިރާމް ކުރަންވާނެ. ނިއުއަކީ އަހަރެން ވަރަށް ގަޔާވާ ޓީމެއް. ޯލބިވާ ޓީމެއް. ނިއު އަށް ޯހދައިދެވުނު ޮކންމެ ކާމިޔާބީއަކީ ވެސް ހާއްސަ އުފަލެއް. އަމިއްލަ ކާމިޔާބީ އިސްކުރަނީ ޓީމަށް ފަހު. ވަރަށް ބުރަ މަސައްކަތުން ޮމޅު

ކުޅުންތެރިޔާގެ އެޯވޑް ލިބުނީ ވެސް. ހެނދުނު ޕްރެކްޓިސް ނެތިއްޔާ އަމިއްލަ އަށް ވެސް ޮމޅު މީހަކަށްވާން ހިއްކި ތަނަށް ޮގސްގެންވެސް މަސަައްކަތްކުރަން،” ޝާހު

ބުންޏެވެ.ޝާހު އަކީ ތަށި މިލްކު ކުރަން ނުކުތް ތިން ޓީމެއްގައި ފައިނަލް ކުޅުމުގެ ފަހުރު ލިބުނު ފުރަތަމަ ކުޅުންތެރިޔާ ވެސްމެ އެވެ. ވެލެންސިއާ އާއި ނިއު އަށް ފަހު އޭނާ ވަނީ ވިކްޓަރީގެ ކުރީގެ ޯކޗު މައުރޫފް އަހުމަދުގެ )މާއްޓޭ(

ޢަބްދުهللا އަޒްމީން

ާޝހު: ބޫާޓ ާވހަކަ ދައްކަީނ ީކއްވެ؟

23

ގެ އެދުމުގެ މަތީން އެ ކުލަބަށް ދެ ވަނަ ފަހަރަށް ގައުމީ ތަށި މިލްކުޮކށްދޭން ވެސް އެހީތެރިވެދީފައެވެ.

އޭނާއާ މެދު ނިއުގެ ކުރީގެ ޯކޗު ކެން ޯމޓަން ބުނީ އެއީ އަބަދުވެސް މޮޅުވާން މަސައްކަތް ކުރާ، ދުރުވިސްނޭ ކުޅުންތެރިއެއް ކަމަށެވެ. ދާދި ފަހުން ސަން މެގަޒިން އަށް ދިން އިންޓަވިއުއެއްގައި ސެންޓި މިހައިލީ ބުނީ ޮމޅު

މީހަކަށްވުމަށް އެދިގެން ނޫނީ ޝާހު ދުވަހަކު ވެސް ވާހަކަ ނުދައްކާ ކަމަށެވެ. މިހެންވެ ގައުމީ ޓީމުގައި ވެސް އޭނާ ވިދާލީ އެހާމެ އަވަހަށެވެ. މިހާތަނަށް ސާފް

ޗެމްޕިއަންޝިޕެއްގައި އެންމެ އަވަސް ޯގލެއް ޖެހީ ވެސް އޭނާ އެވެ. ނޭޕާލް ޮކޅަށް 1999 ވަނަ އަހަރު ޖެހި ޯގލަށް ފަހު ޖެހިގެން އައި މުބާރާތަށް ޝާހު ކުރިމަތިލީ ގައުމީ ޓީމުގެ ކެޕްޓަން ބޭންޑާއެކުގައެވެ. އެ މުބާރާތުން ލިބުނު ރިހި

މެޑެއްޔާއެކު އޭނާ އެނބުރި ގަތީ މެނޭޖްމަންޓާ ދިމާލަށެވެ.ޝާހު ކުޅުނުއިރު އެންމެ ފާހަގަ ކުރެވުނު އެެއް ކަމަކީ އޭނާ ލައިގެން ހުންނަ

ބޫޓާ ވާހަކަ ދައްކާކަމެވެ. މިކަން ފަޅާއެރީ ވެލެންސިއާ އަށް ކުޅުނު އިރު އޭނާގެ ޓީމް އިސްމާއީލް އާސިފް )ކުޑަހީނާ( އަށެވެ. މިހެންވެ ލައްޗޭމެން ޝާހުގެ ބޫޓު

ޮފރުވުންފަދަ ކަންކަންވެސް ކުުރެއެވެ.“ބޫޓު ގެންގުޅެނީ ވަރަށް ޯލބިން. ވަރަށް ރީއްޗަށް ގެންގުޅެނީ. އެހެން މީހަކު ބޫޓޫގައި އަތްލިޔަސް ވަރަށް ރުޅިވެސް އަންނާނެ. އެ ބޫޓުން ޯގލް ޖެހޭތީވެ ބޫޓާ ވާހަކަ ދައްކަން އަބަދުވެސް މެޗުގެ ކުރިން. މިކަން ފަޅާއެރީ އެއްދުވަހަކަު ޮކޓަރި ތެރޭގައި އެކަނި ހުރެ ބޫޓާ ވާހަކަ ދައްކަނިޮކށް ކުޑަހީނާ އަށް އެތަން

ފެނިގެން. އެފަހުން އެންމެވެސް ވަރަށް ދިމާކުރާނެ. އެކަމަކު ފަހުން ވެސް އެކަން ހުއްޓާނުލަން،” ޝާހު ބުންޏެވެ.

ޝާހު ކުޅުމާ ވަކިވުމުން އޭނާ އަށް “މައާފް” ނުކުރާނެ މީހަކު

އެބަހުއްޓެވެ. އެއީ ކުރީގެ ކެޕްޓަން މޫސާ މަނިކު )ކުޑަމޫސަ( އެވެ.“މޫސަ އެއްޮގތަކަށް ވެސް ބޭނުމެއްނުވޭ އަހަރެން ކުޅުން ހުއްޓާލާކަށް. މިހާރު ވެސް ބުނާނެ އަދިވެސް ސާޔާ އަށް ކުޅެވޭނެއޭ. މާ އަވަހަށޭ ހުއްޓާލީ،”

މޫސައާއެކު ފަސް އަހަރު ކުޅުނު ޝާހު ބުންޏެވެ.ނަމަވެސް ޝާހުގެ ބަހުންނަމަ ރަނގަޅު ވަގުތުގައި އޭނާ ކުޅުން ހުއްޓާލީ އެ ބޭފުޅަކަށް އޭނާ ކުޅިވަރު ޝަހުސިއްޔަތު މަގާމްދޭ އިބްރާހީމް އިސްމާއީލް ވެސް އެކަމަށް އެދެމުން ދިއުމުންނެވެ. މިއަދު ޝާހު އަކީ

އޭ.އެފްސީގެ އެކިއެކި ޮކމިޓީތަކުގެ އިސްބޭފުޅެކެވެ. ސަރަހައްދުގެ ފުޓްޯބޅައިގެ ކަންކަން ނިންމުމުގައި ލަފާދެއްވާ އިސް ހިންގުންތެރިއެކެވެ. އެހެން މީހުން ގަދަރު ކުރާ ބަސްވިކޭ ބޭފުޅެކެވެ. ޯގލް ކުރިމަތީގައި އޭނާ ދެއްކި ފަދަ ޖާދޫ މިއަދު ޝާހު ދައްކަވަމުންދަނީ ހިންގުމުގެ މާހައުލުގައެވެ. މިކަމަށް ދައްކަން ޖެހޭ މިސާލަކީ އެފް.އޭ.އެމުގެ މިހާރު ރައީސް

އަލީ އާޒިމެވެ. އޭނާ އަށް އޭ.އެފްސީގެ ހިންގާ ޮކމިޓީގެ ޮގނޑިއެއް ކާމިޔާބު ޮކށްދެއްވީ ޚުދު ޝާހުގެ އިސްނެންގެވުމާއި

ބުރަ މަސައްކަތުންނެވެ. މިހެންވެ އޭނާ އަކީ ކުރިމަގުގައި ގައުމީ ފުޓްޯބޅަ އިދާރާގެ އެންމެ އިސްވެރިޔާ އަށް ނުވާންވީ އެއްވެސް

ސަބަބެއްނެތެވެ.“އަހަރެން ކުޅުނު އިރު ވެސް ފަހު ވަގުތު ޯގލު ޖަހާފައި ޮމޅުވެގެން ފައިބަނީ. އެހެންވީމަ މިހާރު ވެސް އަހަރެން ގަބޫލު ކުރަނީ އެހެން. ބަލިޮކށްލީމަ ނޫނީ ގަބޫލެއްނުކުރާނަން ބަލިވާނެ

ކަމަށް. އުއްމީދުތަކެއް އެބަހުރި. އިރާދަކުރެއްވިއްޔާ މިހާޜު މިކުރާ މަސައްކަތަތްކުގައި ވެސް ފަހު ވަގުތު ޯގލު ޖަހާނަން،” ޝާހު

ބުންޏެވެ.އޭނާގެ މިބަހަށް އެންމެ ޮބޑަށް އިއްތިފާގުވާނެ މީހަކީ ވެލެންސިއާގެ މުއައްސިސް އަދި އެފްއޭއެމުގެ ނާއިބް ރައީސް

ހިޔަލީ މުހައްމަދު ރަޝީދެވެ.“ކުރިން އަހަރެން އެހާ ގަބޫލު މީހެއްނޫން ޝާހު އަކީ.

އެކަމަކު އެފްއޭއެމް ތެރެއިން އެނގިއްޖެ އޭނާއަކީ ކުޅަދާނަ މީހެއްކަން. ޖެނެރަލް ސެކްރެޓަރީއަކަށް މިހާރު ޝާހު ވަރުގެ ޯބ ރަނގަޅު މީހަކު ނުހުންނާނެ. ޮގންޖަހާފައި ވެސް ބުނާނަން. އޭނާއަށް އެނގޭނެ ރަނގަޅު ވަގުތުގައި

ކަންކުރަންވީ ޮގތް،” ހިޔަލީ ބުންޏެވެ.

