sun magazine 22

ރ20 :ުގަ އ2011 ،ިއެ މ4 ،22 :ުރަބްމަ ންނުތަޔްއިސުހަ ޝެ ގ2010 ބަހުރަ މ

Upload: sun

Post on 11-Mar-2016

293 views

Category:

Documents


6 download

DESCRIPTION

Sun Magazine 22

TRANSCRIPT

Page 1: Sun Magazine 22

2ރ0 ގު: އަ2011 ،މެއި 4 ،22 :ބަރުނަމް

2010 ގެ ޝަހުސިއްޔަތުން

މަރުހަާބ

Page 2: Sun Magazine 22
Page 3: Sun Magazine 22

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންމުހައްމަދު ގާސިމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

ޑރ. ރާޒީގެ އިރުޝާދު: ޑރ. އަހުމަދު ރާޒީދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 22 4 މެއި 2011

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ 22 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ 21 ވަނަ އަދަދަށް ދެއްވި ތަރުހީބު ފާހަގަ ޮކށް

ޝުކުރު ދަންނަވަމެވެ. ސަން އެފްއެމް އެޯވޑްސް 2010 ގެ އެޯވޑް ދިނުމުގެ ހަފުލާ މި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ވަރަށް ކުލަ ގަދަ ޮކށް ދަރުބާރު ގޭގައި ބާއްވައިފަ އެވެ. ސަން މީޑިއާގެ ތަރައްގީ އާއި ހައިބަތު މި ހަފުލާ އިން ވަރަށް ވެސް ފުރިހަމަޔަށް ފެނިގެން ޮގސްފައިވެ އެވެ. ދެހާސް ދިހަ ވަނަ އަހަރުގެ ޝަޚުސިއްޔަތުންގެ ޮގތުގައި ނުވަ ފަރާތެއް ޮހވައި އެ ފަރާތްތަކަށް މި ހަފުލާގައި ވަނީ އެޯވޑް ދީފަ

އެވެ. އަހަރުގެ ޝަޚުސިއްޔަތުންނަށް ޮހވުނު ފަރާތްތަކަށް މަރުހަބާ ކިޔަމެވެ. އެ އިން ޮކންމެ ބޭފުޅަކު ވެސް ވަނީ އެ ބޭފުޅުން އަހަރުގެ ޝަޚުސިއްޔަތުންގެ ޮގތުގައި ޮހވިވަޑައިގެންނެވި ދާއިރާ ތަކުން ގައުމަށް އަގު ނުކުރެވޭނެ ފަދަ ޚިދުމަތްތަކެއް ޮކށްދެއްވާފަ އެވެ. އެކަމުގައި އެއްވެސް ޝައްކެއް

ނެތެވެ. ސަންގެ މަގުބޫލުކަން އިތުރު ކުރުމަށް ޓަކައި އިޖުތިމާއީ އެކިއެކި ދާއިރާތަކުން މުހިންމު ލިޔުންތައް އިތުރު ކުރުމަށް މި އަންނަނީ މަސައްކަތް ކުރަމުންނެވެ. ހަމަ މިއާ އެކު ރާއްޖޭގެ އެކި ރަށްރަށުގައި ހިނގާފައި ހުންނަ، ކިޔުންތެރިން ޝައުގުވެރިވާ ކަހަލަ ލިޔުންތައް ގެނެސްދިނުމަށް މި

އަންނަނީ މަސައްކަތް ކުރަމުންނެވެ. މި ފަދަ ވާހަކަތައް ގެނެސްދިނުމުގައި ޮއތް އެންމެ ޮބޑު ހުރަހަކީ އެ ފަދަ ވާހަކަތައް ޯހދައި ދެނެގަތުމުގެ އުނދަގުލެވެ. އެހެން ކަމުން މީހުން ޝައުގުވެރިވާނެ ފަދަ

ހާދިސާ ތައް ނުވަތަ އެ ފަދަ ވާހަކަތައް ތިޔަ ބޭފުޅުންގެ ސަން އާ ހިއްސާ ޮކށްދެއްވުމަކީ އަބަދުވެސް އެދޭ ކަމެކެވެ.

ފާއިތުވި ދުވަސް ތަކަކީ ވެރިރަށް މާލެ ވަރަށް ހަލަޮބލި ދުވަސް ތަކެކެވެ. ތަކެތީގެ އަގު މައްޗަށް ދިޔުމާ ގުޅިގެން މީހުން މަގުމައްޗަށް ނުކުމެ މުޒާހަރާތައް ޮކށްފައިވެ އެވެ. މި މުޒާހަރާ ތަކުގައި އެތައް ބަޔަކަށް އަނިޔާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި ނޫސްވެރިން ވެސް ހިމެނޭކަން

ހިތާމަޔާ އެކު ފާހަގަ ކުރަމެވެ. ސަން އިން އެދެނީ މި ފަދަ މުޒާހަރާތައް ކުރާ ފަރާތްތަކާއި އެކަމާ ގުޅުން ހުރި ހުރިހާ ފަރާތްތަކުން ވެސް އަބަދުމެ ގައުމީ މަސްލަހަތު އިސް ކުރުމެވެ. އަދި ގައުމީ ދިފާއީ ބާރުތަކުގެ ފަރާތުން އެދެނީ އެ ފަދަ ޮކންމެ ކަމެއް އޭގެ އެންމެ ފުރިހަމަ ޮގތުގައި ކަވަރު

ކުރުމުގެ ފުރިހަމަ މިިނިވަންކަން ނޫސްވެރިންނަށް ދިނުމެވެ. މި ފަހަރުގެ ކަވަރު ސްޯޓރީގެ ޮގތުގައި ހިމަނާފައި ވާނީ ޮބޑު ރިޯޕޓެއް ނޫނެވެ. އޭގެ

ބަދަލުގައި ހިމަނާފައި ހުންނާނީ ސަން އެފްއެމް އެޯވޑްސްގެ ޚާއްސަ ޮފޯޓ ތަކެވެ. މި ފަހަރުގެ އަދަދުގައި ވެސް މުހިންމު ރިޯޕޓުތައް ހިމަނާފައި ވާނެ އެވެ. އޭގެ ތެރޭގައި

ވަޒީފާގެ މާހައުލާ ގުޅޭ ޮގތުން ޢަލީ ޚާލިދު ލިޔުއްވާފައިވާ ރިޯޕޓާއި ސިޔާސީ ދާއިރާއިން ޝިނާނު އަދި މާޖިދު ލިޔުއްވާފައިވާ ދެ ރިޯޕޓަކީ ކިޔައިލުން މުހިންމު ދެ ލިޔުމެވެ. މީގެ އިތުރުން ވެސް ޝައުގުވެރި

އެތައް ލިޔުމެއް އެތެރޭގައި ހިމަނާފައި ވާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

Page 4: Sun Magazine 22
Page 5: Sun Magazine 22

5

ދީން ފެތުރުމުގެ ވިސްނުން

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

ޚަލީފާ ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ އުމަވީ ދައުލަތުގެ ރަސްކަލެކެވެ. އެކަލޭގެފާނުގެ ރޭދައިގައި )ރަސްކަމުގެ މުއްދަތުގައި( އިސްލާމީ ދައުލަތުގެ ސަރަޙައްދު ވަރަށް ތަނަވަހެވެ. ސިންދުން ފެށިގެން ބުޚާރާ އާ ހަމަޔަށް،

ޮމޮރޯކއިން ފެށިގެން ފަރަންސޭސި ވިލާތާ ޖެހެންދެން ޮއތީ އިސްލާމީ ދައުލަތެވެ. ނަމަވެސް ޢުމަރު ބުނު ޢަބްދުލްޢަޒީޒަކީ އެއްޮގތަކަށްވެސް އެކަލޭގެފާނުގެ

ރަސްކަމުގެ ފުޅާކަމާ މެދު ފަޚުރުވެރިވެވަޑައިގެންނެވި ބޭކަލެއް

ނޫނެވެ. މަޖާކުރައްވައި ބޭކާރު ކުޅިވަރު ކުޅުއްވައިއުޅުއްވި ބޭފުޅެއް

ނޫނެވެ. ނަތީޖާއެއްގެ ޮގތުން ޣައިރު މުސްލިމުންގެ އެތައް

ބައެއްގެ ހިތްތަކުގައި އިސްލާމް ދީނާއި މުސްލިމުންގެ ޤަދަރު

މަތިވަމުން ދިޔައެވެ. އެތައް ބަޔަކު ހިތުން ރުހުމުން އިސްލާމް ވަމުން

ދިޔައެވެ. އެ ދުވަސްވަރު ޚުރާސާނުގެ

ގަވަރުނަރަކަށް ހުންނެވީ ޖަރީރު ބުނު ޢަބްދުهللا އެވެ. އޭނާއާ ބެހޭޮގތުން ޢުމަރު ބުނު

ޢަބްދުލްޢަޒީޒަށް ޚަބަރުލިބިވަޑައިގަތީ އޭނާ ޒިންމީންގެ ތެރެއިން

އިސްލާމް ވާ މީހުންގެ އަތުން ވެސް ޖިޒީ ނަންގަވާ ކަމަށެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް އެ ޚަބަރު ލިބިވަޑައިގަތުމުން

ގަވަރުނަރަށް ލިޔުއްވިއެވެ. "ނަމާދު ޮކށްއުޅޭ މީހުންގެ އަތުން ޖިޒީ

ނުނަންގަވާށެވެ."ޢުމަރު ބުނު ޢަބްދުލްޢަޒީޒު

އެ ޮގތަށް ހަމަޖެއްސެވުމުން އިސްލާމް ވާ މީހުންގެ ޢަދަދު އިހުނަށް ވުރެ އެތައް ގުނައެއް އިތުރުވިއެވެ. ޖަރީރުގެ ހިތްޕުޅަށް އެރިއެވެ. މިހާ ގިނަ

ބަޔަކު އިސްލާމްވަމުން މި ދަނީ ހިތުގެ އަޑިޔަކުން ނޫނެވެ. ޖިޒީ ދިނުމުން ސަލާމަތްވުމުގެ ބޭނުމުގައެވެ. އެ ބޭނުމުގައި ޝަހާދަތުގެ ދެ ކަލިމަ ކިޔައި މިސްކިތަށް އަރަނީއެވެ. އެހެންކަމުން އިސްލާމް ވާ މީހުން ޚިތާނުކުރޭޯތ ނުވަތަ ނުކުރޭޯތ ބައްލަވާން ފެއްޓެވިއެވެ. އޭނާ އިޢުލާން ކުރެއްވިއެވެ.

މުސްލިމުން ކަމުގައި ބެލެވޭނީ ހަމައެކަނި ޚިތާނު ކުރާ މީހުންނެވެ. ޢުމަރު ބުނު ޢަބްދުލްޢަޒީޒަށް އެ ޚަބަރު ލިބިވަޑައިގަތުމުން އަނެއްކާވެސް ގަވަރުނަރަށް

އެންގެވިއެވެ. "މާތްهللا އެކަލާނގެ ނަބިއްޔާ ޮފނުއްވީ އެކަލާނގެ ދީނަށް ދަޢުވަތު

ދެއްވާ ބޭކަލެއްގެ ޮގތުގައެވެ. ޚިތާނުކުރައްވާ ބޭކަލެއްގެ ޮގތުގައެއް ނޫނެވެ." އިސްވެ ދެންނެވި ބީދައިން އެހެން އަޮތޅެއްގެ ގަވަރުނަރެއް ވެސް

ޢުމަރަށް ލިޔުއްވިއެވެ. އިސްލާމީ ދައުލަތުގެ ސަރަޙައްދުގައި ދިރިއުޅޭ ޒިންމީން އިސްލާމް ވަމުން ދަނީ މާ ގިނައިންނެވެ. އިސްލާމް ވުމުން ޖިޒީ ދޭން ނުޖެހޭތީއެވެ. މާ ގިނައިން މީހުން އިސްލާމް ވަމުން ދާތީ

ދައުލަތުގެ އާމްދަނީ ވަރަށް މަދުވެއްޖެއެވެ. މި ޮގތަށް މި ކަންތައް ދާ ނަމަ

ދައުލަތުގެ ޚަޒާނާ މުޅީން ހުސްވެދާނެއެވެ. ޢުމަރު ބުނު ޢަބްދުލް ޢަޒީޒު އޭނާއަށް އެންގެވިއެވެ.

"ކަލޭގެއަށް ހަލާކުހުއްޓެވެ! އަރަހުށި މާތްهللا މުޙައްމަދު

ޞައްލަهللا ޢަލައިހި ވަ ސައްލަމަ ޮފނުއްވީ ތެދުމަގު ދައްކަވާ ބޭކަލެއް ކަމުގައެވެ.

ޓެކްސް ނަންގަވާކަށެއް ނޫނެވެ."

އިންސާނާގެ ޢަމަލުތައް އަބަދުވެސް ފަރުމާވަމުން ދާނީ އޭނާގެ ކުރިމަތީގައި ޮއންނަ މަޤުޞަދާ ގުޅޭ

ޮގތަށެވެ. އިސްލާމީ ޤައުމެއްގެ ވެރިޔެއްގެ މަޤުޞަދަކީ އޭނާގެ ބާރު ގަދަ ކުރުމާއި ޚަޒާނާ މުއްސަނދި ކުރުން ކަމުގައި

ވެއްޖެ ނަމަ އޭނާ ދީނީ ދަޢުވަތުގެ އެއްވެސް ކަމަކަށް އަހައްމިއްޔަތެއް ނުދޭނެއެވެ. ޮކންމެ ކަމެއްގައި ވެސް އޭނާ ވިސްނާނީ ތިމާގެ އާރާއި ބާރު ގަދަ ކުރުމަށް

އެ ކަމަކުން ލިބޭނޭ އެހީއަކާ މެދުގައެވެ. ލިބޭނޭ މަންފާއަކާ މެދުގައެވެ. އިސްވެ ދެންނެވި ޮގތާ ޚިލާފަށް އިސްލާމީ ދައުލަތެއްގެ އެންމެ އިސް ވެރިޔާއަކީ ދީން ފެތުރުން އެއީ އެންމެ މުހިއްމު ކަންތައް ކަމަށް ބަލާ

މީހެއް ކަމުގައި ވަނީ ނަމަ އޭނާ އެހެން ޮކންމެ ކަމަކަށް ވުރެ އިސްކަން ދޭނީ ދީނީ މަސްލަހަތުތަކަށެވެ. ދީން ފެތުރުމާއި ހަރުދަނާކުރުމަށް ބާރު ލިބޭ

ކަންކަމަށެވެ. ދީނީ ކަންތައްތައް ފިޔަވައި އެހެން ޮކންމެ ކަމަކަށް ލިބޭ އުނިކަން ބަރުދާސް ކުރާނެއެވެ. އެކަމަކު ދީނީ ކަމަކަށް ކުޑަވެސް ބުރުލެއް

އެރިޔަކަ ނުދޭނެއެވެ.

Page 6: Sun Magazine 22

www

6

ލައިާލ ވަ މަޖްނޫންޢަރަބި ބަހުގެ އަދަބިއްޔާތަކީ ދުނިޔޭގެ އެންމެ މުއްސަނދި، އަދި އެންމެ ތަރައްޤީވެފައި ޮއތް އަދަބިއްޔާތޭ ދެންނެވުމަކީ އަދަބީ މައިދާނުގައި

ފާހަގަޮކށްލެވޭ އެހެން ބަސްބަހަށް ކުރެވޭ ބޭއިންސާފެއް ނޫނެވެ. ޅެންވެރިކަމުގެ މައިދާނަށް ބެލިޔަސް، އަދި އެކި ބާވަތް ބާވަތުގެ ނާވިލާއި ދާސްތާނާއި އެ

ނޫން އަދަބީ އުފެއްދުންތަކަށް ނަޒަރު ހިންގިޔަސް ޢަރަބި ބަހުގެ އަދަބިއްޔާތު ފެންނަނީ އެހެން ބަސްބަހަށް ވުރެ ވިދުވަރު ގަދަޮކށެވެ. އޭގެ އެންމެ ރީތި އެއް މިސާލަކީ މަޝްހޫރު "ލައިލާ ވަ މަޖްނޫން" ގެ ގިއްސާއެވެ. ނުވަތަ

ވާހަކައެވެ. ލައިލާ ވަ މަޖުނޫން އަކީ އިސްލާމީ ސިޔާސީ ތާރީޚުގެ

ދައުރުތަކަށް ބަލައިގެން ކިޔާ ނަމަ، އުމަވީ ދައުލަތުގެ ދުވަސްވަރު ވުޖޫދަށް އައި ގިއްސާއެކެވެ. ވާހަކައަކީ ހިތާމަވެރި ޯލބީގެ ވާހަކައެކެވެ. ކާމިޔާބު ނުވި ޯލތްބެއްގެ ވާހަކައެކެވެ. ވާހަކައިގެ ރީތިކަމާއި އަސަރުގަދަކަމުގެ ނަތީޖާއަކީ

ޢަރަބި އަދަބިއްޔާތުގެ ދާއިރާ ފަހަނައަޅައި މުޅި ދުނިޔޭގެ އަދަބީ ތަރިކަތަކުގެ ތެރެއިން ވެސް މުހިއްމު ތަރިކައަކަށް އެ ވާހަކަ ވެގެން ދިޔުމެވެ. ދުނިޔޭގެ

އެތައް ބަހަކުން ލައިލާ ވަ މަޖުނޫންގެ ވާހަކަ ފަދަ ވާހަކަތައް ކިއިފައި ވެއެވެ. އޭގެ ތެރެއިން މިއަދުގެ ދުނިޔޭގައި މަޝްހޫރު "ޯރމިޯއ އެންޑް ޖޫލިއެޓް" ވެސް ހިމެނެއެވެ. އިނގިރޭސި ބަހުގެ އަދީބުންގެ ރަސްގެފާނު ކަމަށް ބެލެވޭ ވިލިއަމް ޝޭކްސްޕިއަރ ލިޔުއްވި "ޯރމިޯއ އެންޑް ޖޫލިއެޓް" ގެ ޙަޤީޤީ އަޞްލަކީ ވެސް

ލައިލާ ވަ މަޖުނޫނުގެ ލެޓިން ތަރުޖަމާއެކެވެ. "ޯރމިޯއ އެންޑް ޖޫލިއެޓް"

އަލްއުސްތާޛު އަޙުމަދު މާޖިދު

ދަ ވޮންޑަރފުލް ވިޒަރޑް އޮފް އޯޒް ފޮތުގެ ދުނިޔެއިން

1900 އަހަރު ޝާއިޢުކުރެވުނު "ދަ ޮވންޑަރފުލް ވިޒާރޑް ޮއފް ޯއޒް" އަކީ އެމެރިކާގެ އަދަބިއްޔާތުގެ ޢިލްމުވެރީން ވިދާޅުވާޮގތުގައި އެމެރިކާގެ ފުރަތަމަ "ފެއަރީޓޭލެވެ". މި ރީތި ވާހަކަ ލިޔުއްވީ ލީމަން ފްރޭންކް ޯބމް އެވެ. އޭނާގެ އެންމެ މަޝްހޫރު ވާހަކައަކީ "ދަ ޮވންޑަރފުލް ވިޒާރޑް ޮއފް ޯއޒް" އެވެ.

ވިޒާރޑް ޮއފް ޯއޒް ނެރެވުނު ދުވަސްވަރު އަދަބިއްޔާތަށް ފާޑުކިޔާ މީހުންގެ ފަރާތުން ޮފތަށް އެކަށީގެންވާ ފަދަ ތަރުޙީބެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް ކިޔުންތެރީންގެ ފަރާތުން ލިބުނު ހޫނު ތަރުޙީބާއި، 1939 ވަނަ އަހަރު ނެރެވުނު "ދަ ޮވންޑަރފުލް ވިޒާރޑް ޮއފް ޯއޒް" އަށް ލިބުނު ތަރުޙީބަށް ފަހު

މިހާރު ޯބމްގެ ޮފތަކީ އެމެރިކާގެ އަދަބިއްޔާތުގެ މުހިއްމު ކާމިޔާބީއެއް ކަމަށް ގިނަ ބަޔަކު ބުނެއެވެ.

ކެންސަސްއަށް އައި ވަރުގަދަ ނަގޫޯރޅިއެއްގައި ވާހަކައިގެ ބަތަލާ ޮޑޮރތީއަށް ޖާދޫގެ ބިމަކަށް ދެވި، އެ ބިމުގައި އޭނާއާ ދިމާވާ ކަންތައްތަކާއި،

އެނބުރި ކެންސަސްއަށް އަންނަން ޮޑޮރތީ ކުރާ މަސައްކަތްތަކުގެ ވާހަކަ ޯބމް ވިދާޅުވެދެއްވާފައި ވަނީ ނުހަނު ފުރިހަމަޔަށެވެ. "ދަ ޮވންޑަރފުލް ވިޒާރޑް ޮއފް

ޯއޒް" އަކީ ކުޑަކުދީންގެ އިތުރުން ޮބޑެތި މީހުންނަށް ވެސް ފޫހިކަމެއް ނެތި ކިޔާލެވޭނޭ ވާހަކައެކެވެ.

ގެ ޙާދިސާތަކުގެ ތަފްސީލުތައް ތަފާތުވެފައި، ވާހަކައިގެ ފަސްމަންޒަރަކީ އިނގިރޭސި މުޖުތަމަޢު ކަމަށް ވިޔަސް، ޙަޤީޤަތުގައި ވާހަކައިގެ މައިގަނޑަކީ

ލައިލާ ވަ މަޖްނޫނުގެ މައިގަނޑެވެ. ހަމައެކަނި "ޯރމިޯއ އެންޑް ޖޫލިއެޓް" އެއް ނޫނެވެ. ފާރިސީ ބަހުގެ "ޝީރީން ފަރުހާދު" އަކީ ވެސް އަދި އިންޑިޔާގައި

މަޝްހޫރު "ހީރް ރާންޖާ" އަކީ ވެސް ލައިލާ ވަ މަޖްނޫނުގެ އަޞްލުން އުފެދި މަޝްހޫރުވެފައި ވާ ވާހަކަތަކެވެ. އެހެންކަމުން ދުނިޔޭގެ އަދަބިއްޔާތުގެ

މައިދާނުގައި ކިޔިފައިވާ ޯލބީގެ ދާސްތާންތަކުގެ މަންމައަކީ ޢަރަބި ބަހުން އެކުލަވައިލެވުނު "ލައިލާ ވަ މަޖްނޫން" ކަމަށް ބުނެވިދާނެއެވެ.

