sun magazine 45

ރ20 :ުގަ އ2012 ްލިރްޕޭ އ18 ،45 :ުރަބްމަ ނ... ްސެ ވުރި އ ވުރަހަ އ100

Upload: sun

Post on 10-Mar-2016

306 views

Category:

Documents


14 download

DESCRIPTION

Sun Magazine 45

TRANSCRIPT

Page 1: Sun Magazine 45

2ރ0 ގު: އަ2012ލް ޕްރި އޭ18 ،45 :ބަރުނަމް

100 އަހަރުީވ އިރު ވެސް ...

ޓައިޓޭނިކް

Page 2: Sun Magazine 45
Page 3: Sun Magazine 45

ސަން މަޖައްލާގެ 45 ވަނަ އަދަދު ވިދާޅުވަމުން ގެންދަވާ ހުރިހާ ކިޔުންތެރިންނަށް ވެސް ހޫނު މަރުހަބާއެއް

ދަންނަވަމެވެ. އަދި ސަންގެ 44 ވަނަ އަދަދަށް ދެއްވި ތަރުހީބު ފާހަގަ ޮކށް އެކަމަށް ޓަކައި ޝުކުރު އަދާ

ކުރަމެވެ.

ސަންގެ ލިޔުންތަކުގެ ފެންވަރު މަތިޮކށް އެކި ދާއިރާތަކުން އިލްމީ ލިޔުންތައް ގެނެސްދިނުމަށް ޚާއްސަ މަސައްކަތް ތަކެއް މި އަންނަނީ ކުރަމުންނެވެ. ސަންގެ

މަސައްކަތް ފަށައިގަތީއްސުރެ މިއަދާ ހަމަޔަށް ވެސް މަޖައްލާގެ އެންމެ މުހިންމު އެއް މަގުސަދަކީ އެއްޗަކަށް އެއްޗެއް ލިޔެ ޗާޕުޮކށްގެން ނެރުމުގެ ބަދަލުގައި ވީހާ ވެސް

އިލްމީ ލިޔުންތައް ކިޔުންތެރިންނާ ހަމަޔަށް ގެނެސްދިނުމެވެ. އޭގެ ސަބަބުން މުޖުތަމައު ހޭލުންތެރިވެ އިލްމީ ގާބިލުކަން އިތުރުޮކށްދޭނެ ލިޔުންތައް ގެނެސްދިނުމެވެ. ރާއްޖޭގެ

ތާރީޚާއި ސަގާފަތުގެ ތެރެއިން އަދުގެ ޖީލަށް އެނގެން ޖެހޭ އަދި އަންނާން ޮއތް ޖީލު ތަކާ ހަމަޔަށް ގެންޮގސްދޭން ޖެހޭ ފަދަ ލިޔުންތަކަށް އިސްކަން ދިނުމެވެ. ޮއއްޓަރެއް ނެތް،

ހަގީގަތާ ޚިލާފު ވާހަކަތަކަށް ސަންގެ ސަފުހާ ތަކުން ޖާގައެއް ނެތެވެ. މި ވިސްނުމާއި މި ގަބޫލު ކުރުން މަތީ ދެމި ތިބެ ސަންގެ މަސައްކަތްތައް ކުރިޔަށް ގެންދިޔުމަކީ ސަން

ޓީމަށް ލިބޭ ނުހަނު ޮބޑު އުފަލެކެވެ.

މި ފަހަރުގެ ކަވަރު ސްޯޓރީ އަކީ މަޝްހޫރު ޓައިޓޭނިކް ހާދިސާ އަށް 100 އަހަރު ފުރުމާ ގުޅިގެން، އެ ހާދިސާގެ މައްޗަށް ބަލައިލައި ލިޔުންތެރިޔާ އިޔާޒް ނަސީމް ތައްޔާރު ޮކށްފައިވާ ޚާއްސަ ރިޯޕޓެވެ. މި ހާދިސާ އަކީ މިހާރުގެ މީހުނާއި އަންނާން ޮއތް ޖީލު ތަކުގެ މީހުން އޭގެން އިބުރަތް ޯހދަން ޖެހޭ ހާދިސާ އެކެވެ. މިހާރު އެންމެން ވެސް

ދައްކާ އެއް ވާހަކައެއް ޮއވެއެވެ. އެއީ ޓައިޓޭނިކު ޯބޓުގެ ވެރިން ފަޚުރުވެރިކަމާއި ޮބޑާ ކަމާއެކު ބުނެލި ޖުމުލަތަކެވެ. އެ ޯބޓު “މަތިވެރި އިލާހަށް ވެސް ފައްތައި ނުލެވޭނެ”

ކަމަށް ބުނި ބުނުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ ޮގތުގައި ޓައިޓޭނިކުގެ ބަދުނަސީބު ދަތުރުގެ ސަބަބަކަށްވީ މިފަދަ ބަސްތަކާ ހުރެ އަމާޒުވީ އިލާހީ ޯކފާއެވެ. މިއީ އިބްރަތްތެރި ވާހަކައެއް ކަމަށް ގިނަ ބަޔަކު ގަބޫލުކުރަނީ މިހެންވެގެންނެވެ. އިންސާނީ މަސައްކަތުގެ

އެ ފަދަ ދެވަނަ ނަމޫނާއެއް ނެތް ފަދަ ޓައިޓޭނިކް، އެންމެ ތިން ގަޑި އިރުގެ ތެރޭގައި އެ ބޯޓަށް ވުރެ އެތައް ގުނަ އަކުން ކުޑަ އައިސް ބާގެއްގައި ޖެހި އެންމެ ތިން ގަޑި އިރުގެ ތެރޭގައި މާސިންގާ ކަނޑުގެ ފުން ކަމުގެ ތެރެއަށް އެތައް ސަތޭކަ މީހުންނާ އެކު ފެތިގެން

ދިޔަ ހާދިސާއާ ގުޅުން ހުރި އެތައް ވާހަކަ ތަކެއް މި ރިޯޕޓުގައި ހިމަނާފައިވެ އެވެ. އަދި މީގެ ކުރިން ރިލީސް ޮކށްފައި ނުވާ ޮފޯޓ ތަކާއި ނޭނގޭ އެތައް ވާހަކަ ތަކެއްވެސް

ހިމަނާފައި ވާނެ އެވެ. “ފުވައްމުލަކުގެ މަޝްހޫރު އިލްމުވެރިންގެ ތެރެއިން، އިބްރާހީމް ސަޢީދު މޫސާ” އާ ގުޅޭ ޮގތުން ޢަބްދުهللا ފާރޫޤު ހަސަން ލިޔުއްވާފައިވާ މައުލޫމާތު ޮކޅަކީ އިލްމީ ދާއިރާއިންނާއި ތާރީޚަށް ޓަކައި ކޮށްދެއްވާފައިވާ ވަރަށް އަގު ހުރި މަސައްކަތެކެވެ. ފާރޫޤް ޙަސަންގެ

އެހެން ވެސް ލިޔުން ތަކެކޭ އެއް ފަދައިން މި ލިޔުމަކީ ވެސް ކިޔައިލާން ފަސޭހަ އަދި މުހިންމު އެތައް މައުލޫމާތު ތަކެއް ލިއްބައިދޭ ލިޔުމެކެވެ. މިހާރުގެ މީހުންނަށް ނޭނގޭ

ގިނަ މައުލޫމާތު ތަކެއް މި ލިޔުމުގައި ހިމަނުއްވާފައިވެ އެވެ. މިފަދަ ފުރިހަމަ މަސައްކަތެއް ކޮށްދެއްވީތީ ސަން ޓީމުގެ ނަމުގައްޔާއި ސަންގެ ހުރިހާ ކިޔުންތެރިންގެ ނަމުގައި ފާރޫޤް ހަސަން އަށް އިޚުލާސްތެރި ޝުކުރެއް ދަންނަވަމަވެ.

މި ފަހަރުގެ ސަން ގައި ވެސް ތިޔަ ކިޔުންތެރިންގެ މަގުބޫލު އެހެން ހުރިހާ ޮސފުހާތައް ހިމަނާފައި ހުންނާނެ އެވެ. ވިދާޅުވަމުން ގެންދަވާށެވެ.

3

އެޑިޓަރުގެ ނޯޓް

ސިނާން އަލީއެޑިޓަރު

އެޑިޓަރު: ސިނާން އަލީ

އެގްޒެކެޓިވް އެޑިޓަރުން:

އަހުމަދު ޒާހިރު )ހިރިގާ(މުހައްމަދު އާމިރު ފަރެސް

ޑިޕިއުޓީ އެޑިޓަރު: މުންޑޫ އާދަމް ހަލީމް

އެސިސްޓެންޓް އެޑިޓަރު: އަލްއުސްތާޒު އަހުމަދު މާޖިދު

ސްޓާފް ރައިޓަރ: އިޔާޒު ނަސީމް

ލިޔުންތެރިން:އަބްދުهللا އަޒްމީން

ކަނީރު ޢަބްދުއްރަޙީމްޢަލީ ޚާލިދު

ޢަބްދުهللا ޝިނާންމިންނު

ޑރ. އިބްރާހިމް ޔާސިރު އަހުމަދު

ޮކލަމިސްޓުން:ސިކުނޑީގެ ތޫފާން: ސީނާ އަހުމަދު ޒާހިރު

ކެޮޔނިރު: މުހައްމަދު ބުޝްރީފަސްމަންޒަރު: އަހުމަދު ޒާހިރު )ހިރިގާ(އަޅުގަނޑުމެންގެ މާހައުލުން: މީމުޒަވިޔަނި

އުޑުދަށުން: މުހައްމަދު ގާސިމްދިޔަތިކި: އަބްދުهللا ފާރޫގު ހަސަން

ސިއްކަ: ސިއްކަގޭ މުހައްމަދު ނަސީމް ދިޔަވަރު: މުހައްމަދު އާމިރު ފަރެސް

ރަންދެލި: މުންޑޫ އާދަމް ހަލީމްފަންވަތް: އިމާދު ލަތީފުޮކމާޯކޅި: ސިނާން އަލީ

ޑރ. ޖުނެއިދުގެ އިރުޝާދު: ޑރ.ޖުނެއިދުދަމަނަ: ޑރ. އަހުމަދު ޖަމްޝީދު

ތައުޢިޔާ: އަލްއުސްތާޛު މޫސާ އަންވަރު ޙަސަން

މާކެޓިން: ސަން މީޑިއާ ގްރޫޕް މާކެޓިން ޓީމް

ކަލަރ ސެޕަރޭޝަން އެންޑް ޕްރިންޓިންގ: ޮނވެލްޓީ ޕްރިންޓާރސް އެންޑް ޕަބްލިޝާރސް ޕވޓ. ލޓޑ.

"ސަން" އަކީ 14 ޖުލައި 2010ން ފެށިގެން "ސަންއެފްއެމްގެ މެނޭޖްމަންޓުގެ ފަރާތުން މަހަކު ދެ ފަހަރު ނެރޭ މަޖައްލާއެކެވެ.

[email protected]

އަދަދު: 45 18 އޭޕްރިލް 2012

c

Page 4: Sun Magazine 45

4

Page 5: Sun Magazine 45

5

ޢަބްދުهللا ފާރޫޤު ޙަސަންދިޔަތިކި

އޭ އަޚާއެވެ! ބަނޑުހައިހޫނުކަމަށްފަހު ހައިހޫނުކަން ފިލައެވެ. މީރުފެން ޯބނެ އަލާކެނޑެންދެން ހިއްކައިގަތުމަށްފަހު ކަރު ހިތްގައިމުކަން އަރާމާއި ނިދީގެ ހޭލައިހުރުމަށްފަހު ލިބެއެވެ. ހަށިފަސޭހަކަން ދުޅަހެއިކަމާއި ބަލިވުމަށްފަހު ލިބެއެވެ. ގަދައަޅައި ފެނެއެވެ. ސީދާމަގު މަގުޮއޅުމަށްފަހު ލިބެއެވެ. ޙާޞިލުވެއެވެ. މަޤުޞަދު ފަސޭހައިން ކުރުމުން މަސައްކަތް އަނދިރިކަން ނެތެވެ. ޝައްކެއްވެސް ލިބެއެވެ. ކާމިޔާބީ ކަންޮބޑުވާންވީ އެހެންވީއިރު ހިނގައިދާނެއެވެ. ފިލައިގެން ކީއްވެގެންޯތއެވެ؟ އަރަހުށި މާތްهللا ވަޙީކުރައްވައިފައި ވެއެވެ. “ފަހެ، هللا، ފަތަޙައެއްވެސް ދެއްވައިފާނެތެވެ. ނުވަތަ އެކަލާނގެ އަތުވެދާނެތެވެ.” އަމުރުފުޅެއްވެސް އެހެން ޙަޟުރަތުން،

)އަލްމާއިދާ: 52( ދެއްވާފައިވާ ނަފުސަކަށް އެ ނަފުސަކަށް، “އެއްވެސް އެއްޗެއްގެ މިންވަރުން މެނުވީ هللا ތަކުލީފެއް ނުޖައްސަވައެވެ. ހުއްޓެވެ.” ލައްވާ هللا ފަސޭހަކަމެއް، ދަތިކަމަށްފަހު،

)އައްޠަލާޤު: 7( ރޭގަނޑުގެ ކަޅުއަނދިރިކަމަށްފަހު ފަތިހުގެ އަލިކަމުގެ އުފާވެރި ޮކއްޕައި އައިސް އަނދިރިކަން އަލިކަން ދެއްވާށެވެ. ޚަބަރު ދުރުޮކށްލައެވެ. ފައްސައި ނަގައިލައެވެ. ޮމޅިއާއި ހިތާމައިގައި ހައްޔަރުވެފައިވާ މީހުންނަށް ނުހަނު ހަލުއިކަމާއެކު އަންނަމުންދާ މުޞީބަތުގައި ދެއްވާށެވެ. ޚަބަރު ހެޮޔ ފަސޭހަކަމުގެ ހައްޔަރުވެފައިވާ ފަރާތްތަކަށް ވަންހަނާވެފައިވާ ދީލަތި، ޯއގާވެރި ސަހަރާތައް ޮކށްދެއްވާށެވެ. ހަނދާން މަތީން އަތްތިލަތަކުގެ ބަހައްޓަވާށެވެ. ހަނދުމަފުޅު މަގުދުރުވަމުންދާނަމަ ފުޅާވަމުން ފެހިކަންގަދަ ކުރިމަތިވާނީ ހަނަފަސްކަމަށްފަހު ސަހަރާގެ

ހިޔާޮބޑު ކަދުރުދަނޑެކެވެ. ހިނިތުންވުމެވެ. ޮއތީ ކަރުނަޔަށްފަހު ނެތެވެ. ޝައްކެއް ނުތަނަވަސްވުމަށްފަހު ހިތް އަމާންކަމެވެ. ބިރުވެރިކަމަށްފަހު ކުރައްވާށެވެ. ހަނދުމަފުޅު ހިތްހަމަޖެހުމެވެ. މައިތިރިކަމާއި އިބްރާހީމްގެފާނު ޚަލީލު މާތްهللاގެ އަލިފާނަކަށް، އަލިފާނަށް މާތްهللا އެހެނީ އަންދައެއްނުލެވުނެވެ. ސަލާމަތްކަން “އިބްރާހީމްގެފާނަށްޓަކައި އަމުރުކުރެއްވިއެވެ. ހުރި ފިނި އެއްޗަކަށް ވާށެވެ.” ކަނޑަކަށް މޫސާ ކަލީމުهللا ހަރުއަޑުފުޅުން އެކަލޭގެފާނު އެހެނީ ޣަރަޤުޮކށެއްނުލެވުނެވެ. ރަސްކަލާނގެ ވެރި އަހަރެންގެ “ނޫނެކެވެ. ވިދާޅުވިއެވެ. މަގު ސަލާމަތުގެ އަހަންނަށް ޮވޑިގެންވެއެވެ. އަހަންނާއެކު ދައްކަވާނެއެވެ.” ކައުސާހިބާ ޞައްލަهللا ޢަލައިހި ވަސައްލަމަ

ހިތްވަރުދެއްވިއެވެ. އެކުވެރިޔާއަށް ޮހހަޅައިގެ އެކަލޭގެފާނުގެ މި އެކުގައެވެ.” އަހަރެމެންނާ ޮވޑިގެންވަނީ “މާތްهللا ޢިބާރާތުންނެވެ. އެހެންކަމުން އަމާންކަމާއި ހިތްޕުޅުހަމަޖެހުމާއި

ނަސުރު ލިބިވަޑައިގެންނެވިއެވެ. ނޫނެވެ. މިޮގތަކަށެއް ކަންހުންނަނީ މިހާރު ނަމަވެސް ކިރިޔާވެސް ދަތިކަމެއް ނުވަތަ މުޞީބަތެއް ކުރިމަތިވާ ޮކންމެ ނަސީބު ތިމާގެ ހަމައެކަނި އިހްސާސްކުރަނީ މީހަކުވެސް ދެރަކަމެވެ. ތިމާޔަށް ކުރިމަތިވެފައިވާ އުނދަގޫތަކެވެ. އެފަދަ މީހުންގެ ވިސްނުން ބަންދު ޮކޓަރިއެއްގެ ހަތަރުފާރުން ބޭރަކަށް ނުޯފރުވެއެވެ. އެފަދަ މީހުންނަށް ފަރުދާގެ ފަހަތާމެދު ޚިޔާލު ބުއްދި ފިކުރާއި އެބައިމީހުންގެ ހިންގައިލެވޭނެނަމައެވެ. ވަށައިގެންހުރި ފާރުތަކުގެ އަނެއް ފަރާތަށް ޯފރުވޭ ނަމައެވެ.

ޙާލަތު ނުކުރައްވާށެވެ. ދަތި ހިތްޕުޅު އެއްޮގތަކަށްވެސް ހެޮޔކަންޮބޑު އެންމެ ޯނންނާނެއެވެ. އެއްޮގތަކަށެއް އަބަދަކު އެކަލާނގެ ރަޙްމަތްވަންތަކަމަށާއި، ގެ މާތްهللا އަޅުކަމަކީ އިންތިޒާރުކުރުމެވެ. ހެވަކަށް އަތުވެދާނެ ޙަޟްރަތުން ހިނގަމުންދާނީ ދުނިޔެ ބަދަލުވަމުންނެވެ. ދާނީ ޒަމާން ޮފރުވި ވަނީ ކަންތައް ޣައިބުގައިވާ ޮތށަލިދުޅަޔަށެވެ. ވަންހަނާވެގެންނެވެ. ޢާލަމްތައް ތަދްބީރުކުރައްވާ ރަސްކަލާނގެ ޮކންމެ ހިނދުޮކޅެއްގައިމެ ޮވޑިގެންވަނީ ކަންތައްތައް ތަދުބީރު ކުރެއްވުމުގައެވެ. އެހެންކަމުން އަރަހުށި މާތްهللا ޮކންމެވެސް އަބަދުވެސް ކުރައްވައިފާނެކަމަށް މިންވަރު ހެޮޔޮގތެއް ކުރައްވަނީ ވަޙީ އެކަލާނގެ ހުއްޓެވެ. އުއްމީދުކުރުން

އަންނަނިވި މޭރުމުންނެވެ. “ފަހެ، ހަމަކަށަވަރުން، އުނދަގޫކަމާއެކު ފަސޭހަކަން ވެއެވެ. ވެއެވެ.” ފަސޭހަކަން އުނދަގޫކަމާއެކު ހަމަކަށަވަރުން،

)އައްޝަރްޙު: 6،5(

އުނދަގުލަށް ފަހު ފަސޭހަކަން ވެއެވެ.

އެއްވެސް ނަފުސަކަށް، އެ ނަފުސަކަށް ދެއްވާފައިވާ

އެއްޗެއްގެ މިންވަރުން މެނުވީ هللا ތަކުލީފެއް ނުޖައްސަވައެވެ. ދަތިކަމަށްފަހު، ފަސޭހަކަމެއް،

هللا ލައްވާ ހުއްޓެވެ.“

Page 6: Sun Magazine 45

6

މީލާދީން 16 ވަނަ ގަރުނުން ފެށިގެން ތާނައިން ލިޔެވިފައި ހުރި ލިޔުންތައް ފެންނަން އެބަހުށްޓެވެ. މަހާނަގާ ތަކާއި

ފަތްޮކޅުތަކާއި ސިޓީތަކުންނެވެ. ރާދަވަޅިތަކުންނެވެ. ދިވެހިންގެ ތެރޭގައި މިއަދު ލިޔެވިފައި ހުރި ޮފތްތައް ހުރީ ތާނައިންނެވެ. ދިވެހިންގެ

ލިޔުންތެރިކަމުގެ އެންމެ ގިނަ ވައްތަރުތައް ލިބެން ހުރީ ތާނަ އަކުރުންނެވެ. ދުނިޔޭގެ ތަފާތު އަކުރުތައް ދިރާސާ ކުރައްވާ ބޭފުޅުން ވިދާޅުވާ ގޮތުގައި ތާނަ އަކުރަކީ ދުނިޔޭގައި ބޭނުން ކުރެވޭ އަކުރުތަކުގެ ތެރެއިން އެންމެ ސައިންޓިފިކް އެއް އަކުރެވެ. ތާނައިގެ އެންމެ މުހިއްމު ސިފައަކީ ކިޔާ ޮގތަށް ލިޔުމެވެ. ދުނިޔޭގެ އެހެން ބަސްބަހުގެ އަކުރުތަކުގައި ކިޔާ

ޮގތާއި ސްޕެލިންގއާ ތަފާތުވި ނަމަވެސް ތާނައިގައި އިސްކަން ދެނީ ކިޔާ ޮގތަށެވެ.

ތާނައަކުރަކީ ކުރީގައި ބޭނުންކުރި ދިވެސް އަކުރު ފަދަ އަކުރުތަކާ ހިލާފަށް ލިޔަން ފަސޭހަ އަކުރެއް ކަމުން ތާނައިގެ ސަބަބުން ދިވެހި ލިޔުންތެރިންނަށް ލިބިގެން ދިޔައީ ވަރަށް ޮބޑު ފަސޭހަކަމެކެވެ. 1970 ގެ އަހަރުތަކުގެ ފަހުޮކޅުގައި ތާނައިގެ ބަދަލުގައި ލެޓިން އަކުރު

ބޭނުންޮކށްގެން ލިޔުމުގެ އުސޫލެއް ގެންގުޅުނު ނަމަވެސް ފަހުން އަނެއްކާ ވެސް ތާނައަކުރު ވަނީ ދިވެހިބަސް ލިޔެކިޔުމުގައި ބޭނުންކުރާ ރަސްމީ

އަކުރުކަމުގައި ހަމަޖެހިފައެވެ.

ތާނައިގެ އަކުރުތަކުގެ މަޚްރަޖާއި ސިފަދެން މި ބަލައިލަނީ ތާނައިގެ އަކުރުތަކުން ރަމްޒުޮކށްދޭ، ދިވެހި

ބަހުގެ އަޑުތަކުގެ ސިފަ )Manner of articulation( އަށާއި މަޚްރަޖު )Place of articulation( އަށެވެ. ތާނަ އަލިފުބާ ތަރުތީބުންނެވެ. ތާނަ އަކުރުގެ ފުރަތަމަ ނުވަ އަކުރު ހެދިފައިވަނީ އިރުމަތީ އަރަބި ވިޔަ ނުވަތަ ފާރިސީ ބަހުގެ

ތާނަ އަކުރު

ތާނައިގެ ފުރަތަމަ 9 އަކުރާއި އެ އަކުރުތަކުގެ ބައްޓަން އޭގެ މައްޗަށް ބިނާ ކުރެވުނު އިރުމަތީގެ އަރަބި ވިޔައަކުރުތައް

އިޔާޒު ނަސީމް

ދިވެހިންގެ ލިޔެކިޔުމުގެ ާތީރހަށް ބަލައިލުމެއް

އަހުލުވެރީން ބޭނުންކުރާ ހިންދުސްތާނު ވިޔަ އަކުރުތަކުންނެވެ. އެއީ ހ، ށ، ނ، ރ، ބ، ޅ، ކ، އ، ވ މި ނުވަ އަކުރެވެ. މި އަކުރުތަކުން ރަމްޒުޮކށްދޭ

އަޑުތަކުގެ ސިފައަށާއި މަޚްރަޖަށް ބަލައިލާއިރު؛/ހ/ އަކީ މަހްމޫސް ނުވަތަ އަޑުމަޑު )ޮވއިސްލެސް( އަދި ތާޅަފިލީގެ

)ގްޯލޓަލް( ފޫސް )ފްރިކޭޓިވް( އަޑެކެވެ. IPA )International )ޭބައިނަލްއަގުވާމީ އަޑުތަކުގެ އަލިފުބާ )އައި.ޕީ.އ

Phonetic Alphabet( އިން ލިޔާ އިރު /ހ/ ގެ ރަމްޒަކީ / h/ އެވެ.