ފްޓް ވިންޑޯސް 8 މިފަހަރު ތަާފތު ާވނެ! މައިކްރޯސޮ

ްްްްްް

މައިކްޯރޮސފްޓުގެ މުޅިން އައު ވިންޯޑސް ޮއޕަރޭޓިން ސިސްޓަމް، ވިންޯޑސް 8 )އަށެއް( މިހާރުވަނީ ފަރުމާޮކށް ނިންމުމަށްފަހު ބާޒާރަށް ނެރުމަށް ތައްޔާރުވެފައެވެ. ވިންޯޑސް އޮޕަރޭޓިން ސިސްޓަމުގެ އެތަކެއް އަދަދު ތަކެއް ނެރެ ދުނިޔޭގެ ހަތަރު ބިތުގައި ފުނިޖެހިފައި ވިޔަސް މިދެންނެވި ޮއޕަރޭޓިން ސިސްޓަމުތަކުގައި މާޮބޑު

ތަފާތެއް ނެތެވެ. ފަރުމާ ކުރެވިފައިވާ ބައްޓަމުގައެވެ. އެތުރިފައިވާ ތަރުތީބުގައިވެސް މެއެވެ. ހާއްސަޮކށް ވިންޯޑސް ޮއފަރޭޓިން ސިސްޓަމްގެ ޑިޒައިނަކީ ހުރިހާ ޮއޕަރޭޓިން ސިސްޓަމެއްގައިވެސް ހަމަ އެކައްޗެކޭ ދެންނެވެނީ އެހެންވެއެވެ.

ވިންޯޑސް ޮއޕަރޭޓިން ސިސްޓަމްގެ އެންމެ އަސާސީ ސިފަޔަކީ ސްޓާރޓް ބަޓަން ނުވަތަ ފެއްޓުމަށް ފިއްތާލާ ބަޓަން ޮމނިޓަރުގެ ވާތްފަރާތު ކަނުގައި އިނުމެވެ. އެ ބަޓަނަށް ފިއްތާލުމުން ދެން ނިކުންނާނީ މެނޫތަކެކެވެ. އެއީ ވިންޯޑސް

އުފެއްދީއްސުރެ މިހާތަނަށް ރަސްމީޮކށް ބާޒާރަށް ނެރެފައިވާ ވިންޯޑސްގެ އެންމެ ފަހުގެ އަދަދު ވިންޯޑސް ހަތަކާއި ހަމައަށްވެސް ބަދަލު ނުވެ ހުރި ސިފައެކެވެ.

ގިނަ ބަޔަކު ބުނާ ޮގތުގައި ވިންޯޑސް، ވިންޯޑސް އަކަށްވަނީ މިދެންނެވި އަސާސީ ސިފަ އެ ޮއޕަރޭޓިން ސިސްޓަމުގައި ހިމެނޭތީއެވެ. އެހެން ނޫންނަމަ ވިންޯޑސް ބޭނުން ކުރާ ގިނަ ބަޔަކަށް މަގު ޮއޅި ވިންޯޑސްގެ ތެރެއަށް ގެއްލިގެންދާނެ

ކަމަށްވެސް ވިންޯޑސް ބޭނުން ކުރާ ފަންނީ ބޭފުޅުން ވިދާޅުވެއެވެ. އެހެން ނަމަވެސް ވިންޯޑސް އަށެއް ތަފާތު ވާނެޔޭ މިބުނަނީ ވިންޯޑސްގެ އެންމެ އަސާސީ ސިފަ ކަމަށްވާ މެނޫތައް ވިންޯޑސް އަށެއްގައި ހިމެނިފައިނެތުމުންނެވެ.

ކުރީގެ ހުރިހާ އަދަދެއްގައި ވައަތްފަރާތު ތިރީ ކަނުގައި އިންނަ ފައްޓާ ބަޓަންވެސް ނެތީމައެވެ. އެހެން ނަމަވެސް މައުސް ބަޓަން ހިންގާލުމުން ފެނިގެއްލޭ ސްޓާޓް

ބަޓަނެއް ކަނާތްފަރާތު އަރިމަތީގައި އިދެއެވެ. އެހެން ނަމަވެސް އެސްޓާޓް ބަޓަނަށް ފިއްތާލުމުން ނިކުންނަނީ މެނޫ ތަކެއް ނޫނެވެ. ތަށިމުށިތަކެއް ފަދަ ޮފޯޓ ތަކެއް

ސްކުރީން ތެރެއަށްފެތުރިގެން ދާތަނެއެވެ.އެޕަލް އަދި ގޫގުލް ކުންފުނީގެ ޮމބައިލް ޮއޕަރޭޓިން ސިސްޓަމްތަކުގެ އަސަރު ނިކުތުމަށް ތައްޔާރުވެފައިވާ ވިންޯޑސް 8 އަށް ޮކށްފައިވާ ކަމުގެ ހެކިތައް

ގިނައެވެ. ވިންޯޑސް 8 ފަރުމާ ކުރެވިފައިވަނީ މައުސް ބަޓަނަކުން ޮކށްޓުމަށްވުރެ ޮބޑަށް، އިނގިލި ކުރިން ޮކށްޓުމަށްކަން އަތުރާލެވޭ ތަށިމުށިތަކުން ސިފަޮކށްދެއެވެ.

ފެތުރިގެންދާ ތަށިމުށިތަކެއްފަަދަ ޮފޯޓ ތަކުގެ ފަހަތުގައި ވަނީ ހާއްސަ އެޕްލިކޭޝަނެކެވެ. ވިންޯޑސް އަށަކަށް ހާއްސަ ވަރަށް ގިނަ އެޕުލިކޭޝަންތައް

ހިމެނެއެވެ. އެޮގތުން ކުރިން ޕީޑީއެފް ފައިލްއެއް ވިންޯޑސްގެ ތެރެއިން ހުޅުވަން ޖެހުނަސް ޖެހޭނީ އެޯޑބް އެކުޯރބެޓު ރީޑަރ އިންސްޯޓލް ކުރާށެވެ. އެހެން

ނަމަވެސް ވިންޯޑސް އަށެއް އިންސްޯޓލް ކުރުމުން މިފަދަ އެތަކެއް އެޕްލިކޭޝަނެއް ހުންނާނީ އިންސްޯޓލް ވެފައެވެ.

ދެންޮއތީ އެޕަލް އައިސްޯޓރ އަދި ގޫގުލްގެ ޕްލޭ ސްޯޓރފަދަ ޮސފްޓުވެއަރ، ލަވަ، އަދި ފިލްމުވެސް ގަންނަށް ލިބޭ މައިކުޯރޮސފްޓުގެ ޮބޑު ފިހާރައެއް ވިންޯޑސް އަށަކާ އެކު ޮކންޕިއުޓަރ ތަކަށްވެސް ލިބިގެން ދިއުމެވެ. ތަފާތު އެޕްލިކޭޝަން ތަކާއި ލަވަ އަދި ވީޑިޯއގެ އިތުރުން އެކިއެކި ޮފތްތައްވެސް ފަސޭހައިން ހަމަ

ގޫގުލް ޕްލޭ ސުޯޓރުން ނުވަތަ އެޕަލް އައި ސްޯޓރުން ޯފނު ތަކަށް އިންސްޯޓލް ޮކށްލެވޭ ފަދައިން ޮކންޕިއުޓަރަށްވެސް އިންސްޯޓލް ޮކށްލެވޭނެއެވެ.

ފަހުގެ ހަބަރުތައް ބަލާލުމަށް ވަކި ހާއްސަ އެޕްލިކޭޝަން އަދި އެންމެ ފަހުގެ މޫސުމާއި ކުޅިވަރުގެ ހަބަރުތައް ބަލާލެވޭނެ ހާއްސަ އެޕްލިކޭޝަންތަކެއް ވެސް

ވިންޯޑސް އޮޕަރޭޓިން ސިސްޓަމާ އެކު ބަންޑަލް ކުރެވިފައިވެއެވެ. ތަފާތު އެކިއެކި ޯސޝަލް ނެޓުޯވކުތަކަށް އެއްފަހަރާ ޮލގިން ވެލެވެއެވެ. ޮކންޕިއުޓަރ ތެރޭގައި ރައްކާކުރަން ބޭނުން ނުވާ އަމިއްލަ ތަކެތި މައިކުޯރޮސފްޓު ސްކައިޑްރައިވްގައި

ރައްކާޮކށްލުމަށްވެސް ފަސޭހަ އެކަމަށް ޙާއްސަ އެޕްލިކޭޝަނެއް ވިންޯޑސް އަށަކާ އެކު އިންނާނީ ޮކންޕިއުޓަރަށް އިންސްޯޓލް ވެފައެވެ.

މިފަދަ އެތަކެއް ފަސޭހަ ތަކެއް ވިންޯޑސް އަށަކާ އެކު ފެނިގެންދާނެއެވެ. ވިންޯޑސްގެ އެންމެ ޮބޑު ބަލިފަޔަކީ ވައިރަސްތަކުގެ އުނދަގުލުން ސަލާމަތް

ނުވުމެވެ. އެހެން ނަމަވެސް ޓެސްޓު ކުރުމަށް ދޫޮކށްފައިވާ ވިންޯޑސް އަށަކަށް އެންޓިވައިރަސް އަޅަން އުޅުމުން ބުނަނީ އެންޓިވައިރަސް ބޭނުން ނުވާކަމަށެވެ. އެހެން ކަމުން މީވެސް ވަރަށް ޮބޑު ތަފާތެކެވެ. ވިންޯޑސް އަށެއް އިންސްޯޓލް

ކުރާއިރު އިންނަ ވިންޯޑސް ޑިފެންޑަރ އެންޓިވައިރަސްގެ ދައުރު ވެސް އަދާޮކށްދެއެވެ. އަދި ވައިރަސްގެ އުނދަގުލުން ކުރިން ނެރުނު ވިންޯޑސްގެ ހުރިހާ އަދަދުތަކެއް ސަލާމަތް ނުވެގެން އުޅެން ޖެހުނު ނަމަވެސް ވިންޯޑސް

އަށެއް ވެގެންދާނީ ވައިރަސްގެ އުނދަގޫ އެންމެ ކުޑަވާނެ ޮއޕަރޭޓިން ސިސްޓަމް ކަމަށްވެސް މައިކުޯރސުފްޓުން ދަނީ ބުނަމުންނެވެ.

ވިންޯޑސް އަށެއްގެ ބީޓާ، ޓެސްޓުތަކަށް ބޭނުން ކުރާ ގިނަ ފަރާތްތަކެއް އެއްބަސްވާ ޮގތުގައި މި ވިންޯޑސް ހަޤީޤަތުގައިވެސް ހަމަ ތަފާތެވެ.