ލައިލާ ވަ މަޖްނޫނަކީ ޢަރަބި ބަހުން އެކުލަވައިލެވުނު އެއް ބާވަތެއްގެ ޯލބީގެ ވާހަކަތަކުގެ ތެރެއިން އެންމެ މަޝްހޫރު ވި ވާހަކައެވެ. މި ބާވަތަށް ޢަރަބި ބަހުގެ އަދަބިއްޔާތުގައި "ޙުއްބު ޢަޛަރިއްޔުން" މިހެން ކިޔެއެވެ. މި ބާވަތުގެ ވާހަކަތަކުގެ ޚާއްސިއްޔަތަކީ އަސަރުގަދަ، ތެދުވެރި ޯލބީގެ ވާހަކަތަކަކަށް އެ ވާހަކަތައް ވެފައި، އެ ވާހަކަތަކުގައި ބަޠަލާއާއި

ބަޠަލުގެ ޯލބީގެ ނިމުން ހިތިޮކށް އަންނަ ކަމެވެ. ނުވަތަ އެ ޯލބި ކާމިޔާބުނުވާ ކަމެވެ. މި ބާވަތުގެ މަޝްހޫރު ވާހަކަތަކުގެ ތެރޭގައި "ޤައިސް ވަ ލުބްނާ" އާއި "ކުޘައިރު ވަ ޢައްޒާ" އާއި "މަރްވާ ވަ މަޖްނޫނުލް ފަރަންސީ" އާއި

"އަންތަރާ ވަ އަބްލާ" ހިމެނެއެވެ. ބުނެވޭ ޮގތުގައި ލައިލާ ވަ މަޖްނޫންގެ ގިއްސާއަކީ ޙަޤީޤީ

ޙާދިސާއެއްގެ ބަނޑުން އުފަންވި ދަރިއެކެވެ. އެ ޙާދިސާއެއް ކުރިމަތިވީ

އަދަބާއި ފަންނު

Page 7: Sun Magazine 22

www

7

ބަޣުދާދުގެ ސަރަޙައްދަކުން، ތިމާގެ ޙާލާ މެދު ޝިކުވާތައް އިއްވަމުން ގެންދިޔަ ޙަބަޝީއަކާ ބަހުލޫލާ ދިމާވިއެވެ. ބަހުލޫލަކީ އެ މީހެއްގެ ހިތުގައި އެހެން

މީހުންނާ މެދު ހަމްދަރުދީއާއި ޯލބިވެރިކަން ޮއންނަ މީހަކަށް ވުމުން، އޭނާ އެ ކަލޭގެއަށް ސަލާމް ޮގވާލައި، ނުފުދި ޮއތް މުހުތާދަކީ، ނުވަތަ ތަހައްމަލުކުރަން ޖެހުނު ޒުލްމަކީ

ޮކބައިޯތ ސުވާލުކުރިއެވެ. ޙަބަޝީ ކަލޭގެ ހިތްދަތިކަމާ އެކު ކިޔައިދިނެވެ. "އަހަރެންނަކީ ޙަބުޝްކަރައިގެ މުސާފިރަކީމެވެ. އަތުގައި ހުރި ރަން ރިހީގެ ފައިސާޮކޅު ހިފައިގެން،

އަހުލުވެރީންނާއި ޢިޔާލުންނާ ވަކިވެ ދަތުރުޮކށް ބަޣުދާދަށް އައީމެވެ. އަހަރެންގެ ފައިސާޮކޅު ރައްކާތެރިކުރުމަށްޓަކައި ބެހެއްޓީ އަހަރެން މަޑުޮކށްގެން ހުރި ޮހޓަލުގެ ކުރިމަތީގައި ހުންނަ

ހުވަނދު ވިއްކާ ދުއްކާނެއްގެ މާލިކުގެ އަތުގައެވެ. ނަމަވެސް ފަހުން ފައިސާޮކޅު ބޭނުންވެގެން އެ ކަލޭގެއާ ބައްދަލުކުރުމުން އޭނާ އަހަންނަށް ލައުނަތް ދީ، މަކަރު ޙީލަތުން އުޅޭ މީހަކަށް

ހަދައި، އެ ހިސާބުގަނޑުން ވެސް ބޭރުވެގަންނާން އަހަރެން ފަކީރަށް މަޖުބޫރުޮކށްފިއެވެ. ދެން ބަޣުދާދުގައި ސަލާން ޖަހައިގެން އުޅެނީއެވެ. އެނބުރި ވަޒަނަށް ދެވޭނޭ ފަދަ ވެސް ނެތެވެ."

ޙަބަޝީ ކަލޭގެ ދެއްކި ވާހަކަ އަހައި، އެ ބުނާ ދުއްކާނަކީ ޮކބައިޯތ ވެސް އަހައި ޮއޅުން ފިލުވައިފައި، ބަހުލޫލު ބުންޏެވެ. "މާދަމާގެ ޟުޙާ ވަގުތު ޖެހޭ އިރަށް އަހަރެން

ތިޔަ ދުއްކާނަށް ދާނަމެވެ. ކަލޭގެ ވެސް އެ ގަޑީގައި އެ ތަނަށް ދާށެވެ. އަހަރެން ކިޔާ އެއްޗަކަށް، ކުރާ ކަމަކަށް ވިސްނާނެ ކަމެއް ނެތެވެ. އަހަންނާ ވާހަކަދައްކާން އުޅޭނެ ކަމެއް

ވެސް ނެތެވެ. އަހަރެން ދަންނަ ކަމަކަށް ވެސް ހަދާނެ ކަމެއް ނެތެވެ. އަހަރެން ކުރާ ކަމެއް ނިމުމުން އަހަރެންގެ ޙާޟިރުގައި އެ ކަލޭގެ ކުރެން ކަލޭގެ ފައިސާޮކޅު ދޭން އެދޭށެވެ!" ދެން

ޙަބަޝީ ކަލޭގެ މިހެން ހަދަން ރުހިޤަބޫލުވެއްޖެއެވެ. ޖެހިގެން އައި ދުވަހު ޟުޙާ ވަގުތު ވީ އެ ދުއްކާނުގައި ބަހުލޫލު ހުއްޓައެވެ.

އޭނާ ދުއްކާނުގެ ވެރި ކަލޭގެ ގާތު ބުންޏެވެ. "ސައުދާގަރު ކަލޭގެފާނެވެ! އަޅުގަނޑު ކުއްލި ދަތުރެއްގައި ޚުރާސާނަށް ދާން ޖެހިއްޖެއެވެ. އަޅުގަނޑަށް އައުދެވޭނީ އަހަރެއް ހައި ދުވަސް

ފަހުންނެވެ. އަތުގައި ވަރަށް ގިނަ ރަނާއި ރިހީގެ ފައިސާއާއި ޖަވާހިރު އެބަހުއްޓެވެ. އެ ހުރިހާ މާލެއް މި ބާވަތުގެ ދަތުރެއްގައި ނުގެންދެވޭނެތާއެވެ! ވީމާ މީގެ ތެރެއިން ތިރީސް ހާސް ދީނާރާއި އެތައް ޖަވާހިރެއް ކަލޭގެފާނުގެ އަތްޕުޅުގައި ބެހެއްޓިއްޔާ ކީއްޯތއެވެ؟"

ބަހުލޫލަށް މި ހިސާބަށް ބުނެވުނު އިރު އެއްކަލަ ޙަބަޝީ ކަލޭގެ ވެސް އައިސް ދުއްކާނަށް ވަދެ، ބަހުލޫލުގެ ކައިރީގައި ހުއްޓިލައިގެން އެބަ ހުރެއެވެ. ދުއްކާނުގެ ވެރިކަލޭގެ ފާޑަކަށް ޙަބަޝީ ކަލޭގެއަށް ބަލާލާފައި ބުންޏެވެ. "ތިޔަ ބުނި ޮގތަށް ކަންތައް ޮކށްދޭނަމެވެ." ދެން

ބަހުލޫލު ވަރަށް ރަނގަޅަށް ތުން އައްސައި ބަންދުޮކށްފައި ޮއތް ކީސާއެއް ނަގައިފައި މޭޒުމަތީގައި ބާއްވައިފިއެވެ. އަދި ބުންޏެވެ. "އިހަށް ލިޔުމެއް ހަދާލަމާ ހިންގަވާށެވެ!" ދެން

ދުއްކާނުގެ ވެރިކަލޭގެ އޭނާގެ ޣުލާމަކަށް ބަހުލޫލުގެ ފައިސާޮކޅާއި ޖަވާހިރުޮކޅާ ޙަވާލުވީ ކަމުގެ ރަސީދެއް ލިޔަން އަމުރުޮކށްފިއެވެ. އެ ވަގުތުޮކޅުގެ ތެރޭގައި ބަހުލޫލު ސިއްރު އިޝާރާތަކުން ޙަބަޝީ ކަލޭގެއަށް އޭނާގެ ފައިސާޮކޅުގެ ވާހަކަ ދައްކަން އެންގިއެވެ. ދެން ޙަބަޝީ ކަލޭގެ އަވަސް އަވަހަށް ދުއްކާނުގެ ވެރިކަލޭގެ ކުރެން "އަޅުގަނޑު ކަލޭގެފާނާ ޙަވާލުކުޅަ ހާސް ދީނާރު ޮކބައިޯތއޭ" އަހައިފިއެވެ. ދުއްކާނުގެ ވެރިކަލޭގެ އިރުޮކޅަކަށް ހުއްޓުން އަރާފައި

ހުރެފައި މެ، ހިނިތުންވެލާފައި، އޭނާގެ ޯނކަރަކަށް "މިވަނި ތަނެއްގައި މިހިރަ މީހާގެ ހާސް ދީނާރު ކީސާ ޮއންނާނެޔޭ، ގެނެސްދޭށޭ" ބުނެފިއެވެ. އިސާހިތަކު ޯނކަރު ކަލޭގެ އެ ކީސާ

ހިފައިގެން އައިސް ޙަބަޝީ ކަލޭގެއާ ޙަވާލުޮކށްފިއެވެ. އެއިރު ބަހުލޫލުގެ ރަސީދު ވެސް ތައްޔާރުކުރެވިއްޖެއެވެ. ބަހުލޫލު ރަސީދު ހިފައިގެން، އޭނާގެ ކީސާ ދުއްކާނުގެ ވެރިކަލޭގެއާ ޙަވާލުޮކށްފައި، އަދި ޙަބަޝީ ކަލޭގެ އޭނާގެ ފައިސާޮކޅު ހިފައިގެން ދުއްކާނުން ނިކުތީއެވެ. ޙަބަޝީ ކަލޭގެ ބަހުލޫލަށް ވަރަށް

ޮބޑަށް ޝުކުރުއަދާޮކށްފައި އޭނާގެ ޙާލުގެ މަގަށް އެނބުރި ހިނގައްޖެއެވެ. ވަގުތު ލިބުމުން ދުއްކާނުގެ ވެރިކަލޭގެ އެންމެ ފުރަތަމަ ވެސް ކުޅަ ކަމަކީ ބަހުލޫލު އޭނާއާ ޙަވާލުކުޅަ ކީސާ ހުޅުވައިގެން ބެލުމެވެ. އޭގެ ތެރޭގައި ރަނެއް ރިއްސެއް ޖަވާހިރެއް ނެތެވެ. ހުރީ ތެޅިފައި

ހުރި ބިއްލޫރީގެ އެތައް ސަތޭކަ އެތިޮކޅުގެ އިތުރުން ދަބަރުޖަހާފައި ހުރި ދަގަނޑުޮފތިތަކެވެ. މި ވީ ކިހިނެއްކަން ދެނެގަންނާކަށް ދުއްކާނުގެ ވެރިކަލޭގެއަށް މާކަ އުނދަގުލެއް ނުވިއެވެ.

މީލާދީން 7 ވަނަ ޤަރުނުގައި ނަޖްދުކަރައިގައި އުޅުނު ދެ ޒުވާނުންނަށެވެ. އެ ދެ ޒުވާނުންގެ ތެރެއިން ފިރިހެނާގެ ނަމަކީ ޤައިސް ބިން

މުލައްވަޙެވެ. އަންހެން ކުއްޖާގެ ނަމަކީ ލައިލާ ބިންތި މަހްދީ ނުވަތަ ލައިލާ އަލްޢާމިރިއްޔާ އެވެ. އެ ދެ ޒުވާނުން ވަރަށް ކުޑަ އިރުއްސުރެ ދެ ކުދީންގެ ޢާއިލާއަށް މިލްކުވެގެން ވާ ނަޢަމް ސޫފިތައް ހުއިހައްޕަން އުޅުނީ އެއް ހިސާބެއްގައެވެ. އެހެން އުޅުމުގެ ތެރޭގައި ދެ ކުދީންގެ މެދުގައި އެކުވެރިކަމާއި ރަޙުމަތްތެރިކަން އުފެދިގެން އައެވެ. އަދި ޒުވާންކަމުގެ ފައްތަރުތަކާއެކު އެ އެކުވެރިކަމާއި ރަޙުމަތްތެރިކަމުގެ

ތެރެއިން ސާފު، ތެދުވެރި ޯލތްބެއްގެ ކުރިތައް ފަޅައި ހެދެން ފެށިއެވެ. ޤައިސަކީ އާދަޔާ ޚިލާފަށް ޮމޅު ޅެންވެރިއެކެވެ. އޭނާ އޭނާގެ ހިތުގައި

ލައިލާއާ މެދު ޮއތް ޯލބި ފާޅުޮކށް ހާމަކުރުމަށްޓަކައި ލާމަސީލު ޅެންތަކެއް ހެދިއެވެ. ނަމަވެސް ޤައިސާއި ލައިލާގެ ޯލބީގެ ހުރަހަކަށް ވެގެން ދިޔައީ ލައިލާގެ ހިތް ހަރު ބައްޕައެވެ. ލައިލާގެ ބައްޕަ ގަދަކަމުން

އޭނާ އެހެން މީހަކާ ކައިވަނިކުރުވިއެވެ. ޯލބީގައި ލިބުނު ހިތްދަތިކަމުގެ ސަބަބުން ޤައިސް ބިން މުލައްވަޙުގެ ޝަޚްސިއްޔަތު ބަދަލުވެގެން

ދިޔައެވެ. އެއަށްފަހު އޭނާ އުޅޭ ކަމަށް ވަނީ އޭނާއާއި ލައިލާ އެކީގައި އެ ވާދީތަކެއްގައި އުޅުނު ސަހަރާގެ ވާދީތަކުގައެވެ. މި ކަހަލަ ޮގތަކަށް ޤައިސްގެ ދިރިއުޅުން ހަލާކުވެގެން ދިޔުމަށްފަހު މީސްތަކުންގެ މެދުގައި

އޭނާ "މަޖްނޫން" ނުވަތަ ޮމޔައެއްގެ ޮގތުގައި މަޝްހޫރުވީއެވެ. ލައިލާ ވަ މަޖްނޫނަކީ އެތައް ޤަރުނެއް ވެގެން ދިޔުމަށް ފަހު

ވެސް އެ ގިއްސާއެއްގެ މަގުބޫލުކަމަށް ބަދަލެއް ނައި ގިއްސާއެކެވެ. ކުރީންވެސް ދެންނެވި ފަދައިން ދުނިޔޭގެ އަދަބީ ތަރިކަތަކުގެ ތެރެއިން މުހިއްމު ތަރިކައެކެވެ. އެ ވާހަކައަކުން އެތައް ހާސް އަދީބުންގެ ޚިޔާލީ ކުރިތަކަށް ފެންލިބިދިން ވާހަކައެކެވެ. އިޝްގީ ވާހަކަތަކުގެ ލިސްޓަށް

ކުރިޔަށް ޮއތް ޒަމާންތަކުގައި ކިތަންމެ ވާހަކަތަކެއް އިތުރުވަމުން ދާނެއެވެ. ނަމަވެސް ލައިލާ ވަ މަޖްނޫނަށް ހައްގުވެ ލިބިފައިވާ އެއްވަނަ

އަތުލެވޭނޭ އެހެން ވާހަކައެއް ތަސްނީފުވެގެން ކަރުދާހަށް އައުމަކީ މުސްތަހީލުކަމެކޭ ދަންނަވަން އަޅުގަނޑަށް ކެރިދާނެއެވެ.

ބަހުލޫާލއި ޙަބަީޝ މުާސފިރު

Page 8: Sun Magazine 22

ޕާޓީ ނިޒާމުގެ ތެރެއިން ވެރިކަން ކުރަން އަޅުގަނޑުމެން ކުރާ މަސައްކަތަށް އަދި މާކަ ގިނަ ދުވަސްތަކެއް ނުވެއެވެ. އެހެން ނަމަވެސް،

މިހައި ހިސާބުން ވެސް ފެންނާން ޮއތް ހަގީގަތަކީ ޕާޓީ ނިޒާމުގެ ޑިޒައިނަށް ފަރުމާ ކުރެވުނު ގައުމީ ނަވުގެ ދަތުރު ނިޔާމަ ނޫން ކަމެވެ. ކުރު ޮގތަކަށް

ދަންނަވަންޏާ، މިއަދު މި ގައުމު ފެންނަނީ ސިޔާސީންގެ އަމިއްލަ އެދުންތަކަށް ޓަކައި ގުރުބާން ކުރެވޭ ކަންބަޅިއަކަށް ވެފައި ވަނިޮކށެވެ.

އެއިރު ވެސް މިހާރު ވެސް ފޭލި

ގައުމުގެ ސިޔާސީ ޒައާމަތުގެ ގާބިލިއްޔަތުކަން ކުޑަ ވުމާއި، ގައުމަށް ހިދުމަތް ކުރުމުގެ އިރާދާ ނުވަތަ "ޮޕލިޓިކަލް ވިލް" ބަލިކަށި ވުމުގެ އެތައް އެއް

ނަތީޖާއަކީ ގައުމުގެ އިގުތިސާދު ހަލާކު ވުމެވެ. އިގުތިސާދީ ޮގތުން ގައުމަށް ކުރިމަތި ވެފައި ވާ އެންމެ ޮބޑު އެއް މައްސަލައަކީ ދިވެހި ފައިސާގެ އަގު

ވެއްޓުމުގެ މައްސަލައެވެ. ދިވެހި ފައިސާގެ އަގު ވެއްޓުނީ މިހާރުގެ ސަރުކާރުގެ ޯގހުން ކަމަކަށް އަޅުގަނޑު ނުދަންނަވާނަމެވެ. އަޅުގަނޑަށް ގަބޫލު ކުރެވޭ ޮގތުގައި މިއީ ވަރަށް ކުރީއްސުރެ ގެންގުޅެވުނު ޯދހަޅި ސިޔާސަތުތަކެއްގެ، ނުވަތަ އެކަށީގެންވާ ފަދަ މާލީ ސިޔާސަތުތަކެއް ނެތުމުގެ ނަތީޖާއެވެ. މިއީ

ކުރީގެ ސަރުކާރުގެ ފެއިލިއަރއެކެވެ. ދިވެހި ރާއްޖޭގައި ދިވެހި ރުފިޔާ ފިޔަވައި އެހެން ފައިސާއެއް

"ލީގަލް ޓެންޑަރ" އެއްގެ ދަރަޖައިގައި ބޭނުން ކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ދިވެހި ރާއްޖޭގެ މަރުކަޒީ ބޭންކަކީ ގާތްގަނޑަކަށް ނަމެއްގައި ހުންނަ ތަނަކަށް

ވީ ކީއްވެގެން ހެއްޔެވެ؟ ގައުމުގައި ޓޫރިޒަމް ފިޔަވައި އާމްދަނީއަކަށް ވާ ކަހަލަ

އާމްދަނީއެއް ލިބޭނޭ އެއްވެސް ސިނާއަތެއް ނެތީ ކީއްވެގެން ހެއްޔެވެ؟ ވަސީލަތްތައް މަދު މި ގައުމުގައި ހުރި މަދު ވަސީލަތްތަކުގެ ބޭނުން

އާމްދަނީ އުފެއްދުމަށް ޓަކައި އެންމެ ފުރިހަމަޔަށް ނުކުރެވުނީ ކީއްވެގެން ހެއްޔެވެ؟ ގައުމުގެ ވަސީލަތްތައް ބޭނުން ޮކށްގެން ރިޯސޓުތައް ހަދައި

ތިމާމެންގެ ޖީބަށް ބަރު ކުރާ މީހުންނަށް، ގައުމުގެ ވަސީލަތްތައް ބޭނުން ޮކށްގެން ޯހދާ ފައިސާ ބޭރުގެ ބޭންކުތަކުގައި ޑިޮޕސިޓް ކުރަން ހުއްދަ ދޭ ސަގާފަތެއް އުފެދުނީ ކީއްވެގެން ހެއްޔެވެ؟ މި ކަހަލަ ކިތަންމެ ސުވާލެއް

ކުރެވިދާނެއެވެ. އެ ސުވާލުތަކާ ގުޅިގެން ތަފާތު އެތައް ވާހަކަތަކެއް ދެއްކިދާނެއެވެ. ނަމަވެސް އެ ހުރިހާ ވާހަކަތަކެއްގެ ފަހު ބަހަކަށް ވާނީ

ގައުމުގެ ސިޔާސީ ޒައާމަތު ފޭލި ވީ ކަމަށް ބުނުމެވެ. މިހާރުގެ ސަރުކާރު ވެރިކަމަށް އައުމަށް ފަހު ދިވެހި ރާއްޖޭގެ އިގުތިސާދު ޮކޅަށް ޖެހުމަށް ޓަކައި ކުރެއްވި ނަމަ ކުރެއްވި ކަންތައްތަކަށް ވުރެ އިގުތިސާދުގެ ރިހޭ ޮފއި މައްޗަށް ޮފއި ވެއްޓޭނޭ މަގުން ކުރެއްވި ކަންތައްތައް ގިނައެވެ. ގާނޫނު ހަދާ މަޖިލީހުން ކަންތައް ކުރައްވަނީ

ގައުމުގެ އިގުތިސާދަށް ލިބޭނޭ ފައިދާއެއް ގެއްލުމެއްގެ ހިސާބެއް ހައްދަވައިގެނެއް ނޫނެވެ. ދިވެހި ފައިސާއަށް ކުރިމަތި ވެފައި ވާ މައްސަލަ

ޙައްލު ކުރައްވަން އެކަށީގެންވާ ފިޔަވަޅެއް އެޅުއްވިފައި ވޭ ބާވައެވެ! ރާއްޖޭގެ އެތައް ރަށެއް ބޭނުން ނުކުރެވި ޮއއްވައި އެތައް މިލިއަން ޮޑލަރެއް

ހަރަދު ކުރައްވައިގެން ފަޅުތައް ހިއްކަވަނީ ޮކން ބޭނުމެއްގައި ބާވައެވެ! ސަރުކާރުގެ ހަރަދު ކުޑަ ކުރައްވަނީ އޭ ވިދާޅުވެ ކުޑަ މުސާރައެއް ދެވޭ

ސިވިލް ސަރވަންޓުން ގެއަށް ޮފނުއްވާ އިރު، ޮބޑު މުސާރަ ދެވޭ ސިޔާސީ މަގާމުތައް ނުލާހިކު ދަރަޖައަށް ގިނަ ވެފައި ވަނީ ކީއްވެގެން ބާވައެވެ! ސަރުކާރަށް އާމްދަނީ ލިބޭ ވަސީލަތްތައް ބޭރުގެ ފަރާތްތަކަށް ވިއްކަވަނީ ކީއްވެގެން ބާވައެވެ! ޮކންމެ ކަމަކަށް ޮކމިޝަނެއް ނުވަތަ ކައުންސިލެއް

އަލްއުސްތާޛު އަޙުމަދު މާޖިދު

ގައުމު ސިާޔީސ ގުރުާބންާގހަށް ގެނެވިފައިާވ ކަންބަޅިއަކަށް ވެފައި

Page 9: Sun Magazine 22

99

ހައްދަވައި، އެ ޮކމިޝަންތަކާއި ކައުންސިލުތަކަށް މަހަކު އެތައް ސަތޭކަ މިލިއަން ރުފިޔާއެއް ހަރަދު ކުރާ ހައި ދިވެހި ދައުލަތް މުއްސަނދި ބާވައެވެ! މަޖިލީހުގެ މެންބަރުންގެ ތެރެއިން ޮކންމެ ބޭފުޅަކަށް މަހަކު ފަސްޮދޅަސް ނުވަތަ ހަތްދިހަ ނުވަތަ އައްޑިހަ ހާސް ރުފިޔާ ހަރަދު ކުރުމަކީ ހަމަ އެންމެ ރަނގަޅު ޮގތް

ބާވައެވެ! ވެއަތު ވެދިޔަ ފަސް ވަރަކަށް އަހަރުގެ ތެރޭގައި އަޅުގަނޑުމެންގެ ގައުމުގައި ދެމެހެއްޓެނިވި، ބިނާކުރަނިވި ޮގތެއްގައި އިގުތިސާދަށް ކުރެވިފައި ވާ ހޭދައަށް ވުރެ ޮބޑު ހޭދައެއް ކުރެވިފައި ވާނީ ސިޔާސީ ހަރަކާތްތަކަށް ކަމަށް އަޅުގަނޑަށް ލަފާ ކުރެވެއެވެ. މި ދަންނަވަނީ އެކި އެކި ޕާޓީތަކަށް ދެވުނު

ފައިސާއާއި، ޕާޓީތަކުގެ ހަރަކާތްތަކަށް ކުރެވުނު ހަރަދާއި، އެކިއެކި ޕާޓީތަކުން ކެންޕޭނުތަކަށް ކުރި ހަރަދާއި، އެކިއެކި އިންތިހާބުތަކަށް ކުރެވުނު ހަރަދުތައް ފަދަ

ހަރަދުތަކުގެ ވާހަކައެވެ. ދިވެހި ފައިސާގެ އަގު ވެއްޓުމާ ގުޅިގެން މިހާރުގެ ސަރުކާރުން

އެޅުއްވި ފިޔަވަޅަކީ ވެސް ހަގީގީ މައްސަލައަށް ހަގީގީ ހައްލެއް ގެނެވޭނޭ ފަދަ ފިޔަވަޅެއް

ކަމަކަށް ގަބޫލެއް ނުކުރެވެއެވެ. އެ ފިޔަވަޅުގެ

ސަބަބުން ޮޑލަރު ޯހދަން ކިޔޫ ހަދާފައި ތިބި އެތައް ހާސް ދިވެހީންގެ

ތެރެއިން "ފަހަތް ޮލނޑީގައި" ތިބި، އެންމެ

ފަގީރު މީހުންޮކޅު "ރޭހުން

ބޭރުވެދާނެ" އެވެ. މިހާރު ޮޑލަރު ލިބޭން ހުރި އަގުގައި

އެމީހުންނަށް ޮޑލަރު ގަނެވޭން ނެތުމުގެ ސަބަބުންނެވެ. އެޮގތުން ޮޑލަރަށް ޮއންނަ ޖުމްލަ ޑިމާންޑް ކުޑަ ވެދާނެއެވެ. ނަމަވެސް ޮޑލަރުގެ ސަޕްލައި އާއި ޑިމާންޑް ހަމަހަމަ ވެ، "މާރކެޓް އިކުއިލިބްރިއަމް" އާ ހަމަޔަށް ދާނީ މިހެން

ކިތައް ފަހަރު ކިހައި ވަރަކަށް ޮޑލަރުގެ އަގު ޮބޑުޮކށް، ކިތައް ހާސް ރައްޔިތުން "ޮޑލަރު ޯހދުމުގެ ރޭހުން" ބާކީ ޮކށްގެންޯތއެވެ؟ ޮޑލަރު ޯހދުމުގެ ރޭހުން ބާކީ ވާ ރައްޔިތުންނަށް ދިމާ ވާނެ ދަތި ހާލާ މެދު ވިސްނާލެވުނުޯތއެވެ؟ ޮޑލަރުގެ ޑިމާންޑާއި ސަޕްލައި މިޮގތުން އިކުއިލިބްރިއަމަކަށް އަންނަ އިރު ޮޑލަރުގެ އަގު ހުންނާނީ ކިހައި ހިސާބެއްގައި ކަން އަންދާޒާ ޮކށްލެވިފައި ވެސް ވޭޯތއެވެ؟

ދެން ޮއތީ ދިވެހި ފައިސާގެ އަގު އުފުލައިދޭށޭ ކިޔައިގެން ޑިމާންޑް ކުރުމުގެ މައްސަލައެވެ. އަޅުގަނޑު ހިތުން އެ ޑިމާންޑް ކުރައްވާ ބޭފުޅުންނަށް

ވެސް އެއީ ކުރެވޭނޭ ކަމެއް ނޫން ކަން ވިސްނިވަޑައިގަންނަވާނެއެވެ. އެ ބޭފުޅުންގެ މަގުސަދަކީ ސަރުކާރުގެ "ފާރުޮކޅަށް" ފިތައި ތަދު ޮކށްގެން ސަރުކާރު ވައްޓައިލެއްވުން ކަމަށް ވަންޏާ އެއީ ވަރަށް ދެރަ ކަމެކެވެ. ވެރިކަމާއި ބާރުގެ

ޮގނޑިއަށް ޓަކައި ހަނގުރާމަ ކުރުމަކީ އިދިޮކޅު ފަރާތްތަކުގެ ހަމައެކަނި ވިސްނުން ކަމަށް ވެއްޖެ ނަމަ ގައުމާއި ރައްޔިތުންނަށް ލިބޭނީ މުޅީން ވެސް ގެއްލުމެވެ.

