sun magazine 29

ރ20 :ުގަ އ2011 ،ުޓްސަގ އ10 ،29 :ުރަބްމަ ނިއަގުމުގެ ންށަތަލުއަ ދ ދު މެގުރިސ ނއެމަ ކްއަތެ އޭދެފު އުލ ވު ސ

Upload: sun

Post on 09-Mar-2016

348 views

Category:

Documents


51 download

DESCRIPTION

Sun Magazine 29

TRANSCRIPT

Page 1: Sun Magazine 29

2ރ0 ގު: އަ2011 ،ސްޓު

ޯއގަ 10 ،29 ރު:މްބަނަ

ާނސިރުގެ މުާދ ދައުލަތަށް ނެގުމުގައި ސުާވލު އުފެދޭ އެތައް ކަމެއް!

Page 2: Sun Magazine 29
Page 3: Sun Magazine 29

އެޑިޓަރުގެ ނޯޓް

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ލިޔުންތެރިން:

އަބްދުهللا އަޒްމީންއިޔާޒު ނަސީމްފުއާދު ގާސިމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާން

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

މާކެޓިން:

ސަން އެފްއެމް މާކެޓިން ޓީމް

ކަލަސަޕެރޭޝަން އެންޑް ޕްރިންޓިން: ޮނވެލްޓީ ޕްރިންޓާސް އެންޑް ޕަބްލިޝާސް ޕްރައިވެޓް ލިމިޓެޑް

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

ސަންގެ އިދާރާ: ގ. ވިޔަވަތި، ކަށިމާ ހިނގުން / މާލެއީމެއިލް:

ވެބްސައިޓް: ޯފނު: 3312747، ފެކްސް: 3343789

[email protected]

އަދަދު: 29 10 ޯއގަސްޓް 2011

ސިނާން އަލީއެޑިޓަރު

"ސަން" މަޖައްލާގެ 29 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވަމެވެ. ސަންގެ 28 ވަނަ އަދަދަށް ދެއްވި

ހޫނު ތަރުހީބު އުފަލާ އެކު ފާހަގަ ޮކށް ޝުކުރު އަދާ ކުރަމެވެ. މީ ބަރަކާތްތެރި ޯރދަ މަހުގެ ތެރޭގައި އަތަށް ލިބޭ ފުރަތަމަ ސަން ކަމަށް ވާތީ،

ޯރދަ މަހުގެ ހެޮޔ އެދުންތައް އަދި ވެސް އެއް ފަހަރު ފަށްފަށް ޮކށްލަމެވެ. ޯރދަ މަހުގެ އަޅުކަމުން ރުއްސެވުމާއި ފުއްސެވުން މިންވަރުކުރެއްވުން އަދި ދުއާ ކުރަމެވެ.

ސަން މަޖައްލާގައި ހިމެނޭ ބައިތަކާއި އޭގެ ރަހަތައް ކިޔުންތެރިންގެ ދުލަށް ހެޮޔވަރު ޮކށްލެވޭޯތ ކުރެވެން ޮއތް ހުރިހާ ކަމެއް ޯހދާ ބަލައި އެ ހުރިހާ ކަމެއް ވެސް އެންމެ

ފުރިހަމަ ޮގތުގައި ޮކށްދެވޭޯތ މި އަންނަނީ ބަލަމުންނެވެ. އެ ޮގތުން މި ފަހަރުގެ ސަން ގައި ވެސް ތަފާތު ގިނަ ބައިތައް ހިމެނިގެން

އަތުރާލާފައި ވާ ލިޔުންތައް ގިނަކަން ކިޔުންތެރިންނަށް ފާހަގަ ކުރެވޭނެ އެވެ.

ކުރިޔަށް ޮއތް ތަނުގައި މިހާރަށް ވުރެ ވެސް ރަހަ ތަފާތުޮކށް، ގިނަ ލިޔުންތައް ގެނެސްދެވޭޯތ

މަސައްކަތް ކުރެވޭނެ އެވެ. ރާއްޖޭގެ ކުރީގެ ރައީސް މަރުހޫމް އިބްރާހީމް ނާސިރުގެ މުދާ ދައުލަތަށް ނަގާފައި

ވަނީ އިންސާފުން ބޭރު ކަމަށް ބުނެ، އެ މައްސަލަ އިސްތިއުނާފު ކުރުމުގެ ހުއްދަ އަކަށް އެދި ރައީސް ނާސިރުގެ ދަރިކަލުން އަހުމަދު ނާސިރު ވަނީ ދާދި ފަހުން ރާއްޖޭގެ ސުޕްރީމް ޯކޓަށް މައްސަލަ އެއް ވައްދައިފަ އެވެ. މި މައްސަލަ ކުރިޔަށް ގެންދިޔުމުގެ ހުއްދަ ދޭނީޯތ ނުވަތަ ނޫންޯތ މި ކަމާ ގުޅޭ ޮގތުން މިހާ ތަނަށް އައި އިރު ސުޕްރީމް ޯކޓުން އަދި ވަނީ ޮގތެއް ނުނިންމަ އެވެ. މި މައްސަލައިގައި ސުޕްރީމް ޯކޓުން ނިންމަވާ ނިންމެވުމެއް ވެގެން ދާނީ ވަރަށް ވެސް ތާރީޚީ ނިންމެވުމަކަށެވެ. އެ ނިންމެވުމުގެ މައްޗަށް ރާއްޖޭގެ ތާރީޚުގެ

އެތައް ފަތްފުއްތަކެއް ނިއުޅިގެން ދާނެ ނިންމެވުމަކަށެވެ. އެ ނިންމެވުމަކާ ގުޅިގެން ސިޔާސީ އަދި އަދުލު އިންސާފުގެ ދާއިރާ ގައި އިތުރު ވާހަކަތަކެއް ފެށިގެން އަންނާނެ އެވެ. ފަރުދާގެ

ފުރަގަހުގައި ހުރި ވާހަކަ ތަކެވެ. ނުދައްކައި ހުރި ވާހަކަ ތަކެވެ. މި ފަހަރުގެ ސަން މަޖައްލާގެ ކަވަރު ސްޯޓރީ ބިނާ ޮކށްފައި ވާނީ ރައީސް ނާސިރުގެ މުދާ ދައުލަތަށް ނެގުމުގައި ހުރި ސުވާލު އުފެދޭ ކަންތައްތަކުގެ މައްޗަށެވެ. މި ލިޔުމުގައި މި މައްސަލައަށް ޮބޑަށް އަލިއަޅުވާލައިފައި ވާނީ ގާނޫނީ ވިސްނުމަކުން

ނެވެ. އޭރުގެ ހައިޯކޓުން ނާސިރުގެ މުދާތައް ނެގުމާ ގުޅޭ ޮގތުން ކުރި ހުކުމާއި އެކަމުގެ ވަށައިގެން ހުރި ގުޅޭ ކަންކަމުގެ މައްޗަށް މި ލިޔުމުގައި ބަލައިލައިފައި ވާނެ އެވެ.

ހަޔާތުގެ ބައިވެރިޔަކު އިޚުތިޔާރު ކުރުމާއި ބައިވެރިޔާގެ ހިތް ރުހޭ ފަދަ މީހަކަށް ވުމަކީ ފަސޭހަ ކަމަކަށް ނުވެ އެވެ. ހިތް ރުހުމާއި ޯލބި ލިބުމާއި ކަމު ދިޔުމަކީ ތިމާގެ ގައިގައި ހުންނަ ސިފަތަކާ ގުޅި ލާމެހިފައިވާ ކަންކަމެވެ. ބައިވެރިޔާގެ ހިތް ރުހޭ ފަދަ މީހަކަށް ވުމަށް ޓަކައި ކުރެވިދާނެ ވަރަށް ގިނަ ކަންކަން ހުންނާނެ އެވެ. މި ފަހަރުގެ

އަދަދުގައި މި ކަމުގެ މައްޗަށް ވެސް ޚާއްސަ ލިޔުމެއް ހިމަނާފައި ވާނެ އެވެ. މި ލިޔުމުގެ ސަބަބުން ބައިވެރިޔާގެ ހިތް ރުހޭ ފަދަ މީހަކަށް ވުމަށް މަސައްކަތް ކުރާ ޯލބިވެރިންނަށް

އެހީއެއް ލިބޭނެ ކަމަށް އުއްމީދު ކުރަމެވެ. މި ފަހަރުގެ އަދަދުގައި ވެސް ތިޔަ ބޭފުޅުންގެ މަގުބޫލު އެހެން ހުރިހައި ސަފުހާ

ތަކެއް ހިމަނާފައި ވާނެ އެވެ. މިހާރު މާ ގިނަ ވާހަކަ ދެއްކިއްޖެ އެވެ. އަދިވެސް އެއް ފަހަރު ރަމަޟާން މުބާރިކް އެވެ. ކުރިޔަށް ވަޑައިގަންނަވާށެވެ...

Page 4: Sun Magazine 29
Page 5: Sun Magazine 29

5

ގެއަކީ ތަރުބިއްޔަތުގެ މަރުކަޒެކެވެ.

އަބްދުهللا ފާރޫގު ހަސަންދިޔަ ތިކި

ގެއަކީ ޮކންމެ މުޖުތަމަޢެއްގެވެސް އިބްތިދާއީ ޔުނިޓެކެވެ. ފުޅާ ދާއިރާއެއްގައި މުޖްތަމަޢުގައި ހިނގާ ޮކންމެ ކަމެއް ގޭގެ ހަތަރު ފާރުގެ ތެރޭގައިވެސް ހިނގަމުން ދެއެވެ. ނިސްބަތުން ހަނި ދާއިރާއެއްގައެވެ. އިންސާނާއަކީ ހެޮޔލަފާ މީހެއްކަން ނުވަތަ ޚުލްޤު ރަނގަޅު މީހެއް ނޫންކަމާމެދު ނިޔާ ކަނޑައެޅޭ އެއް ދާއިރާއަކީ އޭނާގެ ގުޅުންތަކުގެ

ދާއިރާއެވެ. އެހެން މީހުނާ ކުރާ މުޢާމަލާތަކުގެ ދާއިރާއެވެ. ގެއަކީ މި ބާވަތުގެ ތަޖްރިބާތަކުގެ ތަންޮކޅެއް ކުޑަ އިދާރާއެކެވެ. މުޖްތަމަޢަކީ އެ

ތަޖްރިބާތަކުގެ ފުޅާ އިދާރާއެކެވެ. ޮކންމެ މީހަކުވެސް ޢާއިލާގެ މެމްބަރުންނާއެކު ގޭތެރޭގައި

ދިރިއުޅޭ އިރު ބައެއް ފަހަރަށް އުފާވާ ކަހަލަ ކަންތައްތައް ކުރިމަތިވެއެވެ. ބައެއް ފަހަރަށް ހިތް ނޭދޭ ކަހަލަ ކަންތައްތައް ތަޖްރިބާކުރަން ޖެހެއެވެ.

ބައެއް މުޢާމަލާތައް ކުރިމަތިވުމުން އޭނާގެ ހިތުގައި ނަފުރަތުގެ ޖަޒުބާތު އުފެދެއެވެ. ބައެއް ފަހަރަށް ޯލބި އުފެދޭ ކަހަލަ ކަންތައް ކުރިމަތިވެއެވެ. ބައެއްފަހަރު

އޭނާ ހިތްހަމަޖެހޭ ކަންތައްތަކާ ދިމާވެއެވެ. އަނެއްބައިފަހަރު ހިތްހަމަނުޖެހޭ ކަހަލަ ކަންތައްތައް ހިނގައެވެ. ބައެއް ފަހަރު އޭނާ ހުންނަނީ ޤަބޫލުކުރާ މީހެއްގެ ޮގތުގައެވެ. އަނެއްބައިފަހަރު ޤަބޫލުނުޮކށް

ދެޮކޅުހަދާ މީހެއްގެ ޮގތުގައެވެ. ބައެއް ފަހަރު އޭނާއަށް ފުރުޞަތު ލިބެނީ ޙައްޤުތައް އަދާކުރުމަށެވެ. އަނެއްބައިފަހަރު އޭނާ ހުންނަނީ ޙައްޤުތައް ހިފަހައްޓާ

މީހެއްގެ ޮގތުގައެވެ. ގޭތެރޭގައި ދިމާވާ މިބާވަތުގެ ކަންކަމަކީ

އިންސާނަކަށް އޭނާގެ ނަފްސު ތައްޔާރުކުރުމަށް ލިބޭ ފުރުޞަތުތަކެކެވެ. މިބާވަތުގެ ފުރުޞަތުތަކުގައި އަބަދުވެސް ތިމާގެ އީމާންކަމުގެ ޝުޢޫރު ދިރުވައި ދަމަހައްޓާ މީހުންނަކީ ހެޮޔލަފާ މީހުންނެވެ. އެފަދަ މީހުން އަބަދުވެސް ތިމާމެންގެ އަމިއްލަ ނަފުސު

ހިސާބުކުރެއެވެ. އާޚިރަތުގައި ޒިންމާވާން ޖެހޭނެކަން އިޙްސާސްކުރެއެވެ. މިފަދަ މީހަކަށް ޮކންމެ ތަނަކުން އެފަދަ ކަމަކާ ކުރިމަތިވިޔަސް

ކުއްލިޔަކަށް އޭނާގެ ނަފްސު ސަމާލުވެއެވެ. ރަނގަޅު އިސްލާމީ ޮގތް ޚިޔާރުޮކށް، އެޮގތުގައި ކުރިޔަށް ދެއެވެ.

އިންސާނަކު އޭނާގެ ގޭތެރޭގައި މިދެންނެވި ބުއްދިވެރި ޮގތުގައި ދިރިއުޅޭން ފަށައިފިނަމަ، އޭނާއަށް ޓަކައި އޭނާގެ ގެ ހިމެނިގެން އެދަނީ ތަރުބިޔަތުގެ މަރުކަޒެއް ކަމުގައެވެ. ފުރިހަމަ މާނައިގައި މަދަރުސާއެއް ކަމުގައެވެ. އޭނާއަށް ޮކންމެ ހެނދުނަކާއި ހަވީރަކު އާ ތަމްރީނުތަކެއް

ލިބެމުން ދެއެވެ. އޭނާގެ އެދިރިއުޅުން ހިމެނިގެންދަނީ ގެއިން ބޭރުން ޮބޑު

މުޖުތަމަޢުން އޭނާއާ މިބާވަތުގެ ކަމެއް ކުރިމަތިވި ކަމުގައި ވިޔަސް އޭނާ ޙައްޤުގައި ސާބިތުވެ ހުންނާނެކަމުގެ ގެރެންޓީއެއް ކަމުގައެވެ. އޭނާގެ

ގޭތެރޭގައި އޭނާ ޙައްޤުޮގތުގައި ދެމިހުންނަ ފަދައިންނެވެ. ގޭތެރޭގެ ދިރިއުޅުމުގައި އަރައިރުންވުމާއި ޒުވާބުކުރުމަށް

އާދަވެފައި ތިބޭ މީހުން ގެއިން ބޭރުގައި މުޖުތަމަޢުގައި އުޅޭ އިރުވެސް އާދަވެފައި ހުންނާނީ އެޮގތެވެ. އޭނާގެ ޮއފީހުގައެވެ. އޭނާގެ ވިޔަފާރީގެ ދާއިރާގައެވެ. އޭނާގެ ޮކންމެ ދުވަހެއްގެ ދިރިއުޅުމުގައި އޭނާ ކުރިމަތިލާންޖެހޭ މީހުނާ މުޢާމަލާކުރަމުން ގެންދާނީ އޭނާއަށް އޭނާގެ ގޭތެރޭގައި ކަންތައްކުރަން އާދަވެފައި ހުންނަ ޮގތަކަށެވެ. ނަތީޖާއަކަށް ވާނީ އޭނާގެ ގެއާއި އޭނާގެ ބޭރުތެރޭގެ މުޢާމަލާތައް ވެސް ހެޮޔމަގުން

ކައްސައިލުމެވެ. ތެދެކެވެ. ގޭތެރޭގެ ނާތަހްޒީބު ދިރިއުޅުމެއް އުޅެން އާދަވެފައި ތިބޭ ބައެއް މީހުން ވެސް ބޭރުތެރޭގައި ތަހްޒީބުގެ ޮތށިގަނޑުގެ ތެރެއަށް އެރިގެން އުޅެއެވެ.

ތިމާއަކީ މާ ހެޮޔލަފާ މާތް މީހެއްގެ ޮގތުގައި މީހުންނަށް ދެއްކޭން އުޅެއެވެ. ނަމަވެސް މިއީ

މުނާފިޤުކަމެކެވެ. މުނާފިޤުންގެ ޮގތެކެވެ. އަރަހުށި މާތްهللا މުނާފިޤުކަމެއް ޤަބޫލެއް ނުކުރައްވާނެއެވެ.

އެހެންކަމުން "ގޭގެ ޮބޑުއަށީގެ ހުރަސްމައްޗަށް ނުވި މާތެއް ބޭރުތެރެއަކަށް ނުވެވޭނެއެވެ".

މުސްލިމެއްގެ ދީނީ ޒިންމާއަކީ ހަމައެކަނި ފަސް ވަގުތު މިސްކިތަށް އެރުމެއް ނޫނެވެ. ރަމަޟާން މަސް އައުމުން ދުވާލު ނުކައިނުޮބއި ހުރުމެއް ނޫނެވެ. މައްކާއަށް ޮގސް ޙައްޖުވުމެއް ނޫނެވެ. އެހެން މީހުންނާއެކު ޚުލުޤު ރަނގަޅުޮގތުގައި

މުޢާމަލާކުރުމަކީ ވެސް އޭނާގެ ދީނީ ވާޖިބެކެވެ. އެހެން މީހުނާ ކުރާ މުޢާމަލާތަކުގައި ރައްބާނީ ސުލޫކެއް ގެންގުޅުމަކީވެސް އޭނާގެ މުހިއްމު

ވާޖިބެކެވެ. ތިމާގެ ޮކންމެ ބަހަކާއި ޢަމަލަކާ މެދު މާތްهللاގެ ޙަޟުރަތުގައި ޖަވާބުދާރީވާން ޖެހޭނެކަމުގެ އިޙްސާސާއެކު މީހުންގެ ތެރޭގައި

އުޅުމަކީވެސް އޭނާގެ ދީން ލާޒިމުކުރާ ކަމެކެވެ. މި ދުނިޔެއަކީ ދިރިއުޅޭޮގތުގެ އިމްތިޙާނުގެ ދުނިޔެއެކެވެ. އެއްބާވަތެއްގެ ދިރިއުޅުން އިންސާނާ ގެންދާނީ މާތްهللاގެ ސުވަރުގެއާ ދިމާޔަށެވެ. އަނެއް ބާވަތެއްގެ ދިރިއުޅުން އޭނާއަށް ޙައްޤުވެގެންވާކަން ލާޒިމުކުރަނީ ނަރަކައެވެ. ޙަޔާތުގެ މި އިމްތިޙާނުގެ އެންމެ ފުރަތަމަ ކަރުދާސް އޭނާއާ ޙަވާލުކުރެވެނީ އޭނާގެ ގޭތެރެއިންނެވެ. އިމްތިޙާނުގެ

އެންމެ ފަހު ކަރުދާސް އޭނާއާ ޙަވާލުކުރެވެނީ ބޭރުތެރެއިންނެވެ.

މުސްލިމެއްގެ ދީނީ ޒިންމާއަކީ ހަމައެކަނި ފަސް ވަގުތު

މިސްކިތަށް އެރުމެއް ނޫނެވެ. ރަމަޟާން މަސް އައުމުން

ދުވާލު ނުކައިނުޮބއި ހުރުމެއް ނޫނެވެ. މައްކާއަށް ޮގސް

ޙައްޖުވުމެއް ނޫނެވެ.

Page 6: Sun Magazine 29

6

އިބްނުއްނަީފާސއި އޭާނގެ އައްރިާސާލސައިފް ބިން ޒީޔަޒަނަކީ މީލާދީން 516 އާއި 574 އާ ދެމެދު

ޔަމަންކަރައިގައި އުޅުއްވި ރަސްކަލެކެވެ. ޔަމަނުގެ މަޝްހޫރު ޝާހީ އާއިލާއެއް ކަމަށް ވާ ޙިމްޔަރު ވަންހަޔަށް ނިސްބަތްވެވަޑައިގެންނެވި ބޭފުޅެކެވެ. ޢަރަބީންގެ ތާރީހުގައި އޭނާ ފާހަގަ ކުރެވިފައި ވަނީ ޔަމަނުގައި ޮއތް ޙަބަޝީންގެ ވެރިކަން ނިމުމަކަށް ގެންނެވި ބޭފުޅެއްގެ ޮގތުގައެވެ. ޙަބަޝީންނާ ދެޮކޅަށް ހަނގުރާމަ

ކުރެއްވުމަށް ޓަކައި، ސައިފް ބިން ޒީޔަޒަން އެންމެ ފުރަތަމަ އެދިވަޑައިގެންނެވީ ރޫމީންގެ އެހީތެރިކަމަށެވެ. ނަމަވެސް ޤުސްޠަންޠީނިއްޔާގެ ދަރުބާރުން އެދެވޭ ޖަވާބެއް ލިބިވަޑައިނުގަތުމުން، ދެން އޭނާ އެހީތެރިކަން ޯހއްދެވީ ފާރިސީންގެ

ވެރި ކިސްރާގެ ފަރާތްޕުޅުންނެވެ. ކިސްރާ އޭނާއަށް ދެއްވި ލަޝްކަރަކީ ކުށްވެރި ވެގެން ބަންދު ކުރެވިފައި ތިބި އަށްސަތޭކަ މީހުންގެ ފައުޖެކެވެ. ސައިފް އެ

ލަޝްކަރާއިގެން ޔަމަނަށް ވަޑައިގެން ޙަބަޝީ ޔަކްސޫމީން ބަލި ކުރައްވައި، ޔަމަން މިނިވަން ކުރެއްވިއެވެ. އަދި ޔަމަނީ ޢަރަބި ވެރިކަމެއް ޤާއިމު ކުރެއްވިއެވެ. އެހެންކަމުން، ޚާއްސަޮކށް ޔަމަނީ ޢަރަބީންގެ ތެރޭގައި، ޢާއްމުޮކށް އެންމެހައި

ޢަރަބީންގެ ތެރޭގައި އޭނާ ހިމެނިވަޑައިގަތީ ބަޠަލެއް ކަމުގައެވެ. "ސީރަތުލް މަލިކް ސައިފް ބިން ޒީޔަޒަން" ގެ ނަމުގައި ޢަރަބި ބަހުން ކިޔިފައި ވާ ދިގު ދާސްތާނަކީ ސައިފް ބިން ޒީޔަޒަންގެ ޙަޔާތްޕުޅުގެ

އަލްއުސްތާޛު އަޙުމަދު މާޖިދު

ފޮތުގެ ދުނިޔެއިންއަ ޓޭލް އޮފް ޓޫ ސިީޓޒް

އިނގިރޭސި ބަހުގެ އަދަބިއްޔާތުގެ އަހުލުވެރީންގެ ތެރެއިން އެންމެ ގިނަ ބަޔަކު ދެކޭ ޮގތުގައި ޗާރލްސް ޑިކެންސަކީ އިނގިރޭސި ބަހުގެ ތާރީހުގައި އުފެދުނު އެންމެ ޮމޅު ނާވިލު ލިޔުންތެރިޔާއެވެ. އިނގިރޭސި ބަހުން ލިޔުއްވި އެންމެ މަޤުބޫލު

ނާވިލު ލިޔުންތެރިޔާއެވެ. އޭނާ ލިޔުއްވި ސާދަ ނާވިލުގެ ތެރެއިން، އެންމެ ޮމޅު ނާވިލަކީ ޮކބައިޯތ ސުވާލު ކުރެވިއްޖެ ނަމަ އަދަބިއްޔާތަށް ފާޑު ކިޔާ އިލްމުވެރީންގެ ތެރެއިން ވަރަށް ގިނަ ބަޔަކު ބުނާނީ އެއީ "އަ ޓޭލް ޮއފް ޓޫ ސިޓީޒް" ކަމަށެވެ. ހަމައެއާއެކު ފާހަގަކުރަން ޖެހެނީ އަދަބިއްޔާތަށް ފާޑުކިޔާ އިލްމުވެރީންގެ ތެރެއިން ވަރަށް ގިނަ ބައެއްގެ ނަޒަރުގައި "އަ ޓޭލް ޮއފް ޓޫ ސިޓީޒް" އަކީ ޑިކެންސްގެ

އެންމެ ކަމުނުދާ ވާހަކަ ކަމަށް ވެސް ވެފައި ޮއންނަ ކަމެވެ. އެ ވާހަކައަކީ ޑިކެންސް ލިޔުއްވި ނާވިލުތަކުގެ ތެރެއިން ލިޔުންތެރިކަމުގެ ޮގތުންނާއި ނާވިލު އެކުލަވައިލެވިފައި ވާ ޮގތުން އެންމެ އާދަޔާ ހިލާފު ވާހަކައެވެ. އާދަޔާ ހިލާފޭ މި ދެންނެވީ ޑިކެންސްގެ

ނާވިލުތަކާ ނިސްބަތް ޮކށްފައެވެ. އެހެންކަމުން އެ ވާހަކަޔަކީ ޑިކެންސްގެ އެންމެ "ޑިކެންސް ނޫން" ވާހަކަ ކަމަށް ވެސް ބުނެވިދާނެއެވެ.

އަ ޓޭލް ޮއފް ޓޫ ސިޓީޒް އަކީ ތާރީހީ ނާވިލެކެވެ. މިހާތަނަށް 200 މިލިއަން ޮކޕީއަށް ވުރެ ގިނައިން ވިކިފައި ވާ މި ނާވިލަކީ ފަރަންސޭސި އިންގިލާބުގެ

ކުރިޔާއި، އިންގިލާބުގެ ތެރޭގައި ހިނގާ ހާދިސާތަކެއް ރިވާ ޮކށްދޭ ނާވިލެކެވެ. ވާހަކައިގެ ހާދިސާތައް މައިގަނޑު ޮގތެއްގައި ހިނގަނީ ލަންޑަނާއި ޕެރިހުގައެވެ.

ވާހަކައިގެ މައިގަނޑު ޝަހުސިއްޔަތުތަކުގެ ތެރޭގައި ހިމެނެނީ ފަރަންސޭސި ނަވާބީ މުޖުތަމައަށް ނިސްބަތް ވާ މީހުންނެވެ. ވާހަކައިން ދައްކުވައިދެނީ އިންގިލާބުގެ ބިރުވެރި މާހައުލުގެ ތެރޭގައި އެމީހުންގެ ދިރިއުޅުމަށް ކުރިމަތި ވާ ހަލަލްތަކާއި މުސީބާތްތަކެވެ. ވާހަކަ އެންމެ ފުރަތަމަ ޝާއިއު ކުރެވުނީ މީލާދީން 1850 ގެ އަހަރުތަކުގެ ތެރޭގައެވެ.