ޯނޓު:-1 މަހްމޫސް )ޮވއިސްލެސް( އަޑުތަކަކީ އަޑުޮފށްޓަށް )ލެރިންކްސް އަށް( ޮލޅުން

އެރުވުމަކާ ނުލައި އަދާކުރާ އަޑުތަކެވެ. -2 ފޫސް )ފްރިކޭޓިވް( އަޑުތަކަކީ އަޑު އުފައްދާ ގުނަވަނުން އަޑު ދަތުރުކުރާ

މަގު ބަންދުވުމާއެކު، އިތުރު ހަކަތައެއް ބޭނުންޮކށްގެން ޮފނުވައިލާ ވައިން އުފައްދާ އަޑުތަކެވެ.

-3 ގްޯލޓަލް އަޑުތައް އުފެއްދުމަށް ބޭނުން ކުރަނީ “ޯވކަލް ޯކޑްސް” އާއި “ގްޮލޓިސް” އެވެ. މިއީ “ގްޮލޓިސް” އާ ހަމައިން އެކި މިންވަރަށް ވައި

ބަންދުޮކށްގެން އުފައްދާ އަޑުތަކެވެ./ށ/ އަކީ ބައެއް މީހުން އަދާކުރާއިރު އަޑުމަޑު )ޮވއިސްލެސް(

އަދި އިދިފުށުގެ )ރެޓްޯރފްލެކްސް( ފޫސް )ފްރިކޭޓިވް( އަޑެކެވެ. އަދި ބައެއް މީހުން އަދާކުރާއިރު ހިރުގަނޑުގެ )އެލްވީލަރ( ތަކުރާރު )ޓްރިލް( އަޑެކެވެ. މިހާރަކަށް އައިސް ބައެއް މީހުން /ޝ/ ގެ މަޚްރަޖުން ވެސް މި އަޑު

ނެރެއެވެ. މައް ދިވެހީގައި މި އަޑު އަދާކުރާ ޮގތަށް ދުނިޔޭގެ އެއްވެސް އެހެން ބަހެއްގައި އަދާކުރާކަން އެނގިފައިނުވާ ކަމަށް ބަހުގެ އަޑުތައް ދިރާސާ ކުރައްވާ

އިލްމުވެރީންގެ ލިޔުއްވުންތަކުން ފެނެއެވެ. އައި.ޕީ.އޭ އިން ލިޔާ އިރު /ށ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން

Page 7: Sun Magazine 45

7

ތާނަ އަކުރުމަންމަ.

ނޫނު ސުކުނުގެ ފަހަތަށް ދަތުގެ )ޑެންޓަލް( އަޑެއް އަތުވެއްޖެ ނަމަ، އެ ނޫނު ސުކުން އަދާކުރާނީ ދަތުގެ )ޑެންޓަލް( ޯނށު )ނޭސަލް( އަޑެއްގެ

ޮގތުގައެވެ. މިސާލު: މަންތިރި، މެންދުރު، ފެންލާ )ބައެއް މީހުން(.ނޫނު ސުކުނުގެ ފަހަތަށް ހިރުގަނޑުގެ )އެލްވީލަރ( އަޑެއް އަތުވެއްޖެ ނަމަ، އެ ނޫނު ސުކުން އަދާކުރާނީ ހިރުގަނޑުގެ )އެލްވީލަރ( ޯނށު )ނޭސަލް(

އަޑެއްގެ ޮގތުގައެވެ. މިސާލު: ފަންސުރު، މަންނަ، މަންޒަރު، ޮދންރުއް.ނޫނު ސުކުނުގެ ފަހަތަށް އިދިފުށުގެ )ރެޓްޮރފްލެކްސް( އަޑެއް

އަތުވެއްޖެ ނަމަ، އެ ނޫނު ސުކުން އަދާކުރާނީ އިދިފުށުގެ )ރެޓްޮރފްލެކްސް( ޯނށު )ނޭސަލް( އަޑެއްގެ ޮގތުގައެވެ. ދިވެހި ބަހުގައި ހާއްސަ ވަކި އަޑެއްގެ

ޮގތުގައި ފާހަގަކުރެވިފައިވާ އިދިފުށުގެ )ރެޓްޯރފްލެކްސް( ޯނށު )ނޭސަލް( އަޑެއް ޮއވެއެވެ. އެއީ ޱަވިޔަނި )ނުވަތަ ބަރުނޫނު( އެވެ. އެހެން ކަމުން ނޫނު ސުކުނުގެ ފަހަތަށް އިދިފުށުގެ )ރެޓްޮރފްލެކްސް( އަޑެއް އަތުވެއްޖެ ނަމަ، އެ ނޫނު ސުކުން

އަދާކުރާނީ ބަރު ނޫނުގައި ކުރެވޭ ސުކުނެއްގެ އަޑުންނެވެ. މިސާލު: ކަންޓާ )ކަޱްޓާ(، މަންޑި )މަޱްޑި(، ވަންޱި )ވަޱްޱި / ވައްޱި(.

ނޫނު ސުކުނުގެ ފަހަތަށް މެދުތަލީގެ )ޕެލެޯޓއެލްވީލަރ( އަޑެއް އަތުވެއްޖެ ނަމަ، އެ ނޫނު ސުކުން އަދާކުރާނީ މެދުތަލީގެެ )ޕެލެޯޓއެލްވީލަރ( ޯނށު

)ނޭސަލް( އަޑެއްގެ ޮގތުގައެވެ. މިސާލު: ވަންޝަ.ނޫނު ސުކުނުގެ ފަހަތަށް ހަރުތަލީގެ )ޕެލެޓަލް( އަޑެއް އަތުވެއްޖެ ނަމަ، އެ ނޫނު ސުކުން އަދާކުރާނީ ހަރުތަލީގެެ )ޕެލެޓަލް( ޯނށު )ނޭސަލް(

އަޑެއްގެ ޮގތުގައެވެ. ދިވެހި ބަހުގައި ހާއްސަ ވަކި އަޑެއްގެ ޮގތުގައި ފާހަގަކުރެވިފައިވާ ހަރުތަލީގެ )ޕެލެޓަލް( ޯނށު )ނޭސަލް( އަޑެއް ޮއވެއެވެ. އެއީ ޏަވިޔަންޏެވެ. އެހެން ކަމުން ނޫނު ސުކުނުގެ ފަހަތަށް ހަރުތަލީގެ )ޕެލެޓަލް( އަޑެއް އަތުވެއްޖެ ނަމަ، އެ ނޫނު ސުކުން އަދާކުރާނީ ޏަވިޔަނީގައި ކުރެވޭ

ސުކުނެއްގެ އަޑުންނެވެ. މިސާލު: ރެންޗު )ރެޏްޗު(، ކަންޏާ )ކަޏްޏާ / ކައްޏާ(، މަންޖެ )މަޏްޖެ(.

ޯނޓު: -7 ޯނށު )ނޭސަލް( އަޑުތަކަކީ، އަޑު އުފެއްދުމަށް ޓަކައި އަންނަވައިގެ

މަގު ކުޑަދުލުން ބަންދުޮކށް އެވައި ނުވަތަ އެވައިން ބަޔެއް ޯނށުގެ މަގުން ޮފނުވައިލައިގެން އުފައްދާ އަޑުތަކެވެ. ދިވެހި ބަހުގައި ވަނީ ޯނށުގެ ފަސް އަޑެވެ.

އެއީ /މ/ އާއި /ޱ/ އާއި /ޏ/ އާއި /ނ/ އާއި /ން/ “މަޑުތަލީގެ ނޫނު” އެވެ. ދިވެހި ބަހުގައި މަޑުތަލީގެ ނޫނު )ވީލަރ ނޭސަލް( ގައި ފިލި ޖެހިގެން އުފެދިފައިވާ ލަފްޒެއް ނެތެވެ. ދިވެހި ބަހުގައި މަޑުތަލީގެ ނޫނުގައި ކުރެވެނީ ހަމަ އެކަނި ސުކުނެވެ. މީގެ އިތުރުން ދިވެހި ބަހުގައި ޯނށު އަޑުތަކުން ފެށޭ )ޕްރީނޭސަލައިޒްޑް( ނުވަތަ ހާފް ނޭސަލް އަޑުތަކެއް ވެސް އެބަ ހުއްޓެވެ. އެ

އަޑުތަކަކީ މިހާރު ތާނައިން ލިޔާއިރު، ހުސް ނޫނު ބޭނުންޮކށްގެން ރަމްޒު ކުރެވޭ އަޑުތަކެވެ. ރަސްމީ ބަހުރުވައިގައި ވަނީ މިފަދަ ހަތަރު އަޑެވެ. އެއީ ނބ، ނގ، ނދ، ނޑ އެވެ. މީގެ އިތުރުން “އާނ” ފަދަ ލަފްޒުތަކުގައި ޮއންނަ ހުސް ނޫނު ވެސް ފާހަގަޮކށްލެވެއެވެ. މިއީ ނޫނު ސުކުނަކަށް ވުރެ ލުއިޮކށް ކިޔޭ މަޑުތަލީގެ

ޯނށު އަޑެކެވެ. -8 އެލްވީލަރ އަޑުތައް އުފެއްދުމަށް ބޭނުންކުރާ ގުނަވަންތަކަކީ ދުލުގެ ބްލޭޑް ނުވަތަ ތިލަ އާއި އެލްވީލަރ ރިޖެވެ. މިއީ ދުލުގެ ބްލޭޑް ނުވަތަ ފްރަންޓް އެލްވީލަރ ރިޖްގައި ޖައްސައިގެން ނުވަތަ މި ރިޖާ ކައިރިޮކށްގެން ކިޔާ

އަޑުތަކެވެ. )ނުނިމޭ(

ކުރަމުން އަންނަ ރަމްޒަކީ /ʂ/ އެވެ. ޯރމަން އަކުރަށް ދިވެހި ބަހުގެ ލިޔުންތައް /ṛ/ ީބަދަލުކުރެއްވުމުގައި އެޗް.ސީ.ޕީ ބެލް /ށ/ ގެ ރަމްޒަކަށް ބޭނުން ކުރެއްވއެވެ. އަދި ހަމަ އެހެންމެ ޯރމަން އަކުރަށް ތާނައިގެ ލިޔުންތައް ބަދަލުކުރާއިރު

/ށ/ ގެ ރަމްޒަކަށް /rh/ ވެސް ބޭނުން ޮކށްފައި ހުރެއެވެ.ދިވެހި ބަހުގައި /ށ/ އަކީ ސިފަރު ވިޔަނިތައް ކަމުގައިވާ “އުނިޮތށި”

ގެ ތެރޭގައި ހިމެނޭ ވިޔަންޏެކެވެ. )ސިފަރު ވިޔަނިތަކަކީ އެ ވިޔަންޏެއްގައި ސުކުން ކުރެވުމުން އަކުރުގެ އަސްލު އަޑު ގެއްލިގެންދާ ވިޔަނިތަކެވެ.(

އެހެންކަމުން /ށ/ ގައި ސުކުން ކުރުމުން /ށ/ ގެ އަސްލު އަޑު ސިފަރުވެ )ގެއްލި( ތާޅަފިލީގެ ހުއްޓުމަކަށް )ގްޯލޓަލް ސްޮޓޕަކަށް( ބަދަލުވެއެވެ. އަދި

ހަމަ އެހެންމެ /ށ/ ސުކުނުގެ ފަހަތަށް “އަހާނަމަ” އިގެ އަކުރެއް އަތުވެއްޖެ ނަމަ ށަވިޔަނި ސުކުނުގެ އަޑު އަދާކުރެވޭނީ ނޫނު ސުކުނުގެ އަޑުންނެވެ.

އެހެންކަމުން އައި.ޕީ.އޭ އިން /ށް/ ލިޔުމަށް ހާއްސަ ރަމްޒަކަށް ބޭނުންވާ ކަމަށް ގަބޫލުކުރެވެއެވެ.

ޯނޓު: -4 އިދިފުށުގެ )ރެޓްޯރފްލެކްސް( އަޑުތަކަކީ، ދޫ އިދިފުށަށް ލަނބާލައި، އަޑުގެ

މަޚްރަޖުގައި ދުލުގެ ދަށްފުށް ޖައްސައިގެން އަދާކުރާ އަޑުތަކެވެ.-5 ތަކުރާރު )ޓްރިލް( އަޑުތަކަކީ، އަޑު އަދާކުރާ ގުނަވަނާއި، އަޑުގެ މަޚްރަޖާ

ދެމެދު އުފެދޭ ޮލޅުންތަކާއެކު އަދާކުރާ އަޑުތަކެވެ.-6 ރެޓްރޯފްލެކްސް އަޑުތައް އުފެއްދުމަށް ބޭނުންކުރަނީ “ދުލުގެ ކުރީގެ” ދަށް

ފުށާއި ހަރުތައްޔެވެ. މި އަޑުތަކަކީ ދުލުގެ ޓިޕް ނުވަތަ ކުރި ލަނބާލައިފައި މަތީ ހަރުތަލީގެ އެކި ހިސާބުގައި ދުލުގެ ދަށްފުށް ޖައްސައިގެން އުފައްދާ އަޑުތަކެވެ.

/ނ/ އަކީ ހިރުގަނޑުގެ )އެލްވީލަރ( ޯނށު )ނޭސަލް( އަޑެކެވެ. އެހެން ނަމަވެސް ބައެއް މީހުން އަދާކުރާއިރު މިއީ ދަތުގެ )ޑެންޓަލް( ޯނށު )ނޭސަލް(

އަޑެކެވެ.އައި.ޕީ.އޭ އިން ލިޔާ އިރު /ނ/ ގެ ރަމްޒެއްގެ ޮގތުގައި ބޭނުން

ކުރަމުން އަންނަ ރަމްޒަކީ /n/ އެވެ.ދިވެހި ބަހުގައި /ނ/ އަކީ ސިފަރު ވިޔަނިތައް ކަމުގައިވާ ”އުނިޮތށި” ގެ ތެރޭގައި ވެސް ހިމެނޭ ވިޔަންޏެކެވެ. އެހެންކަމުން ބައެއް ފަހަރު /ނ/ ގައި ސުކުން ކުރުމުން /ނ/ ގެ އަސްލު އަޑު ސިފަރުވެ )ގެއްލެ( އެވެ. މި ޮގތަށް

/ނ/ ގެ އަސްލު އަޑު ގެއްލިގެން ކިޔޭ އެއް ނޫނު ސުކުނަކީ މަޑުތަލީގެ )ވީލަރ( ޯނށު )ނޭސަލް( އަޑެކެވެ. މި ނޫނު ސުކުން ނުވަތަ މި އަޑަށް ހާއްސަ އައި.ޕީ.އޭ

ރަމްޒަކީ /ŋ/ އެވެ. ލަފްޒެއް ނިމޭ އިރު ޮއންނަ ނޫނު ސުކުނާއި، ތާޅަފިލީގެ )ގްލޯޓަލް( އަޑެއްގެ ކުރިއަށާއި، މަޑުތަލީގެ )ވީލަރ( އަޑެއްގެ ކުރިއަށާއި،

ތުންފަތާއި ދަތުގެ )ލޭބިޯޔޑެންޓަލް( އަޑެއްގެ ކުރިޔަށް އަންނަ ނޫނު ސުކުން ވެސް އަދާކުރާނީ މަޑުތަލީގެ މަޚްރަޖުގެ ޯނށު )ނޭސަލް( އަޑެއްގެ ޮގތުގައެވެ. މިސާލު:

ހުރުން، އަންހެނާ، ދުންކަރާސް، ބިންގަރާސް، ސަންފަ، ކަންވާރު.ނޫނު ސުކުނުގައި މީގެ އިތުރުން ވެސް ފާހަގަޮކށްލެވޭ ސިފައެއްވެއެވެ.

އެއީ ނޫނު ސުކުނާއެކު ދެން އަދާކުރާ އަޑުގެ މަޚްރަޖުން ނޫނު ސުކުން އަދާ ކުރެވޭ ކަމެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ނޫނު ސުކުން އައި.ޕީ.އޭ އިން

ލިޔާއިރު މިކަމަށް ސަމާލުކަން ދޭން ޖެހޭނެއެވެ. އަދި މިޮގތަށް ނޫނުގެ އަޑު ބަދަލުވާ ތަންތާނގައި ލިޔަންވާނީ އައި.ޕީ.އޭގެ ރަމްޒުތަކުގެ ތެރެއިން، އެ ބަދަލުވާ

އަޑަކަށް ހާއްސަ ރަމްޒެވެ. ނޫނު ސުކުނުގެ ފަހަތަށް ތުންފަތުގެ )ލޭބިޔަލް( އަޑެއް އަތުވެއްޖެ

ނަމަ މީމުގެ އަޑަށް ބަދަލުވެއެވެ. ނުވަތަ އިގުލާބުވެއެވެ. މިސާލު: އަންބާ، ޗަންޕާ،

Page 8: Sun Magazine 45

8

އިޔާޒު ނަސީމް ސަން މާފާނު

އަލްޖާޙިޡް ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ މީލާދީން 781 ވަނަ އަހަރު ޢިރާޤުގެ ބަޞަރާގައެވެ. އޭނާއަކީ ދީނީ އިލްމުގެ އިތުރުން ބަޮޔޮލޖީ ފަދަ

އިލްމުތަކުގައި ވެސް އަރައިހުރި އައްލާމާއެކެވެ. އަލްޖާޙިޡްގެ އާއިލާއަކީ ފަގީރު އާއިލާއެކެވެ. ކާފައަކީ ކަޅު ބަބުރު އަޅެކެވެ. އެންމެ ކުޑަ އިރުއްސުރެ އޭނާ

ވެފައިވަނީ ވަރަށް ބުރަޮކށް މަސައްކަތް ކުރައްވާ ފަރާތަކަށެވެ. ހުރިހައި ކަމެއްގެ ވެސް ސަބަބަކީ ޒަރޫރަތްތެރިކަމޭ ބުނާ ފަދައިން، އޭނާގެ އާއިލާއަށް އެހީތެރިވާނެ އިތުރު އެހެން މީހަކު ނެތީމައެވެ. ބުރަ މަސައްކަތުގައި އުޅެމުން ވެސް އޭނާ އެންމެ އިސްކަމެއް ދިނީ ތައުލީމު ހާސިލު ކުރުމަށެވެ. ބަހުގެ

ތަފާތު ފަންނުތަކުގެ ތެރެއަށް ރަނގަޅަށް ވެދެވަޑައިގަތެވެ. ޖާޙިޡް ގަބޫލުކުރައްވާ

އަބޫ އުސްާމނު ޢަމްރު ބިން ބަޙްރު )އަލްާޖޙިޡް(

މަދްޔަޕްރަދޭޝްއަޅުގަނޑުމެން އެ ސަރަހައްދަކަށް ނިސްބަތް ވާ ދެކުނު އޭޝިޔާ ސަރަހައްދަށް

އަހުލުވެރިވެ، އާންމު މައުލޫމާތު މުއްސަނދި ކުރުމަށް ޓަކައި، ހުށަހަޅާ ލިޔުންތަކުގެ މި ސިލްސިލާގައި މި ފަހަރު ބަލައިލާނީ އިންޑިޔާގެ ސްޓޭޓުތަކުގެ ތެރެއިން މަދްޔަޕްރަދޭޝް އަށެވެ. މިއީ މެދުތެރޭ އިންޑިޔާއަށް ނިސްބަތްވާ ސްޓޭޓެކެވެ.

މަދްޔަޕްރަދޭޝްގެ އިރުއުތުރުގައި ޮއތީ އުއްތަރްޕްރަދޭޝްއެވެ. އިރުދެކުނުގައި ޮއތީ ޗައްތީސްގަޅެވެ. ދެކުނުގައި ޮއތީ މަހާރާޝްތްރާއެވެ. ހުޅަނގުގައި ޮއތީ ގުޖަރާތެވެ.

ހުޅަނގުއުތުރުގައި ޮއތީ ރާޖަސްތާނެވެ. މި ސްޓޭޓުގެ ވެރިރަށަކީ ޯބޕާލެވެ. އަދި އެންމެ ޮބޑު ޝަހަރަކީ އިންޯދރެވެ.

މަދްޔަޕްރަދޭޝްގެ ރަސްމީ ބަހަކީ ހިންދީ ބަހެވެ. އެހެން ނަމަވެސް ގަބީލާތަކަށް ނިސްބަތްވާ އެތައް ބަހަކުން މި ސްޓޭޓުގައި މީހުން ވާހަކަ ދައްކައެވެ.

މަދްޔަޕްރަދޭޝަކީ އިންޑިޔާގެ ތާރީހުގައި ވަރަށް މުހިންމު މަގާމެއް ދެވިފައިވާ ސަރަހައްދެކެވެ. ހިލައިގެ ޒަމާނުގައި އަޅައިފައިވާ ކުރެހުންތަކަކީ މި ސަރަހައްދުގެ

ގަދީމީކަން ދައްކައިދޭ ނިޝާންތަކެކެވެ. ތާރީހު އިލްމުވެރިން ވިދާޅުވާ ޮގތުގައި އިންޑިޔާގައި މީހުން ދިރިއުޅެން ފެށިތާ މާގިނަ ދުވަހެއް ނުވެ މަދްޔަޕްރަދޭޝް

ސަަރަހައްދުގައި މީހުން ދިރިއުޅެން ފަށައިފައިވާކަން އެނގެއެވެ. އެހެންކަމުން މިއީ އިންޑިޔާގެ އެންމެ ޯބދާ އާބާދީތައް ހުރި އެއް ސަރަހައްދެވެ.

މަދްޔަޕްރަދޭޝަކީ ތަފާތު އެތައް ގަބީލާއެއްގެ ޮގވައްޗެވެ. މަދްޔަޕްރަދޭޝްގެ އާބާދީގެ 13.14% އަކީ ޝެޑިޔުލްކުރެވިފައިވާ ކާސްޓުތަކަށް ނިސްބަތްވާ މީހުންނެވެ.

ޝެޑިޔުލްކުރެވިފައިވާ ގަބީލާތަކަށް ނިސްބަތްވާ މީހުންގެ ނިސްބަތް ހުރީ %20.63 ގައެވެ. ގަބީލާތަކުގެ ސަގާފީ ހަރަކާތްތަކާއެކު މަދްޔަ ޕްރަދޭޝްވެފައިވަނީ ސަގާފީ ގޮތުން ވަރަށް މުއްސަނދި ސަރަހައްދެއް ކަމުގައެވެ. މި ސްޓޭޓުގެ ތިން ތަނެއް

ޔުނެސްޯކއިން ވަނީ ޯވލްޑް ހެރިޓޭޖް ސައިޓުތަކުގެ ޮގތުގައި ހިމަނައިފައެވެ.މަދްޔަޕްރަދޭޝްގެ އާބާދީއަކީ 73 މިލިޔަނެވެ. އާބާދީގެ ޮގތުން ބަލާއިރު މިއީ އިންޑިޔާގެ ސްޓޭޓުތަކުގެ ލިސްޓުން 6 ވަނައެވެ. ބިމުގެ ޮގތުން ބަލާއިރު 2 ވަނައެވެ. އިދާރީ ޮގތުން މަދްޔަޕްރަދޭޝް ބަހައިލެވިފައިވަނީ 50 ޑިސްޓްރިކްޓަށެވެ.

ބުއްދީގެ ފުރާގު

"ކިތަންމެ ވަރަކަށް އިލްމު ޯހދިޔަސް، އެ މުޖުތަމައެއްގައި ތިމާ ދިރިއުޅޭ މުޖުތަމައުގެ މީހުންގެ މާދަރީ ބަހަށް ޮކށި މީހަކު ކަމުގައި ތިމާވާނަމަ، ތިމާއަކީ އިލްމުވެރިއެއްގެ ޮގތުގައި އެ މުޖުތަމައަކުން ބަލައެއް ނުގަންނާނެއެވެ." - އަލްޖާޙިޡް

ޮގތުގައި އިލްމު ޯހދޭނީ ވެސް ބަހުގެ ޒަރީއާއިންނެވެ. އިލްމު ރައްކާކުރެވޭނީ ވެސް ބަހުގެ އެހީގައެވެ. އިލްމު ފެތުރޭނީ ވެސް ބަހުގެ ބޭނުންޮކށްގެންނެވެ. އަލްޖާޙިޡް

އަވަހާރަވީ މީލާދީން 869 ވަނަ އަހަރުއެވެ.

