powers and limitations of fundamental rights

13
ިއާ ކަތުމާޒި ނާ ރުކުދިއަ ގްނަކް ނަވިނި މިއާކަތުޤްއަ ޙީސާސަ އްނަ ކިރެވުރާ ބެގުކަތުޤްއަ ޙީސާސަ އް އެއަޙަރަ ޝުރު ކ

Upload: mahaz-ali

Post on 22-Mar-2016

246 views

Category:

Documents


6 download

DESCRIPTION

A simple analysis on how fundamental rights and liberties mentioned in chapter two of Maldivian constitution can be limited.

TRANSCRIPT

Page 1: Powers and limitations of fundamental rights

އަސާސީ ޙައްޤުތަކާއި މިނިވަންކަން ގައިދުކުރާ ނިޒާމުތަކާއި

ކުރު ޝަރަޙައެއް –އަސާސީ ޙައްޤުތަކުގެ ބާރުވެރިކަން

Page 2: Powers and limitations of fundamental rights

1 Mahaz Ali Zahir

ބައިތައް ހިމެނޭ 2 ............................................................................................................................ ހަނިކުރުން ޙައްޤުތައް އަސާސީ

3 ................................................................................................................................................ ނިޒާމު ޠަބީޢީ

4 ............................................................................................................................................ ނިޒާމު އިޚްތިޔާރީ

6 .............................................................ހަނިކުރުން ޙައްޤުތައް އަސާސީ ރައްކާތެރިކުރުމަށްޓަކައި އަސްލުތައް އިސްލާމްދީނުގެ

6 ....................................................................................................................... ބާރުވެރިކަން ޙައްޤުތަކުގެ އަސާސީ

7 ................................................................................................................ ފާރަވެރިވުން ނިޒާމަށް އިޚްތިޔާރީ. ހ

8 ......................................................... ކުރިއެރުވުން ޙިމާޔަތްކޮށް ޙައްޤުތައް ތަފާތުނުކުރުމާއި ދިނުމުގައިލިބި ޙައްޤުތައް. ށ

9 ..................................................................................... ބާޠިލްވުން ޤާނޫނުތައް ތަޢާރުޟުވާ ޙައްޤުތަކާ އަސާސީ. ނ

9 ..................................................................................................................... ދައުވާކުރުން ހޯދުމަށް ޙައްލު. ރ

01 ............................................................................. ބާޠިލްވުން ޤާނޫނުތައް ޢާރުޟްވާ ތަ މިނިވަންކަމާ ޙައްޤުތަކާއި. ބ

01 ................................................................................................................ މާނަކުރުން ޙައްޤުތައް އަސާސީ. ޅ

00 ........................................................................... ބާރުވެރިކަން ރައްޔިތުންގެ ދެމެހެއްޓުމުގައި ޙައްޤުތައް އަސާސީ. ކ

ނުވަތަ އަސާސީ ޙައްޤުތައް ދިވެހިރާއްޖޭގެ ޤާނޫނުއަސާސީތަކުގެ ތާރީޚަށް ބަލާއިރު ރައްޔިތުންގެ ޙައްޤުތައް . މި ދެންނެވި ޙައްޤުތައް ކޮންމެވެސް އެއްސިފައެއްގައި ލިބިދިނުމަކީ ޤާނޫނުއަސާސީތަކުގެ ރޫހެވެ

އެއްވެސް ފާރުތަކެއް ލުމަށްފަހުގައެވެ. ހަރަށް ޤާނޫނީގޮތުން އިންބައެއްފަހަރު ލިބިދީފައި ހުންނަނީ ބައެއްފަ 1ގައިދެއްނެތި މުޠުލަޤުކޮށްވެސް މިފަދަ ޙައްޤުތައް ދީފައިވެއެވެ.

ޤާނޫނުއަސާސީގައި ބަޔާންވެފައިވާ އަސާސީ މިހާރު ޢަމަލުކުރަމުންދާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޙައްޤުތަކާއި މިނިވަންކަން ބަޔާންކުރާ ބާބަކީ އެއްގޮތަށްވުރެ ގިނަ ގޮތްގޮތުން ފާހަގަކުރެވޭ ބާބެކެވެ. އަސާސީ ޙައްޤުތައް ތަރުތީބުކުރެވިފައިވާ ގޮތާއި، އަސާސީ ޙައްޤުތަކުގެ ބާރުވެރިކަމާއި މަތިވެރިކަން ބަޔާންކުރެވިފައިވާ

ލެވިފައި ޚާއްޞަކަމުންނެވެ. އަދި ހަމައެހެންމެ އަސާސީ ޙައްޤުތައް ހަނިކުރާ ނިޒާމު އެކު ގޮތުގެ އޮތްގޮތުންވެސް މެއެވެ.

ޤާނޫނުއަސާސީގައި ބަޔާންވެގެންވާ ޙައްޤުތަކަކީ އެއްވެސް ގައިދެއްނެތި ދުނިޔޭގެ އެކި ކަރަކަރާގައި އެފަދަ ހައްޤުތަކެއްބާވައެވެ. ނުވަތަ އެކި ބާވަތް ބާވަތުގެ ޙައްޤުތައް ލިބިދީފައިވާ މިންވަރަށް ލިބިދީފައިވާ

ވަނަ މާއްދާގައިވާ އަނިޔާއެއް ލިބޭނަމަ އެ އަނިޔާގެ ވާހަކަ ބަޔާންކޮށް 18ގެ 1968ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީ 1

މަތީ ދަރަޖައިގެ ވެރިންނަށް އިލްތިމާސްކުރުމުގެ ހައްޤުފަދަ ޙައްޤުތަކަކީ މިބާވަތުގެ ޙައްޤުތަކެވެ.

Page 3: Powers and limitations of fundamental rights

2 Mahaz Ali Zahir

ޙައްޤުތަކާގުޅޭ ބައިނަލްއަގުވާމީ މުޢާހަދާތަކުގައި އެފަދަ ޙައްޤުތައް ލިބިދީފައިވާ މިންވަރަށް އެއްވެސް ތަފާތެއްނެތި ދިވެހިންނަށް ދިވެހި ޤާނޫނުއަސާސީން އެފަދަ ޙައްޤުތައް ހައްދެއް، ހިފެހެއްޓުމެއް،

އަސާސީ ޙައްޤެއް ހަނިކުރެވޭނީ ޑިމޮކްރެޓިކް ގައުމުތަކުގައި އެފަދަ ޙައްޤުތައް ؟އެވެވޭބާލިބިދީފައި 2ހަނިކޮށްފައިވާ ބީދައިން ހަމައެކަނި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ކަމަށް ބުނެއުޅެއެވެ.

ރަކީ ނުވަތަ މަޞްދައަދި ހަމައެހެންމެ ޤާނޫނުއަސާސީގައިވާ ހުރިހާ އަާސސީ ހައްޤުތަކުގެ އަސާސަކީ އި، އެ ޙައްޤުތައް ލިބިގެންދާނީ އިސްލާމީ ޝަރީޢަތުގައިވާ އެ ޙައްޤުތައް އިސްލާމީ ޝަރީޢަތްކަމަށާ

ތަފްސީލު ދަ މި ފަދަ ސުވާލުތަކުގެ ޖަވާބުމިފަ 3ބުނެއުޅެއެވެ. ލިބިދީފައިވާ މިންވަރަށް ކަމުގައިވެސްއާއި، ކޯޓުތަކުގެ ވަނަ މާއްދާގައި 16 ނުއަސާސީގެލިޔެވިފައިވަނީ ދިވެހިޖުމްހޫރިއްޔާގެ ޤާނޫ

ނިންމުންތަކުގައެވެ. އަސާސީ ޙައްޤުތަކަކީ، އޭގެ ޒާތުގައި މަތިވެރި އެއްޗެކެވެ. ބާރުހުރި އެއްޗެއްވެސް މެއެވެ. ޤާނޫނުއަސާސީގައި ލިޔެވިފައިހުރި އަސާސީ ޙައްޤުތަކާ ގުޅޭ ޤާނޫނުހެދުމުގައިއާއި،

ލަތްތަކުގައި ޢަމަލުކުރަންޖެހޭ ގޮތް ޤާނޫނުއަސާސީގައި ލިޔެވިފައިވާ މާނަކުރުމުގައިއާއި، ނިގުޅައިގަނެވޭ ޙާ މި ލިޔުމުގައި މި ބަލާލަނީ ޤާނޫނުއަސާސީގައި އަސާސީ ގޮތުން މިކަން އިތުރަށް ހާމަވެގެންދެއެވެ.