މައްޗަށް ބިނާ ޮކށް ކިޔާފައި ވާ ދާސްތާނެކެވެ. ނަމަވެސް އެ ދާސްތާނަކީ ތާރީހެއް ނޫނެވެ. ދާސްތާން އެކުލަވައިލެވުނީ ތާރީހެއް ކިޔައިދިނުމުގެ ގަސްދުގައެއް

ވެސް ނޫނެވެ. އިނގިރޭސި ބަހުން ކިޔާ "ފެންޓަސީ" ވާހަކައެއްގެ ޮގތުގައެވެ. ދާސްތާނުގެ ހާދިސާތަކަކީ މުޅީން ކަހަލަ ޮގތަކަށް ހިޔާލީ ހާދިސާތަކެވެ. ފުޯލކެވެ. ވާހަކައިގެ މުހިއްމު ބައިތަކުގެ ތެރޭގައި ޖިންނީންނާއި ކަހީނުންނާއި ސިހުރުވެރީންގެ ހާދިސާތައް ވެސް ހިމެނެއެވެ. ވާހަކައިގެ ޒަމާނަކީ ވެސް ސައިފް ބިން ޒީޔަޒަން

ދުނިޔޭގައި އުޅުއްވި ޒަމާނެއް ނޫނެވެ. އެއަށްވުރެ ކުރީގެ ޒަމާނެކެވެ. ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ޮގތުގައި "ސީރަތުލް މަލިކް

ސައިފް ބިން ޒީޔަޒަން" އަކީ އެއް ދުވަސްވަރެއްގައި، އެކަކު ލިޔުނު ދާސްތާނެއް ނޫނެވެ. ދިގު މުއްދަތެއްގެ ތެރޭގައި، ދޫދޫމަތީން ކިޔެމުން، ބަދަލުވަމުން އައިސް

ފަހުގެ ދައުރެއްގައި ޮކންމެވެސް މީހަކު ނުވަތަ ބަޔަކު އެއްޮކށް ލިޔުނު ދާސްތާނެކެވެ. ވާހަކައިގެ ޮބޑު ބައެއް އެކުލަވައިލެވުނީ މިޞުރުގައި މަމްލޫކީން ވެރިކަން ކުރި ދުވަސްވަރު ކަމަށް ބެލެވެއެވެ. އެހެންކަމުން ވާހަކައިން މަމްލޫކީ

ވިސްނުމާއި ޝަހުސިއްޔަތުގެ އަސަރު ވަރަށް ޮބޑަށް ފެނެއެވެ. މަމްލޫކީންގެ ޒަމާނަކީ އެކި ދިމަދިމާއިން އިސްލާމީ ދައުލަތަށް އަސްކަރީ ނުރައްކާތައް

ކުރިމަތިވެ، ޞަލީބީންނާއި ތަތާރުން ފަދަ ދުޝްމަނުންނާ ވަރުގަދަ ހަނގުރާމަތަކެއް

އަދަބާއި ފަންނު

Page 7: Sun Magazine 29

7

ޚަލީފާ ހާރޫނުއްރަޝީދު ޮކންމެވެސް ކަމަކާ ބަހުލޫލު ދެކެ ޯކފާވިއެވެ. ޯކފާގެ ޮކޅަށް ޯކފާ އިސް ކުރައްވައި، އެމަނިކުފާނުގެ ޚުވާޖާ މަސްރޫރަށް އެންގެވީ ބަހުލޫލުގެ ހަރުވާޅު ފިޔަވައި އެހެން ހެދުންތައް ބާލުވައިގެން، ހިމާރެއްގެ މައްޗަށް އޭނާ ސަވާރު

ކުރުވައިގެން ޚަލީފާގެ ގަނޑުވަރުގެ ވަށައިގެން ޮއންނަ ޮބޑު މަގުގައި ގަން ހިންގުމަށެވެ. އަދި ގަން ހިންގާ އިރު، ޙިމާރުގެ ލަގަން ބަހުލޫލުގެ ކަރުގައި އަޅުވާފައި ބެހެއްޓުމަށެވެ. ޚަލީފާގެ އަމުރުފުޅު އިއްވެވުމުން އެ އަމުރުފުޅު ތަންފީޒު ކުރަން ޚުވާޖާ

މަސްރޫރު އަވަސްވެގަތެވެ. އޭނާ ބަހުލޫލުގެ ފޭރާމުގެ ތެރެއިން ހަރުވާޅު ފިޔަވައި އެހެން ތަކެތި ބޭލުވިއެވެ.

އެއަށްފަހު ވަރުގަދަ ހިމާރެއްގެ މައްޗަށް ބަހުލޫލު ސަވާރު ކުރުވައި، ހިމާރުގެ ލަގަން ބަހުލޫލުގެ ކަރުގައި އަޅުވައި، އަދި ބެރު ޖަހަމުން، ތާޅަފިލި ފުމެމުން އެކުގައި ދާނެ ޮދޅަހަކަށް މީހުން ވެސް ތައްޔާރު ކުރުވައިގެން ބަހުލޫލު ޮގވައިގެން

ގަނޑުވަރުން ނިކުންނަން ހިނގައިގެންފިއެވެ. އެއިރު ޚަލީފާ ގަނޑުވަރުގެ ކުޅިބަލާގެޮކޅުގެ ބެލްކަންޏެއްގައި ކުޅި ބައްލަވަން އެބަ ހުންނެވިއެވެ.

އެ ދަނޑިވަޅަކީ ޚަލީފާގެ އިސް ވަޒީރު ޔަޙްޔާ ބަރްމާކީ ބޭރުން ވަޑައިގެން ގަނޑުވަރުގެ ޮދޯރށިޮކޅުން އެތެރެއަށް ވެންނެވި ވަގުތެވެ. ޚައްދާމުންނާއެކު ބަރްމާކީ ގަނޑުވަރުގެ ޯގތިތެރެއަށް ވެދެވަޑައިގެންނެވި ވަގުތު، ޚުވާޖާ މަސްރޫރުގެ އާދަޔާ ހިލާފު

"ގާފިލާ" ފެނިވަޑައިގަތުމުން ހައިރާންފުޅު ވިއެވެ. އަދި އެ "ގާފިލާ" ގެ މެދުގައި ވަރުގަދަ ހިމާރެއްގެ މަތީގައި ޮއރިޔާން ހާލުގައި ބަހުލޫލު އިންދައި ފެނިވަޑައިގަތުމުން

އޭނާގެ ހައިރާންކަން އިތުރުވިއެވެ. ދެން ބަރުމާކީ ބަހުލޫލަށް ޮގވާލައްވައި، ބަހުލޫލު ކުރެން ހާލަކީ ޮކބައިޯތ،

ވެގެން އުޅެނީ ކީއްޯތ ސުވާލު ކުރެއްވިއެވެ. ޖަވާބުގައި ބަހުލޫލު އަޑުގެ ޮކޅަށް ޮގވާލިއެވެ. "އަޅުގަނޑުގެ ހާލު އެންމެ ރަނގަޅެވެ. އެކަމަކު ޚަލީފާގެ ހާލުޮކޅު ވަރަށް ޯގހެވެ. ބާރުގެ މަސްތު ހިއްޕަވައިގެން، އެމަނިކުފާނުގެ ހެދުންޮކޅު އަޅުގަނޑުގެ ގައިގައި ލައްވައިގެން މަގުމަތީގައި ހިންގާން ވެސް ޚުވާޖާ މަސްރޫރަށް އަމުރުފުޅު ކުރައްވައިފިއެވެ. މި ހިނގާ ކަމަކީ އެއެވެ." ބަހުލޫލު ޔަޙްޔާ ބަރްމާކީގެ ސުވާލަށް ޖަވާބު ދިނީ ކުޅިބަލާގެޮކޅުގައި

އިންނެވި ޚަލީފާއަށް ވެސް އިވިވަޑައިގަންނަވާހައި ބާރަށެވެ. ޚަލީފާއަށް އޭނާގެ ޖަވާބު އިވިވަޑައިގަތުމުން ޯކފާ މަޑުވެއްޖެއެވެ. ހިނިފުޅު ވެޑުވޭ ޮގތް ވެސް ވެއްޖެއެވެ. ދެން ޚުވާޖާ މަސްރޫރަށް އަންގަވައިގެން ބަހުލޫލު ހިމާރު މަތީން

ބާލުއްވައިގެން ޚަލީފާގެ އަރިއަހަށް ގެންނެވިއެވެ. އަދި ބަހުލޫލަށް ރަތުރަނުގެ އަގުމާތް ފޭރާންޮކޅެއް ދެއްވިއެވެ. ނަމަވެސް ބަހުލޫލު އެ ހެދުންޮކޅު ގަބޫލެއް ނުކުރިއެވެ. އޭނާ ބޭނުން ވީ އޭނާގެ ހެދުމެވެ. ބާ ވެ، އެތަން މިތަނުގައި ޮފތި އަޅައިފައި ޮއތް ހެދުމެވެ.

ބަހުލޫލު ދިޔުމުގެ ކުރީން ޚަލީފާ އޭނާއާ ސުވާލެއް ކުރެއްވިއެވެ. "އޭ ބަހުލޫލެވެ! ގަހެކެވެ. އެ ގަހުގެ އުމުރަކީ ތިންސަތޭކަ ފަންސާސް ހަތަރު ދުވަހެވެ. އެ ގަހުގައި ވަނީ ބާރަ ޮގތްޕެވެ. ޮގތްޕެއްގައި ހުންނަނީ ނަވާވީސް ނުވަތަ ތިރީސް ފަތެވެ. ގަހުގެ އެއްބައި ކުރިމަތިލަނީ އަނދިރިކަމަށެވެ. އަނެއްބައި ކުރިމަތިލަނީ އަލިކަމަށެވެ.

އެއީ ފަހެ ޮކން ގަހެއް ހެއްޔެވެ؟"ބަހުލޫލު ޖަވާބު އެރުވިއެވެ. "އެ ގަހަކީ އަހަރެވެ. ފަހެ އަހަރުގައި ވަނީ

ތިންސަތޭކަ ފަންސާސް ހަތަރު ދުވަހެވެ. ބާރަ މައްސަރެވެ. ޮކންމެ ދުވަހެއްގެ އެއްބައި، ނުވަތަ އަހަރުގެ ދެބައިކުޅަ އެއްބައި ވަނީ ރޭގަނޑުގެ އަނދިރިކަމުގެ ތެރޭގައެވެ.

އަނެއްބައި ވަނީ ދުވާލުގެ އަލިކަމުގެ ތެރޭގައެވެ." ބަހުލޫލުގެ ޖަވާބު އިވިވަޑައިގަތުމުން ޚަލީފާ ހިނިފުޅުވަޑުވައިލައްވާފައި

ވިދާޅުވިއެވެ. "ތިޔަ ބުނީ ރަނގަޅަށެވެ."ބަހުލޫލު އިތުރަށް މަޑު ކުރުމެއް ނެތި، ގަނޑުވަރުން ނިކުމެގެން އޭނާގެ

ހާލުގެ މަގަށް އެނބުރި ރުޖޫއަ ވީއެވެ.

ކުރެވުނު ޒަމާނެކެވެ. މަމްލޫކީންނާއި ޙަބަޝީންނާ ދެމެދުގައި ޮއތީ ވަރަށް ވަރުގަދަ އަދާވާތްތެރިކަމެކެވެ. މި ދެންނެވި ހާލާތީ ހަގީގަތްތަކުގެ ސަބަބުން،

މަމްލޫކީންގެ ޝަހުސިއްޔަތުގައި ކުފްރާ ދެޮކޅަށް ވަރުގަދަޔަށް ހަނގުރާމަ ކުރުމާއި، ޙަބަޝީ ކަޅު މީހުންނާ ދެޮކޅަށް ވަރުގަދަ ތައައްސުބެއް

ގެންގުޅުމުގެ ވިސްނުން ހުއްޓެވެ. ނަތީޖާއަކީ މި ވިސްނުން "ސީރަތުލް މަލިކު ސައިފް ބިން ޒީޔަޒަން" ގެ ސަފުހާތަކުން ވަރަށް ޮބޑަށް

ރިވެލިވުމެވެ. ޢަރަބި ބަހުން "ސީރަތުލް މަލިކް ސައިފް ބިން ޒީޔަޒަން" ގެ ތަފާތު ތަސްނީފުތަކެއް ހުރެއެވެ. މި ތަސްނީފުތަކުގައި ހިސާބެއްގެ

ތަފާތުތަކެއް ވެސް ހުރެއެވެ. އަޅުގަނޑު ބެލި ބެލުމުން އެނގެނީ މައިގަނޑު ތިން ތަސްނީފެއް ޢަރަބި ބަހުން ޮއންނަ ކަމެވެ. އެއީ މިޞުރުގެ ޤާހިރާގައި ޝާއިއު ކުރެވުނު ތަސްނީފާއި، ލުބުނާނުގެ ބެއިރޫތުގައި ޝާއިއު ކުރެވުނު

ތަސްނީފާއި، ސޫރިޔާގެ ދިމިޝްޤުގައި ޝާއިއު ކުރެވުނު ތަސްނީފެވެ. މީގެ ތެރެއިން އެންމެ މަގުބޫލު ކަމަށް ބެލެވެނީ، އަދި އެންމެ ރަނގަޅު ކަމަށް ބެލެވެނީ ޤާހިރާގެ ތަސްނީފެކެވެ. އެ ތަސްނީފަކީ ހަތަރު ޖިލްދުގެ ޮގތުގައި ޝާއިއު ކުރެވުނު، މުޅި އެކު 2000 ސަފުހާގެ މައްޗަށް އެކުލެވޭ ތަސްނީފެކެވެ. ސައިފް ރަސްގެފާނު ވާހަކައިގެ ބައެއް 1996 ވަނަ އަހަރު އިނގިރޭސި ބަހަށް ތަރުޖަމާ ކުރެވުނު އިރު، އަސްލަކަށް ބެލިފައި ވަނީ

ވެސް ޤާހިރާގެ ތަސްނީފެވެ. "ސީރަތުލް މަލިކް ސައިފް ބިން ޒީޔަޒަން" އަޅުގަނޑުމެންގެ

ދިވެހި ބަހަށް ވެސް ތަރުޖަމާ ކުރެވިފައި ވެއެވެ. ދިވެހީންގެ ތެރޭގައި ވަރަށް މަޝްހޫރު ވެ، ވަރަށް ގިނަ ބައެއްގެ ޯލބި ލިބުނު "ސައިފް ރަސްގެފާނު ވާހަކަ" އަކީ މިއެވެ. މި ތަރުޖަމާ ޝާއިއު ކުރެވިފައި ވަނީ 1966 ވަނަ އަހަރުއެވެ. ދިވެހި ތަރުޖަމާގެ އަސްލަކީ ދިމިޝްޤުގައި ޝާއިއު ކުރެވުނު ތަސްނީފެވެ. ސައިފް ރަސްގެފާނު ވާހަކައިގެ ދިވެހި ތަރުޖަމާއަކީ ޢަރަބި އަސްލުގެ ބައެއް ބައިތައް ނުހިމަނައި ކުރެވިފައިވާ ތަރުޖަމާއެއް ކަމުން،

އަސްލު ޢަރަބި ޮފތަށް ވުރެ ދިވެހި ތަރުޖަމާ ކުރެވެ. ދިމިޝްޤީ ތަސްނީފުގެ ހުރި ބައެއް އުނި ކަންތައް ވެސް މި ތަރުޖަމާއިން ފާހަގަ ޮކށްލެވެއެވެ.

ބަހުލޫލުގެ ހުކުމް

Page 8: Sun Magazine 29

ޝާހްރުކް ހާން މި ފަހަރު ކުރަން އުޅޭ ކަމެއްގެ ސަބަބުން ޮބލީވުޑްގެ ގިނަ ބަޔަކަށް ވަނީ ހައިރާންކަން ލިބިފައެވެ. ނޫސްތަކުން ބުނަނީ މިއީވެސް ޝާހުރުކް ނޫން އެހެން

މީހަކަށް ނުކުރެވޭ ކަހަލަ ކަންތައްތަކެއް ހުރިކަމުގެ ހެއްކެއް ކަމަށެވެ. ޝާހު ވަނީ ދެ ދުޝްމަނުން ކަމުގައި ބެލެވިފައި ވާ ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޯޗޕްރާއާ ދެމީހުން އެއް ސްޓޭޖެއްގެ މައްޗަށް ގެނައުމުގައި

ކާމިޔާބު ޯހދާފައެވެ. އަންނަ އީދާ ގުޅިގެން ޑުބާއީގައި ޝާހު ދޭ ހާއްސަ ޯޝވގައި ކަރީނާއާއި ޕްރިޔަންކާއާ ދެމީހުން ޝާހާއެކު

ބައިވެރިވާނެއެވެ. އަދި އެކުގައި ޕަރޯފރމް ކުރާނެއެވެ. ކަރީނާ ކަޕޫރާއި ޕްރިޔަންކާ ޯޗޕްރާއާ ދެމީހުންނަކީ އެކަކު

އަނެކަކާ ސަލާން ވެސް ނުކުރާ ދެމީހުންނެވެ. ރަސްމީ އެޯވރޑް ހަފުލާއެއްގައި ވެސް ދެމީހުން އެކަކު އަނެކެއްގެ މޫނަށް ވެސް

ބަލައެއްނުލައެވެ. ޝާހާއެކު އެއް ޯޝވއެއްގައި ބައިވެރިވާން ދެމީހުން އެއްބަސްވެފައިވާ އިރު، ދެމީހުންގެ މުހިއްމު ދެ ފިލްމު ރިލީޒްކުރަން

ދަނީ ތައްޔާރުވަމުންނެވެ. އެއީ ކަރީނާ ކަޕޫރުގެ ރާ.ވަން އާއި ޕްރިޔަންކާ ޯޗޕްރާގެ ޮޑން 2 އެވެ.

މި ޯޝވގައި މިޔުޒިކް މާސްޓަރުން ކަމަށް ވާ ހަރީ ހަރަނާއި ޝަންކަރު މަހާދޭވަން ވެސް ބައިވެރިވާނެއެވެ.

8

ާޝާހއެކު ކަީރާނ ާއއި ޕްރިާޔންާކ ދުޝްމަންކަން ހަނާދން ނައްާތލަީނ

Page 9: Sun Magazine 29
Page 10: Sun Magazine 29

10

ކޮންކިއުބައިން އޮޕަރޭޝަންގެ ރޭވުން ސެޕްޓެމްބަރު 1952 ގައި އިނގިރޭސި ސަރުކާރުން، ވައިގެ ކަންތައްތަކާ ބެހޭމިނިސްޓްރީއާ ގުޅިގެން ސިއްރު ޮކށްފައިވާ ސާވޭއެއް ފަށަން ނިންމައި އެމަސައްކަތުގެ ޯކޑު ނަމަކީ “ޮއޕަރޭޝަން ޮކންކިއުބައިން” ކަމަށް ހަމަ

ޖެއްސީޮކން ނިޔަތެއްގައި ކީއް ކުރަން ހެއްޔެވެ؟"އެއީ ވަރަށް ޮބޑަށް އިނގިރޭސީން ސިއްރުޮކށްފައިވާ ސާވޭއެއް. އެއީވަރަށް ޮބޑު ބަދަލުތަކެއްގެ ފެށުން،” އައްޑު އަޮތޅުގައި އިނގިރޭސީން އަސްކަރީމަރުކަޒެއް ހަދައިގެން ތިބި އިރު ގަމުގައި އެއާ ކްރާފްޓް ސާވޭ އިންޖިނޭރެއްގެޮގތުގައި މަސައްކަތް ކުރެއްވި މައިކަލް ޒެނިސް ލިޔުއްވި

ޮފތް “ގްޑް ބައިގޭން”ގެ “ޮއޕަރޭޝަން ޮކންކިއުބައިން” ރިޯޕޓުގައި އޭނާ ވިދާޅުވެފައި ވެ އެވެ.

އިނގިރޭސީން އައްޑު އަޮތޅު ގަމާއި އެހެން ބައެއް ރަށްތަކުގައި އޭގެކުރިން ތިބީ 1942 އިން 1945 އަށެވެ.

ނަވާރަސަތޭކަ ސާޅީސް ފަސް ވަނަ އަހަރު ދެ ވަނަ ޮބޑު ހަނަގުރާމަނިމުމަށް ފަހު އިނގިރޭސި ސިޔާސީ މަސްރަހު ފުޮރޅުމަކާ ދިމާއަށް ދީލައިލިއެވެ. އެއާ އެކު ވަރަށް ޮބޑު ބަދަލުތަކަކާ ކުރިމަތި ލާން ޖެހުނެވެ. ސަބަބަކީއިނގިރޭސި އެންޕަޔާގެ ދަށުގައިވާ ބައެއް ތަންތަނުން އަތްޮފޅާލައި މިނިވަންކަންދޭން މަޖުބޫރު ވުމެވެ. އިންޑިޔާ، ޕާކިސްތާނު، އަދި ފަހުން ސިޯލނަށް )ސްރީލަންކާ( މިނިވަންކަން ދީ، އެހެން ތަނެއްގައި އަސްކަރީ

މަރުކަޒެއް ގާއިމުކުރުމުގެ މުހިންމުކަން އިނގިރޭސި ސަރުކާރަށް އިހުސާސް ކުރެވުނެވެ. އަދި އެމަސައްކަތް ވަރަށް ސިއްރު ޮގތެއްގައި ވަރަށް ފުނުން

ރާވާން ފެށި އެވެ.މައިކަލް އޭނާގެ ޮފތު ގައި ވިދާޅުވަނީ މިހެންނެވެ:

“ސަބްޮކންޓިނެންޓްގައި ސިޔާސީ މައްސަލަތައް އިތުރުވަމުން ދިޔުމާ އެކުގައިމެ، އެސަރަހައްދާ ވީހާ ވެސް ދުރެއްގައި އިންޑިޔާ ކަނޑުގައި

އަސްކަރީ މަރުކަޒެއްގާއިމު ކުރުމުގެ ނިޔަތް ގަނެ އެ މަސައްކަތް ފަށައިގަތީ ވަރަށް ފުނުން. ވަރަށްސިއްރު ކުރެވިގެން.”

"ޮއޕަރޭޝަން ޮކންކިއުބައިން"ގެ ސިއްރު ރޭވުންތަކުގައިއިނގިރޭސީން އެންމެ ފުރަތަމަ ކުރި މަަސައްކަތަކީ އައްޑު އަޮތޅާއިސީޝެލްސްގެ ޮކއިވެޓީ އައިލެންޑް އަދި ރާއްޖެއާ 400 މޭލު ދުރުގައިވާ ޮބޑުރަށެއް ކަމަށްވާ ޑިއެޯގ ގާސިޔާ ނުވަތަ ޯފޅަވަހި ސާވޭ

ކުރުމެވެ.ބޭރު މައްޗަށް ތަފާތު ސިފައެއް ޖައްސާފައިވާ މި ސިއްރު ސާވޭކުރުމުގެ ދަތުރުތަކުގައި ބޭނުން ކުރީ ކަނޑަށް ޖައްސާ މަތިންދާ ޯބޓެކެވެ.“ސަންޑަލޭންޑް” ނަމަކަށް ކިޔާ މި ޯބޓުގެ ނަކަލެއް މިހާރު

ފެންނާނީއިނގިރޭސި ވައިގެ ސިފައިންގެ މިއުޒިއަމްތަކުންނެވެ.ސަންޑަލޭންޑްގެ ދަތުރުތަކަށް ބޭނުންވާ ތެޮޔ ހިފައިގެން

އެންމެފުރަތަމަ ހަމަ ޖެހިފައި ޮއތީ ޗައިނާބޭ ނުވަތަ ސިޯލނުގެ އިރުމަތީގެ ރަށެއްކަމަށްވާ ޓްރިންޮކމަލީ އިން ސީދާ އައްޑު އަޮތޅަށް ދާށެވެ.

"އެކަމަކު ކަންދިމާ ކުރި ޮގތުން އައްޑު އަޮތޅަށް ދިއުމުގެ ކުރިންޗައިނާ ބޭއިން ފުރައިގެން އަހަރެމެން )އިނިގިރޭސީން( އަންނަން

ޖެހުނީ މާލެއަށް،” މައިކަލް ވިދާޅުވި އެވެ.

ސެޕްޓެމްބަރު 8 ވަނަ ދުވަހު މާލެ ކައިރިޔަށް ސަންޑަލޭންޑްޖެއްސި އިރު ވަރަށް ކަނޑު ގަދަ އެވެ. އެހެންކަމުން

އެދުވަހު ޯބޓަށް ތެޮޔއަޅަން ކުރި ހުރިހާ މަސައްކަތެއް ދިޔައީ ފަނުފުލުންނެވެ. މައިކަލް ވިދާޅުވިޮގތުގައި މިޝަންގެ ބައިވެރިން އެކުވެގެން

ސަންޑަލޭންޑަށް ތެޮޔ އެޅުނީ އަނެއްދުވަހު އެވެ. އެއީ ވެސް ވަރަށް އުނދަގޫ މަސައްކަތްތަކެއް ޮކށްގެނެވެ.ދޫނިދޫގައި ރައްކާ ޮކށްފައި ހުރި ތެޮޔ ފީފާތައް ފުރަތަމަ ޯބޓަށް ގެންދިޔައީ ޮބޑުޯދންޏަކަށް އަރުވައިގެން އަދި ވަކި

ހިސާބަކުން ފީފާތައް ކުޑަ ޯދންޏަކަށް ބަދަލުޮކށްގެންނެވެ.މާލޭގައި ދެ ދުވަސް ހޭދަ ކުރުމަށް ފަހު ޯބޓު ދިޔައީ

ސީޝެލްސްއަށެވެ. މިއީ ދިހަ ގަޑި އިރުގެ ދަތުރެކެވެ. ސިއްރު ޮގތެއްގައި ސާވޭ ޓީމުންސީޝެލްސް އަށް ޮގސް ބެލި ތަންތަނަކީ ޯޕޓް ވިކްޯޓރިޔާ އާއި ޕްރަސްލިން އަދިޮކއޭޓިވީ އެވެ. ކުރި ސާވޭތަކުން އެނގުނީ ޯޕޓް

Page 11: Sun Magazine 29

11

ކޮންކިއުބައިން އޮޕަރޭޝަންގެ ރޭވުން ވިކްޯޓރިޔާ އާއި ޕްރިސްލިން،އަސްކަރީ މަރުކަޒެއް ހެދުމަށް ކަމުނުދާ

ކަމަށެވެ. ނަމަވެސް ވަކިން ޮއތް ރަށް،ޮކއޭޓިވީގައި 1900 ނުވަތަ 2000 ޔާޑުގެ ރަންވޭއެއް ހެދިދާނެ ކަމަށް ސާވޭއިން އެނގުނެވެ. އެއީ އެންމެ ރަނގަޅު ޮގތްޯތ އާއި އެއިން ތަނެއްގައިއަސްކަރީ މަރުކަޒެއް ހަދަން

ނިންމުމުުގެ ކުރިން އެތާގެ މޫސުމާ ބެހޭސައިންޓިފިކް ތަހުލީލުތަކެއް ވެސް ކުރި އެވެ. އެ މަސައްކަތުން ކަށަވަރުވީއާންމުޮކށް ވައި ޖެހޭ އަދި ވައިގެ

މިސްރާބު އެނބުރެމުންދާ ޮގތް އެތަނުގައިނާޒުކު ކަމަށާއި އަސްކަރީ މަރުކަޒެއް ހެދުމުގެ ސިފަ އެއިން ތަނަކަށް ލިބިފައިނުވާ ކަމަށެވެ.