Page 9: Sun Magazine 45

9

Page 10: Sun Magazine 45

10

ޢަބްދުهللا ފާރޫޤު ޙަސަން

އަލްާފޟިލް އިބްާރީހމް ސަީޢދު މޫާސހޫރު ޢިލްމުވެީރންގެ ތެރެއިން ފުވައްމުލަކުގެ މަޝް

ފުވައްމުލަކަކީ ދިވެހިރާއްޖޭގެ ތާރީޚުގައި ވަރަށް ގިނަ ޮގތްޮގތުން ފާހަގަޮކށްލެވޭ ރަށެކެވެ. އެރަށުގެ ޖިޮއގްރަފީގެ އާދަޔާ ޚިލާފުކަމުންނެވެ. އެރަށުގެ ޤުދްރަތީ

ރީތިކަމާ ހުރެއެވެ. އެރަށާ ގުޅިފައިވާ ޚިދުމަތްތެރި ޢާއިލާތަކާއި ޢިލްމުވެރީންގެ ސަބަބުންނެވެ. އަދި އެނޫންވެސް އެތައް ޮގތަކުންނެވެ.

ދިވެހިރާއްޖޭގައި މިހާރު މިޮއތް ދީނީ ޢިލްމުވެރިކަމުގެ ބާނީ ކަމުގައިވާ އައްޝައިޚް މުޙައްމަދު ޖަމާލުއްދީނުލް މަޙްލީ )މަޝްހޫރު ވާދޫ ދަންނަކަލޭގެފާނު(

ވަނީ ރާއްޖެ ދެމިޮއތްހައި ހިނދަކު އެރަށުގައި ޤާރީވެރިކަން ލެހެއްޓެވުން އެދިވަޑައިގެން ދުޢާކުރައްވައިފައެވެ. ފުވައްމުލަކުގައި ހިނދުންހިނދަށް އުފެދެމުންދާ

ފާހަގަކޮށްލެވޭފަދަ ޢިލްމުވެރީންނާއި ގިނަގުނަ ހާފިޒުންތަކަކީ އޭނާގެ ދުޢާފުޅުގެ އަސަރު ކަމުގައި ބަލާންޖެހެއެވެ.

ފުވައްމުލަކުގައި އުފެދިފައިވާ ޚިދުމަތްތެރި ޢިލްމުވެރީންކުރެ އެއް ބޭފުޅަކީ އެރަށު އަސްރަފީގޭ އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއެވެ. އިބްރާހީމް ސަޢީދު މޫސާ

ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 11 ޯއގަސްޓް 1921 ގައެވެ. ފުވައްމުލަކު ނަޔާގޭގައެވެ. އަވަހާރަވީ 20 މެއި 2008 ގައި ފުވައްމުލަކު އަސްރަފީގޭގައެވެ.

ޢާއިލާ

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ ޢާއިލާއަކީ މެދުކެނޑުމެއް ނެތި އެތައް ޖީލަކަށް ފުވައްމުލަކުގެ ވެރިކަން ކުރައްވައިފައިވާ ޚިދުމަތްތެރި، ޢިލްމުވެރި

ޢާއިލާއެކެވެ. ދިވެހިރާއްޖޭގެ ތާރީޚުގައި މަތިވެރި ޚިދުމަތްތަކެއް ކުރައްވައިފައިވާ މަޝްހޫރު ދިޔަމިގިލީ ދަރިޮކޅާވެސް އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއާ

ގުޅެއެވެ. އޭނާގެ ބައްޕަގެ ފަރާތުން ދިޔަމިގިލީ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރު )ޝަހީދުކުޅަ ބަންޑާރައިން( އާއެވެ. މަންމަގެ ފަރާތުން

ދިޔަމިގިލީ އައްސުލްޠާނު އިބްރާހީމް އިސްކަންދަރާއެވެ. އަލްފާޟިލް، އައްނާއިބު، އަލްޚަޠީބު އިބްރާހީމް ސަޢީދު މޫސާގެ ބައްޕަޔަކީ

ފުވައްމުލަކު މޫނިފާކު މުދިންކަލޭގެފާނުގެ ޯހދަޑިގޭ ކަތީބު ކަލޭގެފާނު )އަލްޚަޠީބު ޢަލީ( ގެ ދަޑިމައިގޭ ޚަޠީބު އަޙްމަދުގެ ދަޑިމައިގޭ އަލްޚަޠީބު ޙުސައިނުގެ މިސްކިތްޮދށުގޭ ޚަޠީބު އަޙްމަދު )ޮދންތަކުރުފާނު( ގެ އަލްޚަޠީބު އައްނާއިބު މޫސާދީދީއެވެ. މޫސާދީދީގެ މަންމައަކީ ދިޔަމިގިލީ އައްސުލްޠާނު މުޙައްމަދު

ޢިމާދުއްދީނުގެ އައްސުލްޠާނު އިބްރާހީމް އިސްކަންދަރުގެ އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީން އިސްކަންދަރުގެ އަލްއަމީރު އިބްރާހީމް ފާމުލަދޭރި

ކިލެގެފާނު ވަލިދަޑި އާމިނާ މަނިކުފާނާ )މޫނިފާކު މުދިން ކަލޭގެފާނުގެ ޯހދަޑިގޭ ޮދންމަނިކުގެ އާމިނާ މަނިކުފާނު( ކާވަނި ބައްލަވައިގެން ލިބިވަޑައިގެންނެވި

އައްނަބީލު ޙަސަންދީދީގެ އަލްފާޟިލް ޙުސައިންދީދީގެ ދަރިކަނބަލުން ދަޑިމަގު ގަނޑުވަރު މަރްޔަމްދީދީއެވެ. މަރްޔަމްދީދީގެ މަންމަޔަކީ މާޮޅސްގެދަރު ޙައްވާ

މަނިކުފާނެވެ. އިބްރާހީމް ސަޢީދު މޫސާގެ މަންމައަކީ ދިޔަމިގިލީ އައްސުލްޠާނު މުޙައްމަދު ޢިމާދުއްދީނުގެ އައްސުލްޠާނު އިބްރާހީމް އިސްކަންދަރުގެ މަރިޔަމް

ކަނބާފާނުގެ މުޙައްމަދުދީދީގެ ޙުސައިންދީދީގެ ޢަލިދީދީގެ މޫސާދީދީގެ ޮއޮޅގިނައިގޭ ޙައްވާދީދީއެވެ.

ދިޔަމިގިލީ ދަރިޮކޅަކީ ރާއްޖޭގައި ރަސްކަންޮކށްފައިވާ އެންމެ ޚިދުމަތްތެރި އެއް ދަރިޮކޅެވެ. އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ތާރީޚު ލިޔެވެން ފެށީ ދިޔަމިގިލީ

އައްސުލްޠާނު މުޙައްމަދު ޢިމާދުންދީންގެ އަމުރުފުޅަށެވެ. އައްސުލްޠާނުލް ޣާޒީ މުޙައްމަދު ޣިޔާޘުއްދީނަކީ ދިވެހިރާއްޖެ އަޅުވެތި ކުރަން އެންމެފަހުން ރާއްޖެއަށް ޙަމަލަދިން ޮހޅީންގެ ފްލީޓާ ހަނގުރާމަކުރައްވައި ބަލިކުރެއްވި ހިތްވަރުފުޅުގަދަ ބަޠަލެކެވެ. މި ހަނގުރާމައިގައި، ލަޝްކަރާއިގެން ޚުދު

އެމަނިކުފާނު ނިކުމެވަޑައިގަންނަވައި، ހަނގުރާމައިގައި ބައިވެރިވެވަޑައިގަތެވެ. އަދި އެހަނގުރާމައިގެ ކްޯރނިކަލެއް އަމިއްލަފުޅަށް ލިޔުއްވިއެވެ. “ޙާޖީ ބަންޑާރައިންގެ ހަނގުރާމަ” މި ނަމުގައި ދިވެހި ތާރީޚާއި ޘަޤާފަތަށް ޚިދުމަތްކުރާ މަޖިލިހުން ޝާއިޢު ކުރައްވާފައި ވަނީ މި ކްޯރނިކަލެވެ. މި ކްޯރނިކަލަކީ ދިވެހި ތާރީޚުން އޭގެ ދެވަނަ ނަމޫނާއެއް ފެންނާން ނެތް ޚިދުމަތެކެވެ. އެހެން އެއްވެސް ޤައުމީ ބަޠަލެއް ޣިޔާޘުއްދީނު ރަދުން ފަދައިން ކަނޑިޮކޅާއި ގަލަންޮކޅު އެކުއެކުގައި

ގެންގުޅުއްވައިފައެއް ނުވެއެވެ. ދިވެހިބަހުގެ ބަސްޮފތެއް )ރަދީފެއް( އެންމެ ފުރަތަމަ ލިޔެވުނީ އެރަދުންގެ އަމުރުފުޅަށެވެ. އެޮފތަކީ ދިވެހި އަދަބީ ތާރީޚުގައި މަޝްހޫރު

ޣިޔާޘުއްދީންގެ ބަސްޮފތެވެ. ފުވައްމުލައް ތިންވަނަ ފަހަރަށް ފަޅުވެފައި ވަނިޮކށް އެރަށް އާބާދުކުރެއްވީ

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ ފަސްވަނަ ކާފަ މޫނިފާކު މުދިންކަލޭގެފާނެވެ. ފުވައްމުލައް ތިންވަނަ ފަހަރަށް ފަޅުވީ ހިޖުރައިން 1177

ވަނަ އަހަރު ހާތާނގައެވެ. މުލީގޭ ޮދންބަންޑާރައިން ޮހޅީންގެ އަތުން ދިވެހިރާއްޖެ ސަލާމަތްކުރެއްވި ދުވަސްވަރުއެވެ. އެދުވަސްވަރު ގަދަ ހުމާއި ބޭރަށް ހިންގުމުގެ

ރޯގާއެއް )ޕްލޭގް( ފުވައްމުލަކުގައި ފެތުރުނެވެ. ގިނަ ޢަދަދެއްގެ ބަޔަކު މަރުވުމުން ބާކީ ތިބި މީސްޮކޅު ރަށް ދޫޮކށްލައިފައި ޯދނިފަހަރުގައި އައްޑުއަޮތޅު މީދުއަށް

ހިޖުރަކުރީއެވެ. ބުނެވޭޮގތުގައި މީދުއަށް ދިޔަ ގިނަ ޯދނިފަހަރުގައި ދިރިތިބީ އެކަކު ދެމީހެކެވެ.

Page 11: Sun Magazine 45

11

އަލްާފޟިލް އިބްާރީހމް ސަީޢދު މޫާސ

މަރުވެފައި ތިބި މީހުން ވަޅުލެވުނީ މީދޫ ޯކގަންނު ސަރަހައްދުގައެވެ. އެންމެން އެއްތަނެއްގައެވެ. އެތަން މަޝްހޫރުވެފައި ވަނީ މުލަކު ކަށްބިމުގެ ނަމުގައެވެ.

އެތާނގައި މިހާރު ވަނީ ދިވެހި ރުއް ހެދިފައެވެ. ގިނަ ޢަދަދެއްގެ ބަޔަކު އެއްތަނެއްގައި ވަޅުލެވިފައިވާތީ މަހާނަ ފާހަގަކުރެވިފައި ނުވުމާއި، ގިނަ ދުވަސްވެ

ޖަންގަލީވުމުގެ ސަބަބުން ކަށްބިން އުވާލެވުމުގެ ސަބަބުންނެވެ. ފުވައްމުލައް ފަޅުޮކށްލައިފައި އެރަށުގެ މީހުން ސ. މީދުއަށް ދިޔަ ޚަބަރު މާލެ އައިއިރު މޫނިފާކު މުދިންކަލޭގެފާނު ހުންނެވީ މާލޭގައެވެ. އޭނާއަކީ ރާއްޖޭގައި އެޒަމާނުގައި ހުންނެވި އެންމެ ޮމޅު ފަންޑިތަވެރިޔާއެވެ. ދައުލަތުގެ ރަސްމީ

ފަންޑިތަވެރިއަކީ އޭނާއެވެ. މޫނިފާކު މުދިން ކަލޭގެފާނަށް އޭނާގެ ރަށް ފަޅުވި ޚަބަރު ލިބިވަޑައިގަތުމާއެކު އެންމެ އިސްކަމެއް ދެއްވީ އެރަށް އަލުން އާބާދު

ކުރެއްވުމަށެވެ. ސަރުކާރުގެ ހުއްދަ ޯހއްދަވައިގެން މީދުއަށް ވަޑައިގެން އެރަށުގައި ތިބި ފުވައްމުލަކު މީހުންޮކޅާއިގެން ރަށަށް ވަޑައިގެން ރަށަށް ފަންޑިތަ ހައްދަވައި،

ރަށް އާބާދު ކުރެއްވިއެވެ. މުދިން ކަލޭގެފާނު ވަޒަންވެރިވެވަޑައިގަތީ އެރަށު ޯހދަޑިގޭގައެވެ.

ތަޢުލީމު ޯހއްދެވުމާއި ޢިލްމީ ޚިދުމަތް

އަލްމަރްޙޫމް އިބްރާހީމް ސަޢީދުގެ އެންމެ ފުރަތަމަ އެދުރަކީ އޭނާގެ ބައްޕަ މޫސާދީދީއެވެ. މޫސާދީދީއަކީ ފުވައްމުލަކުގެ ކަތީބުކަމާއި ނާއިބުކަން ކުރެއްވި ޢިލްމުވެރިއެކެވެ. މޫސާދީދީގެ ގެ )ޮދންތައްކާނުބެއަގެ( އަކީ އައްޑުއަޮތޅާއި ހުވަދުއަޮތޅުގެ އެތައް ބަޔަކު ވެސް ޢިލްމު ޯހދަން ފުވައްމުލަކަށް ޮގސް އެ

ގެއެއްގައި ފައިބައިތިބެ ޢިލްމު ޯހދަމުން ގެންދިޔަ ޢިލްމީ މަރުކަޒެކެވެ. އިބްރާހީމް ސަޢީދު މޫސާ ބައްޕަގެ އަރިއަހުން ކިޔަވައިވިދާޅުވުމަށްފަހު، ފަޟީލަތުއްޝައިޚް ޙާޖީ ޢަބްދުއްރަޙްމާނު ފަދަ ޢިލްމުވެރީންގެ އަރިހުންވެސް ކިޔަވައިވިދާޅުވިއެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ އެންމެ ޚާއްސަ އުސްތާޛަކީ ފަޟީލަތުއްޝައިޚް ޙުސައިން ރަހާ އަލްއަޒްހަރީއެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއަކީ ޢިލްމުވެރި، ޢިލްމު ފަތުރުއްވަން މަސައްކަތްކުރެއްވި ބޭފުޅެކެވެ. ފުވައްމުލަކުގައި ފަހަކަށް އައިސް އުފެދުނު ދީނީ

ޢިލްމުވެރީންގެ ތެރެއިން ފާހަގަޮކށްލެވޭ ބޭފުޅެކެވެ. އޭނާ ލިޔުއްވި ޮފތްތަކުގެ ތެރެއިން ތިން ޮފތެއް ވަނީ ޗާޕްޮކށް ޝާއިޢު ކުރެވިފައެވެ. އެ ތިން ޮފތަކީ

“އައްޞަލާތ” އާއި “ސަބީލުއްނަޖާތި” އާއި “ހިޖްރީ ތާރީޚު މީލާދީ ތާރީޚަށް ބަދަލުކުރާ ތާވަލު” މި ތިން ޮފތެވެ.

މި ތިންޮފތުގެ ތެރެއިން، “އައްޞަލާތު” އާއި “ސަބީލުއްނަޖާތި” މި ދެޮފތަކީ މާލޭގެ ޮފތްފިހާރަތަކުގައިވެސް އެންމެ ވިކޭ )ބެސްޓް-ސެލަރ( ޮފތްތަކުގެ ތެރޭގައި

ހިމެނޭ ދެޮފތެވެ. ޗާޕްނުކުރެވޭ ޮފތްތަކުގެ ތެރޭގައި »ޤާޢިދާ މަޙަލްދީބިއްޔާ« ގެ ނަން ދެއްވައިފައިވާ ފިލިޮފތެއް ހިމެނެއެވެ. އެޮފތަކީ ދިވެހީންގެ ކާބަފައި

އެދުރުން ޢަރަބި އަކުރު ލިޔެކިޔަން ދަސްޮކށްދެއްވަން ގެންގުޅުއްވި އުސޫލުތަކަށް ފައްތަވައިގެން ލިޔުއްވާފައިވާ، “ޤާޢިދާ ބަޣްދާދިއްޔާ” ފަދަ ޮފތެކެވެ. އެޮފތުގެ ކޮޕީތައް އޭނާގެ ބޭފުޅުންނަށާއި، އޭނާ އަމިއްލަ ބޭފުޅުންގެ ނަޒަރުން ބައްލަވާ

ބޭފުޅުންނަށް ހަދިޔާކުރެއްވިއެވެ. މިޮގތުން އެޮފތުގެ ޮކޕީއެއް އަޅުގަނޑުގެ ދަރިފުޅު ނުސައިބާއަށް ވެސް ދެއްވިއެވެ.

މީގެ އިތުރަށް ވަރަށް ތަފްޞީލު ދިވެހި ބޭސްޮފތެއް ވެސް ލިޔުއްވިއެވެ. އެޮފތުގައި އޭނާގެ ޢާއިލާއިން )މޫނިފާކު މުދިންކަލޭގެފާނާ ހަމައިން( ތަޖުރިބާ ކުރައްވައިފައިވާ ބޭސްތަކާއި، އޭނާ ޢަރަބި އުރްދޫ ޮފތްތަކުން ތަރުޖަމާ ކުރައްވައިފައިވާ ބޭސްތައް ހިމެނެއެވެ. އެޮފތުގެ އެންމެ ފުރަތަމަ އަޞްލުވަނީ އޭނާގެ ދަރިކަލުން މުޙައްމަދު

ސަޢީދުގެ އަތްޕުޅުގައި ޮއއްވައި އައްޑުއަޮތޅު މަރަދުއަށް ގެއްލިފައެވެ. އެޮފތް ގެއްލުމަށްފަހު އަނެއްކާވެސް ދިވެހި ބޭހުގެ ދެވަނަ ޮފތެއް ލިޔުއްވިއެވެ. ދިވެހި-

އިނގިރޭސި ޑިކްޝަނަރީއެއްގެ މަސައްކަތުގެ ވެސް ވަރަށް ޮބޑު ބައެއް ފުރިހަމަ ކުރެއްވިއެވެ.

ދިވެހި ބަހުގެ ރަދީފު އެކުލަވައިލުމަށްޓަކައި ކުރީގެ ދިވެހި ބަހާ ތާރީޚަށް ޚިދުމަތް ކުރާ ޤައުމީ މަރުކަޒުން ކުރެއްވި މަސައްކަތްތަކުގެ ތެރޭގައި، ރަދީފުގައި

ހިމެނުމަށްޓަކައި، ދިވެހި ބަހުގެ ޢާއްމު ބަހުރުވައިގެ ވަރަށް ގިނަ ބަހާއި،

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާ )ކ( އަދި އަނބިކަބަލުން އައިމިނަތު ދީދީ

Page 12: Sun Magazine 45

12

ފުވައްމުލަކު ބަހުރުވައިގެ ޮބޑު މަޖުމޫޢާއެއް ތައްޔާރުކުރައްވައި، އެކިފަހަރު މަތީން ޤައުމީ މަރުކަޒަށް ޮފނުއްވިއެވެ. ރަދީފަށް ބަސް އެއްކުރެއްވުމަށް ކުރެއްވި

މަސައްކަތްޕުޅުގައި އެއް ފަހަރަށްވުރެ ގިނަ ފަހަރު ޤައުމީ މަރުކަޒުން އިނާމު ޙާޞިލުކުރެއްވިއެވެ.

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާގެ ލިޔުއްވުންތައް ފަތްތޫރައިގައި ވެސް ވަނީ ޝާއިޢު ކުރެވިފައެވެ.

ސަރުކާރުން ފުވައްމުލަކުގައި އެންމެ ފުރަތަމަ މަދަރުސާތައް އުފެއްދެވި އިރު، ދަޑިމަގު ދިގުވާނޑަށް ޚާއްސަކުރައްވައިގެން އުފެއްދެވި މަދަރުސަތުލް ފައިޟިއްޔާގެ މުދައްރިސެއްގެ ޮގތުގައި މަސައްކަތް ކުރެއްވިއެވެ. މަދަރުސަތުލް ފައިޟިއްޔާއަށް

ފަހު ރަށުގައި އުފެދުނު ބައެއް އެހެނިހެން މަދަރުސާތަކުގައިވެސް ކިޔަވައިދެއްވުމުގެ މަސައްކަތް ކުރައްވާފައި ވެއެވެ. ގޭގައި ކުދީންނަށް ދީނީ ތަޢުލީމާއި ޢަރަބި

ބަހާއި ކީރިތި ޤުރްއާން ކިޔަވައިދެއްވިއެވެ. މީގެ އިތުރަށް، އަލްމަރްޙޫމް އިބްރާހީމް ސަޢީދު މޫސާއަކީ ވަރަށް ރީތިޮކށް ޢަރަބި ތާނަ ލިޔުއްވާ ބޭފުޅެއްކަން ވެސް

ފާހަގަޮކށްލަން ޖެހެއެވެ.

ޤައުމީ ޚިދުމަތުގެ ދާއިރާގައި

އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއަކީ ހަމައެކަނި ތަޢުލީމީ ދާއިރާގައި ޚިދުމަތްކުރެއްވި ބޭފުޅެއް ނޫނެވެ. އޭނާ ވަރަށް ދިގު މުއްދަތެއްގައި ސަރުކާރަށް

ވެސް ޚިދުމަތް ކުރެއްވިއެވެ. އިބްރާހީމް ސަޢީދު މޫސާގެ އެންމެ ފުރަތަމަ ސަރުކާރުގެ ވަޒީފާއަކީ ފުވައްމުލަކުގެ މާމުދިންކަމެވެ. މުދިންކަމުގެ ވަޒީފާ

ލިބިވަޑައިގަތީ ހިޖުރައިން 1361 ވަނަ އަހަރުއެވެ. އިބްރާހީމް ސަޢީދު މޫސާއަށް އެންމެ ފުރަތަމަ ކުޑަކަތީބުކަން ލިބިވަޑައިގަތީ 1369 ހ. ގައެވެ. އެފަހަރު ކަތީބުކަމުގައި މާގިނަ ދުވަހަކު ނުހުންނަވައެވެ. 1371 ހ. ގައި ވަޒީފާ މެދުކެނޑިއްޖެއެވެ. އިބްރާހީމް ސަޢީދުގެ ޚިދުމަތުގެ ދެވަނަ ދައުރު ފެށުނީ 16 މާރިޗު 1960 ގައެވެ. ފުވައްމުލަކު ނާއިބުކަމުގެ

ވަޒީފާއިންނެވެ. ދެކުނުގެ ބަޣާވާތާ ވިދިގެން ދެކުނުގެ ހަތަރު އަޮތޅުގައި ތިއްބެވި ސަރުކާރުގެ މުވައްޒަފުންގެ ވަޒީފާ ވަކިކުރެއްވިއެވެ. އިބްރާހީމް ސަޢީދު ވެސް ވަޒީފާއިން ވަކި ކުރެއްވިއެވެ. ބަޣާވާތް ނިމުމާއެކު އަލުން ވަޒީފާ ލިބިވަޑައިގަތީ 11 މެއި 1964 ގައެވެ. ރާއްޖޭގެ އަޮތޅުތަކުގެ ނާއިބު ޮއފީސްތައް އުވާލައްވައި

އަޮތޅު ޯކޓުތައް އުފެއްދެވުމާ ގުޅިގެން 1970 ވަނަ އަހަރުގެ ފެބުރުވަރީގައި އިބްރާހީމް ސަޢީދު ރައީސުލްޖުމްހޫރިއްޔާގެ ޮއފީހުގެ ބޭފުޅަކަށް ބަދަލު

ކުރެއްވުމަށްފަހު 21 ފެބުރުވަރީ 1970 ގައި ފުވައްމުލަކު ކުޑަކަތީބުކަން ދެއްވިއެވެ. އިބްރާހީމް ސަޢީދު ކަތީބުކަމަށް ބަދަލުކުރެއްވީ 10 ޖުލައި 1983

ގައެވެ. 1 ފެބުރުވަރީ 1992 ގައި އިބްރާހީމް ސަޢީދު މޫސާ އަޮތޅުޮއފީހުގެ އެހީތެރިޔަކަށް

ބަދަލުކުރެއްވިއެވެ. އޭނާ އަވަހާރަވުމާ ހަމަޔަށްވެސް ހުންނެވި އެ މަޤާމުގައެވެ. އިސްވެދެންނެވި ރަސްމީ ވަޒީފާތަކުގެ އިތުރަށް އިބްރާހީމް ސަޢީދު މޫސާ ވަނީ

ޏ. އަޮތޅު ޮކމެޓީގެ މެންބަރުކަމާއި، ޏ. އަޮތޅު އަޮތޅުފިހާރައިގެ އަތްދަށު މެނޭޖަރުކަމާއި މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސްގެ މެންބަރުކަން ވެސް

ކުރައްވާފައި ވެއެވެ. އަވަހާރަވީ އިރުވެސް އިބްރާހީމް ސަޢީދަކީ މިސްކިތްތަކާ ބެހޭ ޤައުމީ މަޖިލިސްގެ މެންބަރެކެވެ. އެކިފަހަރު މަތީން އޭނާ ވަނީ

ފަންސާހަކަށް އަހަރު ސަރުކާރަށް ޚިދުމަތްކުރައްވައިފައެވެ. އަލްފާޟިލް އިބްރާހީމް ސަޢީދު މޫސާއާއެކު އެއް ޮއފީހެއްގައި ވަޒީފާ

އަދާކުރެއްވި ބޭފުޅުން ވިދާޅުވާޮގތުގައި އޭނާއަކީ ޮއފީސް ހިންގެވުމުގެ ދާއިރާގައި

ވަރަށް ޤާބިލު ބޭފުޅެކެވެ. ރަށުޮއފީސްތަކަކީ ރަށްރަށުގެ މަގުތައް ހެދުމާއި، ޯގތިތައް ކުރެހުމުގެ މަސައްކަތްކުރަން ޖެހޭ ޮއފީސްތަކެވެ. އެހެންކަމުން އެދާއިރާގައިވެސް އިބްރާހީމް ސަޢީދުގެ ޤާބިލިއްޔަތު ޚާއްޞަޮގތެއްގައި ފާހަގަކުރެވިގެން ޮގސްފައި

ވެއެވެ. އެދުވަސްވަރުގެ ޙާލަތު ހުރިޮގތުން ޗާޓުތަކާއި ޯގތިތަކާއި މަގުތައް ކުރަހަން ބޭނުންވާ ގިނަ އާލާތްތައް އިބްރާހީމް ސަޢީދު

އަމިއްލަފުޅަށް ލަކުޑީން ހައްދަވައި ރަށުޮއފީހުގެ ބޭނުންތަކަށް ދެއްވިއެވެ. އިބްރާހީމް ސަޢީދަކީ

އޭނާގެ ތަނަވަސް މަޢްލޫމާތު ޮއފީހުގެ އެހެނިހެން ވެރީންނާ

ޙިއްޞާކުރެއްވި ދީލަތި، ތަނަވަސް ހިތްޕުޅެއްގެ

ވެރިއެކެވެ.