މިހާރު މި ޮއތް ނިޒާމުގެ ތެރޭގައި ވެސް ގައުމާއި ރައްޔިތުންނަށް ލާބައެއް ލިބޭނީ ސަރުކާރަށް ފުރައްސާރަ ނުޮކށް، މަސަލަސް ކަމާ އެކު ފާޑު ކިޔައިގެން ކަންތައްތައް ކުރެވޭޯތ މަސައްކަތް ކުރުމުންނެވެ. އެޮގތަށް

މަސައްކަތް ނުކުރާ ބަޔަކު ކަރު ފަޅައިގެން ދާ ވަރަށް އަޑު އުފުލައިފައި "އަހަރެމެންނަކީ ރައްޔިތުންގެ ހައްގުގައި އުޅޭ މީހުންނޭ" ކިޔަސް އެ

ވާހަކަ ގަބޫލު ކުރެވޭނޭ ޮގތެއް ޯނންނާނެއެވެ.

ގައުމަށް ޓަކައި ގުރުބާން ވުން

ބައިވަރު ސިޔާސީ މަގާމުތަކެއް އުފައްދަވައި، ޕާޓީގެ އެކްޓިވިސްޓުންނަށް، އެމީހުންގެ އިލްމީ ގާބިލިއްޔަތަކަށް، ތަޖުރިބާއަކަށް ބެއްލެވުމެއް ނެތި، އެ މަގާމުތައް ދެއްވުމުގެ ސިޔާސަތަކީ މިހާރުގެ

ސަރުކާރުން ގެންގުޅުއްވާ ސިޔާސަތެކެވެ. މި ސިޔާސަތާ ގުޅިގެން އެއް ބަޔަކު ބުނާ ޮގތުގައި އެއީ ދުނިޔޭގެ ހުރިހާ ތަނެއްގައި ވެސް އެކަން ޮއންނަ ޮގތެވެ. އަނެއް ބަޔަކު ބުނާ ޮގތުގައި އެ ސިޔާސަތު ދޫޮކށްލައްވައިފި ނަމަ ރައީސް

ނަޝީދުގެ ސަރުކާރު ވެއްޓޭނީއެވެ. އެހެން

ހެއްދެވުން ވާނީ ސިޔާސީ ޮގތުން

އަމިއްލައަށް މަރުވުން ނުވަތަ "ޮޕލިޓިކަލް ސުއިސައިޑް" އަށެވެ.ދުނިޔޭގެ އެހެން ގިނަ ތަންތަނުގައި ވެރިކަމަށް އަންނަ

ޕާޓީތަކުގައި ސަރުކާރެއް ހިންގޭ

ފަދަ އިލްމީ ގާބިލުކަން ހުންނަ މީހުން ތިބެއެވެ. އެހެންކަމުން އެމީހުން ސަރުކާރު އެކުލަވާލަނީ އެފަދަ މީހުން އިސް މަގާމުތަކަށް ލައިގެންނެވެ. ވަކި

ދާއިރާއަކުން އެކަށީގެންވާ މީހަކު ތިމާމެންގެ ޕާޓީގައި ނެތި، އިދިޮކޅު ޕާޓީއެއްގައި އެފަދަ މީހަކު ހުރި ނަމަ އެ މީހެއްގެ ބޭނުން ވެސް

ހިފައިގެންނެވެ. ނަމަވެސް އަޅުގަނޑުމެންގެ މުޖުތަމައުގައި ސަރުކާރުގެ އިސް މަގާމުތަކަށް ކުފޫ ހަމަވާ މީހުން ގިނައެއް ނޫނެވެ. އަޅުގަނޑުމެންގެ

ތެރޭގައި އެއްވެސް ޕާޓީއަކުން ހަމައެކަނި ތިމާމެންގެ އެކްޓިވިސްޓުން ލައިގެން ސަރުކާރު ހިންގަންޏާ ޖެހޭނީ ލަވަ ކިޔާ މީހުންނާއި ފިލްމު

ކުޅޭ މީހުންނާއި ޯބޅަ ކުޅޭ މީހުންނާއި، މިފަދަ އެއްވެސް ކަމެއް ވެސް ނުޮކށް ހަމައެކަނި މީހުންނަށް އެއްޗެހި ޮގވާ މީހުން ލައިގެން ސަރުކާރެއް ހަދާށެވެ. އެފަދަ ސަރުކާރަކަށް ގައުމަށް ޮކށްދެވޭނޭ ކަމެއް ޮއންނާނެ ހެން

އަޅުގަނޑަކަށް ހީއެއް ނުވެއެވެ. މިސާލަކަށް ރައީސް ނަޝީދު ސަރުކާރުގައި ހުރި ގައުމަށް ބޭނުމެއް ނެތް ސިޔާސީ މަގާމުތައް އުވާލެއްވީއެވެ. އަމިއްލަފުޅު ޕާޓީގެ އެކްޓިވިސްޓުންނަށް އެމީހުންގެ ލަޔާގަތާއި ގާބިލިއްޔަތު ހުއްދަ ނުކުރާ

Page 10: Sun Magazine 22

10

މަގާމުތައް ދެއްވުމުގެ ބަދަލުގައި ގައުމުގައި ތިބި އެންމެ އެކަށީގެންވާ މީހުންނަށް މަގާމުތައް ދެއްވައިގެން ވެރިކަން ކުރައްވަން މަސައްކަތް

ކުރެއްވީއެވެ. އެއިރުން މި ދަންނަވާ އެކްޓިވިސްޓުން ރައީސް ނަޝީދަށާއި ޕާޓީއަށް ވަފާތެރިކަމުގައި ދެމިތިބޭނެ ހެއްޔެވެ؟ އިދިޮކޅު ފަރާތްތަކުން ރައީސް ނަޝީދުގެ އިޚްލާޞްތެރިކަމަށް މަރުޙަބާ ކިޔައި، އެމަނިކުފާނަށް އެއްބާރުލުން ދީގެން ގައުމީ މަސްލަހަތުތައް ހިމާޔަތް ކުރަން މަސައްކަތް

ފަށާނެ ހެއްޔެވެ؟ މި ދެ ސުވާލަށް ހަގީގީ ޖަވާބު ލިބޭނީ ރައީސް ނަޝީދު އެހެން ހައްދަވައިފި ނަމައެވެ. ވީމާ ޮބޑު ސުވާލަކީ އެހެން

ހައްދަވަން އެމަނިކުފާނަށް ކެރިވަޑައިގެންފާނެ ޯތ މި ސުވާލެވެ. ގައުމީ މަސްލަހަތަށް ޓަކައި ރައީސް ނަޝީދު އަޅުއްވާ މިފަދަ ފިޔަވަޅުތަކަކަށް އެމް.ޑީ.ޕީ. ގެ އެކްޓިވިސްޓުން ތަރުހީބު ނުދީ، އިދިޮކޅު ފަރާތްތަކުން

ވެސް އެކަން ބަލައިނުގަނެފި ނަމަ ދެން ރައީސް ނަޝީދަށް ވެރިކަމުން ފައިބައިވަޑައިގަންނަވަން މަޖުބޫރު ވެދާނެއެވެ. ވީމާ އެފަދައިން އަމަލު

ކުރެއްވުމަކީ "ޮޕލިޓިކަލް ސުއިސައިޑް" ކަމަށް ބެލެވިދާނެއެވެ. ނަމަވެސް އެއިރުން ރައްޔިތުން ދެކޭނީ ރައީސް ނަޝީދު ރައްޔިތުންނަށް ވަފާތެރި

ވެވަޑައިގެންފި ކަމަށެވެ. މިހާރު ދިވެހި ގައުމުގެ ހާލަތު ހުރި ޮގތުން، ގައުމުގެ

ކަންތައްތައް ރަނގަޅު ކުރެވޭން ޮއތް ހަމައެކަނި ޮގތަކީ ހުރިހާ ޕާޓީތައް ގުޅިގެން، ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރެއް އެކުލަވާލުން ކަމަށް

ފެނެއެވެ. ގައުމުގެ ކަންތައްތައް ޯގހުން ޯގހަށް ދާ އިރު ވެސް އެއް ބަޔަކު "ތިރީސް އަހަރޭ، ތިރީސް އަހަރޭ" އަނެއް ބަޔަކު "ރީނދޫ ހުމޭ، ރީނދޫ ހުމޭ" ކިޔައި ނަގަރާ ޮކށްޮކށް، ހަނގުރާމަވެރި ދެ ލަޝްކަރު ފަދައިން ކުރިމަތިލައިގެން، ކަނޑި ބަޑި ކަންފަތް މައްޗަށް ދަމައިގެން ތިބެންޏާ އެއީ ޯގހެކެވެ. ވަރަށް ޮބޑު ޯގހެކެވެ. ނަމަވެސް މި ދެންނެވި ފަދަ

ސަރުކާރެއް އެކުލަވައިލައި އެ ސަރުކާރެއް ކާމިޔާބުކަމާ އެކު ހިންގޭނީ ސަރުކާރު ހިންގަން ތިބޭ ބަޔަކު ވަރަށް ކެތްތެރި ވެގެންނެވެ. ވަރަށް

ޮބޑަށް ގައުމު ދެކެ ޯލބި ވެގެންނެވެ. އަމިއްލަ މަސްލަހަތުތަކާއި އަމިއްލަ އެދުންތައް ގުރުބާން ކުރަން އެބަޔަކު މުޅީން ތައްޔާރު ވެގެންނެވެ. ލަވަ ކިޔާ މީހުންނާއި ފިލްމު ކުޅޭ މީހުންނާއި ވިޔަފާރިވެރީން އެ ސަރުކާރެއް

ހައިޖެކް ނުޮކށް، ތިމާމެންގެ މަގާމުތަކަށް ފަހަތަށް ޖެހިގެންނެވެ. އިލްމާއި ސިޔާސީ ތަޖުރިބާގެ އަހުލުވެރީންނާ ގައުމު ހިންގުން ހަވާލު ޮކށްގެންނެވެ. އެހެންކަމުން އެފަދަ ސަރުކާރެއްގެ ވާހަކަ ދައްކާ އިރު ވެސް، މި ކުރެވޭ ކަމަކީ ހިޔާލީ ގަނޑުވަރެއް ބިނާ ކުރުން ފަދަ ކަމެކޭ ޚުދު އަޅުގަނޑުގެ

ހިތަށް ވެސް އަރައެވެ.1994 ވަނަ އަހަރުން ފެށިގެން 1997 ވަނަ އަހަރާ

ހަމަޔަށް ދެކުނު އެފްރިކާގެ ވެރިކަން ކުރީ ގައުމީ އެއްބައިވަންތަކަމުގެ ސަރުކާރަކުންނެވެ. އެ ސަރުކާރުގެ ކަންތައް ހިނގާނޭ ޮގތް ބަޔާން ކުރީ އެކުލަވައިލެވުނު އިންތިގާލީ ގާނޫނު އަސާސީއަކުންނެވެ. އެ

ގާނޫނު އަސާސީގައި ކަނޑައަޅާފައި ޮއތް ޮގތުގައި، ގައުމުގެ ގާނޫނު ހަދާ މަޖިލީހުން މަދު ވެގެން ވިހި ޮގނޑި ލިބުނު ޮކންމެ ޕާޓީއަކަށް

ކެބިނެޓުން ޯޕޓްޯފލިޯއއެއް ނުވަތަ ޯޕޓްޯފލިޯއތަކެއް ހައްގުވެއެވެ. 1994 ވަނަ އަހަރުގެ އިންތިހާބުގައި ރައީސްކަމަށް އިންތިހާބު ވެވަޑައިގަތުމަށް ފަހު ނެލްސަން މަންޑޭލާ، ގާނޫނު ހަދާ މަޖިލީހުގައި ވިހި ޮގނޑިއަށް

ވުރެ ގިނަ ޮގނޑި ކާމިޔާބު ކުރި ދެ ޕާޓީގެ ތެރެއިން ޮކންމެ ޕާޓީއަކަށް ކެބިނެޓުގެ އެއް މަގާމަށް ވުރެ ގިނަ މަގާމު ދެއްވިއެވެ. ހަމަ އެހެންމެ،

ވިހި ޮގނޑި ނުލިބުނު ޕާޓީތަކަށް ވެސް ކެބިނެޓުން ޖާގަ ދެއްވިއެވެ. މިފަދަ މިސާލުތަކުގެ ވާހަކަ އިވުމުން އަޅުގަނޑުމެން ދިވެހީންނަށް މި ޖެހެނީ ހިން

ދިރުވާލަން، އެހެން ނޫންޯތއެވެ؟

އިންޓެގްރިޓީގެ ވާހަކަ

ރައްޔިތުން މާޔޫސް ވަނީ މި ދެންނެވި ޮގތަށް ކަންތައްތައް ހުންނާތީއެވެ. ދެން ފެންނަނީ ރައްޔިތުންގެ ހައްގުތަކުގެ ދިފާއުގައި ކަމަށް

ބުނެ ބަޔަކު މުޒާހަރާ ކުރަން ނިކުންނަ ތަނެވެ. މި ކަމާ ވިދިގެން އިއްޔެ ވެސް ފެނުނު، އަދި މިއަދު ވެސް ފެންނަ މަންޒަރެކެވެ. ފުލުހުން

އަންގަވަނީ އެވަނި މިވަނި ތަންތަނުގައި މުޒާހަރާ ޮކށްގެން ނުވާނޭ ކަމަށެވެ. މުޒާހަރާ ކުރާ މީހުން ބުނަނީ "އަހަރުމެން ހިތަށް އެރި ތާކު މުޒާހަރާ ކުރާނަމޭ، ކަލޭމެންނަކަށް ނުބެހެވޭނެޔޭ" މިހެންނެވެ. ދެން ފެންނަނީ

Page 11: Sun Magazine 22

11

މުޒާހަރާ ކުރުން މަނާ ޮކންމެވެސް ތަނެއްގައި މުޒާހަރާ ކުރެވޭ ތަނެވެ. އެއަށްފަހު ފެންނަނީ ފުލުހުން ގުންފައި ޖަހަމުން މުޒާހަރާ ކުރަން ތިބޭ މީހުން ފަހައި ދުވާ ތަނެވެ. މިފަދަ ޮކންމެ "ޯޝ" އެއް ނިމެނީ ބައެއް މީހުން ހައްޔަރު ކުރެވިގެންނެވެ. ބައެއް ފަހަރު ފުލުހުންނާއި އާއްމުންގެ ތެރެއިން ބައެއް މީހުންނަށް އެކި ވަރުވަރުގެ އަނިޔާ ވެގެންނެވެ. މިއީ

ހިނގައިގެން ވާނެ ކަންކަމެއް ނޫނެވެ. ރައްޔިތުންނަށް މުޒާހަރާ ކުރެވެން ވާނެއެވެ. ނަމަވެސް މުޒާހަރާ ކުރަން ވާނީ ރައްޔިތުންގެ ތެރެއިން މުޒާހަރާ ނުކުރަން އިހުތިޔާރު ކުރާ މީހާއަށް އުނދަގޫ ނުވާނޭ ޮގތްޮގތަށް، އޭނާއަށް

ދުއްތުރާ ނުވާނޭ ތަންތަނުގައެވެ. އަމަންއަމާންކަމަށް ޓަކައި ފުލުހުން ދައްކާ ވާހަކަތަކަށް ވެސް ރިއާޔަތް ޮކށްގެންނެވެ. ހަމައެއާއެކު ފުލުހުން ވެސް

ހުރިހާ ރައްޔިތުންނަށް ހަމަހަމަ ޮގތެއްގައި ރައްކާތެރިކަމާއި ހިމާޔަތް ޯފރު ޮކށްދޭން ޖެހެއެވެ. ނަމަވެސް ކަންތައް ވަނީ އެހެން ޯތއެވެ؟

މި ހިސާބުން ގިނަ މީހުން ދައްކަނީ ފުލުހުންގެ އިންޓެގްރިޓީގެ ވާހަކައެވެ. އިންޓެގްރިޓީ އަކީ ހައްގަށް ޯބލެނބުމެވެ. ތެދުގެ ކުރިމަތީގައި

އިސްޖެހުމެވެ. ބާތިލަށް ފުރަގަސް ދިނުމެވެ. ކުރިމަތީގައި ޮއންނަ ދެ މަގުގެ ތެރެއިން އަބަދު ވެސް ތިމާގެ ބުއްދިއާއި ޒަމީރަށް ގަބޫލު ކުރެވޭ ރަނގަޅު މަގު ހިޔާރު ކުރުމެވެ. ތިމާގެ މައްޗަށް އަންނަ ޯއޑަރަކީ އަހުލާގީ ހަމަތަކާއި

އަދުލުވެރިކަމާއި އިންސާފުގެ ހަމަތައް ފުނޑުފުނޑު ކުރާ ޯއޑަރެއް ނަމަ، "އަހަރެން ތި ޯއޑަރަށް ތަބައެއް ނުވާނަމޭ، ތި ޯއޑަރަށް ވުރެ އަހަރެންގެ

ގާތުގައި ޮލބުވެތި، މަތިވެރި، މާނަހުރި އުސޫލުތަކެއް ހުރެޔޭ" މިހެން ބުނަން ކެރުމެވެ.

އަޅުގަނޑުމެންގެ ތެރެއިން އެފަދަ އިންޓެގްރިޓީއެއް ހުރީ ޮކން ބައެއްގެ ކިބައިގައި ޯތއެވެ؟ ގައުމުގެ ވަސީލަތްތަކުން މުއްސަނދިކަން ޯހދައިގެން، އެ ޮގތުން ލިބޭ ފައިސާ ގައުމަށް ފައިދާއެއް ނުކުރާ ޮގތަށް

ބޭރުގެ ބޭންކްތަކުގައި ރައްކާ ކުރާ މަހުޖަނުންގެ ކިބައިގައި ޯތއެވެ؟ މުދާ ގަންނަން ލިބޭ އަގު އުފުލުމުން، ރައްޔިތުންނަށް އެ މުދާ ވިއްކާ އަގު ޮބޑު ޮކށްފައި، ދެން ހަމަ އެ މުދާ ގަންނަން ލިބޭ އަގު އަނެއްކާ ތިރި ވުމުން

ވެސް ރައްޔިތުންނަށް ވިއްކާ އަގު ކުޑަ ނުކުރާ ވިޔަފާރިވެރީންގެ ކިބައިގައި ޯތއެވެ؟ ދެން ތިބި މީހުންގެ ހާލަތަށް ކުޑަ ވެސް ވިސްނުމެއް ނެތި

ތަންތަނުގެ ކުލީގެ އަގު ވިލާތަކާ ހަމައިގައި ހިފަހައްޓައިގެން އުޅޭ މީހުންގެ ކިބައިގައި ޯތއެވެ؟ އިސްލާމް ދީނޭ ކިޔައިގެން ވާހަކަ ދައްކާފައި، އިސްލާމް ދީނުގެ ހުރިހާ ތަރަހަތަކަކަށް ޮގން ޖަހާ މީހުންގެ ކިބައިގައި ޯތއެވެ؟ ދީނުގެ

ނަމުގައި އަންހެނުން ނިކަމެތި ޮކށް، މީހުންގެ މިނިވަންކަމުގައި ކަސްޮތޅު އަޅުވާ މީހުންގެ ކިބައިގައިޯތއެވެ؟ ތިމާމެންގެ ޕާޓީގެ ބާރުގެ ނާޖާއިޒު

ފައިދާ ނަގައިގެން ތިމާމެންނަށް އެކަށީގެން ނުވާ މަގާމުތަކަށް ބެޓިގެން ތިބެ ރައްޔިތުންގެ ފައިސާ ކައި އުޅޭ މީހުންގެ ކިބައިގައި ޯތއެވެ؟ ވެރިކަމާ ހުރެ ސަރުކާރަށް ފުރައްސާރަޮކށް، ދުއްތުރާޮކށް، ރައްޔިތުންނަށް ޓަކައި އެއްވެސް ކަމެއް ވިޔަނުދޭން

އުޅޭ މީހުންގެ ކިބައިގައިޯތއެވެ؟ ގާނޫނު ހެދުމުގެ މަގާމުގައި ތިބެ،

އެ މަގާމުގެ ބޭނުން ތިމާމެންގެ ސިޔާސީ އަމިއްލަ އެދުންތަކަށް ޓަކައި ހިފާ މީހުންގެ

ކިބައިގައިޯތއެވެ؟ ނުވަތަ ރިޯސޓުގައި ޮޝޕް ހިންގާން އުޅެފައި އައިސް ގައުމުގެ

ގާނޫނު ހަދާ މަޖިލީހުގެ މެންބަރުކަމަށް ކުރިމަތިލާ

މީހާއަށް ޯވޓު ވިއްކާ މީހުންގެ ކިބައިގައި

ޯތއެވެ؟ ތިމާ ކުރާ ކިތަންމެ

ކުޑަކުޑަ ކަމަކުން ވެސް ގައުމަށް ނުހަނު ޮބޑެތި ގެއްލުން ވެދާނެއެވެ. "ބަޓަރފްލައި އިފެކްޓް" އަންނަ ބީދައިން، ތިމާ

ތަސައްވުރު ވެސް ނުކުރާ ފަދަ ޮގތެއްގައި ގައުމީ މަސްލަހަތަށް ޮބޑެތި ނުގުސާންތަކެއް ލިބިދާނެއެވެ. މާލޭގެ ޖައްވުގައި އުދުހެމުން ދާ ޮކކާލެއް

އެންމެ ފަހަރަކު ފިޔަ ޖަހައިލުމުން ވަޔަށް އަންނަ ކުޑަކުޑަ ހަލަލުގެ ސަބަބުން އާހިރުގައި އެމެރިކާގެ ނިއު ޯޔކަށް ނަގޫޯރޅިއެއް އެރުމަކީ އެކަށީގެންވާ

ކަމަކަށް ވާ ފަދައިންނެވެ. މިއީ އަޅުގަނޑުމެންގެ ތެރެއިން ޮކންމެ މީހަކު ވެސް ވިސްނާލަން ޖެހޭ ކަމެކެވެ.