"ޮއޕަރޭޝަން ޮކންކިއުބައިން" ސާވޭގޭ ފުރަތަމަ ފިޔަވަހި ނިންމަނ24ް ޮއކްޓޫބަރުގައި މާލޭ މަގުން ސަންޑަލޭންޑު އުދުހުނީ ޓްރިންޮކމަލީ އަށެވެ.ބޭނުމަކީ ސީޝެލްސްގެ ސާވޭއާ ބެހޭ ރިޯޕޓެއް

އިނގިރޭސި ދިފާއީޮއފިޝަލުންނަށް އެރުވުމެވެ. އިނގިރޭސީ ދިފާއީ އެންމެ

މަތީ ފެންވަރުގެޮއފިޝަލުންނާ އެކު ދެ ދުވަސް ވަންދެން މަޝްވަރާތައް ކުރުމަށް ފަހު ނިންމީޑިއެޯގ ގާސިޔާ އަށް ވުރެ ކުރިން އައްޑު އަޮތޅު

ސާވޭ ކުރުމަށެވެ.

ޮއކްޓޫބަރު 26 ވަނަ ދުވަހު ހެނދުނު ޓްރިންޮކމަލީން ފުރައިގެންސަންޑަލޭންޑް އައްޑު އަޮތޅަށް ދިޔައީ އެ ދުވަހުގެ މެންދުރު އެވެ. ޯބޓު ޖެއްސީވެރިރަށް ހިތަދޫ އިރުމަތީ ފަރާތު ފަޅު ތެރެއަށެވެ

ސާވޭގެ މަސައްކަތް

ފެށީ އޭގެ އަނެއް ދުވަހު އެވެ. ބިމުގެ ސާވޭ ކުރުމަށް ޯދންޏެއްގައި،އިނގިރޭސީން ގަމަށް އެރީ ހެނދުނެވެ.

"ވަރަށް ވިއްސާރަ! ޯބޮކށް ވާރޭ ވެހޭތީ ގަމުގައި އަހަރެމެން )އިނގިރޭސީން( ކުރި މަސައްކަތް ތިން ދުވަހަށް ދިގުލި،" ޮފތުގައިވެ އެވެ.

މައިކަލް ވިދާޅުވި ގޮޮތުގައި ގަމަކީ އެއާޯޕޓު ހަދައި އަދި ބޭނުންވާއެހެނިހެން ނިޒާމުތައް ގާއިމު ކުރުމަށް ރަނގަޅު ރަށެއް ކަމަށް

އެ ތިން ދުވަހުގެމަސައްކަތުން ފާހަގަ ކުރެވުނެވެ. އެއާ އެކު އެކުލަވައިލި ރިޯޕޓުގައިނުކުތާތަކެއް ފާހަގަ ކުރި އެވެ.

އެއް ޮޕއިންޓަކަށް ޮއތީ ދެ ވަނަ ޮބޑު ހަނގުރާމައިގެ ދުވަސްވަރުގަމުގައި ތިން ރަންވޭ ހަދާފައި ޮއތުމެވެ.

އަދި ހަލާކުވުމުގެ އިތުރުން ވިނަ ޯބ ވެފައިވާ ރަންވޭތަކުގެ އިތުރަށްބައެއް އިމާރާތްތައް ވެސް ހުރުމުން ގަމުގައި އަސްކަރީ މަރުކަޒެއް

ގާއިމުކުރެވިދާނެ ކަމަށް އިނގިރޭސީ ދިފާއީ އިދާރާގެ އެންމެ އިސް ވެރިންނަށް ގަބޫލުކުރެވުނެވެ.

ގަމަށް ފަހު ސާވޭގައި ހިތަދޫ ވެސް ބެލި އެވެ. އެޮގތުން ހިތަދޫގެމާމެންދޫ ސަރަހައްދަކީ ހަނގުރާމައިގެ ދުވަސްވަރު ޯރޔަލް އެއާޯފސްގެ

ހާއްސަމަރުކަޒެކެވެ. އެދުވަސްވަރު ގާއިމު ކުރި ހާއްސަ ވަޔަލެސް ސްޓޭޝަންގެ ބައެއްއޭރިޔާތައް ވެސް ސާވޭ ޓީމުން ބަލައި އެތަކަތި ބޭނުން ކުރެވިދާނެ ކަމަށް

ވެސްފެނުނެވެ.ޮއކްޓޫބަރު 31 ވަނަ ދުވަހު އިނގިރޭސީން މީދު އަށް ދިޔަ އެވެ.

އެއް ދުވަސް ވަންދެން މީދޫ ބެލުމަށް ފަހު މީދޫގެ ޮފޯޓތަކެއް މަތިން ނަގައިހެދި އެވެ.

އައްޑު އަޮތޅުގެ ސާވޭ އަށް ފަހު ޮނވެމްބަރު 1 ވަނަ ދުވަހުސަންޑަލޭންޑް ދިޔައީ ޑިއެޯގ ގާސިޔާ އަށެވެ. އަސްކަރީ މަރުކަޒަށް

ބޭނުންވާވަރަށް ދެ ރަންވޭއެއް އެތަނުން ލިބެން ނެތުމުން ސިއްރު ޮއޕަރޭޝަނެއްގެތެރެއަށް އިތުރު ބުރެއް ނުވައްދާން ވެގެން އެ މަސައްކަތް

ހުއްޓާލީ އެވެ.ޮނވެމްބަރު 7 ވަނަ ދުވަހު ސަންޑަލޭންޑް އަލުން އައްޑު

އަށްދަނިޮކށް ޯބޓުގެ އިންޖީނުގައި މައްސަލައެއް ޖެހިގެން އައްޑޫ މަތީން ބުރެއްޖެހުމަށް ފަހު ދިޔައީ މާލެ އަށެވެ. ހަމަ އެދުވަހު އިނގިރޭސީންނާއި ދިވެހިސަރުކާރުގެ އިސް ވެރިންގެ ބައްދަލުވުމެއް ވެސް މާލޭގައި ޮއތެވެ.

ސަރުކާރުގެފަރާތުން ބައިވެރިވެ ވަޑައިގެންނެވި އެންމެ އިސް ވެރިޔަކީ އޭރުގެ ޮބޑުވަޒީރުމުހައްމަދު އަމީނެވެ.

އޭގެ އެއް ދުވަސް ފަހުން ސަންޑަލޭންޑްގެ ސާވޭ ދަތުރުނިންމާލާފައި ޓްރިންޮކމަލީ އަށް ޮގސް ސިޯލނުގައި ހުންނަ އިނގިރޭސި ވައިގެސިފައިންގެ ހެޑް ކްއާޓަރަށް ރިޯޕޓް ހުށަހެޅި އެވެ. އައްޑު އަޮތޅަށް އިނގިރޭސިސިފައިން

ދެ ވަނަ ފަހަރު އަންނަން ނިންމީ ވަރަށް ސިއްރު ޮގތެއްގައިއިނގިރޭސި ސަރުކާރުން މި ރިޯޕޓު ބަލައި ދިރާސާ ކުރުމަށް ފަހު އައްޑުއާވަރަށް ގަޔާ

ވެގެންނެވެ.ސީޝެލްސް އާއި ޑިއެޯގގާސިޔާގެ ބަދަލުގައި

“ޮއޕަރޭޝަންޮކންކިއުބައިން” އައްޑު އަޮތޅަށް ހުއްޓުވައިލި ހާއްސަ ސަބަބުތަކެއް ވެސް ވެއެވެ. އެއް ސަބަބަކީ ބޭނުންވާ ވަރުގެ ރަންވޭއެއް ގަމުން ލިބުމެވެ. އަދި މީހުންތިބޭނެ އިމާރާތްތައް ބިނާ ކުރުމަށާއި މުއާސަލާތީ ނިޒާމު ގާއިމު

ކުރުމަށް ބިންޮއތުމެވެ. ހަނގުރާމައިގެ ދުވަސްވަރު ގަމުގެ ޮބޑު ބައެއް ސާފުޮކށް އަދި ބައެއްއިމާރާތްތައް ހަދާފައި ހުރުން އެއީ ވެސް ސަބަބެކެވެ.

"ޑިއެޯގގާސިޔާ އާއި ޮކއޭޓިވީ ޮއންނަނީ އިންޑިޔާ ކަނޑުގެ ދެކުނުގައިކަމުން ދުރު އިރުމައްޗަށް ސީދާ ދަތުރުކުރަން ފަސޭހަ ނުވާނެ ކަންއަހަރެމެންނަށް ގަބޫލު ކުރެވުނު. އެ ސަބަބުތަކަށްޓަކައި އިންޑިޔާ

ކަނޑުގައިގާއިމު ކުރާ ސިފައިންގެ އަސްކަރީ މަރުކަޒު އައްޑު އަޮތޅު ގަމުގައި ގާއިމުކުރުމަށް ނިންމީ،" މައިކަލް ވިދާޅުވެފައިވެ އެވެ.

Page 12: Sun Magazine 29

12

ފޮއިދުވަސް

ސޫރިޔާގައި ހިނގަމުންދާ ލޭޮއޮހރުވުންތަކާއި މީހުން މެރުމުގެ ޢަމަލުތައް ހުއްޓުވުމަށް ސަޢޫދީ ރަސްގެފާނު ޢަބްދުهللا ބިން ޢަބްދުލްޢަޒީޒް ސޫރިޔާ ސަރުކާރަށް

ޮގވާލައްވައިފިއެވެ. ސަޢޫދީ ޓީވީ މެދުވެރިޮކށް ދެއްވި ޚިތާބެއްގައި ޢަބްދުهللا ވިދާޅުވީ ސޫރިޔާ ސަރުކާރާ ދެޮކޅަށް ތެދުވާ މީހުންނާ ދެޮކޅަށް އެޤައުމުގެ ސަރުކާރުން ބާރުގެ ބޭނުންޮކށް މީހުން މަރަމުންގެންދާ މިންވަރުން ސިހުން ލިބިވަޑައިގެންފައިވާ ކަމަށާއި ސޫރިޔާ ސަރުކާރުގެ ޢަމަލުތައް ޤަބޫލު ނުކުރެވޭނެ ކަމަށެވެ. އިދިޮކޅު ފަރާތްތަކާ

ދެޮކޅަށް ސޫރިޔާ ސަރުކާރުން ބާރުގެ ބޭނުންޮކށް މީހުން މަރާ މިންވަރު އިތުރުވަމުން ދާތީ ތުރުކީގެ ޮބޑުވަޒީރު ރަޖަބް ތައްޔިބު އުރުދުޣާން ވެސް ވަނީ ސޫރިޔާގެ ވެރިން

ކުށްވެރިޮކށް ވާހަކަ ދައްކަވާފައެވެ.

ޮކރަޕްޝަންގެ ޢަމަލުތައް ހިންގެވި ކަމުގެ ތުހުމަތުގައި ޔުކްރޭންގެ ކުރީގެ ޮބޑުވަޒީރާ ޔޫލިޔާ ތިޮމޝިންޯކ ހައްޔަރުޮކށްފިއެވެ. ތިޮމޝިންޯކއަކީ 2005 ވަނަ އަހަރުގެ ކުރީޮކޅު

ލިބަރަލް އެކްޓިވިސްޓުން ގެނައި ޮއރެންޖް ރިޮވލިއުޝަންގެ ލީޑަރެކެވެ. ޮއރެންޖް ރިޮވލިއުޝަން އައިތާ 5 އަހަރުތެރޭގައިވަނީ ނާކާމިޔާބުވެފައެވެ. ނާކާމިޔާބުވީ އެ

ރިޮވލިއުޝަންގެ ލީޑަރުން ގެންނެވި ޑިޮމކްރަސީއާއި ޓްރާންސްޕޭރަންސީގެ އުސޫލުތަކާ ޚުދު އެބޭފުޅުން އަމިއްލައަށް ޚިލާފުވެގެންނާއި ވަޢްދުތައް ނުފުއްދުމާއެކު ރައްޔިތުންގެ

އިތުބާރު ގެއްލިގެންނެވެ. މިނާކާމިޔާބާގުޅިގެން ރައްޔިތުންގެ ތާއީދު ގެއްލުމާއެކު 2010 ވަނަ އަހަރުގެ އިންތިޚާބުގައި ޮއރެންޖް ޙަރަކާތުގެ ލީޑަރުން ބަލިވެ ކުރީގެ ރައީސް

ރައީސް ޔަނަޮކވިޗްއަށް އަނެއްކާވެސްވަނީ ޔުކްރޭންގެ ރައީސްކަން ލިބިވަޑައިގެންފައެވެ.

ސަޢޫދީ ދާޚިލީ ވަޒީރު އަދި ސަޢޫދީ ރަސްގެފާނުގެ އެއްބަފާ ޮކށްޯކފުޅު އަލްއަމީރު ނާއިފް ބިން ޢަބްދުލްޢަޒީޒްގެ ޖިއްދާގައި ހުންނަ ގަނޑުވަރަށް، ހަތިޔާރު އަޅައިގެން ހުރި މީހަކު ބަޑިން ޙަމަލާތަކެއް ދީފިއެވެ. މިޙަމަލާ އަރާފައި ވަނީ އެގަނޑުވަރުގެ ގާޑުންތިބޭ

ޗެކް ޮޕއިންޓަށެވެ. މިޙަމަލާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައިނުވާކަމަށާއި ޙަމަލާ ދިންތާ ކުޑައިރުޮކޅެއްގެ ތެރޭގައި ގަނޑުވަރުގެ ގާޑުން ދިން ރައްދު

ޙަމަލާތަކުގައި ހަތިޔާރުއެޅިމީހާ މަރާލާފައިވާ ކަމަށް ޖިއްދާގެ ފުލުހުންނާ ޙަވާލާދީ ސަޢޫދީ ނޫސް އެޖެންސީ ބުނެފައިވެއެވެ. އަލްއަމީރު ނާއިފަކީ އަލްޤާޢިދާ ޖަމާޢަތާ

ދެޮކޅަށް 2003 އިން 2006 އަށް ސަޢޫދީ ސަރުކާރުން ހިންގި ޓެރަރިޒަމާ އިދިޮކޅު ޮއޕަރޭޝަންތަކުގެ ވެރިއަކަށް ހުންނެވި ސިޔާސީ ފަރާތެވެ.

މެދުތެރޭ ކަނޑުގެ އައްސޭރިފަށުގައިވާ ލީބިޔާގެ އިރުމަތީގެ ސިޓީއެއް ކަމަށްވާ ޒްލީތަންއަށް ނޭޯޓއިިން ދިން ވަރުގަދަ ވައިގެ ޙަމަލާތަކެއްގައި ލީބިޔާގެ ޒަޢީމް

މުޢައްމަރުލްޤައްޒާފީގެ ފިރިހެން ދަރިކަލެއްކަމަށްވާ އުމުރުން 27 އަހަރުގެ ޚަމީސް އަލްގައްޒާފީ އަވަހާރަ ވެފައިވާ ކަމަށް އިދިޮކޅު ހަނގުރާމަވެރިން ފެތުރި ޚަބަރުތަކެއް

ގައްޒާފީގެ ސަރުކާރުން ޮދގުޮކށްފިއެވެ. ގައްޒާފީގެ ސަރުކާރުގެ ތަރްޖަމާން މޫސާ އިބްރާހީމް ވިދާޅުވީ މިއީ ބުނުތާން ޮދގުކަމަށާއި އިދިޮކޅު ހަނގުރާމަވެރިން މިޚަބަރު ފަތުރާފައިވަނީ އެމީހުންގެ ޙަމަލާތަކެއްގައި ޒްލީތަންގެ ކުށެއްނެތް އާއިލާއެއްގެ ހުރިހާ

މީހުން މަރާލި ޖަރީމާއެއް ޮފރުވުމުގެ ބޭނުމުގައި ކަމުގައެވެ.

08 ޯއގަސްޓް 2011 – ސޫރިޔާގެ ޖަރީމާތައް ސަޢޫދީން ކުށްވެރިޮކށްފި

06 ޯއގަސްޓު 2011 – ޔުކްރޭނުގެ ކުރީގެ ޮބޑުވަޒީރާ ހައްޔަރުޮކށްފި

05 ޯއގަސްޓު 2011 – ސަޢޫދީ ދާޚިލީ ވަޒީރުގެ ގެޮކޅަށް ޙަމަލާދީފި

04 ޯއގަސްޓު 2011 – ޤައްޒާފީގެ ފިރިހެން ދަރިފުޅު އަވަހާރައެއް ނުވޭ

ދުނިޔޭގެ ޚަބަރުތަކަށް ކަޅިއެއް ...

Page 13: Sun Magazine 29

13

ސަން މާފާނު

ހިންދުސްތާން ނުވަތަ އިންޑިޔާއަކީ ދައުލަތްތަކުގެ ދައުލަތެކެވެ. ގާތް ގަނޑަކަށް 28 އިސްޓޭޓު ނުވަތަ ރާއްޖެއާއި ހަތް ޔޫނިޔަން ޓެރިޓަރީ މި ގައުމުގައި ޮއތް އިރު މި އިން ޮކންމެ ސަރަހައްދަކީ ސަރަހައްދީ ވަކި

ސަރުކާރެއް ޮއތުމުގެ އިތުރުން ބަހާއި ސަގާފަތުގައި ވެސް ތަފާތުތަކެއް ހުރި ސަރަހައްދުތަކެކެވެ. ހަނަފަސް ސަހަރާތަކުން ފެށިގެން ތަނަވަސް މައިދާންތަކާއި

ފެހި ވާދީތަކާއި ހިތްގައިމު އާބުވާރާތަކާއި ޯކރުތަކާއި ދަނޑުބިންތަކާއި ޖަންގަލިތަކާއި އެކި ބާވަތް ބާވަތުގެ މޭވާ ބަގީޗާތަކާއި މާމަލުގެ ބުސްތާނުތަކާއި ދޫންޏާއި ޖަނަވާރުތަކުގެ އިތުރުން ދުނިޔޭގެ އިންސާނުންގެ އާބާދީގެ ފަސްބައިކުޅަ އެއްބައި ހިއްސާކށް، ދުނިޔޭގައި އާބާދީގެ ޮގތުން ދެވަނަ ގައުމުގެ ޮގތުގައި ޮއތް

މި ގައުމަކީ ބިމުގެ ޮގތުން ބަލާއިރު ހަތް ވަނަ އަށް އެންމެ ޮބޑު ގައުމެވެ. ޅެންވެރީން ސިފަކުރާ ޮގތުގައި އިންޑިޔާއަކީ ދުނިޔެތެރޭގައި ޮއތް ދުނިޔެއެކެވެ.

ހުރިހާ ނަސްލެއްގެ، ހުރިހާ ދީނެއްގެ، ހުރިހާ ކުލައެއްގެ، ހުރިހާ ބަހަކުން

އަބޫ ނަޞްރު މުޙައްމަދު އަލްފާރާބީ އުފަންވެ ވަޑައިގެންފައި ވަނީ މީލާދީން 872 ހާ ތާނގައެވެ.

ހުޅަނގުގެ މީހުން އަލްފާރާބީއަށް ކިޔަނީ އަލްފަރަބިއުސްއެވެ. ބައެއް މުއައްރިހުން ވިދާޅުވާ ޮގތުގައި އަލްފާރާބީ އުފަންވެ

ވަޑައިގަތީ މިހާރުގެ އަފްޣާނިސްތާނުގެ ފާރިޔާބަށެވެ. ނަމަވެސް ގިނަ މުއައްރިހުން ވިދާޅުވާ ޮގތުގައި އަލްފާރާބީ

އުފަންވެ ވަޑައިގަތީ މިހާރުގެ ކަޒަކިސްތާނުގެ ފާރާބުގެ ފާރިސީ ނަސްލުގެ އާއިލާއަކަށެވެ. މިހާރު އެ ޝަހަރުގެ ނަމަކީ އުއްތްރާރެވެ. އަލްފާރާބީއަކީ ސައިންސްދާނެކެވެ.

ކީމިޔާގަރެކެވެ. ފަލްސަފާވެރިއެކެވެ. ފަލަކީ އިލްމުވެރިއެކެވެ. ކައުނީ އިލްމުވެރިއެކެވެ. ފީޒިޔާއީ އިލްމުވެރިއެކެވެ. މަންތިގީއެކެވެ. މޫސީގާރެކެވެ.

ނަފްސާނީ އިލްމުވެރިއެކެވެ.އަލްފާރާބީ ވަރަށް ތުއްޕުޅު އިރު އަރަބި ބަސް ދަސްކުރައްވަން

ފެއްޓެވިއެވެ. މިޮގތުން އަރަބި ބަހުގެ ނަޙޫ ޞަރްފުގެ އިތުރުން އަރަބި ބަހުގެ އަދަބާއި ބަލާޣާ އާއި ޢަރޫޟް ފަދަ އިލްމުތައް އުނގެނި ވަޑައިގަތެވެ. އަރަބި ބަސް ދަސްކުރެއްވުން ވެގެން ދިޔައީ އަލްފާރާބީ އިލްމުގެ މައިދާނަށް ވަޑައިގަތުމަށް ޮކށިގެން ދިޔަ ރާސްތާކަމުގައެވެ. އެ ޒަމާނުގެ އިލްމުގެ އެންމެ ޮބޑު މަރުކަޒު ކަމުގައިވާ ބަޣުދާދަށް ވަޑައިގެން އިލްމުގެ ޯކރުތަކުން ފެންޮފދު ހިއްޕަވަން ފެށްޓެވިއެވެ. މި ދުވަސްވަރު ޔޫނާނީ ފަލްސަފާވެރީންގެ ތެރެއިން

ސުގުރާތާއި، އަފްލާޠޫނާއި އަރިސްޠާޠޫލީސްގެ ޮފތްތަކުގެ ތެރެއަށް ވަރަށް ރަނގަށް

ވާހަކަ ދައްކާ މީހުންގެ ޮގވައްޗެކެވެ. ތަފާތުތަކާ އެކުވެސް އެއްބައިވަންތަކަމާއި އިހްތިރާމްކުރުމާ އެކު މުޅި ދުނިޔެއަށް ނަމޫނާ ދައްކަމުން ތަރައްގީގެ މަގުގައި

ދުވެލި ހަލުއިކުރަމުންދާ ގައުމެކެވެ.ވަޑައިގަތެވެ. އަލްފާރާބީ އަވަހާރަވީ ހިޖްރައިން 339 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައި، މީލާދީން 951 ވަނަ އަހަރުގެ

ޖަނަވަރީ މަހުގައި ޝާމްކަރައިގެ ދިމިޝްޤުގައެވެ.

ހިންދުސްާތން

އިޔާޒު ނަސީމް

ބުއްދީގެ ފުރާގު "ކާމިޔާބު ލިބޭނީ ހަމައެކަނި ތެދުވެރިކަމަށެވެ."

- އިންޑިޔާގެ ގައުމީ ޮމޯޓ

ވެދެވަޑައިގަތެވެ. ކިޔަވައި ވިދާޅުވުމަށް ފަހު އަލްފާރާބީ ދެން ވަޑައިގަތީ ޝާމް އަބޫ ނަޞްރު މުޙައްމަދު އަލްާފާރީބކަރައިގެ ޙަލަބަށެވެ. އޭގެ ފަހުން މިޞްރަށް ވަޑައިގެން ވަރަށް ގިނަ ޢިލްމީ

މަސައްކަތްޕުޅުތަކެއް ކުރެއްވިއެވެ. އޭގެ ފަހުން އަނެއްކާ ވެސް ޝާމް ކަރައަށް

ވަޑައިގަތެވެ. އަލްފާރާބީ އަވަހާރަވީ ހިޖްރައިން 339 ވަނަ އަހަރުގެ ރަޖަބު މަހުގެ ތެރޭގައި، މީލާދީން 951 ވަނަ އަހަރުގެ ޖަނަވަރީ މަހުގައި ޝާމްކަރައިގެ

ދިމިޝްޤުގައެވެ.

Page 14: Sun Magazine 29

14

ތިާބގެ ޒަާވީޖ ހަާޔތުގެ ާކމިާޔބުގެ ތަޅުދަނޑި އޮންާނީނ ތިާބގެ އަތުގައެވެކައިވެނި ކުރުމުގެ އެންމެ މުހިއްމު މަގުސަދުތަކުގެ ތެރޭގައި

ޯލތްބާއި ހަމަޖެހުން ޯހދުމާއި، ޖަޒުބާތީ ޮގތުން ތިމާގެ ދިރިއުޅުން އެ މީހަކާ އެކު ހިއްސާ ކުރާނެ މީހަކު ޯހދުން ހިމެނެއެވެ. ވަރަށް ގިނަ މީހުންނަކީ ތިމާމެންގެ ދިރިއުޅުމުގައި އުނި ކަންތައްތަކެއް ހުރި ކަމުގެ އިހުސާސް ކުރާ މީހުންނެވެ. ރަނގަޅު ބައިވެރިޔަކު ޯހދައިގެން، އެ ބައިވެރިޔާގެ

އެހީއާއެކު އެ އުނި ކަންތައްތައް ނެއްތާލަން އުއްމީދު ކުރާ މީހުންނެވެ. ވަރަށް ގިނަ މީހުން އުއްމީދު ކުރަނީ ތިމާޔަށް ލިބޭ ބައިވެރިޔާއަކީ ތިމާ

"ފުރިހަމަ" ޮކށްދޭނޭ މީހަކަށް ވާނޭ ކަމަށެވެ. ހަގީގަތަކީ އެއްވެސް މީހަކަށް، އަނެކާއަށް މި ބުނި ކަންތައްތައް

ނުޮކށްދެވޭނޭ ކަމެވެ. ތިމާގެ ހުރި އުނިކަމެއް ފޫބެއްދޭނީ ތިމާޔަށެވެ. ތިމާގެ ދިރިއުޅުމުގައި ޯގސްތަކެއް ހުރި ނަމަ، އެކަން ރަނގަޅު ކުރެވޭނީ ތިމާޔަށެވެ. ތިމާ "ފުރިހަމަ ނޫން" ނަމަ، ތިމާ "ފުރިހަމަ" ކުރެވޭނީ ހަމަ

ތިމާޔަށެވެ. އެއީ އެހެން މީހަކަށް

ޮކށްދެވޭނޭ ކަމެއް ނޫނެވެ. އެހެންކަމުން،

ޒަވާޖީ ހަޔާތުގެ ބައިވެރިޔަކު ޯހދާ އިރު،

ތިބާގެ ނިޔަތަކީ އެ މީހަކު އައިސް

ތިމާޔަށް ޯލބި ދީގެން، ތިމާގެ

އުނިކަން ފޫބައްދައިދީގެން، ތިމާޔަށް ކަންތައްތައް ޮކށްދީގެން، ތިމާ ފުރިހަމަ ޮކށްދޭނޭ

މީހަކު ޯހދުން ކަމުގައި ވާނަމަ، ތިބާޔަށް ރަނގަޅު ބައިވެރިޔަކު މި އުޑުދަށަކު ނުވެއެވެ. އެއާ ހިލާފަށް، ތިބާގެ އަމާޒަކީ ތިބާގެ ބައިވެރިޔާއާ

އެކު ޯލބި ހިއްސާޮކށް، ޯލބި ދީގެން، ދިރިއުޅުމުގެ ދަތިތަކާއި މައްސަލަތައް އެކުގައި ހިއްސާކުރާނޭ މީހަކު ޯހދުން ކަމުގައި ވާ ނަމަ، މަރުހަބާ އެވެ.

ތިމާއަކީ ރަނގަޅު ބައިވެރިޔަކަށް ވާށެވެ!