މައިކުޯރޮސފްޓު ކުންފުނި މުއްސަދިވެ ދުނިޔޭގެ އެންމެ މުއްސަދި މީހާކަމަށް ބިލްގޭޓު ވެގެން ދިޔައީ ވިންޯޑސް ޮއޕަރޭޓިން ސިސްޓަމް ވިއްކައިގެން ޯހދި ފައިސާ އިންނެވެ. އަގުޮބޑު ކަމަށް އެންމެން ވެސް އެއްބަސްވާ ވިންޯޑސް އޮޮޕަރޭޓިން ސިސްޓަމް މިފަހަރު އަޕްގުރޭޑު ކުރުމަށް ދައްކަންޖެހޭ އަގުވެސް ހަމަ ވަރަށް ތަފާތެވެ. އެންމެ ތިރީހަކަށް ޮޑލަރަށް ވިންޯޑސް އަށެއް މިފަހަރު

އަޕްގުރޭޑު ކުރެވުމަކީވެސް މައިކުޯރޮސފްޓުގެ ތާރީހުގައިވެސް މިހާ ހެޮޔ އަގެއްގައި އެއްޗެއް ވިއްކި ފުރަތަމަ ފަހަރެއެވެ. އެހެން ކަމުން މިފަހަރުގެ ވިންޯޑސް ހަމަ

ޙަޤީޤަތުގައިވެސް ތަފާތު ކަމަށް އެއްބަސް ވާންޖެހެއެވެ.

އާދަމް ނަޞީރު

24

25

ޯރދަމަހަކީ ދުވާލު ނުކައި ތިބޭ މަހަކަށްވާތީ ޯރދަ ކުރުކުރުމަށް ދިވެހިން ތަފާތު ކަންކަން ޮކށް އުޅެއެވެ. އެއީ ޒަމާނުއްސުރެ

ދިވެހިންގެ ކިބައިގައި ޮއންނަ ކަމެކެވެ. އެއްބަޔަކު މަޑި އަރުވާން އަތިރިމައްޗަށް ދާއިރު، އަނެއްބަޔަކު ޯފލިތައް ހިފައިގެން

ނުކުންނާނީ މަންޑިކުޅޭށެވެ. ގޭތެރޭގައި ތިބެގެން ގޭމުކުޅޭ ކުދިންނާއި މީހުންވެސް މަދެއް ނޫނެވެ. މާލޭގައި ނަމަ އެއްބަޔަކު

ނުކުންނާނީ ސައިކަލު ބުރުޖަހާށެވެ. ޮދށްޓެއް ނުވަތަ ނަނެއް ހިފައިގެން ޮތށިގަނޑު މައްޗަށް މަސް ބާނާންދާ މީހުންވެސް

މަދެއް ނޫނެވެ. ޮތށިގަނޑުމައްޗަށް އަރައި މަސްބޭނުމަކީ ޯރދަމަހުގައި

އާންމު ކަމެކެވެ. ޯރދަމަސް ނޫނަސް ދިވެހިންގެ ކިބައިގައި ޮއންނަ އާދައެކެވެ. އެއް ބަޔަކު މިކަން ކުރަނީ ރަނގަޅު

މަގުސަދެއްގައެވެ. ބޭނޭ މަސްޮކޅު ގެންނަނީ ގެޔަށެވެ. ލައިގެން ކާ އެއްޗެއް ހަދައިލުމަށެވެ. އަނެއް ބަޔަކު މިކަން ކުރަނީ ހުސްވަގުތު ފުރާލާށެވެ. މަޖާޮކށްލާށެވެ. ޯރދަމަސް ނަމަ

ޯރދަ ކުރުޮކށްލާށެވެ. މިފަދަ މީހުން މިކަން ކުރާ ޮގތްވެސް ތަފާތެވެ. ބޭނޭ ޮކންމެ އެއްޗެއް، މަހަކަށް ނުވިޔަސް އެއްގަމަށް އަރުވާނެއެވެ. އެއަށްފަހު ކަން ނިމުމުން ބޭނި ހުރިހާ އެއްޗެއް އެތަނަށް ދޫޮކށްލާފައި ދާނީ ގެއަށެވެ. މިޮގތަށް މިކަން ކުރުމުން ކަނޑުގެ އެތައް ދިރުމެއް ޮކންމެ ދުވަހަކު އިސްރާފުގެ ޮގތުގައި

މަރުވެދަނީއެވެ.ޯރދަމަހުގެ ދުވަހެކެވެ. ތަނަކީ މަސްވެރިންގެ ޕާކެވެ. އެދިމާ

ޮތށިގަނޑުމައްޗަކީ ޯރދަމަހުގެ ޚާއްޞަ މަސްވެރިކަމުގެ ސަރަހައްދެކެވެ. އެދުވަހު ހަވީރު އެދިމާއަށް ކުޅިބަލައިލަން

ދިޔަ މީހުންގެ ތެރޭގައި އަޅުގަނޑުވެސް ހިމެނުނެވެ. ޮތށިގަނޑު މައްޗަށް އަރައި ބަލައިލިއިރު ދެތިން ހަތަރު ފޫޓު ހުންނަވަރުގެ

ވެނަކާއި ނަންނޭނގޭ ޒާތުގެ ދެތިން ހަތަރު މަހެއް އެއް ދިމާއެއްގައި މެހި ބުރަ ބުރާ ޮއތެވެ. އަތްވަށް ހިކިފައި ޮއތުމުން

އެއީ މާކުރިން ބާނާފައި ހުރި އެއްޗެހިކަން އެނގުނެވެ. އެކި ހިސާބު ހިސާބުގައި ކުދި ކުދި މަސްފުނި ފުނި ހުށްޓެވެ. މެހި

ބުރަބުރަ އެވެ. ބާނާ މީހުން އޭރުވެސް ބާނަނީ އެވެ. ކުދި ކުދި ރީނދޫމަހާއި ކާޅާއި ހިކާ ބާނާ މީހުން ވެސް އުޅެއެވެ. ކުޑަކުދިން ޮގވައިގެން ޮގސް، އެކުދިންގެ “ޯރދަ ކުރުޮކށްދޭ”

މީހުން ވެސް އުޅެއެވެ.މަސްބޭނުމަކީ އޭގެ ރަނގަޅު މަގުޞަދުގައި ކުރަންޏާ އެއްވެސް

މައްސަލައެއް ނޫނެވެ. އެކަމުގެ ބޭނުން ރަނގަޅު ޮގތުގައި ހިފަންޏާ ޯގހެއް ނޫނެވެ. ޝައްކެއްވެސް ނެތް ޮގތުގައި

ދުނިޔޭގައި ހިކިފަސްތަނަށް ވުރެ ޮބޑީ ކަނޑެވެ. ދުނިޔޭގެ %71 އަކީ ކަނޑު ކަމަށްވާއިރު، ދުނިޔޭގައި ލެއްވި ދިރުންތަކުގެ

90% ލެއްވީ ކަނޑުގައެވެ. މިއިން ޮކންމެ ދިރުމަކީ

މަޖަލަކަށް ނަހަާދށެވެ!

މުޙައްމަދު ޤާސިމްއުޑުދަށުން

މާތް هللا އިންސާނުންނަަށް ދެއްވާފައި ޮއތް ވަރަށް ޚާއްޞަ ނިޢުމަތެކެވެ. ޮކންމެވެސް ސިފައެއްގައި އިންސާނުންނަށް ފައިދާ ކުރާނެ އެއްޗެކެވެ. ދިވެހިންގެ އިގުތިޞާދާއި، މުޅި ދިރިއުޅުން ގުޅި ލާމެހިފައިވަނީވެސް ކަނޑާއި ކަނޑުގެ ދިރުންތަކާއެވެ. ޮކންމެ ދިވެއްސަކުވެސް މިކަން ގަބޫލުކުރާނެއެވެ. މަޖަލަކަށް

ނުވަތަ އަޅުކަމެއް ކުރުޮކށްލުުމުގެ ނަމުގައި، މާތް ރަސްކަލާނގެ ދެއްވައިފައިވާ މިފަދަ ޮބޑު ނިއުމަތަކަށް އިހުމާލުވާން ހެޮޔވާނެޯތއެވެ.

ދުނިޔޭގައި ކަނޑު ނުވަތަ މޫދު ނުފެނި ދުނިޔެ ދޫކުރާ މީހުން މަދެއް ނުވާނެއެވެ. އެހެންނަމަވެސް އިންސާނުން ކާނާގެ ޮގތުގައި

ބޭނުންކުރާ މަހުގެ 15% އަކީ ކަނޑުން ބާނާ މަހެވެ. މިއީ ނިސްބަތުން ބަލާއިރު ކުޑަ އަދަދެއް ނޫނެވެ. ކަންމިހެން ޮއތް

ނަމަވެސް ކަނޑުގެ ދިރުންތަކާމެދު އިންސާނުންނަށް ސަމާލުކަން ދެވޭމިންވަރު ހަމަ ވަރަށް ކުޑައެވެ. ވިޔަފާރިއަށްޓަކައި،

ބަލައިލުމެއްނެތި މަސްހިފަނީ ތިހަޔެނެއް ނޫނެވެ. ޮބޑެތި ޯބޓުފަހަރު އެއަށްވުރެ ޮބޑެތި ދާ ޖަހައިލަނީ ފަހަށް ވިސްނާލުމެއްނެތިއެވެ.

ނަތީޖާ ފެންނަނީ ވަރަށް ހިތިޮކށެވެ. މިއަދު ދުނިޔޭގެ މަސްވެރިކަން ވަނީ 13.2% ދަށްވެފައެވެ.

މަސްމަހާމެހީގެ ނިއުމަތް ދެމެހެއްޓުމަށްޓަކައި ހަމައެކަނި ކުރާން ޮއތް ކަމަކީ މަސް ބާނާ އިސްރާފުކުރުން ހުއްޓާލުމެއް ނޫނެވެ.