ކުރާ ނިޒާމުތަކަށާއި، އެ ޙައްޤުތަކުގެ ބާރުވެރިކަމުގެ މައްޗަށެވެ. ޙައްޤުތަކާއި މިނިވަންކަން ހަނި

އަސާސީ ޙައްޤުތައް ހަނިކުރުން ޤާނޫނުއަސާސީގައި މައިގަނޑު ގޮތެއްގައި އަސާސީ ހައްޤުތައް ހަނިކުރެވިދާނެ ދެ ހާލަތެއް ވެއެވެ. އެއީ

ވަނަ މާއްދާގައިވާ 254ވަނަ މާއްދާގައިވާ ]ޢާންމު ޙާލަތާއި[ ޤާނޫނުއަސާސީގެ 16ޤާނޫނުއަސާސީގެ ބައެއް އަސާސީ ޙައްޤުތައް ހަނިކުރާ ޙާލަތެވެ. ކުއްލި ނުރައްކަލުގެ ]ޚާއްޞަ[ ޙާލަތުގައި

ވަނަ މާއްދާއިންނެވެ. މި 16ޤާނޫނުއަސާސީގައި އަސާސީ ޙައްޤުތައް ފެށިގެން އަންނަނީ ޤާނޫނުއަސާސީގެ މާއްދާގެ )ހ(ގައި ބަޔާންކޮށްފައި އޮންނަނީ

މްދީނުގެ ]މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި 4އަޞްލަކާ

ވަނަ ޞަފުޙާ 21، 2010 ،ސާސީ ޙައްޤުތަކާއި މިނިވަންކަން، ދެވަނަ އަދަދުއަމޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް، 2 ވަނަ ޞަފުޙާ 199، 2011، އިސްމާޢީލް ރިޔާޟް، ޒަމާނީ ފިކުރީ މަޛްހަބުތައް 3މާމެދު އިސްލާމްދީނުގެ އަސްލުތަކަކީ ކީރިތި ޤުރުއާނާއި، މާތް ރަސޫލާގެ ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ޞައްޙަކަ 4

ވަނަ މާއްދާގެ )ހ( 274ޚިލާފު އުފެދިފައިނުވާ ޝަރުޢީ އުސޫލުތަކާއި މި ދެއަސްލުން ދޭހަކޮށްދޭ އުސޫލުތައް ކަމަށް ޤާނޫނުއަސާސީގެ ގައި ބަޔާންކޮށްފައިވެއެވެ.

Page 4: Powers and limitations of fundamental rights

3 Mahaz Ali Zahir

ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ. އަދި މިއިން އެއްވެސް ޙައްޤެއްގެ ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ

ންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. ތަޢާރުޟުނުވާ ގޮތުގެމަތީން، ރައްޔިތުރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންވެސް އެއިން ޙައްޤެއްގެ ނުވަތަ

މިނިވަން، ދީމިޤްރާޠީ ، މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ހިފެހެއްޓޭނީކަމަށް މުޖުތަމަޢެއްގައި މިފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނެ

ޤަބޫލުކުރެވޭ މިންވަރަކަށެވެ.[ މިފަދައިންނެވެ.

އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާނޭ ގޮތުގެ މަތިން މަތީގައިވާ މާއްދާއިން ފާހަގަ ކުރެވޭ އެއްކަމަކީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ހައްގުތަކާއި މިނިވަންކަން ހުރިހާ އެންމެނަށް ލިބޭކަމެވެ. އަދި

ނޑިވަޅެއްގައި ހައްގެއްގެ ނުވަތަ ، އަސާސީ ޙައްޤެއްގެ މިންވަރެއް ހަނިކުރެވިދާނެކަމާއި ޤާނޫނަކުން އެފަދަ ދަހިފެހެއްޓޭނީ މިނިވަން އަދި ޑިމޮކްރެޓިކް މުޖުތަމަޢެއްގެ ސިފަލިބިގެންވާ މިނިވަންކަމެއްގެ މިންވަރެއް

ދާނެކަމަށް ގަބޫލުކުރެވޭ މުޖުތަމަޢެއްގައި އެފަދަ ޙައްގެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓި މި މާއްދާއިން އެނގެއެވެ. މާއްދާ އެތުރިފައިވާ ގޮތަށް ބަލާއިރު ފާހަގަކުރެވޭ މިންވަރަށްކަންވެސް

]ދެ ފުރޭންޏެއް[ ނުވަތަ އަސާސީ ޙައްޤުތައް ހަނިކުރާ ދެ ފުރާނާލެވޭއްޤުތައް މުހިއްމުކަމަކީ އަސާސީ ޙަ ނިޒާމެއް މި މާއްދާގައިވާކަމެވެ.

ނިޒާމު ޠަބީޢީ ވަނަ މާއްދާފެށިގެން އަންނަނީ ]މި ބާބުގައި ބަޔާންކޮށްފައިވާ އެންމެހައި ޙައްޤުތަކާއި 16ޤާނޫނުއަސާސީގެ

މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮންމެ މީހަކަށްމެ ލިބިގެންވާކަން މި ވެ. މި ޖުމުލައިގެ ޢިބާރާތަށް ވިސްނާލާއިރު ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ.[ މި ޖުމުލައިންނެ

ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ކޮންމެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ލިބިދެވޭނީ އިސްލާމްދީނުގެ އެހެން ގޮތަކަށް ދަންނަވާނަމަ އިސްލާމްދީނުގެ އަސްލަކާ 5އަސްލަކާ ޚިލާފުނުވާނޭ ގޮތުގެ މަތިންނެވެ.

ސާސީ ޙައްގެއް ތަޢާރުޟުވެއްޖެނަމަ ނުވަތަ ޚިލާފުވެއްޖެނަމަ އެއީ މި ޤާނޫނުއަސާސީގައިވާ އަޤާނޫނުއަސާސީގެ ދަށުން ލިބިދެވޭ ޙައްޤެއް ނޫނެވެ. މިއީ ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކުގެ

ޚިޔާލުފާޅުކުރުމުގެ ވަނަ މާއްދާގައި ޞަރީޙަކޮށް އިސްލާމްދީނުގެ އަޞްލަކާ ޚިލާފުނުވާ ގޮތެއްގެ މަތިން 27ޤާނޫނުއަސާސީގެ 5

މިނިވަންކަން ލިބިދީފައިވެއެވެ. މިފަދައިން ޞަރީޙަކޮށް ބަޔާންކޮށްފައިވަނީ އިތުރަށް ތަފްސީލުކުރުމަށްޓަކައި ކަމަށްބެލެވެއެވެ.