"ތިމާޔަށް ރަނގަޅު ބައިވެރިޔަކީ ކާކު؟" މި ސުވާލު ކުރުމުގެ ބަދަލުގައި "ތިމާއަށް ތިމާގެ ބައިވެރިޔާއަށް ޓަކައި ރަނގަޅު މީހާ ކަމުގައި

ވެވޭހޭ" މި ސުވާލު ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟ ތިމާއަކީ ޒަވާޖީ ގުޅުމެއްގައި ބައިވެރިޔާއަށް ދޭނެ ޯލބި ތިމާގެ އަތުގައި ހުރި މީހެއްޯތ

ސުވާލު ކުރުން ކިހިނެއް ވާނެ ހެއްޔެވެ؟ ވަރަށް ގިނަ ފަހަރު ޒަވާޖީ ގުޅުން ހަލާކު ވެ، ނިމިގެން ދާ ސަބަބަކީ ތިމާގެ ބައިވެރިޔާގެ ފަރާތުން ލިބޭނެ ކަމަށް ތިމާ އުއްމީދު

ޮކށްގެން ހުންނަ ކަންތައްތައް ނުލިބުމެވެ. އެކަމަކު ހަނދާން ކުރާށެވެ. ތިމާ އަމިއްލަޔަށް ތިމާގެ ހުރި އުނިކަންތައް ފޫބައްދައި ބަރާބަރު މީހަކަށް ނުވެވޭ ނަމަ، ތިމާގެ ނަފްސާނީ އަދި ރޫހާނީ ހާލަތު ތިމާ އަމިއްލަޔަށް ރަނގަޅު ނުކުރެވޭ ނަމަ، ތިމާޔަށް ތިމާގެ ބައިވެރިޔާއަށް ޯލބި ދޭން ނޭނގޭ ނަމަ، ދެން އެހެން މީހަކަށް

ތިމާގެ އުފަލަށް ޓަކައި ޮކށްދެވޭނޭ ކަމެއް ޯނންނާނެއެވެ.

ތިމާޔަށް ރަނގަޅު ބައިވެރިޔަކީ މިވަނި މީހެކޭ

ކަނޑައެޅުމަކީ، ނުވަތަ ދެނެގަތުމަކީ ވަރަށް އުނދަގޫ ކަމެކެވެ. އެންމެ ފުރަތަމަ ކަމަކަށް، މީހަކީ ކާކުކަން، އޭނާއަކީ ޮކން ކަހަލަ މީހެއްކަން

ދެނެގަންނަން ވެސް އެތައް މަހެއް ނަގާފާނެއެވެ.

މީހެއްގެ ފަރާތުން ފެންނަ ކަންތައްތަކަކީ އޭނާގެ ހަގީގީ

ސޫރަ ޯތ، ނުވަތަ އެއީ އޭނާ ބޭރަށް ދައްކާ ޮދގު

ސޫރައެއް ޯތ ދެނެގަންނަން އެތައް ދުވަހެއް ނަގާފާނެއެވެ.

މީހަކީ ކާކުކަން އެނގޭނީ އެތައް ތަޖުރިބާތަކެއް އެކުގައި

ކުރެވުމުންނެވެ. ޮބޑެތި މައްސަލަތަކެއް ދިމާވެ، އެ

މައްސަލަތަކުގައި އޭނާ އަމަލު ކުރަނީ ކިހިނެއް، ޮކން

ޮގތަކަށް ކަން އެނގިފެނިވުމުންނެވެ. ބައެއް މީހުންނަކީ ވަރަށް ޯލބިން،

ވަރަށް ޯއގާވެރިޮކށް އުޅޭ މީހުންނެވެ. ނަމަވެސް ދެމީހުންގެ ދެމެދުގައި މައްސަލައެއް ޖެހި، ރުޅި އަންނަ

ކަހަލަ ކަމެއް ވެއްޖެ ނަމަ އޭނާ ރުޅި އައިސް، ރުޅީގައި ހައްދު ފަހަނައަޅައި

ހިނގައިދެއެވެ. ދެން އޭނާގެ ޮފރުވިފައިވާ "އަނދިރި ފަރާތް" ފެންނަ

ޮގތް ވެއެވެ.

މައްސަލަތައް ހައްލުކުރުން ...

ޮކންމެ ގުޅުމެއްގައި ވެސް މައްސަލަތައް ދިމާވާނެއެވެ. އެހެންކަމުން މައްސަލަތައް ދިމާވާ ހާލަތުތަކުގައި ދެމީހުން އެކަކު އަނެކަކަށް "ހުޅުވިގެން" އެކަކު އަނެކަކާ މަޝްވަރާޮކށް،

Page 15: Sun Magazine 29

15

ތިާބގެ ޒަާވީޖ ހަާޔތުގެ ާކމިާޔބުގެ ތަޅުދަނޑި އޮންާނީނ ތިާބގެ އަތުގައެވެތެދުވެރިކަމާއި، ކެތްތެރިކަމާއި މަޑުމައިތިރިކަމާ އެކު ވާހަކަ ދެކެވެން

ޖެހޭނެއެވެ. އެންމެ މުހިއްމީ ތިމާގެ ބައިވެރިޔާގެ ކިބައިގައި ސިފަތަކެއް ހުންނަން ޖެހޭނެ ކަމަށް ގަބޫލުޮކށް އެކަމާ ޖަދަލުކުރުމުގެ ބަދަލުގައި ތިމާގެ ކިބައިގައި "ރަނގަޅު ބައިވެރިއެއްގެ" ކިބައިގައި ހުންނަން ޖެހޭ ސިފަތައް

ހަރުލެއްވުމެވެ. އެޮގތުން ތިރީގައިވާ ކަންތައްތަކަށް ސަމާލުކަން ދިނުން

މުހިއްމެވެ.

ސަމާލުކަން ދޭން ޖެހޭ ކަންތައްތައް

ތިމާއަކީ ތިމާގެ ބައިވެރިޔާއަށް ކަމުދާ ކަހަލަ ޖިސްމާނީ

ސިފަތަކެއް ހުރި މީހަކު ކަމުގައި ވުމަކީ މުހިއްމު ކަމެކެވެ. މި

ދައްކަނީ ޮކންމެހެން ތިމާގެ ސިފަ ރީތި ކުރާ ވާހަކައެއް ނޫނެވެ.

ޕްލާސްޓިކް ސާރޖަރީ ހަދައިގެން ސޫރަ ބަދަލުކުރާ ވާހަކައެއް ނޫނެވެ. ޮކންމެ މީހަކީ ވެސް ރީތި މީހެކެވެ. ތާހިރުކަމާއި،

ޑީސެންޓްޮކށް ހެދުން އެޅުމާއި، މީރުވަސް ދުއްވުން ފަދަ

ކަންކަމާ އެކު، ތިމާގެ ކިބައިގައި އަދަބުވެރިކަމުގެ ރީތި ސިފަތަކާއި

އަހުލާގީ ރީތި ސުލޫކެއް އަށަގަންނުވައިފި ނަމަ ތިމާގެ

ބުރުސޫރަ ޔޫސުފުގެފާނާ އެއްފަދަ ނުވިޔަސް، ތިމާ ރީތި ކަމުގައި ދެކޭނޭ މީހުން ފެންނާނެއެވެ.

ޮކންމެ ގުޅުމެއް ވެސް ކާމިޔާބު ވާނީ ދެމީހުންނަކީ

ވެސް އެކަކު އަނެކަކަށް އަޅާލާ ދެމީހުންނަށް ވެގެންނެވެ. އެކަކު

އަނެކަކާ މެދު ޯއގާވެރިޮކށް، ހިތްހެޮޔޮކށް މުއާމަލާކުރަން

އެނގޭ ދެމީހުންނަށް ވެގެންނެވެ. ހަމައެކަނި ލިބިގަންނަ މީހަކަށް ވުމުގެ ބަދަލުގައި، ދޭ މީހަކަށް ވެސް ވެވިގެންނެވެ. ތިބާއަކީ ބައިވެރިޔާގެ ފަރާތުން ލިބޭ

ކަންތައްތައް ޯހދައިފައި، އޭނާއަށް ދޭން ޖެހޭ ކަންތައްތައް ހަނދާން ނައްތާލާ މީހެއް ނަމަ، ތިބާއަށް އެއްވެސް މީހަކާ އެކު އުފާވެރި ހަޔާތެއް ނުލިބޭނެއެވެ.

އެކަކީ ވެސް ތިބާއަށް ޓަކައި "ރަނގަޅު ބައިވެރިޔަކަށް" ނުވާނެއެވެ. އެހެންކަމުން ރަނގަޅު ބައިވެރިޔަކަށް ވާން ބޭނުން ނަމަ، އަޅާލަން

ދަސްކުރާށެވެ. ބައިވެރިޔާ ބަލިވެއުޅޭ ހާލަތުގައި ވެސް، ގަދަވެ ހުންނަ ހާލަތުގައި ވެސް، އުފާވެފައި ހުންނަ ހާލަތުގައި ވެސް، ދެރަވެފައި ހުންނަ ހާލަތުގައި ވެސް، ރުޅި އައިސްފައި ހުންނަ ހާލަތުގައި ވެސް، ފޫހިވެފައި ހުންނަ ހާލަތުގައި ވެސް އޭނާއާ އަޅާލާން އެނގޭ މީހެއް ކަމުގައި ވާށެވެ. ޮކންމެ ގުޅުމެއް ވެސް ކާމިޔާބު ވާން ބޭނުންވާ އަނެއް ކަމަކީ އުފެދޭ މައްސަލަތަކުގައި ތިމާ ހުރީ ރަނގަޅު ޮގތުގައި ކަން ސާބިތުކުރަން، އަދި އެކަން ތިމާގެ ބައިވެރިޔާ ލައްވައި ގަބޫލުކުރުވަން އުޅުމުގެ ބަދަލުގައި،

މައްސަލައިން ފިލާވަޅުތަކެއް ލިބިގަންނަ، ތިމާގެ ކުށް ގަބޫލުކުރާ، އަދި މައްސަލަ ހައްލުކުރުމަކީ ތިމާ ރަނގަޅު ޮގތުގައި ހުރިކަން ސާބިތު

ކުރުމަށް ވުރެ މުހިއްމު ކަމެއް ކަމަށް ގަބޫލުކުރުމުގެ ސިފަ ދެމީހުންގެ ކިބައިގައި ވެސް ހުރުމެވެ. އެހެން ނޫންނަމަ، ދެމީހުންގެ ދެމެދުގައި އުފެދޭ

މައްސަލަތައް ވެގެން ދާނީ ޮބޑު އަރައިރުންގަނޑަކަށެވެ. މީގެ އިތުރުން ވެސް ވިސްނަން ޖެހޭ ކަންތައްތައް ހުރެއެވެ. ރުޅި މަޑު ކުރުމެވެ. ތިމާގެ ގާތަށް ރުޅި އަތުވެއްޖެނަމަ، މިހިރީ ރުޅި

އައިސްފައިކަން ހަނދާން ކުރުމެވެ. ރުޅީގެ ވަގުތުގައި އަދުލުވެރި ނިންމުމެއް ތިމާއަށް ނުނިންމޭނޭ ކަން ގަބޫލު ކުރުމެވެ. ރުޅި މަޑު ކުރުމެވެ. ރުޅީގެ މައްޗަށް ބުއްދި އިސްކުރުމެވެ. ބައިވެރިޔާގެ އާއިލާގެ މެންބަރުން ދެކެ ޯލބިވުމާއި، އެމީހުންނަށް އިހުތިރާމު ކުރުމެވެ. ބައިވެރިޔާއަކީ ވެސް

އިންސާނެއް ކަމާއި، އޭނާގެ ކިބައިގައި ނުރަނގަޅު ސިފަތަކެއް ހުންނާނޭ ކަން ގަބޫލު ކުރުމެވެ. ދެމީހުން އެކަކު އަނެކަކަށް ވަފާތެރިވުމެވެ.

ތެދުވެރިވުމެވެ. ޮއޅުވައިނުލުމެވެ. މިފަދަ ސިފަތަކެއް ތިމާގެ ކިބައިގައި އަށަގަންނުވާށެވެ. ތިމާއަކީ ރަނގަޅު ބައިވެރިޔަކަށް ވާށެވެ. ތިމާގެ

ޒަވާޖީ ހަޔާތް ބާއްޖަވެރި ކުރުމަށް ޓަކައި މިއަށްވުރެ ޮމޅު ފަންޑިތައެއް ޯނންނާނެއެވެ. ޔަގީން ކުރާށެވެ. ތިބާގެ ޒަވާޖީ ހަޔާތުގެ ކާމިޔާބީގެ

ތަޅުދަނޑި ޮއންނާނީ ތިބާގެ އަތުގައެވެ. އެހެން މީހެއްގެ އަތުގައެއް ނޫނެވެ.

Page 16: Sun Magazine 29
Page 17: Sun Magazine 29
Page 18: Sun Magazine 29

18

ސަރުކާރުގެ ތަފާތު މަގާމު ތަކާއި

ވަޒީފާ ތަކުގައި އުޅެ ފައިސާވެރިވެ

ޮބޑެތި މަހުޖަނުންނަށް ވެފައިވުމުން އެ

މީހުން ފައިސާ ޯހދި ޮގތަކާ މެދު ސުވާލު އުފެދޭ އެތައް ބަޔަކު )އިބްރާހީމް ނާސިރު ނޫނަސް( ދިވެހިންގެ ތެރޭގައި ތިބި އިރު އެއިން އެއްވެސް މީހަކަށް ފައިސާ

ލިބުނު ޮގތެއް ސާފު ކުރުމަށް )ނުވަތަ އޭނާ ދައުލަތުގެ ފައިސާ އަށް

ޚިޔާނާތްތެރިވެފައި ވޭޯތ ބެލުމަށް( ރައީސް އިބްރާހީމް ނާސިރު ރާއްޖޭގެ ވެރިކަމުން ދުރުވެވަޑައިގަތުމުން

އެމަނިކުފާނާ ބެހޭ ޮގތުން ހިންގި ފަދަ ތަހުގީގަކާއި ޝަރީއަތެއް )އެހެން އެއްވެސް މީހަކާ ބެހޭ ޮގތުން( ސަރުކާރުން ހިންގާފައި ނުވަނީ ކީއްވެގެން ބާވަ

އެވެ؟ރައީސް އިބްރާހީމް ނާސިރު ވެރިކަން ދޫޮކށްލެއްވުމުން އުފެދުނު ގާނޫނީ ސަރުކާރުން ވެރިކަމާ ހަވާލުވި އިރު އިބްރާހީމް ނާސިރު ހުންނެވީ

ރާއްޖޭގައި )އެމަނިކުފާނުގެ އަމިއްލަފުޅު ގޭގައި( ކަމަށްވާ އިރު އެމަނިކުފާނުގެ މައްޗަށް ތުހުމަތު ކުރެވުނު ޚިޔާނާތުގެ މައްސަލަ ތަހުގީގު ޮކށް ޝަރީއަތް

ހިންގުމަށް ޓަކައި ރާއްޖެއިން ބޭރަށް ވަޑައިގަތުން އިބްރާހީމް ނާސިރަށް މަނާޮކށް

އެމަނިކުފާނުގެ ޕާސްޯޕޓު ސަރުކާރުން ނުހިފެހެއްޓީ ކީއްވެގެން ބާވައެވެ؟ވެރިކަން ދޫޮކށްލެއްވުމަށް ފަހު، އިބްރާހީމް ނާސިރު ވަޑައިގެން

ހުންނެވީ ބައިނަލް އަގުވާމީ މުއާހަދާ ތަކަށާ އެއްބަސްވުން ތަކަށް އިހުތިރާމު ކުރާ، ތަރައްގީ ވެފައިވާ މިނިވަން ގައުމެއްގައި ކަމަށްވާ އިރު ދިވެހި ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އާއި މުދަލަށް ވެރިކަމުގައި ހުންނަވައިގެން ރައީސް އިބްރާހީމް ނާސިރު ޚިޔާނާތްތެރިވެވަޑައިގެންފައިވާ ކަމުގެ ހެކި އެމަނިކުފާނު

ވަޑައިގެން ހުންނެވި ގައުމުގެ ސަރުކާރަށް ދިވެހި ސަރުކާރުން ހުށަހަޅުއްވައިގެން އިބްރާހީމް ނާސިރުގެ މައްޗަށް ތުހުމަތު ކުރެވޭ ޚިޔާނާތުގެ މައްސަލައިގައި

އެމަނިކުފާނު ޖަވާބުދާރީ ކުރުވުމަށް ނުވަތަ އެމަނިކުފާނުގެ މައްޗަށް ޝަރީއަތް

ރަީއސް ާނސިރުގެ މުާދ ދައުލަތަށްނެގުމުގައި ސުާވލު އުފެދޭ އެތައް ކަމެއް؟!

Page 19: Sun Magazine 29

19

ހިންގުމަށް ޓަކައި ދިވެހި ރާއްޖޭގެ ހައިޯކޓަށް އެމަނިކުފާނު ހާޒިރު ކުރެއްވުމަށް ދިވެހި ސަރުކާރުންނާއި ހައިޯކޓުން މަސައްކަތް ކުރެއްވި ބާވަ އެވެ؟

ރައީސް އިބްރާހީމް ނާސިރުގެ އަމިއްލަ ނަންފުޅުގައި ހުރިނަމަހުރި ހުރިހައި މުދަލަކާއި ފައިސާއެއް ދައުލަތައް ނެންގެވުމުގެ )ނުވަތަ ނީލަމުގައި

ވިއްކައި ލެއްވުމުގެ( ބާރު ދިވެހި ދައުލަތައް )ނުވަތަ ސަރުކާރަށް( ލިބިގެންދާ ފަދަ ޙުކުމެއް ދިވެހި ރާއްޖޭގެ ހައިޯކޓުން ނެރުއްވާފައިވަނީ ޚިޔާނާތްތެރި ޮގތުގައި އިބްރާހީމް ނާސިރު ބޭނުންފުޅު ކުރެއްވި ދިވެހި ދައުލަތުގެ ފައިސާ ދައުލަތަށް )ނުވަތަ ސަރުކާރަށް( ލިބި ދެއްވުމަށްޓަކައި ޝަރުއީ އުޞޫލު ތަކަށާއި ޤާނޫނަށް ރިޢާޔަތްކުރައްވައިގެން ނެރުއްވެންޮއތް އެންމެ އަދުލުވެރި އިންސާފުވެރި ޙުކުމަކީ

ރަީއސް ާނސިރުގެ މުާދ ދައުލަތަށްނެގުމުގައި ސުާވލު އުފެދޭ އެތައް ކަމެއް؟!

އެފަދަ ޙުކުމެއް ކަމަށްވާތީ ބާވައެވެ؟ އަދި އެޙުކުމް އެމައްޗަށް ބިނާކުރެއްވި އިސްލާމީ ޝަރީޢަތުގެ އަސްލަކީ ނުވަތަ ޤާނޫނަކީ

ޮކބައިކަން ޙުކުމުގައި ބަޔާންކުރައްވާފައި ނުވަނީ ކީއްވެގެން ބާވައެވެ؟ރައީސް އިބްރާހީމް ނާސިރުގެ ނަންފުޅުގައިހުރި

ތަންތަނާއި ތަކެތި ޝަރުޢީ އަގުން ނެންގެވުމުގެ ބާރު ސަރުކާރަށް ލިބިވަޑައިގަންނަވާ ޮގތަށް ދިވެހިރާއްޖޭގެ ހައިޯކޓުން ޙުކުމް

ކުރައްވާފައި ވަނީ އިބްރާހީމް ނާސިރު ވެރިކަމުގައި ހުންނަވައިގެން ޚިޔާނާތްތެރި ޮގތުގައި ދައުލަތުގެ ޚަޒާނާއިން ގިނަ އަދަދެއްގެ ފައިސާ

ބޭނުންފުޅު ކުރައްވާފައި ވުމުން އެފައިސާ އަނބުރައި ދައުލަތުގެ ޚަޒާނާއަށް ހަމައަށް ލިބިދެއްވުމުގެ ޮގތުން ކަމަށްވާ ނަމަ މުދަލަށް އެންމެ ރަނގަޅު އަގު ޯހދޭނީ ނީލަމުގައި މުދާ ވިއްކައިގެން ކަމަށް

ވާއިރު ނީލަމުގައި ވިއްކުމުގެ ބަދަލުގައި )ހައިޯކޓުން ނެރުއްވި ޙުކުމުގެ ފުރަތަމަ ބައިގައި( އިބްރާހީމް ނާސިރުގެ ނަންފުޅުގައިހުރި ބިންބިމާއި

ތަންތަނާއި ތަކެތީގެ ތެރެއިން ދައުލަތަށް ބޭނުންފުޅުވާ ތަންތަނާއި ތަކެތި ޝަރުޢީ އަގުން ދައުލަތަށް ލިބިދިނުމަށް ކަނޑައެޅުއްވީ

ކީއްވެގެން ބާވެއެވެ؟ރައީސް އިބްރާހީމް ނާސިރު ދައުލަތަށް ދައްކަވަންޖެހޭ ދަރަނީގެ މައްޗަށް އެމަނިކުފާނުގެ މުދާ ޝަރުޢީ އަގުން ދައުލަތަށް ނެންގެވުމަށާއި އެމުދާ ނީލަމުގައި ވިއްކެވުމަށް ހައިޯކޓުން ޙުކުމް

ކުރެއްވުމުގެ ކުރިން ޤާނޫނު ނަންބަރު 68/4 ޖ )ޢާއްމު ޤާނޫނުތަކެއް( ގެ 7 ވަނަ މާއްދައިގެ ދަށުން ކަމާބެހޭ ޝަރުޢީޯކޓު

މެދުވެރިކުރައްވައި ބަދަލު ދެއްވުމަށްފަހު ދައުލަތަށް ނެންގެވި އިބްރާހީމް ނާސިރުގެ ބިންތަކާއި ޢިމާރާތް ތަކާއި ފިހާރަތަކާއި އެތަންތަނުގައި ހުރި ހިފައިގެންގުޅޭ ތަކެއްޗާއި ފަރުނީޗަރު ފަދަ )އުފުލޭ( މުދަލަށް

ބަދަލުގެ ޮގތުގައި އިބްރާހީމް ނާސިރަށް ދެއްވުމަށް ޯކޓުން ކަނޑައެޅި އަގު އިބްރާހީމް ނާސިރާ ހަވާލު ކުރެއްވުމެއްނެތި ސަރުކާރުން ފްރީޒްކު ރައްވާފައިވާ ނާސިރުގެ އެކައުންޓަކަށް ޖަމާކުރައްވާފައި ބެހެއްޓެވުމަށްފަހު ހައިޯކޓުގެ ޙުކުމް ލިބިވަޑައިގަތުމުން އެފައިސާ އަނބުރައި ސަރުކާރަށް ނެންގެވުމުގައި ޮއތް މަސްލަޙަތަކީ ނުވަތަ

އެކަމުގެ ޙިކުމަތަކީވެސް ޮކބައިބާވައެވެ؟އިސްތިއުނާފީ މަރުޙަލާގެ މަތީ ޯކޓުތަކުން ނެރޭ ޙުކުމް ތަކާއި އަމުރު ތަކަށް އެއަށް ވުރެން ދަށު މަރުހަލާގެ ޯކޓު ތަކުން ތަބާ ވުމީ )އެކަމަށް ގާނޫނެއް ހެދިފައި ނެތް ނަމަވެސް( ރާއްޖޭގައި އަބަދުވެސް އަމަލު ކުރެވެމުން އަންނަ ޝަރުއީ އުސޫލު ޯކޓު ތަކަށް ލާޒިމު ކުރާ ކަމަކަށްވާ އިރު، ދައުލަތުގެ ގިނަ އަދަދެއްގެ ފައިސާ އަށް ރައީސް އިބްރާހީމް ނާސިރު ޚިޔާނާތްތެރިވެވަޑައިގެންފައިވާކަން ސާބިތު ވުމުން އެ ފައިސާ ދިވެހި ދައުލަތަށް ލިބިދެއްވުމުގެ ޮގތުން ދިވެހިރާއްޖޭގެ ހައިޯކޓުން ނެރުއްވި ހުކުމާއި އެއްޮގތަށް )އެ ހުކުމް ނެރުއްވުމަށް ފަހު( ދައުލަތުގެ މުދަލާއި ފައިސާ އަށް ޚިޔާނާތްތެރިވާ

މީހުންގެ މައްސަލަތައް ނިންމުމުގައި ރާއްޖޭގެ ދަށު ޯކޓު ތަކުން އަމަލު ނުކުރަނީ ކީއްވެގެން ބާވައެވެ؟ އަދި އިބްރާހީމް ނާސިރުގެ މައްޗަށް

ދިވެހިރާއްޖޭގެ ހައިޯކޓުން ނެރުއްވި ހުކުމާ އެއްޮގތަށް ދައުލަތުގެ ފައިސާ އާއި މުދަލަށް ޚިޔާނާތްތެރިވާ މީހުންގެ މައްސަލަތައް

ނިންމަމުން ގެންދިޔުމަށް މާލެ އާއި ރާއްޖޭގެ އަޮތޅުތަކުގައި ހުރި ދަށު ޯކޓު ތަކަށް ސަރުކާރުން )ނުވަތަ ހައިޯކޓުން( އަންގަވާފައި ނުވާ ނަމަ

އެކަމުގެ ސަބަބަކީ ވެސް ޮކބައި ބާވަ އެވެ؟

Page 20: Sun Magazine 29

20

އިސްލާމްދީން ގަބޫލުކުރައްވައި، ދިވެހި ދައުލަތުގެ ރަސްމީ ދީނަކީ އިސްލާމްދީންކަމުގައި ކަނޑައެޅުއްވީ ހިޖްރައިން 548 ވަނަ އަހަރު )1153މ.( ގައެވެ. އެހެންކަމުން ދިވެހިރާއްޖެ

އިސްލާމްވި އިރު ރާއްޖޭގެ ތަހުތުގައި ރެދަލިކުރައްވަމުން ވަޑައިގެންނެވި ޝްރީ ތްރީ ބުވަނާދީއްތަ މަހާރަދުން ނުވަތަ ފަހުން އައްސުލްޠާން "ދަރްމަސް" މުޙައްމަދު ބިން

ޢަބްދިهللا ދަރުމަވަންތަ ރަސްގެފާނަކީ "ތީމުގޭ މަހާ ކަލަމިންޖާ ޮކއިމަލާކަޯލ" ނޫންކަން އެނގެއެވެ. މިރަދުންނަށް ފަހު ރަސްކަމަށް ވަޑައިގަންނަވަނީ މަލެއި މާވާކިލެގެގެ

ދަރިކަލެކެވެ. އެއަށް ފަހު މި މާވާކިލެގެގެ މާމަ ދަރިކަލެކެވެ. މި ދަރިޮކޅު ނުވަތަ ތީމުގޭ ދަރިޮކޅަކީ، ކުރީން ރާއްޖޭގައި ހިނގަމުން އައި ޯސމަވަންސަ ނުވަތަ ހަނދުވަންހައިގެ

ރަސްދަރިޮކޅުގެ ތެރެއިން އުފެދޭ އާއިލީ ޮގތްޕެކެވެ. ޮކއިމަލާގެ ވާހަކައަށް ބަލާއިރު، އެ ވާހަކައަކީ ވެސް މިފަދަ އެހެން ވާހަކަތަކެކޭ އެއްފަދައިން ޒަމާނުގެ އަތުން ޮފނިޮތށި

ކާފޫރު ޮތޅި ލެވިފައިވާ ވާހަކައެކެވެ. އެހެން ނަމަވެސް މިފަދަ ގިނަ ވާހަކަތަކެކޭ އެއްފަދައިން ޮކއިމަލާ ވާހަކައިގައި

ވެސް ޮކންމެވެސް ވަރެއްގެ ހަގީގަތެއް ޮއވެދާނެ ކަމަށް ގަބޫލު ކުރެވެއެވެ. ޮކއިމަލާ ވާހަކައަކީ އެތައް ޮގތަކަށް ކިޔޭ ވާހަކައެކެވެ. މި ވާހަކަ ދިރާސާ ކުރުމަށް ޓަކައި،

މި ވާހަކައިގެ އެކި ރިވާތަކުގެ މައްޗަށް ކަޅި ހިންގައިލަން ޖެހެއެވެ. މި ޮގތުން ތިރީގައި މި ބަޔާންކުރަނީ މި ވާހަކަ ރިވާވެގެން އައިސްފައިވާ ތަފާތު 5 ޮގތެކެވެ. މިއަށް ވުރެ ގިނަ ޮގތް ޮގތަށް މިވާހަކަ ކިޔުމަކީ ވެސް އެކަށީގެންވާ

ކަމެކެވެ.1. "އޭރުގައި ވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅެމުން ގެންދިޔައެވެ. ވަރަށް މަދުންނެވެ. ރަސްދަރިކަލެއް ކަމުގައިވާ ޮކއިމަލާ ސިޯލނުގެ

ރަސްގެފާނުގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގަތެވެ. އެކަމަނާއާ އެކު ދެ ނަވުގައި ސަރަންދީބު )ސިޯލނު(

އިން ފުރާ ވަޑައިގަތެވެ. ދިވެހިރާއްޖެއަށް ވަޑައިގެން މި އަމީރު މަޑުޮކށްލެއްވީ ރަސްގެތީމު ނަމަކަށް ކިޔާ ރަށުގައެވެ. މި ބޭފުޅުންނަކީ ސިޯލނުގެ ޝާހީ އާއިލާގެ ބޭފުޅުންކަން އެނގިގެން އެބޭފުޅުން މިރާއްޖޭގައި މަޑު ކުރެއްވުން އެދި

ރަށުގެ އަހުލުވެރީން ދެންނެވިއެވެ. އަދި ޮކއިމަލާއަކީ ރަސްގެތީމުގައި ހުންނަވާ ރަސްގެފާނު ކަމުގައި ހަމަޖެއްސިއެވެ. ރަސްގެތީމަށް އެ ނަން ދެވުނީ ވެސް އެހެން ވެގެންނެވެ. އޭގެ

ފަހުން ޮކއިމަލާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން މާލެއަށް ވަޑައިގެން ގިރާވަރު މީހުންގެ ހުއްދައާ އެކު މާލެއަށް ފައިބައި ވަޑައިގެންފިއެވެ. މި ބޭފުޅުން މާލެއަށް ވަޑައިގަތުމަށް

ފަހުގައި ސިންގަޅަ ދަރިޮކޅުގެ އިތުރު މީހުން މިރާއްޖެއަށް ގެންނެވުމަށް ޓަކައި ދެ ނަވު ޮފނުއްވިއެވެ. ޮކއިމަލާ އާއި އެމަނިކުފާނުގެ އަނބިކަނބަލުންނަށް ދަރިކަލަކު ލިބިވަޑައިގަތެވެ.