)ނުނިމޭ(

Page 13: Sun Magazine 45

13

Page 14: Sun Magazine 45

14

އަލްއުސްތާޛު މޫސާ އަންވަރު ޙަސަންތައުޢިާޔ

ކަންތައްތަކުގެ ތަފާތު މާއްދީ ޙަޔާތުގައި މާއްދީ މި

ތަފާތު މާއްދިއްޔަތުގެ ގެއްލިފައެވެ. ވަނީ އިންސާނާ ތެރެއަށް

އަހުލުވެރިންވަނީ ޣަރަޤުވެފައެވެ. ނުބައިކަމުގެ ތެރެއަށް ކުލަތަކުގެ

މީސްތަކުން ކިޔަމަންތެރިކަމާއި ހެޮޔކަމުގެ މަގުން އެއްކިބާ ކުރުމަށް

ތަފާތު އުފެއްދުންތައް އުފައްދާފައެވެ.

ޮގތުގައި ދަންނަ އެންމެންވެސް އަޅުގަނޑުމެން

އިންސާނާ ހައްދަވާފައިވަނީ ހަށިގަނޑަކާއި ފުރާނައަކުންނެވެ. އަދި

މާއްދިއްޔަތާއި މަޢްނަވީ ބޭނުންތައް ހިމެނޭޮގތެއްގައެވެ. ހަމައެފަދައިން

ރަހްބާނިއްޔަތަށް އަދި ރޫޙާނީ ވާފަދައިން ދީންތަކުގައި އެހެން

ޮގސް ހުސްވުމަކަށް އިސްލާމް ދީނުގައި ބާރުއަޅުއްވާފައެއް ނުވެއެވެ.

މާތް هللا އިންސީންނާއި ޖިންނީން ހައްދަވާފައިވަނީ އެކަލާނގެއަށް

ހެޮޔކަމާއި ތަޢްމީރުޮކށް ބިން އަދި ކުރުމަށެވެ. އަޅުކަން

އިންސީންނާއި ކުރުމަކީ އަޅުކަން ފެތުރުމަށެވެ. އަމަންއަމާންކަން

ޖިންނީން ހެއްދެވުމުގެ އެންމެ ޮބޑު މަޤްޞަދެވެ. އެއަށްފަހު ޮއތް

ކަމަކީ ޙަލާލު ޮގތުގައި ރިޒުޤު ޯހދައި ބޭނުން ކުރުމެވެ.

ކަނޑައެޅިފައިވާ ނަޞީބުތަކުގެތެރެއިން ދުނިޔޭގެ

މިންވަރަކީ ޮކބައިޯތއެވެ؟ ދުނިޔޭގެ އުފާތަކަކީ ވަރަށް ގިނަ އެހެނަސް

ގެއްލެމުން އިތުރުވަމުން އުނި އަދި އެއްޗެކެވެ. މަދު ވަރަށް

، އަންގަވާފައިވަނީ މާތް هللا ޤުރްއާނުގައި ކީރިތި ދާއެއްޗެކެވެ.

ތިމާގެ އެއީ ލިބިގަތުމަށެވެ. މިންވަރެއް މަދު ޙަޔާތުން ދުނިޔޭގެ

ހަށިގަނޑަށާއި ފުރާނައިގެ ބޭނުންތައް ފުދޭ މިންވަރަށެވެ. އިސްރާފު

ނެތިއެވެ. މުށްބާރުކުރުމެއް މާޮބޑަށް އަދި ނެތިއެވެ. ކުރުމެއް

މާތް هللا ވަޙީ ކުރައްވާފައި ވާ ބަސްފުޅެއްގެ މާނައިގައި ވެއެވެ.

ޮކންމެ ނަމާދުކުރާ ތިޔަބައިމީހުން ދަރީންނޭވެ! އާދަމުގެ “އޭ

ތިޔަބައިމީހުން އަދި ހިފާށެވެ! ޒީނަތްރިކަން ހިނދެއްގައިމެ

ހަމަކަށަވަރުން ނުކުރާށެވެ! އިސްރާފު އަދި އުޅޭށެވެ! ކައިޮބއެ

އިސްރާފު ކުރާ މީހުންދެކެ އެކަލާނގެ ޯލބިވެޮވޑިގެނެއް ނުވެއެވެ.”

“އަދި ވެއެވެ. އަންގަވާފައި އަދިވެސް )ސޫރަތުލްއަޢްރާފް:31(

ގިނަގިނައިން އިސްރާފު ނުކުރާހުށިކަމެވެ! ހަމަކަށަވަރުން އިސްރާފު

ކުރާ މީހުންނީ ޝައިޠާނާގެ އަޚުންކަމުގައި ވިއެވެ. އަދި ޝައިޠާނާ

އޭނާގެ ވެރިރަސްކަލާނގެ ޙަޟުރަތަށް ގިނަގިނައިން ކާފިރުވާ މީހަކު

ކަމުގައި ވިއެވެ.” )ސޫރަތުލްއިސްރާއު: 26-27(

ދުނިޔޭގެ އިންސާނުންނަށްޓަކައި ޙިކުމަތުގައި އިލާހީ

ނިޢުމަތްތަކުގެ ތެރެއިން ލައްވާފައިވަނީ މިފަދަ މަދު މިންވަރެކެވެ.

ހިފެހެއްޓޭނެ ބެލެންސް ތިމާގެ ޙަޔާތުގައި ދިރިއުޅުމުގެ އެއީ

އިންސާނާ ޒީނަތްތެރިކަން ޙަޔާތުގެ ދުނިޔޭގެ މިންވަރެވެ.

ނަމަވެސް ނުކުރައްވައެވެ. ޙަރާމެއް އެކަލާނގެ ބޭނުންކުރުން

އަންގަވާފައިވަނީ އެޒީނަތުން އޭނާޔަށް ބޭނުންވާ މިންވަރު ޙާޞިލް

ކުރުމަށެވެ. މާތް هللا ވަނީ އަޅުތަކުގެ މެދުގައި އެކަލާނގެ ރިޒުޤު

ބައްސަވާފައެވެ. އަދި އެރިޒުޤު ޯހދުމަށް އަމުރު ކުރައްވާފައެވެ.

އަންގަވައި ހޭލާތިބުމަށް މެދު މާއްދިއްޔަތާ ދުނިޔޭގެ

ފެހި “ދުނިޔެއަކީ ކުރައްވާފައިވެއެވެ. ޙަދީޘް ނަބިއްޔާ މާތް

ޮފނިއެއްޗެކެވެ. މާތް هللا ވަނީ ތިޔަބައިމީހުން ދުނިޔޭގެ ޚަލީފާއިން

ކުރަނީ ޢަމަލު ތިޔަބައިމީހުން އެއީ ލައްވާފައެވެ. ކަމުގައި

ތިޔަބައިމީހުން މެދު ދުނިޔެއާއި ޯތބެއްލެވުމަށެވެ. ޮކންޮގތަކަށް

ޒާހިދުވާށެވެ. އަދި އަންހެނުންނާމެދުގައެވެ.”

މީހަކަށް ޣަރަޤުވެއްޖެ ތެރެއަށް ޮފނިމީރުކަމުގެ ދުނިޔޭގެ

އިސްލާމްދީނުގައިވާ މެދުމިނުގެ މަބުދައާ ޚިލާފުވެވުނީއެވެ. ކީރިތި

هللا މާތް ޚިލާފުވެވުނީއެވެ. އިރުޝަދާ ސުންނަތުގެ ޤުރްއާނާއި

ވަޙީ ކުރައްވާފައިވެއެވެ. މާނައަކީ: “ ދުނިޔޭގެ އަރާމަށް އެދޭމީހާ

ކަމެއް އިރާދަކުރައްވާ ތިމަންރަސްކަލާނގެ ދަންނާށެވެ!( (

އަވަސްޮކށްދެއްވާ މީހަކަށް އިރާދަކުރައްވާ ތިމަންރަސްކަލާނގެ

ތިމަންރަސްކަލާނގެ އެމީހަކަށްޓަކައި ދެން ހުށީމެވެ.

ނަރަކަލެއްވީމެވެ. މަލާމާތް ލިބި ރަޙުމަތުން ދުރުކުރައްވާފައިވާ ޙާލު

އެނަރަކައަށް އެމީހަކު ވަންނާނެއެވެ. އަދި މުއުމިނަކު ކަމުގައިވާ

މަސައްކަތްޮކށްފިމީހާ އެދުވަހަކަށްޓަކައި އެދި އާޚިރަތަށް ޙާލު

މަސައްކަތް އެބައިމީހުންގެ އެބައިމީހުންނީ ފަހެ )ދަންނާށެވެ!(

މަޤުބޫލުވެވި ޝުކުރުލިބިގެންވާ މީހުންނެވެ.” )ސޫރަތުލްއިސްރާއު:

)18-19

އިސްާލމްީދނަީކ މެދުމިނަށް ގޮާވާލ ީދނެއް!

ދުނިޔޭގެ ނަޞީބުތަކުގެތެރެއިން

ކަނޑައެޅިފައިވާ މިންވަރަކީ

ޮކބައިޯތއެވެ؟ ދުނިޔޭގެ އުފާތަކަކީ

ވަރަށް ގިނަ އެހެނަސް ވަރަށް މަދު

އެއްޗެކެވެ. އަދި އުނި އިތުރުވަމުން

ގެއްލެމުން ދާއެއްޗެކެވެ.

Page 15: Sun Magazine 45

15

Page 16: Sun Magazine 45

16

މުހައްމަދު ބުޝްރީކެޔޮނިރު

ނިމިދިޔަ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ބުނެ، އެސަރުކާރު

ބަދަލުކުރުމުގައި މަދަނީ އިއްތިހާދުގެ ތެރެއިން އެންމެ އިސްޮކށް މަސައްކަތްކުރި

އެއް ޕާޓީ އަކީ އަދާލަތުޕާޓީއެވެ. ނަޝީދު ގެ ސަރުކާރަކީ އިސްލާމުދީނަށް

ފުރައްސާރަކުރާ ސަރުކާރެއްކަމަށް ބުނެ، ދީނަށް ނަސްރު ދިނުމަށްޓަކައި އަދާލަތުޕާޓީގެ

ޝެއިހުން ވަރަށް ބުރަޮކށް މަސައްކަތް ކުރެއްވިއެވެ. ސުވާލަކީ އެމްޑީޕީގެ ވެރިކަން

ބަދަލުވުމަށްފަހު އަދާލަތު ޕާޓީން އެދޭ )ނުވަތަ ހިތްހަމަޖެހޭ( ފެންވަރުގެ ބަދަލުތަކެއް

ދީނީ ކަންކަމަށް އައިސްފި ބާއެވެ؟

ކުޑަ މިސާލެއް ނަގަމާ ހިންގަވާށެވެ. ޓެލެވިޒަން ޯމލްޑިވްސްއިން

ސްކޫލްކުދިންގެ ލަވަ މުބާރާތް ބޭއްވުމަށް އިއުލާނުކުރުމުން އަދާލަތު ޕާޓީން ވަނީ

މިސްޓޭޝަނަށް ސިޓީއެއް ޮފނުވާފައެވެ. މިއުޒިކަކީ އިސްލާމު ދީނުގައި ހަރާމް

އެއްޗަކަށް ވުމުން ކިޔަވާ ކުދިންނަށް އެކަން ތައާރަފްޮކށްދިނުމަކީ ދީނުގައި މަނާ

ކަމަކަށް ހިތްވަރުދިނުންކަމަށް އަދާލަތުން ބުނެއެވެ. އަދި އެފަދަ ލަވަމުބާރާތްތައް

ނުބޭއްވުމަށް އަދާލަތުން ޮގވާލާފައިވެއެވެ.

މިކަމުގައި އާސަރުކާރުން ބުނާނީ ކީކޭބާއެވެ؟ ޓީވީޯމލްޑިވްސް އަކީ

މުސްތަޤިއްލު މުއައްސަސާއެއްކަމަށާއި ސަރުކާރަށް އެތަނުގެ މައްޗަށް ބަސްނުހިންގޭނެ

ކަމަށް ބުނެ ޒިންމާއިން ބަރީއަ ވާނީ ބާއެވެ؟ އެހެންކަމަށް ވެއްޖެނަމަ އަދާލަތުޕާޓީން

ދެކޭނީ ސަރުކާރުން އެމީހުންގެ ބަސް ޤަބޫލުނުކުރީ ކަމަށް ބާއެވެ؟

މާލޭގައި ހަށި ވިއްކާ މަސާޖް ޕާލާތައް ހިންގާކަމަށް ބުނެ އެތަންތަން

ބަންދުކުރުމަށް، ނަޝީދުގެ ސަރުކާރަށް އެންމެ ބާރަށް ޮގވާލީ އަދާލަތު ޕާޓީންނެވެ.

އަދާލަތުން ބައިވެރިވާ އާ ސަރުކާރު ވެރިކަމަށް އައިފަހުން މިފަދަ ދެތިން ތަނެއް

ބަންދުޮކށްފައިވެއެވެ. ނަމަވެސް އެމްޑީޕީ ގެ ވެރިކަމުގައި އަދާލަތުޕާޓީން ބުނެފައިވަނީ

މާލޭގައި މިސްކިތްތަކުގެ އަދަދަށްވުރެން ގިނައިން މަސާޖްޕާލާތައް ހުރިކަމަށެވެ!

އެހެން ކަމަށް ވާނަމަ އެވިދާޅުވި މަސާޖް ޕާލާތައް ބަންދު ކުރުން މިހާރުވެސް

މާލަސްވެއްޖެނޫންޯތއެވެ. ތައިލެންޑްގެ “ޯބޮކށާ” އަންހެން ކުދިންތައް އަދިވެސް

މާލެ ތެރޭގައި ވަރަށްގިނައެވެ. އެފާޑުގެ “ސެލޫން” ތައްވެސް އެހާމެ ގިނައެވެ.

މިފަދަ ހަށިވިއްކާ އަންހެނުންގެ އަވާގައިޖެހި، އަތްމަތިހުސްވެ، އާއިލާ ރޫޅޭ ދިވެހި

ފިރިހެނުންވެސް މަދެއްނޫނެވެ. އެހެންކަމުން މިހާރަށް ވުރެވެސް ފުޅާދާއިރާއެއްގައި

މަސައްކަތް ޮކށް، ސިއްރު ފުލުހުންގެ އެހީ އާއި އެކުގައި މެނުވީ ރާއްޖެއިން މިފަދަ

ހަށިވިއްކާ »ސެލޫން« ތައް ނައްތާލެވޭނެ ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.

ދެން ޮއތީ، މީހުން އުޅޭ ރަށްރަށުގައި ރާވިއްކުމުގެ މައްސަލައެވެ. މީހުން އުޅޭ

ރަށްރަށުގެ ބައެއް ސަރަހައްދުތައް އެއީ ފަޅު ރަށްރަށް ކަމުގައި ރައީސްގެ ޤަރާރަކުން

ކަނޑައެޅުމަށްފަހު އެފަދަ ތަންތަނުގައި ސިޓީ ޮހޓާ އަޅައިގެން، ރާވިއްކުމުގެ ހުއްދަ

ދިނުމަށް ނަޝީދުގެ ސަރުކާރުން ޮއތީ ނިންމާފައެވެ. މިސަރުކާރުން އެކަން އެޮގތަށް

ނުކުރާނެ ކަމަށް ވަނީ ބުނެފައެވެ. އެކަމަށް ކުރެވުނު މަސައްކަތަކީ ޮކބައި ހެއްޔެވެ؟

ހަމަ އެފަދައިން، މީހުން އުޅޭ ރަށްރަށާއި ފާލަމަކުން ގުޅާލެވިފައިވާ

ރަށްރަށުގައި ހިންގާ ސިޓީ ޮހޓެލް ތަކުގައި ރާ ވިއްކުމަކީ ވެސް ދިވެހިންނަށް

ރާ ގަންނަން ލިބުން ފަހިވެގެންދާ ކަމެއްކަމަށް ފެނެއެވެ. މިސާލަކަށް އައްޑުއަޮތޅު

ގަމުގައި ހިންގާ ސިޓީ ޮހޓަލުގައި ރާ ވިއްކުމަކީ އައްޑުއަޮތޅު ހިތަދޫގައި ވިއްކުންފަދަ

ކަމެކެވެ. ގަމާއި ހިތަދޫ ވަނީ ފާލަމަކުން ގުޅާލެވިފައެވެ. އެއީ ހަމަ އެއް ރަށެއް

ފަދައެވެ. އެހެން ކަމުން މީހުން އުޅޭ ރަށްރަށާއި، އެއްފަސް ވެފައިވާ ރަށްރަށުގައި

ހިންގާ ޮހޓެލް ތަކުގައި ރާ ވިއްކުން މިހާރުން މިހާރަށް ހުއްޓާލުމަށް އަދާލަތުޕާޓީން

ޮގވާލާނެބާއެވެ؟ ދެން ޮއތީ އައްޑުއަޮތޅުގައި ބުދު ބެހެއްޓި މައްސަލައެވެ. އެމްޑީޕީގެ

ސަރުކާރުން އެކަން ކުރުމުން އަދާލަތު ޕާޓީއާއި ގުޅިގެން ގައުމީ އިއްތިހާދުން އެކަން

ވަރަށް ހަރުކަށިޮކށް ކުށްވެރިކުރިއެވެ. އެއީ ހަމަ ކުށްވެރި ކުރަންޖެހޭ ކަމެކެވެ.

ނަމަވެސް، ސުވާލަކީ ރާއްޖޭގެ އެހުއްދަދީގެން ދައްކާ ކޭބަލްޓީވީގެ ޗެނެލް ތަކުން

ބުދަށް އަޅުކަންކުރާ މަންޒަރު ދެއްކުމަކީ ހުއްދަ ކަމެއްޯތއެވެ؟ މިފަދަ ކޭބަލްޓީވީ

ޗެނަލްތަކުން ދައްކަނީ ހަމައެކަނި ބުދަށާއި ޮސލީބަށް އަޅުކަން ކުރާ ތަނެއްނޫނެވެ.

ފެޝަން ޓީވީގެ ނަމުގައި ހިންގާ ޗެނަލަކުން އައުރަ ކަޝްފުވެފައިވާ ވަރަށް ހަޑި

މުޑުދާރު މަންޒަރު ދައްކައެވެ. އަދި »ދަ ކާޑޭޝިއަންސް« ފަދަ ޕްޮރގްރާމްތަކަކީ

ކަނޑައެޅީގެން މުސްލިމް ޒުވާނުންގެ ދީނީ އަގީދާ ބަލިޮކށް، ޝައިތާނީ ޖަޒްބާތުތަކުގެ

އަވާގައި ޖައްސާ ޕްޮރގްރާމްތަކެކެވެ. މިފަދަ އެތައް ޕްޮރގްރާމެއް ރާއްޖޭގެ ގޭގޭގެ

ސިޓިންގ ރޫމްތަކަށް، ދިވެހި ސަރުކާރުގެ ހުއްދައާއިއެކު ދަނީ ކޭބަލްޓީވީ މެދުވެރިޮކށް

ދައްކަމުންނެވެ. މިކަމާއިމެދު އަދާލަތު ޕާޓީގެ ޚިޔާލް ދެނެގަތުމަށް ދިވެހި ރައްޔިތުންގެ

ގިނަ ބަޔަކު ބޭނުންވާނެކަން ޔަގީނެވެ.

ދެން ޮއތީ ބުރުގާގެ ވާހަކައެވެ. އަންހެނުން ބުރުގާ އަޅަންޖެހޭނެ

ކަމާއިމެދު އުއްމަތުގެ ހުރިހާ އާލިމުން އިއްތިފާގުވެއެވެ. ޚިލާފް އުފެދޭ ތަންޮކޅަކީ

ހަމައެކަނި ބުރުގާ އިން ފުދޭޯތ ނުވަތަ މޫނުބުރުގާ އަޅަން ޖެހޭޯތއެވެ. އެހެންކަމުން

ބުރުގާ ނާޅައި ރާއްޖޭގެ އަންހެނުން އުޅުމަކީ ހުއްދަ ކަމެއްގެ ޮގތުގައި ޮއތުމަކީ هللا

ނަހީ ކުރެއްވި މުންކަރާތެއް ނަހީ ނުޮކށް ތިބުންބާއެވެ. މިކަމާމެދު ރާއްޖޭގެ ސިޔާސީ،

ދީނީ ފަރާތްތަކުގެ ހިޔާލަކީ ޮކބައިބާއެވެ؟

ހުރިހާ އެއްމެންނަށް ބުރުގާ އަޅަން މަޖުބޫރު ނުކުރެވުނަސް ހުރިހާ ސްކޫލް

އަންހެން ކުދިންގެ ޔުނިޯފމުގައި ބުރުގާ ހިމެނޭ ޮގތަށް ޑްރެސްޯކޑެއް ހެދުމަކީ

ސަރުކާރަށް ކުރެވިދާނެކަމެކެވެ. ހަމައެފަދައިން ސިވިލްސާވަންޓުންގެ ތެރެއިން

އަންހެނުންގެ ރަސްމީގަޑީގެ ޑްރެސްޯކޑުގެ ޤަވާއިދެއް ހަދައި، އެޤަވާއިދުގެ ދަށުން

ސިވިލް ސާވަންޓުން ބުރުގާ އަޅަން ޖެހޭ ޮގތަށް ހެދުމަކީވެސް ސިވިލްސާވިސް

ޮކމިޝަނާ ގުޅިގެން ސަރުކާރަށް ކުރެވިދާނެކަމެކެވެ.

މިފަދަ އެތައް ކަމެއް މިޮގތަށް ހުރެ، އަހަރުތައް ފާއިތުވަމުންދާއިރު

އަތްއުރާލައިގެން ތިބުމަކީ ދީނީ ނަޒަރަކުން އެންމެ ޒިންމާދާރު ޮގތްބާއެވެ.

ދީނީ ކަންތައްތައް ހަމައަކަށް އެޅުވުމަށް އަދާލަތުޕާޓީ އަށާއި އާސަރުކާރަށް

މިލިބުނު ފުރުސަތުގެ ބޭނުން ނުހިފައިފިނަމަ މަތީގައި ދެންނެވުނު ކަންތައްތައް

ކުރަންވެސް މިދިވެހި ފަސްގަނޑުން ޮބޑުތަކުރުފާނުންތަކެއް، އަތުކުރި ޮއޅާލައިގެން

ތެދުވުމަކީ ވެދާނެކަމެކެވެ. މިކަމުގައި އަދާލަތު ޕާޓީ އާއި އާސަރުކާރުގެ އަމަލުތަކަށް

ދިވެހިރައްޔިތުންގެ ތެރެއިން ދީނަށް ޯލބިކުރާ މީހުން ވަރަށް ގާތުން ބަލަމުންދާނެކަން

ޔަގީނެވެ.