Page 5: Powers and limitations of fundamental rights

4 Mahaz Ali Zahir

ޠަބީޢަތެވެ. މި ސަބަބަށްޓަކައި މިއީ ޤާނޫނުއަސާސީގައި ލެވިފައިވާ އަސާސީ ޙައްޤުތައް ހަނިކުރާ ޠަބީޢީ އްކަމަށް ބެލިދާނެއެވެ.ނިޒާމެ

ނޑައެޅުމުގައި މަތީގައިވާ ޢިބާރާތުން ދޭހަވާ އެހެންކަމެއްވެއެވެ. އެއީ އަސާސީ ޙައްޤުތަކުގެ ތަރަހަ ކަރުޖޫޢަވާންޖެހޭ މަސްދަރަކީ އިސްލާމްދީނުގެ އަސްލުތައް ކަމެވެ. އެހެނީ އިސްލާމްދީނުގެ އަސްލުތަކުގެ

ތަޢާރުޟުވުމަކީ އެ ޙައްޤު ކަށަވަރުކޮށްދިނުމުގެ ޛިންމާއިން ތެރެއިން އެންމެ އަސްލަކާ އަސާސީ ޙައްޤެއްޤާނޫނުއަސާސީ ބަރީޢަވެގަންނަ ކަމެކެވެ. މިސާލެއްގެ ގޮތުން މިނިވަންކަމާއެކު ފިކުރުކުރުމާއި އެމީހެއްގެ ބުއްދިއަށް ފެންނަ ގޮތްތަކާއި ޚިޔާލުތައް ދުލާއި ގަލަމުން ފާޅުކުރުމަކީ ކޮންމެ މީހަކަށް ޤާނޫނުއަސާސީން ލިބިދީފައިވާ ޙައްޤެކެވެ. ނަމަވެސް މި ޙައްޤު އިސްލާމްދީނުގެ އަސްލުތަކުގެ ]ފުރޭނިން[ ފުރާނާލާއިރު ޖެހޭ 6ކުނިތަކެއް ހުރެއެވެ. ޣީބަ ބުނުމަކީ އިސްލާމްދީނުގެ އަސްލުތަކުގެ ތެރެއިން އަސްލަކުން މަނާކުރާކަމެކެވެ.

ހަދަހަދައިގެން ވާހަކަ ދެއްކުމަކީ ކުރެވޭނެ 7.ދުލެއް އޮތަސް ދޮގުހެކިދިނުމަކީ ކުރެވޭނެކަމެއް ނޫނެވެ އް ބުނެ،ނަށާއި އިސްލާމްދީނަށް ބަދުބަހެއަށާއި އެކަލާނގެ ރަސޫލުން هللا ކަމެއްނޫނެވެ. ކީރިތި

ފުރައްސާރައެއް ނުކުރެވޭނެއެވެ. މިހުރިހައި ކަންކަމަކީ އިސްލާމްދީނުގެ އަސްލުތަކާ ޚިލާފުކަންކަމެވެ. ރީޢާއިން އަނެކާގެ އަބުރާ ނުބެހެވޭނެއެވެ. ޣީބައެއް ނުބުނެވޭނެއެވެ. މިއީ ވުމާއެކު، ދުލާއި ގަލަމުގެ ޛަ

ޤާނޫނުއަސާސީގައި ހިމެނިފައިވާ އަސާސީ ޙައްޤުތަކުގެ ޠަބީޢަތެވެ.

އިޚްތިޔާރީ ނިޒާމު ވަނަ މާއްދާގެ ދެވަނަ ޖުމްލައިގައި އޮންނަނީ ]އަދި މިއިން އެއްވެސް ޙައްޤެއްގެ 16ޤާނޫނުއަސާސީގެ

ހިފެހެއްޓޭނީ މި ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ވަންކަމެއްގެ އެއްވެސް މިންވަރެއް ނުވަތަ މިނި .[ މިފަދައިންނެވެ. މި ޖުމްލައަށް ބަލާއިރު ގޮތުގެމަތީން، ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ

ސާފުކޮށް އެނގިގެންދަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އަސާސީ ޙައްޤެއްގެ ވަކި މިންވަރެއް ނުވަތަ އަސާސީ ޙައްޤެއް ހަނިކުރެވިދާނެކަމެވެ. އަދި މި ޖުމްލަ އޭގެ ކުރިން އޮތް ޖުމުލައާއެކު

ޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުން އަސާސީ ޙައްޤެއް ހަނިކުރާ ކިޔާއިރު، ދޭހަވަނީ ރައް ހަނިކުރުމަކީ، އިސްލާމްދީނުގެ އަސްލަކާ ޚިލާފުނުވާގޮތަށް ލިބިދީފައިވާ ހައްގެއް އިތުރަށް ހަނިކުރާ

ވަނަ އާޔަތުގެ މާނައިގައިވެއެވެ. ]ތިޔަބައިމީހުން އެކަކު އަނެކަކަށް ޖާސޫސް ނުކުރާށެވެ! އަދި އެއްބަޔަކު 12އަލް ޙުޖުރާތު ސޫރަތުގެ 6

ނުބުނާށެވެ.[ އަނެއްބަޔަކަށް ޣީބަ ރައްވާފައިވެއެވެ. ]އަދި ވަޙީކުهللا މުއުމިނުންގެ ސިފަ ބަޔާންކޮށްދެއްވަމުން ކީރިތި ވަނަ އާޔަތުގައި 72ޤާން ސޫރަތުގެ އަލްފުރު 7

އެއުރެންނީ ދޮގުހެކިނުދޭ މީހުންނެވެ.[

Page 6: Powers and limitations of fundamental rights

5 Mahaz Ali Zahir

ހަނިކުރުމެއްކަމެވެ. ނުވަތަ އިތުރަށް ހަނިކުރަން ޖެހޭފަދަ ޙާލަތެއް މެދުވެރިވެއްޖެނަމަ ރައްޔިތުންގެ މަޖިލީހަށް މި މާއްދާގައިވާ އިޚްތިޔާރުގެ ބޭނުންހިފައިގެން އަސާސީ ހައްގެއް ހަނިކުރެވިދާނެއެވެ.

ޤާނޫނުއަސާސީއަށް ޢަމަލުކުރަން ފެށިފަހުން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނުތަކުން ހަނިކޮށްފައިވެއެވެ. މިގޮތުން ވަނަ މާއްދާގައިވާ އުސޫލުގެ މަތިން އަސާސީ ހައްޤުތައ16ްޤާނޫނުއަސާސީގެ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މީހުންނާމެދު ޚާއްޞަ އުސޫލުތަކަކަށް ) 2009/12ޤާނޫނު ނަންބަރު

ވަނަ މާއްދާގެ ދަށުން އެ ޤާނޫނުގެ ދަށުން ކުށެއްގެ ތުހުމަތުގައި 27ޢަމަލުކުރުމުގެ ޤާނޫނު(ގެ ވެސް މިންވަރަކަށް ލިބިގެން ނުވެއެވެ. ހަމައެހެންމެ، ޤާނޫނު ބަންދުކުރެވޭ މީހާއަށް ހަނުހުރުމުގެ ހައްޤު އެއް

ވަނަ މާއްދާގެ ދަށުން ޑްރަގް ކޯޓުގެ ބައެއް 79)މަސްތުވާތަކެއްޗާބެހޭ ޤާނޫނު(ގެ 2011/17ނަންބަރު ނިންމުންތައް އިސްތިއުނާފުކުރުމުގެ ޙައްޤު އެ ނިންމުންތަކާ ގުޅޭ ފަރާތްތަކަށް ލިބިގެން ނުވެއެވެ. އަދި އެ

މުދަލެއް ނުވަތަ ފައިސާއަކީ، ކޮން ގޮތަކަށް ހޯދުނު މުދަލެއް ނުވަތަ ވަނަ މާއްދާގެ ދަށުން 155ނޫނުގެ ޤާފައިސާއެއްކަމާމެދު ކުށުގެ ތުހުމަތުކުރެވޭ މީހާއާ ސުވާލުކުރެވޭހިނދު، އެ މުދަލެއް ނުވަތަ ފައިސާއެއް

މްކޮށް އެފަދަ ސުވާލުތަކުގެ ޖަވާބުގައި ލިބުނު ގޮތް ސާފުކޮށް ބަޔާންކޮށްދިނުން އެމީހެއްގެ މައްޗަށް ލާޒި ހަނުހުރުމުގެ ޙައްޤުގެ ބޭނުންކުރުން ޤާނޫނުންވަނީ ނިގުޅައިގެންފައެވެ.