ޤައުމު ދެކެ ޯލބި ވުމަކީ ޤައުމުގެ ދިދައާއި ގައުމީ ސަލާމާއި ގައުމީ ނިޝާނާއި ޮބޑު ބެރުގެ ސަގާފަތް ދެކެ ޯލބި ވުމެއް ނޫނެވެ. ގައުމު ދެކެ ޯލބި ވުމަކީ ގައުމުގެ ރައްޔިތުން ދެކެ ޯލބި ވުމެވެ. ގައުމުގެ ހުރިހާ ރައްޔިތުން ދެކެ ޯލބި ވުމެވެ. ރައްޔިތުންގެ އެންމެން ދެކެ އެއް ފަދައަކުން ޯލބިވުމެވެ. ރައްޔިތުންގެ ތެރެއިން ތިމާގެ ކުލަ ފިޔަވައި އެހެން ކުލައަކަށް ނިސްބަތް ވާ މީހާ ދެކެ ވެސް ޯލބި ވުމެވެ. ގައުމުގެ ރައްޔިތުން ދެކެ

ޯލބި ނުވާ މީހާ ގައުމު ދެކެ ޯލބި ވަމޭ ބުނުމުގެ މާނައަކީ އޭނާ ގައުމުގެ ރިޯސޓުތަކާއި ފެކްޓަރީތައް ދެކެ ޯލބި ވާ ވާހަކައެވެ. އެފަދަ މީހާގެ މިސާލަކީ

މީހަކު ދެކެ ޯލބި ނުވާ ހާލުގައި، އޭނާގެ ފައިސާގަނޑުގެ ދަހިވެތިކަމުގައި އޭނާއާ އިންނަ މީހެއްގެ މިސާލެވެ.

Page 12: Sun Magazine 22

12

ރިތިކް ޯރޝަނާއި ޕްރިޔަންކާ ޯޗޕްރާގެ އާ ފިލްމު ކަމަށް ވާ "އަގްނީޕަތު" ގެ

ޝޫޓިންގައި އަލިފާނުގެ ހާދިސާއެއް ހިނގައިފިއެވެ. މި ހާދިސާގައި ޕްރިޔަންކާ ޯޗޕްރާގެ

ހެދުމުގައި އަލިފާން ޯރވިއެވެ. ނަމަވެސް ޕްރިޔަންކާގެ ހަށިގަނޑަށް އަލިފާނުގެ ސަބަބުން

އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. ރިތިކަށް އަލިފާނުގެ ސަބަބުން ކުދިކުދި އަނިޔާތައް

ލިބުނު ކަމަށް ވެއެވެ. ގެއްލުންވެފައި ވަނީ އަލިފާން ދަންމަރުތަކެއް ހިފައިގެން އުޅެން ޖެހޭ

މަންޒަރެއްގައި ރިތިކް ދަންމަރުތައް ހިފައިގެން އުޅެނިޮކށް އޭގެ ތެރެއިން އެކަތި ވެއްޓި، އޭގައި

ހުރި ހޫނު ތެލުގައި އަލިފާން ޯރވުމުގެ ސަބަބުންނެވެ. ރިތިކަށް އަނިޔާވެފައި ވަނީ ވެސް

ވެއްޓުނު ދަންމަރުގައި ހުރި ހޫނު ތެޮޔ އޭނާގެ އަތަށް އެޅުމުގެ ސަބަބުންނެވެ. މި ހާދިސާގެ

ސަބަބުން ޝޫޓިންގ ހުއްޓާލެވުނެވެ. ނަމަވެސް ފަހުން ޝޫޓިންގ އަނެއްކާ ވެސް ފެށުނެވެ.

ރިތިކް ފަހުން މަޖާ މޫޑެއްގައި ހުރެ ވާހަކަދައްކަމުން ބުނިޮގތުގައި ޝޫޓިންގ ގައި އަނިޔާވުމަކީ

އޭނާގެ ފިލްމުތަކަށް ޮބޑު ކާމިޔާބީއެއް ލިބުމުގެ އަލާމާތެއް ކަމަށް ވަނީ ފާހަގަކުރެވިފައެވެ.

އަގްނީޕަތަކީ ކަރަން ޯޖހަރް ޕްޮރޑަކްޝަންސް ގެ ފަރާތުން އުފައްދާ ފިލްމެކެވެ.

ރިތިާކއި ޕްރިޔަންާކގެ ފިލްމުގެ ސެޓްގައި އަލިާފނުގެ ާހދިާސއެއް

ރިތިކް ޯރޝަނާއި ޕްރިޔަންކާ ޯޗޕްރާގެ އާ ފިލްމު

ކަމަށް ވާ "އަގްނީޕަތު" ގެ ޝޫޓިންގައި އަލިފާނުގެ ހާދިސާއެއް

ހިނގައިފިއެވެ. މި ހާދިސާގައި ޕްރިޔަންކާ ޯޗޕްރާގެ ހެދުމުގައި

އަލިފާން ޯރވިއެވެ. ނަމަވެސް ޕްރިޔަންކާގެ ހަށިގަނޑަށް

އަލިފާނުގެ ސަބަބުން އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ރިތިކަށް އަލިފާނުގެ ސަބަބުން ކުދިކުދި އަނިޔާތައް ލިބުނު

ކަމަށް ވެއެވެ. ގެއްލުންވެފައި ވަނީ އަލިފާން ދަންމަރުތަކެއް

ހިފައިގެން އުޅެން ޖެހޭ މަންޒަރެއްގައި ރިތިކް ދަންމަރުތައް

ހިފައިގެން އުޅެނިޮކށް އޭގެ ތެރެއިން އެކަތި ވެއްޓި، އޭގައި

ހުރި ހޫނު ތެލުގައި އަލިފާން ޯރވުމުގެ ސަބަބުންނެވެ. ރިތިކަށް

އަނިޔާވެފައި ވަނީ ވެސް ވެއްޓުނު ދަންމަރުގައި ހުރި ހޫނު

ތެޮޔ އޭނާގެ އަތަށް އެޅުމުގެ ސަބަބުންނެވެ. މި ހާދިސާގެ

ސަބަބުން ޝޫޓިންގ ހުއްޓާލެވުނެވެ. ނަމަވެސް ފަހުން ޝޫޓިންގ

އަނެއްކާ ވެސް ފެށުނެވެ. ރިތިކް ފަހުން މަޖާ މޫޑެއްގައި ހުރެ

ވާހަކަދައްކަމުން ބުނިޮގތުގައި ޝޫޓިންގ ގައި އަނިޔާވުމަކީ އޭނާގެ

ފިލްމުތަކަށް ޮބޑު ކާމިޔާބީއެއް ލިބުމުގެ އަލާމާތެއް ކަމަށް ވަނީ

ފާހަގަކުރެވިފައެވެ.

އަގްނީޕަތަކީ ކަރަން ޯޖހަރް ޕްޮރޑަކްޝަންސް ގެ

ފަރާތުން އުފައްދާ ފިލްމެކެވެ.

އަީމާޝ ޕަޓޭލް އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައިފި

Page 13: Sun Magazine 22

13

ރިތިާކއި ޕްރިޔަންާކގެ ފިލްމުގެ ސެޓްގައި އަލިާފނުގެ ާހދިާސއެއް

ދެކެވުނު ވާހަކައެއްގެ ތެރެއިން އެއްދުވަހަކު ރައްޓެއްސަކު

އެހި އެވެ. ވައިން ހަކަތަ ޯހދުމަކީ ޮކބައިކަން އެނގޭހެއްޔެވެ؟ އަޅުގަނޑު

ބުނީމެވެ. ޮކބައިހެއްޔެވެ؟ ބުނެބަލާށެވެ! އޭނާ ބުންޏެވެ. އެއީ ތިމާ ވަޒީފާ

އަދާކުރާ ތަނެއްގައި ހުންނަ އެއްމެ އިސް ވެރިމީހާ، ނުވަތަ އިސްވެރިންނާ

މާގާތްވެގެން، ތިމާގެ ޮމޅުކަމާއި، އެހެން މީހުންނަށް ކަމެއް ނުކުރެވޭކަމާއި

އަދި ކުރަން ނުވެސް އެނގޭކަން އެމީހެއްގެ "ޮމޅު" ވާހަކައިން ދައްކަން

މަސައްކަތް ކުރުމެވެ. މީގެ އިތުރުން ވެރިޔާއަށް ޚުޝާމަދުވެސް ކުރުމެވެ.

މިހާރު އެނގިއްޖެއޭ ބުނެ އަޅުގަނޑު ހިނިތުންވެލީމެވެ.

އަނެއްކައިވެސް އޭނާ ފެށި އެވެ. އެކަމަކު ބުނަންހެއްޔެވެ؟ އެފަދަ މީހުން

އަބަދުވެސް އުޅެން ޖެހޭނީ އެފަދަ ހާލެއްގަ އެވެ. ދުވަހަކުވެސް އެނޫން

ޮގތެއް ޯނންނާނެ އެވެ. އެއީ ކީއްވެގެންހޭ އެހުމުން ވަރަށް ފަސޭހަކަމާއެކު

އޭނާ ޖަވާބު ދިނެވެ. އެނޫން ޮގތަކަށް އުޅޭކަށް އެމީހުންނަކަށް ނޭނގޭނެ

އެވެ. އުޅެން އުޅުނަސް ނުވެސް އުޅެވޭނެ އެވެ.

އެވާހަކަ އަޅުގަނޑަށްވީ ހެއްވާ ވާހަކައަކަށެވެ. އުޅެން އުޅުނަސް

ނޫޅެވޭނެ ވާހަކައާއި އުޅެން ނޭނގޭނެ ވާހަކަ ބުނުމުންނެވެ. އޭނާ ވަރަށް

މަޑުމައިތިރި ކަމާއެކު ބުންޏެވެ. ބުނަންހެއްޔެވެ؟ އެމީހުން ވައިން ހަކަތަ އެ

ޯހދަނީ ކީއްވެގެން ކަން އެނގޭ ހެއްޔެވެ؟ އަމިއްލަ ސިކުނޑީގައި ހަކަތަ

ޯހދާނެ އެހެން އެއްވެސް "ބާރެއް" ނެތީމަ އެވެ. އެފަދަ ކުޅަދާނަކަމެއް

ގާބިލުކަމެއް އަމުދުން ނެތީމަ އެވެ. ދެން އުޅެން އުޅުނޭ ކިޔާފައި

އުޅޭނީ ވެސް ކިހިނެއް ހެއްޔެވެ؟ އަޅުގަނޑަށް އެއްބަސް ވުމުގެ ޮގތުން

ޯބޖަހައިލެވުނެވެ.

އަޅުގަނޑުގެ ޯބޖަހައިލުން ވެެގެން ދިޔައީ އޭނާއަށް އިތުރު

ހިތްވަރަކަށެވެ. އޭނާ ޯފރިއާއެކު ބުންޏެވެ. އެކަމަކު ބުނަން ހެއްޔެވެ؟ އޭގެ

އާޚިރު ނަތީޖާ ގިނަ ފަހަރު ނިކުންނާނީ ވަރަށް ހިތިޮކށެވެ. ކީއްވެގެންހޭ

އަހައިލުމުން އޭނާ ބުންޏެވެ. ސާބަހެވެ! ވަޔަކީ އަބަދު ޖެހޭ އެއްޗެއް

ހެއްޔެވެ؟ ދުނިޔެ މައްޗަށް ވައިޯރޅިއެއް ނުވާ ދުވަސް ދުވަސް ވެސް

އާދެއެއް ނޫންހެއްޔެވެ؟ އެފަދަ ދުވަހެއް ހަމަ އައުމާއެކު އެއްކަލަ ކަލޭގެ

ވައި ހިނދުނީ އެވެ. ހުރިތަނަށް ގުޅައަކަށް ޖެހޭނީ އެވެ. އަދިވެސް އޭނާ

ކިޔައިދިނެވެ. މީގެ އެންމެ ނުރައްކާތެރި ކަމަކީ ޮކބައިކަން އެނގޭ ހެއްޔެވެ؟

އޭނާ ވައި ޯހދި ދުވަސް ވަރު، ވައި ޯހދަން ބޭނުން ޮކށްފައި ހުންނާނެ

މައިގަނޑު ވަޞީލަތަކީ އެހެން މީހުންގެ ކައްޓެވެ. އެކަށިތައް ހަފައި ކޭކަން

އެމީހުން ދަންނާނެ އެވެ. އެހެންވެ ވައި ހިނދިގެން ވެއްޓި އިނދަޖެހިފައި

އިންނަ ވަގުތު ހަމްދަރުދީގެ ޮލލުން ބަލައިލާނެ މީހަކުވެސް ޮއންނާނީ ނުވެފަ

އެވެ. އެދުވަހު އިންނާނީ ވަރަށް ނިކަމެތި ހާލެއް ޖެހިފަ އެވެ.

އިރުޮކޅަކު އެއްޗެއް ނުބުނެ ވިސްނަން އިނދެވުނެވެ. ހިތަށް އެރި

އަީމާޝ ޕަޓޭލް އަމިއްލަ ޕްރޮޑަކްޝަން ކުންފުންޏެއް އުފައްދައިފި

މުހައްމަދު ގާސިމް، މަތިވެރި އުޑުދަށުން

ވައިން ހަކަތަ ހޯދުންއެވެ. އެއީ ހާދަ ރަނގަޅު ވާހަކަ އެކެވެ. އަދި އެކަމަކީ އެއަށް ވުރެ ނުރައްކާތެރި

ކަމެއްތާ އެވެ. ފުރަތަމަވެސް ފިކުރު ޮކށްލެވުނީ އަމިއްލަ ނަފުސާމެދުގަ އެވެ.

އެފަދަ "ހަކަތައެއް" ޯހދަން އަނެއްކާ އަޅުގަނޑަށް މަސައްކަތް ކުރެވޭބާވަ އެވެ؟

ހިތަށާއި ސިކުނޑިއަށް ލިބުނީ ލުއިކަމެކެވެ. هللاގެ އިރާދަފުޅުން އެފަދަ ކަމެއް

ނުކުރެވޭކަން ޔަގީން ވުމުންނެވެ.

އެހެންނަމަވެސް ހަމަ އެވަގުތު ވެސް ހިތަށް ނުތަނަވަސްކަން ލިބިގެން

ދިޔަ އެވެ. މި މުޖުތަމަޢުގައި އެފަދަ މީހުން ގިނައިން ނޫނަސް އުޅޭކަން ހިތަށް

އަރާފަ އެވެ. އެފަދަ މީހުން އެފަދަ ކަންކަން އެ ކުރަނީ ޮކން ޮމޅެއް ޯހދަން

ބާވައޭ ހިތަށް އެރި އެވެ. ބައެއް މީހުން އުޅޭޮގތުން ހިތަށް އަރައެވެ. އެމީހުންގެ

ވަޒީފާގެ މަސްއޫލިއްޔަތަކީ ވެރިޔާ ގާތު އެހެން މީހުންގެ ޝަކުވާ ކުރުންބާވަ

އެވެ. ހަމަ ޔަގީނުންވެސް އެއްވެސް މީހެއްގެ ވަޒީފާގެ މަސްއޫލިއްޔަތުގައި މިފަދަ

އިބާރާތެއް ލިޔެފައެއް ޯނންނާނޭކަން ކަށަވަރެވެ.

މިފަދަ ޮގތްޮގތަށް އުޅޭ މީހުންނާމެދު ވިސްނައިލުމުން، އޭގެތެރެއިން

ގިނަ މީހުންގެ ކިބައިގައި ހުންނަ އެއްޮގތް އެއް ސިފަ އަޅުގަނޑަށް ފާހަގަ

ކުރެވުނެވެ. މަސައްކަތަށް ނާޤާބިލްކަމެވެ. ފަހަރެއްގައި ވެސް މި ދެންނެވީ

ހުރިހާ މީހުންގެ ވާހަކަ އެއް ނޫނެވެ. އެކަމަކުވެސް ހަމަ ގިނަ މީހުންގެ ވާހަކަ

އެވެ. ޚުދު އޭނާއަށް އެކަން ގަބޫލުކުރެވޭނެ އެވެ. ތިމާގެ ކިބައިގައި މިފަދަ

މަގާމެއް ފުރާނޭފަދަ ފެންވަރެއް ނެތްކަމެވެ. އެކަން އެބަ ޮފރުވަން ޖެހެއެވެ.

އެއްޮގތުން ނުވިއްޔާ އަނެއް ޮގތުން ނެވެ. ފެންނަ އެންމެ ޮމޅު ބޭހަކަށް ވަނީ

ވެރިޔާ"އަތްދަށު" ލުމެވެ. އެކަކުގެ ވާހަކަ އަނެކަކުގާތު ދެއްކުމަކީ ކިތަންމެ ޮބޑު

ފާފައެއްކަން އެނގުނަސް، އެހެން މީހުންނަށް ކަމެއް ނުކުރެވޭކަމުގެ ޮދގު ވާހަކަ

ދައްކައިގެންނާއި، ތައުރީފުގެ ބަސްތަކުން ވެރިޔާ ފެންވަރުވައިގެން ވެރިޔާގެ

ހިތް ފަތަޙަކުރުމެވެ. ނަތީޖާއަކީ އޭނާ ދައްކާ ޮކންމެ ވާހަކަ އެއް، ބުނާ ޮކންމެ

ލަފުޒެއް، ވެރިޔާގެ ކުރިމަތީގައި ގުރުއާނުގެ އާޔަތަކާ އެއްފަދަ ވުމެވެ. ހުރިހާ

"އަނިޔާއެއް" ތަހަައްމަލުކުރަން ޖެހެނީ އަމިއްލަ ވާޖިބު އަދާކުރުމުގެ ވަރުބަލިކަން

އިހުސާސްކުރަމުން އަންނަ ހީވާގި ކުދިންޮކޅަށެވެ.

އަޅުގަނޑަށް ހުއްޓުން އަރާފައި މާ ގިނައިރު ހުރެވުނީ ކަންނޭނގެ

އެވެ. އެކުވެރިޔާ ބުނި އަޑު އިވުނެވެ. ކިހިނެއް ވީހެއްޔެވެ؟ އަޅުގަނޑު އަވަސް

އަވަހަށް ބުނީމެވެ. ތިދެއްކި ވާހަކައާ ދޭތެރޭ ވިސްނައިލީ އެވެ. އޭނާ ބުންޏެވެ.

އާއެކެވެ. ވިސްނަންވާނެ އެވެ. އެކަމަކު ހިތާމައަކީ މިފަދަ މީހުންގެ ޖާދޫގައި

ތަންތަނުގެ ވެރިން ޖެހޭލެއް ފަސޭހަ ކަމެވެ. އެކުވެރިޔާ ނައްޓާލައިފި އެވެ.

އަޅުގަނޑުގެ ހިތަށް އެރި އެވެ. ރަނގަޅު ވާހަކަ އެކެވެ. "ވައިން ހަކަތަ ޯހދާ

މީހުން" އެމީހުންގެ އާޚިރު ނަތީޖާއާ މެދުވެސް ވިސްނައިލާނޭ ނަމަ ޮކންފަދަ

ހެއްޔެވެ؟

Page 14: Sun Magazine 22

ސުރުޚީ ފެނިވަޑައިގަތުމުން ޮކންމެ ބޭފުޅަކަށް ވެސް ހީފުޅުކުރެއްވޭނީ މަސައްކަތު ވެށީގައި ސިޔާސީ ވިސްނުމާއި ހިޔާލާއި ކުލައަށް ބަލައި ތަފާތުތަކެއް ކުރެވޭ ވާހަކަ ދައްކަން އުޅޭ ކަމަށެވެ.

ތެދެކެވެ. ކިތަންމެ ހިތި ނަމަވެސް ހަގީގަތަކީ މަސައްކަތު މާހައުލުގައި ސިޔާސީ ސަބަބުތަކަށް ޓަކައި ތަފާތުކުރެވޭތަން ފެންނަ ކަމެވެ. މި ކަންކަން އަޅުގަޑުމެންގެ ސަރުކާރުގެ ޮއފީސްތަކުންނާއި، ރިޯސޓްތަކުންނާއި، ސަރުކާރު ކުންފުނިތަކުންނާއި އަދި އަމިއްލަ ވިޔަފާރިތަކުން ފާޅުކަންޮބޑުޮކށް ފެންނަމުން ދެއެވެ. ކުރިން ވެސް މިހާރު ވެސް މިކަން ހުރީ ހަމަ މިޮގތަށެވެ. އެހެން ނަމަވެސް މި ފަހަރު ދައްކާލަން މި އުޅޭ ވާހަކައަކީ މަސައްކަތުވެށީގައި

ޮއންނަ "ސިޔާސީ ބައި" ގެ ވާހަކައެވެ. މަސައްކަތު މާހައުލުގައި ޮއންނަ މި ދަންނަވާ ސިޔާސީ ބަޔަކީ ސަރުކާރުގެ ތެރޭގައާއި ސިޔާސީ ޕާރޓީތަކުގެ މެދުގައި ހިނގާ ސިޔާސީ ކަންކަންފަދަ ކަންކަމެއް ނޫނެވެ. އެހެން ނަމަވެސް މިއީ ވެސް ވަކިން

ތާހިރު، ވަކީން ސަހަލުކަމެއް ނޫނެވެ. ސަބަބަކީ މަސައްކަތު މާހައުލުގައިވެސް ބާރާއި ނުފޫޒް ހިންގުމުގެ ބައި ޮއންނަ ޮއތުމެވެ. އެހެންކަމުން، މަސައްކަތު

މާހައުލުގައި ސިޔާސަތު ހިނގާޮގތް އެ ތަނެއްގައި މަސައްކަތްކުރާ މުއައްޒަފުންނަށް އެނގިފައި ޮއތުމުން ފައިދާކުރާނެއެވެ. މަސައްކަތު މާހައުލުގައި ތިބާގެ ކުރިއެރުމާއި ތަރައްޤީ ބިނާވެފައިވަނީ އެކަމުގައި

ބައިވެރިވުމާއި ނުވުމުގެ މައްޗަށެވެ. ބައެއް މުއައްޒަފުން ދެކޭޮގތުގައި ވަޒީފާ އަދާކުރުމުގައި ސިޔާސީ ވުމެއް ބޭނުމެއް ނޫނެވެ. އެހެން ނަމަވެސް، ސިޔާސީ ނުވެ ތިމާ މަސައްކަތް ކުރާ ތަނުގައި އެންމެ އެދެވޭ ކުރިއެރުމެއް ލިބިދާނެބާއެވެ. ސިޔާސީ ނުވެ

14

ތިމާގެ ހުނަރު ދައްކާލެވިދާނެބާއެވެ. ސިޔާސީ ނުވާ މުއައްޒަފުން ގިނަފަހަރު ތިބެނީ ބާކީކުރެވިފައެވެ. މިއީވެސް ހަޤީޤަތެވެ. ޤަބޫލުކުރަން ޖެހޭ ޙަޤީޤަތެވެ. ވަކި މީހަކު އަމިއްލަ އެދުން ކުރިއަށް ނެރެގެން މަސައްކަތްކުރަނީ ނަމަ

މަސައްކަތު ވެށި ސިޔާސީވެގެން ޮގސް މުޅި މާހައުލު ހަރާބުވެގެން ދެއެވެ. މަސައްކަތު މާހައުލުގައި ތިމާއަށް ހަވާލުކުރެވިފައިވާ މަސައްކަތް ކުރުމަށް ބޭނުންވާ ވަސީލަތާއި ނުފޫޒު ޯހދުމަށް ހިކްމަތާއި ވިސްނުންތެރިކަމާއެކު ކުޅެގެން ނޫނީ މި ކަންކަމެއް ޯހދައެއް ނުގަނެވޭނެއެވެ. އެހެން މީހުންގެ ފަރާތުން ލިބެންޖެހޭ އެއްބާރުލުން ޯހދުމަށް އެންމެ ފަސޭހަވާނީ ދޭންޖެހޭ އިހްތިރާމު ދީގެންނެވެ. ދަމަހައްޓަން ޖެހޭ ގުޅުންތައް ދަމަހައްޓައިގެންނެވެ.