ާލީދީނ ސަރުާކރަކަށް ފަހު ީދީނ ސަރުާކރެއްާބ؟

Page 17: Sun Magazine 45
Page 18: Sun Magazine 45

18

އިޔާޒު ނަސީމް

ޮކންމެ މީހެއްގެ ހަޔާތުގައި ވެސް މަރާ ބައްދަލުޮކށް މަރުގެ ރަހަ

ލިބިގަންނަން ޖެހެއެވެ. ގާތް ތިމާގެ މީހަކު މަރުވުމުން އެކަމާ މެދު ހިތާމަކުރުމަކީ

ފިޠްރީ ކަމެކެވެ. އެހެން ނަމަވެސް ގިނަ ފަހަރު މި ހިތާމައިގައި މާ ގިނަ

ދުވަސްތަކެއް ހޭދައެއް ނުވެއެވެ. ބައެއް މީހުން ސިފަކުރާ ޮގތުގައި ހުދު

ރިޔަލެއްގައި ދުއްވައިފައިދާ ނަވެއްގެ ރިޔާ، ޮލލަށް ނުފެނި ޮއބައިލުމަށް ނަގާހައި

ވަގުތުޮކޅެއްގައި މެނުވީ މަރުވާ މީހުންގެ ހަނދާނެއް އެންމެ ގާތް މީހުންގެ ވެސް

ނުހުރެއެވެ.

އެހެން ނަމަވެސް ޓައިޓޭނިކު ފެތުނު

ވެސް ކާރިސާގެ ހަނދާންތައް އަދި

ފިލައިގެނެއް ނުދެއެވެ. އެ

ޯބޓުން ދަތުރުކުރި

2224 މީހުންގެ

ތެރެއިން

ފުރާނައާގެން

100 އަހަރުީވ އިރު ވެސް ...

ޓައިޓޭނިކް ސަލާމަތްވެވުނީ އެންމެ 710 މީހުންނަށެވެ. މިއީ އެ ޯބޓުން ދަތުރު ކުރި މީހުންގެ

ނިސްބަތުން 32% އެވެ.

ޓައިޓޭނިކު ފެތުމުގެ އަސްލަކަށްވީ ގަނޑުފެންގަނޑެކެވެ. އެ

ގަނޑުފެންގަނޑާއި ޓައިޓޭނިކާ މުޑިއެރީ 1912 ވަނަ އަހަރުގެ އެޕްރީލު މަހުގެ

14 ވަނަ ދުވަހުގެ ރޭ 11:40 ގައެވެ. އެ ހިސާބުން ފެށިގެން ޓައިޓޭނިކުގެ

ދަތުރު ކާރިސާއަކަށް ބަދަލުވީއެވެ. އޭގެ ތިން ގަޑިއެއްހައި އިރު ފަހުން، އެރޭގެ

މެންދަމު 02:20 ގައި އެޓްލާންޓިކް މާކަނޑުގެ އެންމެ ފުނަށް އެ ޯބޓު ފެތިގެން

ދިޔައިރު، އެ ޯބޓުން ދަތުރުކުރި މީހުންގެ ތެރެއިން 1510 މީހުން ވަނީ އެ

މާކަނޑުގެ ފިނިކަން ގަދަ ފެނުގެ ތެރޭގައި އެމީހުންގެ ފުރާނައާ އަލްވަދާއު

ކިޔައިފައެވެ.

އެ ޯބޓަކީ އެވަގުތު ދުނިޔޭގައި ޮއތް އެންމެ އަގު ޮބޑު ޯބޓެވެ.

އަދި އެންމެ ފުރިހަމަ ޯބޓު ވެސް މެއެވެ. ޯބޓުން ދަތުރުކުރީ

މުއްސަނދިންނެވެ. ކަމުޮވށިގެންވާ މީހުންނެވެ.

އިލްމުވެރީންނެވެ. ފަންނުވެރީންނެވެ.

ޯފރާމީހުންނެވެ. މުއްސަނދި އާއިލާތަކާ

Page 19: Sun Magazine 45

19

އަހަރުީވ އިރު ވެސް ...އެކު އެމީހުންގެ ހިދުމަތުގައި ދިރިއުޅުން ބައްޓަން ކުރުމުގެ ނަސީބު ލިބިފައި

ތިބި މީހުންނެވެ. ޯބޓުގެ ކެޕްޓަނަކީ މުޅި ދުނިޔެއިން ވެސް ޮހވައިލެވޭ ފަދަ

ޮމޅު ކެޕްޓަނެކެވެ. އެ ޯބޓުން ދަތުރުކުރި އެންމެންނަށް ފުދޭ ވަރަށް ލައިފް

ޯބޓު ގެންދަން ސަމާލުކަން ދީފައި ނުވަނީ ވެސް އެ ޯބޓަކީ އެފަދަ ކާރިސާއެއް

ކުރިމަތިވުމުގެ އެއްވެސް ފުރުސަތެއް ނެތް ޯބޓެެއް ކަމަށް އެންމެންނަށް ވެސް

ގަބޫލު ކުރެވުނީމައެވެ. އެހެނީ އެ ޯބޓަކީ މިވީ 100 އަހަރު ދުވަހުގެ ތެރޭގައި

ދުނިޔޭގެ އީޖާދުކުރުންތެރިކަމަށް އައިސްފައިވާ ތަރައްގީއާއެކު ވެސް އެފަދަ މާ

ގިނަ ޯބޓުތަކެއް އުފެއްދުން ފަސޭހަނޫން ވަރަށް، ފުރިހަމަ ޯބޓެކެވެ. އެ ޯބޓަކީ

ފެތިގެން ދިއުމުގެ އެއްވެސް ފުރުސަތެއް ނެތް ޯބޓެއްގެ ޮގތުގައި ސިފަ ކުރެވުނު

ޯބޓެކެވެ.

46 ހާސް ޓަނުގެ މި ޯބޓުގެ ދިގު މިނުގައި 882 ފޫޓު 6 އިންޗި

ހުރި އިރު، ފުޅާ މިނުގައި 92 ފޫޓު އަދި އުސްމިނުގައި 175 ފޫޓު ހުއްޓެވެ.

ތިން ފިޔަލީ ދެ ބުރަފައްޗާއި ހަތަރު ފިޔަލީ މެދު ބުރަފައްޗަކުން 46 ހާސް

ޯހސްޕަވަރުގެ އިންޖީނެއްގެ އެހީގައި، ގަޑިއަކު 44 ކިޯލމީޓަރުގެ ބާރުމިނުގައި

ދުއްވަމުން ދިޔަ މި ޯބޓުގެ އަލަތު ދަތުރުގެ ނިޔާމަކަން ކެނޑި، ދަތުރުގެ

މަންޒިލަށް ވާސިލު ނުވެވޭނެކަމަށް ހީކުރި އެކަކު ވެސް ނެތެވެ.

މިއީ ހަމަގައިމުވެސް އިންސާނީ ނައުއުގެ މުއްސަނދި

އަދި ދިގު ތާރީހުގެ ސަފްހާތަކުގެ ތެރެއިން ފާހަގަޮކށްލެވޭނޭ ސަފްހާއެކެވެ. ފިނޑި

މީހުންގެ ފިނޑިކަމާއި ހިތްވަރު ގަދަ މީހުންގެ ބުތޫލަތްތެރިކަން ފެނިގެން ދިޔަ

ހާދިސާއެކެވެ. ތިމާގެ ސީޓު އަނެކާއަށް ދީފައި ލައިފު ޯބޓު ދޫޮކށްލި ދީލަތި އަދި

ހިތްވަރުގަދަ މީހުންނެވެ. މީހެއްގެ ހަޔާތުގައި ބާކީ ދެން ޮއތީ އެންމެ ދެ ގަޑި

އިރުކަން އެނގުމުން ދެން ކަންތައް ކުރާނީ ކިހިނެއް ހެއްޔެވެ؟ އެއީ އެމީހާގެ

“ތަބީއަތުގެ އިމްތިހާނު” ކުރެވިގެންދާނެ ވަގުތެކެވެ.

ފުރިހަމަ ސަތޭކަ އަހަރުވެގެން ދިޔައިރު ވެސް އީދާ އާއި އިސިޯދރް

ސްޓްޯރސްގެ ހަނދާންތަކަށް ފަނޑުކަމެއް ނާދެއެވެ. ފިރިމީހާ ދޫޮކށްފައި ފުރާނަ

އީދާ ބުނީ ސަލާމަތްކުރުމުގެ ފުރުސަތު ތަނަވަސްވުމުން

މަރުވާނީ “އަހަރެމެން ދިރިއުޅުނީ އެކީގައެވެ.

އީދާގެ ވެސް އެކީގައެވެ.” މިހެންނެވެ.

މުނިމާމަ ދަރިފުޅު ކުރުޒްމޭން އަތުގައި

އީދާގެ ކަރުގައި ޮއތް ފަށުގެ ފޫ

Page 20: Sun Magazine 45

20

އަދި ވެސް އެބަޮއތެވެ. “މީހަކު ސިފަ ކުރާނެ ނަމަ، އެމީހުންގެ މަރަކީ ރީތި

މަރެއްގެ ޮގތުގައި ސިފަ ކުރެވިދާނެއެވެ. އެމީހުން މަރުވެގެން ދިޔައީ ވެސް

ދިރިއުޅުނީ ވެސް އެކީގައެވެ.” އޭނާ ބުންޏެވެ. ކެންޓްގެ ރައްބީއެއް ކަމުގައިވާ

ލީ މޫރް ބުނާ ޮގތުގައި އޭނާގެ މުނި މާމަ އާއި ކާފަ އެކުގައި ސަލާމަތްވީ

ފުރަތަމަ ގިންތީގެ ފަސިންޖަރެއް ކަމުގައިވާ އީދާގެ ޮގނޑި އީދާ ދޫޮކށްލުމުންނެވެ.

އެމީހުންނަކީ 3 ވަނަ ދަރަޖައިގެ ފަސިންޖަރުންނެވެ. އޭރު އޭނާގެ ކާފަގެ

އުމުރުންވީ އެންމެ ހަތް އަހަރެވެ. ކާފަ ބުނާ ޮގތުގައި އެ މުއްސަނދި އަންހެން

މީހާ އޭނާގެ ފިރިމީހާއާ އެކު މަރުވުމަށް މަޑު ކުރުމުގެ ޮގތުން ލައިފްޯބޓުގެ ޮގނޑި

ދޫޮކށް ނުލި ނަމަ އެމީހުންނަށް ފުރާނައާގެން ސަލާމަތެއް ނުވެވުނީހެވެ.

ޓައިޓޭނިކުން ދަތުރު ކުރި އެންމެ މުއްސަނދި އަދި އެންމެ މަޝްހޫރު

މީހަކީ ޯޖން ޖޭކަބް އެސްޓަރއެވެ. އޭނާގެ ކާފަ ދަރިފުޅު ޖެކީ އެސްޓަރ

ކުޑަކުދީންނަށޭ. ދެން ކާފަ ބުނި. އެންމެ ރަނގަޅޭ.” ޓައިޓޭނިކު ފެތުމުގެ

ކާރިސާގައި ފުރާނަ ގެއްލުނު ޮކންމެ މީހެއްގެ ވެސް މިފަދަ ޮކންމެވެސް ހާއްސަ

ވާހަކައެއް ޮއންނާނެއެވެ. ޓައިޓޭނިކުގެ ވާހަކައަކީ ޔޫރަޕާއި އެމެރިކާގެ މީހުން

ވަރަށް ވެސް މުހިންމުކަން ދީފައިވާ ވާހަކައެކެވެ.

މިކަން ޓައިޓޭނިކުގެ ހާދިސާގެ މައްޗަށް ލިޔެވެމުންދާ ޮފތްތަކާއި

ކުޅެވެމުންދާ ފިލްމުތަކުގެ އަދަދުން އެކަނި ވެސް ވަޒަން ކުރެވޭނެއެވެ. ހަމަ

އެކަނި މިއަހަރު ވެސް ޓައިޓޭނިކާ ބެހޭ ޮގތުން އިނގިރޭސި ބަހުން 100 އަށް

ވުރެ ގިނަ ފޮތް ޝާއިއު ކުރެވިފައިވެއެވެ. ޓައިޓޭނިކް ބަނދެވުނު ތަން ކަމުގައިވާ

އުތުރު އަޔަލޭންޑުގެ ބެލްފާސްޓުގައި ޓައިޓޭނިކް ހަނދާނުގައި ދާރުލްއާސާރެއް

ހަދައިފައިވާއިރު، ޓައިޓޭނިކްގެ ދަތުރު ފެށި ބަނދަރު ކަމުގައިވާ އިނގިރޭސިވިލާތުގެ

ސައުތު ހޭމްޓަންގައި ވެސް ދާރުލްއާސާރެއް ހަދައިފައިވެއެވެ. އަދި ޓައިޓޭނިކު

ޑްރެކްސެލް ބުންޏެވެ. “އެތައް ޮގތަކުން ބަލާއިރު، އެ ޯބޓު ފެތުނު ހާދިސާ

ވަނީ އަހަރެމެންގެ އާއިލާގެ އެއްބަޔަކު އަނެއް ބަޔަކާ ވަކިޮކށްފައެވެ. އެއީ

އަހަރެމެން ހަނދާނަށް ގެނެސް އެވާހަކަ ތަކުރާރުކުރާ ވަރަށް ވުރެ ހިތާމަވެރި

ހާދިސާއެކެވެ.” އެސްޓަރއާއެކު އޭނާގެ ދެވަނަ އަނބިމީހާ މެޑެލިން ވެސް އެ

ޯބޓުން ދަތުރުކުރިއެވެ. އެސްޓަރ މަރުވި ނަމަވެސް މެޑެލިން ސަލާމަތްވިއެވެ.

މެޑެލިން އަކީ ޖެކީ އެސްޓަރ ޑްރެކްސެލްގެ މާމައެވެ. އޭރު މެޑެލިންގެ

އުމުރަކީ 18 އަހަރެވެ. އަދި އޭނާ އިނީ ބަލިވެއެވެ. އޭނާ ސަލާމަތްވީ އޭނާގެ

ފިރިމީހާގެ އެހީތެރިކަމާއެކު ލައިފްޯބޓަށް އަރައިގެންނެވެ. “ކާފަ އެހިކަމަށްވޭ،

މާމައާ އެކު ދެވިދާނެޯތ؟ އޭރު މާމަ އިނީ އަހަރެންގެ ބައްޕައާގެން ބަލިވެ.

އެކަމަކު ލައިފްޯބޓުގެ މީހުން ބުނީ، ނޫނެކޭ. ފުރަތަމަ ދެވޭނީ އަންހެނުންނަށާއި

ތަޖުރިބާ ޮކށްލުމުގެ ފުރުސަތު ޯހދައިދިނުމުގެ ޮގތުން އެމެރިކާގެ ފަރުމާކުރުންތެރިން

ވަނީ ޓައިޓޭނިކުގެ ޮމޑެލެއް ހަދައި، އާންމުންނަށް ހުޅުވައިލައިފައެވެ.

ޓައިޓޭނިކު ދަތުރުކުރި މަގުން ދަތުރުޮކށް، ޓައިޓޭނިކު ފެތުނު ވަގުތަށް

ބަރާބަރު 100 އަހަރުވީ ވަގުތު އެތައް ބަޔަކު ވަނީ މިއަހަރުގެ އެޕްރީލު މަހުގެ

14 ވަނަ ދުވަހުގެ ރޭ ފާހަގަޮކށްފައެވެ. އަދި މަރުވި މީހުންގެ ހަނދާނުގައި

ކަނޑަށް މާ ވެސް އަޅައިފައެވެ. ޓައިޓޭނިކު ފެތުނު ކާރިސާގައި ގެއްލުނު

އެންމެންގެ ހަށިތައް ނުފެނު ކަމުގައި ވިޔަސް، ޓައިޓޭނިކް ފެތުނު ހިސާބު

ކަމުގައިވާ އުތުރު އެޓްލާންޓިކް ކަނޑުގެ އަޑީގައި މަޑާއި ޗަކަހުގެ ތެރޭގައި

ޓައިޓޭނިކުން ދަތުރު ކުރި ބައެއް މީހުންގެ ބާކީ ހުރި ކަން ޔަގީންވާކަމަށް

އެމެރިކާގެ ޮއފިޝަލަކު ވަނީ ދާދި ފަހުން ހާމަކުރައްވައިފައެވެ. މި ހަފްތާތެރޭގައި

ޓައިޓޭނިކުން ދަތުރުކުރި މީހެެއްގެ ބޫޓު: ކަނޑު އަޑީގައިޓައިޓޭނިކް: އެޓްލާންޓިކް ކަނޑުގެ އަޑީގައި

ޮރޮބޓްގެ އެހީގައި ކަނޑުން ނެގި ޓައިޓޭނިކުގެ ބައެއް ތަކެތި

Page 21: Sun Magazine 45

21

އާންމު ކުރެވުނު ޮފޯޓއަކުން ޓައިޓޭނިކް އަޑިޔަށް ޮގސް ޮއތް ހިސާބުގެ

ކަނޑުއަޑިން ބޫޓު ޯޖޑަކާއި ޯކޓެއް ފެނެއެވެ. މި ޮފޯޓއަކީ ނޭޝަނަލް ޯއޝަނިކް

އެންޑް އެޓްޮމސްފެޔަރ އެޑްމިނިސްޓްރޭޝަނުން 2004 ވަނަ އަހަރު އެޓްލާންޓިކް

ކަނޑުގެ އަޑި ބެލި ބެލުމުގައި ނެގި ޮފޯޓތަކުގެ ތެރެއިން ޮފޯޓއެކެވެ.

މަރުވެފައި ވިޔަސް، އެމީހުންގެ ހަށިގަނޑުގެ ބައިތައް ފެނިއްޖެ ނަމަ

މި ޒަމާނުގެ ސައިންސުގެ އެހީގައި އެއީ ޮކން އާއިލާއަކަށް ނިސްބަތްވާ ޮކން

ބައެއްކަން ދެނެގަނެވިދާނެއެވެ.

މީގެ ބަރާބަރު 100 އަހަރު ކުރީން ޓައިޓޭނިކް ފެތުނު އިރު އެކަމުގެ

ހަބަރުތައް ގޭގޭގެ ސިޓިންރޫމުތަކަށް ގެނެސްދޭނެ ޓީވީ އާއި ރޭޑިޯޔއެއް މީހުން

އަތަކު ނެތެވެ. އޭރުގައި އެކި ކަންޮކޅުތަކުގައި ހިނގާ ހަބަރުތައް މީހުންނާ

ހަމަޔަށް ޯފރަނީ އޭގެ އެތައް ޒަމާނެއް ކުރީއްސުރެ އިންސާނީ ނައުއުގެ

ޓައިޓޭނިކުގެ ފުރަތަމަ ދަތުރުގެ ފެށުމާއި ނިމުން ދައްކައިދޭ ޗާޓެއް

ޓައިޓޭނިކުގެ ދަތުރުގެ ބައިވެރިއަކު ކަނޑުގެ އަޑީގައި ވަޅުލެވިފައި

ކާބަފައިންނާ ހަމަޔަށް ވެސް ހަބަރުތައް ޯފރި ޮގތަށެވެ. އަވަށުގައި އުޅޭ ހަބަރު

ކިޔާ މީހުންގެ ދުލުންނެވެ. އަވަށުވެރިންގެ އެންގުންތަކުންނެވެ. ހަބަރު ލަވަޔަށް

ހަދައިގެން ކިޔާ މީހުންގެ ލަވަތަކުންނެވެ. މި ލަވަތަކުގައި އެމީހުންގެ ސަގާފީ

ކުލަޔާއި ޮލނު ހެޮޔވަރުޮކށްލުމުގެ ޮގތުން އިތުރު ކުރެވޭ ބައިތަކާއި، އެ ލަވަތައް

އެކުލަވައިލާ މީހުންގެ ގަބޫލުކުރުންތައް ހުންނަނީ މަސްހުނި ކުރެވިފައެވެ. މިފަދަ

އެތައް ވާހަކައެއް އޭރުއްސުރެ އަންނަނީ ކިޔެމުންނެވެ. އެ މަންޒަރު ނުދެކޭ، އަދި

އެ ހާދިސާ ތަޖުރިބާކުރި މީހަކާ ދުވަހަކު ބައްދަލު ނުވާ މީހުން ވެސް އެ ހާދިސާ

ހިނގީ އެވެނިހެން މިވެނިހެންނޭ ކިޔައިދެއެވެ.

މި އެންމެން ވެސް ދައްކާ އެއް ވާހަކައެއް ޮއވެއެވެ. އެއީ އެ ޯބޓުގެ

ވެރިން ފަޚުރުވެރިކަމާއި ޮބޑާ ކަމާއެކު ބުނެލި ޖުމުލަތަކެވެ. އެ ޯބޓު “މަތިވެރި

އިލާހަށް ވެސް ފައްތައި ނުލެވޭނެ” ކަމަށް ބުނި ބުނުމެވެ. ގިނަ ބަޔަކު ގަބޫލުކުރާ

ޮގތުގައި ޓައިޓޭނިކުގެ ބަދުނަސީބު ދަތުރުގެ ސަބަބަކަށްވީ މިފަދަ ބަސްތަކާ ހުރެ

އަމާޒުވީ އިލާހީ ޯކފާއެވެ. މިއީ އިބްރަތްތެރި ވާހަކައެއް ކަމަށް ގިނަ ބަޔަކު

ގަބޫލުކުރަނީ މިހެންވެގެންނެވެ.

މީގެ ބަރާބަރު 100 އަހަރުކުރިން، 1912 ވަނަ އަހަރުގެ އެޕްރީލް

މަހުގެ 14 ވަނަ ދުވަހުގެ ރޭ، އައިސްބާގެއްގައި ޖެހި އުތުރު އެޓްލާންޓިކް

ކަނޑުގެ އަޑިޔަށް ދިޔަ ޓައިޓޭނިކަކީ ވަރަށް ގިނަ ބަޔަކު ގަބޫލުކުރި ޮގތުގައި

ނުފެތޭނެ ޯބޓެކެވެ. އެހެން ނަމަވެސް ކަންތައް ވީކީ އެމީހުން ހީކުރި ޮގތަކަށް

ނޫނެވެ. އެ ވަރުގަދަ ޯބޓުގެ ނިމުމަކަށްވީ އެ ޯބޓަށް ވުރެ ސައިޒުން އެތައް

ތަނެއް ކުޑަ ގަނޑުފެންގަނޑެކެވެ.

ޓައިޓޭނިކް ފިލްމުގެ މަންޒަރެއް

Page 22: Sun Magazine 45

22

މިނިވަން މުއައްސަާސތައް

މަސްއޫލިއްޔަތުން މިނިވަން ވުން

މިނިވަން މުއައްސަސާތަކުގެ ބޭނުމަކީ ދައުލަތުގެ ބާރުތަކުގެ ނަހަމަ ނުފޫޒުން ނެއްޓިގެން ތިބެ ހަމަ މަގަށް ކަންކަން ގެންދިއުމަށް މަސައްކަތްކުރުމެވެ.

މިއީ މިނިވަން މުއައްސަސާތަކެއް ކަމަށް ވިޔަސް މިނިވަން ކަމުގެ މިންވަރެއްވެއެވެ. އެންމެ ފުރަތަމަ ކަމަކީ މިއީ ދިވެހި ދައުލަތުގެ މުއައްސަސާތައް ކަމެވެ. އެހެންކަމުން ދައުލަތުގެ ހުރިހައި ކަމަކުން ނެއްޓިއެއް ނުގަނެވޭނެ އެވެ.