ހުއްޓައިލާންޖެހޭ އެއަށްވުރެ ގިނަ ކަންކަން އެބަހުށްޓެވެ. ކުނިބުންޏާއި ކެމިކަލް އެކުލެވޭ ބާވަތްބާވަތުގެ އެއްޗެހި ކަނޑާއި

މޫދަށް އެޅުމުން ވެސް ދުރުހެލިވާން އެބަޖެހެއެވެ. މިފަދަ އަމަލުތަކަކީ ވެސް އެއިން ކަނޑުގެ ދިރުންތަކަށް ޮބޑެތި

ގެއްލުންތައް ލިބެމުން އަންނަ ކަންކަމެވެ. އިންސާނުންނަށް އެނގިގެންނާއި ނޭނގި ތިބެ ކުރެވިފައިވާ އަމަލުތަކުގެ ސަބަބުން

މޫދުގެ ބައެއް ދިރުންތަކަށް މިހާރުވެސް ވަނީ ޮބޑެތި ގެއްލުންތަކެއް ލިބިފައެވެ. އޭގެތެރޭގައި މޫދު ވިނައާއި ފާތަކާއި ފަރުތަކާއި މުރަކަތައް ވަނީ 30% އާއި 35% އާ ދެމެދުގެ އަދަދަކަށް

ނެތިގެން ޮގސްފައެވެ.ކަނޑަކީ މުހިންމު ތަނެކެވެ. ކަނޑުގެ ދިރުންތަކަކީ މުހިންމު

ދިރުންތަކެވެ. އަހަރެމެން އިންސާނުންނަށެވެ. ދުނިޔޭގައި ހިމެނޭ ޮއކްސިޖަންގެ 50% އުފައްދަނީ ކަނޑުގައި ހިމެނޭ ވިނައާއި

ގަސްގަހާގެހިންނެވެ. މިވަރުންވެސް ކަނޑާއި ކަނޑުގެ ދިރުންތަކުގެ މުހިންމު ކަމާއި ބޭނުންތެރިކަން ވަޒަންޮކށްލެވޭނެއެވެ. ދިވެހިންނަކީ

ކަނޑާއި ކަނޑުގެ ދިރުންތަކާ ގުޅުން ބަދަހި، މުޅި ދިރިއުޅުން ކަނޑާ ގުޅިލާމެހިފައިވާ ބަޔެކެވެ. އެހެންކަމުން އެތަނަށާއި

އެތަކެއްޗަށް އަބަދުވެސް ސަމާލުކަންދޭ ބަޔަކަށް ދިވެހިން ވާން އެބަޖެހެއެވެ. ގެއްލުން ލިބޭނެ ޮކންމެ ޢަމަލަކާއި ކަމަކުން

ދުރުހެލިވާން އެބަޖެހެއެވެ. މަޖަލާއި އުފަލަށް ހަދައިގެން އެފަދަ ކަންކަން ނުކުރާށެވެ!

26

ސީނާ އަޙްމަދު ޒާހިރު

ފަހަކަށް އައިސް ސިޔާސީ މަސްރަޙްގައި އެންމެ ގަދައަށް ދެކެވޭ އެއްވާހަކައަކީ އެއްބައިވަންތަކަމުގެ ސަރުކާރެއް ގައިމުޮކށްގެން ކާމިޔާބުކަމާއިއެކު ރާއްޖޭގައި

ވެރިކަމަށްއައުމުގެ ވާހަކައެވެ. ތަފާތު ސިޔާސަތުގެ ޕާޓީތައް އެއްބައިވެގެން އެކީގައި ވެރިކަންކުރެވިދާނެބާވައެވެ؟

މިއީއުފެދޭ ސުވާލެކެވެ. މާޒީގެ ތާރީޚުންދައްކާޮގތުގައި މިޮގތަށް ވެރިކަންކުރި ޤައުމުތަކުގައި، ވެރިކަންކުރުމުގައި ދަތިތަކަކާއި

ކުރިމަތިވިއެވެ. އަދިޤުރުބާނީތަކެއްވެސް ކުރަންޖެހުނެވެ. ބައެއް ފަހަރު ކުދި ޕާޓީތަކުގެ ތަރުޙީބު ޯހދުމަށެވެ. ދުނިޔޭގެ އެންމެ

ޮބޑު ޑެޮމކްރަސީގައި އެއްއިރެއްގައި ޮއތް ތަފާތު ޕާޓީތައް ބައިވެރިވުމުގެ ސަރުކާރެއްގައި، މަޖިލީހުގައި އެންމެ ތިން ޮގނޑި ލިބިފައި ޮއތް ޕާޓީއަކަށް ޮފރިން މިނިސްޓަރކަމާއި ރައްޔިތުންގެ

މަޖިލީހުގެ ރައީސްކަން ދޭޮގތަށް ހަމަޖެހުނެވެ. އެތިން ޯވޓު، ނުވަތަ އެތިން ޮގނޑިއަކީ ސަރުކާރެއް ޤައިމުކުރަން ނުވަތަ ޤައުމުގައި ވެރިކަންކުރުމަށް މުހިއްމު ތިންޮގނޑި ކަމަށްވާނަމަ ވެރިކަމުގައި ދެމިހުރުމަށް މަސައްކަތްކުރާ މައި ޕާޓީން އެއީ

މައްސަލައެއްކަމަށް ނުބަލާފާނެއެވެ. އިނގިރޭސިވިލާތުގައި މިހާރުވެސް ވެރިކަންކުރަނީ

ވެރިކަންކުރުމަށް ގުޅިފައިވާ ދެޕާޓީއަކުންނެވެ. މީގެ ކުރިންވެސް އިނގިރޭސިވިލާތުގައި މިޮގތަށް ވެރިކަންޮކށްފައިވެއެވެ.

މިޮގތަށް ވެރިކަންކުރުމަށް ހަމަޖެއްސުމުގެ ކުރިން ޕާޓީތަކުން އެއްބަސްވުމަކަށް އަންނަނީ އެޕާޓީތަކުން ގެންގުޅޭ ސިޔާސާތުގައި

ދޫނުދެވޭނެ ކަންތައްތަކަށެވެ. އެހެންޮގތަކަށް ދަންނަވަނީނަމަ ދެބަސްވާނެ ކަންތައްތަކެވެ. ސަރުކާރުން ބިލެއް ހުށައެޅުއްވިޔަސް އެފަދަ މައްސަލަތަކުގައި އެޕާޓީއެއްގެ ސިޔާސަތާއި އެއްޮގތަކަށް ވާހަކަދައްކާ ޯވޓުވެސް ދެއްވޭޮގތަށް ހަމަޖެހެއެވެ. އަދި އެއީ ވެރިކަމުގައި ބައިވެރިވާ ޕާޓީއާއި ސަރުކާރާއި ދެމެދު ޮއންނަ

ދެބަސްވުމެއްކަމަށްވެސް ނުބެލެވެއެވެ. މިޒަމާނުގައި ޤަބޫލުކުރެވެނީ އެއީ ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމުގައި ޤަބޫލުކުރަންޖެހޭނޭ

އުޞޫލެއްކަމުގައެވެ. ރާއްޖޭގައި ގިނަ ޕާޓީތަކެއް ބައިވެރިވާ ސަރުކާރެއް ގައިމުކުރެވިދާނެކަމުގެ ވާހަކައަކީ ޝައްކާއި އެކު މިހާރު

ދެކެވޭ ވާހަކައެކެވެ. މިހާރު ޮއތް އެންމެ ޮބޑު އިދިޮކޅުޕާޓީ ފިޔަވައި، އެހެން ޕާޓީތަކުގެ ހާމަޮކށްފައިވާ ސިޔާސަތުތަކަށް

ބަލާލާއިރު، ބައެއް އެހެނިހެން ޤައުމުތަކުގައި ދިމާވާފަދަ ސަރުކާރު ހިނގުމުގައި ނުވަތަ ޤައުމު ކުރިޔަށް ގެންދިއުމުގައި އުޞޫލީ މައްސަލަތަކެއް ރާއްޖޭގައި ގުޅިގެން މަސައްކަތްކުރެވޭޯތ ވާހަކަދެކެވޭ ގިނަ ޕާޓީތަކުގައި ހުންނާނެކަމަކަށް ނުފެނެއެވެ.

ސަބަބަކީ އެންމެ ޮބޑު އިދިޮކޅު ޕާޓީ ފިޔަވައި އެހެން ހުރިހާ ޕާޓީތަކުންވެސް މައިގަނޑުޮގތެއްގައި ގެންގުޅެނީ

އެއްސިޔާސަތެއްކަމަށްވާތީވެއެވެ. އެހެންނަމަވެސް ދިމާވެދާނެ ބައިވަރު އެހެން މައްސަލަތަކެއް އެބަހުއްޓެވެ. އެންމެ ޮބޑު

މައްސަލައަކަށްވާނީ ރިޔާސީ ކެންޑިޑޭޓަކާއި މެދު އެއްބަސްވުމެވެ. ފެންނަފެނުމުގައި މިކަމުގައި ޕާޓީތަކުން އެއްބަސްވެވޭނީ

އެއްބަސްނުވުމަކަށެވެ. ބައެއް ޕާޓީތަކުން ރިޔާސީ ކެމްޕޭނު ފަށައިގެން ކުރިޔަށްގެންދާއިރު ދަތުރު ފެށިތަނަށް އަނބުރާ

އައުމަކީ ނާދިރުކަމެކެވެ. ހުރިހާ ޕާޓީއެއް އެއްވެގެން ރިޔާސީ ކެންޑިޑޭޓެއް ޯހދުމަށް ޕުރައިމެރީއެއް ބޭއްވުމަކީވެސް

އެއްބަސްވުމަކަށް އާދެވޭނެކަމަކަށް ނުފެނެއެވެ. މެންބަރުން ގިނަ ޕާޓީގެ ކެންޑިޑޭޓަށް ފުރުޞަތު ޮބޑުވެދާނެތީވެއެވެ.