މަސައްކަތު މާހައުލުގައި އެންމެންގެ އިހްތިރާމް ލިބިގަންނަން ބޭނުން ނަމަ ބައެއް ކަންތައްތައް ކުރަން ޖެހެއެވެ. އޭގެ ތެރޭގައި އަންނަނިވި ކަންތައްތައް

ހިމެނެއެވެ. އެންމެ ފުރަތަމަ ކަމަކީ ތިމާ މަސައްކަތް ކުރާ ތަނުގައި ކަންކުރާޮގތް ދެނެގަތުމެވެ. ތަނުގެ މައިގަނޑު ފަލްސާއަކީ ޮކބައިޯތ

ދެނެގަތުމެވެ. އެ ފަލްސަފާގެ ފަހަތުގައި ޮފރުވިފައި ވާ ސަބަބުތަކަކީ ޮކބައިޯތ، އެ ފަލްސަފާގެ ބިންގަލަކީ ޮކބައިޯތ ދެނެގަތުމެވެ. ފާހަގަކުރެވެނީ ތިމާގެ

މަސައްކަތުން ނެރެވޭ ކުރު މުއްދަތުގެ ނަތީޖާޯތ ނޫނީ ދިގު މުއްދަތުގެ ނަތީޖާ ޯތ ދެނެގަތުމެވެ. އާންމުޮކށް ކުދި ވިޔަފާރިތަކުގައި ވެރިފަރާތުން ވިސްނާނީ ކުރުމުއްދަތުގެ ނަތީޖާއަށެވެ. ހަމައެއާއެކު، ނިންމުންތައް ނިންމަނީ ކިހިނެއްޯތ

ވެސް ދެނެގަންނާން ޖެހޭނެއެވެ. ނިންމުންތައް ނިންމާ އިރު ވެދާނެ ގެއްލުމަށް އެއްވެސް ވިސްނުމެއް އެކުލެވިގެންވޭޯތ ވެސް ދެނެގަންނާން ޖެހޭނެއެވެ.ދެވަނަ ކަމަކީ ތިމާ މަސައްކަތް ކުރާ ތަނުގައި އުޅޭ ބާރުގަދަ މީހުން

ދެނެގަތުމެވެ. އެމީހުން މުއާމަލާތް ކުރާޮގތް ދެނެގަނެ އެމީހުންގެ ގުޅުންތަކުގެ ވިޔުގަ ދެނެގަންނަން ވާނެއެވެ. އަދި އެމީހުން އާނބަސް ދެނީ ޮކންކަހަލަ

އަލީ ހާލިދު

މަސައްކަތުގެ ވެީށގައި ސިާޔީސ ވުން

Page 15: Sun Magazine 22

15

ކަމެއް ކުރުމަށް ހުށަހަޅާ ކަންކަމަކަށްޯތ ދެނެގަތުން ރަނގަޅުވާނެއެވެ.ތިންވަނަ ކަމަކީ ތަނުން އަލަށް ކުރަން ގަސްދުކުރާ

ކަންތައްތައް ދެނެގަތުމެވެ. އަލަށް ކުރަން ގަސްދުކުރާ ކަންކަމުގައި ތިމާގެ ހުނަރުވެސް އެއާއެކު ތަރައްގީކުރަންވާނެއެވެ. ތަނަށް ތައާރަފްކުރެވޭ އާ

ޓެކްޮނޮލޖީއާއި އާ ހިދުމަތުގެ ތަރުތީބުތަކަށް ތިމާ އަބަދުވެސް ހުންނަންވާނީ އަހުލުވެރިވެގެންނެވެ. ބޭނުމަކީ އެހެން ފަރާތެއްގެ އެހީތެރިކަމެއް ނުފޫޒެއް

ތިބާއަށް ޯފރުވުނަނުދިނުމެވެ. މިފަދަ ބަދަލުތައް ނޭނގޭނަމަ ތިބާ އުޅެންޖެހޭނީ އެހެންބައެއްގެ ހިޔާވަހިކަމުގެ ދަށުގައެވެ.

ހަތަރުވަނަ ކަމަކީ ކަންކަމުގައި ނަތީޖާ ދައްކައިދޭ މީހެއްގެ ޮގތުގައި ފާހަގަވުމެވެ. މިއަދުގެ ވާދަވެރި މާހައުލުގައި ހުސްއަނގަތަޅާ، ކަމެއްނުވާ މީހަކަށް ޖާގައެއް ޯނންނާނެއެވެ. ހުސްއަނގަ ތަޅައިގެން،

ވެރިންނަށް ވައިޖަހައިގެން އުޅޭމީހުން އެއީ ޮކންބައެއްކަން އެންމެންނަށް އެނގޭނެއެވެ. އެ މީހުންނަކީ އިހްތިރާމް ލިބޭނޭ ބައެއް ނޫނެވެ. މިފަދަ މީހުން

ފަހަނައަޅާ އެހެން މީހުން ކުރިއަރައި ޮގސްފައި ހުރި ކަމުގެ މިސާލުތައް އެތައް ތަނަކުން ފެންނަން ހުންނާނެއެވެ.

ފަސްވަނަ ކަމަކީ އެންމެންނަށް ވެސް އިހްތިރާމް ކުރުމެވެ. އެއްވެސް ފަރާތަކާ ހާއްސަ ޮގތްތަކެއް ބޭއްވުން ރަނގަޅެއް ނޫނެވެ. ހަމަ

މިޮގތަށް އެކުގައި މަސައްކަތްކުރާ މީހުންނާއި މެދުގައި ޯގސްޮކށް ކަންކުރުން ވެސް އެދެވިގެން ނުވެއެވެ. އެހެނީ ކާކު ގުޅިފައިހުރީ ކާކާ ކަމެއް އެއީ އެނގޭ ކަމެއް ނޫނެވެ. ތިމާ އެ މީހަކާ މެދު ޯގސްޮކށް މުއާމަލާތްކުރާ ފަރާތުގެ ނަފްރަތު އަންނާނީ ޮކންޮގތަކަށް، ކިހިނެއް، ޮކން އިރަކު، ކާކު

މެދުވެރިޮކށް ކަމެއް ނޭނގޭނެއެވެ. ހަވަނަ ކަމަކީ ވަކިބަޔަކާ ނުވަތަ ވަކި ގުރޫޕަކާ ޮބޑަށް ގުޅުން

ބަދަހިނުކުރުމެވެ. ވަކި ފެކްޝަނަކާއެކު ޮބޑަށް ގުޅުން ބަދަހި ކުރުމަކީ ވަގުތީ

ފައިދާތަކެއް ލިބިދާނެ ކަމެކެވެ. އެއީ އެމީހުންގެ ތާއީދުން ޮކންމެވެސް މިންވަރެއްގެ ނުފޫޒެއް ނުވަތަ ބާރެއް ލިބޭނެތީއެވެ. އެހެން ނަމަވެސް ދިގު މުއްދަތައް ބަލާއިރު މިކަހަލަ ގްރޫޕް ފެކްޝަންގެ މައްޗައް އަލަން

އުފެދޭ ވެރިންގެ ޓީމްގަދަވެގަންނާނެއެވެ. އެހެންކަމުން އެންމެ ފައިދާ ޮބޑީ މިކަހަލަ ގްރޫޕްތަކާ ފާލަންއަޅާފައި ޮއތުމެވެ. ހާއްޞަޮކށް ތިބާ ތަނުގައި

ދުވަސްޮކޅަކު ވަޒީފާގައި ހުރުމުގެ ނިޔަތެއް ޮއތްނަމައެވެ.ހަތްވަނަ ކަމަކީ ގަބޫލުކުރެވޭ ޮގތަށް މުއާމަލާތްކުރުމެވެ.

ތިބާގެ ހިޔާލާއި ހުށަހެޅުންތަކަށް ސަމާލުކަން ޯހދުމަށްޓަކައި ހުށަހެޅުންތައް ހުށަހަޅަންވާނީ ވަރަށް ހަރުދަނާ މައުލޫމާތުގެ މަތީގައެވެ. އެއިރުން އެކަމާ މެދު އިތުރު ބަހުސްތަކަކަށް ނުޮގސް ފަރުޖެހޭނެއެވެ. އަދި ވެރިންނަށް

ތިބާގެ ހުށަހެޅުން ގަބޫލުކުރަން ފަސޭހަވާނެއެވެ. ޮމޅެތި ސިޔާސީ ބޭފުޅުން މެސެޖްދޭނީ ރަނގަޅަށް ތައްޔާރުވެގެން އަދި އެ ޯއޑިއަންސަކާ

އެ ބޭފުޅުން މުޚާތަބުކުރައްވާ ޯއޑިއަންސްއަކާ ގުޅޭޮގތަށެވެ. މިއީ ކަންކަން ހުށަހެޅުމުގައި ވިސްނުން ބަހައްޓަން ރަނގަޅު މަގެކެވެ.

އަށްވަނަ ކަމަކީ ތިމާގެ އަމިއްލަ ނަފްސަށް ތެދުވެރިވުމެވެ. މަސައްކަތު ވެށި ރަނގަޅަށް ދެނެގަތުމަށްފަހު، ތަނުގައި ކަން

ހިނގަމުންދަނީ ތިބާގެ ވިސްނުމާއި ފިކުރުތަކާ ގުޅޭޮގތަކަށް ނޫންކަމާއި، މި ވެށީގައި ހިފަހައްޓާނުލެވިދާނެ ކަމަށް ބިރުހީވާ ނަމަ އެހެން ތަނަކަށް ބަދަލުވާށެވެ. އާންމުޮކށް ނޫނަސް ބައެއް މަސައްކަތުވެށިތަކަކީ އާންމު އުސޫލުތަކުގެ ބޭރުން ޮދގުވެރިކަމާއި ހީލަތްތެރިކަމުގެ ބޭނުންކުރެވޭ

ތަންތަނެވެ. މިފަދަ މާހައުލެއްގައި ކުރިއަށް ދިއުމަށް ހޭޯބނާރާ މަސައްކަތްކުރުމަކީ ފައިދާހުރިކަމެއް ނޫނެވެ.

މަސައްކަތުގެ ވެީށގައި ސިާޔީސ ވުން

Page 16: Sun Magazine 22
Page 17: Sun Magazine 22
Page 18: Sun Magazine 22

12

5

ސަން އެފްއެމް އެޯވޑްސް 2010ގެ ޝަހުސިއްޔަތުން އަހަރުގެ އެންމެ މަގުބޫލު ވިޔަފާރި ޝަޚުސިއްޔަތަކަށް ޮހވުނު އަލީ މަނިކު )ޓެޕްޯކން އައްޔަ( އަށް ސަން އެފް އެމްގެ ޗެއާމަން އަހުމަދު ސިޔާމް .1

މުހައްމަދު އެޯވޑް ދެއްވަނީ

އަހަރުގެ އެންމެ މަގުބޫލު އަންހެން، ކުޅިވަރު ޝަޚުސިއްޔަތަކަށް ޮހވުނު ޢާއިޝަތު ނާޒިމާ އަށް ސަން އެފް އެމްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު .2

އެޯވޑް ދެއްވަނީ

އަހަރުގެ އެންމެ މަގުބޫލު ފިރިހެން ލަވަކިޔުންތެރިޔާ އަށް ޮހވުނު ޢަބްދުهللا ޝައްފާނަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު .3

އެޯވޑް ދެއްވަނީ

އެންމެ މަގުބޫލު އެކްޓްރެސް އަކަށް ޮހވުނު މަރިޔަމް އަފީފާ އަށް ސަން އެފް އެމްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އެޯވޑް ދެއްވަނީ .4

އަހަރުގެ އެންމެ މަގުބޫލު ފިރިހެން، ކުޅިވަރު ޝަޚުސިއްޔަތަށް ޮހވުނު ޢަލީ އަޝްފާގު )ދަގަނޑޭ( އަށް ސަން އެފް އެމްގެ ޗެއާމަން އަހުމަދު ސިޔާމް .5

މުހައްމަދު އެޯވޑް ދެއްވަނީ

އެންމެ މަގުބޫލު ޝަޚުސިއްޔަތަކަށް ޮހވުނު އަހުމަދު ތަސްމީނު ޢަލީ އަށް ސަން އެފް އެމްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އެޯވޑް ދެއްވަނީ .6

އަހަރުގެ އެންމެ މަގުބޫލު އިޖުތިމާއީ ޝަޚުސިއްޔަތަކަށް ޮހވުނު ގާސިމް އިބްރާހީމަށް ސަން އެފް އެމްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އެޯވޑް .7

ދެއްވަނީ

އަހަރުގެ އެންމެ މަގުބޫލު އެކްޓަރަކަށް ޮހވުނު މުހައްމަދު ޢަބްދުهللا )މުހައްމާ( އަށް ސަން އެފް އެމްގެ ޗެއާމަން އަހުމަދު ސިޔާމް މުހައްމަދު އެޯވޑް .8

ދެއްވަނީ

އަހަރުގެ އެންމެ މަގުބޫލު އަންހެން ލަވަކިޔުންތެރިޔާ އަށް ޮހވުނު މަރިޔަމް އުނޫޝާ އަށް ނައިބު ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު .9

އެޯވޑް ދެއްވަނީ

Page 19: Sun Magazine 22

19

234

7 6

98

Page 20: Sun Magazine 22

20

އެލައިޑް އިންޝުރަންސް ޮކންޕެނީ ޮއފް ދަ ޯމލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ

މުހައްމަދު ޝަފާޒް އެޯވޑާ ހަވާލުވެވަޑައިގަންނަވަނީ

އައިލެންޑް ބެވަރޭޖަރސް ޯމލްޑިވްސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖަރ، ސޭލްސް އެންޑް މާކެޓިން

މުހައްމަދު ޝިފާގު އެޯވޑާ ހަވާލުވެވަޑައިގަންނަވަނީ

ޮސނީ ހާޑް ވެއާގެ އެސިސްޓެންޓް މެނޭޖަރ މާކެޓިން މުހައްމަދު އަބުރާރް އެޯވޑާ

ހަވާލުވެވަޑައިގަންނަވަނީ

މާލޭ އެރޭޓެޑް ޯވޓަރ ޮކމްޕެނީގެ ޖެނެރަލް މެނޭޖަރ، ސޭލްސް އެންޑް މާކެޓިން، ދިލިޕަން އެޯވޑާ

ހަވާލުވެވަޑައިގަންނަވަނީވަތަނިއްޔާ ޓެލެޮކމްގެ ސީނިއަރ އެގްޒެކެޓިވް، ޑިޖިޓަލް މީޑިއާ އަހުމަދު ޒަރީރު އެޯވޑާ

ހަވާލުވެވަޑައިގަންނަވަނީ

ދިރާގުގެ ހެޑް ޮއފް މާކެޓިން އަހުމަދު މައުމޫނު އެޯވޑާ ހަވާލުވެވަޑައިގަންނަވަނީ

ޕޭން ޯއޝަންސް އިންޓަރނޭޝިނަލް ޕްރައިވެޓް ލިމިޓެޑްގެ ޖެނެރަލް މެނޭޖަރ މުހައްމަދު ޝަރީފު

އެޯވޑާ ހަވާލުވެވަޑައިގަންނަވަނީ

ބީ އެޗް އެމް ޓްރޭޑަރސްގެ ބިޒްނަސް ޑިވެޮލޕްމަންޓް މެނޭޖަރ، އިބްރާހިމް މައުމޫން އެޯވޑާ

ހަވާލުވެވަޑައިގަންނަވަނީ

ސަން އެފްއެމް ބިޒްނަސް ރިލޭޝަންޝިޕް އެޯވޑްސް 2010

Page 21: Sun Magazine 22

21

ޢަލީހުސެއިން، ހދ. ޮނޅިވަރަމް

މަރިޔަމް ޒޫނާ، ހަ. ފިއްލަދޫ މުހައްމަދު ވަހީދު، މާލެ

ސަން އެފްއެމް އެޯވޑްސް 2010ގެ އެންމެ މަގުބޫލު ތިން އެހުންތެރިން

Page 22: Sun Magazine 22

ކައުންޓްލައިންގެ ޗީފް އެގްޒެކެޓިވް

ޮއފިސަރ، އަލީ ފަހުމީ އެޯވޑާ

ހަވާލުވެވަޑައިގަންނަވަނީ އަދި

ތިރީގައި ސަން އެފް އެމްގެ

އެންމެ މަގުބޫލް މުވައްޒަފު

ސާއިދު އަހުމަދަށް ސަން

ޮހޓެލްސްގެ ޖެނެރަލް މެނޭޖަރު

އެޗް އާރް މުހައްމަދު އަނީސް

ހަނދާނީ ފިލާ ދެއްވަނީ

Page 23: Sun Magazine 22

23

Page 24: Sun Magazine 22

24

Page 25: Sun Magazine 22

ދުނިޔޭގެ މޮބައިލް ފޯން ާމކެޓް ާގތްގަނޑަކަށް 20

ޕަސެންޓް ފުާޅވެއްޖެ

މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ޮމބައިލް ޯފނުގެ ބާޒާރު 19.8 ޕަސެންޓަށް ފުޅާވެފައި ވާ ކަމަށް އިންޓަރނޭޝަނަލް ޑޭޓާ

ޯކރޕަރޭޝަން )އައިޑީސީ( އިން ހާމަޮކށްފިއެވެ. ޮމބައިލް ޯފނުގެ ބާޒާރު މިހާ ޮބޑަށް ފުޅާވެގެން ދިޔުމުގެ އެންމެ ޮބޑު އެއް ސަބަބެއް ކަމަށް ބެލެވެނީ ސްމާޓްޯފނުގެ

ވާދަވެރިކަމާއެކު ބާޒާރަށް އައިސްފައި ވާ ކުރިއެރުމެވެ. އައިޑީސީން ބުނާޮގތުގައި މި އަހަރުގެ ފުރަތަމަ ހަތަރު މަސް ދުވަހުގެ ތެރޭގައި ދުނިޔޭގެ ޮމބައިލް ޯފން ވިއްކާ ފަރާތްތަކުން 371.8 މިލިއަން ޯފނު ވިއްކާފައި ވެއެވެ. މި ދިޔަ އަހަރުގެ ފުރަތަމަ

ހަތަރު މަސް ދުވަހުގެ ތެރޭގައި ވިކިފައި ވަނީ 310.5 މިލިއަން ޯފނެވެ.

މި މުއްދަތުގެ ތެރޭގައި ޮމބައިލް ޯފނުގެ ބާޒާރު އެ ސަރަހައްދުތަކެއްގައި އެންމެ ޮބޑަށް ފުޅާވެގެން ދިޔަ ސަރަހައްދުތަކަކީ ޖަޕާން ފިޔަވައި އޭޝިޔާގެ އެހެން ސަރަހައްދުތަކާއި ޕެސިފިކާއި، މެދުއިރުމައްޗާއި، އެފްރިކާއާއި ލެޓިން އެމެރިކާއެވެ. މި ސަރަހައްދުތަކުގައި ސްމާޓްޯފނުގެ އަގު މީހުންގެ އަތް ޯފރާ ފަށަށް އައުމަކީ ޯފނުގެ

ވިޔަފާރިއަށް ދިރުން ގެނުވި އެންމެ ޮބޑު އެއް ސަބަބެވެ. މި މުއްދަތުގެ ތެރޭގައި އެ ކުންފުނިތަކެއްގެ ޯފން އެންމެ ގިނައިން ވިކިފައިވާ ކުންފުނިތަކުގެ ތެރޭގައި ޮނކިއާ،

ސެމްސުންގ، އެލްޖީ، އެޕަލް، އަދި ޒެޑްޓީއީ ހިމެނެއެވެ. މީގެ އިތުރުން މައިކްޯރމެކްސް، ޓީސީއެލް-އަލްކަޓޭލް، ހުވާއީ ވެސް ވަނީ ގިނަ އަދަދަކަށް ޯފނު ވިއްކާފައެވެ.

2016 ވަނަ އަހަާރ ހަމަޔަށް 44 ބިލިއަން މޮބައިލް

އެޕްސް ޑައުންލޯޑްކުރެވޭނެ!

އޭބީއައި ރިސާރޗުން ހާމަކުރާ ޮގތުގައި ދުނިޔޭގެ ޮމބައިލް ޯފން އެޕްލިކޭޝަން އިންޑަސްޓްރީ ދަނީ ހަލުވިކަމާއެކު ފުޅާވަމުންނެވެ. މިހާރު ޮމބައިލް ޯފން އެޕްލިކޭޝަންސް ޑައުންޯލޑް ރޭޓް މިހުރި ޮގތަށް ހުރެއްޖެ ނަމަ، 2016 ވަނަ އަހަރާ ހަމަޔަށް ދާ އިރު 44 ބިލިއަން

ޑައުންޯލޑްސް ކުރެވިފައި ވާނެ ކަމަށް ވެސް އޭބީއިން ބުނެއެވެ. އޭބީއިން ހާމަކުރާ ޮގތުގައި އެންޑްޮރއިޑާއި ވިންޯޑވސް 7 އެޕްލިކޭޝަންތައް ދަނީ ހަލުވިކަމާއެކު އެޕަލްގެ ފަހަތުން އަރައި

ހަމަކުރަމުންނެވެ. "މިހާރު ޮމބައިލް އެޕްލިކޭޝަންސް ބާޒާރުގައި ލިބެން ހުރި ގިނަ ވައްތަރުތަކާއި، ކަސްޓަމަރުންގެ ޝައުގާއި ޑިމާންޑްތައް ހުރި

ޮގތަށް ބަލާ އިރު، ޮމބައިލް އެޕްލިކޭޝަންސް އުފައްދާ ފަރާތްތަކާއި އެޕްލިކޭޝަން ސްޯޓރތަކުން ޖެހެނީ ވަރަށް ޮބޑަށް އުފެއްދުންތެރި ޚިޔާލާއި އާ ޮގތްތައް ބޭނުންކުރަމުން ގެންދަން." ސިންގަޯޕރުގައި

ހުންނަ އޭބީއީގެ ރިސާރޗް އެނަލިސްޓް ފެއި ފެންގް ސީޓް ވިދާޅުވިއެވެ. އޭނާ ވިދާޅުވިޮގތުގައި މި ޗެލެންޖްތަކާ ކުރިމަތިލެވޭ

ފެންވަރު އެ ފަރާތްތަކުގައި އެބަ ހުރި ކަމަށް ބެލެވެއެވެ.

Page 26: Sun Magazine 22

26

އަބްދުهللا ޝިނާންސިޔާސީ މައިދާނުގައި ދާއިމީ އެކުވެރިއެއްވެސް އަދި ދާއިމީ

ހަތުރެއް ވެސް ނުހުންނާނޭކަން މިއީ ސިޔާސީ ޮގތުން ތަސައްރަފު ފުދިފައި ހުރި ޮކންމެ މީހަކު ވެސް ދަންނާނޭ ހަޤީގަތެކެވެ. މިއީ ސިޔާސީ ޮގތުން

އަޅުގަޑުމެން ކަހަލަ ޅަ ސިކުނޑިތަކަކަށް ނަގައި ގަންނަން އުދަގޫ ކަމަކަށް ވެދާނެއެވެ. އަދި ގަބޫލުކުރަން ވެސް ދަތި ކަމަކަށް ވެދާނެއެވެ.