ވަނަ މާއްދާއިން ދީފައިވާ 16އަސާސީ ޙައްޤުތައް ހަނިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ޤާނޫނުއަސާސީގެ މެއް ލެވިފައިވެއެވެ. އެ ހިފެހެއްޓުމަކީ މުޠުލަޤުކޮށް އިޚްތިޔާރު ނުވަތަ ބާރު ދިނުމުގައި އިތުރު ހިފެހެއްޓު

ބޭނުން ގޮތަކަށް ބޭނުންމިންވަރަކަށް އަސާސީ ޙައްޤެއް ހިފެހެއްޓުމުގެ ބަދަލުގައި މިނިވަން ދީމިޤްރާޠީ މުޖުތަމަޢެއްގައި އެފަދަ ޙައްޤެއް ހިފެހެއްޓިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހަށް ޤަބޫލުކުރެވޭ މިންވަރަކަށް

ފަދަ ޙައްޤެއް ހިފެހެއްޓުމެވެ. ޤާނޫނުއަސާސީގައި މިފަދައިން ބަޔާންވެފައިވީކަމުގައިވިޔަސް، އެވަނަ މާއްދާގެ ބޭނުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ޤަބޫލުކުރާ މިނިވަން 16ޤާނޫނުއަސާސީގެ

ނުވަތަ މުޖުތަމަޢުތަކެއް ދީމިޤްރާޠީ މުޖުތަމަޢުތަކަކީ ކޮބައިކަން ސާފުނުވެއެވެ. އަދި އެފަދަ މުޖުތަމައެއްހުރިކަމުގައިވިޔަސް، ވަގުތާއި ޙާލަތުގެ ގޮތުން އެފަދަ މުޖުތަމައެއްގެ ނުވަތަ މުޖުތަމަޢުތަކުން ދިވެހިރާއްޖޭގެ ރައްޔިތުންގެ މަޖިލީހަށް ޤަބޫލުކުރެވޭ މިނިވަން ދީމިޤްރާޠީކަމުގެ ސިފަ ގެއްލިގެން ދިއުމަކީވެސް އެކަށީގެންވާ

ކަމެކެވެ.

Page 7: Powers and limitations of fundamental rights

6 Mahaz Ali Zahir

ދީނުގެ އަސްލުތައް ރައްކާތެރިކުރުމަށްޓަކައި އަސާސީ ޙައްޤުތައް ހަނިކުރުން އިސްލާމް ވަނަ މާއްދާގެ )ހ( ފެށިގެން އަންނަ ޢިބާރާތުގައި ]މި ބާބުގައި ބަޔާންކޮށްފައިވާ 16ޤާނޫނުއަސާސީގެ

ންމެ އެންމެހައި ޙައްޤުތަކާއި މިނިވަންކަން އިސްލާމްދީނުގެ އަޞްލަކާ ޚިލާފު ނުވާނޭ ގޮތުގެމަތީން ކޮ މީހަކަށްމެ ލިބިގެންވާކަން މި ޤާނޫނުއަސާސީ ކަށަވަރުކޮށްދެއެވެ.[ މިފަދައިން ބަޔާންކުރުމަށްފަހު އެ މާއްދާގެ )ށ(ގައި ]އިސްލާމްދީނުގެ އަސްލުތައް ރައްކާތެރިކޮށް ދެމެހެއްޓުމަށްޓަކައި، މި ބާބުގައި ބަޔާންކޮފައިވާ

ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތީން، ރައްޔިތުންގެ ޙައްޤެއް ނުވަތަ މިނިވަންކަމެއް މި ޤާނޫނުއަސާސީ މަޖިލީހުން ފާސްކުރާ ޤާނޫނަކުން ހިފެހެއްޓުމަށް މި މާއްދާގެ )ހ( ހުރަހެއް ނާޅައެވެ.[ މިފަދައިން

ބަޔާންކޮށްފައިވެއެވެ.

މްދީނުގެ ވަނަ މާއްދާގެ )ށ(ގައިވާ ޢިބާރާތަކީ އިސްލާ 16މަތީގައިވާ ދެ އަކުރު އެުކއެކީގައި ކިޔާލުމުން އަސްލުތައް ރައްކާތެރިކުރުން އިތުރަށް ހަރުދަނާކުރުމުގެ ގޮތުން އައިސްފައިވާ މާއްދާއެއްކަމަށް ބެލެވެއެވެ. އެހެނީ އަސާސީ ޙައްޤުތަކުގެ ޠަބީޢަތަކީ އިސްލާމްދީނުގެ އަސްލުތަކުގެ ތެރެއިން އެއްވެސް އަސްލަކާ

އަސްލަކާ ތަޢާރުޟުނުވާ ގޮތަށް ބޭނުންކުރެވޭ ތަޢާރުޟުނުވުމެވެ. އެފަދަ ޙާލަތެއްގައި އިސްލާމްދީނުގެ ގެ ނުވަތަ ލިބިދީފައިވާ ޙައްޤަކުން އިސްލާމްދީނުގެ އެހެން އަސްލެއްގެ ރައްކާތެރިކަމަށް ހުރަހެއް އެޅުމު

ވުމުގެ އެވެ. ސަބަބަކީ އިސްލާމްދީނުގެ އެއް އަސްލު އަނެއް އަސްލާ ތަޢާރުޟު ނުވެއިޙްތިމާލެއް 8އިޙްތިމާލުވެސް ނެތުމެވެ.

އަސާސީ ޙައްޤުތަކުގެ ބާރުވެރިކަން އަސާސީ ޙައްޤުތައް ޙައްޤުތަކުގެ ބާރުވެރިކަން ދޭހަވާ މާއްދާތަކަކީ، ރަނގަޅު ޤާނޫނުއަސާސީތަކުގެ ސިފައެކެވެ. މިސިފައަކީ، ޤާނޫނުއަސާސީ ނެގެހެއްޓުމުގެ ޛިންމާ މަތިކޮށްފައިވާ ފަރާތްތަކުގެ ބާރުވެރިކަން

ގެ މައްޗަށް ހިންގޭ ޢާންމު ރައްޔިތުންގެ ޙައްޤުތަކާމެދު އެފަރާތްތަކުން ހަނިކޮށް ޤާނޫނުއަސާސީ އެބައެއް

ދީނުގެ އަޞްލުކަމުގައި ބުނެފައިވަނީ، ކީރިތި ޤުރުއާނާއި، ސަލާމާއި ޞަލަވާތްލެއްވި މާތް ރަސޫލާގެ އިސްލާމްޤާނޫނުއަސާސީގައި 8ދިފައިނުވާ ޝަރުޢީ އުޞޫލުތަކާއި، މި ދެއަޞްލުން ސުންނަތުގައިވާ ކަންކަމުގެ ތެރެއިން، އެކަމެއްގެ ޞައްޙަކަމާމެދު ޚިލާފު އުފެ

ޞްލާ ތަޢާރުޟުނުވަނީ، ކީރިތި ޤުރުއާނާއި ދޭހަކޮށްދޭ އުސޫލުތައްކަމަށް ބަޔާންކޮށްފައިވެއެވެ. އިސްލާދީނުގެ އެއް އަޞްލު އަނެއް އަދެ އަޞްލު ނުވަތަ ދެ ގެ ބާރުލިބިފައިވާ ޔާންކުރުމު ބަޝަރުޢީ ޙުކުމްތައް )އަލް އަޙްކާމުލް ކުއްލިއްޔާ( އައު ސުންނަތަކީ، ހަމައެކަނި

އަލަށް ޝަރުޢީ ޙުކުމެއް ގެނައުމުގެ ބާރުލިބިފައިނުވާ )އިޖުމާޢު، ޤިޔާސް، މަޞްދަރުކަމަށްވެފައި، އެހެނިހެން މަޞްދަރުތަކަކީ، ނެވޭ ފަރުޢީ ޙުކުމްތަކަށް ދަލީލުކުރާ ޤުރުއާނާއި ސުންނަތުން ނަގައިގައިސްތިޙްސާން، އިސްތިޞްޙާބު، އާދަކާދަ ފަދަ މަޞްދަރުތައް(،

މަޞްދަރުތަކަކަށްވެފައި، ޤުރުއާނާއި، ސުންނަތާއި މިއިން މަޞްދަރެއް ތަޢާރުޟުވެއްޖެނަމަ، އަބަދުވެސް ޤުރުއާނާއި ސުންނަތަށް ، 1ރު ޢަވްދާ، ވޮލިއުމް )އައްތަޝްރީޢުލް ޖިނާއީ އަލްއިސްލާމީ މުޤާރަނަން ބިލްޤާނޫނުލް ވަޟުޢީ، ޢަބްދުލްޤާދިރުޖޫޢަވާންޖެހޭތީއެވެ.