ރާއްޖެއަކީ މިހާރު ވަރަށް ޮބޑަށް ކަރަޕްޝަނު ޮއތް ޤައުމަކަށް ވުމާއިއެކު ގުޅިފައިވާ ޕާޓީތަކުގެ ވެރިކަމެއް އައުމަށް ފަހު ސަރުކާރުގެ މަޤާމުތައް ބަހާނެޮގތަކާމެދު އެއްބަސްވުމަކާއި ހިސާބަށް އައުމަކީވެސް ފަސޭހަކަމަކަށް ނުވާނެއެވެ. އޭރުން

ޮއންނާނީ މިސަރުކާރުގައި މިހާރު ޮއތް މާޙައުލެއް ނޫނެވެ. ޕާޓީގެ އިސްފަރާތްތަކަށާއި، އެކްޓިވިސްޓުންނަށާއި، ގާތްތިމާގެ މީހުންނަށާއި ޅިޔަން ފަހަރިންނަށް ހުރިހާ ޕާޓީތަކުން ރުހޭޮގތަކަށް މަޤާމުތައް

ބެހުމަކީވެސް އުނދަގޫކަމަކަށް ވެދާނެއެވެ. ދެންނުކުންނާނެ މައްސަލައަކީ ފުރަތަމަ ބުރުގައި އެއްވެސް

ޕާޓީއަކަށް ބޭނުންވާ އަޣްލަބިއްޔަތު ނުލިބުމުން ނުކުންނާނެ މައްސަލައެވެ. ވެރިކަމަށް އައުމަށް އެއްޚިޔާލެއްޮއންނަ،

ރައްޔިތުންގެ ގިނަބައެއްގެތާއީދު ޮއންނަ އެހެން ޕާޓީއަކާއި ޯވޓުޯހދުމަށްޓަކައި އެއްބަސްވުމަކަށް އައުމަށް ޙާލަތު

މަޖުބޫރުކުރާނެއެވެ. ރާއްޖޭގެ ވެރިކަމަށް އަންނަ ޕާޓީއަކުން ޤަބޫލުކުރަންޖެހޭ ޙަޤީޤަތެއް އެބަޮއތެވެ. ރައީސް ނަޝީދަށް ރާއްޖޭގެ ވެރިކަން އަލުން ލިބިވަޑައިނުގަންނަވާހާ ހިނދަކު އަދި އެމަނިކުފާނު

ރާއްޖޭގެ ސިޔާސީ މަސްރަޙްގައި ޙަރަކާތްތެރިވެވަޑައިގަންނަވާހާ ހިނދަކު ރާއްޖޭގައި، ސިޔާސީ ހަމަނުޖެހުން ޮއންނާނެކަމެވެ. އަދި ރާއްޖެއަށް ޮބޑެތި އިޤްތިޞާދީ ގެއްލުން ދިނުމަށް ހުއްޓުމެއްނެތި

މަސައްކަތްކުރެވެމުންދާނެކަމެވެ. އަޅުގަނޑުގެ ނަޒަރުގައި މިއަދުގެ މާޙައުލަށް ބަލާލާއިރު އެންމެން އެއްބަސްވާ އެއް ކެންޑިޑޭޓަކު ކުރިއަށް ޮއތް

ރިޔާސީ އިންތިޚާބަށް ނެރުމަކީ ހުވަފެނީ ޚިޔާލެކެވެ. ހުވަފެނީ ކުލަޖެހިފައިވާ ރީތި ޚިޔާލެކެވެ. ރީތި ހުވަފެން ދެކެންބޭނުންވުމަކީ ޯގހެއްނޫނެވެ. ރީތި ހުވަފެނަކަށްފަހު ވަގުތީ އުފާވެރިކަމެއްވެސް

ގެނެސްދެއެެވެ.

ން ާފ ސިކުނީޑގެ ޠޫ

27

މިންނު

ބުމަ ޝޭޕް ކުާރނެ ގޮތެއް...ބުމަ ރީތި ޮކށް ޝޭޕް ޮކށް ބެހެއްޓުމަކީ މޫނުގެ ރީތިކަން އިތުރަށް

ދައްކުވައިދޭ ކަމެކެވެ. ގިނަ މީހުންގެ ހާއްސަ ޮކށް ދިވެހިންގެ ބުމައިގެ

އިސްތަށި ގިނަވެފައި ވަރުގަދަ އެވެ. ނަމަވެސް އިސްތަށި މަދުން

ހުންނަ ބުމަތައް ވެސް މަދެއް ނޫނެވެ. މޭކަޕް ބޭނުން ޮކށްގެން

މިކަހަލަ ބުމައިގެ ރީތިކަން ފާޅު ޮކށްދެވިދާނެ އެވެ. މި އާޓިކަލް

ގައި މި ބަލައިލަނީ ޓުވިޒަރ )ބުމައިން އިސްތަށި ނައްޓަން ބޭނުން

ކުރާ ޓޫލް އެއް( އަދި ބުމަ ފަންސޫރު ބޭނުން ޮކށްގެން ބުމަ ރީތި

ކުރެވިދާނެ ޮގތްތަކަކަށެވެ.

28

ފުރަތަމަ ކަމަކަށް ތިމާގެ ހުންނަނީ ޮކންކަހަލަ

ބުމައެއް ޯތ ރަނގަޅަށް ބަލާށެވެ. ދެބުމަވެސް ރީތި ޮކށް އެއްވަރަށް ބަހައްޓަން ބޭނުން

ނަމަ ބުމަ ފެށޭ ތަނަކީ ނޭފަތުގެ މަތީ ޮކޅު ކަމުގައި ހަދާށެވެ.

13

ބުމައިގާ ފަންސޫރު އެޅުމަށްފަހު ބުމަ ބްރަޝް އަކުން ބުމައިގާ ބްރަޝް

ޮކށްލާށެވެ. އެޮގތުން ބުމައިގާ ކުރެހި ޝޭޕަށް އެކަމަކު

އިސްތަށި މައްޗަށް ވާ ޮގތަށް ބްރަޝް ގެންދާށެވެ. އޭރުން

އިސްތަށްޓަށް ޮވލިއުމް ލިބޭނެއެވެ.

ޓްވީޒަރުގެ ޮކޅުން ބުމައިގެ ޝޭޕަށްވުރެ ދުރުގައި ހުރި

ކުދި އިސްތަށިތައް ނައްޓާށެވެ. ފުރަތަމަ ޓްވީޒް ކުރާނީ

ބުމައިގެ ތިރީގައި ހުރި )ޮލލުގެ މަތި( ބޭކާރު އިސްތަށި ތަކެވެ.

ޓްރީޒް ކުރަން ޮމޅު ނޫން ނަމަ ނުވަތަ ފަރިތަ ނޫން ނަމަ ބުމައިގެ މަތީ ގައި

ހުރި ބޭކާރު އިސްތަށި ޓްވީޒް ކުރަން ނޫޅޭށެވެ. އެއީ ނުބައި އިސްތައްޓެއް ނެއްޓިއްޖެ ކަމަށް ވާނަމަ މުޅި ބުމައިގެ ޝޭޕް ގެއްލޭނެތީއެވެ. ޓްވީޒް ކުރަމުން ދާއިރު، ޯލގަނޑާ ތަންޮކޅެއް ދުރަށް ޖެހިލާފައި ރަނގަޅަށް ޯތ ކުރެވެނީ ދޭތެރެ އަކުން ބަލައިލުމަށް ފަހު ކުރިއަށް ގެންދާށެވެ. އެހެނީ މާގިނައިރު

ވަންދެން ބުމައަށް ބަލަހައްޓައިގެން ހުރުމުން ޯފކަސް ގެއްލި ބުމަ ބަހައްޓަން ބޭނުންވާ ޝޭޕް ޮއޅިދާނެތީއެވެ. ބުމަ ވެކްސް

ކުރުން ނުވަތަ ތްރެޑް ކުރުމަކީ )ޮރދިން ބުމަހެދުން( އެހާ ރަނގަޅު ކަމެއް ނޫނެވެ. އެއީ ޮލލު ކައިރީ ހުންނަނީ ނާޒުކު ހަން ކަމުގައި ވެފައި ވެކްސް އަދި ތްރެޑް އަކީ އެހާ ނާޒުކު

ޮކށް ކުރެވޭ ކަންތަކަށް ނުވުމެވެ. އެހެން ކަމުން އެންމެ ރަނގަޅު ޮގތަކީ ޓްވީޒަރެއް ބޭނުން ކުރުމެވެ.

4ބުމައިން އިސްތަށި ނެއްޓުމުގެ ކުރިން

ބުމައިގައި ފަންސޫރު އަޅާށެވެ. ބުމައިގާ

ފަންސޫރު އަޅާ އިރު ބުމަ ބަހައްޓަން ބޭނުންވާ ޝޭޕަށް އަޅާށެވެ. އޭރުން ޓުވިޒަރ ބޭނުން ކުރާއިރު

ފަސޭހަ ވާނެއެވެ. 2

29

ބުމައިގެ އެންމެ މުހިއްމު 5ބަޔަކީ ބުމައިގެ ތިރީ ކައިރި އެވެ. އެހެން

ކަމުން ބުމަ ޝޭޕް ޮކށް ފަންސުރު އަޅާ އިރު

އެބަޔަށް އިތުރު ސަމާލު ކަމެއް ދޭންވާނެއެވެ.

6

ބުމައިގާ އަޅަން އިހްތިޔާރު ކުރަން ވާނީ ކުލަ މަޑުން

އަންނަ ފަންސޫރެކެވެ އޭރުން މަޑު މަޑުން

ބުމައިގާ އަޅަމުން ކުލަ އެއްވަރު ކުރަމުން ގެންދެވޭނެ އެވެ.

7

ބުމައިގެ އިސްތަށިތައް ޮކށުމަކީ އެހާ ރަނގަޅު

ކަމެއް ނޫނެވެ. ހާއްސަޮކށް ބުމައިގެ އިސްތަށި ޯބ

ނަމަ، އިސްތަށި ޮކށުމުން ދެން ފަޅާ އިސްތަށި

އެއަށްވުރެ ޯބޮކށް ފަޅައެވެ. އެހެން ނަމަވެސް ބައެއް ފަހަރު ބައެއް އިސްތަށި މާދިގު ހެން ހީވާނަމަ އެ އިސްތަށި ތަކުގެ ޮކޅުން ޮކށާލުމަކީ އެންމެ ރަނގަޅު ޮގތެވެ.

ބުމަ ބްރަޝް އަކުން މައްޗަށް ވާ ޮގތަށް ބުމައިގާ ހުރި އިސްތަށި ބްރަޝް ކުރުމަށްފަހު )މިޮގތަށް ބްރަޝް ކުރާނީ

މައްޗަށްވާ ޮގތަށް ވިއަސް ބުމަ ހުރި ޝޭޕަށް( އެއްވަރުނޫން އިސްތަށި ނުވަތަ އާދަޔާ ހިލާފަށް ދިގު އިސްތަށިތައް ޮކޅުން

ޮކށާލާށެވެ.