އެކަމަކު މިއީ ހަޤީގަތެވެ. ދުނިޔޭގެ ތަރައްޤީވެފައި ތިބި ޤައުމުތަކާއި ތަރައްޤީވަމުން

އަންނަ ޤައުމުތަކާއި އެންމެ ކުޑަޮކށް ތަރައްޤީވެފައިވާ ޤައުމުތަކުންވެސް މި ޙަޤީގަތް މިދަނީ ފެންނަމުންނެވެ. މީގެ އަލިގަދަ ދަލީލަކީ ބަރުލަމާނީ

ވެރިކަމުގެ ނިޒާމެއް ޤާއިމުވެފައިވާ އިނގިރޭސި ވިލާތުގެ ލޭބަރ ޕާޓީ ތެރޭގައި ހިނގާދިޔަ އަރާރުމާއި ބައިބައިވުމެވެ. އޭރު ސަރުކާރު ހިންގާ ލޭބަރ ޕާޓީގެ އެންމެ މަގްބޫލު ދެބޭފުޅުން ކަމުގައިވާ އޭރުގެ

ޗާންސެލާރ ޮއފް ދި އެކްސްޗެކަރ އަދި ފަހުން ޮބޑުވަޒީރުކަން ވެސް ކުރެއްވި ޯގރޑަން ބްރައުނާއ، އޭރުގެ ޕްރައިމް މިނިސްޓަރ ޯޓނީ

ބްލެއަރގެ އަރާރުމެވެ. މި ދެބޭފުޅުންނަކީ 18 އަހަރަށް ފަހު ލޭބަރ ޕާޓީއަށް ރައްޔިތުންގެ ތާއީދު ޯހދައި ދިނުމަށްޓަކައި ނީލް ކިޮނކް ފެއްޓެވި އިސްލާޙީ މަސައްކަތްތައް ފުރިހަމަ ކުރުމުގައި މުހިންމު

ދައުރެއް އަދާކުރެއްވި ދެބޭފުޅުންނެވެ. ވަރަށް ގާތް ވަރަށް އެކުވެރި ދެބޭފުޅުންނެވެ. އެ ދެބޭފުޅުންގެ ޒައާމަތުގައި، 1997 ވަނަ އަހަރު "ނިއު ލޭބަރ" ގެ ނަމުގައި ލޭބަރ ޕާޓީ ރީބްރޭންޑްޮކށް މިހާތަނަށް

އެޕާޓީގެ ތާރީހުގައި ނުދެކޭފަދަ ފުރިހަމަ ކެންޕެއިނެއް ކުރައްވައި މުޅި އިނގިރޭސި ވިލާތް ސިއްސުވަލިއެވެ. ޮކންޒަރވޭޓިވް ޕާޓީގެ 18 އަހަރު ވީ ދިގު ވެރިކަން މި ޒުވާން ދެ ލީޑަރުންގެ މަސައްކަތުން ނިމުމަކަށް އައެވެ. އެންމެންވެސް ބުނަމުން އައި ޮގތުން ޯޓނީ ބްލެއަރަށް ފަހު ލޭބަރ ޕާޓީގެ ޒައާމަތާ ހަވާލުވާން އެންމެ އެކަށީގެންވާ ބޭފުޅަކީ ޯގރޑަން ބްރައުނެވެ. ބްރައުން އެ މަޤާމަށް ތައްޔާރުވެވަޑައިގެން

ހުންނަވާތާ އެތައް އަހަރެއް ވީ އިރުވެސް އެކަމަށް ބްލެއަރ އިޖާބަދެއްވި ތަނެއް ނުފެނުނެވެ. 9 އަހަރު ވަންދެން ޮބޑުވަޒީރުކަން ކުރެއްވި

އިރުވެސް ޯޓނީ ބްލެއަރގެ "ވެރިކަމުގެ އަލާ" ނުކެނޑުމުގެ ނަތީޖާއަކަށްވީ ދެ މިތުރުން ދެ ހަތުރުންނަށް ބަދަލުވެގެން ދިޔުމެވެ.

ބްލެއަރާއި ބްރައުންގެ ގުޅުން ޯގސްވުމުގެ ސަބަބުން ދޭތެރެ ދޭތެރެއިން ބްރައުންވަނީ ޯޓނީ ބްލެއަރ ރިޔާސަތު ބަލަހައްޓަވާ

ޖަލްސާތަކަށް ވަޑައިގަންނަވަން ދެޮކޅުހައްދަވާފަ އެވެ. ދާދި ފަހުން ބްލެޔަރ ނެރުއްވި ޮއޯޓބަޮޔގްރަފީ "އަ ޖާރނީ" ގައި ލިއުވާފައިވާ ޮގތުން ބައެއް ފަހަރު ކެބިނެޓް ބައްދަލުވުންތަކުގައި ވަޒީރުންގެ ހާޒިރުގައި ވެސް

ބްރައުން ޯކފާވެ، ބްލެއަރާ ދިމާލަށް އަޑުގަދަކުރައްވާފައިވައި ވެއެވެ. އަދި ބްލެއަރ ފާހަގަކުރައްވާފައި ވާޮގތުން ބްރައުންއަކީ "މުސީބާތަކަށް"

ވާނެކަމަށް އޭނާއަށް ކުރީންވެސް ވިސްނިވަޑައިގެންފައި ވެއެވެ. ދެބެފުޅުންގެ ހަނގުރާމަ ގަދަވެގެން އެންމެ ފަހުން 2007 ވަނަ އަހަރުގެ ޖޫން މަހު

ބްލެއަރ ޮބޑުވަޒީރުކަމުން އިސްތިއުފާ ދެއްވިއެވެ. އަދި އޭގެފަހުން ބްރައުން

ާދއިީމ އެކުވެރިން، ާދއިީމ ހަތުރުން ޮބޑުވަޒީރުކަމާ ހަވާލުވެވަޑައިގަތެވެ. މިއަދާ ހަމައަށްވެސް މި ދެބޭފުޅުންނަކީ ޮބޑު

ދެ ހަތުރުންނެވެ. މިއީ ތަރައްޤީވެފައިވާ ޤައުމެއްގެ ވާހަކައެވެ. ދެން ތަރައްޤީވަމުން އަންނަ އޭޝިޔާގެ ޤައުމަކަށް ބަލާލަމާ ހިންގަވާށެވެ. އޭޝިޔާގެ ވަރުގަދަ އިޤްތިޞާދީ ބާރެއް ކަމުގައިވާ މެލޭޝިޔާގެ ވާހަކަ އައްސަވާށެވެ.

މެލޭޝިޔާ އިޤްތިޞާދީ ބާރަކަށް ވުމުގެ ހަޤީޤީ މޭސްތިރިއަކީ ކުރީގެ ޮބޑުވަޒީރު

މަޙާޟިރު މުޙައްމަދެވެ. މަޙާޟިރުގެ ޮބޑުވަޒީރުކަމުގެ ދުވަސްވަރުގައި )ޑރ. މަޙާޟިރު މުހައްމަދު މެލޭޝިޔާގައި 22 އަހަރު ވެރިކަން ކުރެއްވިއެވެ( އޭނާ

އެންމެ އިތުބާރު ކުރެއްވި އެއް ބޭފުޅަކީ އޭނާގެ ޑެޕިއުޓީ އަންވަރު އިބްރާހިމެވެ. މަޙާޟިރުގެ ވެރިކަން ނިމުމަކަށް ގެންނެވުމަށްޓަކައި އަންވަރު ރޭއްވެވުންތަކެއް ރޭއްވެވިއެވެ. ނަމަވެސް މަޙާޟިރަކީ ސިޔާސީ ޮގތުން ހުޝިޔާރު ބޭފުޅަކަށް ވުމުން އަންވަރުގެ ރޭއްވެވުންތައް ކާމިޔާބުވާ ޮގތެއް ނުވިއެވެ. ޮބޑުވަޒީރެއްގެ

ހައިސިއްޔަތުން މަޙާޟިރަށް ލިބިވަޑައިގެންފައި ޮއތް ބާރުތައް ބޭނުންކުރައްވައި، އަންވަރު އިބްރާހިމްގެ މައްޗަށް ޮކރަޕްޝަނާއި ބަދުއަހުލާގީ މައްސަލަތަކެއް އުފުލައި،

އެންމެ ފަހުން އޭނާގެ މައްޗަށް ޖަލު ހުކުމެއް އައެވެ. މަޙާޟިރުގެ ވެރިކަން އަބްދުهللا ބަދާވީއާ ހަވާލުކުރެއްވި އިރުވެސް އަންވަރު ހުންނެވީ ބަންދުގައެވެ.

މިނިވަންވެވަޑައިގަތީ އޭގެ ފަހުންނެވެ. މިއަދު މަޙާޟިރާ ދެޮކޅަށް އެންމެ ގަދައަށް އަޑުއުފުއްލަވާ އެއް ބޭފުޅަކީ، އެންމެ ޮބޑު އެއް ހަތުރަކީ ކުރީގެ މިތުރު، އަދި އަޚް

Page 27: Sun Magazine 22

27

އަންވަރު އިބްރާހިމެވެ. ދެން ޮއތީ އެންމެ ކުޑަޮކށް ތަރައްޤީވެފައިވާ ގައުމުތަކުގެ ވާހަކައެވެ. އަޅުގަޑުމެންގެ ދިވެހިރާއްޖެ ކަހަލަ ތަންތަނުގެ ވާހަކައެވެ. އަޅުގަޑުމެންގެ މި ކުޑަކުޑަ ސިޔާސީ މައިދާނުގައިވެސް ކަން ހިނގަނީ

ހަމަ މިޒާތަށެވެ. މިއީ ޮފރުވެން ނެތް ފުހެލަން ދަތި ތާރީޚީ ހަޤީޤަތްތަކެވެ. މިކަހަލަ ހަޤީޤަތްތައް ބައިވަރެވެ.

މީގެ އަހަރުތަކެއް ކުރިން ދިވެހި ރާއްޖޭގެ އޭރުގެ ރައީސް އަލްއުސްތާޛު މައުމޫން އަބްދުލް ޤައްޔޫމް އެންމެ އިތުބާރު ކުރެއްވި

އެއް ބޭފުޅަކީ އެންދެރިމާގޭ އިލްޔާސް އިބްރާހިމެވެ. މި ދެންނެވި ބަހުގެ ހެއްކެއްގެ ޮގތުގައި އިލްޔާސް އިބްރާހިމްގެ އަތްޕުޅުގައި މުޅި ދިވެހިރާއްޖޭގެ

ދިފާއީ ބާރު، ސިފައިންގޭގެ ވެރިކަން ޮއތުން ފުދެއެވެ. އިލްޔާސް އިބްރާހިމަށް ވެރިކަމުގައި ހުރި މީރުކަމުގެ ހުވަފެންތައް ފެނިވަޑައިގެން، މި ޤައުމުގައި ވެރިކަން ކުރެއްވުމުގެ އެދުންފުޅު އޭނާގެ ކިބައިގައި އުފެދުނެވެ. ނަމަވެސް މައުމޫނު ހުންނެވީ ވެރިކަން ދޫޮކށްލައްވާކަށް ނޫނެވެ. އިލްޔާސް ގެންދެވީ ވެރިކަމުގެ

ޮގނޑިއަށްޓަކައި ހެއްދެވެން ހުރި

ހުރިހާ މަންތަރުތަކެއް ހައްދަވަމުންނެވެ.

ނަމަވެސް އިލްޔާސްގެ މަންތަރުތައް

ކާމިޔާބެއް ނުވިއެވެ. ސިޔާސީ އިލްމުވެރިން

ވިދާޅުވަނީ "ދަ ފިޓެސްޓް ވިލް ސަރވައިވް"

އެވެ. މާނައަކީ ޤާބިލިއްޔަތުކަން

އެންމެ ޮބޑަށް ހުރި މީހަކު ކާމިޔާބީގެ

އައްސޭރިއަށް ދާނެޔޭއެވެ. އެ

އުސޫލުން އެއިރު ކާމިޔާބު ޯހއްދެވީ

މައުމޫނެވެ. އިލްޔާސަށް ޖެހުނީ

ގިއްގެޅުވިގެން ދާށެވެ. އޭގެ ފަހުން އިލްޔާސްގެ ސިޔާސީ ކެރިއަރަށް ޙަޤީޤަތުގައި ހިންދެމިއެއްނުލެވުނެވެ. އެއްއިރެއްގައި އިލްޔާސަކީ މައުމޫން އެންމެ އިތުބާރުކުރެއްވި އިހްލާސްތެރި މިތުރާއެވެ. ނަމަވެސް

އެހަގީގަތް ބަދަލުވީއެވެ. މައުމޫނުގެ ވެރިކަން 2008 ވަނަ އަހަރު ނިމިގެން ދިޔައިރު ވެސް އިލްޔާސް ހުންނެވީ އޭނާގެ ރަން ޒަމާނާ އަޅާބަލާ އިރު

ސިޔާސީ ޮގތުން ނިކަމެތި ބޭފުޅެއްގެ ޮގތުގައެވެ. 4 ސެޕްޓެންބަރ 2004 ވަނަ ދުވަހުގެ ރޭ އިމާދުއްދީން ސްކޫލްގައި އެމްޑީޕީގެ މެންބަރުންނާ މުހާތަބުކުރައްވައި އިބްރާހިމް އިސްމާއިލް )އިބްރާ( ވިދާޅުވިއެވެ. "ދެން އަޅުގަޑު ކިޔާނީ އަންނި.

ނަޝީދުއެކޭ ނުކިޔާނަން. ގާތް ރައްޓެއްސެއް. ކުޑައިރުއްސުރެ ގާތްރައްޓެއްސެއް." މިއީ އޭރުގެ އެމްޑީޕީގެ ޗެއަރޕާރސަން އަދި މިހާރު ރައީސް ނަޝީދުއާއި އިބްރާހިމް އިސްމާއީލްގެ ގާތްކަން ހާމަކުރައްވަން

ވެގެން އޭނާ ވިދާޅުވި ބަސްފުޅުތަކެކެވެ. ނަމަވެސް އެ ގާތްކަން

ދެޮކޅުވެރިކަމަށް ފުޮރޅުނު ޮގތް ތާރީޚުން އެ ޮއތީ ރީތިޮކށް ފެންނާށެވެ. އެ ދުވަސް ހަނދާނަށް ގެންނަމާ ހިންގަވާށެވެ. ޕާޓީގެ އޭރުގެ ޗެއަރޕާރސަން، މިހާރުގެ ރައީސް ނަޝީދު އޭރު ހުންނެވީ ބަންދުގައެވެ. ޕާޓީގެ ރައީސް އިބްރާހިމް އިސްމާއިލް އިބްރާ ހުންނެވީ ޕާޓީގެ ކަންކަން ހިންގެވުމުގައި

އެންމެ އިސް ބޭފުޅެއްގެ ޮގތުގައެވެ. ޕާޓީގެ އޭރުގެ އަސާސީ ގަވާއިދުގައި ޕާޓީގެ ރައީސަށް ވަރަށް ސަރީހަޮކށް ލިބިދީފައި ޮއތް ބާރެއް ބޭނުންކުރައްވާން

ޗެއަރޕާރސަން ނަޝީދު މަސައްކަތް ކުރެއްވިއެވެ. އެ މަސައްކަތް ވެގެން ދިޔައީ އައްނިއާއި އިބްރާގެ އެކުވެރިކަން ނިމިދިޔުމުގެ ފެށުން ކަމުގައެވެ.

މާފަންނު ޔާގޫތުގޭގައި ބަންދުކުރެވިފައި ހުންނެވި އެމްޑީޕީގެ ޗެއަރޕާރސަން ނަޝީދު ބޭނުންފުޅުވީ ކައުންސިލުގެ ބައްދަލުވުންތައް އޭނާގެ ރިޔާސަތުގެ ދަށުން އޭނާ އެ ގެއެއްގައި ބަންދުގައި ހުންނެވި ޔާގޫތުގޭގައި

ބޭއްވުމަށެވެ. ނަމަވެސް ޕާޓީގެ ރައީސް އިބްރާ ބޭނުންފުޅުވީ އޭނާގެ ރިޔާސަތުގައި އޭނާ ކަނޑައަޅުއްވާ ތަނެއްގައި ބައްދަލުވުންތައް ބާއްވާށެވެ. މިޮގތުން ދެ

ބޭފުޅުންގެ މެދުގައި ވާދަވެރިކަން ޮބޑުވެ ހުތުރު އަމަލުތައް ހިނގައިގެން ދިޔައެވެ. އެޮގތުން، ބައްދަލުވުންތައް ޔާގޫތުގޭގައި ބޭއްވި، އެ ބައްދަލުވުންތަކަށް އިބްރާ

ވަޑައިގަންނަވާ ގަޑިޔަށް ޔާގޫތުގޭގެ ލިފްޓުން ކަރަންޓުކަނޑާލާފައި ހުރުން ކަހަލަ ކަންތައްތައް ވެސް ހިނގި ކަމަށް ޕާޓީގެ ބައެއް އިސް ބޭފުޅުން ވިދާޅުވެފައި

ވެއެވެ. މި ހުރިހާ ކަމަކާ އެކު ދެ ބޭފުޅުންގެ މެދުގައި ހޫނު ބަސްތައް ބަދަލްކުރެވި ޮކންމެ ބޭފުޅަކު ވެސް އެ ބޭފުޅެއްގެ ދިފާއުގައި ބަޔާންތައް

ދެއްވަމުން ގެންދެވިއެވެ. އާހިރު ނަތީޖާއަކަށް ވީ އެމް.ޑީ.ޕީ.ގެ މެންބަރުންގެ ވަރަށް ފުރިހަމަ އަގުލަބިއްޔަތަކުން އިންތިހާބު ވެވަޑައިގެންފައި ހުންނެވި، ޕާޓީގެ

ފުރަތަމަ ރައީސް އިބްރާ މަގާމުން އިސްތިއުފާދެއްވަން ޖެހުމެވެ. އިސްތިއުފާ ދެއްވި ސަބަބާމެދު ވާހަކަދައްކަވަމުން އިބްރާ ވިދާޅުވީ ޕާޓީގެ ފަރާތުން ލިބެން ޖެހޭ އެއްބާރުލުން ނުލިބުމުން ރައީސެއްގެ ހައިސިއްޔަތުން ދެން ކުރެވޭނޭ މާ

ޮބޑުކަމެއް ޮއތް ކަމަށް ނުފެންނާތީ އިސްތިއުފާ ދެއްވީ ކަމަށެވެ. އިބްރާ ހަމައެކަނި އިސްތިއުފާ ދެއްވީކީ ވެސް ނޫނެވެ. އެމްޑިޕީގައި

ތިއްބެވި އިބްރާގެ ވިސްނުމަށް ތާއީދުކުރައްވާ ބޭފުޅުންޮކޅަކާ އެކު ޕާޓީ ދޫކުރައްވައި، ޯޝޝަލް ލިބަރަލް ޕާޓީގެ ނަމުގައި އާ ޕާޓީއެއް އުފައްދަވައި،

އެންމެ ފަހުން ބޭއްވުނު ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދާ ވާދަ ވެސް ކުރެއްވިއެވެ. ނަމަވެސް މި ހުރިހާ ދެޮކޅުހެދުންތަކަކަށް ފަހު، ދެ ބޭފުޅުން އަނެއްކާވެސް "މިތުރުންނަށް" ވީއެވެ. މިހާރު އިބްރާ ހުންނެވީ

ރައީސުލްޖުމްހުރިޔާގެ ހާއްސަ މުޝީރުކަމުގެ މަގާމުގައެވެ. މިހާރު ޑީ.އާރު.ޕީ. ތެރެއިން މި ފެންނަ މަންޒަރުތަކަށް ބައްލަވާށެވެ. ރައީސް މައުމޫނު ސިޔާސީ ކަންކަމާ ދުރުވެވަޑައިގެން، އެމަނިކުފާނުގެ އިތުބާރާއި ޔަގީންކަން ދެއްވި ޑީ.އާރު.ޕީ.ގެ މިހާރުގެ ލީޑަރ ތަސްމީން އަލީ އާއި ދެމެދު ހިނގާ ސިޔާސީ ހަނގުރާމައަށް ބައްލަވާށެވެ. ޑީ.އާރު.ޕީ.ގެ ލީޑަރ ތަސްމީނަކީ ނިމި ދިޔަ ރިޔާސީ އިންތިހާބުގައި ރައީސް މައުމޫނުގެ ރަނިންގމޭޓެވެ. އަދި ވަޒީރުކަމުގެ އިތުރުން މައުމޫނުގެ ވެރިކަމުގެ އެތެރެޮކއިލުގައި އިސްބަސް

ވިދާޅުވި ބޭފުޅެކެވެ. މައުމޫނު ޑީ.އާރު.ޕީ.ގެ ލީޑަރުކަން ތަސްމީނަށް ދެއްވަން އާނބަސް ވިދާޅުވަންދެން ތަސްމީނު ފެންނަމުން ދިޔައީ ޒައީމާ ވަރަށް ގާތް،

ވަރަށް އިހްލާސްތެރި، ވަރަށް އެކުވެރި، ވަރަށް ތެދުވެރި ބޭފުޅެއްގެ ޮގތުގައެވެ. ނަމަވެސް ލީޑަރުކަން ލިބިވަޑައިގެންނެވުމަށްފަހު ތަސްމީން ޒައީމުގެ މަގުން ކަސިޔާރުވެވަޑައިގެންނެވިއެވެ. މިހާރު ދެ ބޭފުޅުންގެ ދެޮކޅުވެރިކަން ހުރި

މިންވަރުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ހަތަރުކަޅި ހަމަކުރައްވާން ވެސް ރުހިވަޑައިގަންނަވާނެޔޭ ހީއެއް ނުވެއެވެ. ނަމަވެސް މިއަދު އެއީ ދެ ހަތުރުންނެވެ.

ކުރީގެ މިތުރުން ކަމަށް ވިޔަސް، މިހާރު ޮބޑު ދެ ހަތުރުންނެވެ. މިކަހަލަ އެތަކެއް މިސާލުތަކެއް ދުނިޔޭގެ ތާރީހުން ދަނީ

ފެންނަމުންނެވެ. އަޅުގަނޑުމެންގެ ތެރެއިންވެސް މިފަދަ މިސާލުތައް މި ދަނީ ފެންނަމުންނެވެ. ސިޔާސީ މައިދާނުގައި ޙަޤީޤީ އެކުވެރިކަމަކަށް އުންމީދުކުރާނީ ޮމޔައިންނެވެ. ސިޔާސީ މައިދާނުގައި ދާއިމީ އެކުވެރިއެއް ވެސް އަދި ދާއިމީ

ހަތުރެއް ވެސް ނުހުންނާނެއެވެ. އެއީ މަކަރާއި ހީލަތުގެ މައިދާނެކެވެ.

Page 28: Sun Magazine 22

ބިހިނެގުމަކީ މީހުން ވަރަށް ލަދު ގަންނަ ކަމެކެވެ. މިއީ އަސްލު އިސްތަށީގެ ބުޑަށް ޖެހޭ ބައްޔެކެވެ. މިކަން އެއްމެ ފުރަތަމަ

ދިމާވަނީ ފުރާވަރަށް އަރައިގެން އަންނަ ދުވަސްވަރުުގައެވެ. އެކަމު މިކަމަކީ ގޭތެރެއިން ފަރުވާ ޯހދިދާނެ ކަމެކެވެ. ބާޒާރުގަ އެކިވައްތަރުގެ ބޭސް ހުއްޓަސް ގިނަފަހަރު ދިމާވާ މައްސަލައަކީ އެބޭސް ތައް އަގު ޮބޑުވުން ނޫނީ ތިމާގެ ހަމާގުޅޭ ބާވަތުގެ ބޭސް ޯހދަން ނޭނގުމެވެ.

ތަރުކާރީ އާއި މޭވާގެ ބާވަތްތައް ހަށިގަނޑަށް ބޭނުން ވާ ވަރަށް ކެއުމާއި، ހަމައަށް ނިދުން )ދުވާލަކު މަދުވެގެން 8 ގަޑި އިރު( އަދި ކަސްރަތު ކުރާކަމަށް ވަންޏާ ބިހިނެގުން ވަރަށް ޮބޑަށް ޮކންޓްޯރލް ކުރެވެއެވެ. މީގެ އިތުރުން މޫނު ސާފުޮކށް ބެހެއްޓުމަކީ ވަރަށް ޮބޑަށް

ބޭނުންތެރިކަމެކެވެ. ނިދުމުގެ ކުރިން މޫނު ރަނގަޅަށް ޮދވެ ސާފު ކުރަން ވާނެ އެވެ. މިޮގތުން ވަރަށް ވެސް މައިލްޑް ފޭސް ޮވޝް އެއް ބޭނުންކުރުން ރަނގަޅެވެ. ހެދުނު ހޭލާފަވެސް އެންމެ ފުރަތަމަ ކަމަކަށް

މޫނު ރަނގަޅަށް ޮދންނަން ވާނެ އެވެ.

މިންނު

މޫނުގައި ބިހިނެގުން ހުއްޓުވުމަށް ގޭ ތެރެއިން ބޭނުން ކުރެވިދާނެ ބައެއް ބާވަތްތައް:

ބޭކިން ޯސޑާ

ބޭކިން ޯސޑާ އަކީ ވަރަށް ގިނަ ޮކސްމެޓިކްސް ތަކުގަ ބޭނުން ކުރެވޭ މާއްދާ އެކެވެ. އެއް ސައިސަމުސާ ބޭކިން ޯސޑާ ދެ ސައިސަމުސާ ފެނުގަ މިކްސް ޮކށްލުމަށްފަހު ބިހި ތަކުގަ އުނގުޅާލާށެވެ. އަދި އެއް

މިނެޓް ފަހުން މަޑުމަޑުން ފުހެލާށެވެ. ދުވަސް ޮކޅަކު މި ބޭނުން ކުރަން ފެށުމުން ތަފާތު ފެންނަން ފަށާނެއެވެ.