ވަނަ ޞަފްޙާ( 144، 2005މަކްތަބަތު ދާރުއްތުރާޘް، ޤާހިރާ،

Page 8: Powers and limitations of fundamental rights

7 Mahaz Ali Zahir

)ޤާނޫނުއަސާސީ ނެގެހެއްޓުމުގެ ޛިންމާ މަތިކޮށްފައިވާ ފަރާތްތަކުން( ތާއަބަދުމެ ފާރަވެރިވުން ލާޒިމްކުރާ 9ސިފައެކެވެ.

ފުރޭނިގެން އަސާސީ ޙައްޤުތަކަކީ ޤާނޫނުއަސާސީގައި ލެވިފައިވާ ޤައިދުކުރުމުގެ ނިޒާމުތަކުންއެހެން ގޮތަކަށް ބުނާނަމަ، އިސްލާމްދީނުގެ އަސްލަކާ އަންނައައުމުގައި ބާރުވެރި ޙައްޤުތަކެކެވެ.

ޚިލާފުނުވާގޮތަށް ބޭނުންކުރުމުގެ އިޚްތިޔާރު ލިބިފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް ރައްޔިތުންގެ ކަމުގައިވިޔަސް ނުވަތަ މަޖިލީހުން އެ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހަނި ކުރި

ހަނިނުކުރިކަމުގައިވީނަމަވެސް، އެ ޙައްޤަކީ ނުވަތަ މިނިވަންކަމަކީ ބާރުވެރިކަން ލިބިފައިވާ މަތިވެރި މިކަން ސާފުވެގެންދަނީ ޤާނޫނުއަސާސީގެ އެކި މާއްދާތަކުންނެވެ. ތިރީގައި މިވަނީ އެފަދަ ޙައްޤުތަކެކެވެ.

މާއްދާތަކުން ފާހަގަވާ ކަންކަމެވެ.

ފާރަވެރިވުން ނިޒާމަށް އިޚްތިޔާރީ . ހއިޚްތިޔާރީ ނިޒާމަކީ ކުރިން ބަޔާންކުރިފަދައިން ރައްޔިތުންގެ މަޖިލީހަށް ފެންނަ ހިނދެއްގައި ރައްޔިތުންގެ މަޖިލީހުން އަސާސީ ހައްޤެއް ހަނިކުރާ ނިޒާމެވެ. ޤާނޫނުއަސާސީގައި ރައްޔިތުންގެ މަޖިލީހަށް ޤާނޫނުގެ

އް ހަނިކުރުމުގެ އިޚްތިޔާރު ދީފައިވަނީ މުޠުލަޤުކޮށެއް )އެބްޒޮލިއުޓް ޛަރީޢާއިން އަސާސީ ޙައްޤުތަވަނަ މާއްދާގެ )ނ( އިންނެވެ. އެ 16މިކަން އެނގިގެންދަނީ ޤާނޫނުއަސާސީގެ ޑިސްކްރީޝަން( ނޫނެވެ.

މާއްދާގައި ރައްޔިތުންގެ މަޖިލިހުން އަސާސީ ހައްގެއް ނުވަތަ މިނިވަންކަމެއްގެ އެއްވެސް މިންވަރެއް ފަހައްޓާފައިވަނީ އެ މާއްދާގެ )ހ( އާއި )ށ( ގައިވާ ގޮތުގެ މަތިންކަން ނުވަތަ ނޫންކަން ކަނޑައެޅުމުގެ ހި

ބާރު ކޯޓުތަކަށް ލިބިދީފައިވުމުގެ އިތުރުން އެފަދަ މައްސަލަތަކުގައި ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭ ދަ މައްސަލައެއްގައި ޙައްޤެއް ހިފަހައްޓިފައިވާ ކަންތައްތަކެއް ބަޔާންކޮށްފައިވެއެވެ. ހަމައެހެންމެ މަތީގައިވާފަ

ހާލަތުގައި ހިފަހައްޓާފައިވަނީ ޤާނޫނުއަސާސީގައިވާ ގޮތުގެ މަތިން ކޮންމެހެން ހިފަހައްޓަންޖެހޭ މިންވަރަކަށްކަން ސާބިތުކޮށްދިނުމުގެ މަސްއޫލިއްޔަތަކީ ދައުލަތުގެ ނުވަތަ އެހައްގެއް ހިފެހެއްޓި ފަރާތުގެ

ވަނަ މާއްދާގެ )ރ( ގައި ބަޔާންކޮށްފައިވެއެވެ. 16މަށްވެސް މަސްއޫލިއްޔަތެއްކަ

އިޚްތިޔާރީ ނިޒާމަށް ފާރަވެރިވުމަށް ކޯޓުތަކަށް ދީފައިވާ ބާރުގެ ދަށުން ރައްޔިތުންގެ މަޖިލިހުން އަސާސީ ޙައްޤެއް ހަނިކުރިކުރުމާމެދު ހިންގޭ ޝަރީޢަތްތަކުގައި ކޯޓުތަކުން ކަމާގުޅޭ އެންމެހައި ކަންކަމަށް

9 Justice Dr Arijit Pasayat & Justice CK Thakker, Dr. CD Jha’s Judicial Review of Legislative Acts, LexisNexis Butterworths Wadhwa Nagpur, 2nd edition, 2009, Page 9

Page 9: Powers and limitations of fundamental rights

8 Mahaz Ali Zahir

އަދި މީގެ އިތުރުން ޚާއްޞަ ގޮތެއްގައި 10ހަމައަށް ރިޢާޔަތްކުރަންވާނެ ކަމަށް ޤާނޫނުއަސާސީގައިވެއެވެ.ފުރި ނުކުތާއެއްވެސް ޤާނޫނުއަސާސީގައި ބަޔާންވެފައިވެއެވެ. އެނުކުތާތަކަކީ؛ 6ރިޢާޔަތްކުރަންޖެހޭ

ހިފެހެއްޓި ޙައްޤެއް ނުވަތަ މިނިވަންކަމެއްގެ ޒާތާއި ބާވަތް -1 ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓުމުގެ ބޭނުމާއި، މުހިއްމުކަން އެ ހައްގެއް -2 އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވާ ގޮތާއި މިންވަރު -3އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފެހެއްޓި ހިފެހެއްޓުމާ އެ ހައްެގއް ނުވަތަ އެ -4

ން މިނިވަންކަމެއްގެ މުހިއްމުކަމާ ހުރި ގުޅުއެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފަހައްޓާފައިވާ މިންވަރަށްވުރެ ކުޑަކޮށް ހިފަހައްޓައިގެން -5

ބޭނުންވާ މަޤުޞަދު ޙާޞިލުކުރެވިދާނެކަން ނުވަތަ ނޫންކަން ކާތެރިކޮށް އެ ހައްގެއް ނުވަތަ އެ މިނިވަންކަމެއް ހިފައްޓާފައިވަނީ އިސްލާމްދީނުގެ އަސްލުތައް ރައް -6

ޓުމަށްކަމުގައިވާނަމަ، އިސްލާމްދީނުގެ އަޞްލުތައް ރައްކާތެރިކުރުމަށްޓަކައި އެ ހައްގެއް ދެމެހެއް ނުވަތަ އެ މިނިވަންކަމެއް ކޮންމެހެން ހިފަހައްޓަންޖެހޭކަން ނުވަތަ ނޫންކަން މިއެވެ.