8

މިހާރު ހުންނާނީ ބުމައިގާ އެޅި ފަންސޫރު ކުލަ ފަނޑުވެފައެވެ. އެހެން

ކަމުން އަލުން އެއްފަހަރު ފަންސޫރު ބުމައިގާ

އެޅުމަށް ފަހު އަނެއް ބުމަވެސް މި ބުނި ޮގތަށް

ހަދާށެވެ.

9

ދެވަނަ ބުމަ ހަދަމުން ދާއިރު ފުރަތަމަ ހެދި ބުމަ ފަށާފައި ހުރި ހިސާބު ލަފާ ޮކށްފައި އެއާއި ވީހާވެސް

އެއްޮގތަކަށް ހެދޭޯތ ބަލަންވާނެއެވެ.

10

ނިންމާލަމުން ޓްރާންސްލޫސަންޓް

ޕައުޑަރ ނުވަތަ ބޭނުން ކުރާ ފުށެއް ބުމަ ކައިރީ

ޖަހާލައިށެވެ. އޭރުން ބުމަކައިރީ ހުރި ތެޮޔކަން

ފިލައި ބުމަ ތާޒާޮކށް ހުންނާނެއެވެ.

މުޙައްމަދު ބުޝްރީ ކެޮޔނިރު

30

ރާއްޖޭގެ ޓްރެފިކްގެ ހާލަތު ދިރާސާ ކުރުމަށް އައި ބޭރުގެ

ޮކންސަލްޓެންޓަކު ބުނެފައިވާ ޮގތުގައި ރާއްޖޭގެ މަގުތަކުގައި ސައިކަލް ދުއްވާހާ

ނުރައްކާތެރިޮކށް، އަދި ފަރުވާކުޑަޮކށް ދުއްވާ އެހެން އެއްވެސް ގައުމެއް ނެތެވެ.

ހާއްސަޮކށް ދިވެހި ޒުވާނުންގެ ގިނަބަޔަކަށް ހީވާ ޮގތުގައި ސައިލެންސަރުން

ވީހާވެސް ބާރު އަޑެއް ކިއުމަކީ ސައިކަލް ދުއްވާ މީހާގެ ޝަހުސިއްޔަތު

ދައްކައިދޭ ކަމެކެވެ.

މިފަދަ ޒުވާނުން ހީކުރާޮގތުގައި ސައިކަލުގެ ބުރަކި ޖައްސާޮގތަކުން

ޓަޔަރު ބިމުގައި ގޭނިގެން ދާއަޑު ޮގއްވާލުމަކީ މުޖުތަމުގައި ތިމާގެ މަގާމު

މަތިޮކށްދޭ ކަމެކެވެ. އަދި ވަކިން ހާއްސަޮކށް ރާޅާ އަޅުވާޮގތަށް، ދެއަތަށް

ކިރެމުން، މަގުހުރަހަށް، ސައިކަލް ދުއްވުމަކީ އިންނާނެ ރަނގަޅު އަނބިން ލިބޭ

ކަމެއް ކަމަށްވެސް ހީވާ ކަހަލައެވެ!

މަގުމަތީގެ އަދަބުތަކަކީ ދިވެހިންނާ ވަރަށް ބީރައްޓެހި އެއްޗެކެވެ.

ކިރިޔާވެސް މަގު ބްޮލކް ވާއިރަށް ފަހަތުގައި ތިބި ހުރިހާ ވެހިކަލްތަކުގެ

ޑްރައިވަރުން ބަރުޮގނު އަޅަން ފަށާނެއެވެ. ފަހަތުން އަންނަ އެއްޗަކަށް ޯއވަރޓޭކް

ކުރުމުގެ ފުރުސަތު، ވެގެން ވިއްޔާ ނުދޭނެއެވެ. ތުއްތު ކުއްޖަކު ޕްރޭމަކަށް

ލައިގެން މަޔަކު، މަގުހުރަސް ނުވެފައި ހުއްޓަސް، މަޑުޮކށްލާފަ އެމައިމީހާއަށް

ހުރަސްކުރުމުގެ ފުރުސަތެއް ނުދޭނެއެވެ!

ހާއްސަޮކށް އުމުރުން ދުވަސްވީ މީހަކު މަގުމައްޗަށް ނިކުމެއްޖެނަމަ

ބައެއް ޒުވާނުންގެ ސައިކަލްގެ ސްޕީޑް ބާރުވެފައި، ސައިކަލްގެ މިސްރާބު

އެމުސްކުޅި މީހާއާ ދިމާއަށް ދާހެން ހީވާނެއެވެ. ބައެއް ދިވެހިންގެ ނަޒަރުގައި

މަގުމަތީގެ ނާތަހްޒީބުކަން އެންމެ ޮބޑު ޤައުމުތަކުގެ ތެރޭގައި އަވައްޓެރި އިންޑިއާ

އާއި ސްރީލަންކާ ހިމެނެއެވެ. ނަމަވެސް ލަންކާގައި ވެސް ފަހަތުން އަންނަ

ވެހިކަލަށް އަތުން އިޝާރާތްޮކށްލާފައި ޯއވަރޓޭކް ކުރުމުގެ ފުރުސަތު ދެއެވެ.

ރާއްޖޭގެ ޑްރައިވަރުންހާ މަގުމަތީގެ އަދަބު ކުޑަ ބަޔަކު މުޅި ދުނިޔޭގައިވެސް

ނޫޅޭނެކަން ޔަގީނެވެ!

ވާނީވެސް އެހެންނޫންޯތއެވެ. ރާއްޖެ ނޫނިއްޔާ އެއްވެސް މަންޒިލެއް،

މަގްސަދެއްނެތި ޮކޅުޮކޅަށް ސައިކަލްދުއްވާ ޤައުމެއް ޮއންނާނެ ހެނެއް

ހިއެއްނުވެއެވެ. ރާއްޖެއަކީ މުނިފޫހިފިލުވާނެ މާޮބޑު ފުރުސަތުތަކެއް ނެތް

ތަނަކަށް ވުމުން ސައިކަލް ދުއްވާ ގިނަ ބަޔަކު ފޫހިވުމުން ކުރާކަމަކީ މާލެ ވަށާ

ސައިކަލުގައި ބުރުޖަހާލުމެވެ.

ވިސްނާލައްވާށެވެ. ރާއްޖޭގެ ހުރިހާ ރަށްރަށުގައި މިޮގތަށް އެއްވެސް

މަގްސަދެއް ނެތި ސައިކަލް ދުއްވާ ދުއްވުން ހުއްޓިއްޖެ ނަމަ މަހަކު ކިތައް

ލައްކަ ލީޓަރުގެ ޕެޓްޯރލް ސަލާމަތް ވާނެޯތއެވެ. މިކަމުގެ ސަބަބުން ކިތައް ލައްކަ

ޮޑލަރު ބޭކާރު ނުވެ ސަލާމަތްވާނެޯތއެވެ؟ މިކަމުގެ ސަބަބުން، ރާއްޖެ ކާރބަން

ނިއުޓްރަލް ތަނަކަށް ހެދުމަށް ސަރުކާރުން ކުރާ މަސައްކަތަށް ކިހާ ޮބޑު

ކުރިއެރުމެއް ލިބޭނެޯތއެވެ؟ ހަމައެއާއެކު މިފަދަ ބޭކާރު ސައިކަލް ބުރު ޖެހުން

ހުއްޓިއްޖެ ނަމަ މަގުތައް މިހާރަށް ވުރެން އަމާން ވެފައި، އެތައް ފުރާނައެއް

ވެސް ސަލާމަތް ވާނެއެވެ.

ސުވާލަކީ މިފަދަ މަންޒިލެއް، މަގްސަދެއް ނެތި ރާއްޖޭގެ މަގުތަކުގައި

ސައިކަލްތަކުން “ސާރފް ކުރުން” ނުވަތަ ދުއްވުން ހުއްޓުވޭނީ ކިހިނެއްޯތއެވެ؟

މި ސުވާލުގެ ޖަވާބު ވަރަށް ފަސޭހައެވެ. ބޭނުންވަނީ ސަރުކާރާއި ރައްޔިތުންގެ

މަޖިލިހުގެ ހެޮޔ ނިޔަތެކެވެ. މަގުމަތީގައި އެއްޗިހި ދުއްވުމުގެ ޤާނޫނަށް ވަރަށް

ކުޑަ އިސްލާހެއް ގެނެސްގެން މިދެންނެވި ޮބޑެތި ފައިދާ ޯހދިދާނެއެވެ.

އެއީ ރާއްޖޭގެ ހުރިހާ ރަށެއްގެ، ހުރިހާ މަގުތަކެއްގައިވެސް ސައިކަލް

ދުއްވޭނީ ހެލްމެޓް އަޅައިގެން ކަމަށް ޤާނޫނާއި ޤަވާއިދުން ލާޒިމުކުރުމެވެ. މިއީ

ރާއްޖޭގައި މައުމޫނުގެ ވެރިކަމުގެ ދުވަސްވަރުވެސް ތަޖުރިބާ ކުރި ކަމެކެވެ.

ނަމަވެސް ސިޔާސީ ސަބަބުތަކާ ހުރެ ހެލްމެޓް އެޅުން ބާތިލްވީއެވެ. ފާޑުފާޑަށް

ހެއަރސްޓައިލް ޮކށްގެން ތިމާގެ މަހު މުސާރައާއި ނުބައްދަލުވަރުގެ އަގުޮބޑު

ސައިކަލްތަކުގައި މާލޭގެ މަގުތައް ފަތަހަކުރަމުން ދުއްވާ ދުއްވުންވެސް ހެލްމެޓްގެ

ސަބަބުން މަދުވެގެންދާނެކަން ޔަގީނެވެ. މިއީ ސިއްހީ ޮގތުން ބެއްޔަސް،

އިގްތިސާދީ ޮގތުން ބެއްޔަސް، އަދި އިޖްތިމާއީ ޮގތުން ބެއްޔަސް ކުރަން ވަރަށް

ރަނގަޅު ކަމެއްކަން ޔަގީނެވެ. ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގެ ވަގުތުގެ

ޮބޑުބައެއް ހޭދަވަނީ ސިޔާސީ ޯކޅުމާއި، މެންބަރުންގެ ފަރުދީ މަސްލަހަތު

ހިމާޔަތްކުރުމަށްޓަކައި ސަޅިބައިސާ ކެނޑުމުގައެވެ. މަޖިލީހުގެ ތަޅުމަކީ މަސް

މާރުކޭޓަށް ވުރެ ހުތުރު ބަހުރުވައިން ވާހަކަދައްކާ ތަނަކަށް ވަނީ ވެފައެވެ.