އެ ދަރިކަލުންނަށް ކީ ނަމަކީ ކަލަމިންޖާއެވެ. މި މަނިކުފާނު ބުދުދީނުގައި 12 އަހަރު އަދި އިސްލާމްދީނުގައި 13 އަހަރު ރަސްކަން ކުރެއްވިއެވެ. އޭގެ ފަހުން އެ ރަދުން

ޮކއިމަލާ ވާހަކަ އަކީ ދިވެހިންގެ ތާރީހާ ގުޅިގެން ކިޔޭ ނާޑުކަތާގައި ހިމެނޭ އެންމެ މަޝްހޫރު އެއް ވާހަކައެވެ. އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠްފީ ވިދާޅުވަނީ، ޮކއިމަލާގެ ނަމަކީ ދިވެހިރާއްޖެ އިސްލާމްދީނަށް އެނބުރު

ދުވަސްވަރާ ހަމައިން ރާއްޖޭގެ ތާރީހާ ގުޅިފައިވާ ނަމެއް ކަމަށެވެ. ބައެއް މީހުން ދެކެނީ ޮކއިމަލާ އަކީ ނުވަތަ ޮކއިމަލާ ކަޯލ އަކީ ދިވެހިރާއްޖެ އިސްލާމްވި އިރު

ހުންނެވި ރަސްގެފާނު ކަމަށެވެ. އަނެއް ބަޔަކު ދެކެނީ އެއީ ދިވެހިރާއްޖޭގެ ފުރަތަމަ ރަސްގެފާނު ކަމަށެވެ. އެހެން ނަމަވެސް ދިވެހިރާއްޖޭގެ އަހުލުވެރީން އިސްލާމްދީނަށް

އެނބުރުމުގެ މާކުރީން ވެސް ދިވެހިރާއްޖޭގައި ދެމިގެން އައި ރަސްކަމެއް ޮއތްކަން އެދުވަސްވަރު ދިވެހިރާއްޖެއަށް ވަޑައިގަތް ބޭރުގެ ސައްޔާހުންނާއި މުއައްރިހުންގެ ލިޔުންތަކުން އެނގެއެވެ. ޯރމަން އެމްޕެރަރ ޔޫލިޔާނޫސް )ޖޫލިއަން( އަރިހަށް

މީލާދީން 362 ވަނަ އަހަރު ދީވީން ވެދުމާ ދިޔަ ކަމަށް ރޫމީންގެ ތާރީހީ ލިޔުންތަކުން ފެނެއެވެ.

މިއީ ދިވެހިރާއްޖެ އިސްލާމް ވުމުގެ އެތައް ގަރުނެއް ކުރިއެވެ.

ޮކައިމަލާއަކީ ދިވެހިރާއްޖެ އިސްލާމް ދީނަށް އެނބުރުނު ދުވަސްވަރުގެ ޝަހުސިއްޔަތެއް ކަމުގައި ވާ ނަމަ، އެއީ ދިވެހިރާއްޖޭގެ ފުރަތަމަ ރަދުން ކަމުގައި ވާނެ އެއްވެސް ޮގތެއް ނެތެވެ. އެހެން ނަމަވެސް އެއީ ދިވެހިރާއްޖޭގައި ވެރިކަން ކުރި ދަރިޮކޅުތަކުގެ ތެރެއިން ވަކި ދަރިޮކޅެއްގެ

ފެށުން ކަމުގައި ވެދާނެއެވެ. ރާއްޖޭގައި ރަސްކަން ކުރެއްވި ރަސްރަސްކަލުންގެ ތެރެއިން ހަނދުވަންހައިގެ

ރަސްދަރިޮކޅަށް ނިސްބަތްވާ "ކެއިމަލެއި" ކިޔާ ރަސްކަލަކު ރާއްޖޭގެ ތާރީހުން ފެންނަ ކަމަށް އަލްއުސްތާޒު މުޙައްމަދު އިބްރާހީމް ލުޠްފީ ވިދާޅުވެއެވެ. މި ރަދުން ރަސްކަމަށް އިސްވެ ވަޑައިގަތީ ހިޖުރައިން 510 ވަނަ އަހަރު )1117މ.( ގައެވެ. އޭރު މިރަދުންނާ އެއްކިހުނުފަން ހެނެވި މާވާ ކިލެގެ އާއި މަލެއި މާވާ ކިލެގެ އާއި މަލެއިމާވާކިލެގެ ނުވަތަ މުލީމާވާކިލެގެއާ

ދެބޭފުޅުން ތިއްބެވިއެވެ. ޯލމާފާނުގައި މި ރަދުންގެ ޮކލީ ނަންފުޅަކަށް ޮއތީ "ޝްރީ ޯސމަވަންސަ އާދިފަތި ޝްރީ ތީމުގޭ ޝްރީ މަހާބަރަނަ މާރަސުން" މިހެންނެވެ. މި ރަދުންނަށް ފަހު ރާއްޖޭގެ ރަސްކަމުގެ ދާނުގައި އިށީނދެ ވަޑައިގަތީ އެ ރަދުންނާ

އެއްކިހުނުފަން "ހެނެވި މާވާކިނަގެ" ދަރިކަލުން "ޮދނެއި )ޮދވިމި( ކަލަމިންޖާ ޝްރީ ތްރީ ބުވަނާދީއްތަ މަހާރަދުން" ނެވެ. މިރަދުން ރަސްކަމަށް އިސްވެ

ވަޑައިގަތީ ހިޖްރައިން 536 ވަނަ އަހަރު )1141މ.( ގައެވެ. ދިވެހިރާއްޖޭގެ ރަދުން

ކޮއިމަާލއަީކ ާކކު؟ ދަރުމަވަންތަ ރަސްގެާފނަީކ ކޮއިމަާލ ާބ؟ަ

އިާޔޒު ނަީސމް

Page 21: Sun Magazine 29

21

ހައްޖަށް ވަޑައިުގަތުމަށް ޓަކައި ފުރައިވަޑައިގަތީއެވެ. މިރަދުންގެ ދަރިކަނބަލުން އިސް ވަޒީރާ ކައިވެނިބައްލަވައިގަތެވެ. މި ކަމަނާ ވެސް ތަހުތުގައި ރެދަލި ކުރެއްވިއެވެ.

މިކަމަނާއަށް ލިބިވަޑައިގަތް ދަރިކަލުންނަށް ވެސް ކީ ކަލަމިންޖާއެވެ. އެ މަނިކުފާނު ދިވެހި އަންހެނަކާ ކައިވެނި ބައްލަވައިގެން، އެ ބޭފުޅުންގެ ދަރިޮކޅުން ރާއްޖޭގައި ފަހުން

ރަސްކަން ކުރެއްވި ބޭފުޅުން ވަޑައިގަތެވެ." 2. "މި ޝާހީ ޯޖޑަކީ އިންޑިޔާގެ ރަސްކަލެއްގެ ދަރިކަލަކާއި

އެމަނިކުފާނުގެ އަނބިކަނބަލުންނެވެ. މި ރަސްފުތް މަނިކުފާނުގެ ބައްޕާފުޅު އެމަނިކުފާނު ދެކެ ޯކފާވެގެން އެ މަނިކުފާނާއި އެ މަނިކުފާނުގެ އަނބިކަނބަލުންނާއި 700 އަޅުން

ދެ ނަވަށް ލައްވާފައި ފުރުވައިލެއްވީއެވެ. ދެން މި ބޭފުޅުންނަށް ވަޑައިގެންނެވުނީ ދިވެހިރާއްޖޭގެ ރަސްގެތީމަށެވެ. ދެން އޭގެ ފަހުން އެ ދެބޭފުޅުން މާލެއަށް ވަޑައިގަތެވެ.

އަދި ޮކއިމަލާ ލިބިވަޑައިގަތެވެ."3. "ޮކއިމަލާ އާއި އެމަނިކުފާނުގެ އަނބިކަނބަލުން ވަޑައިގަތް އިރު

ވެސް ދިވެހިރާއްޖޭގައި މީހުން ދިރިއުޅުނެވެ. އެކަމަނާއަކީ ޝާހީ ދަރިޮކޅަކުން ވަޑައިގަތް ބޭފުޅަކަށް ވާތީ މީހުން އެބޭފުޅުންގެ ގާތުގައި ވެރިކަމަށް އިސްވުމަށް ދެންނެވިއެވެ." އަދި މިވާހަކައިގައި ބުނާ ޮގތުން ސިޯލނުގައި އެންމެ ފުރަތަމަ ވަޒަންވެރީ މީހުންގެ

ތެރޭގައި ހިމެނޭ އެކަކީ ވަރަށް ރީތި ދިވެހި އަންހެނެކެވެ. އޭނާގެ ނަމަކީ މަލަކަމަނައެވެ.

4. "ސިޯލނުގެ ރަސްގެފާނު ޝިކާރައަށް ނުކުމެވަޑައިގެން އުޅުއްވަނިޮކށް އިންސާނެއްގެ

ސިފައިގައިވާ އެއްޗެއް އަތުލައިގަނެވުނެވެ. އޭއްޗަކަށް ނުހިނގެއެވެ. ދެން ރަސްގެފާނުގެ މަސައްކަތްޕުޅުން

އޭއްޗަށް ހިނގަން ދަސްޮކށްދެއްވިއެވެ. މީގެ ފަހުން އޭނާ އުޅުނީ ގަނޑުވަރުގައެވެ. އަދި

މީނާ ރަސްގެފާނުގެ ދަރިކަނބަލުންނާ ކައިވެނި ބައްލަވައިގަތެވެ. އޭގެ ފަހުން ސިޔާސީ ޮގތުން މީނާގެ އުނދަގޫ ރަށުތެރޭގައި ޮބޑުވެ، ރަށުން ބޭރުޮކށްލެވުނީއެވެ. ދެން ފުރައިގެން އާދެވުނީ

ދިވެހިރާއްޖޭގެ ރަސްގެތީމަށެވެ. އެރަށުގައި ތިބި މީހުން އެމީހުންގެ މައްޗަށް ވެރިކަން ހިންގަވައި ދެއްވުން އެދި

މި ބޭފުޅުންނަށް ދެންނެވިއެވެ." 5. "އިންޑިޔާގެ ރަސްގެފާނަކީ

ޝިކާރަކުރެއްވުމަށް ޯލބި ކުރައްވާ ރަސްކަލެކެވެ. އެއް ދުވަހަކު މިރަދުން ޝިކާރައަށް ނުކުމެ ވަޑައިގެން

އުޅުއްވަނިޮކށް އިންސާނަކާ ވައްތަރު، އެހެން ނަމަވެސް ހަތަރެސްފައި ޖަހައިގެން އުޅޭ މަހުލޫގެއް ފެނިވަޑައިގަތެވެ. މި މަހުލޫގު ދިޔައީ މީހުންނަށް އުނދަގޫ ކުރަމުންނެވެ. މި ޮގތުން ޝިކާރަކުރަން

ޖަހާފައި ހުންނަ ދާ ހަލާކުޮކށް، ދަލުގައި ޖެހިފައިވާ ތަކެތި ގެންޮގސް މިފަދަ އެތައް ކަމެއް ދިޔައީ

ކުރަމުންނެވެ. މިކަމާ ހެދި މި މަހުލޫގު އަތުލައިގަންނާނެ ޮގތަކާ މެދު ރަސްގެފާނު ފިކުރުފުޅު ހިންގަވައި، ދަލެއް ޖަހައިގެން މި ޮސރު އަތުލައިގަންނަވައިފިއެވެ. ދެން

ގަނޑުވަރަށް ގެންދަވައި އޭނާއަށް ބަސް ދަސްޮކށް ދެއްވުމަށް ފެށްޓެވިއެވެ. މީނާއަށް ބަސް ދަސްވީ ވަރަށް ދުވަހުންނެވެ. މި ޮސރަށް ރަނގަޅަށް ދެފައި މައްޗަށް ތެދުވެވި، ހިނގަން ދަސްވެ، ބަސްޮމށޭން އެނގުނުމަށް ފަހު ޖަންގަލީގެ ތެރޭގައިވާ ހަޒާނާއެއް ރަދުންނަށް ދެއްކިއެވެ. މިކަމާ ރަދުން ވަރަށް ޮބޑަށް ހިތްޕުޅާވެ މީނާއަށް ރަދުންގެ

ދަރިކަނބަލުންގެ ކައިވެނި ދެއްވައިފިއެވެ. އޭގެ ފަހުން ދުވަސްޮކޅެއްގެ ތެރޭގައި ރަދުން މި ބޭފުޅުން ދެކެ ޯކފާވެ ވަޑައިގެން ނަވަކަށް ލައްވާފައި ރަށުން ބޭރުޮކށްލެއްވިއެވެ. ދެން އެމީހުންނަށް ދިވެހިރާއްޖެއަށް އައު ދެވި ރާއްޖޭގެ ރަށެއްގައި ބަނދަރު ކުރާން އުޅުނު ތަނާ ކާޅެއް ޮގވައިލުމުން އެއީ ނުބައި ފާލެއް ކަމަށް ދެކި ދަތުރު ކުރަމުން

އައިސް މާލެއަށް އައު ދެވުނީއެވެ." މި 5 ރިވާގެ ތެރެއިން 1 ރިވާގައި ވާ ޮގތުން ޮކއިމަލާ އުފަންވެ

ވަޑައިގަތީ މާލެއަށެވެ. އަނެއް 4 ރިވާގައި ވާޮގތުން މި ބޭފުޅަކީ އިންޑިޔާއިން ނުވަތަ ސިޯލނުން ވަޑައިގެންނެވި ބޭފުޅެކެވެ. ދިވެހި ތާރީހުގައި ފާހަގަކުރެވޭ "ކެއިމަލެއި"

ރަސްގެފާނަކީ ބޭރުން ވަޑައިގަތް ބޭފުޅެއްކަން އެނގޭކަށް ނެތެވެ.ޝްރީލަންކާގެ މުއައްރިހަކު ލިޔުއްވައިފައިވާ ވާހަކައެއްގައި ޮކއިމަލާގެ

ވާހަކަ އައިސްފައިވަނީ މިފަދައިންނެވެ. "މިހާރުގެ މެލޭޝިޔާ އާއި އެތާނގެ ވަށައިގެންވާ ގައުމުތަކުގެ ސަރަހައްދު އެމްޕެރަރ "ވިޖެޔާ"ގެ ދަށުގައި ޮއތް ދުވަސްވަރު ޗައިނާގެ

ދެކުނު ސަަރަހައްދުގެ ކަލަބްހރާއިންގެ މީހުން އެ ސަރަހައްދުގައި ވަޒަންވެރިވިއެވެ. އޭގެ ފަހުގެ ދުވަސްވަރެއްގައި މެލޭމީހުންނާއެކު ކަލަބްހރާ މީހުން މަޑަގަސްކަރައަށް ޮގސް

އެތަން އާބާދުޮކށްގެން އެ ރަށުގައި ވަޒަންވެރިވިއެވެ. ދެން އެޔަށް ފަހު ކަލަބްހރާއިންގެ މީހުން މަޑަގަސްކަރައިން ފުރައިގެން އައިސް މަހިލަދިވިޕާގައި ކުޑަ ދުވަސްޮކޅަކަށް

ތިބުމުގެ ތެރޭގައި ކަލަބްހރާއިން ވެރިޔަކަށް ހުރި ތަޔަމަލް )ޮކއިމަލާ(، މަހިލަދިވިޕާގެ ރަސްގެފާނު "އަބްހޔާ"ގެ ދަރިކަނބަލުން ސަރަވަންގަސުންދަރީ އާ ކައިވެނި ބައްލަވައިގެން އުޅުއްވަނިޮކށް ރަދުން އަވަހާރަވުމުން ތަޔަމަލް )ޮކއިމަލާ( ރަސްކަމަށް އިސްވެ ވަޑައިގެން ކަލަބްހރާއިންގެ އާއިލާގެ ރަސްކަމެއް އުފެއްދީއެވެ. "އަބްހޔާ" އަކީ ވަރަށް ކުރީއްސުރެ

މަހިލަދިވިޕާގައި ރަސްކަންކުރަމުން އައި ސިންހަލަ ދަރިޮކޅުގެ ރަސްކަލެކެވެ."މި ވާހަކަ އާއި

ދިވެހީންގެ ތެރޭގައި ކިޔެމުން އަންނަ ވާހަކަތަކާ ތަފާތެވެ. މި ވާހަކައިގައި ދެމަފިރިކަނބަލެއްގެ ވާހަކަ ނުވަތަ ޝާހީ ޯޖޑެއްގެ ވާހަކަ އައިސްފައެއް

ނުވެއެވެ.ދިވެހިރާއްޖެ

އިސްލާމްވުމުގެ ކުރީގެ ތާރީހަށް ފަހުން އައިސް ދިވެހީން ބީރައްޓެހިވުމުގެ ސަބަބުން މާ ކުރީގެ ވާހަކައެއް

އިސްލާމްވީ ދުވަސްވަރުގެ ހާދިސާއެއް ކަމަށް ބެލެވުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. މި ޮގތުން ފާހަގަޮކށްލަން

ޖެހޭ ނުގުތާއަކީ ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ރަދުންނާ ބެހޭ ޮގތުން

މިހާތަނަށް ލިބެން ހުރި މައުލޫމާތަށް ބަލާއިރު، އެ ރަދުންނަކީ އިންޑިޔާގެ ކަލިންގާގެ )މިހާރުގެ ޮއރިއްސާގެ(

ރަސްގެފާނު ބްރަހަމާދީއްތިޔަގެ ދަރިކަލުން ޝްރީ ސޫރުދަ ސަަރުނަ

އާދީއްތިޔަ މި ރަސްގެފާނެވެ. މިއީ އިރުވަންހަ ނުވަތަ އާދީއްތިޔަ

ވަންހައިގެ ރަސްކަލެކެވެ. މި ރަސްގެފާނުގެ ޒަމާނަކީ މީލާދުގެ ކުރީގެ ޒަމާނެއް ކަމަށް ތާރީހީ ޯހދުންތަކުން ދައްކައެވެ. ހަމަ އެހެންމެ މި ރަދުންނަށް ރާއްޖެއަށް ވަޑައިގެންނެވުނީ، ރަދުންގެ ބައްޕާފުޅު ޯކފާވެގެން ނަވެއްގައި ޮފނުވައިލެއްވީމަ ކަމަށް ކިޔޭތީ، މި ހުރިހާ ވާހަކައެއްގައިމެ ތަކުރާރުވެފައިވާ ހާދިސާއަކީ އެއް ހާދިސާއެއް

ކަމަށް ގަބޫލުކުރެވެއެވެ. އެހެންކަމުން އަދިވެސް ހަގީގީ ޮކއިމަލާއަކީ ކާކުކަން ކަނޑައެޅޭނީ މިހާރަށް ވުރެ ގިނަ ދިރާސާތަކަކަށް ފަހުގައި ކަމަށް ގަބޫލު ކުރެވެއެވެ. ހަމަ މިއާއެކު

ސާބިތުވާ އެއް ހަގީގަތަކީ ދިވެހިރާއްޖެ އިސްލާމްވި އިރު ހުންނެވި މަޝްހޫރު ދަރުމަވަންތަ ރަސްގެފާނަކީ ވާހަކައިގައި އެކިޔާ ޮކއިމަލާ ނޫންކަމެވެ. ފަހަރެއްގައި ޮކއިމަލާއަކީ

ދިވެހިރާއްޖޭގެ ފުރަތަމަ ރަދުން ސޫރުދަ ސަރުނަ އާދިއްތިޔަ މަހާރަދުން ނުވަތަ އިސްދޫ ޯލމާފާނުގައިވާ ދަސަ ރަދުން ކަމުގައި ވުމަކީ ވެސް ވެދާނެކަމެކެވެ. ނުވަތަ ތާރީހުގައި ފާހަގަކުރެވޭ "ކެއިމަލެއި" ރަދުންގެ ވާހަކަ އާއި ޝްރީ ސޫރުދަ ސަރުނަ އާދީއްތިޔަ މި ރަދުންނަށް ރާއްޖެއަށް ވަޑައިގެންނެވުނު ވާހަކައާ މަސްހުނިވެގެން، އުފެދުނު ވާހަކައަކަށް

"ޮކއިމަލާ" ވާހަކަ ވުމަކީ ވެސް އެކަށީގެންވާކަމެކެވެ.

Page 22: Sun Magazine 29

22

ހެޔޮވެރިކަން ކޮށްދެއްވަން ވައުދުާވ ކޮންމެ ވެރިޔަކު އެކަން ކޮށްދެއްާވ ހެއްޔެވެ؟ ދުނިޔޭގެ ތާރީހް ވަރަށް މުއްސަންޖެވެ. ނަމަވެސް މަދު ބަޔަކު މެނުވީ މިމުއްސަނދި ތާރީހުން އިބްރަތެއް ހާސިލެއް ނުކުރެއެވެ. ދައްކާ ވާހަކައާއި އެވަގުތެއްގައި ޯލމައްޗަށް ކަންކަން ފެންނަޮގތް އެއީ އިންސާނީ

ދަރިފަސްޮކޅު މިބިމުގައި އުޅެން ފެށީއްސުރެ މިއަދާ

ހަމައަށް ވެސް މީހުންގެ ވިސްނުމައި

ސިނކުޑިއަށް އެންމެ ވަރުގަދަ

ނުފޫޒެއް ޯފރުވާ އެއް ހަތިޔާރެވެ.

ޮކންޯގގެ ކުރީގެ ރައީސް މަބޫޓޫ

ސަސަސޭޯކގެ 32 އަހަރުވީ އަނިޔާވެރި ހުދުމުހްތާރު ވެރިކަމާ ދެޮކޅަށް ނުކުންނެވި

ހިތްވަރުގަދަ ލީޑަރަކީ ރައްޔިތުންނަށް މިނިވަންކަމާއި، އަދުލްވެރިކަމާއި ފާގަތިކަން ގެނެސްދޭނެކަމަށް ވައުދުވެ ނުކުންނެވި ޯލރަންޓް ކަބީލާއެވެ. ކަބީލާއާއި މަބޫޓޫއަކީ ޒަމާނުއްސުރެ ސިޔާސީ ދެ ވާދަވެރިންނެވެ. ކަބީލާ މަބޫޓޫއާ ދެޮކޅަށް ރޭވުންތެރިކަމާއެކު ސިޔާސީ ހަރަކާތްތައް ހިންގަވަން ފެއްޓެވީ 1990 ގެ އަހަރުތަކުގައެވެ. މަބޫޓޫގެ އަނިޔާވެރި ވެރިކަމާ

ދެޮކޅަށް އުފެއްދި ގުޅިފައިވާ އިއްތިހާދު ނުވަތަ ޑިޮމކްރެޓިކް ޯފރސަސް ޯފރ ދި ލިބަރޭޝަން ޮއފް ޮކންޯގ- ޒައިރުގެ ލީޑަރގެ ޮގތުގައި ހަމަ

އެއަހަރު ކަބީލާ ހަމަޖެހިގެން ދިޔައެވެ. ކަބީލާގެ އެންމެ އާންމު ބަހަކަށް ވެފައި ޮއތީ ޑިޮމކްރަސީގެ

ބަހެވެ. ޑިޮމކްރެޓިކް އިސްލާހުތައް މިހާރުން މިހަރަށް ގެންނަން ޖެހޭކަމަށް ކަބީލާ ދިޔައީ މެދުކެނޑުމެއްނެތި ޮގވާލައްވަމުންނެވެ. އަދި އެފަދަ ބަދަލެއް

ގެންނެވުމަށް މަބޫޓޫ ސަސަސޭޯކއަކީ ގާބިލް ބޭފުޅެއް ނޫންކަމަށް ބުނަމުން ދިޔައެވެ. މަބޫޓޫ ދަންނަ ވެރިކަމަކީ "ހުދު މުހްތާރު ސަގާފަތެއް"

ގެ ސިފަތައް ހިމެނޭ ވެރިކަމެއް ކަމަށް ކަބީލަ ދިޔައީ ތަކުރަރުޮކއް ވިދާޅުވަމުންނެވެ. ޮކންޯގއަށް އިސްލަހީ ހެޮޔ ބަދަލެއް ގެނެވޭނެ ހަމަ

އެކަނި މަގަކީ މަބޫޓޫ ވެރިކަމުން ބޭލުންކަން ކަބީލާ ގެންދެވީ އެފްރިކާގެ ގައުމުތަކަށާއި މުޅި ދުނިޔެއަށް ހާމަ ޮކށްދެއްވަމުންނެވެ. ރައްޔިތުން

ބިކަ ހާލުގައި ކާނޭ ފަދަ ޮގތެއް ނެތް އިރު މަބޫޓޫގެ މުއްސަނދިކަން ހުރީ އަތްނުޯފރާ ފަށުގައި ކަމަށް ކަބިލާ ގެންދެވީ ވިދާޅުވަމުންނެވެ.