(ގައި ބަޔާންވެފައިވާ އުސޫލަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނވަނަ މާއްދާގެ ) 16ޤާނޫނުއަސާސީގެ 2010/SC-A/19 ޭވަކިވަކި ޙައްޤުތަކާ ގުޅޭ 11ވަނަ ނުކުތާގައި 07ވަނަ ޤަޟިއްޔާގެ ފާހަގަކުރެވ

ޤާނޫނާ ޚިލާފަށް މީހަކު ހައްޔަރުކުރުމުގެ މައްސަލައެއްގައި އެމީހަކު ،މައްސަލަތަކުގައި މިސާލަކަށްނޑައެފައިވަނީ ޤާނޫނީ ހަމަތަކުގެ މަތިންހައްޔަރުކޮށް ވަނަ މާއްދާގެ 16ޅުމުގައި ކަން ނުވަތަ ނޫންކަން ކަ

ނޑައަޅާފައިވާ ކަންތައްތަކަށް ރިޢާޔަތްކުރުން )ހ( އާއި )ށ( ގެ އިތުރުން )ނ( ގައި ކަކީ އުސޫލަ ވަނަ މާއްދާގެ )ނ(ގައިވާ 16ލާޒިމްކޮށްފައިވެއެވެ. މިގޮތަށް ލާޒިމްކޮށްފައިވީނަމަވެސް،

ރައްޔިތުންގެ މަޖިލީހުން އަސާސީ ޙައްޤުތައް ހަނިކުރުމަށް ފާސްކުރާ ޤާނޫނުގެ ޞައްޙަކަން ނުވަތަ ނޫންކަމާމެދު ސުވާލުއުފެދި އެފަދަ މައްސަލަތަކުގައި ކޯޓުތަކުން ރިޢާޔަތްކުރަންޖެހޭ ކަންކަން ބަޔާންކޮށްފައިވާ

ނުހަނު ސާފުވެއެވެ. އިންގެ )ހ( އާއި )ށ( އުސޫލެކަން ޤާނޫނުއަސާސީގެ އެ މާއްދާ

ށ. ޙައްޤުތައް ލިބިދިނުމުގައި ތަފާތުނުކުރުމާއި ޙައްޤުތައް ޙިމާޔަތްކޮށް ކުރިއެރުވުން އަސާސީ ޙައްޤުތަކުގެ ބާރުވެރިކަން ދޭހަވާ އެއްކަމަކީ އަސާސީ ޙައްޤުތައް ލިބިގަތުމުގައި އެއްވެސް ތަފާތެއް

ކަމަކަށްވުމެވެ. މިގޮތުން އަސާސީ ޙައްޤެއް ލިބުމުގައި ކުރުމަކީ ޤާނޫނުއަސާސީ އެކަމަށް ދެކޮޅުހަދާ

(ނވަނަ މާއްދާގެ ) 16ސީގެ ޤާނޫނުއަސާ 10 ވަނަ ޞަފްޙާ 16އެ ޤަޟިއްޔާގެ ޝަރީޢަތް ނިމުނުގޮތުގެ ޚުލާޞާގެ 11

Page 10: Powers and limitations of fundamental rights

9 Mahaz Ali Zahir

އެމީހެއްގެ ނަސްލަށް، ނުވަތަ އުފަންވީގައުމަށް ނުވަތަ ކުލަޔަށް ނުވަތަ ޢުމުރަށް ނުވަތަ މިނޫންވެސް އަދި ހަމައެހެންމެ 12ކަމަކަށް ބަލައި ތަފާތުކޮށްގެން ނުވާނެކަމަށް ޤާނޫނުއަސާސީގައި ބަޔާންވެފައިވެއެވެ.

ފާތުކުރުމެއްގެ ތެރެއިން ވަކިބަޔަކަށް ވަކި ޙައްޤެއް ދިނުމަކީ ނުވަތަ ވަކި ޙައްޤެއް ހަނިކުރުމަކީ އީޖާބީ ތަ ކުރެވިދާނެ ކަމެއްކަމުގައިވެސް ޤާނޫނުއަސާސީގައި ބަޔާންވެފައިވެއެވެ.

އަސާސީ ޙައްޤުތައް ލިބުމުގައި ތަފާތެއް ނުކުރުމަށް ބަޔާންވެފައިވާ ފަދައިން އަސާސީ ހައްޤުތަކާއި 13ނިވަންކަން ޙިމާޔަތްކުރުމާއި، ކުރިއެރުވުމަކީ ދައުލަތުގެ ވާޖިބެއްކަމަށް ބަޔާންވެފައިވެއެވެ.މި

ރުޟުވާ ޤާނޫނުތައް ބާޠިލްވުން އަސާސީ ޙައްޤުތަކާ ތަޢާ ނ. ޤާނޫނެއް ނުވަތަ ޤަވާއިދުން ބައެއް ނަމަވެސް އަސާސީ ޙައްޤެއް ނުވަތަ ޙައްޤުތަކަކާ ތަޢާރުޟުވާނަމަ، އެ

ޤާނޫނުއަސާސީގައިވާ އަސާސީ ޙައްޤުވެރިކަން އޭގެ ޒާތުގައި 14މިންވަރެއް ބާޠިލުވުމަކީ،ތަޢާރުޟުވާ ބާރުގަދަކަން ދަލީލުކޮށްދޭ ކަމެކެވެ. އެހެން ނަމަވެސް، މި ފަދައިން ބާޠިލުވާކަން ނިންމާނީ އެ ޙައްޤުގެ

އެއްވިޔަސް އަސާސީ ބޭނުންހިފުމަށް އެދޭ ފަރާތެއް ނޫނެވެ. މިފަދައިން ޤާނޫނެއް ނުވަތަ ޤާނޫނަކުން ބަ 15ޙައްޤުތަކާ ތަޢާރުޟުވާކަމަށް ނިންމާނީ ކޯޓުންނެވެ.

ޙައްލު ހޯދުމަށް ދައުވާކުރުން ރ. ޤާނޫނުއަސާސީގެ ދެވަނަ ، އަސާސީ ޙައްޤުތަކަށް ޤާނޫނުއަސާސީ ދީފައިވާ ޚާއްޞަ އެއް އަހައްމިއްޔަތުކަމަކީ

ބާބުގައި ބަޔާންކޮށްފައިވާ ޙައްޤެއް ނުވަތަ މިނިވަންކަމެއް އެއްވެސް މީހެއްގެ ކިބައިން ނިގުޅައިގެންފިނަމަ ނުވަތަ ހިފަހައްޓައިފިނަމަ، އިންސާފުވެރި ހައްލެއް ހޯދުމަށްޓަކައި އެ މައްސަލަ ކޯޓަށް ހުށަހެޅުމުގެ ޙައްޤު

ވަނަ މާއްދާގައި ބަޔާންވެފައިއޮތުމެވެ. ޤާނޫނުއަސާސީގެ އެ 65ނޫނުއަސާސީގެ އެމީހަކަށް ލިބިގެންވާކަން ޤާ މާއްދާގެ ދަށުން ހައްލު ހޯދުމަށް ކޯޓަށް ދެވޭނީ 'ގެއްލުން ލިބިފައިވާ' ފަރާތަށެވެ. މިފަދަ ގިނަ

. މިގޮތުން މައްސަލަތަކެއް ޤާނޫނުއަސާސީ ވުޖޫދަށް އައިފަހުން ދިވެހިރާއްޖޭގެ ކޯޓުތަކަށް ހުށަހެޅިފައިވެއެވެޤަޟިއްޔާ )މ. SC-A/19/2010ފާހަގަކޮށްލެވޭ މުހިއްމު މައްސަލަތަކަކީ، ސުޕްރީމް ކޯޓުގެ ނަންބަރު

މާފަންނުވިލާ ޤާސިމް އިބްރާހީމް މޯލްޑިވްސް ޕޮލިސް ސަރިވްގެ މައްޗަށްކުރި ދަޢުވާ( އާއި، ސުޕްރީމް ޤަޟިއްޔާއެވެ. SC-A/20/2010ކޯޓުގެ ނަންބަރު