ދައުލަތުގެ ގާނޫނުން ބޭރެއް ނުވެވޭނެ އެވެ. ދައުލަތުގެ މަސްލަހަތަކަށެއް އިހުމާލެއް ނުވެވޭނެ އެވެ. އެހެން ވީއިރު މުއައްސަސާތަކުގެ މިނިވަންކަމަކީ ޮކބައިހެއްޔެވެ؟

މުއައްސަސާތަކުގެ މިނިވަންކަމަކީ ނަހަމަ ނުފޫޒުތަކުން މިނިވަންވެގެން ވުމެވެ. ނަމަވެސް މިނިވަން މުއައްސަސާތައް އުފެދުނު ފަހުން ކަންހިނގާ މަގަށް ބަލާއިރު މި މިނިވަންކަމުގެ ހައްގު އަދާ ޮކށްދީފައިވާ ކަމަކަށެއް ނުފެނެ އެވެ. ވާޖިބު އަދާކޮށްދީފައިވާ ކަމަކަށެއް ނުފެނެއެވެ. ފުލަށް ބަރުވުމުގެ ސިޔާސަތެއް

ފެނެ އެވެ. ފެންބަރުކައިފައިވާ ސިޔާސަތެއް ފެނެ އެވެ. ކަމުން ރެކުމުގެ ސިޔާސަތެއް ފެނެ އެވެ. މުސްކުޅި ސަގާފަތަކުން ނުނެއްޓެވިފައިވާ ސިޔާސަތެއް ފެނެއެވެ. މިކަންކަމުގެ ނަތީޖާ އަކަށް ވަނީ މަސްއޫލިއްޔަތުން ވެސް ރެކިގަނެވޭ

ތަން އައުމެވެ. މިނިވަން މުއައްސަސާތައް މަސްއޫލިއްޔަތުން މިނިވަން ވުމޭ މިބުނަނީ އެ މުއައްސަސާތަކުން މަސްއޫލިއްޔަތުން ރެކުމުގެ ވާހަކަ އެވެ. ކުރުމުގެ ރޫހާއި ޮކށްދިނުމުގެ ރޫހުގެ ބަދަލުގައި ބަހަނާގެ ވާހަކަ މާގިނަވުމެވެ. މިދެއްކެނީ ޮބޑު

ވާހަކައެކެވެ. ވަރަށް ޮބޑު ވާހަކައެކެވެ. ދައުލަތުގެ މަގާމުތަކުގެ މުސާރަތައް އުފުލިގެން ދިޔައީ މިނިވަން

މުއައްސަސާތަކުގެ މުވައްޒަފުންގެ މުސާރައަށް ފަހުގައެވެ. އެއީ ޮބޑު ހޭދައެކެވެ.

މިހޭދަ ކުރަނީ މަގުސަދެއްގަ އެވެ. ރައްޔިތުމީހާގެ ކަންކަން ހަމަ މަގުން ހެޮޔމަގަށް ހެޮޔ ނިޔަތާ އެކު ޮހޮޔ ޮގތުގައި ޮކށްދިނުމަށެވެ. އެކަމަކު އެހެނެއް

ނުވެއެވެ. އެ ރޫހެއް ނުފެނެ އެވެ.ގަދަ މީހާ ގަދަވާން ދޫޮކށްލެވިފައިވާ އެތައް ސަތޭކަ އަހަރުގެ އާދަތައް

ބައެއް މުއައްސަސާތަކުން ފެނެ އެވެ. މިނިވަންކަމާއި ހައްގުތަކާއި ގާނޫނުއަސާސީ އާއި ބައިނަލް އަގުވާމީ މިންގަނޑުގެ

ވާހަކަ އެންމެ ގަދަވެގެން ޮގސްފައިވަނީ ޢަބްދުهللا މުޙައްމަދު ހައްޔަރުކުރި މައްސަލާގަ އެވެ. ޮހރުޮހރުގައި ތިބި ދަތް ތޫނު ކަޅުވެންތައް ހަމަ އިސްޮކޅަށް ދެމިލައި އިންސާފަށް ޮގވައިލި އެވެ. މަޝްހޫރު ގާނޫނީ ވަކީލުން އެމީހުންގެ

ފަންނުގެ އަމާނާތްތެރިކަން ދެއްކޭޯތ ހިތްވަރު ކުރިއެވެ. ހައްގަށްޓަކައި މަގުމައްޗަށް ނުކުތެވެ. ޢަބްދުهللا މުޙައްމަދުގެ މައްސަލާގައި އެންމެން ޮއއިވާލި ކުރިއެވެ.

ކަންނެއްޔާ ޮގދަޔާ މަހެވެ. ރާޮގނޑި އާއި ލައްޓި އެވެ. ބޭރުފަށުން އުރަހަ ދައްކާލި ކާމަސްތަކެވެ. ފެމުނާއި މިޔަރެވެ. ނަގޫފަތުން ބަޑިއަޅައި ރޫހު ދިރުވައިދިނެވެ.

މަތީގައި ޯހރަ އަޅާލި ދޫނިތަކުގެ އަޑުން ގައުމީ ސަލާމުގެ ރާގު ކުޅެދިނެވެ.ޢަބްދުهللا މުޙައްމަދުގެ މައްސަލާގައި “ގައުމު” ދިން އިޖާބައަށް ފަހުން އުންމީދުތަކެއް އާވެގެން ދިޔައެވެ. އެހިނދު ދިވެހި ރަށްތަކުގެ މަތިން

ޮގވައިލި އަޑެއް އިވުނު ކަހަލައެވެ. މިގައުމުގެ މީހުންނަށް ޮކންމެ ޮގތެއް ވަރިހަމައެއް ނޫނެވެ. މިގައުމުގެ މީހުން ގާނޫނު ނަގަހައްޓައިފި އެވެ. މިގައުމުގެ

މީހުން އިސްލާމް ދީނަށާއި، ދިވެހި ޖުމްހޫރިއްޔާގެ ގާނޫނުއަސާސީ އާއި އިންސާނީ ހައްގުތަކާއި ޑިޮމކްރަސީ ނަގަހައްޓައިފި އެވެ.

ޢަބްދުهللا މުޙައްމަދުގެ މައްސަލަ ފަތިހަކަށް އަލިވިލުނު އިރު

މުޙައްމަދު ޢާމިރު ފަރެސް

Page 23: Sun Magazine 45

23

ގާނޫނާއި ޑިޮމކްރަސީ މިވަނީ އަޑުކެނޑިފަ އެވެ. ގައުމުގައި ދިމާވާ އެފަދަ އެހެން މައްސަލަތަކާ މެދު އެ ރޫހުގައި އެމީހުންގެ އަޑެއް ނެތެވެ. އެހެންކަމުން

މައްސަލާގައި އަޑު އުފުލި މީހުންގެ ނިޔަތާ މެދު ޝައްކު ކުރުމުގެ ޖާގަ އެބަޮއތެވެ.

ޝައްކު އުފެދުނަސް އަމިއްލަ ފަރުދުން ފަރުދީ ޮގތުން ކުރާ މަސައްކަތަކީ އެމީހުންގެ ފަންނީ ޮގތުން ދައްކާ އަމާނާތްތެރިކަމަކާއި އިޖުތިމާއީ ޮގތުން އުފުލާ ޒިންމާއަކާ އެކު އެމީހުން ދައްކާ އަޚުލާގެކެވެ. އެކަން އެޮގތަށް ކުރުމާއި ނުކުރުމުގެ އިޚުތިޔާރު އެމީހުންނަށް އެބަޮއތެވެ. ނަމަވެސް މިނިވަން މުއައްސަސާތަކަށް މި އިޚުތިޔާރެއް ނެތެވެ. ގާނޫނުން އެމީހުންގެ މައްޗަށް

މަޖުބޫރުކަން އެބަޮއތެވެ. މިނިވަން މުއައްސަސާތައް ޒިންމާދާރު ކުރުވުމުގެ ޒިންމާ ޮއތީ

ރައްޔިތުންގެ މަޖިލީހުގައެވެ. މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ޮކމިޓީގެ އިސްނެގުމުގައެވެ. ނަމަވެސް މުއައްސަސާތައް ޒިންމާދާރު ކުރުވުމުގެ މަސައްކަތް

ކުރާތީ އެއް ނުފެނެ އެވެ.މި މަހުގެ ދެވަނަ ހަފުތާ ތެރޭގައި މިނިވަން މުއައްސަސާތަކާ ބެހޭ

ޮކމިޓީއަށް ބަޔަކު ހާޒިރު ކުރެވުނެވެ. މިނިވަން މުވައްސަސާތަކުންނެވެ. ނަމަވެސް ހައިރާންވީ ކަމަކީ ބައެއް ބޭފުޅުންގެ ވާހަކަފުޅުގައި ހުރި ފަސޭހަ ކަމެވެ. ވަރަށް ފަސޭހަ އެވެ. އެނގިވަޑައި ނުގަންނަވަނީ އެވެ. ރާއްޖޭގެ މުޅި މީޑިއާ ޖުއްޅޭ

ޮގވަމުން ދިޔަ އިރު ވެސް މެއެވެ. ޯސޝަލް ނެޓްވަރކްތަކުގައި ހަބޭސް ވަމުން ދިޔައިރުގައެވެ.

ރާއްޖޭގެ ޚިދުމަތުގެ ދާއިރާގައި ޮއންނަ މަރުތަޅަކީ ރަސްމީޮކށް ނޭނގުމެވެ. ރަސްމީޮކށް އަންގާފައި ނުވުމެވެ. ތިމާގެ ޮއފީހަށް ބަޔަކު ޮގސް

ތިމާއާ ވާހަކަދައްކައި ކަމުގެ ތަފުސީލް ދިނީމާ ވެސް ރަސްމީޮކށް ހަމަ ނޭނގެނީ އެވެ. މިއީ ގަބު ފިކުރެކެވެ. އަނޮދޅު ވިސްނުމެކެވެ. މިއީ ޒަމާންވީ ނުބައި

އާދައެކެވެ. ގާނޫނުއަސާސީ އެކުލަވައިލި ރައްޔިތުންގެ މަޖިލީހަށް ވެސް މިކަން އެނގެ އެވެ. އެހެން ކަމުން މި ފިކުރު ދޫޮކށްފައި ސީދާ ޚިދުމަތަށް ވަދެގަނެވޭނޭ ބާރުވެރިކަން ވަނީ މުއައްސަސާތަކަށް ދީފަ އެވެ. މިސާލަކަށް ގާނޫނުއަސާސީގެ 223 ވަނަ މާއްދާގެ ޅ. ގައިވާޮގތުން ޖިނާއީ ކުށެއް ޮކށްފިކަމުގެ ތުހުމަތުގެ

ޝަކުވާއެއް ހުށަހެޅުނަސް “... މިފަދަ ކަމެއްގެ މައުލޫމާތު ލިބިއްޖެ ހިނދެއްގައި” އެކަން ތަހުގީގު ކުރުމަށް އަމުރު ނެރުމުގެ ބާރު ޕްޮރސިކިއުޓަރ ޖެނެރަލް

އަށް ލިބިދެ އެވެ. އެހެން ކަމުން އެއްވެސް ޮގތަކުން އެނގިއްޖެ ނަމަ އެހެން

ފަރާތަކުން ޝަކުވާ ހުށަހަޅަންދެން މަޑުކުރާކަށް ނުޖެހެ އެވެ. ވީއިރު ލިޔުމަކުން ހުށަނާޅާތީ މަޑުޮކށްގެން ހުރުމުގެ ގާނޫނީ އުޒުރެއް ނެތެވެ.

ޑިޮމކްރަސީއާއި، ހަޖަމު ކުރުމާއި ފަރުދީ ޒިންމާއާއި މިނިވަން ކަމާއި މިނިވަން މުއައްސަސާތަކާއި މުސްތަގިއްލު މަގާމުތަކަކީ އަޅުގަނޑުމެން އަލަށް ފަށައިގަތް ކަންކަމެވެ. އެހެންކަމުން މިކަންކަން އޭގެ ރޫހުގައި ނެގެހެއްޓުމުގެ

ދަތިކަން އެބަހުއްޓެވެ. އިންސާނީ ވަސީލަތެވެ. މަސައްކަތްކުރާ ތަނުގެ ދަތިކަމެވެ. ފައިސާ އެވެ. ނަމަވެސް މިއިން އެއްވެސް ކަމެއ މިއީ މަސްއޫލިއްޔަތުން

ރެކިގަތުމަށް ޮއތް އުޒުރެއް ނޫނެވެ. މިފަދަ ކަމަކުން އުޒުރެއް ޮއތް ނަމަ އެ އުޒުރު ބަޔާން ކުރާން ޖެހޭނީ ޒިންމާ އަދާކުރި ޮގތާމެދު ސުވާލު ކުރެވުނީމައެއް ނޫނެވެ. އޭގެ ކުރިން މިފަދަ ކަންކަން ކަމާބެހޭ ފަރާތްތަކަށް ހުށަހަޅައި ދެން

ދެވެން ޮއތް މަގު ޯހދުމަކީ ކުރަންޖެހޭ ކަމެކެވެ. ކުރިން ވެސް ދެންނެވިހެން މުއައްސަސާތައް މިނިވަން ވިޔަސް

އެއީ ދައުލަތުގެ މުއްސަސާތަކެވެ. އެހެންކަމުން ދައުލަތެއްގެ ބައިތަކުގެ މެދުގައި ޮއންނަންވާ ގުޅުން ޮއންނާން ވާނެއެވެ. ދައުލަތަކުން އަމަލުކުރަން ޖެހޭ

ގާނޫނުތަކަށް އަމަލުކުރަން ވާނެ އެވެ. އެ މުއައްސަސާއެއްގެ ގާނޫނު ނޫން އެހެން ގާނޫނުތަކަށް ހުރުމަތްތެރިޮކށް ހިތާންވާނެ އެވެ. މިއީ ދިވެހި ދައުލަތުގެ

މުއައްސަސާތަކެކެވެ. އެހެންކަމުން ދައުލަތުގެ އިން ފަހަނަޅައި ދެވިގެނެއް ނުވާނެ އެވެ. މުއައްސަސާ ކިތަންމެ މިނިވަން ވިޔަސް ދިވެހި ދައުލަތުން އަދިކިއެއްތަ ދިވެހި ދައުލަތުގެ ގާނޫނުގެ ދަށުން ވަކިވެގެނެއް ނުދެވޭނެ އެވެ. އަދި އެހެންމެ އެ މުއައްސަސާއަކާ ހަވާލުވެފައިވާ ޒިންމާތަކާއި މަސްއޫލިއްޔަތުތަކުން މިނިވަނެއް

ނުވެވޭނެ އެވެ. އެޒިންމާ އާއި އެ މަސްއޫލިއްޔަތު އަދާކުރަން ޖެހޭނެ އެވެ. މިނިވަން މުއައްސަސާތައް މަސްއޫލިއްޔަތުން މިނިވަން ވާން ވެއްޖެ ނަމަ ދިވެހި ދައުލަތުގެ ހީރަސް ކެނޑިދާނެ އެވެ. ބާރުތަކުގެ މެދުގެ ގުޅުން ކެނޑިދާނެ އެވެ. އިންސާނީ ކަރާމާތް ނަގަހައްޓައިދޭ އަބުރުވެރި ދިރިއުޅުމަކާ މެދު ރައްޔިތުންގެ އުންމީދު ކެނޑިދާނެ އެވެ. މި ކެނޑުންތައް ކެނޑި ބުރިބުރިވެ ބައިބައިވެގެން މުޅިން ނުދަނީސް މިނިވަން މުއައްސަސާތައް އޭގެ ރޫހުގައި ޒިންމާ އަދާކުރާން ވެއްޖެ އެވެ. އެރޫހުގައި ޒިންމާދާރު ކުރުވަން ވެއްޖެ އެވެ. ނުފޫޒު ހުރި ޮކންމެ

މީހަކު އެމީހެއްގެ ދައުރު އަދާކުރާން ވެއްޖެ އެވެ. ޢަބްދުهللا މުޙައްމަދުގެ މައްސަލައިގެ ރޫޙުގަ އެވެ. އެވަރަށެވެ. މިހާރު ވެސް މިއީ އެގައުމެވެ. މިހާރު

ވެސް ހުރީ އެގާނޫނެވެ. ނިޔާ ފަނޑިޔާރާ ހިތެކޭ ނުބުނަމާ ހެއްޔެވެ؟ ލަކުޑިގަނޑު މާވަޑިޔާ ހިތެކޭ ނުބުނަމާ ހެއްޔެވެ؟ ގައުމަށްޓަކައެވެ.

Page 24: Sun Magazine 45

24

Page 25: Sun Magazine 45

މި ރާއްޖޭގައި މީހުން އުޅޭ ގާތްގަނޑަކަށް ދުވިސައްތަ ރަށް

ޮއންނައިރު، އެއިން ހަމަ ޮކންމެ ރަށެއްގައި ވެސް ސަތޭކައިން ހާހުން ގުނޭ

އަދަދަކަށް މީހުން ދިރިއުޅެ އެވެ. އެ ބައިމީހުންގެ މެދުގައި އުފެދިފައި ޮއންނަނީ

ވަރަށް ބޮޑު އެކުވެރިކަމެކެވެ. ގާތްކަމެކެވެ. އެކަކަށް ނުފުދޭ ކަމެއްގައި އަނެކާގެ

އެހީތެރިކަން ލިބެނީ، ބުނެ ކިޔައިގެނެއް ނޫނެވެ. އެކަކަށް ބުރަވާ ކަމެއް އަނެކާ

އައިސް ލުއި ޮކށްލަދެނީ، އެކަމަށް އެދި އާދޭސް ޮކށްގެނެއް ނޫނެވެ. ޮހޅުއަށިތަކާއި

މައިޒާން ތަކުގައި ތިބެ، މަޖާ ވާހަކަތައް ދައްކައި، ހެއްވާ ބަހުސްތައް ކުރަނީ

މީހެއްގެ ބާރު އެޅުމަކުން ނޫނެެވެ. މިކަންކަމުގެ ތެރެއިން ފެންނަނީ ހިތްފަސޭހަ

މަންޒަރެކެވެ. ރަށުގައި ޮއންނަ އެއްބައިވަންތަ ކަމެވެ. އެކުވެރި ކަމެވެ.

ސިފަވެގެން މިދިޔައީ މިގައުމުގެ މިއަދުގެ ހާލަތުގެ ތަސްވީރެއް ނޫނެވެ.

އެކަމަކު ހަމައެކަނި ދުރު މާޒީއެއްގެ ތަސްވީރެއްވެސް ނޫނެވެ. ބުނާ ހިތްވަނީ

މީގެ ހައެއްކަ އަށެއްކަ އަހަރާ ހަމައަށް ދެމިގެން އައިސްފައިވާ ތަސްވީރެކޭ

އެވެ. އެހެންކަމަށް ވާނަމަ މިއަދުގެ ތަސްވީރެއްވެސް ކުރަހާލަން އެބަ ޖެހެ އެވެ.

ދެތަސްވީރުގައި ތަފާތެއް ހުރިޯތ އެވެ. ހުރިނަމަ ހުރީ ޮކންކަހަލަ ތަފާތެއްޯތ އެވެ.

މަންޒަރު ރީތިވެފައި ޖެއްސިފައި ހުރި ކުލަތައް ރީތިނަމަ އެ ޮއތީ ރަނގަޅަށެވެ.

ގައުމުގެ ވެރިންނަށާއި ހިންގުންތެރިންނަށާއި އާރުކާޓީންނަށް ސާބަސް ހައްޤުވެ

އެވެ. މަންޒަރު ހުތުރުވެ ކުލަތަކުގައި ޮއމާންކަމެއް، ޮލލަށް ފަސޭހަމެއްނެތް ނަމަ،

އަމުދުން ބިރުވެރިކަމެއް ސިފަވާނަމަ.....

ދާދިފަހުގެ ދުވަހެކެވެ. އުތުރުގެ ރަށެއްގައި ދިރިއުޅޭ ގާތް އެކުވެރިޔަކާ

ދިމާވެއްޖެ އެވެ. ހާލު އަހުވާލުގެ ވާހަކައާއި އަނބިދަރީންގެ ވާހަކައަށްފަހު ދެން

އަހާލީ ރަށުގެ ކަންތައްތައް ކިހިނެއްޯތ އެވެ. ފުރަތަމަވެސް އާހަކާއެކު ބުނީ،

ނުވަތަ ބުނެވުނީ ރަށުގެ ވާހަކަ މިހާރު ރަނގަޅުވާނީ ނުދެއްކިއްޔާ ކަމަށެވެ.

އެކުވެރިޔާ ބުނިޮގތުން މިއަދު އެރަށުގައި ޮއތީ ވަރަށް ސާފުޮކށް

ބެހިފައި ޮއތް ދެ ޖަމާއަތެވެ. ވާހަކަ ދައްކަނީ އެއްބަހަކުންނެވެ. ޯބލަނބަނީ އެއް

ދީނަކަށެވެ. އާދަކާދައާއި ސަޤާފަތަކު ތަފާތެއް ނެތެވެ. އެހެންނަމަވެސް ފެންނަ

ފެނުމަށް އެއީ، ދެ ނަސްލަކަށް ނިސްބަތްވާ ތަފާތުކަން ޮބޑު ދެ ޖަމާއަތެވެ.

އެއް ޖަމާއަތުގެ މީހަކު އަނެއް ޖަމާއަތުގެ މީހަކާ އަނގައިން ބުނުން ފާފައެއް

ކަމަށް ދެކޭމީހުން ނޫޅެއޭ ބުނަންވެސް ދައްޗެވެ. އެއަށްވުރެ ޮބޑު ނުރައްކަލަކީ

އެއް ބަޔަކު އަނެއް ބަޔަކުދެކެ އަންނަ ރުޅި އެވެ. ކުރާ ޖެއްސުމެވެ. މަލާމާތެވެ.

ފުރައްސާރަ ކުރުމާއި އާޑަކިޔުމެވެ. މިވަރުންވެސް ފުއްދާނުލެވޭ މީހުން، އަނެއް

ޖަމާއަތާ ކުރިމަތިލައި، ޒުވާބުޮކށް، އަނިޔާދީ، މުދަލަށާއި ތަކެއްޗަށް ގެއްލުންދޭ

ފަހަރުވެސް ކުރިމަތިވެ އެވެ.

އަނދަމުން އަންނަ އަލިާފންގަނޑެއް

މުހައްމަދު ގާސިމްއުޑުދަށުން

މިއީ މިއަދުގެ ތަސްވީރެވެ. މިއީ އެއް ރަށެއްގެ ވާހަކަ އެވެ. ޮކންމެ

ރަށަކަށް އަރައި ޮކންމެ ރަށެއްގެ ވަކި ތަސްވީރެއް ނަގައި ބެއްޔަސް މިއަށްވުރެ

ވަކި ސަހަލު މަންޒަރެއް ފެންނާނެއެކޭ ހިތެއް ނުބުނެ އެވެ. ވިއްޔާ ވާނީ ޯގހެވެ.

ގިނަ ރަށްރަށުގައި ދެ ޖަމާޢަތަށް ރަށް ބައިވެފައި ޮއތް އިރު، ދެބޭން،

ދެމައިން، ދެ ބަފައިން، ދެމަފިރިން ދެ ޖަމާއަތަށް ޮގސްފައި އެބަ ހުއްޓެވެ. ދެން

ގޭތެރޭގެ ހާލަތު ޮއންނާނޭ ޮގތް ހިތަށް ގެނެސްބަލާށެވެ. ބޭބެ ނައްތާލަން ޮކއްޮކ

ނިކުންނަނީ އެވެ. ބައްޕަގެ ކަރުގައި ހިފަން، މަންމަގެ އަގުވައްޓާލަން ދަރިފުޅު

ނިކުންނަނީ އެވެ. އާއިލާގެ އެއް މެންބަރަކު އަނެއް މެންބަރަކާ އަނގައިން

ނުބުނާތާނގައި، އިސްއުފުލައި ބަލައިނުލައިތިބޭތާ އަހަރުތައް ގުނެމުންދާކަމެއް

ނޭނގެ އެވެ. މަންމައާއި ބައްޕަ ވަރިވެ، އާއިލާތައް ބިކަވެ، ކަންކަން ޯގހުން

ޯގހަށް ދާއިރު، މިވަނީ ކިހިނެއްކަމާމެދު ވިސްނައިލާ ބަޔަކު ތިބިނަމަ، ފާވެގެން

މިއުޅޭ “ޯރގާ”އަށް އެބަޔަކު ފަރުވާއެއް ޯހދަން މަސައްކަތް ފަށަން ވެއްޖެ އެވެ.

މިއަދު ގައުމުގެ ހާލަތު މިޮއތީ އަނެއް އަތަށް ފުޮރޅިފަ އެވެ. މައްޗަށް

އޮތް ފުށް ވަތަށް ޖަހާފަ އެވެ. އެކަކަށް ނުފުދުނުކަމެއް ފުއްދައިދޭން ފޫގަޅާފައި

އެދުވަހު ނިކުތް މީހާ، މިއަދު އަރުވާޖަހާފައި ނިކުންނަނީ އެއަށްވުރެވެސް ޮބޑު

ނިކަމެތިކަމެއް އެމީހާއަށް ދޭށެވެ. އެކަކަށް ބުރަވާ ކަމެއްގައި ލުއި ޮކށްލަދޭން

އަމިއްލަައަށް އިސްނަގައި ނިކުން މީހާ، މިއަދު އިސްނަގާތަން ފެންނަނީ

އެމީހާ އިނދަ ޖައްސައިލާށެވެ. އެއްކަލަ އުފާވެރި މަންޒަރުތައް ދައްކުވައިދިން

ހޮޅުއަށިތަކާއި މައިޒާންތައް ވަނީ، ދެ ބައިވެ ދެކުލަ ޖެހިފަ އެވެ. އެތަނުގައި

ޮއންނަނީ ދެބައި މީހުން ދެބައި މީހުންނާ ކުރިމަތިލައި ކުރެވޭ ގެރި ޒުވާބެވެ.