ހެލްމެޓް އެޅުމުގެ ޤާނޫނެއް ހެދުން ފަދަ ރައްޔިތުންނަށް ފައިދާހުރި ކަމަކާމެދު

ވިސްނާނެ ވަގުތެއް މިދެންނެވި “އިއްޒަތެއްނެތް” އިއްޒަތްތެރި މެންބަރުންނަކަށް

ނުވެއެވެ. ބޭރު ގައުމުތަކުގެ ފަތުރުވެރިން މުނިފޫހިފިލުވުމަށްޓަކައި ހައިވާނު

ބަގީޗާއަށް ދާފަދައިން ރާއްޖޭގެ ފަތުރުވެރިން ދާން އެންމެ ރަނގަޅުތަނަކީ ރާއްޖޭގެ

ރައްޔިތުންގެ މަޖުލީހެވެ. ޒުލަށްދިއުމަށް ވުރެ ވަކި ދެރައެއް ނުވާނެއެވެ!

މަތީގައި ދެންނެވުނުފަދަ، ރައްޔިތުންނަށް ފައިދާ ހުރި ޤާނޫނުތައް

ހެދޭނީ ރައްޔިތުންނަށް ހެޮޔއެދޭ، އިހްލާސްތެރި މެންބަރުންތަކެއް ރާއްޖޭގެ

ރައްޔިތުންގެ މަޖިލީހަށް އައިސްގެންނެވެ. 2014 ވަނަ އަހަރު ޖެނުއަރީގައި

ޮއންނަ އާއްމު އިންތިހާބުގައި ދިވެހިރައްޔިތުން ޖެހެނީ އެފަދަ ތައުލީމީ، ގާބިލް،

އިހްލާސްތެރި މެންބަރުންތަކެއް ޮހވާށެވެ. އެހެންނޫންނަމަ މި ޤައުމު ދުވަހަކުވެސް

ހަމައަކަށް ނޭޅޭނެއެވެ.

ސައިކަލް ދުއްވާއިރު ހެލްމެޓް އަޅަން ޖެހޭޮގތަށް ޤާނޫނު

އިސްލާހުކުރުމުގައި އިސްނާގާނީ ޮކން ޕާޓީއަކުންބާއެވެ. މިއީ ހަގީގަތުގައި

ރައްޔިތުންނަށް އިހްލާސްތެރީ ޮކންބައެއްޯތ ބަލަން ރަނގަޅު މިންގަނޑެކެވެ.

މިކަމުގައި އިސްނަގާ ބަޔަކަށް ހަމަގައިމުވެސް އަޅުގަނޑު ޯވޓުދޭނަމެވެ!

މުޅި ގައުމުގެ ބޮލުގައި ހެލްމެޓް އެޅުވުން!

31

ބޮީލވުޑް

އަނުޝްާކ ޝަރްާމ

ސަލްމާން ޚާނަކީ ޮބލީވުޑުގެ އެންމެ މަޝްހޫރު އަންހެން ތަރީންނާ ގުޅުން ބާއްވާ ކަމަށް މަޝްހޫރު ތަރިއެކެވެ. އައިޝްވާރިޔާ ރާއީގެ ފުރަތަމަ ޯލބިވެރިޔަކީ ވެސް ސަލްމާން

ޚާން ކަމަށް ބުނެވެއެވެ. ސަލްމާން ފާހަގަ ކުރެވިފައި ވަނީ މާގިނައިން އެކަކާ އެއްޮކށް ނޫޅޭ ތަރިއެއްގެ ޮގތުގައެވެ.

މި ދޭތެރެއިން ސަލްމާން އުޅުނީ ކެތުރީނާ ކައިފާ އެކުގައެވެ. މިހާރު އަޑު އިވެނީ ސަލްމާން ބިޕާޝާއަށް ގަޑި ކިޔާ ވާހަކައެވެ. ސަލްމާން ދިރިއުޅޭ ގެލެކްސީ އެޕަރޓްމަންޓްސް ކައިރިން ބިޕާޝާ ފެންނަލެއް ގިނަވެފައިވާއިރު، ދާދި ފަހުން ރެސްޯޓރެންޓެއްގައި ދެ މީހުން

ތިއްބާ ވެސް ވަނީ ފެނިފައެވެ. ބައެއް މީހުން ބުނާ ޮގތުގައި ސަލްމާން ގާތަށް ދަނީ ބިޕާޝާއެވެ. އެއީ

ސަލްމާންގެ ޮކއްޮކ ސުހައިލް ޚާން ހަދާ ފިލްމު “ޝޭރް ޚާން” ގައި ޯރލެއް އަދާކުރާ އިރު ސަލްމާންމެންގެ އާއިލާއާ ގުޅުން ރަނގަޅު ކުރުމުގެ ޮގތުންނެވެ.

ބިޕާޝާ އަކީ ވަރަށް ވެސް ވިސްނުން ތޫނު އަންހެނެއް ކަމަށް ގިނަ ބަޔަކު ދެކެއެވެ. އޭނާ ބޭނުން ޮކންމެ ކަމެއް ހާސިލު ކުރާ ކަމަށް ވެސް މީހުން ބުނެއެވެ.

އަނެއްޮކޅުން ބައެއް މީހުން ބުނާ ޮގތުގައި ސަލްމާނާއި ކެތުރީނާ ގުޅުން އަލުން މިހާރު ވަނީ ވަރަށް ޮބޑަށް ރަނގަޅު ވެފައެވެ.

ޮބލީވުޑުގެ އަންހެން ތަރީންގެ ތެރެއިން އަނުޝްކާ ޝަރްމާ އަކީ މިހާރު ގިނަ ބައެއްގެ ސަމާލުކަން ޯހދަމުން އަންނަ ތަރިއެކެވެ. 2008 ވަނަ އަހަރު “ރަބް ނޭ ބަނާދީ ޯޖޑީ” އިން

ބޮލީވުޑާ ގުޅުނު އަނުޝްކާގެ މިހާތަނަށް ރިލީޒް ވެފައިވަނީ ފަސް ފިލްމެވެ. ގިނަ ބަޔަކު ދެކޭ ޮގތުގައި އަނުޝްކާ ޝަރްމާ ފެންނަ ޮކންމެ މީހަކު ވެސް

އަނުޝްކާ ދެކެ ޯލބިވާނެއެވެ. އަދި އޭނާގެ ހިނިތުންވުމަކީ ޖާދޫއެކެވެ. “ރަބް ނޭ ބަނާދީ ޯޖޑީ” އިން އެކަނި ވެސް އަނުޝްކާ ވަނީ މަޝްހޫރުކަން

ޯހދައިފައެވެ. ފިލްމު “ބަދްމާޝް ޮކންޕެނީ” އިން އަނުޝްކާ ވަނނީ އޭނާގެ އެކްޓު ކުރުމުގެ ހުނަރުވެރިކަން ވަރަށް ރަނގަޅަށް ދައްކައިލައިފައެވެ. ފިލްމު “ޕަޓިޔާލާ ހައުސް” ގައި އޭނާގެ

އޭނާގެ ހުނަރުވެރިކަން އިތުރަށް ފެނިގެންދާއިރު، “ބޭންޑް ބަޖާ ބާހރައްތް” އިން އޭނާ ވަނީ އޭނާ އަކީ އޭ-ގްރޭޑް އެކްޓްރެސްއެއް ކަން ސާބިތުޮކށްދީފައެވެ.

އަނުޝްކާ ޝަރްމާއަށް ރައްޓެހިން އަނޫ ކިޔާ އިރު އާއިލާގެ މީހުން ޯލބި ކިޔާ ނަމަކީ ނުޝީއެވެ. އިސްޮކޅުގައި ފަސް ފޫޓު 9 އިންޗި ހުރި އަނޫ އުފަންވެފައިވަނީ ބެންގަލޫރަށެވެ.

އަނުޝްކާ ޝަރްމާގެ ބައްޕަ އަކީ ސިފައިންގެ ޮއފިސަރެއް ކަމުގައިވާ ކާނަލް އަޖޭ ޝަރްމާއެވެ. މަންމަ އަކީ އާޝިމާ ޝަރްމާއެވެ.

“ރަބް ނޭ ބަނާދީ ޯޖޑީ” ގައި އޭނާ އަދާކުރި ތާނީ ސަހްނީގެ ޯރލަށް ވަނީ އެޯވޑް ލިބިފައެވެ. އަދި “ބޭންޑް ބަޖާ ... “ ގައި ކުޅުނު ޯރލަށް ވެސް ވަނީ އެޯވޑް ލިބިފައެވެ. އަނުޝްކާ ޝަރްމާގެ ޚަބަރުތަކަށް ސަމާލުކަން ދޭ ފަރާތްތަކަށް ލިބޭ އެންމެ ޮބޑު ހިތްހަމަ

ޖެހުމަކީ މި ވަގުތު އަނުޝްކާ ހުރީ ހުސްޮކށް ކަމެވެ.