ފެން

ފެނަކީ ބިހިނެގުމުގެ ކަންތަކަށް ފަރުވާ އެއްގެ ޮގތުން ގޭގައި އެއްމެ ގިނައިން ބޭނުން ކުރެވޭ އެއް ބާވަތެވެ. ފެނަކީ ހަމުގެ ޮކންމެ ކަމަކަށް ފަރުވާ އެކެވެ. ގިނައިން ފެން ބުއިމުން އެތެރެ ހަށި ޮބޑަށް ސާފުޮކށްދެ އެވެ. އޭގެ ސަބަބުން ހަން ރީތިވެ ސާފު

ވުމަށް އެހީތެރިވެ އެވެ. ޮބޑެތި މީހުން އެންމެ މަދުވެގެން ދުވާލަކު 8 ތަށި ފެން ޯބން ވާނެ އެވެ.

ޯޔގަޓް

ޯޔގަޓަކީ ހަށިގަނޑަށާއި ހަމުގެ އެކި މައްސަލަތަކަށް ބޭނުންވާ ނިއުޓްރިއަންޓްސް ހިމެނޭ އެއްޗެކެވެ. އެޮގތުން ހަށިގަނޑުގެ ދިފާއީ ނިޒާމު ވަރުގަދަ ޮކށްދީ ހަންގަނޑު އަވަހަށް ހީލް ޮކށްދޭ އެއްޗަކަށް ޯޔގަޓް ވަނީ ވެފަ އެވެ. ޯޔގަޓް މޫނުގަ މާސްކެއް ހެން ވެސް ބޭނުން ކުރެވިދާނެ އެވެ. އެކަމަކު އެންމެ ފައިދާ ޮބޑު ޮގތަކީ ޮކންމެ ދުވަހަކު ޯޔގަޓް

ތައްޓެެއް ކެއުމެވެ.

ލުޯބ

ލުޮބލަކީ ލަކުނު ފިލުވުމަށް ބޭނުންކުރެވިދާނެ ވަރަށް ރަނގަޅު އެއްޗެކެވެ. މޫނު ރަނގަޅަށް ޮދވެލާށެވެ. ލުނޯބހުތު ފަނި ތައްޓަކަށް ކަފަޮކޅެއް ލުމަށް ފަހު މަޑުމަޑުން މޫނުގައި ހާކާލާށެވެ. އަދި 10 މިނިޓް ފަހުން ރީތިޮކށް ޮދވެލާށެވެ. އެކަމަކު ލުނޯބ ބޭނުން ކުރުމުން ބައެއް މީހުންގެ ހަން ސެންސިޓިވް ވެ އެވެ. އެހެންވެ އައްވަށް

ނުކުންނަ ކަމަށް ވަންޏާ ސަން ކްރީމް އެއް މޫނުގަ ހޭކުން މުހިއްމެވެ.

ޮއލިވްސް ނުވަތަ ޒައިތޫނި ތެޮޔ

ބިހިނެގުމުން ހަންގަނޑުގެ ބާރު ދެރަވެ ހިކޭ ޮގތް ދިމާވެއެވެ. މިކަމަށް ދެވޭނެ ހައްލަކީ

ބިހި ނެގުން ހައްލު ކުާރީނ ކިހިނެއް؟

Page 29: Sun Magazine 22

ޒައިތޫނި ތެޮޔޮކޅެއް ހޭކުމެވެ. ޒައިތޫނި ތެލުގެ ސަބަބުން ހަންގަނޑު މަޑުވެ ޮމއިސްޗަރައިޒް ޮކށްދެއެވެ.

ޮޓމާޯޓ

މި ތަރުކާރީ އަކީ އަޅުގަނޑުމެން އެއްމެންގެ ގޭގަ ވެސް ހުންނަ ތަރުކާރި އެކެވެ. ޮޓމާޯޓއެއް ކުދި ޮފތި ޮފއްޗަށް ޮކށާލުމަށް ފަހު ބިހިމަތީގަ ބާއްވާލާށެވެ. ކުޑަ އިރުޮކޅަކު ބޭއްވުމަށް ފަހު ނަގާށެވެ. އަދި ބިހި މަދުވަންދެން ދުވާލަކު

ދެފަހަރު މި ޓްރީޓްމަންޓް ނަގާށެވެ.

މޭވާ

އެއްމެނަށްވެސް އެނގޭނެ ފަދައިން މޭވާ އަކީ ހަށިގަނޑަށް ވަރަށް ފައިދާ ހުރި ކާނާއެކެވެ. ހަންގަނޑު ރީތި ޮކށްދޭ ވިޓަމިން ސީ ވެސް އެންމެ ގިނައިން

ލިބެނީ މޭވާ އިންނެވެ. މޭވާ ކެއުމުގެ އިތުރުން އެކި މާސްކް ހަދައިގެންނާއި

ވަކިންވެސް ބޭނުން ކުރެވެ އެވެ. މިޮގތުން ފާހަޮކށްލެވޭ އެއް މޭވާ އަކީ އަލަނާސި ނުވަތް ޕައިން އެޕަލް އެވެ. އަލަނާސީ ގައި ހިމެނޭ އެސްކްޯރބިކް

އެސިޑަކީ ލަކުނު ފިލުވަން އެހީވެދޭ މާއްދާއެކެވެ.

މާމުއި އަދި މުގުރާފަ ހުންނަ ޮފނި ޮތށި

މާމުޔަކީ ބިހިނެގުން އަދި ލަކުނު ފިލުވުމަށް ވަރަށަ ޮބޑަށް އެހީވެދޭ އެއްޗެކެވެ. މާމުއި މުގުރާފަ ހުންނަ ޮފނިޮތއްޓާއި އެއްޮކށްލުމަށް ފަހު ނިދުމުގެ ކުރިން

ބިހީގަ އުނގުޅުމަށް ފަހު ހެނދުނު ޮދވެލާށެވެ. މި ޓްރީޓްމަންޓް ދިހައެއް ނުވަތަ ސާދަ ދުވަސް ވަންދެން ތަކުރާރު ކުރާށެވެ. މީގެން ބިހިނެގުން މަދުވެ ލަކުނު

ފިލާނެ އެވެ.

ޯއޓް މީލް މާސްކް

މޫނު ތެޮޔ ކަމަށް ވަަންޏާ ޯއޓް މީލް މާސްކް އަކީ ގިނަ ތަޖުރިބާކާރުން ބޭނުން ކުރުމަށް އިލްތިމާސް ކުރާ އެއްޗެކެވެ. ޯއޓްމީލް މޫނުގަ ބޭނުން ކުރުމުން މޫނުގައި އިތުރުވެފަ ހުންނަ ތެޮޔކަން ޮގސް އަދި ސްކްރަބް އެއްގެ ޮގތުގަ

މަސައްކަތް ކުރެއެވެ. ޯއޓްމީލް މާސްކް މޫނުގައި ހޭކުމަށްފަހު ފިނި ފެނުން މޫނު ޮދވެލާށެވެ.

މާމުއި އަދި އާފަލު

އާފަލު ޮކޅެއް ފެން ޮފދަކާ އެކު މިކްސަރަށް އަޅައި ހިމުން ޮކށްލާށެވެ. މިހާރު ހުންނާނީ އާފަލު ޕޭސްޓް ހެދިފަ އެވެ. މި ހެދުމަށްފަހު މާމުޔާ އެއްޮކށްލާށެވެ. އަދި މޫނުގައި ހޭކުމަށްފަހު ހިކެންދެން ބަހައްޓާށެވެ. މި ޮގތަށް ވިއްސަކަށް މިނެޓު ވަންދެން ބަހައްޓަން ވާނެ އެވެ. އެއަށް ފަހު ތާފަނާ ފެނުން މޫނު

ރީތިޮކށް ޮދވެލާށެވެ. މި ޓްރީޓްމަންޓް ހަފްތާއަކު ތިން ފަހަރު ނަގާށެވެ.

Page 30: Sun Magazine 22

)ކުރީގެ އަދަދާ ގުޅޭ( ހަނދުގެ ޯއގާވެރިކަމުން ފުރިފައިވި އެ މާހައުލުގައި އެކުލެވިފައި އެވަނީ ޮކންފަދަ ޖާދޫއެއްގެ

ބާރެއްހެއްޔެވެ؟ ހިތަށާއި ރޫހަށް ލިއްބައިދެނީ ބަޔާންކުރަން ދަތި އުފަލެކެވެ.

"ރުކުގަ ހުރި ކާށިޮކޅު އަޅާލަން މިއަދު ހުސެންބެ އައިތަ؟" ފަތްޖެހި އެނދުގައި ވަހީދު އިށީނދެ ހަމަޖެހިލި އެވެ."އާނ، އެނގޭތަ؟ މިހާރު ހުސެންބެ ތިންކާށިން

އެއްކާށި ނަގައޭ.""ދެން އަޅާނުލާ! އެމީހަކު ކުރާޮގތަކަށްތާ އެމީހަކު

ލައްވާ ކަންކަން ކުރުވޭނީ.""އެކަމަކު ކާށިޮކޅު ހެހެދީފަ ދިޔައީ."

"އަނެއްކާވެސް ދެތިން ދުވަހެއްފަހުން ފުރަން ޖެހޭނެހެން ހީވަނީ." އިރުޮކޅަކު އިނދެފައި އެނދުގައި ޮއޯށވެލަމުން ވަހީދު

މަޑުމަޑުން ބުނެލި އެވެ."އަނެއްކާ؟" ސިތާރާގެ އަޑުން ފާޅުވީ ކަންޮބޑުވުމުގެ

އަސަރެވެ."އާނ، މިއަދު މާވަޑިބޭ އެކަހަލަ އެއްޗެއް ކިޔައިފި." "ދެން ދާންޖެހުނީމަ ދާނީ ޯދ!" ސިތާރާއަށް ފުން

ނޭވާއެއް ދޫޮކށްލެވުނެވެ. "ލާރި ޯހދައިގެންތާ އުޅެވޭނީ.""މައްސަލައަކީ އަހަރެން ދިޔާމަ އެއްވެސް ފިރިހެނަކު ގޭގަ ނުހުންނާތީ. ދުރު ރަށަކު އެހާގިނަދުވަހު ޮގސް ހުންނަން

ޖެހުނީމަ ވަރަށް ފިކުރު ޮބޑުވޭ.""އިރާދަކުރެއްވިއްޔާ އެއްވެސްކަމެއް ޯގސްޮކށެއް

30

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

މެދުވެރިއެއް ނުވާނެ.""މިރޭ ފިހާރައަށް ދާން ޖެހޭ ވާހަކަ ބުނިން ޯދ!" ވަހީދު އެނދުން

ތެދުވަން ހިފައިލި އެވެ. "އާނ، ކިރުދަޅަކާ އެއްޗެހި ގަންނަން އެބަޖެހޭ.

"ހިނގާދާން ޮގސްލާފަ އަންނަން." ދެމީހުން ތެވުގެން ހިނަގައިގެންފި އެވެ.

ރަށުގެ ޮބޑުމަގުން ތަންޮކޅަކަށް ދާއިރު ކަނާތްފަރާތުން ޖެހޭ ހަނި ޯގޅިގަނޑުގެ ވާތްފަރާތުން ފެންނަނީ ވަރަށް އާދައިގެ ޮގތަކަށް ހަދާފައި ހުރި

ޖިފުޓިގަނޑެކެވެ. ހަނދުވަރުގެ ރިހި އަލިން ޯފވެފައިވާ އެ ޖިފުޓިގަނޑު ކައިރީގައި ހުރި، ދިއްގާ ދަނޑީގެ ބާ ޯޖލިފައްޗެއްގައި އިށީންދެލައިގެން އެތިބީ ރަޝާގާއާއި އޭނާގެ ޯލބިވެރިޔާ އިހުސާނެވެ. ރަޝާގާގެ އަތް ޮއތީ އިހުސާނުގެ

އަތުގެ ތެރޭގަ އެވެ. ދެމީހުން ފެންނަނީ ގާތްގަނޑަކަށް އެއްހިޔަނީގެ ސިފައިގަ އެވެ.

"އެކަމަކު ރަޝާ! ލަދަކާހުރެ ތަދެއް ނުފިލާނެ. ކިހިނެއް އަބަދު މިހެން އުޅޭނީ؟ ރަޝާއާ ވަކިން އުޅެން އަހަންނަށް ހާދަ އުނދަގުލޭ."

އިހުސާނުގެ އަޑުގައި ހުރީ ކެތްތެރިކަން ޮކޅުން ލާފައި ހުރިކަހަލަ ރާގެކެވެ."ކެތްޮކށްބަލަ! ވަގުތު ޖެހުނީމަ ހުރިހާ ކަމެއްވެސް ވާނެ."

"ރަޝާދެކެ އަހަރެން މިވާ ޯލބި ރަޝާއަށް އެނގޭނަމަ ނުކެރޭނެ ތިހެން ބުނާކަށް." ރަޝާގާގެ މޫނަށް އިހުސާނު ނަޒަރު ހުއްޓައިލި އެވެ."އެކަމަކުވެސް ކެތްކުރަންވާނޭ." ރަޝާގާ ވާހަކަދައްކަމުން ގެންދިޔައީ ކުޑަކުއްޖަކާ ވާހަކަ ދައްކާ ރާގުގައެވެ. އޭނާ އެ އުޅެނީ

އިހުސާނަށް ވިސްނައިދެވޭޯތ ކަންނޭނގެ އެވެ. ނޫނީ އިހުސާނުގެ ޮގތް ފާޑު އެނގޭތީ އެކަމަށް ވިސްނައިގެން ވާހަކަދައްކަނީ އެވެ.

Page 31: Sun Magazine 22

31

"ކިހިނެއް ކެތްކުރާނީ؟ ރަޝާ އަހަރެންގާތު ނުހުންނަ ޮކންމެ ސިކުންތެއް، އަހަންނަށް ގަރުނަކަށް ވުރެ ދިގުވޭ. ހިތް

ޮއންނަނީ އަބަދު ތެޅި ތެޅި.""އަހަރެންވެސް އިހޫ ދެކެ ވަރަށް ޯލބިވޭ!" އިހުސާނުގެ

އަތުގައި ރަޝާގާ ތުންފަތް ޖައްސައިލި އެވެ. އިހުސާނަށް ޯލ މަރައިލެވުނެވެ.

ކުއްލިއަކަށް ރަޝާގާގެ ޮލލުގައި އަޅައިގަތީ މަގުމަތިން ހިގާފައިދާ ދެމީހެކެވެ. ރަޝާގާއަށް އަވަސް އަވަހަށް އެސްފިޔަ ޖަހައިލެވުނެވެ. އެއީ އޭނާއަށް ހީވިޮގތެއް ނޫނެވެ. އެއީ ހަމަ އެ ދެމީހުންނެވެ. އޭނާގެ މަންމައާއި ބައްޕަ އެވެ. ރަޝާގާގެ ހިތް

ތެޅިގަތެވެ. ހާސްވާޮގތްވި އެވެ. އެހެންނަމަވެސް އެދެމީހުންނަކަށް ރަޝާގާއެއް ނުފެނެ އެވެ. އެމީހުން އެދިޔަ ޮގތަށް ހިނގައްޖެ އެވެ."އޭތް! އިހޫ! ދެންމެ މަންމައާއި ބައްޕަ މިހެން ހިނގައްޖެ. މަ

ޯހދަން ނިކުމެ ކަންނޭނގެ އެ އުޅެނީ." ރަޝާގާގެ އަޑުގައި ހުރީ ކަންޮބޑުވުމެވެ.

"ދެން...؟" އިހުސާނަށް ރަޝާގާގެ އަތުގައި ހިފެހެއްޓުނެވެ. އަގުޮބޑު އެއްޗެއް އަތުން ބީވެދާނެތީ އުޅޭ މީހެއް

ފަދައިންނެވެ."ގެއަށް ދާންވީ ކަންނޭނގެ!"

"ކީކޭ؟" އިހުސާން ފުންމައިގެން ތެދުވި އެވެ. "ގެއަށް ދާންވީއޭ؟ ތިހެން ކަންތައް ކުރާތީއޭ މަގޭ ހިތް އަބަދު ތެޅެނީ؟" އިހުސާނު މޭގައި އަތް އެޅިއެވެ. އޭނާގެ އަޑުގައި ހުރި ނުރުހުމާއި

އެ ހަރާކާތާ އެކުވުމުން ރަޝާގާގެ މޭތެޅިގަތެވެ."ރުޅި ނާދޭ! ޕްލީޒް!" ރަޝާގާގެ އަޑުގައި ހުރި އާދޭހުގެ

އަސަރަކުން އިހުސާނަކަށް އަސަރެއް ނުކުރި އެވެ. "އަހަރެންގާތު ރަޝާ ނުހުންނަ ޮކންމެ ހިނދުޮކޅެއް

ގަރުނަކަށް ވެގެންދާ ވާހަކަ ދެންމެއަކު ނޫންތަ މިބުނީ؟ މި ހިތް ތެޅޭ ވާހަކައެއް ނުބުނެވޭތަ؟" އިހުސާންގެ އަޑު ހައްތާ ބާރުވަމުން ދިޔަ އެވެ. "އަހަރެން ޮމޔަވެދާނެ!" އިހުސާނުގެ ޮލލުން ކަރުނަ

ޮއހިގަތެވެ."އިހޫ! ހެޮޔނުވާނެ! ތިހެން ނޫޅެބަލަ!" ރަޝާގާއަށް ވެސް

ޮރވިއްޖެ އެވެ. "އަހަރެން އަބަދުވެސް ހުންނާނީ އިހޫގެ މީހެއްގެ ޮގތުގަ. ކިތަންމެ ދުރުގަ ހުންނަން ޖެހުނަސް އެންމެ ހިނދުޮކޅަކަށް

ވެސް އިހޫގެ ހަނދާންތަކަކާ ދުރަކަށް ނުދާނަން! ގަބޫލުކުރޭ!" އިހުސާންގެ މޭމަތީގައި ރަޝާގާ ޯބ އަޅައިލި އެވެ. އިހުސާން

ރަޝާގާގެ ގައިގައި ބައްދާއިލި އެވެ. އެއް ހަށިގަނޑުގެ ހޫނު އަނެއް ހަށިގަނޑަށް ވަދެގެން ދިޔައީ ކަރަންޓު ޮއއިވަރެއް ފަދައިންނެވެ.

އެންމެ ހިމަނާރުތަކާ ވެސް ކުޅެލައިފި އެވެ. ނިދާފައިވާ ހިއްސުތައް ވެސް އުޅާހަށް ދެމިލައިފި އެވެ.

ޖެހެމުންދާ ހިތްގައިމު ވައިޯރޅިން ވަހީދުގެ ސިކުނޑިއަށް

ވެރިވެފައިވާ އުދާސްތަކަށް ފިނިކަން ލިބޭހެނެއް ހިއެއް ނުވެ އެވެ. އޭނާގެ ސިކުނޑީގައި ޮކންމެވެސް ނުސިޔާނު ފިކުރެއް މިއަދު އެބަ މުޯގލި އަޅައެވެ. އުނދަގޫކުރެ އެވެ. ޮކށަން ޮއތް ވަކަރުގަނޑުގެ މަތިން ހަނދާން ނެތިފައި އެހެން ހުންނަތާ މިހާރު އިރުޮކޅެއް ވެއްޖެ އެވެ. މާވަޑި އަމްޖަދަށް އެކަން

ފާހަގަ ކުރެވިގެން މަޑުމަޑުން ވަހީދާ ދިމާއަށް ޖެހިލައިފި އެވެ."ވަހީދު!" ވަހީދު ސިހުނެވެ. އަމްޖަދުގެ މޫނަށް ބަލައިލީ ކުޑަ

ނުތަނަވަސްކަމަކާ އެކުގަ އެވެ."މިއަދު މާ ރަނގަޅުހެނެއް ހިއެއް ނުވޭ! ޯގހެއް އުޅެނީތަ؟"

"ނޫނޭ!" ވަހީދު އަވަސް އަވަހަށް ވަކަރުގަނޑު ޮކށަން ފެށިއެވެ. "ތިޮގތެއް އަދި ކަމަކު ނުދާނެ! މައްސަލައެއް އުޅެންޏާ

ބުނަންވާނެ!"އަމްޖަދަށް ސިއްރެއް ނުވި އެވެ. އެހެންކަމުން އެފިކުރުގެ

ތެރެއަށް ވަހީދު ދޫޮކށްލާފައި ދާކަށް އޭނާ ބޭނުމެއް ނުވި އެވެ. ތަކުރާރުޮކށް ސުވާލު ކުރަން ފެށުނީ އެހެންވެ އެވެ. ވަހީދަށް މަޖުބޫރުވީ އަމްޖަދާ އެކަން

ހިއްސާކުރާށެވެ."މާޮބޑުކަމެއް ވީއެއްނޫން! އެކަމަކު އަނެއްކާވެސް ދެމަހެއްހާ

ދުވަހަށް ފުރަންޖެހޭތީ އެކަމާ މި ވިސްނާލެވުނީ."ވަހީދަށް އެކަމާ ފިކުރު ޮބޑުކުރެވެނީ ސަބަބެއް ނެތިއެއް ނޫނެވެ.

އޭނާ އެންމެ ފަހުން އެޮގތަށް ދިޔަ ދަތުރުގައި ވެސް ސިތާރާއަށް އުޅެންޖެހުނީ ވަރަށް އެކަނިވެރި ހާލެއްގަ އެވެ. އަހުމަދު ބަލިވީވެސް އެދުވަސްވަރުގަ

އެވެ. އެދުވަހު ރަށަށް ނާދެވިގެން ވަހީދު ކަންޮބޑުވިވަރު މިއަދުވެސް އޭނާގެ ސިކުނޑީގައި ވަކިހިއްޕާފައި އެބަހުއްޓެވެ.

"އެކަމާ އެހާޮބޑަށް ނުވިސްނާ. ހުރިހާ ފަހަރަކު އެއްޮގތެއްވެސް ނުވާނެ."

"މައްސަލައަކީ ގޭގައި ފިރިހެނަކު ނުހުންނާތީ. ކަމެއް ދަމެއް ޮބޑުވިޔަސް ސިތާރާ ފަކީރު އެކަނި ގަނަތެޅެންޖެހޭނީ."

"އެހެންވީމައޭ އަހަރެން އެވާހަކަ ކުރީދުވަހުވެސް ބުނީ." "ތިކަމާވެސް ވަރަށް ވިސްނައިފިން. އެކަމަކު އެމަންޖެވެސް ކުރަން އުޅެނީ މާ ވިޔާދާކަމެއް ނޫން. މިރަށުގައި ހުރި، އެންމެ އެއްޗަކަށް ނުވާ ޮސރާ

ގުޅާލައިގެން އެ އުޅެނީ.""ކާކާ؟"

"ފަރީދާގެ އެހުންނަ ޮސރު." "ތިބުނީ އެއުޅޭ އިހުސާނުގެ ވާހަކަތަ؟"

"ހޫނ." "ސުބުހާނަهللا! ތީ ގާތްވާން ހެޮޔވެސް ވާވަރުގެ މީހެއް ނޫން!

އަވަހަށް އެކަން ހުއްޓުވާ!""ދަރިންގެ އެކަހަލަ ކަންކަމަށް ޮގތްކިޔާ ހެދުމަކީ އެހާ ކުރާހިތްވާ ކަމަކަށް ނުވާތީ މިހުރެވެނީ. އެކަމަކު އެކަން އެނގޭ ޮކންމެ މީހަކުވެސް ބުނަނީ

ތިކަހަލަ އެއްޗެއް. އެހެންވެ އެކަމާވެސް ވަރަށް ފިކުރު ޮބޑުވޭ!" ވަހީދުގެ އަޑާއި ރާގުގައި ހުރީ މާޔޫސްކަމެވެ. )ނުނިމޭ(

Page 32: Sun Magazine 22

32

ލޯ އުނބަށްޖެީހ ީކއްވެ؟ އް ކަ ޕޭޖޯން ޓެީރގެ އަހުާލީގ މައްސަލަތައް ގިނަ

ޓެީރ އަށް ވުރެ ނުފޫޒު ގަދަ ީމހަކަށް ހުީރ ބެކަމް އެކަނި

ޑޭވިޑް ބެކަމް އިސްތިއުފާ ދިނުމުން، އިނގިރޭސި ގައުމީ ޓީމުގެ ކެޕްޓަންކަން، އޭރުގެ ޯކޗު ސްޓީވް މެކްލަރަން ދިނީ ޯޖން ޓެރީ އަށެވެ. އެ ހިސާބުން ގިނަ ބަޔަކު އޭނާ

ބަލައިގަތީ ގަދަރުވެރިއެއްގެ ޮގތުގައެވެ. ނަމަވެސް އެންމެ ފަހުގެ ޯވލްޑް ކަޕް ކުރިމަތިވެފައި ވަނިޮކށް އިނގިރޭސި

ކެޕްޓަންކަމުން ޓެރީ ވަކިކުރީ، ކުރިން ނޭނގި ޮއތް އޭނާގެ އަނދިރި

ދިރިއުޅުމުގައި ހުރި، ހަޑިހުތުރު އަމަލުތަކުގެ ސަބަބުންނެވެ. މީގެ

ސަބަބުން ހަގީގަތުގައި ވެސް ޓެރީ ވަރަށް ޮބޑު ލަދުގަނެ މާޔޫސްވިއެވެ.