އެޮގތުން މަބޫޓޫ ފަރިއްކުޅުއްވާން ބޭނުންކުރައްވާ މޭވާ އާއި އެހެނިހެން ތަކެއްޗަކީ މަބޫޓޫއަށް ހާއްސަކުރެވިގެން އަވަށްޓެރި ގައުމުތަކުން ޮބޑުއަގު

ދީފައި އެތެރެކުރެވޭ އެއްޗެހިކަމަށް ކަބީލާ ގެންދެވީ ވިދާޅުވަމުންނެވެ. މަބުޓޫ ދުނިޔޭގެ އެތައް މިތަނުން ބިންތަކާއި ގަނޑުވަރުތައް ބައްލަވައިގެންފައިވާކަމަށް

ވިދާޅުވަމުން ގެންދެވިއެވެ. އެޮގތުން ފްރާންސާއި ޮމޮރޯކގައި މަބޫޓޫ ބައްލަވައިގެންފައި ވާ ބިންތައް ވެއެވެ. ބީބީސީގެ ހަބަރުތަކާ ހަވާލާދެއްވައި، މަބޫޓޫ

ޑެންޓިސްޓަށް ދެއްކެވުމަށް ޓަކައި ބައެއްފަހަރު ޗާޓަރ ކުރައްވައިގެން ޯކންޯކޑް ޖެޓް ހަމަޖައްސަވާކަން ވެސް ކަބީލާ

ހާމަޮކށްދެއްވިއެވެ. ދާހިލީ ހަމަނުޖެހުމުގެ ތެރެއަށް ގެނބިފައި ޮއތް ޮކންޯގގެ ރައްޔިތުން ބޭނުންވީ ޮކންމެ ޮގތެއް ހަދައިގެންވެސް މަބޫޓޫގެ ވެރިކަން

ބަދަލުޮކށްލާށެވެ. އަދި ރައްޔިތުންނަށް ފާގަތިކަމާއި ހަމަހަމަކަމާއި، ބަސްބުނުމުގެ

ހައްގު ޯހދައި ދިނުމަށް ފޫގަޅައި މަސައްކަތް ކުރައްވަމުން ގެންދެވި ކަބީލާއާ ގައުމުގެ ވަލީ

ހަވާލުޮކށް ޮކންޯގގެ ތާރީހުގެ އައު ބާބެއް އަލުން ލިޔާށެވެ.

އަވައްޓެރި އެންޯގލާ، ބުރުންޑީ، ޔޫގެންޑާ، އަދި ރުވަންޑާގެ ސަރުކާރާއި،

ބައިނަލް އަގްވާމީ މުޖްތަމައުގެ އެހީ އާއި އަދި ޮކންޯގގެ އިދިޮކޅު ފަރާތްތަކުގެ

ހިތްވަރާއެކު 1997 ވަނަ އަހަރު މަބޫޓޫ ގެ ވެރިކަން ވައްޓާލިއެވެ. މަބޫޓޫ ގައުމު ދޫކުރައްވައި އަމިއްލަފުޅަށް އަރުވައިލެއްވިގެން

ޮމޮރޯކގައި ހުންނެވިއެވެ. އޭނާގެ ސިއްހީ ހާލުޮކޅު ދަށަށް ޮގސް މާގިނަ ދުވަސްތަކެއް ނުވަނީސް އަވަހާރަވީއެވެ.

1997 ވަނަ އަހރު ރައްޔިތުން އެދިއެދި ތިބި ޯލރަންޓް ކަބީލާ ޮކންޯގގެ ރައީސްކަމާ ހަވާލުވެވަޑައިގަތެވެ. ރައްޔިތުންގެ އުންމީދާ ގުޅިފައިވާ އެގައުމުގެ

ލީޑަރަށް ޮކންޯގގެ ރައްޔިތުން ހޫނު މަރުހަބާއެއް ކިއެވެ. ވެރިކަމަށް ވަޑައިގަތުމުގެ ކުރިން ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދާއި ރައްޔިތުންގެ ކަންފަތްތަކާ ހަމައަށް

ކަބީލާގެ ދޫފުޅުން އިއްވެވި އުންމީދުން ފުރިގެންވާ ވާހަކަފުޅުތައް ހަގީގަތަކަށް ހައްދަވާތަން ދުށުމަށް ޮކންޯގގެ ރައްޔިތުން ތިބީ ކެތްމަދުވެފައެވެ.

ކަބީލާ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައްޔިތުންގެ ކުރިމަތީގައި ވެވަޑައިގެންނެވި ވައުދުތައް ހަދުމަފުޅުނެތުނު ކަހަލައެވެ. މަބޫޓޫއާ އެއްފަދައިން ކަބީލާގެ ވިސްނުންފުޅު ހުރީ އޭނާގެ ވެރިކަމުގެ ބާރާއި އާރު ގަދަ ކުރައްވާށެވެ.

އޭނާގެ އަމިއްލަފުޅު ޖީބު މުއްސަނދި ކުރައްވާށެވެ. އޭނާ "ވިދާޅުވި ޮގތެއް ހައްދަވާން" ތައްޔާރަށް ތިއްބެވި ބޭފުޅުންނަށް ގައުމުގެ ހަޒާނާއާއި ގުދްރަތީ

މުއްސަނދިކަން ބައްސަވަމުން ގެންދެވިއެވެ. ނިކަމެތިން ހަމަ އިތުރަށް ދިޔައީ ނިކަމެތިވަމުންނެވެ. ފަގީރުވަމުންނެވެ.

ކަބީލާ ވެރިކަމަށް ވަޑައިގެން 1998 ވަނަ އަހަރު އޭނާގެ ދަރިކަލުން ޯޖސެޕް ކަބީލާ )މިހާރު ޮކންޯގގެ ރައީސް( އަށް ސިފައިންގެ މޭޖަރ ޖެނެރަލެއްގެ ވަޒީފާ ދެއްވިއެވެ. އަދި ޑެޕިއުޓީ ޗީފް ޮއފް ސްޓާފެއްގެ މަގާމަށް އައްޔަންކުރެއްވިއެވެ. އަދި 2000 ވަނަ އަހަރު ބިމުގެ ފައުޖުތަކުގެ ޗީފް ޮއފް

ސްޓާފްގެ މަގާމަށް ޯޖސެފް ކަބީލާ އައްޔަން ކުރެއްވިއެވެ.

އަބްދުهللا ޝިާނން

Page 23: Sun Magazine 29

2323

ހެޔޮވެރިކަން ކޮށްދެއްވަން ވައުދުާވ ކޮންމެ ވެރިޔަކު އެކަން ކޮށްދެއްާވ ހެއްޔެވެ؟ ކަބީލާ ވެރިކަމަށް ވަޑައިގަންނަވަމުން ވެވަޑައިގެންނެވި ހުރިހާ ވައުދެއް ވެރިކަމުގެ މަސްތުގައި ޖެހިވަޑައިގެން ހަނދުމަފުޅު ނެތުނީއެވެ. ކަބީލާގެ ވެރިކަމުގައި ޑިޮމކްރަސީގެ ވާހަކަ ދައްކަވާ ބޭފުޅުންނަށް ދިޔައީ

އަނިޔާވެރިކަމާއި ބޭއިންސާފުން އަނިޔާ ލިބެމުންނެވެ. އިންސާނިއްޔަތާއި ހިލާފު އެތަކެއް އަމަލުތަކެއް ކަބީލާގެ ވެރިކަމުގައި ދިޔައީ ވަރަށް ފާޅުކަން ޮބޑު ސިޔާސީ ވާދަވެރިން ހައްޔަރުކުރުމާއި، ޮގތެއްގައި ހިންގަމުންނެވެ.

މެރުން އާންމުވެ އަދި މިނިވަންކަމާއެކު ހިޔާލު

ފާޅުކުރުމަށް ދިޔައީ ހުރަސް އަޅަމުންނެވެ. ސިޔާސީ ހަރަކާތްތައް ވަނީ މަނާކުރެވިފައެވެ. އާހިރު ނަތިޖާއަކަށް ވީ ޑިޮމކްރަސީ ގެނައުމަށް ގަދައަޅާ މަސައްކަތް ކުރި މީހުން ކަބީލާއާ ފޭވުމެވެ. މަޑުމަޑުން އެމީހުން ކަބީލާގެ

"ގޭންގާ" ދުރުވުމެވެ. ކަބީލާ ވެރިކަމަށް

ގެނައުމަށް އެހީތެރިވެދިން އަވައްޓެރި ގައުމުތަކުން ކަބީލާގެ ކިބާގައި

އިހްލާސްތެރިކަން ނެތްކަން ހާމަވުމުން، ކަބީލާގެ ސަރުކާރާއި އެގައުމުތަކާ ޮއތް ގުޅުން ދިޔައީ ހީނަރުވަމުންނެވެ.

ކަބީލާ ގެންގުޅުއްވި ތަފާތު ކުރުމުގެ ސިޔާސަތުގެ ސަބަބުން ކުރިންވެސް އުފެދިފައި ޮއތް ދާހިލީ ހަމަނުޖެހުން ދިޔައީ އިތުރަށް ހުޅުފަޅައިގެންނެވެ. ކަބީލާގެ ފަރާތުން ރައްޔިތުންނަށް އޭރު ފެނުނު

އެއްވެސްކަމެއް ވެރިކަމުގެ ބާރާއި އިއްޒަތް ލިބުމައްފަހު ފެނިގެން ނުދިއުން ވެގެން ދިޔައީ ރައްޔިތުންގެ ޯލތްބާއި އިހްތިރާމް ލިބިގެން އައި ވެރިޔާގެ

ނިމުން އަވަސްވެގެން ދިޔަ މުހިއްމު އެއްސަބަބަށެވެ. 16 މެއި 2001 ވަނަ އަހަރު ޮކންޯގގެ ރިޔާސީ ގަނޑުވަރު ތެރެއިން ކަބީލާގެ ޮބޑީގާޑަކު އޭނާއަށް ބަޑިން ހަމަލަ ދިނެވެ. އަދި 18 މެއިގައި އޭނާ އަވަހާރަވިކަމަށް ރަސްމީޮކށް

އިއުލާން ކުރެވުނެވެ. މިއީ ރައްޔިތުންނަށް ހެވާއި ލާބަ ޯހއްދަވައިދެއްވުމަށް އުމުރުގެ ޮބޑު ބައެއް ގުރުބާން ކުރެއްވި ވަރުގަދަ ބޭފުޅެއްގެ ވާހަކައެވެ. 32 އަހަރު

ވަންދެން އަނިޔާވެރިކަމާއި ހުދުމުހްތާރުކަމާއެކު ޮކންޯގގެ ރައްޔިތުންގެ މައްޗަށް ގަދަބަދަވިކަން ދައްކަވަމުން ގެންދެއްވި މަބޫޓޫ ސަސަސޭޯކގެ ވެރިކަން

ވައްޓާލައްވާ ރައްޔިތުންނަށް ފާގަތިކާމާއި ޑިޮމކްރަސީގެ ޮފނި މީރުކަން ގެނެސް ދެއްވުމަށް ވައުދުވެ ވަޑައިގެން ވެރިކަމަށް ވަޑައިގެންނެވި ޯލރަންޓް ކަބީލާގެ ވާހަކައެވެ. ރައްޔިތުން އޭރު އޭނާގެ ގަބޫލުކުރިއެވެ. އޭނާ ދެއްކެވި ވާހަކަތައް

ކަނުލާ އަޑު އެހިއެވެ. އަދި އޭނާއަށް އިތުބާރު ކުރިއެވެ. ނަމަވެސް އެ އިތުބާރުގެ ބޭނުން އޭނާ ހިއްޕެވީ ރައްޔިތުންނަށް ޮއޅުވާލައްވައި އެބައިމީހުންގެ

މައްޗަށް އަނިޔާވެރިވުމަށެވެ. މިކަހަލަ އެތަކެއް ހާދިސާއެއް ދުނިޔޭގެ ތާރީހުން އަބަދުމެ އަޅުގަޑުމެންނަށް މިދަނީ ދައްކަމުންނެވެ.

1987 ވަނަ އަހަރު ޒިމްބާބުވޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ޮރބަރޓް މުގާބޭއަކީ އެފްރިކާގެ ތާރީހުގައި މުހިއްމު ހިދްމަތްތަކެއް ކުރެއްވި ވަރުގަދަ ބަތަލެއްގެ ދަރަޖަ ދެވިފައިވާ ބޭފުޅެކެވެ. ކުރީގެ ޮރޑީޝިޔާ ނުވަތަ

މިހާރުގެ ޒިންބާބުވޭގެ މިނިވަންކަމަށް ވަކާލާތުކުރައްވައި، އެތަކެއް ގުރުބާނީތަކެއް ވެވަޑައިގެންފައިވާ ބޭފުޅެކެވެ.

އިސްތިއުމާރުންގެ ބާރުގެ ދަށުގައި ތިބި ޮރޑީޝިޔާގެ

ރައްޔިތުންނަށް ލިބެމުން ދިޔަ އަނިޔާއާއި ތަފާތުކުރުމުގެ

ވާހަކަދައްކަވާ، ރައްޔިތުންގެ ހައްގުތައް ޯހއްދަވަން ވަކާލަތު

ކުރެއްވި އެންމެ ވަރުގަދަ މޭސްތިރިއެވެ. އޭނާއަކީ ޮރޑީޝިޔާގެ މިނިވަންކަން ޯހއްދަވައިދެއްވަން ކުރެއްވި މަސައްކަތްޕުޅުގައި އެތަކެއް

އަނިޔާއެއް ލިބިވަޑައިގަންފައިވާ ބޭފުޅެކެވެ. 1964 ވަނަ އަހަރު އޭނާ ދެއްކެވި

ސިޔާސީ ވާހަތަކަކާ ގުޅިގެން 10 އަހަރު ދުވަހު ޖަލުގައި ޮއންނަވަންވެސް ޖެހުނެވެ.

އެދުވަހު ޒިންބާބުވޭގެ ރައްޔިތުން ޮރބަޓް މުގާބޭ ބަލައިގަތީ ޖަވާހިރެއްގެ ޮގތުގައެވެ. މުގާބޭ ރައްޔިތުންގެ ހައްގުގައި ވެވަޑައިގެންނެވި

ގުރުބާނީއާއި ރައްޔިތުންގެ ހެވާ ލާބަޔައްޓަކައި ކުރެއްވި ބުރަ، ހިތްވަރުގަދަ މަސައްކަތްޕުޅުތަކަށް ޓަކައި ރައްޔިތުންގެ ފުރިހަމަ އިތުބާރާ އެކު ގައުމުގެ ވަލީ

އެބޭފުޅާއާ ހަވާލުކުރީ ނުހަނު އިތުބާރާއި ޔަގީންކަމާ އެކުގައެވެ. ނަމަވެސް ވެރިކަމުގެ މަސްތުގައި ޖެހިވަޑައިގެންނެވި މުގާބޭ މިއަދު

ސިފަކުރެއްވެނީ ހުދު މުހްތާރު އަނިޔާވެރި ޖައްބާރު ވެރިއެއްގެ ޮގތުގައެވެ. ވެރިކަމުގެ ބާރު ފިޔަވައި އިތުރު އެއްޗެއް ފެނިވަޑައިނުގަންނަވާ ކަނު ބޭފުޅެއްގެ ޮގތުގައެވެ. ސިޔާސީ ވާދަވެރިން ހިފައި ހައްޔަރުކުރުމާއި އިންސާނީ ހައްގުތަކަށް ފާޅުގައި އަރައިގަނެ އެކަމަށް ހިތްވަރު ދެއްވާ ބޭފުޅެއްގެ ޮގތުގައި މަޝްހޫރުކަން ޯހއްދަވާފައިވާ ޮރބަރޓް މުގާބޭއަކީ އެއްދުވަސްވަރެއްގައި އެފްރިކާގެ ރައްޔިތުންގެ ހިތްތަކުގައި ބިންވަޅުނެގިފައިވާ ވަރުގަދަ ޝަހުސިއްޔަތެކެވެ. އޭނާއަށް ރައްޔިތުން

ކުރި އިތުބާރާއި ދިން ޔަގީންކަން ނަގާލެއްވީ ހަމަ ވެރިކަމުގެ ދަހިވެތި ކަމުގައެވެ. ވެރިކަމުގައި ދެމިހުންނެވުމުގެ ދަހިވެތިކަން ޮބޑު ވުމުންނެވެ. ވެރިކަން

ދެމެހެއްޓުމުގެ ޝައުގުވެރިކަން ހުރިލެއް ޮބޑުކަމުންނެވެ. މިއީ ދުނިޔޭގެ ތާރީހު އަޅުގަޑުމެންނަށް ގެނެސްދީފައި ހުރި އިބްރަތު

ހުރި ފިލާވަޅުތަކެވެ. ހެޮޔވެރިކަން ކުރަން ވައުދުވެ އަންނަ ޮކންމެ ވެރިޔަކު ހެޮޔވެރިކަން ޮކށްދެއްވާ ހެއްޔެވެ؟ އަޅުގަނޑުމެން މިސުވާލާ މެދު ފުންޮކށް

ވިސްނަން ޖެހެއެވެ.

Page 24: Sun Magazine 29

24

އުޑުދަށުން

ގިނަމީހުން ގަބޫލުކުރާ ޮގތުގައި އަދަބީ ލިޔުންތަކުން އެބައެއްގެ އޭރުގެ މުޖުތަމަޢު ފެންނާނެ އެވެ. އެ މުޖުތަމަޢެއްގައި މީހުން ދިރިއުޅެމުން އައިސްފައިވާ ޮގތްތައް ސިކުނޑީގެ ޮލލަށް ތަޞްވީރުވަމުން އަންނާނެ އެވެ. އެއްބަޔަކު އަނެއްބަޔަކާ ޮއންނަ

ގުޅުމެވެ. އާދަކާދައާއި ސަގާފަތެވެ. ބަސްމަގު ހުންނަޮގތާއި އަދިވެސް މިފަދަ އެތައް ކަމެކެވެ.

މިދެންނެވިފަދަ އަދަބީ ލިޔުންތައް ދިވެހި ޮފތް އަލަމާރިތަކުންވެސް ފެންނާން އެބަހުއްޓެވެ. އޭގެތެރޭގައި ހިމެނޭ އިހުގެ ލިޔުންތަކުން އޭރުގެ މުޖުތަމަޢު ފެނެއެވެ. ދިވެހިންގެ

ކިބައިގައި ހުންނަ ރީތި ސިފަތަކެވެ. އޭގެތެރެއިންވެސް އެންމެ ޮބޑަށް ފާހަގަކުރެވޭ އެއްކަމަކީ އެއްބަޔަކު އަނެއް ބަޔަކާ

މުޢާމަލާތުކުރާ ޮގތެވެ. އެލިޔުންތަކުން ހެކިދޭޮގތުންނަމަ ދިވެހިން އިހުޒަމާނުގައި އާންމު މުޖުތަމަޢުގައި، އެއްބަޔަކު އަނެއްބަޔަކާ ވާހަކަ ދައްކާފައި ހުރީ، ކަންފަތަށް ފަސޭހަ، ރީތި ބަސްތަކަކުންނެވެ. ހުތުރު

ބަސްތަކާއި ބޭއަދަބީ އިބާރާތްތަކަށް ފުރުޞަތު ނުދީއެވެ.އިހުގެ މުޖުތަމަޢު އަޅުގަނޑުމެންނަށް ފެންނާން މިޮއތީ

އޭރުގެ ލިޔުން ތަކުންނެވެ. މީހަކު ބުނެފާނެ އެވެ. އެއްވެސް މީހަކުވެސް ލިޔުމެއް ލިޔާއިރު އެތަނެއްގައި ހުރި އުނި ކަންކަމުގެ ވާހަކައެއް ނުލިޔާނެ އެވެ. ލިޔާނީ ނެތް ފެންވަރުންވެސް ޮމޅަށެވެ.

އެފަދަ ބުނުމަކަށް ދޭން ޮއތް ޖަވާބަކީ، މީހަކު އެހެންވެސް ހަދާފާނެ އެވެ. އެކަމަކު އެންމެން އެޮގތަކަށް އެކަމެއް ނުކުރާނެ

އެވެ. ދިވެހިބަހުން ލިޔެފައި ހުރި ކުރީގެ ވާހަކަތަކަށް ބަލައިލުމުން އުފަލުން ހިތް ފުރެއެވެ. "ރިވާޔަތު މޫސާ ވަ ޒުލޭޚާ" "ނުޢުމާނު ވަ މަރްޔަމް" "ޮދންބީފާނު ވާހަކަ" ފަދަ ވާހަކަތަކުން ދިވެހިންގެ އޭރުގެ

އިހުތިރާމީ ބަހުރުވަ ފެނެ އެވެ. ދެން ވިސްނައިލަންވީ މިއަދުގެ "ފަޚުރުވެރި"

މުޖުތަމަޢަށެވެ. މައްސަލަތައް ބައިވަރެވެ. އޭގެތެރެއިން ވެސް ފާހަގަކުރެވޭ އެއްކަމަކީ ވާހަކަ ދައްކާ ޮގތެވެ. އަޑުއަހާލަން ފަސޭހަ ހެއްޔެވެ؟ ގާތް ރައްޓެއްސަކާ އަނގައިން ބުނެލާ

މިހާވެސް، ބޭނުންޮކށްލާ އިބާރާތް ކަންފަތުގައި ޖެހުމާއެކު ކަންފަތް ހިރުވައިގަނެވެ. ކެތެއް ނުކުރެވެ އެވެ. އެތަނެއް ދޫޮކށް އަވަހަށް

ދިޔުން ނޫން ޮގތެއް ޯނވެއެވެ. އެކަމަކު ޮކންމެ ޮކންމެ މާޙައުލަކީ، އެހާ ފަސޭހައިން ދޫޮކށްލެވޭނެ މާޙައުލަކަށް ނުވެ އެވެ. ފެރީއެއްގެ ތެރޭގައި ތިއްބާ، ނޫނީ ބަހެއްގެ ތެރޭގައި ތިއްބާވެސް، މިދެންނެވި

ހިރުވުންގަނޑު ކުރިމަތިވެދާނެ އެވެ. އޭރު ގާތުގައި އިންނާނީ މަންމައެވެ. ބައްޕަ އެވެ. އެއްބަނޑު ތިމާގެ މީހެކެވެ. ދަރިއެކެވެ. މިވާހަކަ މިޮގތަށް ލިޔުމުން ހިތަށް އަރައިފާނެ އެވެ.

ތިޔައީ މުޅި މުޖުތަމަޢަށް ނިސަބަތް ކުރަންޖެހޭ ވާހަކައެއް ނޫނެވެ. ވަކި ބަޔަކު އުޅޭޮގތެކެވެ. ރަނގަޅު ވާހަކަ އެކެވެ. އެއްވެސް ކަމެއް އެންމެނެއް ނުކުރާނެ އެވެ. އެކަމަކު މިދެންނެވި ޮގތަށް

ދަށް ބަހުރުވައިން މުޢާމަލާތު ކުރާ މީހުން، މިއަދުގެ މުޖުތަމަޢުގައި މަދެއް ނޫނެވެ. ޒުވާނުންނާއި ހަރުމީހުންނާއި ދުވަސްވީ މީހުންގެ ދުލުކުރީގައި ވެސް ބޭއަދަބީ ފެންވަރުގެ ލަފުޒުތަކާއި އިބާރާތްތައް

ލިޔެވިފައި ހުންނަލެއް މަދެއް ނޫނެވެ. މިފަދަ މީހުން ދެކެނީ އެއީ ވަރަށް ޮމޅުކަމެއް ކަމަށެވެ. ގިނަ ބަޔެއްގެ ރުހުމާއި ތާޢީދު ލިބޭނެ ކަމެއް ކަމަށެވެ. ބައެއް

ފަހަރު އެކަން ވަނީވެސް އެކަހަލަ ޮގތަކަށެވެ. ހަޑިހުތުރު ބަހުރުވައިން، ހަޅޭއްލަވާޮގތަށް މީހަކު ވާހަކަ ދައްކާނަމަ، އެ

ވާހަކައަކަށް ސަމާލުކަން ދޭމީހުން ގިނަވެއެވެ. ކަންފަތް ހިރުވާ ފަދަ ބުނުންތަކާ ގުޅިގެން ޖަހާލާ ހިނިގަނޑު ބާރުވެ އެވެ. ވާހަކަދައްކާ

މީހާއަށް ލިބޭ ހިތްވަރު އިތުރުވެ އެވެ. ދުލަށް ގެންނަ އެފަދަ ލަފުޒުތަކުގެ ބުރަދަން ޮބޑު ކުރެއެވެ.

އެކަމަކު ދަންނަވަންޯތ އެވެ. މިއަދުގެ މުޖުތަމަޢު އެފަދަ ކަންކަން ބަލައިގަންނަމުން ދާހެން ހީވިޔަސް، އެއީ ވަރަށް

ދަށްފެންވަރުގެ ކަމެކެވެ. އެކަމުގެ ސަބަބުން ވެއްޓޭނީ އެހެން މީހެއްގެ އަގެއް ނޫނެވެ. ހަމަ ތިމާގެ އަގެވެ. ރީތި ގަމީހަކާއި

ފަޓުލޫނެއް ލައިގެން، ޮމޅު ފައިވާނަކަށް ނުވަތަ ބޫޓަކަށް އަރައިގެން ހުއްޓަސް އަދި ކިތަންމެ މައްޗަށް ކިޔަވައިގެން ހުއްޓަސް، އެހެންމީހުން ތިމާ ކިރާލާނީ ރާތާގާބަރީގެ އެންމެ

ދަށް މިންގަނޑުންނެވެ. އަންނަން ޮއތް ޖީލުތަކަށް މިއަދުގެ ޖީލު ފެންނާނީ، މިއަދުގެ ޖީލަށް އިސްވެ ދިޔަ ޖީލު ފެނުނު ސިފައަކަށް

ނޫނެވެ.

ާރާތާގބަީރގެ ދަށް މިންގަނޑަށް ވެއްޓުން

މުހައްމަދު ގާސިމް

Page 25: Sun Magazine 29
Page 26: Sun Magazine 29

26

"މިއްޓޫ" ނަމަކަށް ކިޔާ އުމުރުން ދެއަހަރުވީ

އެފްރިކަން ޕެޮރޓެއް )ގުރާގެ ވައްތަރެއް( އަކީ އާދަޔާ

ހިލާފު ހުނަރެއް ލިބިފައިވާ އެއްޗެކެވެ.

އިނގިރޭސިވިލާތުގެ ބްރޭޑްޯފޑްގައި ދިރިއުޅޭ

އަބުދުލް ޣައްފާރު އަހުމަދު ބުނާ ޮގތުގައި އޭނާގެ ގުރާ

ގެންގުޅެ ޮބޑުކުރި މާހައުލަކީ އިނގިރޭސި ބަހާއި އުރުދޫ

ބަހުން މީހުން ވާހަކަ ދައްކައި އުޅޭ މާހައުލަކަށް ވުމުން ،

އޭތި ވަނީ އެދެބަހުގެ ގިނަ ޖުމްލަތަކެއް ދަސްޮކށްފައެވެ.