)ހ(ވަނަ މާއްދާގެ 17ޤާނޫނުއަސާސީގެ 12 ވަނަ މާއްދާ 18ޤާނޫނުއަސާސީގެ 13 ވަނަ މާއްދާ 63ޤާނޫނުއަސާސީގެ 14 ވަނަ ނުކުތާ 4ކުރެވުނު ޤަޟިއްޔާގެ ފާހަގަ SC-A/19/2010ސުޕްރީމް ކޯޓުގެ ނަންބަރު 15

Page 11: Powers and limitations of fundamental rights

10 Mahaz Ali Zahir

ޢާރުޟްވާ ޤާނޫނުތައް ބާޠިލްވުން މިނިވަންކަމާ ތަ ޙައްޤުތަކާއި ބ. ޤާނޫނުއަސާސީގައި ބަޔާންވެފައިވާ ހައްގުތަކުގެ ބާރުވެރިކަން ދޭހަވާ މުހިއްމު އެއްމާއްދާއަކީ

މި ޤާނޫނުއަސާސީއަށް ވަނަ މާއްދާއެވެ. އެ މާއްދާގައި ބަޔާންވެފައިވަނީ، 66ޤާނޫނުއަސާސީގެ ގައި ހިނގަމުން އަންނަ އެންމެހައި ޤާނޫނުތަކާއި، ޤަވާއިދުތަކައި، ޢަމަލުކުރަން ފަށާއިރު ދިވެހިރާއްޖޭ

ޤަރާރުތަކާއި އިޢުލާންތަކުގައި ބަޔާންވެފައިވާ ކަންތައްތަކުގެ ތެރެއިން، މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަމާ ތަޢާރުޟުވާ އެންމެހައި ކަންތައްތައް މި ޤާނޫނުއަސާސީއަށް ޢަމަލުކުރާން

މިފަދައިންނެވެ. ފެށުމާއެކު ބާޠިލްވީއެވެ.

މަތީގައިވާ މާއްދާގެ ނައްޞައް ބަލާއިރު، އަސާސީ ޙައްޤުތަކާ ތަޢާރުޟުވާ ޤާނޫނުތަކަކީ، ބާޠިލް މި މާއްދާގެ ކުރު ޝަރަޙައެއް ދިވެހިރާއްޖޭގެ . ޤާނޫނުތަކެއްކަމުގައި ބަލަންޖެހޭނެކަމަށް ދޭހަވެއެވެ

ވަނަ ނުކުތާގައި 4ޤަޟިއްޔާގެ ފާހަގަކުރެވުނު SC-A/19/2010ނަންބަރު ސުޕްރީމްކޯޓުން އެ ކޯޓުގެ ރައްޔިތުންގެ މަޖިލީހުން ނުވަތަ ކަމާބެހޭ ]... ސުޕްރީމްކޯޓުން ބަޔާންކޮށްފައިވަނީ، .ބަޔާންކޮށްފައިވެއެވެ

ށް ކޯޓަކުން އެ ޤާނޫނެއް ނުވަތަ އެ ޤާނޫނަކުން ބައެއްވިޔަސް ޤާނޫނުއަސާސީއާ ޚިލާފު ޤާނޫނެއްކަމަ ނޑަނާޅާހާ ހިނދަކު ޤާނޫނު ތަންފީޛުކުރާފަރާތަކަށް އެއީ ބާޠިލު ޤާނޫނެއްކަމަށް އޮޓެމެޓިކް ގޮތެއްގައި ކަ

ވަނަ މާއްދާގައިވާ ގޮތުގެ 299އެފަދަ ޤާނޫނުތަކެއް ހުރިނަމަ ޤާނޫނުއަސާސީގެ ބެލެވެން ނޯންނާނެތީ،ޤާނޫނުތަކެއް އުވާލުން ލާޒިމްވާކަން އެނގެން މަތިން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިގެން ލަސްނުކޮށް އެ

ސުޕްރީމް ކޯޓުގެ ޝަރަޙައަށް ބަލާއިރު، ރައްޔިތުންގެ މަޖިލީހުން ނުވަތަ ކޯޓަކުން .[އޮންނައޮތުމެވެއަދި ޤާނޫނެއް ބާޠިލްކުރުމުގެ ކުރިން އެ ޤާނޫނަކީ ޞައްހަ ޤާނޫނެއްކަމުގައި ބަލަންޖެހޭނެކަން އެނގެއެވެ.

ކޯޓުން ބަޔާންކޮށްފައިވަނީ ޢާންމު މަޞްލަޙަތު ރައްކާތެރިކުރެވޭނެ ގޮތަކީ އެ ގޮތަށް މި ގޮތަށް ސުޕްރީމް ޢަމަލުކުރުންކަމަށް ބެލެވެއެވެ.

މާނަކުރުން އަސާސީ ޙައްޤުތައް ޅ. އަސާސީ ހައްޤުތައް މާނާކުރުމާގުޅޭ ގޮތުން ޤާނޫނުއަސާސީގައި ބަޔާންވެފައިވާ މާއްދާތަކަކީވެސް އަސާސީ ޙައްޤުތަކުގެ ބާރުވެރިކަން ދޭހަވާ މާއްދާތަކެކެވެ. މިފަދަ ދެ މާއްދާއެއް ޤާނޫނުއަސާސީގައި

ބަޔާންވެފައިވަނީ ވަނަ މާއްދާއެވެ. އެ މާއްދާގައި 68ބަޔާންވެފައިވެއެވެ. ފުރަތަމަ މާއްދާއަކީ ]ކޯޓުތަކުންނާއި ޓްރިބިއުނަލްތަކުން މި ބާބުގައި ބަޔާންކޮށްފައިވާ ޙައްޤުތަކާއި މިނިވަންކަން މާނަކުރުމުގައްޔާއި ލިބިދިނުމުގައި، އިންސާނި ޝަރަފާއި ހަމަހަމަކަމާއި މިނިވަންކަމަށް ބިނާކޮށް

ބޫލުކުރާ އުސޫލުތަކަށް ރިޢާޔަތްކޮށް އެ އުފެދިފައިވާ، ހުޅުވިގެންވާ ދީމިޤްރާޠީ މުޖުތަމަޢުތަކުން ޤަ

Page 12: Powers and limitations of fundamental rights

11 Mahaz Ali Zahir

އުޞޫލުތައް ނަގަހައްޓަންވާނެއެވެ. އަދި ދިވެހިރާއްޖޭ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ މުޢާހަދާތަކަށް ރިޢާޔަތްކުރާންވާނެއެވެ.[ މިފަދައިންނެވެ.

ވަންކަން މާނަކުރުމާއި މަތީގައިވާ މާއްދާގެ އިބާރާތަށް ބަލާއިރު ކޯޓުތަކުން އަސާސީ ޙައްޤުތަކާއި މިނި ކަމެއް ބަޔާންވެފައިވެއެވެ. އެކަމަކީ، ދީމިޤްރާޠީ މުޖުތަމަޢުތަކުން ލިބިދިނުމުގައި ރިޢާޔަތްކުރަންޖެހޭ މުހިއްމު

އެ ޙައްޤަކާއި ނުވަތަ މިނިވަންކަމަކާމެދު ޤަބޫލުކުރާ އުސޫލުތަކެވެ. އަދި މިފަދައިން ރިޢާޔަތްކުރާ އް ފުރިހަމަވާ މުޖުތަމަޢުތަކަށްވުންވެސް މި މާއްދާ ލާޒިމްކުރެއެވެ. އެ މުޖުތަމަޢުތަކަކީ ވަކި ޝަރުޠުތަކެ

ޝަރުޠުތަކަކީ އިންސާނީ ޝަރަފާއި ހަމަހަމަކަމުގެ އިތުރުން މިނިވަންކަމަށް ބިނާކޮށް އުފެދިފައިވާ ސް، މުޖުތަމަޢުތަކަށް އެފަދަ މުޖުތަމަޢުތައް ވުމެވެ. މިފަދައިން ޤާނޫނުއަސާސީގައި ލާޒިމްކޮށްފައިވީނަމަވެ