ޗެލްސީގެ ކެޕްޓަންކަމުން އޭނާ ވަކިނުކުރި ނަމަވެސް، އެ ޓީމުގެ ސަޯޕޓަރުން ވެސް ޮގވަމުންދިޔައީ އެއްވެސް

މީހަކު އެ މީހެއްގެ ޯލބިވާ އަންބަކު ޓެރީއާއެކު ދާން ދޫޮކށްނުލުމަށެވެ.ޯޖން ޓެރީއާ މެދު ވިޔަފާރި ކުންފުނިތަކުންނާއި މީޑިޔާ ދެކޭ ޮގތް ބަދަލުވީ ގައުމީ ޓީމުގައި އޭނާއާ އެންމެ ގާތުން ޕާސްކުރަމުން އައި ވޭން ބޭރިޖްގެ ޯލބިވެރިޔާއާއެކު ކައިވެނިން ބޭރުގައި ޯލބީގެ ގުޅުން ހިންގާކަން

ފަޅާއެރުމުންނެވެ. ވޭން ބްރިޖާ ކައިވެނިޮކށް ދަރިއަކުވެސް ޯހދާފައިވާ ފްރާންސްގެ ޮމޑެލް ވަސޭނާއާއެކު ޓެރީ ޯލބީގެ ގުޅުން ހިންގަމުން

އައިކަން ފަޅާއެރީ އޭނާއަށް ފުޓްޯބޅަ ކުޅުންތެރިންގެ ތެރޭގައި ހުރި އެންމެ ލާމަސީލު ބައްޕަގެ މަގާމު ލިބުނުތާ

ހަފުތާތަކެއް ފަހުންނެވެ.އެއްމާބަނޑު ދެ ކުދިން

ލިބިފައިވާ ޓެރީގެ މި ގުޅުން ފަޅާއެރިއިރު އޭނާގެ އަންހެނުން

ޯޓނީ ޕޫލް އާއި ވަސޭނާއާ ދެމެދު ޮއތީ ވެސް ވަރަށް ގާތް ރަހުމަތްތެރި ގުޅުމެކެވެ. އިނގިރޭސި މީޑިޔާއިން ބުނަނީ މި ދެ މީހުންނަކީ ބެސްޓް

ފްރެންޑުން ކަމަށެވެ. އަދި މި

އެކުވެރިން ފްރާންސްގެ އިރުމަތީ ބިތުގެ ރިޯސޓެއްގައި ޗުއްޓީ ހޭދަކުރަނިޮކށް ހުސްވި އަހަރު ނޫސްވެރިންނަށް ވަނީ ފެނިފައެވެ. އަދި ޖަރުމަނުގައި

2006 ގެ ޯވލްޑް ކަޕް ކުޅުނުއިރު ދެ މީހުން

އުޅުނީ ވެސް އެކުއެކީގައެވެ. އެކަމަކު ޓެރީއާޮއތް ގުޅުން ފަޅާއެރުމުން މި ދެ މީހުން

ރުޅިވިއިރު، ވޭންބްރިޖާއި ޓެރީ ވެސް ވަނީ އެކަކު އަނެކަކަށް

ރަތްކާޑު ދައްކައިފައެވެ. ޓެރީ ހުއްޓައި ގައުމީ ޓީމަށް

ކުޅެން ބޭނުންނުވާތީވެ ބައިނަލްއަގްވާމީ ފުޓްޯބޅައިން ބްރިޖް ރިޓަޔާކުރި އިރު، މެންޗެސްޓާ ސިޓީ އާއި ޗެލްސީ ކުޅުނު މެޗުގައި ބްރިޖް ވަނީ ދެ ޓީމުގެ ކުޅުންތެރިން ސަލާމްކުރިއިރު،

ޓެރީއާ ސަލާމްކުރުމަށް ވެސް ދެޮކޅުހަދައިފައެވެ.ފެންނަ ފެނުމުގައި މަޑުމައިތިރި ޮގތެއް ހުއްޓަސް ޯޖން ޓެރީގެ

މާޒީ އެހާ ސާފެއް ނޫނެވެ. ކުޑައިރުއްސުރެ ރައްޓެހިވެގެން

އުޅުނު ޯޓނީ ފޫލްއާ ކައިވެނި ކުރުމުގެ ކުރިން ވެސް އެހެން އަންހެން

ކުދިންނާ ގުޅުން ބާއްވާކަން ފަޅާއެރުމުން ޕޫލްގެ

ކިބައިން ޓެރީ މައާފަށް ވެސް އެދެން ޖެހުނެވެ. އެ ދުވަހު މީޑިޔާގައި

ވާހަކަ ދައްކަމުން ޓެރީ ބުނީ ދެން ދުވަހަކު ވެސް ޕޫލްއަށް ބޭފަވާތެރިނުވާނެ

ކަމަށާއި ކައިވެނިޮކށް ހެޮޔ ދިރިއުޅުމެއް އުޅެން

ބޭނުންވާ ކަމަށެވެ. އެކަމަކު

Page 33: Sun Magazine 22

ދެ ކުދިން ލިބުނު ފަހުން އަނެއްކާ ވެސް ޓެރީގެ

ބޭވަފާތެރިކަން ފަޅާއެރުމުން އޭނާ އަށް ކުލަބުން ޗުއްޓީ ނަގައިގެން ޕޫލް ރުއްސަން

ޑުބާއީއަށް ވެސް ދާން ޖެހުނެވެ. އަދި ޕޫލް

ޓެރީއާއެކު އުޅެން ނިންމުމުން ބައެއް މީޑިޔާތަކުން ވަނީ

ޕޫލް އަކީ އެއްވެސް އަގެއް ހުރި މީހެއް ނޫން ކަމަށް

ބުނަން ފަށައިފައެވެ. އަނެއް ބަޔަކު ބުނަނީ އެއީ ލަފާދާރު

އަންބެއް ކަމަށެވެ.ޯޖން ޓެރީގެ

މަންމައާއި ބައްޕަ ފަދައިން އޭނާ އަކީ ވެސް އަހުލާގީ

މައްސަލަތަކެއްގެ ވެރިއެކެވެ. މަޝްހޫރު ސެޕްޓެމްބަރު 11 ގެ ހާދިސާ ހިނގިތާ އެއްދުވަސް ފަހުން ޓެރީ ޖޫރިމަނާކުރަން ޖެހުނީ

ޗެލްސީގެ ޒުވާން ބައެއް ކުޅުންތެރިންނާއެކު ލަންޑަނުގެ ހީތުޯރ އެއާޯޕޓުގެ ބާރއެއްގައި ރާޮބއިގެން ހިންގި ބޭއަދަބީ އަމަލުތަކުގެ ސަބަބުންނެވެ. އޭގެ އެއް އަހަރު ފަހުން އޭނާ ޖޫރިމަނާ ކުރަން

ޖެހުނީ ވެސް ހަމަމިފަދަ މައްސަލައެއްގައެވެ. އަދި

ބާރއެއްގެ ތެރޭގައި ބިޔަރު ތައްޓަކަށް ކުޑަކަމުދިޔަ މަންޒަރު ސީސީޓީވީން

ފެނުމުން އޭނާ ހައްޔަރުވެސް ކުރަން ޖެހުނެވެ. މީގެ

އިތުރުން ޗެލްސީގެ ޓްރޭނިން ގްރައުންޑް ސްޓެމްފަރޑް ބްރިޖަށް ދާ މަގުން ދިޔަ އަންހެން ކުދިބަޔަކާ ގަދަ ކަމުން ބެހުމުން ވެސް

އިނގިރޭސި ފުލުހުން އޭނާ ހައްޔަރު ކުރަން ޖެހުނެވެ. މީގެ އިތުރުން މަގާމުގެ ނުފޫޒު ބޭނުންޮކށްގެން ޗެލްސީގެ ދަނޑަށް

ނޫސްވެރިން ވެއްދުމާއި ރިޝްވަތުގެ ތުހުމަތުތައް

ވެސް އޭނާގެ މައްޗަށް ކުރެވިފައިވެއެވެ.ނަމަވެސް އިނގިރޭސި ކެޕްޓަންކަން ލިބުމުން ގިނަ ބަޔަކު ހީކުރީ

ޓެރީގެ އުޅުން ބަދަލުވާނެ ކަމަށެވެ. އެކަމަކު އަހުލާގު ޯގހުން ޯގހަށް ބަދަލުވުމުން

ޯކޗު ފަބިޯއ ކަޕޭއްޯލ އަށް، ޓެރީގެ އަތުން ބޭންޑް އަތުލަން

ޖެހުނީ އެހެން އެއްވެސް ޮގތެއް ނެތިގެންނެވެ. މިއާއެކު ޓެރީއަށް މާލީ ގެއްލުންތަކަކާ ވެސް ކުރިމަތިވިއެވެ. ޮކންމެ މެޗެއްގައި އަންބްޯރ ބޫޓެއް ލުމަށް އެ ކުންފުނިން އޭނާ އަށް ދީފައިވާ 4 މިލިއަން ޮޑލަރުގެ ހުށަހެޅުން ވެސް ކުޑަކުރަން ޖެހުނެވެ. އަދި އެޑިޑާސްއާއި އެނޫންވެސް

ބައެއް ކުންފުނިތަކުން ލިބިފައިހުރި ފުރުސަތުތައް

ދޫޮކށްލަން ޖެހުނެވެ. މިހެންވެ ޓެރީގެ ވަކީލުން ވަނީ ވަސޭނާއަށް ފައިސާ ދީގެން ޓެރީގެ ޒާތީ ވާހަކަ

ނުދެއްކުމަށް ވެސް އެދިފައެވެ. ނަމަވެސް މިކަން ކާމިޔާބު ނުވީ ޓެރީއާ ގުޅުވައިގެން

ދެކެވޭ ވާހަކަތަކުގެ ސަބަބުން ވަސޭނާއަށް ލިބޭ އާމްދަނީ

މަދުވެދާނެތީއެވެ.ޮކންމެ ޮގތަކަށް ކަން ޮއތް ނަމަވެސް ޓެރީއަކީ ނުފޫޒުގަދަ

މީހެކެވެ. ކުޅުންތެރިންގެ މައްޗަށް ބަސްވިކޭ މީހެކެވެ. އިނގިރޭސި ގައުމީ ޓީމުގައި ޯވލްޑް ކަޕް ތެރޭގައި ޖެހުނު

މައްސަތަކަކުގެ ހަގީގީ އަސްލަކީ ވެސް ޓެރީއެވެ. ކެޕްޓަން ބޭންޑް ނެތުމުން އޭނާ ދެއްކި ޮބޑާހޭކުމުގެ

އަމަލުތަކުގެ ސަބަބުން ޯކޗު ކަޕޭއްޯލއަށް ވެސް ޓެރީ އަށް ދީލާލާންޖެހުނެވެ. މެންޗެސްޓާ ޔުނައިޓެޑްގެ ކެޕްޓަން ރިޯއ ފާރޑިނާންޑާއި ލިވަރޕޫލްގެ

ކެޕްޓަން ސްޓީވަން ޖެރާޑަށް އިނގިރޭސި

ގައުމީ ޓީމުގެ ކެޕްޓަން ބޭންޑާއެކު ހިންދެމިނުލެވުނީ ހަގީގަތުގައިވެސް ޓެރީގެ ނުފޫޒުގެ ސަބަބުންނެވެ.

އޭނާގެ މައްޗަށް ބަސްކިޔައި ނުފޫޒު ޯފރުވޭ ވަރުގެ މީހަކަށް

ޓީމުގައި ހުރީ ހުދު ޑޭވިޑް ބެކަމް އެކަންޏެވެ. އަހަރަކަށް ފަހު ކެޕްޓަން ބޭންޑްގެ މައްސަލާގައި

ކަޕޭއްޯލ އުނބަށް ޖަހަން ޖެހުނު ސަބަބަކީ ވެސް މިއީއެވެ.

Page 34: Sun Magazine 22

34

ދިވެހި ާރއްޖެއަށް މިނިވަންކަން ހޯއްދަވައިދެއްީވ އިބްާރީހމް ާނޞިރު

ސިއްކަގޭ މުހައްމަދު ނަސީމްސިއްކަ

މިޮގތަށް މި ވާހަކަ ދައްކަން ޖެހޭ ސަބަބެއް އެބަޮއތެވެ. އެއީ މި ޙަޤީޤަތް ބައެއް ބޭފުޅުން ޮއޅުވާލަމުން ގެންދާ ކަމަށް ފެންނާތީއެވެ. ދިވެހި ރާއްޖެއަށް ފުރިހަމަ މިނިވަންކަން ޯހއްދަވައިދެއްވީ އައްސުލްޠާނު މުޙައްމަދު

ފަރީދު ކަމަށް ބަޙުސްކުރައްވާ ބޭފުޅުން ވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަ އުޅުއްވައެވެ. ޙަޤީޤަތަކީ އެ ބާވަތުގެ ވާހަކަތައް ދައްކަވަނީ ނާޞިރަށް އެފަދަ ޝަރަފެއް ދޭން ބޭނުންނުވާ ފަރާތްތަކުންނެވެ. އެ ޮގތަށް ވާހަކަދައްކަވާ އިރު ވެސް، ހަމަ އެ ބޭފުޅުންނަށް ވެސް މި ކަމުގެ ޙަޤީޤަތް ވަރަށް ރަނގަޅަށް

އެނގިވަޑައިގަންނަވާނެއެވެ. މުޙައްމަދު ފަރީދު ކީރިތި މަހާރަދުންނަކީ ރަސްކަމުގެ ދުވަސްވަރު މި ބާވަތުގެ ސިޔާސީ ކަންތަކާ ކުޑަވެސް ގުޅުމެއް ޮއތް ބޭފުޅެއް ނޫނެވެ. އަދި މުޙައްމަދު ފަރީދުގެ މިޒާޖުފުޅަކީ ވެސް އެ ކަހަލަ މިޒާޖުފުޅެއް ވެސް

ނޫނެވެ. އެހެންކަމުން މި ބާވަތުގެ ޮދގު ވާހަކަތައް ދައްކާ މީހުން އެ ދައްކަނީ ޙަޤީޤަތުގައި ނާޞިރު ދެކެ ޮކންމެވެސް ސަބަބަކާ ހުރެ އަންނަ ރުޅިއަކުންނެވެ. އެއީ ތާރީޚް ލިޔާ މީހުން ލިޔާނެ ޮގތެއް ނޫނެވެ. ރުޅި

އައިސްގެން އިނދެ ތާރީޚެއް ނުލިޔެވޭނެއެވެ. އާދެ، 1965 ވަނަ އަހަރުގެ ޖުލައި މަހުގެ 26 ވަނަ ދުވަހަކީ

ދިވެހި ރާއްޖޭގެ މިނިވަން ދުވަހެވެ. އެކަމަށް ޓަކައި ދިވެހި ރާއްޖޭގެ ރައްޔިތުން ދޭ އެންމެ މަތީ ޢިއްޒަތް، ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިކަން

ވެސް ވަނީ ނާޞިރަށް އެރުވިފައެވެ. އަދި ރަންނަބަނޑޭރި ކިލެގެ ކަމަށް ވަނީ ޮކލި ވެސް ލެވިފައެވެ. އެހެން ނަމަވެސް ނާޞިރުގެ ވެރިކަން ނިމުމާ އެކީގައި މި ޮކލީ ނަންފުޅާއި އަދި ދެވިފައި ވާ ޢިއްޒަތްތައް ވަކިކުރެވުނެވެ.

މި ހެދުނީ ޯގހެއް ކަން ކަންކުރައްވަން ތިއްބެވި ބޭފުޅުންނަށް އެނގިވަޑައިގަތީ ދުވަސްޮކޅެއް ފަހުންނެވެ. އެހެންކަމުން ދެ އަހަރެއްހައި ދުވަހުގެ ތެރޭގައި ޖެހުނީ އަނެއްކާވެސް އެ ޤާނޫނު އުވާލާށެވެ. ނާޞިރަށް ރައްޔިތުން ދިން ޢިއްޒަތަށް އިޙްތިރާމްކުރުން ނޫން ޮގތެއް ނެތިގެންނެވެ. އާދެ، މި ބާވަތުގެ ކަންތައް މިހެން މި ޮގތަށް ތަކުރާރުވުމަކީ ޤައުމަށް ޚިދުމަތްކުރުމުގެ ރޫޙު ވެސް ގެއްލިގެން ދާ ވަރުގެ ސުންޕާ ކަންކަމެވެ. އަންނަ ރުޅިއެއްގައި އެ

ބާވަތުގެ ކަމެއް ނުކުރެވޭނެއެވެ. އާދެ، ތާރީޚް ޮއޅުވައެއްނުލެވޭނެއެވެ. ދިވެހި ރާއްޖޭގެ ޤައުމީ އަބްޠާލުންގެ ނަންފުޅުތަކަށް ފަނޑުކަމެއް ނުގެނެވޭނެއެވެ.

ބަޔަކު ކިތަންމެ ހިތްހަމަނުޖެހުނު ކަމުގައި ވިޔަސް، ދިވެހި ރާއްޖޭގެ ފުރިހަމަ މިނިވަންކަން ނިސްބަތް ވާ ފަރާތަކީ ހަމަ ނާޞިރެވެ. އަޅުގަނޑުމެން

ހަނދާންކުރަން ވާނެއެވެ. 1948 ވަނަ އަހަރު ވެސް ދިވެހި ރާއްޖެއަށް މިނިވަންކަމެއް ލިބިގެން އުފާފާޅުކުރި ހަނދާން އަޅުގަނޑު އެބަހުއްޓެވެ. އެކަމަކު، އޭރު ލިބުނު މިނިވަންކަމުގެ މިނިވަންކަން ޮއތް ވަރަކީ، ދިވެހި ރާއްޖެ، އާދެ ދިވެހި ޤައުމު ބައިނަލްއަޤުވާމީ ޮގތުން ބޭރުގެ ޤައުމުތަކާ

ވިޔަފާރީގެ ޮގތުން ވިޔަސް، ސިޔާސީ ޮގތުން ވިޔަސް ވާހަކަދައްކައި ހެދުމުގެ މެދުވެރިއަކަށް ވާން ޖެހޭނީ އިނގިރޭސި ސަރުކާރެވެ. އެއާ ޚިލާފަށް،

ނާޞިރާއި ނާޞިރުގެ ޓީމުން ކުރެއްވި އަގުޮބޑު، މިންނެތް މަސައްކަތުގެ ސަބަބުން ދިވެހި ރާއްޖެއަށް ލިބުނު މިނިވަންކަމަކީ އެ ކަހަލަ މިނިވަންކަމެއް ނޫނެވެ. އެ މިނިވަންކަމާ ގުޅިގެން ދިވެހި ރާއްޖޭގެ ފަޚުރުވެރި ދިދަ ވެސް އދ. މަޖިލީހުގައި ޖެހުނީ ނަގާށެވެ. އަދި ދިވެހި ރާއްޖެއާއި ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި ޤައުމުތަކާއި ގުޅުން އުފެދެމުން އައީ ވަރަށް ވެސް ހަލުވިކަމާ

އެކީގައެވެ. ދިވެހި ރާއްޖޭގެ އެއްވެސް ކަމަކާ މެދު ޮގތެއް ކިޔޭނޭ ބޭރު މީހަކު ވެސް ނުހުންނާނެއެވެ. އެހެންކަމުން، މި ދެ މިނިވަންކަމުގައި ހުރި ތަފާތު ތިޔަ

ބޭފުޅުންނަށް ވެސް އެނގިވަޑައިގަންނަވާނެއެވެ. އަޅުގަނޑުމެންނަށް މި އިންޑިޕެންޑެންސް ލިބުމުގެ ކުރީން

އިންޮޑނީޝިއާގެ ބެންޑޫންގައި ބޭއްވުނު އިސްލާމީ ޮކންފަރެންސަށް ދިވެހި ރާއްޖޭގެ ވަފުދުގެ ދެ ލީޑަރުން ކަމުގައި ހިމެނިވަޑައިގަންނަވާ އަލްއުސްތާޛު އިބްރާހީމް ޝިހާބާއި އަލްފާޟިލް ކަކާގޭ އިބްރާހީމް ޙިލްމީ ދީދީ ވަޑައިގެން، ޮކންފަރެންސް ޯހލަށް ވަދެވަޑައިގެންނެވި އިރު، "ޯމލްޑިވްސް" ޯބޑު ޖަހާފައި

ހުރި ޑެސްކުގައި ތިބީ ދެ އިނގިރޭސީންނެވެ. ދެ އެ ދެބޭފުޅުންނަށް ޖެހިވަޑައިގަތީ އެ ދެ ބޭފުޅުންނަށް ޙައްޤުވާ ދެ ޮގނޑި ޯހއްދެވުމަށްޓަކައި

އެތައް ވާހަކަތަކެއް ދައްކަވާށެވެ. އަޅުގަނޑުމެންނަށް 1965 ގެ މިނިވަންކަން ލިބުނު ފަހަކުން މި ބާވަތުގެ ލަދުވެތި ޙާދިސާއެއް ނުހިނގައެވެ. އެހެންކަމުން، ދިވެހި ތާރީޚް ލިޔެ ބަޔާންކުރާން ޖެހޭނީ، ނުވަތަ ދިވެހި ތާރީޚް ތަދުވީންކުރާން

ޖެހޭނީ އަމާނާތްތެރިކަމާ އެކީގައެވެ. އަމުދުން އަޅުގަނޑުމެން އެކަމަށް މާ ޮބޑަށް ސަމާލުވާން ޖެހޭނެއެވެ.

އަޅުގަނޑު މިހައި ދިގުޮކށް މި ވާހަކަ މި ލިޔުނީ ބައެއް ޒުވާނުންނަށް މިކަން ޮއޅިދާ ފަދަ ޮގތަކަށް ބައެއް ބައެއް ފަރާތްތަކުން މި

ވާހަކަ ދައްކަވާތީއެވެ. ނަމަވެސް އެއީ ކުށްހީއެކެވެ. ދިވެހި ރާއްޖޭގައި މިހާރު މި ޮއތް މިނިވަންކަން ދިވެހި ރާއްޖެއަށް ޯހއްދަވައިދެއްވީ އަލްފާޟިލް އިބްރާހީމް

ނާޞިރެވެ. އެއީ ދެބަސް ވެވެން ނެތް ޙަޤީޤަތެކެވެ. އެހެންކަމުން އުމުރުން ދުވަސްވެފައި ވާ މީހެއްގެ ޙައިސިއްޔަތުން ދިވެހި ޒުވާނުންނަށް އަޅުގަނޑު ކުރާނެ އިލްތިމާސަކީ މި ޙަޤީޤަތް އެހެން ޮގތަކަށް އަނބުރާލަން ކުރެވޭ

މަސައްކަތްތަކުގައި ބައިވެރިވެވަޑައިނުގަތުމެވެ. ހަގީގަތް ވާނީ ހަގީގަތަށެވެ. ފާޑުފާޑުގެ ކާޓޫނު ކުރަހައި، ނުލާހިކު ހަޑިމުޑުދާރު ލަވަތައް ހަދައިގެން

ކިޔަކަސް، ހަގީގަތަށް ބަދަލެއް ނާންނާނެއެވެ. އަދިވެސް ތަކުރާރުޮކށް އަޅުގަނޑު ދަންނަވަމެވެ. ދިވެހި ރާއްޖޭގެ މިނިވަންކަމުގެ ބަޠަލަކީ ސުމުއްވުލްއަމީރު

އިބްރާހީމް ނާޞިރު ރަންނަބަނޑޭރި ކިލެގެފާނު ނިޝާން ޣާޒީގެ ޢިއްޒަތްތެރި ވެރިޔާއެވެ.

Page 35: Sun Magazine 22
Page 36: Sun Magazine 22