ސަލްާމން ާޚން ާއއި ބިާޕާޝގެ ގުޅުން

ބޭނުންވާތަކެތި

މަސާލާ ކުކުޅު ރަހަފަތް

1 ކުކުޅު )ޮކށާފައިހުރި(1 ސައިސަމުސާ ހަނާޮކށް މުގުރައިފައިހުރި ޮކތަނބިރި2 ސައިސަމުސާ ހަނާޮކށް މުގުރައިފައިހުރި ހިކިމިރުސް

1/4 ސައިސަމުސާ މުގުރި އަސޭމިރުސް2 ޯޖޑު ފިޔާ )ޮކށާފައިހުރި(

5 ޮލނުމެދު )ޗިސްޮކށްފައިހުރި(1 ސައިސަމުސާ އިނގުރު )ގާނައިފައިހުރި(

5 ކަރަންފޫޮލނު )ރަހަލާ ވަރަށް(

2 ޯޖޑު ކާށި ޯބކިރ4ު ކާފޫރުޮތޅި1 މޭޒުމަތީ ސަމުސާ ވިނެގަރ

3 މޭޒުމަތީ ސަމުސާ ޯސޔާޯސސް1/2 ސައިސަމުސާ ރީނދޫ

1 އިންޗީގެ 2 ޮފނިޮތށިޮކޅު

ތައްޔާރު ކުރާނެޮގތް

ޮކތަނބިރި، ރީނދޫ، އަސޭމިރުސް، ދިރި، ޮލނު އެއްޮކށްފައި 3 މޭޒުމަތީ ސަމުސާ ފެނާ އެއްޮކށް މިކްސް ޮކށްލުމަށްފަހު ކުކުޅުމަސްތަކުގައި ހާކައިފައި

ބަހައްޓާށެވެ. ދެން ތަވާޔަށް ތެޮޔ އަޅާފައި ހޫނުވީމާ ފިޔާޮކޅު އަޅައިފައި ރަތްވީމާ، ނަގައިފައި ޓިޝޫގައި އަތުރާލާފައި ބަހައްޓާށެވެ. ތަވާގައި ހުރި ތެޮޔ

ހުސްޮކށްލުމަށްފަހު ކުޑަތެޮޔޮފދެއް އަޅައިފައި ހޫނުވީމާ ޮލނުމެދާއި އިނގުރު އަދި ކުކުޅުމަސް ވެސް އެއްޮކށްލާށެވެ. ދެން ކިރު، ވިނެގަރ، ޯސޔާޯސސް، ޮލނު، ޮފނިޮތށި، ކަރަންފޫ، ކާފޫރުޮތޅި، އަޅައިފައި މަތިޖަހައިގެން ޯރފިލަންދެން

މަޑުގިނީގައި ކައްކާށެވެ.

ޮގނޑިއަށް އައުމަށް ތިމާ ދައްކާ ވާހަކަތަކުގެ ތެދުކަން ސާބިތު ޮކށްދޭން ޖެހެނީ ވަރަށް

އަވަހަށެވެ.

އީމާން ވަމޭ ބުނެފި ނަމަ އިމްތިހާނަކާ ކުރިމަތިލާން ޖެހޭނެއެވެ.

32

34

)ކުރީގެ އަދަދާ ގުޅޭ( އޭނާ ޮގސް ރަޝާޤާގެ ގައިގައި ޮއޅުލައިގެންފި އެވެ. މިހާހިސާބަށް ދިޔައިރުވެސް ޒައިދު ހަމަ އަޅައިވެސް ނުލައެވެ. އިހުސާންގެ ހަރަކާތްތަކަށް ބަލަން ހުރީ އެވެ.

“ރަޝާ! އަޅެ އަހަންނަށް ތިހެން ތިހަދަނީ އަހަރެން ޮކން ކުށެއް ޮކށްގެން؟ ރަޝާ ތިހެން އުޅުނީމަ އަހަރެންގެ ހިތަށް ލިބޭ އަނިޔާ ރަޝާއަކަށް ވަޒަނެއް

ނުކުރެވޭތަ؟”“އަހަރެންގެ ގައިން ދޫޮކށްލަބަލަ! އަހަންނަކީ މިހާރު މީހެއްގެ އަންބެކޭ ކިތައް

ދުވަހު ބުނެފިންތަ؟” ބިރުގެންފައި ހުރި ނަމަވެސް ރަޝާގެ އަޑުގައި ހުރީ ރުޅިވެރިކަމެވެ.

“ތި އަނިތާވެރި ލަފުޒު އަހަރެންގެ ކަންފަތަށް ނީއްވަބަލަ!” މިފަހަރު އިހުސާންގެ އަޑު ތަންޮކޅެއް ބާރުވި އެވެ. “ރަޝާ! އޭނަ ގާތުން ވަރިވެގެން އަހަންނާ

އިނދެބަލަ! އަހަރެން ރަޝާ ވަރަށް އުފަލުގަ ގެންގުޅޭނަމޭ!”“އިހުސާން! ނިކަން ހަމަޖެހިބަލަ! ކިހިނެއް ވެގެން ތިއުޅެނީ؟” އިހުސާނާ ދިމާއަށް ޒައިދު އެނބުރުނެވެ. ޒައިދުގެ އަޑުގައި ހުރީ މަޑުމައިތިރިކަމެވެ.

“އަހަރެން ކަލެއަކާ ވާހަކައެއް ނުދައްކަމެއްނު.” ޒައިދާ ދިމާއަށް އިހުސާން ބަލައިލީ ނަފުރަތުން ޯފވެފައިވާ ދެޮލލަކުންނެވެ.

“ތިކަން އެނގެއޭ. އެކަމަކު ތަންޮކޅެއް ހަމަޖެހިގެން ހުރެ، ނިކަން މަގޭގާތު ބުނެބަލަ ތިކަން ޮކށްދޭށޭ!”

“އަހަރެން ނުޖެހޭނެ ކަލޭގާތު ކަމެއް ޮކށްދޭން ބުނާކަށް. ކަލޭ ތީ ކާކު؟ ރަށަށް އަރާހުރި ފާޑެއްގެ މީހެއް.”

“އިހުސާނަށް އެނގޭތަ؟ މަށަކީ ކަލޭ ތި ޯލބިވާ ރަޝާޤާގެ ފިރިމީހާއޭ. އިހުސާނަށް ރަޝާއާ އިނދެވޭނީ އަހަރެން ރަޝާ ވަރިކުރީމައެއްނު. އިހުސާން ރަޝާއާ

އިންނަން ބޭނުމިއްޔާ މަގޭގާތު ބުނެބަލަ ރަޝާ ވަރިޮކށްދޭށޭ!”ޒައިދުގެ މި ޖުމުލައާއެކު ރަޝާއަށް ވީޮގތްވެސް ނޭނގުނެވެ. ޮބލަށް އެނބުރުން

އަރައިގަތްހެން ހީވި އެވެ. ދެޯލ ޮބޑުވި އެވެ.“އެހެންވިއްޔާ ތިކަން ޮކށްދީ! އަހަރެން ބޭނުން ރަޝާއާ އިންނަން.” ރަޝާޤާގެ

ގައިން ދޫޮކށްލާފައި އިހުސާން އައިސް ޒައިދުގެ ކުރިމައްޗަށް ހުއްޓުނެވެ. “އިހުސާން ބުނާކަމެއް މަށަށް ޮކށްދެވޭނީ މަބުނާ ކަމެއް އިހުސާންވެސް

ޮކށްދެންޏާ.” ޒައިދު ހުރީ އިހުސާންގެ މޫނަށް ބަލާށެވެ.

މުހައްމަދު ާގސިމް، އއ. މަތިވެރިވަކި ނުވިނަމަ

“އާނ، ޮކށްދޭނަން. ބުނޭ!”“އެހެންވިއްޔާ މިރޭ ދެން ގެއަށް ޮގސް ނިދާލާފައި މާދަމާ އާދޭ! އޭރުން

އިހުސާން ތި ބުނާކަންތައް އަހަރެން ޮކށްދޭނަން.”“ޒައިދު! ކިކޭތަ ތި ކިޔަނީ؟” ރަޝާޤާއަކަށް ނުހުރެވުނެވެ. އެއަޑު އިވޭކަމަށް

ވެސް ޒައިދު ނުހަދަ އެވެ.“ތިއުޅެނީ ޮދގުހަދާފަ އަހަރެން ޮފނުވާލާކަށްނު. ނުދާނަން. ވަރިކުރީމަ ދާނީ.”

އިހުސާން ގަދަކުރި އެވެ.“ތިޮގތަށް އިހުސާން ދިމާޮކށްފިއްޔާ ދުވަހަކުވެސް ތިކަމެއް ނުވާނެ. އެންމެ

ފަސޭހައިން ތިކަން ވާނެ ޮގތް އަހަރެން މިބުނީ.”ރަޝާޤާއަށް ޮރވެން ފަށައިފި އެވެ. ޒައިދު އަޅައެއް ނުލަ އެވެ. ބަލާވެސް ނުލަ

އެވެ. އެނގޭކަމަށް ވެސް ނުހަދަ އެވެ.“އެންމެ ރަނގަޅު. އަހަރެން މިދަނީ.” އެއްޗެއް ނުބުނެ އިރުޮކޅަކު ހުރެފައި އިހުސާން ޯބ ޖަހައިލި އެވެ. ހީވަނީ މިހާރު އޭނާ ތަންޮކޅެެއް ހަމަޖެހިފައި

ހުރިހެންނެވެ. “މާދަމާ ހެނދުނު ހެނދުނާ އަހަރެން އަންނާނަން. އަންނައިރަށް ޖެހޭނެ ވަރިކުރަން.”

“މައްސަލައެއް ޯނންނާނެ.” އިހުސާން ނިކުމެއްޖެ އެވެ. ޒައިދު ޮގސް ޮދރުލައްޕާ ތަޅުލި އެވެ. ރަޝާޤާއަށް ކެތް ކުރެވުނީ އެހާތަނަށެވެ. ބަޑި ފަޅައިގެން ހިނގައްޖެ އެވެ. އޭނާ އައިސް

ޒައިދުގެ ގައިގައި ޮއޅުލައިގަތެވެ.“ޒައިދު! އަހަންނަށް ތިހެން ނުހަދާ! އަހަރެން ވަރިނުކުރާތި! އަހަރެން ބޭނުމެއް

ނޫން އޭނައާ އިންނާކަށް.”ޒައިދު އެއްޗެއް ނުބުނެއެވެ. ރަޝާޤާގެ ގައިގައި ވަރަށް ޯލބިން ބައްދާލާ ކަހަލަ

ޮގތަކަށް ބައްދައިލިއެވެ. ހީވަނީ ދުވަހަކުވެސް ދޫޮކށްލަން ބޭނުން ނުވެގެން ބައްދައިލިހެންނެވެ. އެއާއެކު ފެނުނީ އޭނާގެ ދެޮލލުންވެސް ކަރުނަ ޮއހިގަތްތަނެވެ.ފުރަ މެންދަމުގެ ހަމަހިމޭން ވަގުތެވެ. އިހުސާން ޮއތީ އޭނާ ނިދާ އެނދުގަ އެވެ. ނިދަން ޮއޯށތެއްކަމަކު އެދެޮލލަކު ނިންޖެއް ނެތެވެ. ސިކުނޑި ޮއތީ ހާސްކަމެއްގެ

ތެރޭގައި ބަނދެވިފައެވެ. ފިކުރުތަކުން ބަރުވެފައެވެ.

)ނުނިމޭ(