ޒުވާބުގައި އެއްޮކޅުގައި ބަފަޔެވެ. އަނެއްޮކޅުގައި ދަރި އެވެ. ނޫނީ “އެއްތަށިން

ނޫނީ ނުކައި” އުޅުނު އިރެއްގެ ގާތް ދެ މިތުރުންނެވެ. ގަޔަށް އަތްލާ ހިސާބަަށް

ދާ ދުވަސް ދުވަހާއި، ގަޔަށް އަތްލެވޭ ދުވަސްތައް މަދެއް ނޫނެވެ. ނިކަމެތިކަމުގެ

ޮކޅެއް އެބަ ޮއތް ހެއްޔެވެ؟

މިވަރުގެ ޮބޑު “ވަބާއެއް” މިގައުމާ މި ކުރިމަތިވީ ގައުމުގެ

ރައްޔިތުންނަށް ކުރެވުނު ޮކން “ފާފައެއްގެ” ސަބަބުން ބާވަ އެވެ؟ މިކަމާމެދު

ވިސްނަން ވެއްޖެއެވެ. އިހު މައްޗަށް ޮއތްފުށް މައްޗަށް ޖެހޭނެ ޮގތަކާމެދު ފިކުރު

ހިންގަން ވެއްޖެ އެވެ. ގައުމު ގައުމެއްގެ ޮގތުގައި ދަމަހައްޓަން ބޭނުންވާނަމަ

އެވެ. ގައުމަށް ކުރިއެރުމާއި ތަރައްޤީ ގެންނަން އެދޭނަމަ އެވެ. އަންނަން ޮއތް

ޖީލުތަކަށް ހެޮޔ އެދޭނަމަ އެވެ. ޮކންމެވެސް ބަޔަކު މިކަމަށް އިސްނަގާށެވެ.

އަލިފާންގަނޑެއް ޯރޮކށްލުމަކީ ނުހަނު ފަސޭހަ ކަމެއްކަމާއި، އެ އަލިފާންގަނޑު

އަނދައިގަތީމާ ނިވާލުމަކީ އުނދަގޫ ބުރަ ކަމެއްކަން އެނގި ތިބެގެންނެވެ.

25

Page 26: Sun Magazine 45

26

Page 27: Sun Magazine 45

27

ސީނާ އަޙްމަދު ޒާހިރު

ދުނިޔޭގެ ވަރަށް ގިނަ ޤައުމުތަކުގައިވެސް މުނިސިޕަލްޓީގެ މަސައްކަތަކީ، އެ މުނިސިޕަލްޓީ އަކާއި ޙަވާލުވެފައި ޮއންނަ ރަށެއްގައި ރައްޔިތުންނަށް ޢާއްމު

ޚިދުމަތެއްގެ ޮގތުގައި ޯފރުޮކށްދޭ ޚިދުމަތްތައް ރަގަޅުކުރުމަށް މަސައްކަތްކުރުމެވެ. ބައެއް ޤައުމުތަކުގައި އެ ޚިދުމަތްދިނުމަށް

ކުރަންޖެހޭ ޚަރަދުގެ ޮކންމެވެސް މިންވަރެއް، ޚިދުމަތް ލިބިގަންނަ ފަރާތުން ޯހދުމަށް، ޤާނޫނުގެ ހުއްދައާއި އެކު، ވަކި ހުދޫދެއްގެ ތެރޭގައި ފީއެއްވެސް ނެގޭޮގތަށް ޮއވެއެވެ.

މައިގަނޑު ޮގތެއްގައި ސިޓީ ކައުންސިލެއްގެ މަސައްކަތަކަށް ވެފައި ޮއންނަނީ ސިޓީ ރީތިޮކށް ސާފުޮކށް ބެލެހެއްޓުމެވެ.

ސިޓީކައުންސިލްގެ މެންބަރުން އެ މަޤާމަށް ޮހވެނީ ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ކަމުގައިވިޔަސް، މެންބަރަކަށް ޮހވުމަށްފަހު، އެމީހަކު ނުވަތަ އެބަޔަކު

މަސައްކަތްކުރަންވާނީ އެ ސިޓީއެއްގައި ދިރިއުޅޭ ހުރިހާ ފަރާތަކަށް ސާފުތާހިރުކަމާއިއެކު ދިރިއުޅެވޭނޭ ސިއްޙީ

މާޙައުލެއް ޤާއިމުކުރުމަށެވެ. ސިޓީ ފެހިކުރުމާއި، ޒުވާނުން ކުޅިވަރުކުޅޭނޭ ދަނޑުތަކާއި، ކުޑަކުދިންނަށް ރައްކާތެރިކަމާއި

އެކު ކުޅެވޭނެ ޕާކްތަކާއި، ހުރިހާ އުމުރެއްގެ މީހުންނަށް ބޭނުންކުރެވޭނޭ ތަންތަން އިތުރުކުރުމާއި، ޕާކް ކުރެވޭނޭ

ނިޒާމެއް ގާއިމުކުރުމާއި، ކުނިއުކާލުމުގެ ކަންތައް ހަމަޖެހޭ ރަގަޅު އުޞޫލަކަށް ބެލެހެއްޓުމަކީ ސިޓީ ކައުންސިލަކުން

ކުރަންޖެހޭކަންކަމެވެ. ސިޓީ ކައުންސިލަށް މެންބަރުން ޮހވަނީ

އެސިޓީއެއްގައި ދިރިއުޅޭ މީހުންނެވެ. އެމީހުންގެ މުނިސިޕަލް މަސައްކަތްތައް ބެލެހެއްޓުމަށެވެ. ސިޔާސީ ކަންތަކާއި

ކުޅުމަށް، ނުވަތަ ބަސްކިއުމަށް، ނުވަތަ ރައްޔިތުންގެ ޤާނޫނީ ހައްޤުތައް ޯހދުމަށް، ނުވަތަ ވަކާލާތުކުރުމަކަށެއް ނޫނެވެ.

އެމަސައްކަތްކުރުމަށް ވެސް ވަނީ ބަޔަކު ޮހވާފައެވެ. ސިޓީތަކުންނެވެ. މިޮގތަށް ސިޓީ ތަމްސީލުވާޮގތަށް

މެންބަރުން ޮހވާފައިވަނީ ރައްޔިތުންގެ މަޖިލީހަށެވެ. އެ ސަރަހައްދެއްގެ ރައްޔިތުންނާއި މުޅިޤައުމުގެ ރައްޔިތުންގެ

އަސާސީ ހައްޤުތަކާއި، ސިޔާސީ ޙައްޤުތަކާއި، އަދި އެނޫންވެސް ޤައުމީ މައްސަލަތަކާއި ބެހޭޮގތުން ރައްޔިތުންގެ

ފަރާތުން ބަސްބުނާ ފަރާތަކީ ރައްޔިތުންގެ މަޖިލީހެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނެވެ. އޭގެ ތެރެއިން

ބައެއް ބޭފުޅުންނަށް ކަރަޕްޝަނާއި އާރބިޓްރޭޝަނާއި ހުރި ތަފާތު އެނގިވަޑައިނުގަތަސް، ނުވަތަ އިންވެސްޓިގޭޓަރ

އާއި އާބިޓުރޭޓަރުގެ ތަފާތު އެނގިވަޑައިނުގަތަސް، ނުވަތަ ހުށައެޅިފައި ޮއންނަ މައްސަލައަކާއިމެދު ވާހަކަދައްކަވަން

އެނގިވަޑައިނުގަންނަވައިގެން، މައުލޫއިން ބޭރު، އެއިރަކަށް ފެނިވަޑައިގެންނެވި ވާހަކައެއް ދެއްކެވިޔަސް، އެބޭފުޅުންނަކީ

ރައްޔިތުންގެ މަންދޫބުންކަމާއިމެދު އެއްވެސް ފަރާތަކަށް އިޢުތިރާޒެއް ނުކުރެވޭނެއެވެ. އެއީ ރައްޔިތުންގެ ނިންމުމެވެ. އަޅުގަނޑުމެން ސިޔާސީ ކަންކަމާއި މެދު ޤާނޫނީ ހައްލެއް

ޯހއްދަވާނީ، ޯހއްދެވޭނީ، ޯހއްދަވަނީ ރައްޔިތުންގެ މަޖިލީހުންނެވެ. މުނިސިޕަލް ކައުންސިލަކުން އެއިރަކު ތަނެއްގައި ޮއންނަ

ޤާނޫނީ ވެރިކަން ޤަބޫލުނުކުރާކަމަށް ބުނުމަކީ ޤާނޫނީ މައްސަލައެއް ނޫނެވެ. ސުލޫކީ މައްސަލައެކެވެ. އ.ދ.ގެ މެޑަމް ޕިއްލޭވެސް، ދިވެހިރާއްޖޭގައި ޤާނޫނުއަސާސީއެއް ޮއންނަކަމަށް ޤަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވިކަމަށް

ނޫސްތަކުން ރިޯޕޓްކުރިއެވެ. އެކަމަނާ ޤަބޫލުފުޅުކުރެއްވިޔަސް ނުވަތަ ނުކުރެއްވިޔަސް އަޅުގަނޑުމެންގެ ރާއްޖޭގައި

ޤާނޫނުއަސާސީއެއް އެބަޮއތެވެ. އެޤަބޫލުފުޅު ނުކުރެއްވުމުން އަޅުގަނޑުމެންނަށް ލިބުނު ގެއްލުމެއްނެތެވެ. ގެއްލުމެއް

ނުވެސްވާނެއެވެ. ރާއްޖޭގެ މުނިސިޕަލް ކައުންސިލްތަކުންވެސް

އެފަރާތްތަކާއި ހަވާލުކުރެވިފައިވާ މަސައްްކަތްތައް ކުރުމަށް ސަމާލުވާންވެއްޖެއެވެ. އިންތިޚާބީ މަޤާމްތަކާއި ކުރިމަތިލައްވާ ފަރާތްތަކުން، އިންްތިޚާބު ކާމިޔާބު ކުރެއްވުމުން އެމީހަކުވަނީ އެދާއިރާއެއްގެ މަންދޫބަކަށެވެ. އެމީހަކު ކަންތައް ކުރަންވާނީ ހަމައާއި އިންޞާފަށެވެ. މީހަކަށް ތަނެއް ހަވާލު ކުރިޔަސް ނުވަތަ އެއްޗެއް ދިނަސް ދޭންވާނީ ވަކި ފަރާތަކަށް ނުޖެހި

ހަމައާއި އިންޞާފަށެވެ. މިސާލަކަށް ދަންނަވާނަމަ މަޖީދީމަގުގެ ވަކި ހިސާބަކުން ވަކި ޕާޓީއެއްގެ ބޭނުމަށް ދޫކުރާޮގތަށް

ހަމަޖައްސައިފިނަމަ، އެއީ މައްސަލައެކެވެ. އެތަނުގެ ބޭނުންހިފާ އެހެން މީހުންނަށް ވަރަށް ޮބޑު އުނދަގުލަކަށް ވެގެންދާނެއެވެ.

ޕާޓީތަކުން އިންތިޚާބުތަކުގައި މަޤާމްތަކަށް މީހުން ޮހވަނީ ޤާނޫނާއި، ޢާއްމު ހަމަތަކާއި، ޤަދީމީ އާދަކާދައާއި ޚިލާފަށް، އެޕާޓީއަކަށް ބޭނުންވާޮގތަށް ކަންތައްކުރާކަށެއް ނޫނެވެ.

ޤާނޫނީ އިމުގެތެރޭގައި ޕާޓީގެ ވިސްނުމާއި އެއްޮގތަށް ކަންތައް ކުރުމަށެވެ.

މާލޭގެ މަގުތައް މަރާމާތަށް އެދި ޮރނީއެވެ. މާލޭގެ މަލަމަތި ފެހިކަމަށް އެދިޮގވަނީއެވެ. މާލޭގެ ޓުރެފިކް ހަރުދަނާ ޕާކިންގ އުސޫލަކަށް އެދި އާދޭސްކުރަނީއެވެ. އެކަމަކު މާލޭ ސިޓީ ކައުންސިލްއަވަދިނެތި އުޅުއްވާތަން ފެންނަނީ ސިޔާސީ

ބައިސާބުނުމާއި، މާލޭގެ ރައްޔިތުން މުނިފޫހި ފިލުވުމަށް ޮއންނަ ކުޑަ ބިންޮކޅު ރައްޓެހިންނަށް “ލިޔެ” ދެއްވުމުގައެވެ.

ން ާފ ސިކުނީޑގެ ޠޫ

Page 28: Sun Magazine 45

28

)ކުރީގެ އަދަދާ ގުޅޭ(

އިހުސާން އަނގަޔަކުން ނުބުނެ އެވެ. ލިބުނު އަނިޔާގެ ޮބޑުކަމުން އަދިވެސް އޭނާ މުޅިއަކުން ހަމައަކަށް ނޭޅެ އެވެ. އެހެނަސް މިކަމަކަށް ޒައިދުގެ ފިކުރެއް ނެތެވެ. އޭނާ ރަޝާޤާ ޮގވައިގެން އެއްގަމަށް އަރަން ހިނގައިގަތީ އެވެ. އެވަގުތު އެމީހުންގެ ޮލލުގައި އަޅައިގަތީ ޮއޔާދާ ތެލިތަކެވެ. އަތުވީ ދެތެއްތެވެ. އަނެއް ތެލި

ވަނީ މާ ބޭރަށް ޮގސްފަ އެވެ.ދެތެލި ހިފައިގެން ރަޝާޤާއާއި ޒައިދަށް އެއްގަމަށް އެރުނީ ކިރިޔާ އެވެ. ޒައިދުގެ ބޮނބިފަޅިއަށް ގުއްޓެއް އަރައިފި އެވެ. ވީތަދާއެކު ޒައިދު އެނބުރި ބަލައިލިއިރު

ދަނޑިބުރި އެއްލައިލާފައި އިހުސާން ދުވެ ރައްކާވަނީ އެވެ. ޮގނޑުޮދށުން ހުރިޮގތަށް ދުރަށެވެ.

ތަދުވިއެއްކަމަކު ފަހާ ދުވާކަށް ޒައިދު ނުހަދަ އެވެ. އޭނާ އިރުޮކޅަކު އެދިމާއަށް ބަލަން ހުރެފައި އެއްގަމާ ދިމާއަށް ހިނގައިގަތީ އެވެ.

“ތަދުވިތަ؟” ފުރަތަމަ ފަހަރަށް އިސްވެ ޒައިދާ ރަޝާޤާ ވާހަކަދެއްކި އެވެ. އޭރުވެސް އޭނާއަށް ޮކންމެވެސް ވަރަކަށް ގިސްލެވެ އެވެ.

“ކުޑަކޮށް.” ޒައިދު ހިނިތުންވެލި އެވެ. އެޅި ވޭން ރަޝާޤާއަށް ސިއްކުރަން ބޭނުންވި ކަހަލަ އެވެ. “މިއަދު މަށަށް ނާދެވުނުނަމަ ނޭނގެ ކަންތައް ވާނެ ޮގތެއް

ވެސް. ކީއްކުރަން އެކަނި ތެލި ޮދންނަން އައީ؟”ދޭނެ ޖަވާބެއް ރަޝާޤާއަކަށް ނުވިސްނުނެވެ. އޭނާ ތެލިޮދންނަން އެވަރަކުން އައީ ވަރަށް ބޮޑު ސަބަބަކާ ހުރެއެވެ. އެކަމަކު އެވާހަކަ ޒައިދުގާތު ބުނާނީ ކިހިނެއް

ހެއްޔެވެ؟“މިއަދު މި ހިނގައިދިޔަ ކަންތަކުގެ ވާހަކަ އެއްވެސް މީހެއްގާތު ނުދައްކާތި!”

ޒައިދު އެދުނެވެ. ރަޝާޤާ ޯބ ޖަހައިލި އެވެ.ރަޝާޤާއާއި ޒައިދު ގެއަށް އައިއިރު ބައްޕަ އުޅެނީ ގެއަށް އައިހެވެ. ވަޑާން

ނިންމާފައި ރަށަށް އައީ އެވެ. ބައްޕަ ފެނުމުން ރަޝާޤާއަށް ލިބުނީ ވަރަށް ޮބޑު އުފެލެކެވެ.“ބައްޕާ!”

“ދެކުދިން މޫދަށް އެރިލައިގެންތަ ތިތައީ؟” ޒައިދާއި ރަޝާޤާ އެހާ ގާތްޮކށް ފެނުމުން ވަހީދަށް ލިބުނު އުފާ ވަކި ކުޑައެއް ނޫނެވެ.

މުހައްމަދު ާގސިމް، އއ. މަތިވެރިވަކި ނުވިނަމަ

“ޮކއްޮކ ނުލައި ޮގސް ބޭބެ މޫދަށް އެރުނީނު.” ވަހީދުގެ އަތުގައި ހިފައިގެން ހުރެ އަހުމަދު ޝަކުވާ ކުރި އެވެ.

“ބޭބެ މޫދަށް އެރުނީއެއް ނޫނޭ! ޮދންތަ ތެލިޮދންނަން ޮގސް އުޅެނިޮކށް ބޭބެއަށް ދެވުނީ. ބޭބެ ދާއިރަށް ޮދންތަ ބޭބެ ތެންމާލީ. ދެން ބޭބެވެސް...”

“ޮދންތަ ތެންމާލީ ޯދ! ތިހެދީ ހަމަ ރަނގަޅަށް.” ވަހީދު ހިނިއައިސްފައި ހުރެ ޒައިދާ ބައިވެރިވެލި އެވެ.

“ދެން ދޭ އަވަހަށް ފެންވަރަށް.” ތެލިތަކުގައި ހިފަމުން ސިތާރާ ހިނިއައިސްފައި ހުރެ ބުންޏެވެ. “ޮކބާ އަނެއްތެލި؟ ތިން ތެލި ދަރިފުޅު ގެންދިޔައިމެއްނު.”

“ޮއޔާ ދިޔައީ.” ރަޝާޤާ އަށް އަވަސް އަވަހަށް ބުނެވުނެވެ.“ޮއޔާ ދިޔައީއޭ.”

“އާނ، ވަރަށް ބޭރަށް ދިޔަފަހުން ފެނުނީ.”“ދެކުދިން މާ ޮބޑަށް ސަކަރާތް ގަތީ ޯދ!” ވަހީދު އައިސް ރަޝާޤާގެ ޮބލުގައި

ފިރުމައިލި އެވެ.ޖެހިގެން އައި ރެއެވެ. ނުވައެއް ނުޖަހަނީސް ރަޝާޤާ ޮކޓަރިއަށް ވަދެއްޖެ

އެވެ. އޭނާގެ ޚާއްޞަ އެޖެންޑާއެއް މިރޭ ޮއތްހެން ހީވެ އެވެ. ކެއީވެސް ވަރަށް ރަނގަޅަށެވެ. އެހެން ރޭރެއަށްވުރެ ގިނައިންނެވެ. ޮކޓަރިއަށް ވަނުމުގެ ކުރިން

ކިރުތައްޓެއްވެސް ބުއިތަން ފެނުނެވެ. މޫނުމަތިން ފެންނަނީ ތާޒާކަމެވެ.ރަޝާޤާ ޮކޓަރިއަށް ވަން އިރު ޒައިދެއް ގެއަކު ނެތެވެ. ބައްޕައާއެކު ބޭރަށް

ދިޔަ ޮގތަކަށް ނާދެ އެވެ. އޭނާ ފުރަތަމަ އެނދުގެ ބެޑްޝީޓް ބަދަލުޮކށްލީ އެވެ. ބާލީހުގެ އުރަތަކާއެކުގަ އެވެ. ޮކޓަރި ތެރެ ރީތިޮކށް ކުނިކަހާ އެއަރފްރެޝްނަރ

އިން ޮކޓަރީގެ ވަސްމީރުޮކށްލި އެވެ. ދެން ޮގސް ވަނީ ފާޚާނާއަށެވެ. ފެން ވަރާލައިގެން އައިސް ރީތިވެލި އެވެ. ގައިން މީރުވަސް ދުއްވައިލި އެވެ.

އެނދުގައި ޖައްސައިލި އިރު، ދިހައެއްޖަހައި ޮބޑުވެއްޖެ އެވެ. ރަޝާޤާގެ ޮލލަކަށް ނިންޖެއް ނާދެ އެވެ. އިންތިޒާރެއް ކުރެވެނީ އެވެ.

ދިހަގަޑި ބައިވެއްޖެ އެވެ. އޭނާއަކަށް ޯނވެވުނެވެ. އެނދުން ތެދުވެއްޖެ އެވެ. ހިނގައިގަނެވުނީ ޮދރާ ދިމާއަށެވެ. ބޭނުންވަނީ ގޭތެރެ ބަލައިލާށެވެ. އޭނާއަށް ޮގސް ޮދރު ހުޅުވައިލެވުނީ ޒައިދު އައިސް ބޭރުން ޮދރު ހުޅުވައިލި ވަގުތު އެވެ. ލިބުނު

ސިހުމާއެކު މޫނުމަތީގައި ލަދުވެތިކަމުގެ ރަތްކުލަ ޖެހިގެން ދިޔަ އެވެ.“އަދިވެސް ނުނިދަނީތަ؟” ޒައިދުގެ އަޑަކު އެއްވެސް ތަފާތެއް ނެތެވެ. )ނުނިމޭ(

Page 29: Sun Magazine 45

29

Page 30: Sun Magazine 45

30

Page 31: Sun Magazine 45

31

ބޮީލވުޑް

ދިލިޕް ކުާމރު ނުވަތަ ޔޫސުފް ާޚން

ޯގވިންދާ އާއި ނަމްބަރ ވަން އާ ހުރީ ޮކން ގުޅުމެއް ހެއްޔެވެ؟ ކޫލީ ނަންބަރު ވަން، އާއި ހީޯރ

ނަންބަރު ވަން، އާއި އާންޓީ ނަންބަރު ވަން، މި ޮގތަށް ޮގސް ވަރަށް ގިނަ “ވަން” ތަކެއް ވަނީ

ޯގވިންދާގެ ފިލްމީ ހަޔާތާ ގުޅިފައެވެ. ޯގވިންދާ ބުނާ ޮގތުގައި އެންމެ އުނދަގޫވާނީ ހަގީގީ ހަޔާތުގައި

ފާދަރ ނަންބަރު ވަން އަށް، އަދި ހަޒްބެންޑް ނަންބަރު ވަން އަށް ވުމެވެ. ޯގވިންދާގެ ދެ ކުދީން

ތިބި އިރު، ޯގވިންދާ ބުނަނީ އެއް ފަހަރަކާ ރަނގަޅު ފިރިއަކަށް އަދި ރަނގަޅު ބައްޕައަކަށް ވުމަކީ

ވަރަށް އުނދަގޫ ކަމެއް ކަމުގައެވެ. ޯގވިންދާ ދެކޭ ޮގތުގައި އަނބިމީހާ ނުވަތަ ދަރިންގެ މަންމަ

ރުއްސަންޏާ ދަރިންގެ ރުހުން ލިބުމުގައި ދަތިތަކެއް އުޅޭނެއެވެ. އަދި ހަމަ އެހެންމެ ދަރިންގެ ރުހުން

ޯހދަން ކުރާ މަސައްކަތުގައި ވަރަށް ގިނަ ފަހަރަށް އަނބިމީހާއާ ދެބަސްވާން ޖެހޭނެއެވެ.

ޯގވިންދާ ބުނާ ޮގތުގައި އޭނާއަށް ދަރިން ލިބި އެ ދަރިންނަށް ކަންތައްތައް ޮކށްދޭން

ޖެހުމުން، އޭނާގެ މައިންބަފައިންނަށް ޝުކުރު އަދާކުރަން ޖެހޭކަމުގެ އިހްސާސް ވަރަށް ޮބޑަށް

ކުރެވުނެވެ. އެހެން ކަމުން އޭނާ ހުރިހާ މައިންބަފައިންނަށް ވެސް ޮގވާލަނީ އެމީހުންގެ ދަރިން

ކައިވެނިފުރާވަރަށް އަރާއިރަށް ކައިވެނި ކުރުވައި ކާފަމާމަ ދަރިން ޯހދުމަށެވެ. އޭރުން އެމީހުންނަށް

ދަރިންގެ ޯލބި ލިބޭލެއް މާ ޮބޑުވާނެ ކަމަށާއި އަދި މީގެ އިތުރުން ވެސް ވަރަށް ގިނަ ފައިދާ

އެކަމުގައިވާކަމަށް ޯގވިންދާ ބުނެއެވެ.