ވާހަކަދައްކާ ގުރާތައް އާއްމުޮކށް ކިޔައި އުޅޭ،

" ހޫ އިޒް އަ ޕްރެޓީ ޯބއީ؟ ފަދަ ޖުމްލަތަކުގެ އިތުރުން

އުރުދޫ ބަހުން ހާލުއަހުވާލު އަހާލުން ފަދަ ހުނަރުތައް

އަބުދުލް ޣައްފާރުގެ ގުރައަށް ވަނީ ލިބިފައެވެ.

އަބުދުލް ޣައްފާރު މިސްކިތަށް ދާއިރު ގުރާ

ގެންދިއުމަށް އާދަޮކށްފައި ވީ ނަމަވެސް މިހާރު އޭނާގެ

ދިރިއުޅުން އެހެން ގެއަކަށް، ވެސްޓް މިޑްލޭންޑްގެ

ސްޯޓބްރިޖަށް ބަދަލުކުރި ފަހުން ގުރާ މިސްކިތަށް

ނުގެންދާކަމަށް އޭނާ ބުނެފައި ވެއެވެ. އެއީ އޭނާ ގެންގުޅުނު

އެހެން ގުރައެއް ގެއްލިފައިވާތީ ކަމަށް އަބުދުލް ޣައްފާރާ

ހަވާލާދީ ނިއުސްލައިޓް ވެބްސައިޓްގައި ވެއެވެ.،

ޣައްފާރު ބުނާ ޮގތުގައި އޭނާގެ ގުރާ މިސްކިތަށް

ނުގެންދެވުމަކީ އޭނާ ހިތާމަކުރާ ކަމެކެވެ. އެހެނީ އޭތި ވަނީ

ދީނީ ވަރަށް ގިނަ ޖުމްލަތައްވެސް ކިޔަން ދަސްޮކށްފައެވެ.

އަދި އެއީ އެއެއްޗަކީ ހަމަ އެކަނި ގުރައެއްގެ ވިސްނުން

ލިބިފައިވާ އެއްޗެއް ނޫންކަމުގެ ހެއްކެއް ކަމަށް ވެސް އޭނާ

ދެކެއެވެ.

ޢަބުދުލް ޣައްފާރުގެ ގުރާ ކިޔައި އުޅޭ ދީނީ

ތަކެތީގެ ތެރޭގައި ބިސްމިއާއި އައް ސަލާމް އަލައިކުމް

ހިމެނެއެވެ. ގުރައެއް ދެބަހުން ވާހަކަ ދެއްކިކަން މީގެ

ކުރިން އެނގިފައި ނުވާކަމަށް ޢަބުދުލް ޣައްފާރު ބުނެއެވެ.

އުރުދޫ ބަާހ އިނގިރޭސި ބަހުން ާވހަކަ ދައްާކ ގުރައެއް

މުހައްމަދު ނަސީމް

Page 27: Sun Magazine 29

ބޭންކްރަޕްޓް ވެފައިވާ ޯނރޓެލްގެ މިލްކިއްޔާތުގައި ހުރި އެތައް ހާސް ޕޭޓެންޓް ރައިޓްސް ގަންނަން ގޫގްލް ޯކރޕަރޭޝަނުން

ކުރި މަސައްކަތްތައް ނާކާމިޔާބުވިތާ ގިނަ ދުވަސްތަކެއް ނުވެ، އެޕަލްއާއި މައިކްޯރޮސފްޓާ ދެޮކޅަށް ގޫގްލް ޯކރޕަރޭޝަނުން

ވަރަށް ޮބޑަށް ފާޑުކިޔައިފިއެވެ. ގޫގްލްއިން ބުނާޮގތުގައި އެޕަލްއާއި މައިކްޯރޮސފްޓުން

މަސައްކަތްކުރަނީ ގޫގްލްގެ މަގު ބަންދުކުރުމަށެވެ. ގޫގްލްގެ

ޗީފް ލީގަލް ޮއފިސަރ ޑޭވިޑް ޑްރަޮމންޑް ބުނާ

ޮގތުގައި މައިކްޯރޮސފްޓާއި އެޕަލާއި އަދި އެހެން ބައެއް ކުންފުނިތަކުން

މަސައްކަތްކުރަމުން ގެންދަނީ މަގުބޫލުވަމުން އަންނަ

ގޫގްލްގެ އެންޑްޮރއިޑްގައި ބޭނުންކުރަން ޖެހޭ

ޕޭޓެންޓްތައް ގަނެ، ގޫގްލްގެ ޕްލެޓްޯފމްގެ އަގު މައްޗަށް

އަރުވަން މަސައްކަތް ކުރަމުންނެވެ. މިއީ

ކަސްޓަމަރުންނަށް ޮބޑެތި ދަތިތަކެއް ކުރިމަތިކުރުވުމުގެ އިތުރަށް، ޓެކްޮނޮލޖީގެ މައިދާނުގައި އާ އުސްމިންތަކަށް ވާސިލުވުމުގެ މަސައްކަތަށް ވެސް ހުރަސް އެޅުމެއް

ކަމަށް ގޫގްލްއިން ސިފަކުރެއެވެ.ޑޭވިޑް ޑްރަޮމންޑްގެ ބްޮލގުގައި ލިޔެފައި ވަނީ

"މައިކްޯރޮސފްޓާއި އެޕަލަކީ އެއް ބަޔަކު އަނެއް ބައެއްގެ ކަރުގައި ވަޅި އަޅަން ތައްޔާރަށް ތިބޭ ދެ ކުންފުނި ކަމަށް ވާ އިރު،

ފި އި ޔަ ކި ޑު ާފ ން އި ލް ގް ގޫ ށް ޓަ ފް ސޮ ރޯ ކް އި މަ އި ާއ ލް ޕަ އެ

އެ ދެބައިމީހުން ކުއްލިޔަކަށް މާ ގާތް ގުޅުމަކުން ގުޅިގެން އުޅުމަކީ ޝައްކު އުފެދޭ ކަމެއް" ކަމަށެވެ. އަދި މިއީ އެޕަލާއި މައިކްޯރޮސފްޓް އިސްވެތިބެ، އެހެން ބައެއް ކުންފުނިތައް ވެސް ބައިވެރިވެގެން ގޫގްލް އާ ދެޮކޅަށް ކުރާ ހަނގުރާމައެއް ކަމަށް ވެސް ޑޭވިޑް ބުނެފައި ވެއެވެ. އަދި ޯނރޓެލް ނެޓްޯވރކްސްގެ

ޕޭޓެންޓްތަކުގެ އިތުރުން ޮސފްޓްވެއަރ ހަދާ

ކުންފުންޏެއް ކަމަށް ވާ ޮނވެލްގެ ޕޭޓެންޓްސް

ވެސް އެޕަލާއި މައިކްޯރޮސފްޓް ގުޅިގެން

ގަނެފައި ވަނީ އެ ޕޭޓެންޓްތައް ގޫގްލް އަށް ލިބުނަ ނުދޭން ވެގެން ކަމަށް އޭނާ ތުހުމަތު ކުރެއެވެ.

އަނެއްޮކޅުން މައިކްޯރޮސފްޓްގެ

ގާނޫނީ ޮއފިޝަލެއް ކަމަށް ވާ ބްރެޑް ސްމިތު އޭނާގެ

ޓްވިޓަރ އެކައުންޓުގައި ގޫގްލްގެ ތުހުމަތުތަކާ ދެޮކޅު ހަދާފައި ވެއެވެ. "ގޫގްލްއިން ބުނަނީ އަހަރެމެން ޮނވެލްގެ

ޕޭޓެންޓްސް ގަތީ އެމީހުންނަށް އެ ޕޭޓެންޓްސްތައް ލިބުނަ ނުދޭން ވެގެން ކަމަށް. އަސްލުގައި ވެސް އެކަން ޮއތީ އެހެންތަ؟

އަހަރެމެން އެމީހުންނަށް ހުށަހެޅިން ދެބައިމީހުން ގުޅިގެން އެ ޕޭޓެންޓްސް ގަންނަން. އެމީހުން އެކަމަށް އިންކާރު ކުރި." ބްރެޑް

ސްމިތު ބުނެފައި ވެއެވެ.

Page 28: Sun Magazine 29

ކުރީ އަދަދުގައި ބުނެދީފައިވާނީ ހަމާ ގުޅޭ ރަނގަޅު

ފައުންޑޭޝަނެއް ޯހދާނެ ޮގތާއި ފައުންޑޭޝަން މޫނުގައި ހާކާނެ ޮގތެވެ. މިފަހަރުގެ އަދަދުގައި

މިބަލާލަނީ މޭކަޕް ކުރަން ދެން ކުރަންޖެހޭ ކަންތައްތަކަށެވެ.

މޭކަޕް ކުރާއިރު އަބަދުވެސް ހަނދާން ބަހައްޓަން ޖެހޭނެ ކަމަކީ މޫނުގެ އެކި ތަންތަނުގައި ގަދަ ކުލަތައް

ހޭކުމުގެ ބަދަލުގައި އެންމެ ފާޅުޮކށް މޫނުގައި ދައްކަންބޭނުންވާ ގުނަވަން )ޯލ، ތުންފަތް ނުވަތަ ޯކ( ހައިލައިޓް ކުރުމަށެވެ.

ފާޅުކުރަން ބޭނުންވަނީ ޮކން ގުނަވަނެއްޯތ ފުރަތަމަ ނިންމާށެވެ. ދެން ތިރީގައި އެވާ ކަންތައްތައް ޮކށްލާށެވެ.

ތުންފަތް ކަމަށްވާ ނަމަ:

1 ތުންފަތް ފާޅުކުރަން ބޭނުންވާ ނަމަ ގަދަ ކުލަ އަލި ލިޕްސްޓިކެއް ބޭނުން ކުރާށެވެ. އޭގެ ތެރޭގައި ރަތް ކުލަ، ފިޔާޮތށި، ޮއރެންޖް ކުލަތައް ހިމެނެއެވެ. )ގަދަ ކުލަ މިތާ މިބޭނުން ކުރަނީ އަނދިރިނޫން

ކުލަތަކަށެވެ. އަނދިރި ކުލަތަކުގެ ތެރޭގައި މެރޫން ކުލަ، ކަޅު ކުލަ ފާޑުގެ ކުލަ ހިމެނެއެވެ(.

ޮބޑަށް ރަނގަޅީ ތުންފަތުގެ ނެޗުރަލް ކުލައަށްވުރެ އެކެއް ނުވަތަ ދެ ކުލަ ގަދަ

ކުލައެއް ބޭނުން ކުރުމެވެ.

2 ޮދން މޫނެއް ނަމަ ޮސފްޓް ޮކރަލް ކުލައެއް )ޮއރެންޖް ފާޑުގެ ކުލައެއް( އިޚްތިޔާރު ކުރާށެވެ. މެދު މިނުގެ މީހެއްނަމަ ޗެރީ ރަތް ކުލައެއް

ރަނގަޅު ވާނެއެވެ. ކަޅު މީހެއްނަމަ ކްރޭންބަރީ ކުލައިގެ ލިޕްސްޓިކެއް ބޭނުން

ކުރާށެވެ.

3 ލިޕްސްޓިކްގެ ކުލަ ގިނައިރު ތުންފަތުގައި ބަހައްޓަން

ބޭނުންވާ ނަމަ ތުންފަތުގައި ފުރަތަމަ ފުށް ހާކާށެވެ.

4 ލިޕް ބްރަޝްއެއް އިން ބޭނުންކުރައްވާށެވެ. ސީދާ ލިޕްސްޓިކް

ކުލަ ހޭކުމަށް ވުރެ ބްރަޝް އަކުން ލިޕްސްޓިކް ހޭކުމުން ބޭނުންވާ މިންވަރަށް ރީތި ޮކށް ކުލަ ހޭކޭނެއެވެ. ޚާއްސަޮކށް ގަދަ ކުލަތައް ހާކާއިރު ބްރަޝް އެއް

ބޭނުންކުރުން ޮކންމެހެން މުހިއްމެވެ. އެއީ އެއްފަހަރާ ހޭކުމުން މާކުލަ ގަދަޮކށްވެސް ހޭކިދާނެތީއެވެ.

5 ތުންފަތް ފާޅުވާ ޮގތަށް ބަހައްޓަން ބޭނުންވާ ނަމަ، ޮލލުގަޔާއި ޮކލުގައި ލައިޓް މޭކަޕެއް ކުރާށެވެ. އެޮގތުން ނިއުޓްރަލް އައި

ޝެޯޑއެއް ޮލލުގައި ހާކާށެވެ. )ނިއުޓްރަލް ކުލަ ތަކަކީ ހަމާ އެއްޮގތް ކުލަތަކެވެ.

މިންނު

28

މޭކަޕް ކުރަން ފެށުމަށް ހޭ ކަންތައްތަާކއި ތައްާޔރުވުން ކުރަންޖެ

Page 29: Sun Magazine 29

29

އޭގެތެރޭގައި ބްރައުން، ކްރީމް އަދި ބެއިޖް ފާޑުގެ ކުލަ ހިމެނެއެވެ(. ޯލ ކާލަރ އަކުން ކާލް ކުރުމަށްފަހު މަސްކަރާ ހާކާށެވެ. އަދި

މޫނުގައި ބްޮރންޒަރ އެއް ހާކާށެވެ.

ޯކ ކަމަށްވާ ނަމަ:

1 މޫނުގެ ހަން ކަޅު ނަމަ ނުވަތަ ޮކލަކީ ކުޑަޮކލެއް ނަމަ )މަސްމަދުޮކލެއްނަމަ(، ގަދަ ފިޔާޮތށި ކުލައިގެ ބްލަޝަރ އެއް ޮކލުގައި ހާކާށެވެ. )ބްލަޝަރ އަކީ ޮކލުގައި ހާކާ ކުލައަށް ކިއާ ނަމެވެ( ކްރީމް

ބްލަޝަރ އަކަށްވުރެ ޕައުޑަރ ބްލަޝަރ އެއް އިޚްތިޔާރު ކުރާށެވެ.

2 ހީލުމަށްފަހު ބްލަޝަރ ބްރަޝް އަކުން )މިއީ ޕައުޑަރ ފައުންޑޭޝަން ހާކަންބޭނުން ކުރާ "ކަބުކީ ބްރަޝް" ޮގތަށް ހުންނަ އެކަމަކު އެއަށްވުރެ ކުޑަ

ބްރަޝްއެއް( ޯކމަތީ ސަރކިއުލަރ )ވައްޮކށް( ޮކށް ބްލަޝަރ ހާކާށެވެ.

3 އިނގިލިން ވިދާ ޕައުޑަރ ހައިލައިޓަރެއް ޮކލުގެ މަތީ )ޮލލު ގެ ތިރީ ޮކންސީލާ ހާކާތަން ތިރީގަ( ހާކާށެވެ. އޭރުން މަޑު މަޑު ވިދުމެއް ހުރެފަ ޯކ )ޗީކްޯބންސް( ހުންނާނީ ހައިލައިޓްވެފައެވެ. މިހެން ހެދުމުން މޫނު ހިކި ކަމަށް

ދައްކާނެއެވެ.

4 މަޑު މަޑު ފިޔާޮތށި ކުލައިގެ ލިޕް ގްޮލސް އެއް ނުވަތް ލިޕް ބާމެއް ތުންފަތުގައި ހާކާލާށެވެ. އަދި ޮލލުގައި ބެއިޖް ކުލައިގެ އައި ޝެޯޑއެއްހާކާފަ، ޯލ ކާލަރ އަކުން ކާލް ކުރުމަށްފަހު މަސްކަރާ ހާކާށެވެ. މިހެން ހެދުމުން ޮބޑަށް

ފާޅުޮކށް ފެންނަން ހުންނާނީ ޮކލެވެ.

ޯލ ކަމަށްވާ ނަމަ:

1 މުޅި ޯލމަތީގައި ބެއިޖް-ޯގލްޑް ނުވަތަ ޕީޗް ކުލައިގެ އައި ޝެޯޑއެއް ހާކާލާށެވެ. ކުޑަޮކށް ވިދުމެއް ހުރުމުން ޯލ އަލި ކަމަށް ދައްކާނެއެވެ.

2 އައިލައިނަރ ބްރަޝްއެއް ތެންމުމަށްފަހު )މި ބްރަޝް ޯހދާއިރު ތުނޑު ހިމަޮކށް ހުންނަ ބްރަޝްއެއް ޯހދާށެވެ(. ކަޅު ކުލައިގެ

އައި ޝެޯޑ އޭގައި ހާކާލާށެވެ. ޯލމަތީގައި އެސްފިޔަތަކާ ކައިރިން ޮލލުގެ ޮކޅުން ފެށިގެން ބޭރަށް ހިމަޮކށް މި ބްރަޝް ދަމާލާށެވެ. އަދި

މަތީ އިސްފިޔަތަކުގެ ބުޑުގައި ވެސް ބްރަޝް ހާކާލާށެވެ. އޭރުން އެސްފިޔަތައް ޯބކަމަށް ދައްކާނެއެވެ. ތިރީ ޮލލުގައި ޮކންމެހެން ލައިން އަޅާނެކަމެއް ނެތެވެ.

ބައެއް ފަހަރު ތިރީ ޮލލުގައި އެޅުމުން ޯލ ކުޑަކަމަށްވެސް ދައްކައެވެ.

3 ޮކޮޓން ބަޑް އަކުން މަޑު މަޑުން ޯލ މަތީގައި އެޅި ލައިން ސްމަޖް ޮކށްލާށެވެ. މިއީ ނެޗުރަލް ޮކށް ބަހައްޓަން ކުރާމަކެވެ.

4 ކާލާރ އަކުން ޯލ ކާރލް ޮކށްލާށެވެ. އަދި ކަޅު މަސްކަރާއެއް ހާކާލާށެވެ. 5 ފިޔާޮތށި ކުލައިގެ ލިޕް ގްޮލސްއެއް ނުވަތަ ބާމް އެއް ތުންފަތުގައި

ހާކާލާށެވެ. އަދި މަޑު ފިޔާޮތށި ކުލައިގެ ބްލަޝަރ އެއްވެސް ޮކލުގަ ހާކާލާށެވެ. އޭރުން މޫނު ހުންނާނީ އަލި ޮކށެވެ. އަދި އެހާ ޮބޑަށް ޯލ ފާޅުވާން ހުއްޓަސް މާ

ގަދަ އަށް މުޅި މޫނުގަ ކުލަ ހާކާފައި ހުރި ކަމަކަށް ނުދައްކާނެއެވެ.

Page 30: Sun Magazine 29

)ކުރީގެ އަދަދާ ގުޅޭ( "ދިހަވަރަކަށް މިނެޓްގެ ތެރޭގައި ދިލަ ކެނޑޭނެ." ޮފތިގަނޑަކުން ބަންނަމުން ޒައިދު ބުންޏެވެ.

"ފަސްދުވަސް ބޭނުންވާނީ. ހުންނާނީ މުޅިން ރަނގަޅުވެފަ." ޮފތިގަނޑު ރަނގަޅަށް ބަނދެލުމަށްފަހު ޒައިދު ހިންދެމިލި އެވެ.

ވަހީދު ޮއތީ ގޭ ޮދރުމަތީގައި ހުރި ފަތްޖެހި އެނދުގައި ޮއޯށވެލައިގެންނެވެ. އޭނާގާތުގައި ސިތާރާ އިނެވެ. މިހާރު ވަހީދުގެ ފައިގެ ރިހުން ވަނީ ކުޑަވެފަ އެވެ. އެހެންކަމުން ކުރިން ހުރި ނުތަނަވަސްކަމެއް، ކަންޮބޑުވުމެއް މިހާރު ސިތާރާގެ މޫނުމައްޗަކު

ނެތެވެ. "ކީއްވެތަ ފުޮރއިން ފައިގައި ޖެހޭޮގތްވީ؟" ވަހީދުގެ

ފައިގައި ފިރުމައިލަމުން ސިތާރާ އަހައިލި އެވެ. "ކީކޭ ބުނާނީ؟ ކަމެއް ދިމާވާންވީމަ ދިމާވާނެ ޯދ!"

ވަހީދު ދޫޮކށްލީ ފުން ނޭވާއެކެވެ. "ވަހީދު މާލެ ގެންދާ ވާހަކަ ބުނީމަ އަހަރެން ހާދަ

ކަންޮބޑުވިޔޭ! މި ދަނޑިވަޅު ޒައިދު ކަހަލަ ކުއްޖަކު ހުރިކަން އެއީ ހަމަ އަހަރެމެންގެ ނަޞީބު."

"ޮކންމެ ކަމެއްވެސް ދިމާވާނީ ރަނގަޅަށް." "އެއީ ހާދަ ރަނގަޅު ކުއްޖެކޭ! ވަހީދު ދިޔަ

ފަހުން ހީވަނީ ހަމަ އާއިލާގެ ކުއްޖެއްހެން. ކުރިން ވަހީދު ދިޔައިމަ އަހަރެމެންނަށް ކުރިމަތިވާ ކަހަލަ ދަތިތަކަކާ މިފަހަރު

ކުރިމަތިލާކަށް ނުޖެހުނު.""ދިވެހިބޭހަށް ވެސް އޭނަ ވަރަށް ޮމޅުހެން ހީވަނީ ޯދ!"

30

ވަކި ނުވިނަމަ

މުހައްމަދު ާގސިމް، އއ. މަތިވެރި

"އާނ، އެއީ ހަމަ ފަސްމީރު ކުރިރުކެއް." "ޒައިދުދެކެ ސިތާރާ ހާދަ ޯލބިވެޔޭ ޯދ!" ވަހީދު ހިނިތުންވެލި

އެވެ.ޮގނޑުޮދށަށް ބީއްސާލާ ރާޅުތަކުގެ އަޑާއި ޖެހޭ ލުއިލުއި ވައިޯރޅީގެ އަޑުން މާޙައުލުގައި އުފައްދާފައިވަނީ ހިތްގައިމުކަމެކެވެ.

ހަވީރުގެ ފިނިކަން ޖައްވުގައި ހިފަމުން ދިޔައިރު، ޒައިދާއި އަހުމަދު ތިބީ އަތިރިމަތީގައި ޮއތް ރުއްގުޅިއެއްގެ މަތީގަ އެވެ. ޒައިދު އަތުގައި ޮއތީ

ފުޅިމަދުގަނޑަކާއި ކުޑަ ވަރެއްގެ ފިޮޔއްސެކެވެ. ޒައިދުގެ ފާޑުވެރި އަތުން ގެންނަ ހަރަކާތްތަކާއެކު ފުޅިމަޑުގަނޑުގައި ކިއްސަރު ޖެހެމުން ދަނީ ޯލންޗެއްގެ ސިފައެވެ. އަހުމަދު ވަރަށް ގަޔާވެފައި އެމަންޒަރު ބަލަން

އިނެވެ.'ބޭބެ ހާދަ ޮމޅޭ! ޮކންތާކުން ޯލންޗު ހަދަން ދަސްކުރީ؟"

އަހުމަދު އިނީ ޒައިދުގެ ކަކުލުގައި އަތް އަޅުވާލައިގެންނެވެ."އަމިއްލައަށް." ޒައިދު ހިނިތުންވެލި އެވެ. "ޮކއްޮކވެސް

ދަސްކުރަން އުޅެންވީނު. އޭރުން ދަސްވާނެ.""ޮކއްޮކއަކަށް ނޭނގެ ދަސްކުރާނެ ޮގތެއްވެސް. ދެން ކިހިނެއް

ދަސްކުރާނީ؟""އަދި ޮބޑުވީމަ ދަސްވާނެ"

"ޮކއްޮކ ޮބޑުވަންވާއިރަށް ބޭބެ ފުރައިގެން ދާނެއެއްނު. ދެން ކިހިނެއް ދަސްކުރާނީ؟"

"އާނ، ޯދ!" އަހުމަދުގެ މޫނަށް ޒައިދު ބަލައިލި އެވެ. "ބޭބެ ދެން މިރަށުގަ އުޅެންވީނު."

"ބޭބެގެ ގެއެއް މިރަށަކު ނުހުންނާނެ. ތިމާގެ މީހެއްވެސް

Page 31: Sun Magazine 29

31

ނުހުންނާނެ. ދެން ކިހިނެއް އުޅޭނީ؟""އެނގިއްޖެ ހަދަންވީ ޮގތް." އިރުޮކޅަކު ވިސްނަން

އިނދެފައި އަހުމަދު ބުންޏެވެ. "ޮކއްޮކމެން ގެއަށް ބޭބެ ބަދަލުވާނީ. އޭރުން ރަނގަޅުވާނެއެއްނު." އަހުމަދު އިނީ އުފާވެފަ އެވެ. ޮމޅު

ޚިޔާލެއް ދެވުނުކަމުގެ ފަޚުރުވެރިކަންމަތީގަ އެވެ."ދެން ޮކންތާކު ބޭބެ ނިދާނީ؟"

"ޮކއްޮކގެ ޮކޓަރީގަ..... އުނހު. ޮދންތަ ޮކޓަރީގަ ހުންނާނެ މާޮބޑު އެނދެއް. ޮދންތައާ ބޭބެއާ ދެކުދިންނަށް އެ އެނދުގަ ނިދޭނެ.

އޭރުން މާ މަޖާވާނެއެއްނު.""ޮކއްޮކ ހާދަ ޮމޅޭ!" ޒައިދުގާތަށް އައީ ހިންޏެވެ.

އެހެންނަމަވެސް އޭނާ ހިނިއައި ކަމަކަށް ނުހަދަ އެވެ. އަހުމަދުގެ ޮކލުގައި ޯލބިން ހިފާލާހެން ހިފާލާފައި ޮބލުގައި ފިރުމައިލީ އެވެ.

"ޮކއްޮކ ބުނާނަން އެވާހަކަ ބައްޕަގާތުގަ އިނގޭ!" ރަޝާގާ ތައްޔާރުވަމުން ގެންދިޔައީ އިހުސާންގާތަށް ދިޔުމަށެވެ. އޭނާ ފެންވަރާލައިގެން ނިކުމެ ތައްޔާރު ވަމުން ދިޔައިރު، ސިކުނޑީގައި އުފެދިފައި ވަނީ ޮކންމެވެސް ވަރެއްގެ ހަލަޮބލިކަމެކެވެ. އޭނާގެ

ސިކުނޑިއާ ކުޅެމުން ދަނީ އިހުސާންގެ ސޫރައެވެ. ރުޅިވެރި މޫނެވެ. އިހުސާން އެހާ ރުޅިގަދައީ ކީއްވެގެން ބާވަ އެވެ. ކުޑަ ކުޑަ

ކަމަކާވެސް އެހެރަ އަންނަ ރުޅިއެކެވެ. އެޮގތަށް އޭނާ ރުޅި އަންނާތީ، ރަޝާޤާ ހާދަ ވަރަކަށް އެކަމާ ވިސްނަ އެވެ. ރުޅި ނާންނާނޭހާ ޮގތަކަށް ކަންތައް ކުރެވޭޯތ ބަލައެވެ. އެކަމަކު ހަމަ ވާނުވާއެއް

ނޭނގި އައްޑިހައަށް އަރަނީ އެވެ. ގެއިން ނިކުތް އިރުވެސް ރަޝާގާގެ ސިކުނޑިއަކަށް ލުޔެއް

ނުލިބެ އެވެ. މިއަދު އިހުސާން ގާތަށް ޮގސްގެން ކުރިމަތިލާން ޖެހޭނީ ޮކންފަދަ ކަމަކާ ކަމެއް ނޭނގެ އެވެ. ރޭ އޭނަގާތަށް

ނުދެވުމުން އޭގެ އަދަބު ނުލިބި ސަލާމަތް ވާނެބާވަ އެވެ؟ ޔަގީންވާ ކަމަކީ އަމާން ކަމާއި ޮއމާންކަމާއެކު ވަގުތުތައް ހޭދަވެގެން ނުދާނޭ

ކަމެވެ. އެކަމަކު އެހެން އޭނަ އުޅޭ އިރުވެސް ރަޝާޤާ އޭނާދެކެ ހާދަ ޯލތްބެއް ވެއެވެ.