ދިވެހިރާއްޖޭގެ ކޯޓުތަކުން މިހައިތަނަށް ނިމިފައިހުރި އަސާސީ ޙައްޤުތަކާއި ގުޅޭ މައްސަލަތަކުގައި ރިޢާޔަތްކުރެވިފައިވަނީ އިހު ބަޔާންކުރެވުނު މާއްދާގައިވާ މުޖުތަމަޢުތައްފަދަ މުޖުތަމަޢުތަކަށްކަން ދަންނަވަން

މު ނިންމުންތަކުގައި އެފަދަ ވަކިވަކި މުޖުތަމަޢުތަކަށް ދައްޗެވެ. އެކަމުގެ ފުރަތަމަ ސަބަބަކީ އެފަދަ މުހިއްނޑައެޅުމަކީ އޭގެ ޒާތުގައި ޙަވާލާދެވިފައިނުވުމެވެ. ދެވަނަ ސަބަބަކީ، އެފަދަ މުޖުތަމަޢުތައް ކަ

އުނދަގޫކަމަކަށް ބެލެވުމެވެ.

ވަނަ 69ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތައް މާނަކުރުމުގައި ބަލަންޖެހޭ ކަންކަން ބަޔާންކުރުމަށްފަހު މާއްދާގައި އަސާސީ ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް އުނިކަން ލިބޭނެފަދަ ގޮތަކަށް ޤާނޫނުއަސާސީގެ

މާއްދާގައި މާއްދާއެއް މާނަކުރުމާއި ތަރުޖަމާކުރުންވަނީ ޞަރީޙަ އިބާރާތުން މަނާކޮށްފައެވެ. އެށްފައިވާ އެއްވެސް ޙައްޤަކަށް ނުވަތަ މިނިވަންކަމަކަށް މި ޤާނޫނުއަސާސީގައި ބަޔާންކޮ ބަޔާންވެގެންވަނީ ]

އުނިކަން ލިބޭނޭފަދަ ޢަމަލެއް ކުރުމުގެ، ނުވަތަ އެފަދަ ޢަމަލެއްގައި ބައިވެރިވުމުގެ ޙައްޤު އެއްވެސް މީހަކަށް ނުވަތަ ޖަމާޢަތަކަށް ނުވަތަ ދައުލަތަށް ލިބޭނެފަދަ ގޮތަކަށް މި ޤާނޫނުއަސާސީގައި ހިމެނޭ

މާނަކޮށް ނުވަތަ ތަރުޖަމާކޮށްގެނެއް ނުވާނެއެވެ.[ މިފަދައިންނެވެ.މާއްދާއެއް

ކ. އަސާސީ ޙައްޤުތައް ދެމެހެއްޓުމުގައި ރައްޔިތުންގެ ބާރުވެރިކަން ޤާނޫނުއަސާސީއަކީ ޤާނޫނަކަށްވާތީ، ]އެހެނިހެން ޤާނޫނުތައް އިސްލާޙުކުރެވޭ އުސޫލުން[

ޢާންމު ނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ޤާނޫނުއަސާސީވެސް އިޞްލާޙުކުރެވެއެވެ. މިގޮތުން ޤާވަނަ މާއްދާގެ )ހ(ގައި 262މާއްދާއިން ފެށިގެން ވަނަ 261އިޖުރާއާތު ޤާނޫނުއަސާސީގެ

ބަޔާންވެފައިވެއެވެ. މި އިޖުރާއާތަށް ބަލާއިރު، ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި ރައްޔިތުންގެ

Page 13: Powers and limitations of fundamental rights

12 Mahaz Ali Zahir

ބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނު މަޖިލީހުގެ ޖުމުލަ މެމްބަރުންގެ ހަތަރު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުން ޤާނޫނުއަސާސީ އިޞްލާޙުކުރެވޭނެއެވެ.

ވަނަ މާއްދާގެ )ށ(ގައި ބަޔާންވެފައިވެއެވެ. އެ 262މަތީގައިވާ ޢާންމު އިޖުރާއާތަށް އިސްތިސްނާއެއް ކޮށްފައިވާ ކަންކަމާގުޅޭ ޤާނޫނުއަސާސީގެ މާއްދާތައް އިޞްލާޙުކުރުމަށް އިސްތިސްނާއަކީ އެ އަކުރުގައި ބަޔާން

ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ބިލެއް ޤާނޫނަކަށްވާނީ ރައީސުލްޖުމްހޫރިއްޔާ އެ ބިލް ތަޞްދީޤުކުރުމުގެ . މިފަދަ އެ އިޞްލާޙު ގެނައުމަށް ރައްޔިތުން ރުހޭތޯ ބެލުމަށް ވޯޓު ނަގަންޖެހޭ ގޮތަށް އޮންނަ އޮތުމެވެ

ގޮތަކަށް ނަގާ ވޯޓެއްގެ އަޣްލަބިއްޔަތު ތާއީދުކުރި ގޮތަކަށް އެ ބިލާމެދު ކަންތައްތައްވެގެން ދާނެއެވެ. މިސާލަކަށް އެ އިޞްލާހެއް ބަލައިގަތުމަށް ރައްޔިތުންގެ އަޣްލަބިއްޔަތު ލިބިއްޖެނަމަ އެ އިޞްލާޙް

. އަދި ރައްޔިތުން ބަލައިނުގެންފިނަމަ، މީގެ ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރުމުން ޤާނޫނަކަށްވާނެއެވެއިނދިކޮޅެވެ. މި އިސްތިސްނާ އިޖުރާއާތު ލެވިފައިވަނީ މަދު މާއްދާތަކެއް އިޞްލާޙުކުރުމުގައި ބޭނުން

ލުކުރަންޖެހެނީ ޤާނޫނުއަސާސީގެ މަ ހިފުމަށެވެ. އޭގެ ތެރެއިން އެންމެ ފުރަތަމަ އިސްތިނާ އިޖުރާއާތަށް ޢަސާސީ ޙައްޤުތަކާއި މިނިވަންކަން ހިމެނޭ ބާބުގައި އެއްވެސް މާއްދާއެއް ދެވަނަ ބާބުގައިވާ އަ އިޞްލާޙުކުރުމުގައެވެ.

ކަންމިހެންހުރިއިރު، ޤާނޫނުއަސާސީގެ އަސާސީ ޙައްޤުތަކުގެ ބާބުގައިވާ ހަމައެއްވެސް މާއްދާއެއް ކާރާއި ދައުލަތުގެ އެންމެ ބަދަލުކުރަން މުޅި ރައްޔިތުންގެ މަޖިލީހުގެ އިއްތިފާޤުން ނިންމައި، އެކަން ސަރު

އިސްފަރާތްކަމުގައިވާ ރައީސުލްޖުމްހޫރިއްޔާ ބޭނުންވިކަމުގައިވިޔަސް، ރައްޔިތުންގެ އަޣްލަބިއްޔަތު ނޫނެކޭ ބުނެފިނަމަ، އެ ހިސާބުން އެ ބަދަލެއް ނުގެނެވޭނެއެވެ. މިކަމުގެ ސަބަބުން އަސާސީ ޙައްޤުތައް

ހާމަވެ، ޤާނޫނުއަސާސީގައި ބަޔާންކޮށްފައިވާ ދިވެހި ދައުލަތުގެ ދެމެހެއްޓުމުގައި ރައްޔިތުންގެ ބާރުވެރިކަން އެންމެހައި ބާރުތައް ފެށިގެން އަންނަނީ ރައްޔިތުންގެ ކިބައިންކަމާއި، އެ ބާރުތައް ދެމި އޮންނާނީ

ރައްޔިތުންގެ ކިބައިގައިކަން ކަށަވަރުވެ ޔަޤީންވެއެވެ.