އުމުރުން މިހާރު 89 އަހަރުވެފައިވާ ދިލިޕް ކުމާރަކީ ބައެއް މީހުން ދެކޭ ޮގތުގައި ޮބލީވުޑުގެ ފިލްމީ މައިދާނުގައި އަމީތާބަށް ވުރެ ވެސް އަލިގަދަ ތަރިއެކެވެ. ދިލިޕް ކުމާރުގެ އަސްލު ނަމަކީ ޔޫސުފް

ޚާންއެވެ. ބައެއް މީހުން ބުނާ ގޮތުގައި އޭނާގެ އަސްލު ނަން ސިއްރު ކުރުމަށް ފަހު ދިލިޕް ކުމާރުގެ ނަމުގައި މަޝްހޫރުކަން ހޯދަމުން ދިޔައީ މުސްލިމް ނަމެއް ކިޔާ މީހަކަށް ފިލްމީ މައިދާނުގައި ކުރިޔަށް ދިއުމުގައި ހުރަސްތަކެއް ކުރިމަތިވާނެ ކަމަށް ގަބޫލު ކުރެވިގެންނެވެ. ދިލިޕް ކުމާރު ނުވަތަ ޔޫސުފް

ޚާން އުފަންވެފައިވަނީ 11 ޑިސެންބަރު 1922 ގައި އޭރުގެ ހިންދުސްތާނުގެ ޕިޝާވަރަށެވެ. )ޕިޝާވަރަކީ މިހާރުގެ ޕާކިސްތާނުގެ ޝަހަރެކެވެ.( ޔޫސުފް ޚާން ވަނީ އިންޑިޔާގެ ބަރުލަމާނުގެ މެންބަރުކަން

ވެސް ޮކށްފައެވެ. 1944 ވަނަ އަހަރުން ފެށިގެން 1998 ވަނަ އަހަރާ ހަމަޔަށް ފިލްމުތަކުގައި އޭނާ ހަރަކާތްތެރިވެފައިވެއެވެ. އިންޑިޔާގެ ފިލްމީ ތަރިންގެ ތެރެއިން މިހާތަނަށް އެންމެ ގިނަ އެޯވޑް ލިބުމުގެ

ރެޯކޑުވެސް ޮއތީ ދިލިޕް ކުމާރަށެވެ.އެހެން ފިލްމީ ތަރިންނާ ހިލާފަށް ޔޫސުފް ޚާން ފާހަގަ ކުރެވިފައިވަނީ ވަރަށް ވެސް އަހުލާގު ރަނގަޅު

ތަރިއެއްގެ ޮގތުގައެވެ. 1966 ވަނަ އަހަރު ސާއިރާ ބާނޫއާ ކައިވެނި ކުރުމަށް ފަހު އެދެމަފިރިން އަދިވެސް ތިބީ އެކައިވެނި މަތީގައެވެ. މިއީ ވެސް ޔޫސުފް ޚާންގެ ހަރުދަނާކަން ދައްކައިދޭ ކަމެކެވެ. ޔޫސުފް ޚާނަކީ މިހާރު ވެސް އިންޑިޔާގެ ބަރުލަމާނުގެ މަތީގެ ކަމުގައިވާ ރާޖްޔާ ސަބާގެ މެންބަރެކެވެ.

އިންޑިޔާގެ ރައްޔިތަކަށް ވެ ހުރެ އޭނާއަށް ވަނީ ޕާކިސްތާނުންދޭ އެންމެ މަތީ ޝަރަފު ކަމުގައިވާ ނިޝާނެ އިމްތިޔާޒް ވެސް ލިބިފައެވެ. އަދި އިންޑިޔާގެ ސަރުކާރުން ވަނީ ޕަދްމާ ބޫޝާންގެ ޝަރަފު އޭނާއަށް ދީފައެވެ. ޔޫސުފް ޚާނަކީ އިންޑިޔާ އާއި ޕާކިސްތާނުގެ މެދުގައިވާ މައްސަލަތައް ހައްލުވެ އެ

ދެގައުމު ސުލްހަވެރިވުން އެދިގެން ގިނަ މަސައްކަތްތަކެއް ކުރާ ތަރިއެކެވެ. އެހެން ކަމުން ދެ ނަމުގެ މި ވެރިޔާއަކީ އިންޑިޔާ އާއި ޕާކިސްތާނުގައި ވެސް މަގުބޫލު ފަންނާނެކެވެ.

ނަންބަރު: 1

Page 32: Sun Magazine 45

32

މިންނު

ގޭގައި ފޭޝަލް މަާސޖެއް

ކުާރނެ ގޮތްމި މަސާޖް ކުރަން ފެށުމުގެ ކުރިން މޫނުގައި މޭކަޕް ހާކާފައިވާނަމަ ފުރަތަމަ ކަމަކަށް އެ ސާފު ކުރުމަށްފަހު މޫނު ގައި ޮމއިސްޗަރައިޒިން ކްރީމް އެއް

ހާކާށެވެ. މި މަސާޖް ރަނގަޅީ ޮކންމެ ދުވަހަކު ކުރުމެވެ.

• ކަރުން މައްޗަށްވާ ޮގތަށް މަޑުމަޑުން ފަހަރަކު އަތަކުން މަސާޖް ކުރާށެވެ. މިޮގތަށް މުޅި ކަރު ކުރާށެވެ. ވައަތު

ކަންފަތް ކައިރިން ފަށައިގެން ކަނައަތު ކަންފަތް ކައިރި އާއި ހަމައަށެވެ.

• މަސާޖް ކުރަން ބޭނުން ކުރާ ތެޮޔ ނުވަތަ ޮމއިސްޗަރައިޒިން ޯލޝަން އަތަށް އެޅުމަށްފަހު ދެ އަތުގައި

އުނގުޅާލާށެވެ. އަދި ކަރުގަޔާއި މޫނުގައި ދިގަށްވާ ޮގތަށް ހާކާށެވެ. މިޮގތަށް

ހާކާއިރު ހާކާނީ މޫނުގެ ތިރިން ފެށިގެން މައްޗަށެވެ. ދެން ޯލ ކައިރީ ވަރަށް

މަޑުމަޑުން ވަށްޮކށް ހާކާށެވެ. ޯލ ކައިރި ހަމަކީ އެންމެ ނާޒުކު ހަންކަމުން ޯލ

ކައިރި މަސާޖް ކުރަން ބޭނުން ކުރާނީ ކަށި އިނގިއްޔެވެ.

Page 33: Sun Magazine 45

ގޭގައި ފޭޝަލް މަާސޖެއް

ކުާރނެ ގޮތް

• ދެ އަތުގެވެސް ޝަހާދަތް އިނގިލި އަދި މެދު އިނގިލި ބޭނުން ޮކށްގެން،

ދަތްޮދޅިން ކަންފަތާ ދިމާލަށް ވާ ޮގތަށް ގެންދާށެވެ.

• އަތް ކުޑަޮކށް މުއްކެވުމަށްފަހު ޮބޑުވައި އިނގިލި ބޭނުން ޮކށްގެން ތުންފަތް ކައިރި މަސާޖް ޮކށްލަށެވެ.

އަދި ތުންފަތް ކައިރީ ހުންނަ ޕްރެޝަރ ޮޕއިންޓަށް ވެސް ދެތިން ސިކުންތު ވަންދެން ފިތާލާއިގެން

ހުންނާށެވެ. އެއަށްފަހު ނޭފަތް މައްޗާއި ނޭފަތުގެ ކައިރި ވެސް މި ބުނި ޮގތަށް

މަސާޖް ޮކށްލާށެވެ.

• މެދު އަދި ކަށި އިނގިލި ބޭނުން ޮކށްގެން ބުމައިގެ

ބުޑުން ފެށިގެން ޮކޅާހަމައަށް މަޑުމަޑުން ފިތަމުން ގެންދާށެވެ. އަދި ކުޑަވައި އިނގިލި ބޭނުން ޮކށްގެން ޮލލުގެ ތިރީ ވަޅުން

ފެށިގެން ބުމައިގެ ޮކޅާވީ ފަޅިއަށް މަސާޖް ޮކށްލާށެވެ.

• ހުރިހާ އިނގިލިތައް އެއްޮކށްލުމަށްފަހު ދެ އަތުން ނޭފަތުގެ

މަތީ ކަރިން ދެ އަރި މައްޗަށް ފިތާލާށެވެ. ދެތިން ސިކުންތު މި ޮގތަށް ފިތާލައިގެން ހުރުމަށްފަހު

ދޫޮކށްލާށެވެ. އަދި އަނެއްކާވެސް ހަމަ އެޮގތަށް ފިތާލާށެވެ.

• މަޑު މަޑުން ދެ އަތް މޫނުގެ ދެ ފަރާތަށް، ޮކލާވީ ޮކޅަށް ގެންދާށެވެ. ނިންމާނީ ކަންފަތް ކައިރިއަށެވެ.

ކުޑަވައި އިނގިލިން ކަންފަތް ކައިރީ ހުންނަ ޕްރެޝަރ ޮޕއިންޓަށް ފިތާލާށެވެ.

މިހެން ވެސް ދެތިން ސިކުންތު ފިތާލައިގެން ހުންނަންވާނެއެވެ.

• ޯލ މަރާލުމަށްފަހު ކަށި އިނގިލިން ޯލމަތި މަސާޖް ޮކށްލާށެވެ. މިޮގތަށް ދެ

ޮލލުގައިވެސް ވަށްޮކށް ވާ ޮގތަށް އިނގިލި ގެންދާށެވެ.

• ހުރިހާ އިނގިލިތައް އެއްޮކށްލުމަށްފަހު ބުމަ ކައިރިން

ނިތްކުރި މައްޗަށްވާ ޮގތަށް ފަހަރަކު އަތެއް ގެންދާށެވެ.

• ޯލ މަރާލުމަށްފަހު ދެއަތް އެއްޮކށް މޫނުމަތީގައިގައި

ބާއްވާލާށެވެ. އަދި ސިކުންތެއް ވަންދެން ޕްރެޝަރ ވާނެހެން

ފިތާލުމަށްފަހު ބާރު ޯދޮކށަލާށެވެ.

• ކަނާއަތުން ވައަތު ކަރަށް ވާންވާ ޮގތަށް މަޑުމަޑުން މަސާޖް ޮކށްލާށެވެ. އަދި ހަމަ މިހެން ވައަތުން ކަނާއަތު

ކަރުގައި މަސާޖް ޮކށްލާށެވެ.

Page 34: Sun Magazine 45

ގަ އު ޑު ވި ާރ އެންމެ ބޮ ގަ ސިާޔީސ ގޭސް ފަތު ޖޭ ، ާރއް ޓުވިޓަރ ސޯޝަލް ނެޓުވޯކު

އާދަމް ނަސީރު

ސިޔާސީ ޮގތުން ދިވެހި ޤައުމު ހަލަޮބލިވެފައިވާ މި ނާޒުކު ދަނޑިވަޅު

އެންމެ އާދައިގެ ރައްޔިތުމީހާގެ ހިތުގެ ސުއޫރުވެސް ޤައުމުގެ އެންމެ މަތީ ވެރިމީހާއަށް

ޯފރުވޭނެ ޮގތެއް މިހާރު މިވަނީ ޤާއިމު ވެފައެވެ. މީގެ އަހަރު ތަކެއް ކުރިން އެއީ

މުސްތަހީލް ކަމެކެވެ. ދުނިޔޭގެ ޓެކުޮނޮލޖީގެ ފަސޭހަކަން ދިވެހި ރާއްޖެއިން ވެސް

އިހުސާސް ކުރާ ކަމުގެ ޮކޅުމަތި މިވަނީ ފެންނަން ފަށާފައެވެ.

އެއީ ޓުވިޓަރ ޯސސަލް ނެޓުޯވކެވެ. ދުނިޔޭގެ ދެވަނަ އަށް އެންމެ ޮބޑު

ޯސސަލް ނެޓުޯވކެވެ. ދިވެހިން ކިޔާނަމަ ދޭދޭ މީހުންގެ އިޖުތިމާއީ ގުޅުން ބަދަހި

ޮކށްދޭ ވިއުގައެވެ. ޓުވިޓަރގެ ގިނަ އެކައުންޓު ތަކަކީ އަސްލު ފަރާތް ޮކންމެހެން

ހާމަޮކށްދޭން ޖެހޭ އެކައުންޓު ތަކެއް ނޫން ނަމަވެސް، ބޭނުން ކުރާ ސައްޙަ ފަރާތް

)ވެރިފައި( ކުރެވިފައިވާ ޓުވިޓަރ އެކައުންޓެއް ޤައުމުގެ ރައީސް ބޭނުން ކުރަމުންދާއިރު

މި ޤައުމުގެ ސިޔާސީ “ގޭސް” ފެތުރެމުންދާ ޮގތް ހުދު އެމަނިކުފާނަށް ރަނގަޅަށް

ޯފރާނެކަމަށް ބެލެވެއެވެ. ހޫނު އެތަކެއް ބަސް ތަކެއް ހުދު އެމަނިކުފާނުގެ ޯފނަށް

ނުވަތަ ޓުވިޓަރ އެކައުންޓަރ ޯފރާނެ ކަމާއި މެދު މިހާރު ސައްކެއް ނުކުރަމެވެ.

“ސަތޭކަ ސާޅީސް އަކުރުގެ ޓެކުސްޓު މެސެޖެއްގެ ޮގތުގައިވެސް

ޮފނުވާލެވޭ މި ޚިދުމަތަށް މައިކުޯރ ބުޮލގިންވެސް ކިޔައެވެ. ތިންސަތޭކަ ސާޅީސް

މިލިއަން ޓުވީޓު ނުވަތަ މެސެޖެ ޮކންމެ ދުވަހަކު ކުރާ ކަމަށް ހިސާބު ތަކުން

ދައްކައެވެ. ދުނިޔޭގެ އެކިއެކި ޤައުމުތަކުގައި މިހިދުމަތް ބޭނުން ކުރާ ސަކޭތަ ހަތްދިހަ

މިލިއަނަށް ވުރެ ގިނަ މީހުން ތިބި ކަމަށް ވެއެވެ. އިންޓަނެޓުގެ އެސް.އެމް.އެސްގެ

ޮގތުން މަސްހޫރުވި ޓުވިޓަރ އަކީ މީގެ ހައެއްކަ އަހަރު ކުރިން އުފެދިފައިވާ ޯސސަލް

ނެޓުޯވކެކެވެ. “ޖެކުޯޑސޭ” ނަމަކަށް ކިޔާ ޒުވާނަކު އުފެއްދި މިފުރިހަމަ އުފެއްދުމުގެ

ސަބަބުން ދިވެހިން ކުރިން ދެކެފައިވެސް ނުވާފަދަ ހިޔާލު ފާޅުކުރުމުގެ މިނިވަން

ކަމެއް މިވަނީ ޓުވިޓަރގެ ތެރެއިން ލިބިފައެވެ.

ޓީވީ ތަކާއި ރޭޑިޯއ އަދި ވެބު ސައިޓުތަކުގައި ކިތަންމެ ތަޅެއް

އެޅުވިޔަސް ޓުވިޓަރ ވެފައިވަނީ ޮބޑު ތަޅު ނޭޅުވޭނެ ބޭނުން ޮކންމެ މީހަކަށް ވާނުވާ

ބަލާލެވޭނެ އިޒުތިމާއީ ގުޅުމަކަށެވެ. މިޤައުމުގެ ސިޔާސީ މަސްރަހު ބަދަލުވެގެން

ދިޔަ ޮގތުން ޓުވިޓަރގެ ބޭނުން ވަރަށް ފުރިހަމަ ޮގތުގައި ބޭނުން ކުރަމުންދާ ކަމަށް

ދަންނަވަން ޖެހެއެވެ. ޤައުމުގެ ރައީސްގެ ޓުވިޓަރ އެކައުންޓު ސައްޙަ ކުރެވިފައި

ވިޔަސް އެމަނިކުފާނުގެ އެންމެ އަރިސް ބޭފުޅުން ކަމަށްވާ ޮޕލިޓިކަލް އެޑުވައިޒަރ އަދި

ޕުރެސް ސެކެރެޓަރީގެ ޓުވިޓަރ އެކައުންޓު އެއީ އެފަރާތް ތަކުގެ އަސްލު އެކައުންޓު

ކަމެއް އަދި ނޭނގެއެވެ. އެހެނަސް އެދެ އެކައުންޓުން ދެމުންދާ މެސެޖު ތަކުގެ

ސަބަބުން މަސްރަހަށް ޮބޑެތި ބަދަލު ތަކެއް ގެނުވައެވެ.

އޭގެ ކުޑަ މިސާލަކީ އައްޑޫ ސިޓީގެ ފަރާތުން ކުއްލި ޮގތަކަށް

ނަސަންދުރާ ޮހޓަލުގައި ބޭއްވި ބައްދަލުވުމެއްގައި ފާހަގަ ކުރި ކަންކަމުގެ ތެރޭގައި

މިހާރުގެ ރައީސްގެ ޕުރެސް ސެކެރެޓަރީ ޓުވިޓަރގައި ލިއުނު މެސެޖެއް ފާހަގަ

ކުރެވެއެވެ. އަދި އެ މެސެޖާއި މެދު ވަރަށް ޮބޑަށް ބަހުސްވެސް ކުރިއެވެ. އައްޑުއަށް

މާޮބޑު ޮހސްޕިޓަލެއް ބޭނުން ނުވާނެ ކަމަށް ބުނެ ޓުވިޓަރގައި ލިއުނު އެމެސެޖަކީ

ޮބޑު “ސިޔާސީ ގޭސް” ގަނޑެއްކަން އެނގުނީ ޕުރެސް ސެކެރެޓަރީގެ ނަމުގައި

ޓުވިޓަރ ބޭނުން ކުރަނީ އަސްލު ޕުރެސް ސެކެރެޓަރީ ނޫން ކަމަށް

ފަހުން ފަޅާ އެރުމުންނެވެ. އެކަން ދުވަހު ނޫސްތަކުންވެސް ވަނީ ފާހަގަ ޮކށްފައެވެ.

ޓުވިޓަރ އަކީ މިޤައުމުގެ ވެރިރަށް ފުރަ މާލޭގައި އެންމެ ގަދަޔަށް ސިޔާސީ ގޭސް

ފަތުރާ ވަސީލަތަކަށް ވެގެން ޮގސްފައި ވާއިރު ދުނިޔޭގެ ވަރަށް ގިނަ ޤައުމު ތަކުގައި

ވެސް މިކަން ޮއތީ ހަމަ މިޮގތުގައެވެ. މާލޭގައި ބައެއް މުޒާހަރާތައް ޓުވީޓު ޮކށްގެން

ބާއްވާފައި ވާއިރު ބައެއް ޤައުމުތަކުގައިވެސް ޮބޑެތި މުޒާހަރާތައް ޓުވިޓަރ ބޭނުން

ޮކށްގެން މިހާރުވެސް ކުރަމުންދެއެވެ .އަދި ހައްޔަރު ކުރެވޭ މީހުންގެ މައުލޫމާތު ތައް

ވެސް ވަގުތުން ޯހދަމުންދަނީ ހަމަ ޓުވިޓަރ ބޭނުން ޮކށްގެންނެވެ. އޭގެ އެއް ސަބަބަކީ

ޓުވިޓަރ ބޭނުން ކުރާ ޮކންމެ މީހެއްގެ ފަހަތުން އޭނައަށް ވާނުވާ ބަލާ )ޮފޯލ( ކުރާ

އެތައް ބަޔަކު އަބަދުވެސް ތިބޭތީއެވެ.

ޓުވިޓަރގެ ވަރަށް ގިނަ ހާއްސަ ކަންކަން ވެއެވެ. އެ ހިދުމަތް ބޭނުން

ކުރާ ގިނަ ބަޔަކު އެމީހެއްގެ ބަހުރުވަ ހުންނަ ޮގތަކަށް އެމީހެއްގެ ބަހުން ޓުވިޓު

ކުރަމުންދާއިރު މިއަދުގެ ރާއްޖޭގެ ސިޔާސީ މަސްރަހުންވެސް އެންމެ ފާހަގަ ކުރެވޭ

އެއްފަރާތަކީ ޤައުމުގެ ވެރިމީހާގެ އެޑުވައިޒަރ އެއްގެ މަޤާމުގައި ހުރި މަސްހޫރު ޯޓޕީގެ

ނަމުގައި ކުރެވެމުންދާ ޓުވިޓަރ މެސެޖު ތަކެވެ. ގިނަ ބަޔަކު އެއީ ހަމަ އަސްލު

ޯޓޕީ ކަމަށް ގަބޫލު ކުރަނީ އެބޭފުޅާގެ އަސްލު ބަހުރުވަ ލިޔެފައިވާ ޓުވިޓަރ މެސެޖު

ތަކުންވެސް ފާހަގަ ވަމުންދާތީއެވެ.

ޤައުމުގެ ރައީސްގެ ޕުރެސް ސެކެރެޓަރީގެ ޓުވިޓަރ ތަކުންވެސް އެބޭފުޅާގެ

ބަހުރުވަ ހާމަވަމުންދާތީ އެ ޓުވިޓަރ އެކައުންޓަކީ އެބޭފުޅާ ވަރަށް ޮބޑަށް ދަންނަ

އަދި ވަރަށް ކައިރި ބޭފުޅެއް ކުރައްވާ ކަމެއް ކަމަށް ބެލެވޭ ކަމަށް ހުދު ޕުރެސް

ސެކެރެޓަރީ ފާހަގަ ކުރައްވައެވެ. ސިޔާސީ ގިނަ ލީޑަރުން މިހާރު ޓުވިޓަރ ބޭނުން

ކުރައްވާ އިރު ކުރިން ދުވަހަކު ވެސް ޓުވީޓު ނުކުރައްވާ މަސްހޫރު ސިޔާސީ ބޭފުޅުން

ޓުވީޓަރ އަލަށްބޭނުން ކުރައްވަން ވަނީ ފައްޓަވާފައެވެ. އެހެން ކަމުން ސިޔާސީ ގޭސް

ޓުވިޓަރގެ ތެރޭގައި ވަރަށް ގަދައަށް ފެތުރޭކަން މިވަނީ ފެނި ހާމަވެފައެވެ.

ޓުވިޓަރ އެންމެ ޮބޑަށް ސިޔާސީ ކުރި ފަރާތް ތަކުގެ ތެރޭގައި މިހާރުގެ

ޮޕލިސް ކަމިސަނަރ އަބުދުهللا ރިޔާޒުގެ އިތުރުން ޑިފެންސް މިނިސްޓަރ ވެސް

ހިމެނެއެވެ. ވަރަށް ކުރިންވެސް ޮޕލިސް ޮކމިސަނަރ ޓުވިޓަރ ބޭނުން ކުރާކަން

އެނގެއެވެ. ސިޔާސީ އެކިއެކި ހިޔާލު ތަކުގެ ފިނި ހޫނު ކަން އެންމެ ޮބޑަށް ޯފރާނެ

ފަރާތް ތަކުގެ ތެރޭގައި މިދެންނެވި ފަރާތްތައް ވާކަމީ މިއަދު ސައްކު އުފެދޭކަމެއް

ނޫނެވެ.

ދުނިޔޭގެ އެންމު ކުރިއަރާފައިވާ އެމެރިކާގެ ރައީސް ބަރަކު ޮއބާމާވެސް ޓުވިޓަރ

ބޭނުން ކުރައްވާ އިރު އެބޭފުޅާގެ ޓުވިޓަރ މެސެޖު ތައް އެތައް މިލިއަން ބަޔަކު

ޮކންމެ ދުވަހަކު ވެސް ބަލައެވެ. ނުވަތަ ޮފޯލކުރެއެވެ. އަދި އެ “ޓުވީޓު” ތައް

ނޫސްތަކުގެ ފަލަ ސުރުހީ އަށް ވެގެން ވެސް ދެއެވެ. ހާލަތާއި މުހިއްމު ވަގުތުގައި

ކުރަމުންދާ ކަންކަން އެހެން ފަރާތް ތަކަށް އަންގާލަދޭ ވަސީލަތެއްގެ ޮގތުގައި ވެސް

ޓުވިޓަރ ސިފަކުރެއެވެ.

އެހެން ކަމުން ޓުވިޓަރ އުފެއްދި ފުރިހަމަ ބޭނުން ހިފެމުންދާކަމަށް

ބެލެވެއެވެ. އެއީ ހަމަ އެކިއެކި ކަންކަން އޭގެ މުހިއްމު ވަގުތުގައި އަންގާލަ

ދިނުމަށެވެ. ނުވަތަ އަޅުގަނޑުމެންގެ ބަހުން ނަމަ “ގޭސް” އަނބުރާށެވެ.

އާދަމް ނަސީރު

34

Page 35: Sun Magazine 45
Page 36: Sun Magazine 45