މަގުމައްޗަށް އަނދިރިކަން ވެރިވަމުން ދިޔައިރު، ރަޝާޤާ ހިނގަމުން ދިޔައީ އިހުސާންމެން ގެއާ ދިމާއަށެވެ. އެނާ ޮގސް ޯގތިތެރެއަށް ވަން އިރު އިހުސާން ޮއތީ ގޭ ޮދރުމަތީގައި ހުރި ޯޖލިފަތީގަ އެވެ. އުނގުމަތީގައި ހުޅުވާފައި ހުރި ކުޑަވަރެއްގެ

ރޭޑިޯއ ގަނޑެއް ހުއްޓެވެ. ރޭޑިޯއއިން އިވެމުން ދިޔައީ މަޑުމައިތިރި ލަވައެއްގެ އަޑެވެ.

ރަޝާޤާ ޮގސް ޖެހިގެން ހުރި ޯޖލީގައި ޖައްސާލި އެވެ. އިހުސާން އަޅައިވެސް ނުލަ އެވެ. ބަލައިވެސް ނުލައި ޮއތް ޮގތަށް

ޮއތީ އެވެ. މައްޗަށް ބަލަހައްޓައިގެންނެވެ."އިހޫ...!" ރަޝާޤާ ދެފަހަރަކު ޮގވައިލި އެވެ. އިހުސާން

ހަމަ އަނގައިން ވެސް ނުބުނެ ޮއތެވެ.

"އިހޫ! ޮކން ދުނިޔެއެއްގަ." އިހުސާންގެ އަތުގައި މަޑުމަޑުން ހިފާލަމުން ރަޝާޤާ އަހައިލި އެވެ.

"ތިހާ އުފާވެރި ނޫނަސް ރަޝާވެސް އުޅޭ ދުނިޔޭގަ މިއުޅެނީ." އިހުސާން ބަލައެއް ނުލަ އެވެ.

"ރޭ ނާދެވުނީމަ ހިތްހަމަ ނުޖެހިފައި ޯދ ތިޮއތީ؟" އިހުސާންގެ ޮކނޑުގައި ރަޝާޤާ ޯބ އަޅައިލި އެވެ.

"ހުރިހާ އުފަލެއް ގޭން ލިބެމުންދާއިރު ޮކންމެހެން މަގޭގާތަށް އަންނާކަށް މުހިންމެއް ނުވާނެތާ."

"އަހަރެން މިއުޅެނީ އުފަލަކު ނުނޭ އިހޫ! އެއްފަހަރުވެސް ނާދެވުނު ސަބަބު އަހައިލިއްޔާ ކީއްވާނީ؟" ރަޝާޤާގެ އަޑުގައި ހިތާމައިގެ ކުލަ ޖެހުނެވެ.

"ސަބަބު އެނގޭއިރުވެސް އަހަން ޖެހޭތަ؟" އިހުސާން ތެދުވެ އިށީނަމުން ރަޝާޤާގެ މޫނަށް ބަލައިލި އެވެ. ރޭޑިޯއ ނިވައިލި އެވެ.

"އެނގޭނަމަ ތިރާގުގަ ވާހަކައެއް ނުދައްކާނެ.""އެނގޭތީއޭ މިހެން ވާހަކަ ދައްކަންވެސް މި ޖެހެނީ. ފާޑެއްގެ

މީހަކު ގެއަށް ވައްދައިގެން އަބަދާ އަބަދު އޭނަގެ ފޫބުޑުގަ އެއްނު ތި އުޅެނީ؟ ހީކުރަނީތަ މަށަށް ނޭނގޭނެ ކަމަށް."

ރަޝާގެ ހިތަށް މީހަކު ހަރު އަތަކުން ފިތައިލި ކަހަލައެވެ. މެޔަށް ތަދުވި އެވެ. އިހުސާން އަބަދުވެސް އެހުންނަނީ އެޮގތަށެވެ. ރުޅިއައިސްފަ

އެވެ. ޝައްކުމަތީގަ އެވެ. އެއްޗެހި ކިޔަ ކިޔަ އެވެ. މިއީ ޮކންކަހަލަ ޯލތްބެއް ހެއްޔެވެ؟ މި ޯލބީގައި ޮއތީ ޮކން އުފަލެއް ހެއްޔެވެ؟ އިހޫގެ މޫނުމަތިން

ހިނިތުވުމެއް ފެންނާނީ ޮކން ދުވަހަކުން ބާވަ އެވެ؟ ރަޝާޤާއަށް ޮރވެންފަށައިފި އެވެ. ޯލބިވާ މީހެއްގެ ދުލުން އަބަދު

އެޮގތަށް އެއްޗެހި ކިޔާކަމަށް ވާނަމަ އަސަރުވެސް ކުރާނެތާ އެވެ. އަނެއްޮކޅުން ހަޤީޤަތެއް ނެތް ކަމެއްގެ ތުހުމަތު އަޅުވާފައި އެޮގތަށް ވާހަކަ ދެއްކީމާ ކުރާ

އަސަރު އަދި ވަކިން ޮބޑުވާނެތާ އެވެ.ރަޝާގާގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު އިހުސާން ބަލައިލީ ރަޝާޤާގެ މޫނަށެވެ. އިރުޮކޅަކު ބަލަން އިނދެފައި މަޑުމަޑުން ތެދުވެއްޖެ އެވެ. ރޭޑިޯއ ޯޖލީގައި ބޭއްވި އެވެ. އެއަށްފަހު ރަޝާގެ ދެޮކނޑުގައި ހިފާ ޮކޅަށް

ނެގި އެވެ. "ރަޝާ ތިޮގތަށް ޯރލާ އަޑު އިވުނީމަ މި ހިތަށް ހާދަ ޮބޑު

ހަމަޖެހުމެއް ލިބެޔޭ! މަދެކެ ރަޝާ ޯލބިވާކަން އިހުސާސް ކުރެވޭޮގތްވޭ." ރަޝާޤާގެ ޮލލުން ފައިބަމުން ދިޔަ ކަރުނަތައް އިހުސާން ޮފހެދޭން ފެށި އެވެ.

"ދެން ހުއްޓާލާ!" ރަޝާގާގެ ގައިގައި އިހުސާން ބައްދާލި އެވެ. ޒައިދު އިނީ ވަހީދުގާތު ފަތްޖެހި އެނދުމަތީގަ އެވެ. އެދެމެދުގައި ޮކންމެވެސް މުހިންމު ވާހަކައެއް ދެކެވެމުން ދެއެވެ. ވަހީދާއި ޒައިދުގެ މޫނުމަތިން އެކަމަށް

ހެކިދެއެވެ. "އާނ، އަހުމަދު އެވާހަކަ ދެއްކީމަ އަހަރެން ބުނިން އާއެކޭ.

އެކަމަކު....." ޒައިދު ހުއްޓާލި އެވެ. އެމީހުން ވާހަކަ ދައްކަމުން ގެންދަނީ ޒައިދު އެގެއަށް

ބަދަލު ވުމާ ބެހޭޮގތުންނެވެ. )ނުނިމޭ(

Page 32: Sun Magazine 29

ަ

32

ޢަބްދުهللا އަޒްމީން

ޯވލްޑް ކަޕް ޮކލިފައިންގައި ރާއްޖެ އީރާނާ އެކު ރަށުން ބޭރުގައި ނެރުނު 0-4ގެ ނަތީޖާއާ މެދު ގިނަ ދިވެހިން ހިތްހަމަނުޖެހެއެވެ. ދުވަހު އަދި ޮއންލައިން ނޫސްތަކުންނެގި ޮޕލްތަކުންނާއި ޓީވީތަކުން ގެނެސްދިން އާއްމުންގެ ހިޔާލުތަކުން

މިކަން ވަރަށް ރަނގަޅަށް ސާފުވެއެވެ. އީރާން ކައިރީގައި ރާއްޖެއަށް އެއަށްވުރެ ޮމޅަށް ކުޅެވެންޖެހޭނެ ކަމަށް ގިނަ ބަޔަކު އެއްބަސްވަނީ މީގެ ކުރިން ޮބޑެތި ޓީމުތަކާ ދެޮކޅަށް ގައުމީ ޓީމު ދެއްކި ކުޅުމުގެ ސަބަބުންނެވެ. ސައުތު ޮކރެޔާ ފަދަ ޓީމުތަކާއެކު ރަށުން

ބޭރުގައި ނެރުނު ރަނގަޅު ނަތީޖާތަކުގެ ސަބަބުންނެވެ. މިހެންވެ އީރާން އަތުން ދިވެހިން ހަތަރު ލަނޑުން ބަލިވުމުން އުފެދޭ ސުވާލުތަކެއް އެބަހުއްޓެވެ. ޓީމަށް ރިޝްވަތު ދޭން ބެޓް ކުރާ މީހުން މަސައްކަތްކުރުމާއި އެމީހުންނާއި ޯކޗު އަދި ބައެއް ކުޅުންތެރިންނާ

ބައްދަލުވެފައިވުމާއި ޯކޗު ޓީމުގެ އަމުރާ ހިލާފުވެ، އީރާން ފެޑަރޭޝަނާ ބައްދަލުކުރުން ފަދަ ކަންތައްތަކުގެ ސަބަބުން ޯކޗާމެދު ކުރެވޭ ޝައްކުތައް ގިނައެވެ.

ގައުމީ ޯކޗަކީ ކާކު؟

ރާއްޖޭގެ ގައުމީ ޯކޗު ޑިއެޯގ ކުރްސިއާނީ އަކީ އާޖެންޓީނާގެ މީހެކެވެ. އޭނާ އަކީ މި ސަރަހައްދުގެ ފުޓްޯބޅަ އެނގޭ މީހެކެވެ. ބަނގްލަދޭޝްގެ ގައުމީ ޯކޗުކަމުގައި 2005 އަހަރު

އޭނާ މަސައްކަތް ކުރިއެވެ. އަދި އެ ގައުމުގެ އެއް ކުލަބު ކަމަށްވާ އަބްހާނީގައި ވެސް މަސައްކަތް ކުރިއެވެ. އެކަމަކު އަބްހާނީން އޭނާ ބޭރުޮކށްލީ އެކަށީގެންވާ ކާމިޔާބުތަކެއް ޯހދައި ނުދެވުމުންނެވެ. އަދި ބަންގްލަދޭޝްގެ ގައުމީ ޯކޗުކަމުން ވެސް އޭނާ ވަކިކުރަން ޖެހުނީ ކާމިޔާބު ޯހދައިނުދެވުމާއި ޑިސިޕްލިން މައްސަލަތަކާ ހެދި އެވެ. ރެފްރީންނަށް

ފާޑުކިއުމާއި އެނޫން ވެސް މައްސަލަތަކާހުރެ އޭ.އެފްސީން އޭނާ ޖޫރިމަނާޮކށް ސަސްޕެންޑް ކުރަން ވެސް ޖެހުނެވެ.

ޓީމު ރޭވުމުގައި އަމަލު ކުރަނީ ކިހިނެތް؟

ގައުމީ ޯކޗުގެ މަގާމުގައި ކުރުސިއާނީގެ ފުރަތަމަ މުބާރާތަކަށްވީ އޭ.އެފްސީ ޗެލެންޖް ކަޕް ޮކލިފައިންއެވެ. އެ މުބާރާތުގައި އޭނާ ޓީމު ރޭވީ ކުޅުންތެރިންގެ ބުނި ޮގތަށެވެ. އެކަން އެޮގތަށްވީ ޓީމު ތަމްރީނު ކުރަން އޭނާއަށް މާ ގިނަ ދުވަސް ނުލިބުމުންނެވެ. މެޗަށް ފަހު ޮއންނަ ޕްރެސް ޮކންފަރެންސްތަކުގައި ވެސް އޭނާ ބުނަމުންދިޔައީ ޓީމު

ރޭވީ ކުޅުންތެރިން ކަމަށެވެ."އަހަރެން އެހީ ކުޅުންތެރިން ގާތު އެ މީހުން ބޭނުންވީ ކިހިނެތްހޭ ކުޅެން. ކުޅުންތެރިން ބުނީ އަހަރުމެން ބޭނުމީ ފުރަތަމަ މިނިޓުން ފެށިގެން އެޓޭކް

ކުރާށޭ. ބުނީމަ އަހަރެން ބުނީ ތި ޮގތް ޯއކޭއޭ. އެއީ އަހަންނަކަށް ނޭނގެ ގިނަ ކުޅުންތެރިންނެއް،" ކެމްޯބޑިއާ މެޗަށް ފަހު ޯކޗު ބުންޏެވެ.

މި ދުވަސްވަރު ޯކޗު ސީނިއާ ކުޅުންތެރިންނާ ވަރަށް ޮބޑަށް މަޝްވަރާ ކުރެއެވެ. ނަމަވެސް ފަހުން އޭނާގެ ކިބައިން އެކަން ނުފެންނަ ކަމަށް ސީނިއާ ކުޅުންތެރިން

ވެސް އެއްބަސްވެއެވެ. ފަހުން ޓީމު ނެގުމުގައި ޯކޗު ޮބޑަށް އިސްކަން ދެނީ އިނގިރޭސި ބަހުން ލިޔާ ޯމލްޑިވްސް ޮސކާ ވެބްސައިޓުގައި ހުންނަ އާއްމުންގެ

ޮކމެންޓްތަކަށް ބަލައިގެން ކަމަށް ބައެއް ކުޅުންތެރިން ޔަގީންކުރެއެވެ. )މިލިޔުމުގައި

! އި ފަ ވެ ފު ާލ ހި ާރ މު އަ ރު ޖަ ނޭ މެ އި ގަ ނު ާރ ީއ ީނ ވަ ޗު ކޯ

؟ ވެ އް ީކ ީރ ކު ލު ދަ އް ބަ ޗު ކޯ ާނ ޝަ ރޭ ޑެ ފެ ގެ ނު ާރ ީއ

ގައުީމ ކޯޗު ީއާރނަށްމެޗު ވިއްާކީލތަ؟

Page 33: Sun Magazine 29

ަ

33

ކުޅުންތެރިންގެ ނަން ނުޖަހަނީ މިފަދަ ވާހަކަތައް ފާޅުގައި ދައްކަން ކުޅުންތެރިންނާއި މެނޭޖްމަންޓު ވެސް ބޭނުންނުވުމާއި، މަސްލަހަތައްޓަކައެވެ(.

އެއާޯޕޓުގައި ބެޓްކުރާ މީހުން

ގައުމީ ޓީމު ތެހެރާން އެއާޯޕޓަށް ފޭބިއިރު އެއާޯޕޓުގައި ހިދުމަތްދެމުންދިޔައީ އެންމެ ކައުންޓަރަކުންނެވެ. އެތަނުގައި އިން މީހާ އަށް އިނގިރޭސި ބަސް ނޭނގެއެވެ. ޓީމާ ހަވާލުވާން ޮގސްތިބި އީރާން ފެޑަރޭޝަނުގެ އެއްވެސް މީހަކު އެއާޯޕޓު

ތެރެއިން ފެންނާކަށް ނެތެވެ. މިހެންވެ ގައުމީ ޓީމު އެއާޯޕޓުގައި ހަތަރު ގަޑިއެއްހާ އިރު ތިބެން ޖެހުނެވެ. އަދި އެއާޯޕޓުން ޓީމުގެ ބައެއް ކުޅުންތެރިންނާ ބެޓްކުރާ

މީހުންނާ ދިމާވިއެވެ. އެއީ ކުރިން ވެސް ފެނި، ބައްދަލުވެފައި ތިބި މީހުންނަށްވުމުން ބައެއް ކުޅުންތެރިންނަށް ވަރަށް ފަސޭހައިން އެއީ ޮކން ބައެއްކަން އެނގުނެވެ. މި މީހުންނާއެކު ބައެއް ކުޅުންތެރިން ޮފޯޓ ވެސްނެގި އެވެ. އެއީ އެފަދަ ކަމެއް އުޅޭކަން މެނޭޖްމަންޓަށް އެންގުމަށެވެ. އަދި މިމީހުންނާ ޯކޗު ބައްދަލުޮކށް ވާހަކަ

ދެއްކިތަން ވެސް ކުޅުންތެރިންނަށް ފެނުނެވެ.ގައުމީ ޓީމުގެ ޯކޗިން ސްޓާފުންގެ ތަޖުރިބާ މަދުވުމާއި، ނުކެރުމާއި ފަސްޖެހުންފަދަ ކަންކަން ހުރުމުގެ އިތުރަށް މެނޭޖަރުގެ ތަޖުރިބާ މަދުވުމުން މިފަދަ ކަންކަން ޓީމުގެ ސަމާލުކަމަށް ގެނައުމުގައި އިސްވެ ހަރަކާތްތެރިވީ ޓީމުގެ ސީނިއާ ކުޅުންތެރިންނެވެ.

ޯކޗަށް ޮހޓަލުން ބޭރަށް ދިއުން މަނާކުރީ ކީއްވެ؟

ގައުމީ ޓީމު ތިބި ޮހޓަލުގައި ޓީމާ އެއް ފްޯލއެއްގައި ބެޓްކުރާ މީހުން ވެސް ތިއްބެވެ. މިކަން އެނގުމުން ކުޅުންތެރިންގެ ޮކޓަރިތަކުން ޯފނުގެ ހިދުމަތް ވަނީ ކަނޑާލައިފައެވެ. އަދި ގައުމީ ޓީމު އީރާނުގައި ތިބިއިރު އެފް.އޭ.އެމުގެ ޮއފިޝަލަކާއެކު ނޫނީ

ބޭރަށް ނުދިއުމަށް ޯކޗަށް މެނޭޖަރު އަންގާފައިވާ ކަމަށްވެއެވެ. ނަމަވެސް މި އަމުރާ ހިލާފަށް

ޯކޗު ވަކިން ކާރެއްގައި ބޭރަށް ދިޔަތަން ދުށް ކުޅުންތެރިންނާއި ޮއފިޝަލުން ވެސް އެބަތިއްބެވެ.

ޯކޗު އީރާން ފެޑަރޭޝަނާ ބައްދަލުކުރީ ކީއްވެ؟

ގައުމީ ޯކޗު ވަނީ އީރާންގެ ފެޑަރޭޝަނާ ވެސް ބައްދަލުޮކށްފައެވެ. މިކަން އެނގުމުން

މި ބައްދަލުވުމުގެ ބޭނުމެއް ކަމަށް ޯކޗު ކުޅުންތެރިންނާއި ޮއފިޝަލުންގެ ގާތު

ބުނިކަމަށްވަނީ އެއީ އާޖެންޓީނާ އާއި އިރާނުގެ ރަހުމަތްތެރިކަމުގެ މެޗެއް ކުޅެން އޭނާ އެހީވަނީ ކަމަށެވެ. މިއީ ރަނގަޅު ވާހަކައެއް ނަމަ މި ހިސާބުން އުފެދޭ ސުވާލަކީ ކުރުސިއާނީ އަކީ އެފަދަ ކަމަކަށް މަގުފެހި ކުރެވޭފަދަ ޝަހުސިއްޔަތެއްޯތއެވެ؟ ނޫނީ އޭނާއާ ނުލައި އީރާނަށް އެފަދަ ކަމެއް ހަމަޖައްސަން ފުރަތަމަ އަޅަންވީ ފިޔަވަޅު ވެސް ނޭޅެނީޯތ އެވެ؟ އަނެއްޮކޅުން "ޯގސް ގުޅުމެއް" އީރާން ފެޑަރޭޝަނާއި ޯކޗާ ދެމެދު ޮއވެދާނެ

ކަމަށް ޝައްކު ކުރެވޭނެ އަނެއް ސަބަބަކީ އިންޑިޔާ އާއި ރާއްޖެ ކުޅުނު މެޗު ބަލަން އީރާނުގެ ޯކޗު މާލެއައި ފަހުން، އީރާނާއި މަޑަގަސްކަރަ ބައްދަލުކުރި މެޗު

ބަލަން ގައުމީ ޯކޗު އެކަނި ދަތުރުޮކށްފައިވާތީއެވެ.

ޕްރެކްޓިހުގައި ޯކޗުގެ އަމަލުތައް ހުރީ ކިހިނެތް؟

މި ކަންތައްތަކަށް ފަހު ޯކޗު ޕްރެކްޓިސްތަކުގައި ހުންނަނީ މާޮބޑަށް ރުޅިއައިސްފައި ކަމަށް ކުޅުންތެރިން ބުނެއެވެ. ރުޅިއައިސްފައި ހުންނަވަރުން "ބައެއް ފަހަރު

ކުރެވޭ ނުކުރެވޭ އެއްވެސް އޭނަ އަށް ނޭނގޭ. ކުރިން އޭނާ އުޅުނު ޮގތެއްނޫން އެއީ. އަބަދުވެސް ހުންނަނީ ހާސްވެފަ،" ކަމަށް ކުޅުންތެރިއަކު ބުންޏެވެ. "ހުރިހާ

ވަރެއް ބާލަނީ ޓްރޭނަރަށް،". ގައުމީ ޓީމުގެ

ޓްރޭނަރަކީ ވެސް ޯކޗުގެ އިރުޝާދުގެ

ދަށުން ގެނައި އާޖެންޓީނާ މީހެކެވެ.

ރާއްޖެޮކޅަށް އީރާނުން

ލަނޑުޖެހީ ދެ ފަރާތުގެ ދެ

އަރިމަތިން ނެގި ހުރަސްތަކުންނެވެ.

އެއީ އިންޑިޔާ މެޗުގައި ރާއްޖޭގެ ބަލިފައި ކަމަށް ފާހަގަ ކުރެވުނު

ކަންތަކެވެ. އިންޑިޔާއާ އެކު

ރާއްޖެ ކުޅުނުތަން މާލެއައިސް އީރާން ޯކޗު ބަލާފައިވާއިރު،

ބައެއް ކުޅުންތެރިން

ބުނީ ޯކޗު ގާތު މެޗުގެ ކުރިން ހުރަސްތަކަށް

ފަރިވާން ޕްރެކްޓިސްޮކށްދޭން އެދުމުން އެކަން ކުރަން ދެޮކޅު ހެދިކަމަށެވެ. ނަމަވެސް އަރިމަތިން ނަގާ ހުރަސްތަކަށް ފަރުވާތެރިވެގެން މާލޭގައި އީރާނާއެކު ކުޅުނު މެޗުގައި ރާއްޖެ ޮމޅަށް ކުޅުނެވެ.

ދަގަނޑޭ ނުކުޅުވަން ނިންމުން

ރާއްޖޭގެ އެންމެ ތޫނު ހަތިޔާރަކީ އިތުބާރު ޯފވަޑް ކެޕްޓަން އަލީ އަޝްފާގް )ދަގަނޑޭ( އެވެ. އީރާން މެޗުގެ ކުރިން އޭނާގެ ފަޔަށް ކުޑަކުޑަޮކށް ތަދުވުމުން ދަގަނޑޭ އެ މެޗުގައި ނުކުޅެން

ޯކޗު ބުނި ކަމަށް ވެއެވެ. އެކަމަކު މެޗެއް ނުކުޅެ ދެ މަހަށްވުރެ ގިނަ ދުވަހު ހުރެފައި އިންޑިޔާ މެޗަށް ދަގަނޑޭ ނެރެން ޯކޗު ޮކންމެހެން ބޭނުންވިއެވެ. ފުޓްޯބޅައިގެ ބައެއް ޯކޗުން އެއިރު އެކަމާ ދެޮކޅު ހެދިއެވެ. އެއީ ނުކުޅެ އެހާ ގިނަ ދުވަހު ހުރެފައި އަނެއްކާ ފިޓްނުވެ ކުއްލިއަކަށް އެވަރުގެ ވަރުގަދަ މެޗަކަށް ދަގަނޑޭ ނެރެފިނަމަ އީރާން މެޗުގެ ކުރިން އޭނާ އަށް އިތުރު އަނިޔާއެއްވެދާނެ ކަމަށް ލަފާޮކށްފައެވެ. އެކަމަކު އިންޑިޔާ މެޗުގައި ކުޅުވާފައި އީރާން މެޗުގައި ދަގަނޑޭ ނުކުޅުވަން

ޯކޗު ބޭނުންވުމުން އޭނާއާ މެދު އުފެދޭ ސުވާލުތައް ގިނައެވެ.

ކުޅުންތެރިން ޯކޗުގެ ޝަކުވާ ކުރީ ކީއްވެ؟

ބައެއް ކުޅުންތެރިން ވަނީ އީރާން މެޗަށް ފަހު ޯކޗުގެ ޝަކުވާ އެފް.އޭ.އެމުގައި ޮކށްފައެވެ. މިހެންވެ ކުޅުންތެރިންނާއި ވަކިން ބައްދަލުޮކށް އެފް.އޭ.އެމުން ވަނީ ޯކޗާއި ކުޅުންތެރިން

އެއްތަންޮކށް މާލޭގައި އީރާން މެޗު ކުޅުމުގެ ކުރިން މަޝްވަރާތަކެއް ބާއްވައިފަ އެވެ. މާލޭގައި އީރާން މެޗަށް ޓީމު ސެޓްކުރީ މި ބައްދަލުވުމަށްފަހު ކުޅުންތެރީން ވެސް ބޭނުންވި ޮގތަށެވެ.

މިހެންވެ މިއީ ވެސް ގައުމީ ޯކޗާމެދު ޝައްކު ކުރެވޭ ކަމެކެވެ.

Page 34: Sun Magazine 29

34

"ކާމިޔާބީއަކީ ވަރަށް ވިޔާނުދާ

މުދައްރިސެކެވެ. ކާމިޔާބުގެ

ސަބަބުން ބުއްދިވެރިންނަށް ވެސް

ހީވާނީ ދުވަހަކުވެސް ނާކާމިޔާބީއާ

ކުރިމަތި ނުވާނެ ކަމަށެވެ."

ވަރަ ޒުވާރި

ބޭނުންވާތަކެތި

6 ޯޖޑު ޮޕޕް ޯކން ) ޮލނު ނުލާހުރި(1 ޯޖޑު މާފެން

3 ޯޖޑު ދިވެހި ހަކުރު

ތައްޔާރުކުރާނެޮގތް

ތާހުގެ ތެރެއަށް ހަކުރު އަޅާލާފައި އުނދުންމައްޗަށް

އުދާލުމަށްފަހު މަޑު ގިނީގައި ދޭފައތުން ހަލަމުން ދާށެވެ.

ޮއލަވާންފެށުމުން މާފެން އަޅާލާށެވެ. ތާހުގެ

ފޫފެންނަވަރަށް ޮއލްވީމާ ޮޕޕްޯކން އަޅާލާށެވެ. ހަކުރުން ނަރުދެމޭވަރަށް ޮއލަވީމާ އުނދުންމަތިން ބާލާށެވެ. ދެން ޓެނިސްޯބޅައިގެ ސައިޒަށް ނުވަތަ

އެއަށްވުރެކުދިޮކށް ގުޅަގުޅަ ހަދާލާށެވެ.ހިހޫވމާ މަތި ބަންދު އެއްޗަކަށް އަޅާލާށެވެ. -- ޖުވޭރިޔާ ވަޖުދީ

Page 35: Sun Magazine 29
Page 36: Sun Magazine 29